ކިޔުންތެރިންގެ ސަމާލުކަމަށް،
މިއީ “އެހެނަސް…”ގެ އެންމެފަހުބައި. އަޅުގަނޑަށް އިނގޭ ވަރަށް ގިނަ ކިޔުންތެރިން ވަރަށް ދިގު އިންތިޒާރެއްކޮށްފިކަން މިބައި އަޕްލޯޑްކުރާނެ އިރަކަށް. އުންމީދުކުރަން ކަމުދާނެކަމަށް. ހުރިހާ ކުދިންވެސް ކިޔާލާފައި އެކުއްޖަކު ދެކޭ ގޮތް ކޮމެންޓްކޮށްދިނުން އެދެން. އަދި ވާހަކައިން އެކުއްޖަކަށް ފާހަގަވާ މައްސަލަތައް ބުނެދިނުން އެދެން. ކުރިޔަށް އޮތްތަނުގައި ރަނގަޅުކުރުމަށް އަދި ވާހަލަ ލިޔުމަށް ލިބިގެންދާނެ އިތުރު ހިތްވަރަކަށް އެކަން ވެގެންދޭ. ކަމުދާނެކަމަށް ހީކުރަން. ޝުކުރިއްޔާ!
_________________________________________________________________________
މަލާކްގެ އަތަށް ރިޕޯރޓް ލިބުމާއެކު އަވަސް އަވަހަށް ބަލަން ފެށިއެވެ. މަލާކްގެ އަތް ތުރުތުރުލާން ފެށިއެވެ. ކައިރީގައި ހުރި ޒާހިލްއަށްވެސް އެކަން ފާހަގަ ވިއެވެ. “އައި ޑޯންޓް އަންޑަރސްޓޭންޑް… ޑިޑް ދޭ މޭކް އަ މިސްޓޭކް؟؟ އައި ޑޯންޓް އަންޑަރސްޓޭންޑް!!” މަލާކް މުޚާތަބު ކުރީ އަލޫކް އޯވަރޑޯޒްވެގެން އެމަރޖެންސީގައި ގެނައި އިރު އިސްކޮން ހަރަކާތް ތެރިވި ޑޮކްޓަރ އަޔާންއާއެވެ. “އައި އެމް ސޮރީ މަލާކް…” ޑޮކްޓަރުގެ ޖަވާބާއެކު މަލާކަށް ހީވީ އޭނާގެ ހިތް ހުއްޓުނު ހެންނެވެ. އަތުން ރިޕޯރޓް ދޫވެގެން ގަނޑުތައް އުދުހިގަތެވެ. ހޯސްލާފައި ކަރުނަތައް އޮހި ގަތެވެ.
**********************************
ޑޮކްޓަރުގެ ރޫމުން ނުކުތް މަލާކްއަށް ދުއްވައިގަނެވުނީ ބޭރަށެވެ. ފަހަތުން އައި ޒާހިލް މަލާކްގެ ނަމުން ގޮވިއެވެ. ނަމަވެސް އެއަޑު މަލާކްގެ ކަންފަތަށް އިވުނުހެނެއް ހިޔެއްނުވެއެވެ. ޒާހިލް މަލާކް ހުއްޓުވާކަށް ނައެވެ. މިވަގުތު އޭނާ އެކަނިވާން ބޭނުންވާނެކަން އިނގޭތީއެވެ.
މަލާކްގެ ވަށައިގެން ހުރިހާ އެއްޗެއް އެނބުރޭ ކަހަލައެވެ. ދުވަމުން ދިޔަ މަލާކްއަށް ނިކުމެވުނީ އަތިރި މައްޗަށެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތަކަކަށް ހުއްޓުމެއްނައެވެ. މިސްރާބަކަށް ބަދަލެއް ނައެވެ. ފައިވާންވެސް ދޫކޮށްލާފައިގޮސް ފިނިފިނި ލޮނުގަނޑުގައި ފައިޖެހުމާއެކު އޭނާ ހުއްޓުނެވެ. ރާޅުތައް އައިސް އޭނާގެ ފައިގައި ބޮސްދޭން ފެށިއެވެ. އެހިސާބުން އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. ހަމަ އެވަގުތު ހިމަފޮދު ވާރޭ އޮއްސާލިއެވެ. ހިމަފޮދުވާރޭގެ ތިކިތައް އައިސް އިސްއުފުލާލި މަލާކްގެ ކޯތާފަތްމަތީ ފިރުކެމުންދިޔަ ކަރުނަތިކިތަކާ އެކުވިއެވެ. ރޮއެރޮއެ ގޮސް އޭނާގެ ލަގޮނޑިއަށްވެސް ތަދުވާންފެށިއެވެ.
ކައިރީގައި ހުރި މަގޫގަސްގަނޑެއްގެ ދޮށުގައި މަލާކްގެ ހަރަކާތްތަކަށް ބަލަން ޒާހިލް ހުއްޓެވެ. ކިތަންމެ ހިތްވަރުގަދަޔަސް އެލިބުނު ޚަބަރާއެކު ދެން މަލާކް ކޮށްފާނެ ކަމެއްނޭނގޭތީއެވެ. ޒާހިލްގެ ލޮލުން ކަރުނަ ހިލުނެވެ. މަލާކްގެ ވޭނީ ރުއިމުގެ އަޑުއަހާފައި އޭނާއަކަށް ކެތެއްނުކުރެވުނެވެ. ފަހަތުންގޮސް މަލާކްގެ ގައިގައި ބައްދާލިއެވެ.
މަލާކް ފަހަތަށް އެނބުރުނެވެ. އަދި ޒާހިލްގެ ތަނަވަސް މޭގައި މޫނު ފޮރުވާލިއެވެ. އެހެން ހުރެ ގިސްލަ ގިސްލާފައި ހިތްފުރެންދެން ރުޔެވެ. ޒާހިލްގެ ބާރުގަދަ ދެއަތުގެ ހިމާޔަތް އޭނާއަށް ލިބުނެވެ.
އެނދުމަތީ ފުރޮޅި ފުރޮޅި އޮތް އަލޫކް ނުނިދިގެން ތެދުވިއެވެ. ކައިރީގައި ހުރި މޭޒުމަތީ ހުރި ފެންފުޅިން ތައްޓަށް ފެންފޮދެއް އެޅިއެވެ. ތަށީގައި ހިފުމާއެކު އަލޫކްގެ ނިތްކުރި މައްޗަށް ރޫއަރައިގެން ދިޔައެވެ. އޭނާގެ އަތް ތުރުތުރު އަޅަމުން ދިޔައީ އެހެންނެއްނޫނެވެ. ފެންބޮވޭތޯ މަސައްކަތްކުރަމުން ދިޔުމުގެ ތެރޭގައި މުޅިގަޔަށްވެސް ފެންތައް އެޅުނެވެ. ތުރުތުރު އަޅަމުން ގޮސް ތަށި އަތުން ދޫވެގެން ވެއްޓި ތަޅައިގެން ދިޔައެވެ.
