Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ފިޔަފަތް 6

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
July 20, 2020 7 Mins Read
27 Comments

* ރޫމްއާއި ހަމައަށް ދެވެން ވާއިރަށް ޒައިލީން ޒައިދާންގެ ގައިގައި ވަރުގަދަ ބޮނޑިއެއް އަޅައިފިއެވެ. ނެޕްކިން އެއްލާލާފައި ޒައިލީން އަލްޔާގެ އަތުން ތަޅުދަނޑި ހޯދާފައި ދޮރު ހުޅުވިއެވެ. ދޮރު ހުޅުވުނުތަނާ ޒައިލީން ގަނޑުވިއެވެ. ދެލޯ ބޮޑުކޮށްލައިގެން ޒައިލީން ހުރިތަން އަލްޔާ ހެއިލަންއަށް ދައްކާލިއެވެ. ގަލުން ހަދާފައިވާ އެއްޗެއް ފަދައިން ޒައިލީން ހުންނަން ފެށުމުން ހެއިލަން ގޮސް ބަލާލިއެވެ. *

ކޮޓަރިއަށް ހީވަނީ ނަގޫރޯޅިއެއް އަރާފައިވާހެންނެވެ. މުޅި ކޮޓަރިވަނީ އެފުށް މިފުށަށް ޖެހިފައެވެ. ތަރުތީބުން ހުރި އެކައްޗެއްވެސް ނެތެވެ. ނުވިތާކަށް އަލްޔާއާއި ޒައިލީން ނިދާ އެނދުވަނީ މަތީބައިން ބިންދައިގެން ގޮސްފައެވެ. ހެއިލަންއާއި ޒަކުވާން ނިދާ އެނދު ވަނީ އެކޮޅު ކޮޅުންނެވެ. ޑްރެސިން ޓޭބަލްގެ ލޯގަނޑު ވަނީ ތަޅައިގެން ގޮހެވެ. މަސް ޓޭންކުވެސް ވަނީ ތަޅައިލާފައެވެ. މަސް ފެންތައް މުޅިތަނަށް އެޅިފައިވެއެވެ. ބައެއް މަސްތައް މަރުވެފައި ވާއިރު އަނެއްބައި މަސްތައް މަރަށް ތެޅެމުން ދިޔައެވެ. ކްލޯސެޓް ބަލާލަން ކެރޭވަރެއް ވެސް ނޫނެވެ. ދޮރު ބިންދައިގެންގޮސް ހުރިހާ ބައިތަކެއް ވަނީ ބުރައިގެން ގޮސްފައެވެ. އެތެރޭގައި އަޅުވާފައި ހުރި ބައެއް ހެދުންތައް ވަނީ ވީދާލާފައެވެ. އެންމެންގެ ލަގޭޖްތައް ފަޅާލާފައި އެތެރޭގައިވާ ބައެއް ސާމާނުތައް ހަލާކު ކޮއްފައިވެއެވެ. ކިޔަވާ ފޮތްތަކުގެ ތެރެއިން އެންމެ ފޮތެއްވެސް ސަލާމަތް ވެފައެއް ނުވެއެވެ. ހުރިހާ ފޮތެއް ވަނީ ވީދާލާފައެވެ.

ފޮތްތަކާއި ދިމާލަށް ބަލާލެވުމާއިއެކީގައި ޒައިލީން ފެންކަޅިވެއްޖެއެވެ. “ވަޓް ދަ..؟” އަލްޔާވެސް ހުރީ ވަރަށް ދެރަވެފައެވެ. “އަޅެ މަގޭ ފަނަރަ ވަނަ އުފަންދުވަހު ލިބުނު އެ ރީތި ގަމީސްވެސް އެހުރީ ވީދާލާފައި..” އެ ގަމީހާއި ދިމާ ބަލާލަމުން ޒައިދާންގެ ހިތުގައި އަލިފާނުގެ ރުޅިއެއް އުފެދިއްޖެއެވެ. ހެއިލަން ބަލާލީ ލަގޭޖާއި ދިމާލަށެވެ. ހެއިލަންގެ ލަގޭޖްއިން ވަނީ ހިތެއް ހުރި ކެވެލި ކޮޅެއް ވެއްޓިފައެވެ. “މި ހަލާކެއް ނުވޭ…” އޭތި ތުންފަތުގައި ޖައްސާލަމުން ހެއިލަންއަށް ބުނެވުނެވެ. ޒައިލީންއަށް އެކެވެލިކޮޅު ފެނުނެވެ. ”މީ އަހަރެން ގެ މާމަ ދިން އެއްޗެއް.. މާމަ މެލޭޝިޔާއަށް ދިޔަތާ ދެ އަހަރުވަނީ..” އެ ކެވެލި ކޮޅާއި ދިމާލަށް ޒައިލީން ބަލަން ހުރި ގޮތުން ހެއިލަން ބުނެލިއެވެ. “އޯހް އެހެންތަ…؟” ޒައިލީންއަށް އެ ބަސް ބޭރު ކޮއްލެވުނީ ބޭއިޚްތިޔާރުގައެވެ.

ޒައިލީން އެހެން ބުނެލި ގޮތުން އަލްޔާ ވެސް ލާނެތް ފާޑަކަށް އެދިމާ ބަލާލިއެވެ. “ޒައި ހީކުރީ ކަންނޭނގެ ހެއިލްގެ ގާރލްފްރެންޑްއެއް ދިން އެތިކޮޅެއްކަމަށް..” ޒައިދާން ހީނގަތެވެ. “ދެން..!” ހެއިލަން މޫނުމަތީގައި އަތް އަޅާލިއެވެ. ނަމަވެސް ޒައިލީންއަށް އެއްވެސް ގޮތެއްވީ ކަމުގެ އަސަރެއް ނުފެނުނެވެ. ރަކި ވެގެން އަޑެއްހާ ހިސާބުވެސް ލައްވާ ނުލިއެވެ.

