Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

މާޒީގެ ހިތި ހަނދާންތައް

autti_quin._ Level 110 Stories
July 19, 2020 3 Mins Read
16 Comments

ކަޅުފޮއި އަނދިރި ރެއެެކެވެ. ޖެހިލާ މަޑު ވައި ރޯޅިން އަހަރެންގެ ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ލިބެ އެވެ. އަހަރެންގެ ނަޒަރު ހުއްޓިފައި ވަނީ އަތުގައި އޮތް ފޮޓޯ ގަނޑަށެވެ. އެއީ އަހަރެންގެ މަންމަގެ ފޮޓޯ ގަނޑެކެވެ. މިއީ ކޮންމެ ރެއެއްގެ ވެސް އާދަ އެވެ. އެތައް އިރެއް ވަންދެން އަހަންނަށް އެ ފޮޓޯ ގަނޑަށް ބަލަހައްޓައިގެން ހުރެވެއެވެ. އަދި ހިތާ ހިތުން އެތައް ޝަކުވާތަކެއް ކުރެވެއެވެ. އަހަރެންގެ ހިތި މާޒީ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރެއެވެ. އަހަރެން އެ ހިތި މާޒީ ތެރެއަށް ފީނާލީމެވެ.

******************

އަހަރެންގެ އުމުރުން އެންމެ ނުވަ އަހަރުގައި އަހަރެންގެ ލޯބިވާ މަންމަ މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔުންވީ އަހަރެމެން އުޅެމުން އައި އުފާވެރި ދިރިއުޅުމަށް ބޮޑު ތޫފާނެއް ގެނުވައި ދިން ކަމަކަށެވެ. އޭރު އަހަރެންގެ އާއިލާ އަކީ މުޅި ރާއްޖޭގައި ވެސް އެންމެ ނަން މަޝްހޫރު މުއްސަނދި އާއިލާ ތަކުގެ ތެރެއިން އެންމެ ގިނަ މީހުންގެ އިޙްތިރާމް އާއި ގަދަރު ލިބޭ އެއް އާއިލާ އެވެ. ނަމަވެސް މަންމަ މި ދުނިޔެ ދޫކޮށް ދިޔައީ އަހަރެމެން އެންމެންގެ ހިތްތައް ރޮއްވަމުންނެވެ. މި ކަމުން އެންމެ އަސަރު ކުރީ އަހަރެންނާއި އަހަރެންގެ ބައްޕަ އަށެވެ. މަންމަ ވަކިވެ ދިޔުމުން ބައްޕަގެ ދިރިއުޅުން އެއްކޮށް ބަދަލުވިއެެވެ. މަސައްކަތުގައި ގިނަ ވަގުތު ހޭދަ ކުރަން ފެށި އެވެ. ގެއަށް އަންނަނީ މަދު ފަހަރަކު އެވެ. ކެއުމާއި އެއްކޮށް ދުރުވިއެވެ. އަހަންނަށް އަޅާލާ ވަރު ކުޑަ ވިއެވެ. ނަމަވެސް އަހަރެން އެއްވެސް ކަމަކާ ޝަކުވާއެއް ނުކުރަމެވެ. ހަތްދިހައިގެ އަހަރުތައް ގުނަމުންދާ އަހަރެންގެ މާމަގެ ފަރާތުން ލިބޭ ލޯތްބާއި އަޅާލުމުގެ ސަބަބުން ކުޑަކޮށް ނަމަވެސް އަހަންނަށް ހިތާމަ ތަކާއި ދުރުވެވުނެވެ. އަދި ކިޔެވުމަށް އިތުރު ސަމާލުކަމެއް ދޭން ފެށީމެވެ. އަހަރެން ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމަކީ މަންމަގެ އެންމެ ބޮޑު އެދުމަށް ވާތީ އެވެ. އެ އެދުން ފުރިހަމަ ކޮށްދެވޭތޯ އެވެ.