ބިއްލޫރިގަނޑަކަށް އެރިދާނެތީ ބަލައިގެން ގޮސް އެލާރމްއަށް އޮބާލިއެވެ. އެތަނުގެ ނަރުސް ކުއްޖަކުއައިސް ދޮރު ހުޅުވާލިއެވެ. އަލޫކް މަޢާފަށް އެދިފައި ތަށިތަޅައިގެން ދިޔަ ވާހަކަ ބުންޏެވެ. ނަރުސް ކުއްޖާ އެއީ މައްސަލައެއްނޫން ކަމަށްބުނެ ބޭރުގައިހުރި މަސައްކަތުމީހަކަށް ގޮވިއެވެ. އަދި އަލޫކްއަށް އަނިޔާއެއްވިތޯ ބެލިއެވެ. އަދި އަލޫކްގެ އެދުމަށް ޕްލާސްޓިކް ތައްޓެއް ގެނެސްދިނެވެ. މަސައްކަތުމީހާ އެތަން ސާފުކުރުމުން، ނިދާލާށޭ ބުނެ ނަރުސް ކުއްޖާ ނުކުމެގެން ދިޔައެވެ.
އަލޫކް ބަލާލީ އޭނާގެ ދެއަތަށެވެ. އަދިވެސް ތުރުތުރުލަނީއެވެ. ހުދުހަންހުރީ ރީނދޫ ކުލައަކަށް އަރާފައެވެ. އަރިކައްޓަށް ތަދެއްވެސް އެރީ ހަމަ އެވަގުތުއެވެ. އަލޫކް އެދުގައި އަރިއަކަށް އޮވެ ދެލޯމަރާ ތަގުޅިކޮށްލިއެވެ. ބަނޑާއި އަރިކައްޓަށްވާގޮތަށް އަތްއަޅާ ބާރުކޮށްގެން އޮތެވެ. އަލޫކަށް ވިސްނާލެވުނެވެ. އެޔާއެކު އޭނާއަށް ނޫނެކޭ ބުނެލެވުނެވެ. “ނޫން!! ނޫން ނޫން ނޫން ނޫން….ނޫން” އަލޫކް އެއްވާމަކަށް އެހެން ކިޔާލަ ކިޔާލާއޮތެވެ. އޭނާ މާދަންވެސް މިތަނުން ދޫކޮށްލަންވީއެވެ. އޭނަ މިހަރު ރަނގަޅެވެ. އަމިއްލައަށްވެސް އެކަން އިހުސާސް ކުރެވެއެވެ. އެހާ ބުރަމަސައްކަތުން އޭނާއަށް ނުބައި އާދަތަކާ ދުރުވެވިއްޖެއެވެ. ޑްރަދްސް ބޭނުންކުރުން ހުއްޓާލެވިއްޖެއެވެ. “ނޯނޯ، ނޮޓް ނައު، ނޮޓް..އާފޓަރ އޯލް އޮފް ދިސް…ނޯނޯ!”
“ހޭ ޑޭޑް، ހޯޕް ޔުއަރ ޑުއިންގް ފައިން… ލިސަން އައި ނޯ އައި ހެވެންޓް ކޯލްޑް އިން އަ ވައިލް… އައި އެމް ސޮރީ… އައި ވޯންޓް ޔޫ ޓު ނޯ އައި އެމް އޯކޭ. އައި އެމް އޮން އަ ވެކޭޝަން…އިން ދަ މޯލްޑިވެސް. ވަރަށް ރީތި މޫދާ ތަންތަން މިދުވަސްކޮޅު. އައި މޭ އިވެން ޗޭންޖް ހިޔަރ ހަހަހަ. އެނީވޭސް ޑޭޑް ސޮރީ… އެންޑް އައި ލަވް ޔޫ.. ބާއި” އަލޫކް އޭނާގެ ބައްޕައަށް ވޮއިސްމެއިލްއެއް ފޮނުވިއެވެ. ދަންވަރު ގުޅަން ކެރޭ ހެއްޔެވެ؟ ނޭނގޭ ސަބަބަކާ ހުރެ އޭނާގެ ހިތް ބުނަނީ ބައްޕަ ދެން ނުފެނިދާނެ ކަމަށެވެ.
ވިލާދާގެ ލޮލުން ކަރުނަ ނުހިކެއެވެ. ހެނދުނު ޑޮކްޓަރާ ބައްދަލުކުރަން ދިޔުމުން ލިބުނު ޚަބަރެއްގެ ސަބަބުންނެވެ. އޭނާގެ ދަރިފުޅު ނުބައި އާދަތައް ދޫކޮށް ހެޔޮމަގަށް ތުޖޫޢަވާން ވަރަށް ގިނަ މަސައްކަތެއް ކުރެއެވެ. ރަނގަޅުވާން އެހާ ހިތްވަރު އެބަ ކުރެއެވެ. އެހެނަސް…
މަލާކް ކެބިންއިން ނުކުމެގެން ދިޔައީ ޒާހިލް ހޯދާށެވެ. ވިލާދާއާއި އަލޫކްއާއެކީ ޚާއްޞަ އެޕޮއިންޓްމެންޓަކަށް ގަޑިކިޔާފައި އޮތީމައެވެ. ޑޮކްޓަރ އަޔާންވެސް ބައިވެރިވެއެވެ.
“ވީ ހޭވް ނިއުސް.. އައިއެމް އެފްރއިޑް އިޓްސް ގުޑް އެންޑް ބޭޑް” ޑޮކްޓަރ އަޔާން ބުންޏެވެ. އަލޫކްއަށް ހިންދިރުވާލެވުނެވެ. ވިލާދާ އަލޫކްގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އަލޫކް ބޯޖަހާލިއެވެ. ” އިފް ސޯ…ގުޑް ނިއުސް ފަރސްޓް” އަލޫކް ދިރުމެއްނެތް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. މަލާކް ކަރުކެހިލިއެވެ. އަދި ވާހަކަދައްކަން ފެށިއެވެ. އަލޫކްގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރިތަންފެނި މަލާކްގެ ހިތުގައި މީހަކު ވިކަތްގަތްފަދައެވެ. އަލޫކްގެ ދެލޮލުގައި ވަނީ ނޭނގޭ ތަދެކެވެ. ތަދާއި ވޭނެވެ.
