Skip to content
އެސްފިޔަ

އައިނާ (2) 14

ސާދަވަނަބައި

“އޯކޭ އޯކޭ.. ނުބުންޏަސް.. އެހެން އަހާލި ކަމައްޓަކާ މިހާލު ލަދުން ތިއޮއް މޯޅިވީ.. ދެން ނާހާނަން.. އެކައްޗެއްވެސް.. ކީޕް ދެޓް މޮމެންޓްސް އިން ބިޓްވީން ޔޫ ބޯތް.. އިނގޭ.. ދެން ހިނގާ ދާން.. މިހާރު ފޮޓޯ ނަގަން އެއުޅެނީ..” ކޭތަށި ޑަސްބިނަށް ލުމަށް ފަހު އައިނާ އާއި އަޝްހާ އެންމެން ކައިރިއަށް މިސްރާބު ޖެހިއެވެ.

***

އައިނާ އާއި އަޝްހާ އާއި ހިޝާން އެދެމީހުންގެ ފޮޓޯ ނަގައި ނިންމާލައިފައި އަވަހަށް ހައިފާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ. ހިޝާން ދިޔައީ އަޝްހާ ގަތް ޑޭކަރޭޝަން އެއްޗެހި ބަލައެވެ. ހިޝާން އެނބުރި އައިއިރު ނޫހުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނައުހާ އާއި ކަޒިން ކޮއްކޮ، ނައިލް އިނެވެ.

އެމީހުން ވެގެން އަވަހަށް މަސްކަތް ފެށިއެވެ. ނައުހާ އާއި އައިނާ އުއްބައްތި ތައް އަތުރަން އުޅުނު އިރު އަޝްހާ އުޅުނީ އެނދުމަތީގައި ރަތް ފިނިފެންމާ ފިޔަތައް އަތުރައެވެ. ހިޝާން އާއި ނައިލް ވެގެން އުޅެނީ އައިނާ އާއި އަޝްހާ ކެފި ‘ނޫހް އެންޑް ހައި’ ޖަހާފައި އިން އަކުރުތައް ތަތް ކޮށެވެ.

އެވަގުތު ތެކު އައިނާ އާއި އަޝްހާ ތިބި ދިމާ އަށް ނައިލްގެ ނަޒަރު ހުއްޓެމުން ދާތީވެ ހިޝާން އިނީ މުޅި ޠަބީޢަތު ގޯސް ވެފައެވެ. އައިނާ އަށް އެއްވެސް ފިރިހިން ކުއްޖަކު ކަތި ނަޒަރަކުން ކީއްކުރަން އެކުވެރިކަމުގެ ނަޒަރަކުން ބަލާލަން ވެސް ހިތްހަމަ ނުޖެހުނެވެ.

“ހިޝާންބެ ދޭބަ މިކޮޓަރީގެ ލައިޓް ތަކުގެ ކަރަންޓް ދުއްވާލަން.. އޭރުން ހުންނާނެ ވަރަށް ފޯރި ހަހަހ..” އަޝްހާ ނަޖާވެލާފައި ބުނެލިއެވެ. ހިޝާން ނައިލް އާއި އެކު ދާން ބޭނުން ނުވިއަސް މަޖުބޫރު ވުމުން ދިޔައީ އެވެ.

ހިޝާން ކަރަންޓު ބޯޑު ކައިރިއަށް ގޮސް ކަރަންޓު ކަނޑާލިއެވެ. “އެތާގައި އިން ސްޓްރެއިޓް ހެއާ ކޮށް އިން ކުއްޖާ އަށް ކިޔަނީ ކޮންނަމެއްތަ..؟” ނައިލް ކުރި ސުވާލުން ހިޝާން ސިއްސައިގެން ދިޔައެވެ. “އަޝްހާ….” ހިޝާން ހައިރާން ވެފައި އަހާލިއެވެ. “އަޝްހާ!..” ނާއިލް މަޑު މަޑުން ކިޔާލިއެވެ.

“އެއީ ހިޝާންގެ ކަޒިން އެއް ދޯ..” ނައިލް އިތުރަށް ތަފްސީލް އެހިއެވެ. “ނޫނޭ.. ސެކަންޑް ކަޒިން އެއް އެއީ..” ހިޝާން ހަމަ ޖެހިފައި ވާހަކަ ދެއްކި އެވެ.

