ފަނަރަވަނަބައި

އައިނާ ލާން ވެގެން ދިޔައީ ހިޝާން އެވެ. ކާރުގައި އަޝްހާވެސް ގެއަށްލައިފައި އެދެމީހުން ދިޔައެވެ. ބޭބީ ނެރުމުގެ ކުރިން އާޝިޔާ ދިޔައީ އަރުޝް އެކަނި ގޭގައި ނިދާފައި އޮތީމައެވެ. އާޝިޔާ އާއި އިޔާޒު އައީ ހެނދުނު ދައިހިފައިގެން ދާނަމޭ އޭކިޔައިފައެވެ. މަރިއަމް އާއި ހުމައިދުވެސް ބޭބީ ނެރުނު ތަނާހެން ގެއަށް ދިޔައެވެ. އެކަކުވެސް ހައިފާ އާއި ނޫހް ކައިރީ ނުބުނީ އެދެމީހުން ކައިވެނީގެ ފުރަތަމަރޭ ޚަރާބު ކޮށްނުލުމަށެވެ.

އިސްރާގާތު މަޑުކޮށްގެން ތިބީ ޚަދީޖާ އާއި އަނީލް އެވެ.

***

އައިނާ ކާރުން ފޭބުނުން ފަހަތުން ހިޝާންވެސް ފޭބިއެވެ. “ދޭދެން ހިޝާންވެސް ގެއަށް ގޮސް ރެސްޓް  ކޮށްލަން..” އައިނާ މިހެން ބުނީ ފަހަތުން ގެއަށް ވަންނަން ހިޝާން މިސްރާބުޖެހުމުންނެވެ. “ނޯ.. އައިނާ އެކަނި ބަހައްޓާފަ އަހަރެން ކިހިނެތް ދާނީ.. އަހަރެން މިރޭގައި މިގޭގައި މަޑުކުރާނީ.. ހެނދުނުން އައިނާ ހޮސްޕިޓަލަށް ލައިފައި އަހަރެން ގެއަށް ދާނީ..” ހިޝާންގެ ވާހަކައިން އައިނާ އަށް އެނގުނީ ގޮތްދޫނުކުރާނެ ކަމެވެ.

އެހެންވެ އިތުރު ބަހެއްނުބުނެ އައިނާ ގޭތެރެއަށް ވަނެވެ. އަދި ގެސްޓް ރޫމް އާއި ދިމާއަށް މިސްރާބު ޖެހިއިރު ފަހަތުން ހިޝާންވެސް އާދެއެވެ. “ހިޝާން ވެސް ރެސްޓް ކޮށްލާ..” ހިޝާން އަށް ލުއި ހުނިތުންވުމެއް ދެމުން އައިނާ ބުނެލިއެވެ. އަދި ދާން ވެގެން އަނެއް ފަރާތައް އެނބުރުނެވެ.

ނަމަވެސް އިތުރަށް އެންމެ ފިޔަވަޅެއް ނޭޅެނިސް އައި ނައިތަނެއް ނޭނގި އައިނާ ތަތް ވީ ފާރު ގައެވެ. ކައިރީގައި ޖެހޭނުޖެހޭ ހިސާބުގައި ހުރި ހިޝާނ ފެނުމުން އައިނާގެ ނޭވައި ކަރުތެރޭގައި ތާށިވި ކަހަލަ އެވެ.

ނަމަވެސް ހަމަ އެހާ އަވަހަށް ދޫކޮށްލީ ކުރެވެން އުޅުނު ކަންތައް ވިސްނިގެން ތޯއްޗެކެވެ. އައިނާ ވެސް އެންމެ ވަގުތު ކޮޅަކަށްވެސް މަޑުނުކޮށް ދިޔައެވެ. އެހެން ކަމުން ހިޝާން ހީކުރީ އައިނާ ހިތްހަމަ ނުޖެހުނީ ކަމަށެވެ. އަމިއްލަ ނަފްސައް އަޑުލަމުން ހިޝާން ގޮސް ފޯނުން މެސެޖް އެޕް ހުޅުވާލައިފައި އައިނާގެ ޗެޓް ބަޔަށް ވަދެލިއެވެ.

***

އައިނާ ކޮޓަރިން އެނިކުތް ބާރުމިނުގައި އައިސް މަޑު ޖެހުނީ ކޮޓަރިއަށް ވަދެ ދޮރުވެސް ލެއްޕުނީމައެވެ. މިރޭގެ އެވަގުތު ކޮޅު ހަނދާން ވުމުން އިސްޖަހައި ލެވުނީ ލަދުގަތް ވަރުންނެވެ. ޙަޤީގަތުގައި އައިނާ ނިކުމެގެން އައީ ލަދުން ހިޝާންގެ ކުރިމަތީގައި ހުންނަން ނުކުޅަދާން ވާވަރުންނެވެ.