“ވެލް…ޑޮކްޓަރ ޒާހިލްއާ އަޅުގަނޑާ ދެމީހުން އިވަލުއޭޝަންސް ހަދާ ވަރަށް އެނަލައިޒްކޮށްފިން. އެންޑް ވީ ބިލީވް ޔޫ އާރ ރެޑީ ޓު ގޯ އައުޓް އިންޓު ދަ ވޯރލްޑް. އަދި އެންމެފަހުން ޓެސްޓު ކުރެވުނު ސާންޕަލްގެ ނަތީޖާވެސް ލިބިއްޖެ. އިޓްސް އޯލް ކްލީން. ޔޫ އާރ ފުލީ ކްލީން.” މަލާކް ހިނިތުންވެލިއިރު ދެލޮލުން ކަރުނަ ހިލުނެވެ. “ޔޫ މޭޑް އަ ލޮޓް އޮފް އެފޯރޓް. އެންޑް ހެޕީ ޓު ސީޔޫ ފައިނަލީ އެޗީވް އިޓް. ” ޒާހިލްވެސް ބުނެލިއެވެ. “ވެލް، ތެންކްޔޫ. ތޭންކްސް ޓު ޔޫ އޯލް. ޝުކުރިއްޔާ. ” އަލޫކް ބުންޏެވެ. ވިލާދާވެސް ޝުކުރު އަދާ ކުރިއެވެ. މިއީ ވަރަށް ގިނަ ބައެއްގެ މަސައްކަތެވެ.
ޑޮކްޓަރ އަޔާން ފުންނޭވާއެއް ލިޔެވެ. “އަންފޯރޗުނޭޓްލީ… އައި ހޭވް… ސަމް ޑިސްޓަރބިންގް ނިއުސް..އައި އެމް ސޮރީ” ޑޮކްޓަރ އަޔާންގެ މޫނުމަތިން ފެންނަނީ ނުތަނަވަސް ކަމެވެ. އަލޫކް ބޮލުގެ އިޝާރާތުން ކުރިޔަށް ގެންދިއުމަށް އެދުނެވެ.
” ވިލާދާގެ ރިކުއެސްޓްއާ ހުއްދައާއެކު ވީ ޑިޑް އަ ފުލް ބޮޑީ ޗެކްއަޕް. އެންޑް… އައި އެމް ސޮރީ ވީ ފައުންޑް ސަމް ޑިސްޓަރބިން ސިންޕްޓޮމްސް.. އެއްވެސް އިރެއްގަ ވަރުބަލި ވެގެން ނޫނީ ހަމަ ހުރެފަ ވެއްޓި ގޮތްގޮތް ވޭތަ؟” ” ޔެސް. އެންޑް ފިޓުވެސް ޖެހޭ. އައި ތިންކް އައި ނޯ ވެއަރ ޔޫ އާރ ގޮއިންގް ޑޮކްޓާރ، ޑޯންޑް ހެޒިޓޭޓް ޖަސްޓް ޓެލް މީ. ” އަލޫކް އިސްޖަހާލާފައި އެހެން ބުނެލިއެވެ. “ވެލް، ޔުއަރ ލިވަރ އިޒް ފެއިލިންގް. ސިރޯސިސްއެއް. މީނިންގް ދެޓް އިޓް ހޭޒް ބީން…ފެއިލިންގް ފޯރ އަ ވައިލް ނައު.. އެކޯރޑިންގް ޓު ދަ ރިޕޯރޓް. ޔޫޒް އޮފް ޑްރަގްސް އޮރ އަލްކަހޯލް ކޮންސަންޕްޝަން ފޯރ އަ ލޯންގް ޓައިމް ކޭން ކޯޒް ދިސް…އަދި ލާރޖް ޑޯޒެސް އެންޑް އޯވަރޑޯޒްވީމަ، މިކަހަލަ ކަންތައްތަކުގެ ސަބަބުން ލިވަރ ޑެމޭޖް އަދި ލިވަރ ފެއިލްވޭ…” ޑޮކްޓަރ އަޔާން ހިން ދިރުވާލިއެވެ.
މަލާކްގެ ދެލޮލުން ކަރުނައިން ފުރެމުން ދިޔަ ޙާލު ކެތްކޮށްލައިގެން ހުއްޓެވެ. ބުނަމުން ދިޔަ ކޮންމެ ބަހެއްގެ ސަބަބުން ހީވަނީ އޭނާގެ ހިތުގައި މީހަކު ޅިޔައަޅާލުމަށްފަހު، އެފާރުގަނޑު ނުހިކެނީސް މިރުސްލާހެންނެވެ. “ލިވަރ… ޑެމޭޖްގެ ސަބަބުން … ފެއިލް..ވުމުގެ ސަބަބުން އަޅުގަނޑުމެނަށް ގަބޫލުކުރެވެނީ ހެޕަޓިކް އެންސެފަލޮޕީއެއް އޮކަރ ވެފަ ވާހެން. އެއީ ބްރެއިން ޑެމޭޖެއް. އޭގެ ސަބަބުން.. ތުރުތުރު އެޅުމާ، ވަރުބަލިވެ އަނބުރައިގަތުމާ، މެމޮރީ އަލްޓަރޭޝަން، އަދި ހަނދާންނެތުން ކަހަލަ ކަންތައް މެދުވެރިވޭ.. އެއީ މީގެ ސިންޕްޓޮމްސް ތަކެއް. ” ޑޮކްޓާރ ފުންނޭވާއެއް ލިޔެވެ. “އަޅުގަނޑުމެން ލަފާދެނީ ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރުން ފަރުވާކުރަން. ހެޕަޓިކް އެންސެފަލޮޕީ އިޒް ރިވާރސިބަލް ވިތް ޓްރީޓްމެންޓް. އެކަމު… މިހާރުވެސް… އަލޫކްގެ ފުރާނަ..ވަނީ ނުރައްކަލެއްގެ ތެރޭގަ. ހީ ހޭޒް ލެސް ދޭން އެން އިޔަރ ޓު ލިވް. އެކަމް މިހާރު… އެއަށްވުރެވެސް ދުވަސް މަދު..ވާނެ. އަވަހަށް ލިވަރ ޓްރާންސް ޕްލާންޓްއެއް ހެދިއްޖެނަމަ ނޫނީ…” ވިލާދާއަށް ރޮވެން ފެށިއެވެ. އަލޫކް ވިލާދާގެ އަތުގައި ހިފަހައްޓާލިއެވެ. ” ސޮރީ އަލޫކް… އެކަމު އަޅުގަނޑު އަލޫކްއާ ސުވާލެއް ކޮށްލަންތޯ؟ ޔޫ ޑޯންޓް ސީމް ސަރޕްރައިޒްޑް. ޔޫ ނިޔު؟ ޔޫ ވަރ އިން ޑިނައިލް؟” އެންމެން ބަލާލީ އަލޫކްއާއި ދިމާލަށެވެ.