ހަލުވިކަމާއެކު ދުވަސްތައް ހަފުތާތަކަށް، ހަފުތާތައް މަސްތަކަށް، މަސްތައް އަހަރުތަކައް ބަދަލުވެގެން ގޮސް މިއަދަކީ އަހަރެން ކިޔެވުމަށްޓަކައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ލިބުނު ދުވަހެވެ. އަހަރެންގެ މަންމަގެ އެދުން ފުރިހަމަ ކޮށްދެވުނު ދުވަހެވެ. އަހަރެންނަށް ގުރޭޑު ދިހައެއް ނިންމާލެވުނީ ވަރަށް ބޮޑު ކާމިޔާބީ އަކާ އެކުއެވެ. އަހަންނަށް ހުރިހާ މާއްދާއަކުން އޭސްޓާ ލިބުނެވެ. އެހެންކަމުން އަހަރެން ޓޮޕްޓެންގެ އެއްވަނައިގައި ހިމެނުނެވެ. އަހަރެންގެ މާމަ އަހަންނާ މެދު ވަރަށް ފަހުރުވެރި ވިއެވެ. އަހަރެން ވަރަށް އުފާވިއެވެ. ނަމަވެސް މި ދުވަސް ދެކެން އަހަރެންގެ މަންމަ ނެތުމުން އަހަރެންގެ ހިތް މާޔޫސް ވިއެވެ. ބައްޕަ ވެސް ފެންނަނީ މަދު ފަހަރަކު އެވެ.

އަހަރެންގެ އުފާވެރިކަން މާގިނަ ދުވަހަށް ދެމިގެނެއް ނުދިޔައެވެ. މިއަދަކީ އަހަރެންގެ މުޅި ދިރިއުޅުން އަނެއްކާވެސް ބަދަލުވެގެންދިޔަ ދުވަހެވެ. ބައްޕަ އެހެން މީހަކާ އިނދެގެން އެމީހާ މި ގެއަށް ގެނައި ދުވަހެވެ. ގަބޫލު ކުރަން ބޭނުން ނުވިއަސް އެއީ އަހަރެންގެ ދޮންމަންމަ އެވެ. ދޮންމަންމަގެ ފަރާތުން އަހަންނަށް އެއްގޮތަކަށް ވެސް ލޯތްބާއި އަޅާލުމެއް ނުލިބެއެވެ. ލިބުނަސް ލިބެނީ ހިތްދަތި ކަމެވެ. ދޮންމަންމަގެ ވިހަ ގަދަ ބަސް ތަކުން އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރެއެވެ. އަހަރެންނެކޭ މިގޭގައި ގެންގުޅޭ ނޯކަރެކޭ ތަފާތެއް ނެތެވެ. ކެއުމާއި، ގޭތެރެ ސާފުކުރުމާއ، ހުރިހާ މީހުންގެ އަންނައުނުތައް ދޮވެ، ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަން ޖެހެނީ އަހަންނާއެވެ. ފުރަތަމަ ކޮޅުގައި އަހަރެން ކުރިމަތިލާން ޖެހުނީ ހަމަ އެކަނި ދޮންމަންމަގެ ހަރުކަށި ބަސްތަކާއެވެ. ނަމަވެސް އަހަރެންގެ މާމަ ނިޔާވި ފަހުން ދޮންމަންމަ އަހަންނަށް އަނިޔާ ކުރަން ވެސް ފެށިއެވެ. ރޮށި ފިހަން ގެންގުޅޭ ދޭފަތް ހޫނު ކޮށްފައި އަހަރެން ގައިގައި ޖެއްސި އަދަދެއް ވެސް ނޭނގެ އެވެ. ބޯކޮށް ވާރޭ ވެހި ވައި ޖެހޭ އިރު ގޭގޯތި ތޭރޭގައި ހެދިފައި އިންނަ ބޮޑު ގަހާލައި އަހަރެން ބަނދެފައި ބެހެއްޓި ރޭތައް ގުނާ އަދަދު ނުކުރެވޭނެހާ ގިނަ އެވެ. މި ނޫނަސް ތަފާތު އެކި ގޮތްގޮތަށް އަހަރެންނަށް އަނިޔާ ކުރެއެވެ. ދޮންމަންމަ އަހަންނާ މެދު މި ގޮތަށް ކަންތައް ކުރި އިރު އަހަރެން ވާނެ ދެރަ ހަމަ ނުވިސްނުނީ ހެއްޔެވެ. އަހަންނަކީ ވެސް ހަމަ އިންސާނެކެވެ. އަހަރެންގެ ވެސް ހިތެއް އޮވެ އެވެ. އިންސާނިއްޔަތޭ ކިޔާ ސިފަ ދޮންމަންމަގެ ހަމަ ނެތީބާއެވެ. އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ.