ޒައިލީންއަށް އެއްވެސްގޮތެއް ނުވުމުން ޒައިދާން ހައިރާންވެގެން އެދިމާ ބަލާލިއެވެ. ޒައިލީން އޭރު ހުރީ ދެލޯ މަރާލައިގެންނެވެ. އަލްޔާ ދެތިން ބުރު ޒައިލީންއަށް ގޮވާވެސްލައިފިއެވެ.

ޒައިލީންގެ ޖަވާބެއް އެއްގޮތަކަށްވެސް ނުލިބުނެވެ. ޒައިދާން ދެކޮނޑު އަރުވާލާމުން ބާރުބާރަށް ޒައިއޭ ކިޔާ ގޮވާލިއެވެ. ޒައިލީން މަރައިގެން އިން ދެލޯ ހުޅުވާލީ ކުއްލިއަކަށެވެ. ގަދަމުށިކޮށް ހުންނަ އެދެލޯ ވަނީ ނޫ ކުލައަކުން ދިއްލިފައެވެ. އަލްޔާ އަނގަމަތީގައި އަތް އެޅުމާއި އެކީގައި ހެއިލަން ބިންމަތިން ތެދުވިއެވެ. ޒައިލީން ނުބައި ގޮތަކަށް ހީނލިއިރު ތުންފަތް ވަނީ ކަޅު ކުލައިގައެވެ. ޒައިދާންގެ ގައިން ހީބިހި ނެގިއެވެ. އަލްޔާގެ އަތުގައި ވިކާލާފައި ޒައިދާން އަވަސް އަވަހަށް ކުރުސި ކިޔަވަން ފެށުމުން ޒައިލީން ޒައިދާންއަށް ކަޅިއަޅައިގަތެވެ. އަލްޔާވެސް އެ ކުރުސި ކިޔެވުމުގައި ބައިވެރިވުމުން ޒައިލީން ހަޅޭއްލަވައިގަނެފައި ބޮލުގައި އަތް އަޅާލިއެވެ. “ހަންޓަރސް..!” ހެއިލަންއަށް ބުނެވުނެވެ. އެއީ އެ ހަންޓަރުންގެ ތެރެއިން އެއް އެތީގެ ކަމެއްކަމަށް ހެއިލަންއަށް ހީވިއެވެ. އޭރުވެސް އަލްޔާ އާއި ޒައިދާން ކުރުސި ކިޔަވަނީއެވެ. ބިރުން ގޮސް އަލްޔާގެ އަޑު ނުކުންނަނީވެސް ކެނޑިކެނޑިގެންނެވެ.

ހެއިލަން ދެބުމަ ގޮށް ޖަހައިގެން ބަލަން ހުރީއެވެ. އެބެލުމުގައި ވަނީ ރުޅިވެރި ކަމާއި ނަފުރަތުގެ ކުލަވަރެވެ. ވަކި ހެއިލަން ކުރާނީ ކީއް ހެއްޔެވެ.؟ ހެއިލަން އަކީ މުސްލިމް ކުއްޖަކަށް ނުވުމުން ކުރުސި ކިޔަވާކަށް ނޭނގެއެވެ. ހިނދުކޮޅެއް ނުވަނީސް ޒައިލީން ބިމަށް ދެމިއްޖެއެވެ.

އެ ވަގުތުކޮޅު އަންނަން ދެން މަޑުކޮއްގެން ހުރި ހެއިލަން އަވަހަށް ފާޚާނާއަށް ވަނެވެ. އަދި ހެއިލަންގެ ލަގޭޖްގެ އެންމެ އަޑީގައި އޮތް ކޮފީ މަގްއަކަށް ފެން އަޅައިގެން ނުކުތެވެ.

ހެއިލަން އައުމުން އަލްޔާ ޒައިދާން ގޮވައިގެން އެއްފަރާތަކަށް ޖެހިލިއެވެ. ހެއިލަން ޒައިލީންގެ މޫނު ގައި ފެން އުނގުޅިއެވެ. ޒައިލީން ނޭވާލާކަން އެނގުމުން ހިތްހަމަ ޖެހިފައިހުރެ ހެއިލަން ޒައިލީން އަތްދަނޑި މައްޗަށް އުފުލާލިއެވެ. ޒައިދާން ބިންމަތީގައި އެނދުގެ ގޮދަޑި ފަތުރާލުމުން ހެއިލަން ޒައިލީން ގޮދަޑި މަތީ ބޭއްވިއެވެ. އަދި އެ ކޮޓަރީގައި އަލްޔާ ބައިންދާފައި ހެއިލަން ޒައިދާންއާއި އެކީ ނުކުތެވެ. ހެއިލަން ވަގުތުން ރިސެޕްޝަން އަށް ގުޅައިގެން އެހެން ކޮޓަރިއެއް ބުކް ކުރިއެވެ. އެކަން ކާމިޔާބުވީ ތަންކޮޅެއް އުނދަގުލުން ކަމުގައި ވިޔަސް ނަސީބަކުން އެހެން ރޫމްއެއް ލިބުނެވެ. އެ ކޮޓަރިއަށް ވެފައިވާ ގެއްލުންތަކަށް ވަރަށް އަވަހަށް ފައިސާ ދައްކާނެކަމަށް ހެއިލަން ބުނުމުން އެމީހުން އެހެން ރޫމެއް ދިނީއެވެ.

ވަގުތުން ސަލާމަތުން އޮތްހާ އެއްޗެއްސެއް ހިފައިގެން ހެއިލަން އަލްޔާ އަދި ޒައިދާން އެކޮޓަރިއަށް ވަގުތުން ބަދަލުވިއެވެ. ޒައިލީން އަދިވެސް އޮތީ ހޭނެތިފައި ކަމުން ހެއިލަން ދިޔައީ ޒައިލީން އަތްދަނޑި މައްޗަށް ލައިގެންނެވެ. ޒައިދާން ހުރީ އެންމެ ސަލާމަތުން އޮތް ލަގޭޖް ހިފައިގެންނެވެ. އަލްޔާ ހުރީ އެންމެ ބޭނުން ވާނެ ފަދަ އެއްޗެހި ޒައިލީން އާއި އަލްޔާގެ ކުޑަ ބޭގްއަށް އަޅައިގެންނެވެ.