މިއޮއް ހުރިހާ އިރު އޭނާ ހީކުރި ނައިލް އެބެލީ އޭނާގެ ހިތުގެ މިލްކު ވެރިއާ އަށްކަމަށެވެ. ނަމަވެސް އަޝްހާ އަށް ކަން އިނގުމުން ހިޝާން ވަރަށް މަޖާ ވިއެވެ. އެކަހަލަ ކަންކަމަކީ އަޝްހާ ހިތްހަމަ ނުޖެހޭ ކަމެއްކަން ނއިލް އަށް އިނގިއްޖެއްޔާ ވާނީ ކިހިނެތް ތޯބަލާލަން ހިޝަން ބޭނުންވި އެވެ.

“އަސްލު ތި އުޅެނީ ވަރަށް ތަފާތު ތަޖުރިބާ އެއް ކުރަން އެނގޭ.. އަޝްކޮ އަކީ އެހެން އަންހެން ކުދިން ހެން ތިކަހަލަ ގުޅުން ތަކަށް ވަރަށް ނުރުހޭ ކުއްޖެއް.. ދެން ނޭނގެ ނާއިލްގެ ގޮތެއް އިނގޭ.. އެކަމް ވެސް ގުޑް ލަކް..” ހިޝާން ތަފްސީލު ދިނީ ނައިލްގެ މަޤްސަދު އިނގިގެން ތޯއްޗެކެވެ.

“އަސްލުތަ..؟ ތިހެން ވީރު ވާނެ ކޮންމެހެން ވެސް ތިކަމާ އުޅެން.. އަޝްހާ ފެނުމުން ވެސް ފުރަތަމަ ވެސް ގޮތެއްވީ މިތަނަށް.. ހިޝާން އަށް އެހެންވި ދުވަހެއް އައިތަ..” ނައިލް އޭނާގެ ހިތާއި ވީ ދިމާލުގައި އަތް އަޅާލަމުން ބުނެލިއެވެ.

“އާނ.. ވަރަށް ކުރިން.. އަހަރެން މިގެއަށް އައި އެންމެ ފުރަތަމަ ދުވަހު.. އެކަމާ އަޅާ ނުލާބަ..” ހިޝާން އަށް އެވާހަކަ ކިޔައިދެން އެހާ ފަސޭހައެއް ނޫނެވެ. އެއިހުސާސް ތަކަކީ ދުލަކުން ގަލަމަކުން ބަޔާން ކުރެވޭ ވަރަށް ވުރެ މާ އުފާވެރި އިހުސާސެކެވެ.

“ނިކަން އަޝްހާގެ ނަމް ދީބަ..” ނައިލް މިހެން ބުނުމުން ވަރަށް ފަސޭހަ އިން ހިޝާން ނަންބަރު ދިނީ އެވަގުތު ކޮޅުގެ ތެރޭގައި ވެސް ނައިލްގެ ރަނގަޅުކަން ފެނިފައެވެ. އަދި އެދެމީހުންގެ މެދުގައި އެކުވެރިކަން އުފެދުނެވެ. އަޝްހާ ނަމްބަރު ހިޝާން، ނައިލް އަށް ދިން ވަގުތު ހިޝާންގެ ނަމްބަރުވެސް ހިޝާން ދިނެވެ. އަދި ނައިލްވެސް އޭނާގެ ނަންބަރު ހިޝާން އަށް ދިނެވެ.

***

ހިޝާން އާއި ނައިލް ހައިފާގެ ކޮޓަރިއަށް ވަތްއިރު ބާކީވެފައި ހުރި ފިނިފެންމާތައް އަކުރުތަކުގައި ހިތްޕަން އައިނާ އިނެވެ. އުއްބައްތިތައް ދިއްލަން އަޝްހާ އިންއިރު ނައުހާ ފެންނާކަށް ނެތެވެ.

“އަހަރުމެންނަށްވެސް މިކަހަލަ ނައިޓް އެއް އަންނާނެ ދޯ..” ހިޝާން އައިނާ ލަދު ގަންނަވާލަން ވެގެން ކަންފަތް ދަށައް ގުދު ވެލަމުން ބުނެލިއެވެ. އުއްބައްތިތަކުގެ ރަން އަލިން އައިނާގެ ރަތް ވެފައިވާ މޫނު ފެނުމުން ހިޝާން އަށް އެހެން ދިމާލަކަށް ނަޒަރު ބަދަލު ކޮށެއް ނުލެވުނެވެ.