އަހަރެންގެ އުމުރުން 23 އަހަރު ވަންދެން އަހަރެން އުޅުނީ ވަރަށް ހާލުގައެވެ. ކޮންމެ ދުވަހަކު ވެސް ދޮންމަންމަގެ އަނިޔާ ތަކާއި ހަރުކަށި ބަސްތަކާ ކުރިމަތިލާން ޖެހެއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. އަހަރެން ގޭ ކައިރި ފިހާރަ އަށް ދިޔައީ ދޮންމަންމަ ބުނެގެން އެއްޗެއް ގަންނާށެވެ. އެ ފިހާރަ ތެރެއިން އަހަންނާ ދިމާވި ޒުވާނާ އާއި ދިމާއަށް އަހަރެންނަށް ބަލަން ހުރެވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ފުރަތަމަ ފެނިލުމުން ވެސް އަހަންނަށް އޭނާ ދެކެ ލޯބި ވެވުނެވެ. މަދު ސިކުންތު ކޮޅަކަށް ނަމަވެސް އަހަރެން އުޅެމުންދާ ހިތްދަތި ދިރިއުޅުން މަތިން ހަނދާން ނުތުނު ކަހަލަ އެވެ.

އޭނާގެ ނަމަކީ ޒިޔާން އެވެ. އަހަންނާއި ޒިޔާންގެ މެދުގައި ވަރަށް ގާތް އެކުވެރި ކަމެއް އުފެދި އެ އެކުވެރިކަން ލޯބީގެ ގުޅުމަކަށް ބަދަލުވާކަށް މާގިނަ ދުވަހެއް ނުނެގި އެވެ. އަހަރެން ޒިޔާން އަށް ހުރިހާ ވާހަކައެއް ކިޔާދިނީމެވެ. ޒިޔާން އަހަންނަށް އެހީ ވާނެ ކަމަށް ވައުދު ވިއެވެ. އަދި އެ ވައުދު ފުރިހަމަ ވެސް ކުރިއެވެ. ޒިޔާން އަހަރެން އެ ނުލަފާ އަންހެނާގެ ކިބައިން ސަލާމަތް ކޮށްދިނެވެ. އަދި އަހަންނަށް ހިމާޔަތާއި ރައްކާތެރި ކަންދީ، އޭނާގެ އަނބިމީހާގެ މާގާމު ވެސް ދިނެވެ. އަހަރެން ދުވަހަކުވެސް ޒިޔާން އެ ކޮށްދިން ކަންތައް މަތިން ހަނދާނެއްނުނެތޭނެ އެވެ.

********

އަހަންނަށް ހިޔާލުތަކުން ނިކުމެވުނީ އަހަރެންގެ ލޯބިވާ ފިރިމީހާ ޒިޔާން އަހަރެންގެ ފުރަގަހުން އައިސް ބައްދާލުމުންނެވެ. އޭރު އަހަރެންގެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ. ނަމަވެސް ޒިޔާން އަށް ފެނުމުގެ ކުރިން އަހަރެން ކަރުނަ ތައް ފުހެލީމެވެ. އަދި ވަރަށް ލޯބިން ޒިޔާން ގައިގައި ބައްދާލީމެވެ. ދުވަހަކުވެސް ދޫނުކުރާށޭ ބުނާ ފަދައިންނެވެ.

