ވިހާ ދުވަސް ޖެހެން މާގިނަމަހެއްނެތެވެ. އެހާ ގާތްވެފައި ހުއްޓާ ރަވާހިބު ފުރަން އުޅޭތީ ޗިންކާގެ ހިތައް ވަރަށް ތަދުވިއެވެ. ނުދިއުމަށް އެދި އާދޭސް ކުރާނަމޭވެސް ހިތައް އެރިއެވެ. ނަމަވެސް ފިރިމީހާއަށް އުނދަގޫކޮށް ޝަކުވާ ކުރާކަހަލަ އަންބަކަށް ވާކަށް ޗިންކާ ބޭނުމެއް ނުވެއެވެ. ރަވާހިބު ފުރާގެން ދިޔުމުން ޗިންކާގެ ހަޔާތަށް ވަރަށް ބޮޑު ހުސްކަމެއް އައެވެ. ހީވާކަހަލައެވެ. ރަވާހިބު އޭނާއާ ދުރަށް އެއްކޮށް ދިޔައީއެވެ. ނަމަވެސް އޭނާ ރަވާހިބަށް ވަރަށް ބޮޑަށް އިތުބާރު ކުރެއެވެ. ރަވާހިބު ފުރާގެން ދިޔަތާ […]
“އޭ! އެކެއްވެސް މިވާހަކަ އެކެއް ގާތުވެސް ނުދައްކާތި! އަދި އަހަރުމެނަކަށްވެސް ޔަގީނެއް ނޫން!” ރީމް އެނދުމަތިން ތެދުވަމުން ބުނެލިއެވެ. “އޯކޭ!” ޒިއުނީ ބުންޏެވެ. ތިން މީހުންވެސް ކޮޓަރިން ނުކުމެ ކާގެއަށް ދާން ހިނގައިގަތެވެ. އޭރު ގޭއެންމެންވެސް ކާން ތައްޔާރުވެގެން ތިއްބެވެ. ރީމްމެން އިށީނދުމާއި އެކު އެންމެންވެސް ކެއުމަށް އިންސާފު ކުރަން ފެށިއެވެ. “މަންމާ… މިރޭ ސަޕްރައިޒާއި ބެހޭ ގޮތުން އެއްޗެއް ބުނެލަންތަ؟” ޔޫޝައު މަރިޔަމް ގާތު އެހިއެވެ. “ބުނެބަލަ!” މަރިޔަމް ބަތް ސުވައެއް އަނގަޔަށް ލަމުން ބުނެލިއެވެ. […]
ކިޔުންތެރިންގެ ސަމާލުކަމަށް، މިއީ “އެހެނަސް…”ގެ އެންމެފަހުބައި. އަޅުގަނޑަށް އިނގޭ ވަރަށް ގިނަ ކިޔުންތެރިން ވަރަށް ދިގު އިންތިޒާރެއްކޮށްފިކަން މިބައި އަޕްލޯޑްކުރާނެ އިރަކަށް. އުންމީދުކުރަން ކަމުދާނެކަމަށް. ހުރިހާ ކުދިންވެސް ކިޔާލާފައި އެކުއްޖަކު ދެކޭ ގޮތް ކޮމެންޓްކޮށްދިނުން އެދެން. އަދި ވާހަކައިން އެކުއްޖަކަށް ފާހަގަވާ މައްސަލަތައް ބުނެދިނުން އެދެން. ކުރިޔަށް އޮތްތަނުގައި ރަނގަޅުކުރުމަށް އަދި ވާހަލަ ލިޔުމަށް ލިބިގެންދާނެ އިތުރު ހިތްވަރަކަށް އެކަން ވެގެންދޭ. ކަމުދާނެކަމަށް ހީކުރަން. ޝުކުރިއްޔާ! _________________________________________________________________________ މަލާކްގެ އަތަށް ރިޕޯރޓް ލިބުމާއެކު އަވަސް އަވަހަށް ބަލަން […]
ދުވަހަކަށް ފަހު ދުވަހެއް ވޭތުވަނީއެވެ. ކޮންމެ ދުވަހަކު ރީހަބަށް ގޮސް އެކި ގޮތްގޮތަށް ޙަރަކާތްތެރިވަމުން އަންނަ މާހިން ނިމުމަކަށް އަންނަން ގާތްވެއްޖެއެވެ. އަހަރެން މާހިން ކައިރިއަށް ކޮންމެ ދުވަހަކު ޒިޔާރަތް ކުރަމެވެ. ބައްޕަގެ ރުހުމާއި، މަންމަގެ އެހީތެރިކަމާއި އެއްބާރުލުންވެސް އަހަންނަށް ލިބުނެވެ. އާދައިގެމަތީން މިއަދުވެސް އަހަރެން މާހިން އަށް ޒިޔާރަތް ކުރީމެވެ. އަދި މާހިން ބޭރަށް ނިކުމެލާން ބޭނުންވާ ވާހަކަ ބުނުމުން ފުރޮޅުލީގޮނޑި އަކަށްލައިގެން ބޭރަށް ދިޔައީމެވެ. ނަމަވެސް މާހިން ހިތްހަމަޖައްސާދީފައި ހޮސްޕިޓަލަށްއައި މަގުމަތީ މާހިން ނޭވައި […]