“އިނގޭތަ..؟ އަހަރެން ހީކުރީ މިއޮތް ހުރިހާ އިރު ނައިލް ބެލީ އަހަރެންގެ އަނާ އަށް ކަމަށް.. އެހެން ހިތައި ނައިލް ދެކެ ވަރަށް ރުޅި އައިސަ ހުރެވުނީ.. އެކަމު ފަހުން އެނގުނު އެއްކަލަ ބޯހަރު އަޝްހާ އަށް ކަން.. ހާދަ މަޖަލެއް ވާނޭ ދޯ އަޝްހާ އަށް އެކަހަލަ ކަމެއް ލައިގަތީމަ..” ހިޝާން ބުނެލިއެވެ.

“އަސްލުތަ.. އަހަރެން ހީކުރީ ހިޝާންގެ އޮންނަނީ ހަމައެކަނި ލަވް ސައިޑް އަކާއި ސީރިއަސް ސައިޑަކާއި މަޖާ ސައިޑެއްކަމަށް.. އެކަން ޖެލަސީ ހިޝާން އެއް މިދެކުނީ އަދި އަލަށް…” އައިނާ މަޖާވެލައިފައި ބުނެލިއެވެ.

***

އަޝްހާގެ ކައިރީގައި އެނބުރެމުން ދިޔަ ނައިލް އިނީ ކަޅި ޖަހައި ނުލާ އަޝްހާގެ ފަރި މޫނަށް ބަލަން ށެވެ. “ހެއި..” ނާއިލް އެންމެ ފަހުން ނުހެރެވިގެން ބުނެލިއެވެ. އަޝްހާވެސް ބަދަލުގައި ހިނިތުން ވެލުމުން ނައިލް ބެލީ އެއީ ފެހި ސިގްނަލް އެއްކަމުގައެވެ.

އަދި އިތުރަށް ވާހަކަ ދައްކަން ހިތައް އެރި ނަމަވެސް އެވަގުތު ނައުހާ އައިސް އެމީހުން ތިބެން ހަމަޖެހުނު ގެސްޓް ހައުސް އަށް ދާން ހިނގާށޭ ބުނުމުން އިތުރަށް ވާހަކަ ދައްކާލާނޭ ފުރުސަތެއް ނުލިބުނެވެ. ޙަޤީޤަތުގައި އަޝްހާއަށްވެސް ނާއިލް ވަރަށް ކަމުދެއެވެ.

ނަމަވެސް އަޝްހާ އަށް ބުނާކަށް ނުކެރުނެވެ. އެހާ ކެރިފައި އުޅޭއިރު މިކަހަލަ ކަމެއް ލައިގަތީމަ އަޝްހާ އަށްވެސް ގަންނަ ލަދު އިހުސާސް ކޮށްލެވުނީ މިރޭގައެވެ.

ހައިފާމެން އަންނާތީވެ އަވަހަށް އެންމެ ނިކުތެވެ. އެކޮޓަރީގެ ފޯނުވެސް ހިފައިގެން އެމީހުން ނިކުތެވެ. އަދި އެދެމީހުންގެ ފޯނުވެސް އަތުލާފައި އެދެމީހުން ކޮޓަރިއަށް ވަނުމުން ބޭރުން ތަޅުލިއެވެ. އަޝްހާ އިސްވެ ތަޅުލާފައި ތަޅުދަނޑި ޖަހާފައި ބެހެއްޓީ އެހެން ތަޅުދަނޑި އަކުން ހައިފާ ހުޅުވާ ފާނެތީވެ އެވެ. ނަމަވެސް ޚަދީޖާ ދަމުން ދިޔައީ ތަޅުދަނޑި ހިފައިގެންނެވެ.