“އައި ހޭޑް އަ ފީލިންގް. އިޓްސް ބީން އަ ވައިލް. ބޭރުގަ..އުޅުން އިރު..އޯވަރޑޯޒްވެގެން ގެންދިޔައިރު… ހެދި ޓެސްޓެއްގަ އިނގުނީ..ދެޓް މައި ލިވަރ އިޒް ޑެމޭޖްޑް. ފަހުން ތަދުއަރާތީ ދިޔައީމަ ބުނީ.. ބަޓް..” އަލޫކް ހުއްޓާލިއެވެ. ވިލާދާއަށް ގިސްލެވެން ފެށިއެވެ. މަލާކްގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. “ޔޫ ހޭވް ޓު ސީކް ޓްރީޓްމެންޓް އަލޫކް..” ޑޮކްޓަރ އަޔާން ލަފާދިނެވެ. އަދި މަޢާފަށް އެދިފައި އިތުރު މަޢުލޫމާތު ދިނުމަށްފަހު ނުކުންނަން ދިޔައީ ހޮސްޕިޓަލްއަށް ދާން ޖެހިގެންނެވެ.
“މަލާކް… ކޭން އައި ހޭވް އަ ވޯރޑް ވިތް ޔޫ.. އެލޯން..” އަލޫކް ބުންޏެވެ. ޒާހިލް އަލޫކްގެ ކޮނޑުގައި އަތްއަޅާލިއެވެ. އަދި އަލޫކްގެ އެދުމާއެކު ވިލާދާއާއި ޒާހިލް ބޭރަށް ނުކުތެވެ. “މަލާކް އައިއެމް ސޮރީ..” މަލާކް ދެރަވިއެވެ. ރުޅިވެސްއައެވެ. “ހައު ކުޑް ޔޫ. ހައު ކުޑް ޔޫ ނޮޓް ޓެލްމީ. އެންޑް ކީއްވެ އެކަން އިނގުނު އިރު އާރލީ ސްޓޭޖްއެއްގަ ރަނގަޅުކުރަން ނޫޅުނީ! އަލޫކް ޔޫ ވާރ ފައިނޭންޝިއަލީ ސްޓޭބަލް. ވީއިރު ދެން ކީއްވެ؟ ހައު ކުޑްޔޫ…” މަލާކް ޝަކުވާތައް އޮއްސާލިއެވެ. ” އައި ޑިޑްންޓް ބިލީވް ދެޓް އައި ކުޑް ބިކަމް ބެޓަރ އޭރު. އައި ހޭޑް ނޯ ހޯޕް. އައި ޑިޑްންޓް މީޓް ޔޫ އޭރު…” އަލޫކްގެ އެހެން ބުނުމާއެކު މަލާކްގެ ހިތް ބަންޑުންވިއެވެ. އަލޫކް މަލާކްގެ ގައިގައި ބައްދާލިއެވެ. މަލާކް އަލޫކް ދުރުކޮށްލާކަށް ނޫޅެއެވެ.
“މަލާ… އައި ނީޑް ޔޫ ޓު ޑޫ ސަމްތިންގް ފޮރ މީ…” މަލާކް އިސް އުފުލާލިއެވެ. “އެނީތިންގް…” “އަހަންނަށް އިނގޭ.. މަލާކް ޒާހިލްއާ މެރީ ކުރަން އެއްބަސްވިކަން…__” “އަލޫކް ޑޯންޓް ސޭ ނޯ ނޯ..ސްޓޮޕް.” މަލާކް ކަންފަތުގައި އަތް އަޅާލިއެވެ. އަލޫކް މަލާކްގެ ދެއަތް ކަންފަތާ ދުރު ކޮށްލާފައި ހިނިގަނޑެއް ޖަހާލިއެވެ. “ސިލީ… ހަހަ އަޑުއަހާބަލަ. އައި ނޯ ދެޓް. ބަޓް… އައި ލަވް ޔޫ… އައި ކާންޓް އާސްކް ޔޫ ޓު މެރީމީ ކޮޒް އައި ވުޑް ނޮޓް ބީ އޭބަލް ޓުބީ ދެއަރ ފޮރ ޔޫ… ބަޓް__”
“ނޯ އަލޫކް ނޯ . އަހަރެން މިހުރިހާ ބުރަ މަސައްކަތެއްކޮށް އަލޫކް އުޅުނު ހާލު ދެކެން ހުރީކީ އަލޫކް އަމިއްލަ ލައިވް ގިވް އަޕް ކުރާތަން ބަލާކަށް ނޫން. ނޯ!” މަލާކް ބޯހޫރާލިއެވެ. “މަލާކް އިޓްސް ނޮޓް ދެޓް ސިންޕަލް، އަހަރެން ބޭނުމެއް ނޫން އަހަރެންގެ އެންމެ ފަހު ދުވަސްތައް އެނދުމަތީ އޮންނާކަށް. އަހަރެން މާދަންވެސް ދާންޖެހިދާނެ…..” އަލޫކް ބުންޏެވެ. “އަލޫކް ކީކޭތަ ތިކިޔަނީ!! ޔޫ ވިލް ޓްރައި، ޔޫ ވިލް ގޯ އެންޑް ގެޓް ޓްރީޓްމެންޓް! އަހަރެންނަކަށް ނުހުރެވޭނެ އަލޫކް އަމިއްލަ ލައިފް ގިވްއަޕް ކުރާތަން ބަލާކަށް. ޕްރޮމިސްމީ، ޕްރޮމިސްމީ ދެޓް ޔޫ ވިލް ޓްރައި…. ” މަލާކް ދެލޮލުން ކަރުނަ އޮހިގަތެވެ.