އައިނާ ސިއްސައިގެން ދިޔައީ އަތުގައި އޮތް ފޯނަށް ނޮޓިފިކޭޝަން އެއް އައުމުންނެވެ. ބަލާލިއިރު ހިޝާންގެ މެސެޖެކެވެ.

*ރުޅި އައިސަތަ؟؟* ހީޝާންގެ މެސެޖުގައި ވެއެވެ. ޖަވާބުގައި އައިނާ ނޫނެކޭ ޖަހާފައި ހެޕީ ފޭސް އިމޯޖީ އަކާއި އެކު ފޮނުވާލިއެވެ. އަތި ޗާރޖައް ޖަހައިފައި އައިނާ ތުވާލި ހިފައިގެން ފެންވަރަށް ވަނެވެ. ފެންވަރައިގެން ނިކުމެ ފޯނު ހުޅުވާލިއެވެ. ފުރަތަމަވެސް ލޮކް ސްކްރީން ގައި އިން އޭނާގެ ކޮއްކޮ ފެނުމުން އައިނާގެ ލޮލުން ކަރުނަ ނިރާލިއެވެ.

އައިނާ ގޮތައް އެކުއްޖާ އަށް ވެސް ލިބިފައިވަނީ ހަމަ އަޅިކުލައިގެ ދެލޮލެވެ. ރާޅުބާނި އިސްތަށިކޮޅު ނިތްކުރިމަތީގައި ހުރިއިރު ތުންފަތައް ވެސް އަރާފައި ވަނީ މަޑު ރަތް ކުލައެކެވެ. މުޅި ކުއްޖާ ކުޑަކޮށް ރަތް ކޮށް އޮތްއިރު ލޮލުގެ އެސްފިޔަ ތައްވެސް ރަނގަޅައް ނުފަޅައެވެ. ބުމަވެސް ހުރީ ކިރިޔާ އެނގޭ ވަރަށެވެ.

ފޯނުގައި މަޑުމަޑުން އައިނާ ފިރުމާލީ އެތުއްތު ކުއްޖާގައިގައި ވެސް ފިރުމާލާނެހާ ލޯބިންނެވެ. އަދިވެސް އައިނާ އަށް ހީވަނީ އެއީ ރީތި ކުލަ ހުވަފެނެއް ހެންނެވެ. ޙަޤީގަތަކީ އެއީކަން ގަބޫލުކުރަން ދަތިވަނީ އެވެ. އައިނާގެ ހިތައް އެރިއެވެ. އެއީ އޭނާ އެތައް ދުވަހަކު އިންތިޒާރު ކުރި ކޮއްކޮ އެވެ.

އައިނާ އެނދުމާތީގައި އިށީންދެލައިގެން ބޭބީގެ ފޮޓޮއަށް ބަލަން އިންދައި މިސްކިތުން ފަތިސް ނަމާދައް ބަންގި ގޮވާއަޑު އިވުނެވެ. އައިނާ ނިދަން އޮށޯތީ ނަމާދުވެސް ކޮށްލައިގެންނެވެ.

***

އެލާމުގެ އަޑައް އައިނާ އަށް ލޯހުޅުވާލެވުނެވެ. ގަޑި ބަލާލިއިރު އަށެއް ޖަހައި ތިން މިނިޓު ހިނގައިފިއެވެ. އައިނާ އަވަހަށް ދިޔައީ ފާހާނައަށެވެ. ފެންވަރައިލައިގެން އައިނާ ނިކުމެ ރީތިވާން ފެށިއެވެ. ކަކުލާ ހަމައަށް އަރާ ވިލު ނޫކުލައިގެ މާތަކެއް ޖަހާފައި އިން ހެދުމަކާއި ހަމަ އެކުލައިގެ ޖިންސެއް އައިނާ އިސްތިރި ކުރިއެވެ.

ހެދުން ލައިގެން އައިނާ ނިކުމެ ދެތަށި ކޮފީ ހަދައިފައި ހިޝާން އަށް ގޮވަން ދިޔައެވެ. ދެތިން ފަހަރަކު ޓަކި ތަޅާލި ދޮރުނުހުޅުވުމުން އައިނާ ތަޅުގައި ހިފާލީ ހުޅުވާފައި ހުންނާނެ ކަމަކަށް ނޫނެވެ. ދޮރުހުޅުވާފައި އެތެރެ އަށް އައިނާ ބޯދިއްކޮށްލިއެވެ.