އެމީހުންގެ އާ ރޫމްއަށް ވަންނަމުންވެސް އަލްޔާ ދެ ފަރާތަށް ބަލާލިއެވެ. ޒައިދާން މަޑުމަޑުން އަލްޔާގެ އަތަށް ފިތާލީ ދެން ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެޔޭ ބުނާ ފަދައިންނެވެ. ޒައިލީން އެ ކޮޓަރީގެ އެނދު މަތީގައި ބާއްވާލަމުން ހެއިލަން އަނެއްކާވެސް ޒައިލީންގެ ނޭވާ ޗެކް ކޮއްލީ ޔަގީން ކުރަން ވެގެންނެވެ. އިރުކޮޅަކުން ޒައިލީން ހޭއަރައިފިއެވެ. ޒައިލީން ހޭ އެރިގޮތަށް ވަށައިގެން ބަލަން ފެށީ ބިރެއް ފެނިގެން އުޅޭހެންނެވެ.

“އިޓްސް އޯކޭ ޒައި.. ދެން ކިޔައިދީބަލަ ވީގޮތް..؟ އެއްވެސް އެއްޗެއް ފެނި އަޑުއިވި ނޫނީ އެހެން ކަމެއް ވިތަ..؟” ޒައިލީން ބިރުގަނެފައި ހުރުމުން އަލްޔާ މަޑުމަޑުން ވާހަކަ ދެއްކިއެވެ. “ގޯޑް.. ޒައި އެތާނގައި ހުއްޓާ ތަޅައިގެން ގޮސްފައިވާ ލޯގަނޑުގެ އެތިކޮޅަކުން ޒައިއަށް ޒައިގެ މޫނު ފެނުނީ.. ދެން ކުއްލިއަކަށް މޫނުމަތި ނުބައި ސިފައަކަށް ބަދަލުވީ.. ތުންފަތް އެހާ ކަޅުވެފައި ނުލަފާ ފާޑެއްގެ ގޮތަކަށް ހީލައިގެން ހުރީ.. ދެލޯވަށާ ހުރީ އަޅިކުލައެއްގައި.. ކަނާތު ބުމަގާތުގައި ދެތަރިއާއި ތާޖެއް ކުރަހާފައި އިން.. ބޮޑަށް ވައްތަރީ ޓެޓޫއަކާ.. މޫނުގެ ވާތްފަޅީގެ ލޯގާތުގައި ހުރި ގަދަޔަށް ރޫޖެހިފައި.” ޒައިލީން މޭމަތީގައި އަތްއަޅާ ބާރު ކޮއްގެން އިނދެ ސިފަ ކޮއްދެމުން ދިޔައިރު އެ ދެލޯ ވަނީ ފެންކަޅި ވެފައެވެ.

“ދެން ކިހިނެތްވީ..؟” އެވާހަކަތަކަށް ޝައުގުވެރިވެފައި އިނދެ ޒައިދާން އެއްސެވެ. ”ދެން ނޭނގޭ… އައި ޖަސްޓް ނޯ ދެން ލޯ މެރުނުކަން.. ދެން ލޯ ހުޅުވިއިރު ހުރެވުނީ ވަރަށް އަނދިރި ތަނެއްގައި.. ތަނެއް ދޮރެއް ނުފެނޭ.. ދެން އިރުކޮޅަކުން ލޯ މަރާފައި ލޯހުޅުވިއިރުގައި ތިއެންމެން ފެނުނީ..” ޒައިލީން ބުނެލިއެވެ.

ނަމަވެސް ޒައިލީން އެއްކަމެއް ސިއްރު ކުރިއެވެ. އެ ފުން އަނދިރި ގަނޑުގެ ތެރެއިން އޭނާއަށް ފެނުނު އަންހެން ކުއްޖާގެ ވާހަކަ އެއް އެތަނުން އެއްވެސް ކުއްޖަކަށް ނުކިޔައިދިނެވެ.

“ޒައި އިހަށް ރެސްޓު ކޮއްލާ.. އަލް މަޑުކުރާނަން.. ޒައިދާން އެންޑް ހެއިލް.. ފިހާރައަށް ގޮސްފައި އާދެބަލަ ބޭސް ހިފައިގެން.. ޒައި ކުޑަކޮށް ހުންވައްތަރުވެފައި އެއޮތީ..” ޒައިލީން އެނދުގައި ބާއްވަމުން ޒައިލީންގެ ކަރު ދޮށުގައި އަތް ޖައްސާލާ ޗެކް ކޮއްލާފައި އަލްޔާ ބުނެލިއެވެ. ”އޯކޭ.. ޒައި ކޮއްކޮ ބޭބީ.. ރަނގަޅަށް ނިދާތި..” ޒައިދާން ނުކުންނަމުން ބުނެލިއެވެ. އަލްޔާ ގޮސްފައި ޒައިދާންގެ ކަންފަތް ދޮށުގައި ސިއްރެއް ބުނެލިއެވެ. އަނގަޔަށް ގޮތެއް ހަދާލަމުން ޒައިދާން އެއްބަސްވިއެވެ.

ހެއިލަން އާއި ޒައިދާން ކޮޓަރިން ބޭރަށް ދިޔުމުން އަލްޔާ އެތަނުގައި ހުރި ގޮނޑިއެއް ގައި އިށީނދެލިއެވެ. ޒައިލީން ބިތްދޮށަށް އެނބުރުނީ އަލްޔާ އަނެއްކާ ސުވާލު ކުރަން ފަށާފާނެތީއެވެ.