” އޯކޭ.. އައި ޕްރޮމިސް. އައި ޕްރޮމިސް މަލާ… ލެޓް މީ ރިފްރޭޒް އިޓް. އައި ‘މޭ’ ނޮޓް ބީ އޭބަލް ޓު ބީ ދެއަރ ފޮރ ޔޫ. ބަޓް… ޒާހިލް ވިލް. އަހަރެން ފުރާނަން..ޓްރީޓްމެންޓަށް.. އޭގެ ކުރިން އައި ވޯންޓް ޔޫ ޓު ފޮރގެޓް މީ… އެންޑް ބީ ހެޕީ… ބީ ހެޕީ ވިތް ޒާހިލް… ޔޫ ޑިޒާރވް ސަމްވަން ލައިކް ހިމް. އެންޑްޔޫ ޑިޒާރވް ޓު ބީ ހެޕީ… ” އަލޫކްގެ އަޑު ކުރެހުނެވެ. “އަލޫކް..ނޯ ހައު ކޭން އައި ފޮރގެޓް ޔޫ…” މަލާކް ހިތުގައި ޖެހުނެވެ. ” ދެން އެޓްލީސްޓް ބީ ހެޕީ. ބީ ހެޕީ ވިތް ހިމް… އައިލް ބީ ފައިން…” އަލޫކް މަލާކްގެ ދެލޮލަށް ބަލާލިއެވެ. ” މެރީ ހިމް. މެރީ ޒާހިލް. އައި ވޯންޓް ޔޫ ޓު މެރީ ޒާހިލް… އައި ވޯންޓް ޓު ސީ ޔޫ ހެޕީ…. ބިފޯރ އައި..ގޯ” އަލޫކްގެ ލޮލުން ކަރުނަ ނީރާލިއެވެ. “އައި ކާންޓް އަލޫކް…އައި މީން ޒާހިލް އެހީމަ އަހަރެން އާނއެކޭ ބުނެފިން. ހީ އިޒް ގުޑް..ބަޓް މިހާރު…އަލޫކްއަށް އިތުރު ދެރައެއް ދޭކަށް ބޭނުމެއްނޫން..އައި ވިލް ވެއިޓް ޓިލް ޔޫ ގެޓް ބެޓާރ. ޒާޙިލްއަށް އަންޑަރސްޓޭންޑްވާނެ. ވެޑިންގް ފަސްކުރާނީ…” ” ނޯ ނޯ ފަސްނުކުރާތި. ޔޫ ކޭން މެރީ ހިމް މަލާކް. ޔޫ ކޭން. ޔޫ ކޭން. އެންޑް ޔޫ ވިލް. އައި ވޮނަ ސީ ޔޫ ހެޕީ. އަހަރެން އުފާވާނީ މަލާކް އުފަލުގަ ހުންނަތަން ފެނުނީމަ…އެންޑް ފްރޭންކްލީ… އައި ވޯންޓް ޓު ނޯ ދެޓް ޔޫ ވިލް ބީ ހެޕީ… ބިފޯރ އައި ގޯ…ބިކޯޒް އައި މޭ ނޮޓް މޭކް އިޓް…. އެންޑް އައި ޑޯންޓް ވޯންޓް ޔޫ ޓު މިސް އައުޓް އޮން ޔުއަރ ލައިފް… އަހަރެންގެ ސަބަބުން މަލާކްގެ އަމިއްލަ ދިރިއުޅުމާ އުފާތަކުން މަލާކް އަމިއްލައަށް މަހުރޫމްވެ ގަންނަތަން ދެކޭކަށް އަހަރެން ބޭނުމެއްނޫން” ” އަލޫކް ޕްލީޒް ނޯ އައި ކާންޓް ޑޫ ދެޓް ޓު ޔޫ…ޔޫ ވިލް މޭކް އިޓް އިންޝާﷲ…ޕްލީޒް…”
“ޑޫ ވަޓް ޓު މީ ސިލީ ހަހަ… ޔޫ ވިލް ބީ ގިވިންގް މީ ޕީސް… އަހަރެން ޕްރޮމިސް ކުރިން އަހަރެން ޓްރައި ކުރާނަން ކަމަށް… މަލާކް… ދިސް އިޒް މައި ލާސްޓް ވިޝް… ދިސް މޭބީ މައި ޑައިންގް ވިޝް…ޕްރޮމިސް.. ޕްރޮމިސް މީ ދެޓް ޔޫ ވިލް މެރީ ހިމް، އެންޑް ލެޓް މީ ސީ ޔޫ ހެޕީ ބިފޯރ އައި ގޯ…. ޕްރޮމިސް މީ” އަލޫކް އެދުނެވެ. އަލޫކް އާދޭސް ކުރުމުން މަލާކް ބޯ ޖަހާލާފައި އަލޫކްގެ މޭގައި މޫނު ފޮރުވާލިއެވެ.
**********************************
ދެތިން ދުވަސް ފަސް….
” އައި ހޭވް ޑައިޑް އެވްރި ޑޭ، ވެއިޓިންގް ފޯރޔޫ.
ޑާރލިންގް ޑޯންޓް ބީ އެފްރެއިޑް އައި ހޭވް ލަވްޑް ޔޫ ފޯރ އަ ތައުޒަންޑް އިޔާރސް
އައިލް ލަވް ޔޫ ފޮރ އަ ތައުޒަންޑް މޯރ…”
ޑިޖިޓަލްކޮށް ޕިއާނޯ އެޕްއަކުން ޕިޔާނޯ ކުޅެމުން އަލޫކް ލަވައެއްގެ ތަންކޮޅެއް ރިކޯރޑްކުރިއެވެ. އަލޫކްގެ އަޑުން ކިޔާފައެވެ. އަދި އެ ރިކޯރޑިންގް ޕެންޑްރައިވްއަކަށް އެޅިއެވެ.އ ަލޫކް ދެންގޮސް އިށީނީ މޭޒު ކައިރީގައެވެ. އަތަށް ގަލަންލީ ގޮތަށް ހުއްޓުން އަރާފައި އިނެވެ. ލިޔާނެ ވާހަކަތައް ކިތަންމެހާވެސް ގިނައެވެ. ފުންނޭވާއެއްލުމަށްފަހު އޭނާ ލިޔަން ފެއްޓިއެވެ.
***********************************
މުޅި މާލަމުވަނީ މަޑު ފެހިކުލައިގެ ފޮތިތަކާ މަލުން ޒީނަތްތެރި ކުރެވިފައެވެ. މުޅިމާލަމު އެކީ ދިއްލާލައިފައި ވަނީ ރަންއަލީގެ ބޮކިތަކުންނެވެ.