***

އައިނާ އާއި އަޝްހާ ތިބީ އަޝްހާގެ ކޮޓަރީގެ އެނދުމަތީގައެވެ. ދެމީހުން އެކިވާހަކައިގަ ތިއްބާ ވަރަށްބާރަށް ކޮޓަރީގެ ދޮރުހުޅުވާފައި ވަތް ހިޝާން ފެނުމުން ދެމީހުންނަށްވެސް ހާސްކަން ވެރިވިއެވެ. ހިޝާންގެ މޫނުމަތި ފެންނަ ކޮންމެ މީހަކަށްވެސް ވާނީ ހަމަ އެވަރެވެ.

“ހިޝާންބޭ.. ކިހިނެތްވީ..؟” ކަންބޮޑުވެފައި އަޝްހާ އަހާލިއެވެ. “ދޮ.. ދޮ.. ދޮންބެ ދައްތަ..؟؟” ދުވެފައި އެއޮތް ބޮޑު ސިޑިން އެރުމުގެ ސަބަބަބުންނާއި ހާސްވެފައި ހުރުމުގެ ސަބަބުން ހިޝާން އަށް ބުނެވުނީ މިވަރަށެވެ. “ކިހިނެތްވީތަ މަންމަ އަށް..؟؟” އައިނާ ރޮވޭޙާލުގައި ބުނެވުނެވެ.

“ބަނޑައް ތަދުވާތީވެ ހޮސްޕިޓަލަށް ގެންގޮއްސި ދެންމެގަ..” ހިޝާން ބުނެލިއެވެ. “އަހަރެން ބޭނުން ދާން.. އަހަރެން ގެންގޮސް ދީބަލަ..” އައިނާ ބޮޑާ ހާކާ ކަހަލަ ގޮތަކަށް ބުނެލީ އެތަނަށް ދާން ބޭނުންވެގެނެވެ.

“އަނާ!! ތި ހެދުމުގަތަ ދަނީ.. ޗޭންޖް ކުރަންވީނު..” އަޝްހާ ބުނެލިއެވެ. “ނޫން އޭރަށް މާލަސްވާނެ.. އަހަރެން ބޭނުން މިހާރު ހަމަ މިވަގުތު ދާން..” އައިނާ އަނެއްކާވެސް ބުނެލިއެވެ. “އޯކޭ.. ލެޓްސް ގޯ..” ހިޝާން މިހެން ކިޔާފައި ނިކުމެގެން ދިޔައެވެ.

ފަހަތުން އައިނާ އާއި އަޝްހާވެސް ދިޔައެވެ. އައިނާ އާއި އަޝްހާ އަށް ގޭދޮރުމައްޗައް އެރި އިރު ހިޝާން ގަރާޖުން ކާރު ނެރިގެން އައިސް އެތާ ކައިރިއަށް މަޑުކޮށްލަނީ އެވެ.

“ކޮބާ އެހެން އެންމެން…” އެކަކުގެވެސް ހިލަމެއް ގޭތެރެއިން ނުވުމުން އަޝްހާ އަހާލީ ކާރަށް އަރާފައެވެ. “އެންމެން ގޮއްސި ހަމަ އެވަގުތު.. ދެން އަހަރެންގާތު ދޮންބެ ބުނީ ތިދެމީހުން ގޮވައިގެން އަންނާށޭ..” ކާރު ދުއްވަމުން ހިޝާން ބުނެލިއެވެ. އަދި ލޯގަނޑުން ފަހަތުގައި އިން އައިނާ އަށް ބަލާލިއެވެ. އެވަގުތު އައިނާ ވެސް އިނީ ބަލަން ކަމުން ހިޝާން ލޯމަރާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ ބުނާކަހަލަ ގޮތަކަށެވެ. ހިޝާންގެ އެއަމަލުން އައިނާ ކުޑަކޮށް ހަމަޖެހުނަސް އަދިވެސް ހިތުގައި ނޭނގޭ ބިރުވެރިކަމެއް އޮތެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ.

އައިނާ އާއި އަޝްހާގެ އިތުރުން ހިޝާން ގޮސް ލޭބާރ ރޫމް ކައިރީގައި ހުރި ގޮނޑި ބަރިތަކުގައި އިށީންދެލިއެވެ. އެންމެންވެސް ތިބީ އެރޭގައި ޕާރޓީ ގައި ބޭނުންކުރި ހެދުމުގައެވެ. އޭރު ގަޑިން ބާރަގަޑި ބައިވެ އެކެއްޖަހަނީ އެވެ.