މިއަދަކީ ސާރާ ވަޒީފާއަށް ނުކުންނަ ދުވަހެވެ. ސާރާ ގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅެމުން ދިޔައީ ކީއްވެ ކަމާމެދު ސާރާ ގެ ޟަމީރު ސާރާ އާއި ސުވާލު ކުރަމުން ދިޔައެވެ.އެހެންނަމަވެސް މިއަދަކީ ސާރާ ގެ ގިނަ ދުވަސް ވީ ހުވަފެނެއްގައި ކުލަ ޖެހޭނޭ ދުވަހެވެ. އެންމެ ކުޑަ އިރުންސުރެވެސް ޑޮކްޓަރ ސާރާގެ ނަމުން މީހުން މުޚާތަބު ކުރާނެ ދުވަހަކަށް ކުރި އިންތިޒާރުގެ ނިމުން މިއަދު ނިމޭނެއެވެ. މިޚިޔާލުގައި ހުރެ ތައްޔާރު ވަމުން ދިޔަ ސާރާގެ ތުނި […]
ޖައިޝް އަންޖަލް ދުރުކޮށްލީ އޭނާގެ ފޯނު ކުއްލިއަކަށް ރިންގްވާންފެށުމުންނެވެ. ގުޅަމުން ދިޔައީ އިސްހާޤެވެ. އޭރު ޖޫދު އާއި ފައިހާ ޕިއްޒާތައް ޓޭކްއަވޭ ހަދައިން އައިސް ޖައިޝްމެންނާ އަރާ ހަމަވަނީއެވެ. ” ކޮބާތަ ޖޫދު އާއި އަންޖަލް… ދެމީހުން ކުރެ މީހެއް ފޯނެއް ނުނަގާ…” އިސްހާގު ގެ ރާގުގައި ހިތްހަމަ ނުޖެހުމެއް ހުއްޓެވެ. ” އެބަތިބި.. ކިހިއްނެއްވީ ބައްޕާ..” ޖައިޝް ކުޑަކޮށް ހާސްވިއެވެ. ” އާދެބަލަ ޓްރީ ޓޮޕް ހޮސްޕިޓަލަށް މަންމަ.. އަސްމާ ކުއްލިއަކަށް ހޭނެތިގެން މިއުޅެނީ..” އިސްހާޤް […]
* ހެއިލަންއަށް ވެސް އެމަންޒަރު ފެނުނެވެ. “ހަމައެކަނި އަހަރެމެން ހަތަރު މީހުންގެ މެދުގައި އިތުބާރު އޮންނަ ވާހަކަ ބުނި ހަނދާން ވޭތަ..؟ ރައްކާތެރިކަން ލިބުނީމައި ވެގެން އުޅޭގޮތް ކިޔައިދޭނަން.. މި ވަގުތު ހެއިލްއަށް އިތުބާރު ކުރާނަމަ ހެޔޮނުވާނެ އަވަހަށް ކެފެޓޭރިއާއަށް ދުއްވައިގަނޭ..” ޒައިލީންގެ އަތުގައި ހިފަމުން ހެއިލަން ދުއްވައިގަތެވެ. ޒައިލީން ހެއިލަންގެ އަތުގައިހިފާ މަޑުމަޑުން ފަހަތް ބަލާލި ވަގުތު ހިތް ތެޅިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. ދެލޯ ބޮޑު ކޮށްލައިގެން ހުރެ ކުޑަވަރެއްގެ އިފުރީތެއް ހެން އިޔާން […]
ފަނަރަވަނަބައި އައިނާ ލާން ވެގެން ދިޔައީ ހިޝާން އެވެ. ކާރުގައި އަޝްހާވެސް ގެއަށްލައިފައި އެދެމީހުން ދިޔައެވެ. ބޭބީ ނެރުމުގެ ކުރިން އާޝިޔާ ދިޔައީ އަރުޝް އެކަނި ގޭގައި ނިދާފައި އޮތީމައެވެ. އާޝިޔާ އާއި އިޔާޒު އައީ ހެނދުނު ދައިހިފައިގެން ދާނަމޭ އޭކިޔައިފައެވެ. މަރިއަމް އާއި ހުމައިދުވެސް ބޭބީ ނެރުނު ތަނާހެން ގެއަށް ދިޔައެވެ. އެކަކުވެސް ހައިފާ އާއި ނޫހް ކައިރީ ނުބުނީ އެދެމީހުން ކައިވެނީގެ ފުރަތަމަރޭ ޚަރާބު ކޮށްނުލުމަށެވެ. އިސްރާގާތު މަޑުކޮށްގެން ތިބީ ޚަދީޖާ އާއި އަނީލް […]
ޓެސްޓްގެ ނަތީޖާ ބަލާ ދާގަޑި ޖެހުމުން ރަވާހިބު ހޮސްޕިޓަލަށް ދިޔައެވެ. ލިބުނު ޚަބަރުން އޭނާ އުފަލުން މަރުނުވީވެސް ކިރިޔާއެވެ. މިދުނިޔޭގައިވެސް އޭނާއަށް ލިބޭނެ އެންމެ އުފާވެރި ޚަބަރު ލިބުނީއެވެ. ހޮސްޕިޓަލުން ނިކުތް ރަވާހިބުގެ މޫނު މަތީގައި ހާސްކަން އެކުލެވިފައިވިއެވެ. އޭނާއަށް ލިބޭނީ ކޮންކަހަލަ ކުއްޖެއްތޯ ހިތުގައި ސުވާލު އުފެދެމުން ދިޔައީއެވެ. އޭނަ ފަދަ ކުއްޖަކަށް ވެއްޖިއްޔާ ހަމަގައިމުވެސް ނުކުޅެދޭ ކުއްޖެކޭ ބުނެ އެކުއްޖާ މަރާވެސް ލަފާނެއެވެ. ޓެސްޓްގެ ނަތީޖާ ހިފައިގެން އައިސް ރަވާހިބު ގެއަށް ވަނެވެ. އޭރު […]