********

ދެލޯ މަރާލެވުމާއި އެކީގައި ޒައިލީންގެ ސިކުނޑިއަށް އަލުން އެ މަންޒަރުތައް ފެންނަން ފެށިއެވެ. އެ ލޯގަނޑުން އޭނާގެ އެސޫރަ ފެނުމުން ބިރުގަތެވެ. ކުއްލިއަކަށް ވަރަށް ލޯބިން އަންހެނަކު ޒައިލީންގެ ނަމުން ގޮވާލިއެވެ. “ކާކުތަ..؟؟؟” ޒައިލީންއަށް އެހުނެވެ. “ލޯ މަރާލާ..” ހަމަ އެއަޑު ތަކުރާރުވިއެވެ. ޒައިލީން ލޯ ނުމަރަން ހުއްޓާ ހީވީ މީހަކު އޭނާގެ ލޮލަށް އިނގިލި ކޮށްޕާލި ހެންނެވެ. ވީތަދުން އަމިއްލަ އިޚްތިޔާރުގައި ޒައިލީންއަށް ލޯ މަރާލެވުނެވެ.

ޒައިލީން ލޯ މަރާލާފައި ލޯ ހުޅުވާލިއިރު ހުރެވުނީ އަލިކަމެއް ނުވާފަދަ ތަނެއްގައެވެ. މީހަކަށް ފަހު މީހަކަށް ގޮވަމުން ޒައިލީން އެ ތަނެއްގައި ހިނގިއެވެ. “ދޮންބޭ..! އަލް..” ޒައިލީން ކުރިއަށް ހިނގަމުން ދިޔައެވެ. ކުއްލިއަކަށް ފަނޑު އައްޔަކުން ވަކި ތަންކޮޅެއް ދިއްލުނެވެ. އެ އަލިކޮޅު ކުއްލިއަކަށް ފެނުމުން ޒައިލީންގެ ލޮލަށް އުނދަގޫވިއެވެ. ޒައިލީންގެ ދުލުން ދެން ބޭރު ކޮށްލެވުނީ ހެއިލަންގެ ނަމެވެ. “ހެއިލް..” ޒައިލީންއަށް މަޑުމަޑުން ގޮވާލެވުނެވެ.

ދެލޯ އުނގުޅާލާފައި ޒައިލީން އެ ދިމާލަށް ބަލާލިއެވެ. އެ އަލިކޮޅު އެޅިފައިވަނީ ޒައިލީންގެ އުމުރަށްވުރެ ހަގު ކަމަށް ދައްކާވަރުގެ އަންހެން ކުއްޖެއްގެ ގަޔަށެވެ. އެކުއްޖާގެ ދެއަތުގައި ޗޭނެއް ޖަހާފައިވެއެވެ. މުޅިތަން އެ އަންހެންކުއްޖާގެ ރުއިމުން ގުގުމާލީ ހިނދުކޮޅެއްގެ ތެރޭގައެވެ.

އެ ކުއްޖާ ލާފައިވަނީ ފަސްބައިން ވީދިފައިވާ ދިގު، ހުދު ހެދުމެކެވެ. އިސްތަށިގަނޑު ނުލާހިކު ދިގުވެފައި ފަނެވެ. އެކުއްޖާގެ ކަރުނުން ފުރިގެންވީ ދެލޯވަނީ ނޫކުލައިގައެވެ. ރަތްކަން ގަދަ ތުންފަތެކެވެ. ނުލާހިކު އަޅައިގަންނަ ކަޅިރަވައަކާއި ދިގު އެސްފިޔަތަކެއް ލިބިފައިވެއެވެ. ނަމަވެސް އެކުއްޖާ ހިކިކަމުން ހީވަނީ ދުވަހަކު ނުކާންދޭ ކުއްޖެއް ހެންނެވެ. ނަމަވެސް ހަށިގަނޑުގެ ބައްޓަން ފުދޭވަރަކަށް ރީތިވެފައި ސާދާގޮތެއް ހުއްޓެވެ.

“ތީ ކޮން ކުއްޖެއް..؟ ކީއްވެ ޗޭނު ޖަހާފައި އެ ހުރީ..؟” ބިރު ކަނޑުވާލާފައި ޒައިލީން އެ އަންހެން ކުއްޖާ އާއި ސުވާލު ކުރީ އެ ބިރުވެރި ތަނުގައި ހުރީ އޭނަ އެކަނި ނޫންކަން އެނގުމުންނެވެ. އެކުއްޖާ ވަގުތުން ޒައިލީންއާއި ދިމާލަށް ބަލާލިއެވެ. ރަތްވެފައިވާ އެ ނޫކުލައިގެ ދެލޯ ވިދައިގަތެވެ. ހަމަ އެ ސިކުންތު ކޮޅުގެ ތެރޭގައި އެކުއްޖާ އައިސް ޒައިލީންގެ ގައިގައި ދޫވެގެން ނުދެވޭވަރަށް އޮޅުލައިގަނެ ހައްޔަރު ކޮއްލައިފިއެވެ.

“ހެޔޮނުވާނެ ދައްތާ އަހަރެން މިތަނުން ސަލާމަތްކޮއްދީ.. އެ ނުލަފާ މީހުންތައް އައިސް އަހަރެންނަށް އެތައް އަނިޔާއެއް ކުރޭ.. އެމީހުން ބުނާގޮތަށް ޚިލާފު ވެއްޖެނަމަ ވަގުތުން ޗޭނުޖަހާ ހައްޔަރު ކުރޭ.. އެމީހުން އަންނަން މާ ގިނައިރެއް ނެތް.. ދައްތަ އަވަހަށް މިތަނުން ދުރަށްދޭ.. އެހެންނޫނީ ދައްތަވެސް މިތަނުގެ ތެރޭގައި ހައްޔަރުކޮށް އަނިޔާކޮށް ބަލި ކޮއްލާނެ.. އަހަރެންގެ ނަމަކީ އައުލްކީން.. އަހަރެން ދައްތައަށް ގޮވާނަމަ ދައްތަގެ ދެލޯ މެރޭނެ.. ދައްތަ މިތަނަށް އަންނަން މަސައްކަތް ނުކުރާތި.. އެކަމަކު އަހަރެން އަންނަން ބުނީމައި އާދެވޭތޯ ބަލާތި..” އައުލްކީންގެ އަޑަށް ކުރަކިކަމެއް އައީ ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށުމުންނެވެ. “އަވަހަށް ނުކުމޭ.. އެއިވެނީ އެމީހުން އަންނަ އަޑު.. އިރާދަކުރެއްވިއްޔާ ދެން ބައްދަލުވާއިރު ވާގޮތް ކިޔާދޭނަން..” އައުލްކީން އެހެން ބުނެލުމުން ޒައިލީން ލޯމަރާލިއެވެ. އެއީ ޒައިލީންއަށް އެތަނަށް އާދެވުނީވެސް ލޯ މަރައިގެން ކަމަށްވާތީއެވެ.