ނިމުނީ…

 

Share Article

Follow Me Written By

autti_quin._

Level 110 Stories

Other Articles

Previous

އަންޖަލް (13)

ތިޔަލޯބިން ހިތް ފުރިއްޖޭ..
Next

ތިޔަ ލޯބިން ހިތް ފުރިއްޖޭ… (3)

Next
ތިޔަލޯބިން ހިތް ފުރިއްޖޭ..
July 19, 2020

ތިޔަ ލޯބިން ހިތް ފުރިއްޖޭ… (3)

Previews
July 19, 2020

އަންޖަލް (13)

16 Comments!

  1. Anonymous says:
    July 19, 2020 at 8:41 pm

    Ma sha allah vrh furihama

    1. autti_quin._ says:
      July 19, 2020 at 10:37 pm

      Thanks?❤️

  2. Liyuntheriya says:
    July 19, 2020 at 8:59 pm

    Varah bodah faahagavaa ehkamakee mihaaru liyefai hunna gina kuruvaahaka thakugai himenenjehey baithah rangalhah furihamavefai nuhunnakan. Adhi khaassakoh mihaarakah ais liyefai hunna kuruvaahakathakugai eh haadhisaa ahvure Gina haadhisaa thah himanaafai hunnakan. Eh haadhisaa ah vure Gina haadhisaa hunnannha eiy kuruvaahaka eh kamugaeh nubeleveyne. Ehenas varah ufalaaeku faahagakohlan jehenee mi vaahakaigai kuruvaahaka ehga himenenjehey hurihaa sharutheh furihamavefai vaakan. Masha Allah! Mi vaahaka ehen goiy gothun beliyas varah furihama. Keep it up the good work dear!

    1. autti_quin._ says:
      July 20, 2020 at 9:27 am

      Thank you so much dear❤️❤️??

  3. Eekko 11 says:
    July 20, 2020 at 11:29 am

    V reethi maasha Allah❤️

    1. autti_quin._ says:
      July 20, 2020 at 2:36 pm

      Thankyu sis❤️❤️❤️

  4. Chimmy says:
    July 20, 2020 at 7:39 pm

    this story is amazing????????❤❤❤???????????????????????????????

    1. autti_quin._ says:
      July 21, 2020 at 12:20 pm

      Thanku❤️?

  5. ކަމަނަ says:
    July 20, 2020 at 7:52 pm

    Kobr tha neydhamey dhuruvaakasheh loabivaage new part eh varah kiyaahithun mi Hury. Varah reethi Maasha allah keep it up

    1. autti_quin._ says:
      July 24, 2020 at 3:19 pm

      Thankyu♥️

  6. ނުބުނާނަން says:
    July 21, 2020 at 8:25 am

    Neydhemey dhuruvaakasheh loabivaage new part up kohdheeba

    1. autti_quin._ says:
      July 21, 2020 at 12:25 pm

      Ok..
      Btw vrh bodah sry up nukurevi las vaathy..
      School thah hulhuvunyma ehaa ginain free time nulibey…
      Ekm vx Insha Allah mi story nimen dhn hurihaa part eh vx up kohla dheynan☺️
      Nd once again i am really very sorry..

  7. Neekko says:
    July 21, 2020 at 2:47 pm

    Woww vrh reethi

    1. autti_quin._ says:
      July 22, 2020 at 1:22 pm

      Thnkyu♥️

  8. Lamko says:
    July 21, 2020 at 8:24 pm

    sis aneh story ge next part koba??
    mi story varah reethi masha allah??
    keep it up???
    ly sissoo?????

    1. autti_quin._ says:
      July 22, 2020 at 1:26 pm

      Aneh stry ge nxt part adhi up nukurevigen mi ulheny..
      Sry up nukurevi las vaathy…
      Nd thankyu so much♥️
      lym?❤️

Comments are closed.



All Right Reserved!