ބޮޑުމާލަމުގައި ހުންނަ ‘ވެއިޓިންގް ރޫމް’ގެ ލޯގަނޑުކުރިމަތީގައި ހުއްޓިލައިގެން ހުރި މަލާކް ޓިޝޫއަކުން ލޯކައިރި ފުހެމުން ދިޔައެވެ. މަލާކްގެ މަންމަ ސަރާއާއި ސަރާގެ ދެބެންގެ ދެދަރި ކޮއްކޮ އަފާވެސް ސޯފާގައި އިށީނދެލައިގެން އިނީ ފެންކަޅިވެފައެވެ. މަލާކްގެ ދަޢުވަތަށް ނުހާ ވެސް އައިސް އެބަ ހުއްޓެވެ. ހުދުކުލައިގެ ޖަރީ ހެދުމުގައި މަލާކް ހުރިއިރު ނުހަނު ހިތްގައިމެވެ.
“އިޓްސް ޓައިމް” ނުހާ އައިސް ގޮވާލިއެވެ. ގާޒީ އައި ވާހަކަ ބުންޏެވެ. މަލާކް ފުންނޭވާއެއް ލިޔެވެ. އުފާވިނަމަވެސް ދެރަވެސް އެބަވެއެވެ. ހިތް ތެޅެމުން ދަނީ އެއެއް މިއެއް ބަލާފައެއް ނޫނެވެ.
އެއް އަތަށް ބޮކޭ ލައިގެން އަނެއް އަތުން ހެދުމުގެ ފަސްބައި ހިއްލާލައިގެން ދޮރުން ނިކުތް މަލާކަށް އެރުނީ އަލޫކްގެ ކުރިމައްޗަށެވެ. އަލޫކް އާޝޯހުވިއެވެ. އެހެން ދުވަސް ދުވަހަށްވުރެ މަލާކް މިއަދު ހާސްތަން ރީތިހެން ހީވެއެވެ. އަލޫކް ހީލާފައި ‘ގުޑްލަކް’ އޭ ބުނެލާފައި އެތެރެއަށް ވަދެގެން ދިޔަތަން ބަލަން މަލާކްއަށް ހުރެވުނެވެ. ދެލޮލުގައި ވިދާލި ކަރުނަތައް ހިންދާލާފައި އަނެއްކާވެސް ފުންނޭވާއެއްލައިފައި އޭނާ ހިނގައިގަތީ މާލަމުގެ އެތެރެއަށެވެ.
ޒާހިލްގެ ދުލުން ‘އަނބި ޤަބޫލުކޮށްފީމޭ’ ބުނި އަޑު އަލޫކްގެ ކަންފަތުގައި ގުގުމާލިއެވެ. ހިތުގައި ހީވީ މީހަކު ވިކައިގަތް ހެންނެވެ. ލޮލަށް ޖަމާވި ކަރުނަތައް ސިއްރު ސިއްރުން ފުހެލުމަށްފަހު ހިނިތުންވެލިއެވެ. އެހިނިތުންވުމުގެ ފަހަތުގައި ވަނީ ވޭނީ އާހެކެވެ. ތިމާ ލޯބިވާ މީހާ އެހެން މީހެއްގެ މިލްކަކަށް ވާތަން ދެކުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު އަލޫކް ޤަބޫލުކުރަނީ މަލާކްއަށް އުފަލުގާ އުޅެވޭނީ ޒާހިލްއާއި އެކު ކަމެވެ. އަލޫކް ވަނީ މަރުގެ ތުންފަތް މަތީގައެވެ. މާދަންވެސް އޭނާ މަރުވެދާނެއެވެ. ދިރި ހުރެވެސް ދާނެއެވެ. އެހެނަސް…
ދެމަފިރިން ހުއްޓުމަށް ހާއްޞަކުރެވިފައިވާ ތަނުގައި ޒާހިލްއާ މަލާކް ހުއްޓިލައިގެން ހުރި އިރު އެމާލަމަށް ފުރިހަމަކަން ގެނެސްދެއެވެ. ފަހަރަކު ބަޔަކު އައިސް އަލަތު ކައިވެނީގެ ޖޯޑަށް މަރުޚަބާ ކިޔަމުންދިޔައެވެ. ކަރުގައިއޮތް ޓައީ ރަނގަޅުކޮށްލަމުން އަލޫކްއައިސް ޒާހިލްއާ ސަލާމް ކޮށްލިއެވެ. އަދި ޒާހިލްގެ ކަންފަތް ދޮށުގައި ސިއްރުން ބުނެލިއެވެ. “މަލާކް އުފަލުގަ ގެންގުޅޭތި…” ޒާހިލް ހީލުމުން އަލޫކް ގޮސް މަލާކްގެ ކުރިމަތީގައި ހުއްޓުނެވެ. އަދި “ކޮންގްރޭޓްސް”އޭ ބުނެ ސިޓީ އުރައެއް ދިއްކޮށްލިއެވެ. އެސިޓީ އުރައިގައި ބޭރުގައި ބުނެފައި ވަނީ އަލޫކް ފުރުމުން ނޫނީ ނުކެނޑުމަށެވެ. މަލާކް ނުރޮއި ހިތްވަރުކުރިއެވެ. އަދި ސިޓީ އުރައިގައި ހިފާފައި ޝުކުރު އަދާކޮށްލިއެވެ. މާނަވީ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
********************************
” މަލާކްއަށް،
މީގެ ދެތިން ދުވަސް ފަހުން މަލާކްވާނީ ޒާހިލްގެ ޙައްޤަޤަށެވެ. އަހަރެން މަލާކްއާ ޒާހިލްއަށް މަރުޚަބާ ކިޔަމެވެ. ޒާހިލް މަލާކް އުފަލުގައި ގެންގުޅޭނެ ކަމާމެދު އަހަރެން ޝައްކެއް ނުކުރަމެވެ. މަލާކްއަށް ޙައްޤުވެގެން ވަނީވެސް ޒާހިލް ކަހަލަ ހަރުދަނާ ޒުވާނެކެވެ. ނަމަވެސް އަހަރެން މި ސިޓީ ލިޔަމުންދާއިރު މަލާކްއަކީ އެއްވެސް މީހެއްގެ އަނތްބެއް ނޫނެވެ. އެހެންކަމުން އަހަރެން މިސިޓީ ލިޔުނަސް ކުށްވެރިނުވާނެ ކަމަށް ހީކުރަމެވެ. އެކަމަކު މަލާކް މިސިޓީ ހުޅުވާއިރު މަލާކް ހުންނާނީ ޒާހިލްގެ އަނތްބެއްގެ ގޮތުގައެވެ. ނަމަވެސް އަހަރެން ބުނަން ބޭނުންވާ ވާހަކަތަކެއް، ދުލުން ނުބުނެވުނަސް ލިޔުމުން ބުނެވޭތޯ މިމަސައްކަތްކުރަނީއެވެ. އަހަރެން މަލާކްގެ ކުރިމަތީގައި މިވާހަކަތައް ބުނުމަކީ ޒާހިލްއާ މަލާކްގެ ދެމެދަށް ވަދެވިގެން ހިނގައިދާނެ ކަމެއް ވީމައެވެ.