************

ޒައިލީންއަށް ޚިޔާލުތަކުން ބޭރުވެވުނީ ޒައިދާންގެ އަޑަށެވެ. ޒައިލީން އަވަސް އަވަހަށް ލޯ ހުޅުވާލިއެވެ. އޭރު ޒައިދާން އާއި ހެއިލަން ހުރީ އަނބުރާ އައިހެވެ.

“ޒައިލީން ކިހިނެތްތަ..؟” ހެއިލަން އެހެން އެހިއިރު އެއަޑުގައިވަނީ މޮޅިވެރިކަމެވެ. ”ހެއިލް.. ޒައި އޯކޭއޭ.. ތިވަރަށް ކަންބޮޑު ނުވެބަލަ..” ޒައިލީން ކުޑަކޮށް ހީނލަމުން ބުނެލިއެވެ. ހެއިލަން ޒައިލީންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. ކުޑަކޮށް ހައިރާންވެފައި ޒައިލީން އޭނަގެ އަތާއި ލާމެހިފައިވާ ހެއިލަންގެ އަތަށް ބަލާލިއެވެ. ސަމާސާއަކަށް ބަދަލު ކޮށްލަންވެގެން ޒައިލީން މަޑުމަޑުން ހީނލާފައި ހެއިލަންގެ ލޮލަށް ބަލާލިއެވެ.

ނަމަވެސް އެ އަޅި ދެލޮލުން ޒައިލީންއަށް ފެނުނީ ސީރިއަސްކަމެވެ. ހީވަނީ މިއަތުން ދޫކުރާކަށް ބޭނުމެއް ނޫނޭ ބުނާހެންނެވެ.

“ޔޫ ފީލިންގ ބެޓަރ..؟” ހަމަ އެހާ ސީރިއަސްވެފައި ހެއިލަން އަހާލިއެވެ. “އްމްމް.. ކުޑަކޮށް..” ފޭކް ހިނިތުންވުމެއް ދައްކާލަމުން ޒައިލީން އެހެން އޭނާ ކަމެއް ސިއްރުކުރާކަން އެހެން މީހުންނަށް ޝައްކު ވެދާނެތީއެވެ. ޒައިދާން އެއްބުމަ އަރުވާލިއެވެ. ޒައިލީން ތުންފަތުގައި ދަތް އަޅާލައިގެން އޮތްތަން ފެނި ޒައިދާންއަށް ޒައިލީން ކަމެއް ސިއްރުކުރާކަން ދެނެގަންނަން އުނދަގުލެއް ނުވިއެވެ. ކުރިންވެސް ޒައިލީން ޒައިދާން ގެގާތުގައި ދޮގެއް ހަދާއިރުވެސް ޒައިލީން ހުންނަނީ ތުންފަތުގައި ދަތް އަޅައިގެން ކަމުން ޒައިދާންއަށް އެކަން ފަސޭހައިން ފާހަގަވީއެވެ.

“ޒައި.. އިހަށް ނިދާލާ.. މިހާރު އެ އިރު އޮއްސެނީ.. ކާންވީމަ އަލްޔާ ގޮވާނަން..” އަލްޔާ ވަރަށް އޯގާތެރި ކޮށް ޒައިލީންގެ ނިތްކުރީގައި ފިރުމާލާފައި ދާން އެނބުރުނެވެ. އަލްޔާ އުޅުނުގޮތުން ޒައިލީން ހަނދާންވީ އޭނާގެ މަންމަ މަތިންނެވެ. ޒައިނާ ވެސް ޒައިލީންއަށް ގޮތެއްވެ ނޫނީ ބަލި ވެއްޖެނަމަ އެހެން ހަދަނީ މަދެއްކޮށެއް ނޫނެވެ.

އަލްޔާ، ހެއިލަން އަދި ޒައިދާން ޒައިލީން ބާއްވާފައި އެއްފަރާތަށް ޖެހިލުމުން ޒައިލީން އެނދުގައި ހަމަޖެހިލަމުން ނިދޭތޯ މަސައްކަތް ކުރިއެވެ. ޒައިލީންއަށް ނިދުނީ އޭގެ އިރުކޮޅެއްފަހުންނެވެ.

ޒައިލީންއަށް ހުވަފެނުގައިވެސް ފެންނަނީ އައުލްކީން ރޯތަނެވެ. އޭނާގެ އާދޭސްތަކެވެ. އެބުނާ އަނިޔާ ވެރި ތަނަކުން ސަލާމަތްވާން އޭނާ އެދޭ މިންވަރެވެ. ސިއްސައިގެންގޮސްފައި ޒައިލީންއަށް ހޭލެވުނު އިރު ވަރަށް ބޮޑަށް ބޮލުގައި ރިއްސާފައި ފާޚާނާއަށް ދާން ބޭނުންވާހެން ހީވެއެވެ. ޒައިލީން ބޮލުގައި އަތް އަޅާލަމުން ތެދުވިއިރު ހީވަނީ ގައިގެ އެހެން ގުނަވަންތަކަށްވުރެ ބޯ ބަރުހެންނެވެ. ބަރު އެއްޗެއް ގައި ހިފާއްޓައިގެން ހުންނައިރު މީހުން ހިނގާގޮތަށް ޒައިލީން ދެފަރާތަށް ކިރެމުން ކަހަލަ ގޮތަކަށް ފާޚާނާއަށް ވަނެވެ. ފާޚާނާކޮށް ނިންމާލައިގެން ނިތްކުރިމަތީ ގައި ފެންފޮދެއް ލައިގެން ޒައިލީން ނުކުތްއިރު ކުރިއަށް ވުރެ ރަނގަޅެވެ.