ރޭގެ ޕާރޓީގައި ހަމަ ލައިގެން ހުރި ހެދުމުގައި އަރާމު ނިންޖަކުން ނިދާލައިފައި އޮތް ހިޝާން ފެނުމުން އައިނާގެ މޫނުމައްޗައް ހިނިތުން ވުމެއް ވެރިވިއެވެ. ރޭގެ ހަނދާން އާވުމުން އައިނާގެ ދެކޯ ލޭކޮޅެއްހާ ރަތްވިއެވެ. ނަމަވެސް ދެފާރާތައް ބޯހޫރުވައިލައިފައި އައިނާ ގޮސް ހިޝާން އަށް ގޮވަން ފެށިއެވެ.

ވަރުބަލި ވިއިރުވެސް ހިޝާން ނުތެދުވުމުން އައިނާ ގާތައް ރުޅި އައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އައިނާ ހިނިތުން ވެލީ މޮޅު ޚިޔާލެއް އައި ފަދައިންނެވެ. އައިނާ ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ޑްރޭސިންޓޭބަލް ކައިރީގައި މަޑުކޮށްލިއެވެ. އަދި އޭގެ ކަބަޑެއް ހުޅުވާފައި ނެގީ ކުޑަ އަތަރު ފުޅިއެކެވެ.

އެއީ ހިޝާން އަށް ވަރަށް ނުބައި ވަސް ދުވާ އެއްޗެކެވެ. އެއަތަރު ފުޅިއަކީ ތަންކޮޅެއް ކުރިން ޚަޖީޖާގެ ކޮޓަރިން އައިނާ ގެނއި ފުޅިއެކެވެ. ޚަދީޖާ އޭގެއިން ނުބައިވަސް ދުވާތީވެ އެއްލައިލަން ވެގެން ނަގާފައި ހުއްޓާ އައިނާ އަށް އޭގެއިން މާމީރުވަހެއް އަރާތީވެ އެގެނައީ އެވެ.

ނަމަވެސް ހިޝާން އަށް އޭގެއިން މާނުބައި ވަސް ދުވާތީވެ އައިނާ އެއިތި ފޮރުވީއެވެ. އައިނާ އަނެއްކާވެސް ހިޝާން އޮތް ކޮތަރިއަށް ވަދެ ނޭފަތް ނައިރީގައި އޭތި ހާކާލި އެވެ. މާގިނައިރު މަޑު ކުރާކަށް ނުޖެހި ހިޝާން ފުންމާފައި ތެދުވިއެވެ.

އަދި ނޭފަތް ކައިރި ފުހަން ފެށީ ކުނިއެއްޗެއް ހޭކިގެން ފުހާ ހެންނެވެ. ހިޝާން ލޯއުނގުޅައިލައިފައި ބަލައިލިއެވެ. ކައިރީގައި އިން އައިނާ ފެނުމުން ހިޝާން ހައިރާވިއެވެ. ނަމަވެސް ކަންތައްތައް ސިކުޑިއަށް ނަގައި ގަނެވުމުން ހިޝާން އަނެއްކާވެސް އައިނާ އަށް ބަލާލިއެވެ. އައިނާގެ އަތުގައި އޮތް އަތަރު ފުޅި ފެނުމުން ހިޝާން އަށް އެކަން ކުރީ އައިނާކަން ވަގުތުން ނަގައި ގަނެވުނެވެ.

ހިޝާން އެނދުން ފުންމާލަން ވެގެން ބެޑްޝީޓް އެއްފަރާތް ކޮށްލިގޮތުން ވެސް އައިނާ އަށް އެނގުނު ފަދައެވެ. ވަގުތުން ދޮރާއި ދިމާ އަށް ދުއްވައިގަތެވެ. ފަރިތަ ކަމާއެކު ސިޑިން ފައިބައިފައި އައިނާ މިސްރާބު ޖެހީ ބަދިގެ އާއި ދިމާ އަށެވެ. ފަހަތުން ހިޝާންވެސް އައެވެ.

އައިނާ ބަދިގެއަށް ވަދެ އެނބުރެނިކޮށް ފެނުނީ ހިޝާން އައި ތަނެވެ. އައިނާ އަނެއްކާވެސް އަތުގައި އޮތް ފުޅި ދިއްކޮށްލުމުން މިފަހަރު ހިޝާން ކައިރިއަށް އަންނަން ހިނގައި ގަތެވެ. ދެން އައިނާ ހެދިގޮތަކީ ދެއަތުގައި ވެސް އޭތި ހޭޚުމުން ހިޝާން އަށް އަތްލާކަށް ނުކެރުނެވެ. އެއީ ހިޝާން ވަރަށް ބޯއަނބުރާ ވަހަކަށް ވުމުން އައިނާގެ އަތުގައިވެސް ހިޝާން އަތެއް ނުލިއެވެ.