މަލާކްއެވެ. އެންމެ ފުރަތަމަ މަލާކް ފެނުން ދުވަހު އަހަރެން މަލާކްދެކެ މިހާވަރަށް ލޯބިވެވޭނެކަމަކަށް ހިޔެއް ނުކުރަމެވެ. ލޯތްބަކީ ކޯއްޗެއްކަން އޭރު ރަނގަޅަށް ދަސްނުވެ އޮތީއެވެ. އެކަމަކު އެދުވަހުން ފެށިގެންވެސް ނޭނގޭ ސަބަބަކާ ހުރެ އަހަރެންނަށް އަބަދުވެސް ވިސްނެނީ މަލާކްއާމެދުގައެވެ. ޚިޔާލުކުރެވެނީ މަލާކްއާދޭތެރޭގައެވެ. އަހަރެންގެ ހިތް އެދިއެދި އޮތީ މަލާކްއަށެވެ.
ޤަބޫލުކުރަން ކިތަންމެ ދަތި ނަމަވެސް، ޤަބޫލުކުރަން ބޭނުންނުވި ކަމުގައި ވިޔަސް ، ޙަޤީޤަތަކީ، އަހަރެން މިވަނީ މަރުގެ ތުންފަތް މަތީގައިކަމެވެ. މަލާކްއަށް އަހަރެން ވަޢުދުވީމެވެ. ފަރުވާ ހޯދާ ރަނގަޅުވާން މަސައްކަތްކުރާނެ ކަމަށް އަހަރެން ވަޢުދު ވީމެވެ. އެވަޢުދު އަހަރެން ފުއްދަން މަސައްކަތްކުރާނަމެވެ. އެހެނަސް… ކިތަންމެ މަސައްކަތެއް ކުރިޔަސް، މާދަމާވެސް އަހަރެން އަބަދުގެ އަބަދަށް ލޯމަރާލަން ޖެހިދާނެއެވެ. ތަޤްދީރުގައި ލިޔެވިފައިވާގޮތެއް އަހަރެމެން އެކަކަށްވެސް ނޭނގޭނެއެވެ. އަދި ތަޤްދީރުގެ ހުންގާނުވެސް އަހަރެމެންނަކަށް އަނބުރައެއް ނުލެވޭނެއެވެ.
މަލާކްގެ ކޮންމެ ހަރަކާތެއް ، މަލާކް ބުނި ކޮންމެ ލަފުޒެއް ، އަހަރެންގެ ސިކުނޑީގައި ބިންވަޅުނެގިފައިވާނެއެވެ. މަލާކްގެ ސޫރަ އަހަރެންގެ ހިތުން ދުވަހަކުވެސް ފުހެވިގެނެއް ނުދާނެއެވެ. ތިޔަ ހަނދާންތައް އަބަދުވެސް އަހަރެންގެ ހިތުގައި ވާނެއެވެ.
އަހަރެންގެ ނުބައި އާދަތަކުން ދުރުވެ، އިސްލާހުވުމަށް އެހީވެދިން އެންމެންނަށް ޚާއްޞަކޮށް މަލާކްއަށް އަހަރެން ޝުކުރު އަދާކުރަމެވެ. އަހަރެންނަށްޓަކާ މަލާކް ހުސްކޮށްދިން ވަގުތުތަކުގެ އަގު އަނބުރައެއް ނުދެވޭނެއެވެ. އަހަރެން މަލާކްއާ ބައްދަލު ނުވިނަމަ މިހާ ހިސާބަށްވެސް ނައީސްކަން ކަށަވަރެވެ. އަހަރެންގެ އެންމެ އުނދަގޫ ދިވަސްތަކުގައްޔާއި ހުރިހާ އިރެއްގައިވެސް ގާތުގައިހުރެދިނީތީ މަލާކްއަށް ޝުކުރު ޙައްޤެވެ.
މަލާކްގެ ކައިވެނީގެ ދުވަހަކީ މަލާކަށް އަހަރެން ފެންނާނެ އެންމެ ފަހު ދުވަސްކަމަށްވެސް ވެދާނެއެވެ. އަހަރެންގެ މަތިން ހަނދާން ކުރުމުގައި ދުވަސްތައް ހޭދަނުކޮށް މަލާކްގެ ދިރިއުޅުމައިގެން ކުރިއަށްދާށެވެ. އަހަރެން ވަރަށް އާދޭހާއެކު މިވާހަކަ ބުނަމެވެ.
މިސިޓީއާއެކީ އަހަރެން ޕެންޑްރައިވްއެއް ފޮނުވީމެވެ. ޕެންޑްރައިވްގައި އިން ރެކޯރޑިންގް ކޮންމެވެސް ދުވަހަކުން އަޑުއަހާލާށެވެ. އެއީ މަލާކްގެ އެންމެ ފޭވަރިޓް އެއް ލަވައެއްގެ ރިކޯރޑިންގްއެކެވެ. އަދި އަހަރެން މަރުވެއްޖެނަމަ އަހަރެންގެ މިލްކިއްޔާތުގައިވާ، އަހަރެންގެ ނަމުގައިވާ ހުރިހާ ތަކެއްޗެއް މަލާކްއަށްދޭން އަހަރެން ނިންމައިފީމެވެ. މެޑްރިޑްގައިހުރި އަހަރެންގެ ގެވެސް ވިއްކާލައިފީމެވެ. އަދި އެލިބުނު ލާރި މަލާކްއަށް ހިބައިން ދޭން އަހަރެން ނިންމައިފީމެވެ. މިހުރިހާކަމެއް އަހަރެންގެ ލޯޔަރާ ހިއްޞާ ކުރެވިފައިވާނެއެވެ. އަދި މިކަމާ ގުޅޭ ހުރިހާ ލީގަލް ޑޮކިއުމެންޓްތަކާ އެހެނިހެން ލިޔުންތައްވެސް މި ސިޓީއާއެކީގާ ފޮނުވީމެވެ. އަހަރެން އުންމީދުކުރަނީ އަހަރެންގެ މި ހަދިޔާ މަލާކް ޤަބޫލު ކުރާނެކަމަށެވެ. އިޓްސް ދަ ލީސްޓް އައި ކޭން ޑޫ.