އިރުކޮޅެއްފަހުން ބޭބީގެ އެއްޗެހި ހިފައިގެން އަނީލް އަންނަތަން ފެނުނެވެ. ގާތްގަނޑަކަށް ތިނެއް ޖަހަން އުޅެނިކޮށް އިސްރާ ލޯބި ލޯބި ފިރިހެން ކުއްޖެއް ވިހެއެވެ. ނަރުސް ކުއްޖެއް ބޭބީ ގޮވައިގެން ކޮޓަރިން ނިކުތެވެ. އެންމެ ފުރަތަމަވެސް އަނީލް އެކުއްޖާ އުރާލިއެވެ.

އޭނާގެ ޚިޔާލަށް އަންނަނީ އައިނާ އެއަތުގެ ތެރެއަށް ފުރަތަމަ ލާދުވަހު ކުރެވޭނެ އިހުސާސެވެ. ނަމަވެސް ގެއްލިއްޖެ ވަގުތަކީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫންކަމުން ދެން އޮންނާނީ އެވަގުތު ތައް ފޫބެއްދުމުގެ ގޮތުން ކުރިއަށް އޮތް މުސްތަޤުބަލުގައި ކުރެވިދާނެ ކަންކަމެވެ.

ހަތަރެއް ޖަހައި ކަންހާއިރު އިސްރާ ވޯޑައް ބަދަލު ކުރެވުނެވެ. ވަށައިގެން ފޮތިދަމާފައި ހުރުމުން ޕްރައިވެޓް ރޫމެކޭ އެއްވެސް ތަފާތެއްނެތެވެ. ޖާގަވެސް އެހާ ތަނަވަހެވެ.

އައިނާ އެރޭގައި އެއްގޮތަކަށްވެސް ގެއައްދާކަށް އެއްބަހެއް ނުވިއެވެ. “ދެން ދޭބަލަ ދަރިފުޅާ.. މަންމަ އޯކޭ އޭ.. ބޭބީވެސް އެއޮތީނު ބަސްއަހައިގެން.. ދެން އަވަހަށްދޭ.. ގޮސް އެއްޗެހި ބަދަލު ކޮށްލައިގެން ނަމާދު ކޮށްލައިގެން ކުޑަކޮށް ނިދާލައިފައި ހެނދުނު ގަޑީގައި އާދޭ..” އިސްރާ މިހެން ބުނީ އައިނާ އޭނާ ބުނެގެން ނޫނީ ނުދާނެކަން އިނގޭތީވެއެވެ.

އައިނާ ލާން ވެގެން ދިޔައީ ހިޝާން އެވެ. ކާރުގައި އަޝްހާވެސް ގެއަށްލައިފައި އެދެމީހުން ދިޔައެވެ. ބޭބީ ނެރުމުގެ ކުރިން އާޝިޔާ ދިޔައީ އަރުޝް އެކަނި ގޭގައި ނިދާފައި އޮތީމައެވެ. އާޝިޔާ އާއި އިޔާޒު އައީ ހެނދުނު ސައިހިފައިގެން ދާނަމޭ އޭކިޔައިފައެވެ. މަރިއަމް އާއި ހުމައިދުވެސް ބޭބީ ނެރުނު ތަނާހެން ގެއަށް ދިޔައެވެ. އެކަކުވެސް ހައިފާ އާއި ނޫހް ކައިރީ ނުބުނީ އެދެމީހުން ކައިވެނީގެ ފުރަތަމަރޭ ޚަރާބު ކޮށްނުލުމަށެވެ.

އިސްރާގާތު މަޑުކޮށްގެން ތިބީ ޚަދީޖާ އާއި އަނީލް އެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (27)

  1. Faiherrr??

    Yesssss this part is awesome I really love it. Hama hyvany story thereyga ulheveyhen. Thanks A aaR. Ehaa avahah kiyaalan libunyma. School in aigothah first ves mi kiyaaly mi story. Hehe???☺️☺️??????❤️????????????????????

    1. A aaR
      Faiherrr??

      jazaakallah khairan Faiherrr.. ❤️️??