ޒައިލީން ހަލާކުވެފައިވާ ލަގޭޖްގެ ތެރެ ހާވަހާވާފައި ވިކްސް ބާމް ފުޅިއެއް ނެގިއެވެ. އަދި ލޯގަނޑުން މޫނު ބަލައިގެން ނިތްކުރީގައި ބާމު ހޭކިއެވެ. އެއީ ޒައިލީން އަބަދުވެސް ކުރާ ކަމެކެވެ. ރޯގާޖެހި ނޫނީ ބޮލުގައި ރިއްސާނަމަ ބާމްއަކީ ޒައިލީންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެނދުގައި އޮށޯތް ފަހުން ވެސް ބޮލަށް ފަސޭހަވާން ފެށިކަން ޒައިލީންއަށް އިހުސާސް ކުރެވުނެވެ.

ބޮލަށް ލުއިލިބޭހެން ހީވުމުން ޒައިލީންގެ ގާތަށް ނިދި އަންނަންފެށިއެވެ. ނިދާހިތް ނުވިޔަސް ގަދަކަމުން ލައްޕާލި ދޮރެއް ފަދައިން ޒައިލީންގެ ދެލޯ މެރުނެވެ.

ޒައިލީންގެ ފޯނުން އެލާމް ވާންފެށި އަޑަށް ޒައިލީންއަށް ހޭލެވުނެވެ. އޭރު އެ ރޫމްގެ ބެލްކަނިންނާއި ކުޑަދޮރު ގެ ދޮރުފޮތިތައް ވަޔަށް ހެލޭވަރަކަށް އަލި ވަންނަމުންދިޔައެވެ. މޯޅިއަކަށް ދެމިލަމުން ޒައިލީން ގަޑި ބަލާލި އިރު ގަޑިން އަށެއްޖަހަނީއެވެ. އިއްޔެވީ ކަންތަކުގެ މަތިން ހަނދާންވުމުން ޒައިލީން އަވަހަށް އެނދުން ފުންމާލިއެވެ.

ކުއްލިއަކަށް ނިތްކުރި މަތީގައި އަޅާފައިވާ ރުމާކޮޅެއް ބިންމައްޗަށް ވެއްޓުނެވެ. އެނދުގައި ބޯ އަޅާލައިގެން ނިދިފައި އޮތް ހެއިލަން ޒައިލީންގެ ލޮލުގައި އަޅައިގަތީ މާ ފަހުންނެވެ. ހެއިލަންގެ ފައި ކައިރީ ފެން އަޅާފައި ހުރި ކޮފީ މަގް ފެނިފައި ޒައިލީންއަށް ހެއިލަން ކުރި މަސައްކަތް އެނގުނީ ދެނެވެ. ޒައިލީން ހުން އައިސްފައި އޮތުމުން ހެއިލަން ޒައިލީންގެ ހުން މަޑުވޭތޯ ބޮލުގައި ފެން އުނގުޅައިދިނީއެވެ.

“ޑިޑް ހީ ޑޫ ދެޓް އޯލް ނައިޓް..؟؟” ޒައިލީން ދެން ބަލާލީ ހެއިލަންގެ މޫނަށެވެ. ނިދިފައި އޮތުމުން ހެއިލަންގެ ބްލޮންޑް އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ޒައިލީން މަޑު ފިޔަވަޅު ތަކެއްގައި ފާޚާނާއަށް ވަންނަން ދިޔައީ ހެއިލަން ހޭލަފާނެތީއެވެ. “ޒައިއަށް ހޭލެވުނީތަ..؟” އިނގިލިތަކުގެ ކޮޅު ޖައްސައިގެން ހިނގުމުންވެސް ހެއިލަން ހޭލައިފިއެވެ. “ހްމްމް..” ޒައިލީން އެހެން ބުނެލީ ހިތާހިތުން ”ޕްލޭން ފެއިލް” އޭ ކިޔަމުންނެވެ.

“ޒައި.. ހޭލެވުނީތަ..؟” ބެލްކަނިން އެތެރެއަށް ވަންނަމުން އަލްޔާ އެއްސެވެ. “ހްމްމް.. ކީއްވެ އިއްޔެ ރޭގައި ނުގޮވީ..؟ ކާން ގޮވާނަމޭ ބުނީމެއްނު..؟” ޒައިލީން އެއްސެވެ. “އަޅެ ދެން… ޒައިލީން އެހާ ރީއްޗަށް ނިދާފައި އޮއްވާ ގޮވަން ނުކެރުނީއޭ.. އަދި ތިއުޅެނީ ހުން ވައްތަރުވެގެން.” އަލްޔާ ހަށަން ބަނދެލަމުން ބުނެލިއެވެ. “ޒައި ރީތިވެގެން ނުކުމޭ.. ދޮންބެމެން މިތާ ބޭރުގައި މަޑުކޮއްލާނަން..” ޒައިދާންއަށް ޒައިލީން އަދިވެސް ރަނގަޅަށް ހަމައަށް ނޭޅޭކަން އެނގިގެން ޒައިލީންއަށް އެކަނި ވަގުތު ކޮޅެއް ދޭންވެގެން ބުނެލިއެވެ. ޒައިލީން ބޯޖަހާލަމުން އެންމެން ނެރުނެވެ. އެތެރެއިން ރަނގަޅަށް ދޮރު ތަޅުލުމަށްފަހު ޒައިލީން ބެލްކަނި ލައްޕާފައި ހުރިހާ ދޮރުފޮތިތަކެއް ދަމާލިއެވެ.