“ކީއްވެ ކުރިކަމެއް އެއީ..؟” ހިޝާން ބުނެލިއެވެ. “އަހަރެން ގޮވާ ގޮވާ ވެސް ހިޝާން ތެދުވާ ހިޔާލެއް ނުކުރި ވިއްޔާ.. އެހެންވެ ރަނގަޅު ކަމެއް ކުރާނަމޭ ހިތައި ކުރިކަމެއް އެއީ..” މިހެން ކިޔައިފައި އައިނާ ތުންފަތް މައްޗައް ކާމިޔާބީގެ ހިނިތުންވުމެއް ވެރިކުރުވިއެވެ.

“އަހަރެން ހީކުރީ އަޝްހާގެ އެކަނި ކަމަށް ތިކަހަލަ ވިސްނުން ހުންނަނީ.. ބަޓް ޔޫ ޕްރޫވްޑް މީ ރޯންގް….” ހިޝާން މިހެން ބުނުމުން އައިނާ ހީލާފައި ސިންކި ކައިރިއަށް ޖެހިލީ އަތް ދޮވެލާށެވެ.

އެހެން ނޫނީ އަނެއްކާ ހޮސްޕިޓަލަށް ގޮސް ދޮންނަން ވުމުން އުނދަގޫވެދާނެއެވެ. އައިނާ އެމަސައްކަތުގައި އުޅުމުން ހިޝާން ދިޔައީ މޫނު ދޮވެލާށެވެ. މޫނުދޮވެލައިގެން އައި އިރު އައިނާ، އޭނާ ގިރި ކޮފީ ހޫނުކޮށް އުޅެއެވެ.

ދެމީހުން ކޮފީ ބޮއެގެން ގެއިން ނިކުތް އިރު ނުވައެއް ޖަހަނީ އެވެ. އައިނާ އާއި ހިޝާން ގޮސް ކްރިސްޓަލްގެ އަށް ވަތްއިރު ގޯތިތެރޭގައި ކުނިތައް ހޮވުމަށާއި ސާފުކޮށް މީހުން އުޅެއެވެ.

_ނުނިމޭ

85

17 Comments

  1. Faiherrr💗💗

    July 23, 2020 at 10:43 am

    Yayyyyyy I am the first dhw. So happy. Nd the story was awesome realllyyyyy nice.. 👍👍👍👍👍👍👍💗💗💗💗💗💗💗💗💗👍👍👍🤗🤗🤗🤗

    • A aaR

      July 23, 2020 at 11:11 am

      jazaakallah khairan faiherrr.. 🙂 ❤️ 💙 💚 n congra

  2. Aalif

    July 23, 2020 at 11:05 am

    I am the second eii ves fukeh bodu varehnu 😍😍😍😍😜😜

    • A aaR

      July 23, 2020 at 11:11 am

      congra Aalif 🙂

  3. Aalif

    July 23, 2020 at 11:06 am

    I am the second eii ves fukeh bodu varehnu 😍😍😍 anyway I will coment vaahaka kiyaaninmaafa Insha allah

    • A aaR

      July 23, 2020 at 11:12 am

      🙂

  4. Maasha

    July 23, 2020 at 11:07 am

    😍V. V. V reethi Maasha Allah ❤️💖when is the next part 😍

    • A aaR

      July 23, 2020 at 11:14 am

      jazaakallah khairan Maasha.. next i’ll submit tonight insha Allah 🙂 ❤️ 💙 💚

  5. A aaR

    July 23, 2020 at 11:17 am

    here is the 15th prt of this story.. hope u all loved it.. next i’ll submit tonight insha Allah.. feel free to comment ur views.. i hv written my email id in bio so who wants to talk to me in prvt they can mail me.. 🙂 ❤️ 💙 💚 TC stay safe readers

  6. Aalif

    July 23, 2020 at 6:54 pm

    Hehehhe yes.n umm…who is this maasha kon rasehthe maasha

    • A aaR

      July 23, 2020 at 8:15 pm

      🙂

  7. Aalif

    July 24, 2020 at 8:04 am

    A aar sis kon irakun 16 part nereyny🤗

    • A aaR

      July 24, 2020 at 2:48 pm

      Its published.. you can read it now..🙂

  8. 🌺Ril🌺

    July 24, 2020 at 9:58 am

    Mi part ves vrh Sali Masha Allah🥰🥰🥰
    Amazing ingey👌👌👏👏👏👏💯💯💯
    Waiting for the next 😊😊😊
    Love uuu ❤️❤️😊
    TC and stay safe ❤️😊💞

    • A aaR

      July 24, 2020 at 2:49 pm

      Jazaakallah khairan Ril.. next prt you can read now.. 🙂 lyt ❤ TV n stay 💚🙂 safe..

  9. 16 SHABAKKO 7

    August 12, 2020 at 1:08 pm

    Reethi ❤️❤️❤️❤️❤️

    • A aaR

      August 14, 2020 at 11:50 pm

      Jazaakallah khairan shabakko

Comments are closed.