  2. Faiherrr??

    And I am first dhw yayyyyyy. I am so happy A aaR ge story ge mi part ah first comment kurumuge chance libunyma

    1. A aaR
      Faiherrr??

      yeah congra faiherrr ?❤️️??

  3. Bluebird

    Wow Mi part ves varah Salhi…??????? ???????????????????????????????????I also read last part just now… It is also very??? very???? very nice..✴️✴️✴️✳️✳️✳️✴️✴️✴️✳️✳️✳️. I like it.. ???????????????????????????????????????????????Wooooo I’m soooooo excited about Hishan and Aiana…???❇️❇️❇️ ?????Thankolheh ginain edhe kudhin fennaane kamah hope kuran… ☺️☺️☺️☺️If you don’t mind could you change the cover… I’m not saying it’s ugly, it’s fantastic but, Most readers choose stories because of the cover pic…. You can have celebrities pics even like BTS and black pink……By that you can attract more readers…. I’m just giving you an idea…. If you don’t want it’s okay….. BTW Hishan and Aina which Grade???? Curiously waiting for the next part….. ???Once Again This part is very nice…???⚕️⚕️⚕️????⚕️⚕️⚕️ ☺️Luuuuvvvvvv yooouuuuu…… ❣️❣️❣️???????????????????????????

    1. A aaR
      Bluebird

      Aww. jazaakallah khairan Blue bird.. in the cover pic, its Camila Cabello and Shawn Mendes.. Aina is Grade 11.. n Hishaan is Grade 12.. its mention in the first prt i think so.. and this pic is for the up coming episodes..?❤️️??

  4. Maash

    ??Woooooow.! Varah Varah Varah reethi ??
    ?when is the next part? ??

    1. A aaR
      Maash

      jazaakallah khairan Maash.. next prt i’ll submit tomorrow night insha Allah… ? ❤️ ? ?

  5. A aaR

    Here is the 14th prt of the story.. hope you all will love it.. i’ll submit the next prt on tomorrow night Insha Allah.. feel free to comment.. stay safe everyone.. ? ❤️ ? ? TC

  6. Aalif

    Masha Allah mi part ves vrh salhi n kon irakun 15 Bai ahnaany any way waiting for the next part

    1. A aaR
      Aalif

      jazaakallah khairan Aalif.. next prt i’ll submit tomorrow night Insha Allah ? ❤️ ? ? a

  7. ?Ril?

    Mi part ves vrh Sali amazing Hama????????????????????
    Aainaa aa hishaan asluves vrh guley dhw ???… Heheh ???? btw waiting for next A aar ????
    Love uuu girl?????
    TC and stay safe ❤️????

    1. A aaR
      ?Ril?

      Jazaakallah khairan Ril ?❤? tc

  8. Aalif

    Ok A aar?

    1. A aaR
      Aalif

      ?

  9. Cutie ?

    Masha Allah Varah reethi mi part ves.. I Luv u r stories.. Aina & hishan Varah gulhey.. Cover pic ves Vvvvv reethi.. can you tell me u r age if u don’t mind…. And Dhaal Kudahuvadhoo kuhjeh thah thee key ?i want become friends with u…
    Luv you darling ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ ♥️ take care be safe ??

    1. A aaR
      Cutie ?

      Jazaakallah khairan Cutie.. My age is 14.. I think its mention in my bio.. Yess I am from Dh. Kudahuvadhoo and we can be friends.. Soon I’ll write my email I’d on my bio.. ?❤️?

  10. Eem

    mi part vrh salhi??whn next???

    1. A aaR
      Eem

      ? ❤️ ? ? jazaakallah khairan eem

  11. Aalif

    Aslu 14 haadha visnun thooney maasha allah I am 13 r u a girl or a boy

    1. A aaR
      Aalif

      Jazaakallah khairan Aalif.. ?? I am a girl

  12. Aalif

    Kon rasheh

    1. A aaR
      Aalif

      Kudahuvadhoo..

  13. Aalif

    Alhe haadha lahey 15 part ahnan?

    1. A aaR
      Aalif

      It’s submitted.. ?

  14. 16 SHABAKKO 7

    Aah?salhi kamun dhuvey❤️❤️❤️❤️Masha Allah varah reethi ??

    1. A aaR
      16 SHABAKKO 7

      🙂 Jazaakallah khairan shabakko

Comments are closed.