ޒައިލީން ލަގޭޖުން އޭނާގެ ބޭގް ނެގިއެވެ. ނަސީބަކުން އަލްޔާ އާއި ޒައިދާން ވަނީ އެއަށް ސަލާމަތުން ހުރި ހުރިހާ އެއްޗެއް އަޅާދީފައެވެ. އެތަނުން ޒައިލީން ދަނބު ޓީޝާޓަކާއި އަޅި ކުލައިގެ ޖިންސެއް ނަގާފައި ފާޚާނާއަށް ވަނެވެ.

ފެންވަރަމުންވެސް ޒައިލީންއަށް ވިސްނެނީ އެކަމާއި ދޭތެރޭގައެވެ. އައުލްކީން ހައްޔަރު ކޮށްގެން އެ ބުނާ ބައެއް އުޅެނީ ކީއްވެގެން ބާވައެވެ.؟ އަނެއްކާ މިއީވެސް ހެތެނީސް އެލްފޯމޭނިޔާ ސްކޫލާއި ގުޅޭ ކަމެއް ބާވައެވެ.؟ ޒައިލީން ޒައިދާން އާއި ހެއިލަންމެންގެ ގާތު އެވާހަކަ ނުބުނަން ނިންމީ ޒައިލީން އަށް އެއީ އެކަމާއި ގުޅުން ހުރިކަމެއް ކަން ނޭނގޭތީއެވެ. ފެންވަރައިގެން ނުކުމެ ޒައިލީން ހެދުން ލާފައި ޒައިލީން އޭނާ ކަރުގައި އަޅައިގެން ގެންގުޅޭ ހިތެއްގެ ބައްޓަމަށް ލޮކެޓް ހުންނަ ރިހި ފަށް ނަގައި އަވަހަށް ކަރުގައި އެޅިއެވެ. ބޮލުގައި ދައްޗެއް ޖަހަމުން ފަށް ރަނގަޅު ކޮއްލާފައި ޒައިލީން ސެންޓް ބުރުވާލައިގެން ނުކުތީ ވެޖްކޮށް ހުންނަ ފައިވާނަކަށް އަރައިގެންނެވެ.

“މިއޮއް އައީ ޒައި.. އަވަހަށް ހިނގާ ސައިބޯން ދާން..” ލިފްޓަށް އަރަމުން ޒައިދާން ބުނެލިއެވެ. ލިފްޓްއިން ފޭބި ގަޑީގައި ޒައިލީންއަށް އިޔާން ފެނުނެވެ. ނަމަވެސް އިޔާންއަކަށް އެކުދިންނެއް ނުފެނެއެވެ. ނަމަވެސް ވަރަށް ވަގު ފާޑަކަށް އިޔާން ހުރަސް ކޮއްފައި ދާ އެންމެންގެ މޫނަށް ބަލަމުން ދިޔައެވެ. ހީވަނީ އަތް މައްޗަށް އަރާފައިވާ އަގުހުރި ޖަވާހިރެއް އަތުން ބީވެގެން ދިޔުމުން އެ ހޯދާހެންނެވެ.

ހެއިލަންއަށް ވެސް އެމަންޒަރު ފެނުނެވެ. “ހަމައެކަނި އަހަރެމެން ހަތަރު މީހުންގެ މެދުގައި އިތުބާރު އޮންނަ ވާހަކަ ބުނި ހަނދާން ވޭތަ..؟ ރައްކާތެރިކަން ލިބުނީމައި ވެގެން އުޅޭގޮތް ކިޔައިދޭނަން.. މިވަގުތު ހެއިލްއަށް އިތުބާރު ކުރާނަމަ ހެޔޮނުވާނެ އަވަހަށް ކެފެޓޭރިއާއަށް ދުއްވައިގަނޭ..” ޒައިލީންގެ އަތުގައި ހިފަމުން ހެއިލަން ދުއްވައިގަތެވެ. ޒައިލީން ހެއިލަންގެ އަތުގައި ހިފާ މަޑުމަޑުން ފަހަތް ބަލާލި ވަގުތު ހިތް ތެޅިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. ދެލޯ ބޮޑު ކޮށްލައިގެން ހުރެ ކުޑަވަރެއްގެ އިފުރީތެއްހެން އިޔާން އެދިމާލަށް އެ އަންނަނީ ބާރު ސްޕީޑެއްގައެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ނުފިލާނޭ މިހިތަކުން… 25

Next

ހިތް ކަލާޔަށް އެދޭތީ..20

Next
July 20, 2020

ހިތް ކަލާޔަށް އެދޭތީ..20

Previews
July 20, 2020

ނުފިލާނޭ މިހިތަކުން… 25

27 Comments!

  1. luciyaa says:
    July 20, 2020 at 12:15 pm

    alheyy yoon haadha ragalheyy..bala balaa indha thiya up kohdhiny… ragalhu kuhjekeyy vvvvv nice mi part vx masha allah,,,cant wait to see next part …masha allah // it seems like im in fantacy movie.. soo beautiful

    1. yooon yoooon says:
      July 22, 2020 at 3:57 pm

      Thanks a lot luciyaa ??? Alheiiiii I’m so happy dear ?? Lysm and stay safe ingeii ? Take care

  2. Starlight vixx says:
    July 20, 2020 at 12:42 pm

    Varah reethi mi part ves curiously waiting for the next part ☺️☺️ take care ♥️♥️♥️

    1. yooon yoooon says:
      July 22, 2020 at 3:58 pm

      Thnxxies Starlight vixx ?? Nxt mihaaru submit kollafa waany ? Lysm and u take care too.. ? stay safe

  3. Eekko 11 says:
    July 20, 2020 at 1:12 pm

    Wowww yoooon… Dear this part is also awesome ❤️???? alheyyyyy…. Dhn vaany kihineiy baa??? Curiously waiting for next…. Lyssssm and tc…. Stay home and stay safe dear❤️❤️

    1. yooon yoooon says:
      July 22, 2020 at 4:00 pm

      Thank yoooooouu Eekko 11 ??? dhn waagoiyh engeyne nxt part ga ?? Love u so much more dearr ??? You take good care too ingeii ? stay safe

  4. Maash says:
    July 20, 2020 at 2:30 pm

    ??Wow Yoooon mi part hama Varah reethi ☺️☺️
    Waiting curiously to next part ???when is the next part ?

    1. yooon yoooon says:
      July 22, 2020 at 4:01 pm

      Thanksssssssss Maash ??? Next Yoon submit kollaifin ?? As soon as the part gets and aprobal, u guys will get to read part 7 ?? Lysm and stay safe Maash

  5. ?Jin???B.T.S? says:
    July 20, 2020 at 2:46 pm

    Yess so happy to read an amazing story like this ??? Like my favvv. ??? And u uploaded it so soon ?? yoon ur the best hama ?? can’t wait for the next part ok avahah up kurathi ?? Love u more than anyone ? TC and stay safe lovely yoonn

    1. yooon yoooon says:
      July 22, 2020 at 4:04 pm

      Alheiiiii thank u so much ?Jin???B.T.S? I’m so happy ?? The seventh part is submitted noww ? Love you more Jin ? My regards to BTS ?? U stay safe too n take care Jin

  6. Een says:
    July 20, 2020 at 4:06 pm

    Vvvv nice……. curiously waiting for the next…….lysm and tgc Yoon…..♥️♥️♥️?????????????

    1. yooon yoooon says:
      July 22, 2020 at 4:05 pm

      Thanks Een ??? Insha Allah it will be uploaded soon as I have submitted the seventh part ? Love u more ? And you also tgc Een

  7. azoo says:
    July 20, 2020 at 5:48 pm

    When is the next pert your to submit I love this story
    And waiting for next part miss u all and be safe all

  8. ?Ril? says:
    July 20, 2020 at 6:19 pm

    Wow Yoon mi part ves varh Sali.????????????? Haadha curious kohlaafaey Yoon thininmaalee hehehe . Aley haadha mysterious stry ekey dhw??? ehen ve vrh Sali adhi amdun ves. ???????????????
    An vrh bodah sorry kuree part ah comment eh nukohlevuny??? maa but epart ves vrh Sali????????????
    Btw waiting for next???
    Love uu Yoon. ???
    Stay safe and TC ?❤️?❤️

    1. yooon yoooon says:
      July 22, 2020 at 4:07 pm

      Thanxxissss Ril dear ?? hehe it’s been my hobby since I started writing stories ?? Issoke I still feel vvvvvv happy to know that I still read this dear ?? Thnx again Ril ?? Insha Allah will be uploaded soon ? love u more Ril ?? You TC and stay safe too

  9. no one says:
    July 20, 2020 at 9:52 pm

    varah reethi mi prr ves sis…….????

    1. yooon yoooon says:
      July 22, 2020 at 4:08 pm

      Alheii thnxxx No one ?? Lysm and stay safe dear No one. ??? Tc

  10. i love u so much yoon.. my name is Ethan ? says:
    July 21, 2020 at 11:47 am

    Vrhhhhhh salhi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Next kon dhuvahakun ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Love you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Take care ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Stay safe ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. azoo says:
    July 21, 2020 at 4:49 pm

    Next part up kuraanee kon iraku varahreethi mi Bai ves

  12. RA NE says:
    July 21, 2020 at 6:22 pm

    Wow! V reethi mi part ves… Curiously waiting for the nxt part❤️

    1. yooon yoooon says:
      July 22, 2020 at 4:09 pm

      Thnksssss RA NE ??? Insha Allah will be uploaded soon ??? Lysm and stay safe dear RA NE ?? Tc

  13. yooon yoooon says:
    July 22, 2020 at 4:12 pm

    Heii my dearest readers ?? I’m very sorry I couldn’t reply to ur comments ? I was vvv buxy with schl works and projects and I didn’t have that much time to reply here ?? Vvvvv Sowwy about that ? But I rlly hope u all enjoy reading this Fictional-Love Story of mine ? Luv u guysss vvvvvv much ???? Ur all my inspiration and I’ll never forget it ??? Lysm n have a nice day everyone

    1. ?Ril? says:
      July 22, 2020 at 4:45 pm

      It’s ok ey Yoon dear.??? Schl important vaane dhw. And yaa asluves schl huluvuny maa vrh busy Hama neyvaaves nulevy dhw . But now 2 weeks he holiday eh libije dhw??? but still works dhey dhw??
      Gud luck with your studies????
      Luv u????

  14. yooon yoooon says:
    July 22, 2020 at 4:14 pm

    N to all the readers waiting for E kujja S2 ???? I’m almost finished and as soon as Fiya Faiyh stry is done, Insha Allah will start uploading E kujja S2 ?? Hope u guyss like it ??? Thnxxx for all ur support and once again I love you guys so much ???? Tc

    1. ?Ril? says:
      July 22, 2020 at 4:47 pm

      Oh wow waiting for ekujaa s2 Aley curious ly waiting ingey Yoon lwbi dear
      Btw kithapart mi fiyafai stry gaa baakee iny

  15. yooon yoooon says:
    July 22, 2020 at 8:21 pm

    thank u ril drealinggggssss… Thnxxx and Fiya faiyh stry ga 30 ah vure madhun parts hunnanee… 25 ah vure vxx madhuvaane hen hyvanee.. Keep waiting insha allah will up soooon

  16. Saaa says:
    July 25, 2020 at 10:23 am

    Very nice I love this story

Comments are closed.

Next Episodeފިޔަފަތް 7←


All Right Reserved!