އަހަރެން އަބަދުވެސް މަލާކްދެކެ ލޯބިވާނަމެވެ. އެހެނަސް… މަލާކް މިހާރު މިސިޓީ ކިޔާއިރު ތިއީ ޒާހިލްގެ އަނބިމީހާއެވެ. ޒާހިލްދެކެ ލޯބިވާށެވެ. ލޯބިން އުފަލުގައި އުޅޭށެވެ. މަލާކްއާ ޒާހިލްއަށް އުފާވެރި ދިރިއުޅުމެއް ލިބުން އެދި އަހަރެން ދުޢާ ކުރަމެވެ.
-އަލޫކް. ”
***************************
3 ވަރަކަށް އަހަރުފަސް…
މަލާކްގެ އަތުގައި އޮތް ސިޓީ ފަތްޖަހާލުމަށްފަހު އަލާމާރީގެ ވަތްގަނޑުގެ އެންމެ އަޑިއަށްލިޔެވެ. “މަންމީ މަންމީ..” ސިހިފައި މަލާކް އަވަސް އަވަހަށް އަތުގެ ނުފުށުން ދެލޯ ފުހެލިއެވެ. “ލައްބަ މަންމިގެ ދަރިފުޅު ކިހިނެއްވީ؟” “މޫދަށްދާން މޫދަށް… ބައްޕި ބުނީ މަންމި ކައިރީ އަހާށޯ. ހުރިހާ ކުދިން މޫދަށްދާން…” މަލާކް ހީލާފައި ދެއަހަރާ ބަޔަށް ދާ އޭނާގެ ދަރިފުޅު އަލޫކް އުރާލިއެވެ. “ހަހަ ހިނގާދޯދާން ހުރިހާ ކުދިން ސައިބޮއެގެން މޫދަށް. ދޭ ބައްޕިއަށް ގޮވާފަ ބުނަން ތެދުވާށޭ.”
މަލާކްއާ ޒާހިލްގެ ކުޑަކުޑަ އާއިލާގެ ދިރުމަކީ އެމީހުންގެ ދަރިފުޅެވެ. މަލާކްއަށް ޒާހިލްއާ އެކީގައި އުފާވެރި ދިރިއުޅުމެއް ހޯދިއްޖެއެވެ. ޒާހިލް ވަރަށް ހިތްހެވެއެވެ. ވަރަށް ‘އަންޑަރސްޓޭންޑިންގް’އެވެ. މަލާކްއާއި ދަރިފުޅަށް އަޅާލާ އެހާ ލޯބިދެއެވެ. އޭނާވެސް ޒާހިލްއާއި އެމީހުންގެ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވެއެވެ.
މިއަދަކީ އަލޫކް މިދުނިޔެ ދޫކުރިތާ 3 އަހަރުވީ ދުވަހެވެ. އެވާހަކަ ބުނަން ވިލާދާ އޭނާއަށް ގުޅި ފޯންކޯލުގައި ދެއްކި ވާހަކަތައް އަދިވެސް މަލާކްގެ ކަންފަތުގައި ގުގުމާހެން ހީވެއެވެ. ކޮންމެ އަހަރެއްގެވެސް އެދުވަހު މަލާކް އަލޫކްގެ ސިޓީ ކިޔައެވެ. އަލޫކް ވަކިވެގެންދިޔަ ނަމަވެސް އޭނާގެ ހަނދާންތައް ފިލައިގެން ދާނޭ ހެއްޔެވެ؟
- ނިމުނީ –
____________________________________________________________________________
“އެހެނަސް…” ވާހަކައިގެ ކިޔުންތެރިންނަށް،
އަލްޙަމްދުލިﷲ. މިއަދާހަމަޔަށްވެސް އަޅުގަނޑުގެ ވާހަކަތައް ކިޔާ، ސަޕޯރޓްދީ އެހީތެރިވެދިން ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން. އަދި ޚާއްޞަކޮށް މިވާހަކައިގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން އިޚްލާޞްތެރި ޝުކުރެއް އަދާކުރަން. އެތައް ގޮންޖެހުންތަކަކާއެކު މިހާ ދުވަސްވެގެންއައި ނަމަވެސް މިވާހަކަ މިނިންމާ ލެވުނީ ހަމަ ތިޔަ ކިޔުންތެރިންގެ ސަޕޯރޓާއި ބިނާކުރަނިވި ފައިދާހުރި ފާޑުކިޔުމުގެ ސަބަބުން. އިންޝާﷲ މިވާހަކަ ނިމުނަސް ވާޙަކަ ލިޔުން ހުއްޓައެއް ނުލާނަން. މިހާރު މިވަގުތު އަޅުގަނޑު އިތުރު ދެވާހަކައެއް ލިޔަމުން އެބަ ގެންދަން. ބިރުވެރި ވާހަކައަކާއި ލޯބީގެ ވާހަކައެއް. އިންޝާﷲ ވަރަށް އަވަސް މުސްތަޤްބަލެއްގައި އެވާހަކަތައް ގެނެސްދޭނަން. ރަހަތަފާތުކޮށްލުމުގެ ގޮތުނެ އެންމެ ފުރަތަމަ ބިރުވެރި ވާހަކަ ގެނެސްދޭން މި މަސައްކަތް ކުރަނީ. އުންމީދުކުރަން ކަމުދާނެ ކަމަށް އަދި ކިޔުންތެރިންގެ ސަޕޯރޓްލިބޭނެކަމަށް.
އަޅުގަނޑުގެ އުންމީދަކީ ކުރިޔަށް އޮތް ތަނުގައިވެސް އަޅުގަނޑުގެ ވާހަކަތަކަށް ހުރިހާ ކިޔުންތެރިންގެ އެއްބާރުލުން ލިބުން، އަދި ބިނާކުރަނިވި ފާޑުކިޔުން. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ކިޔުންތެރިން. – ޒަލް –
ޚާއްޞަ ޝުކުރު
- ކިޔުންތެރިން
- އެކުވެރިންނާއި ކުރީގެ ދިވެހި ޓީޗަރުން
- މަންމަ އަދި އާއިލާ
19 Comments!
Comments are closed.




wwwooooooowwww zal…?? haadha reechey..????
but alook maruveevihya dhw?.???????????
overall this story varah reethi ??????
hama varah varah salhi story eh…
waiting for a new story from u zal…..???
work hard n dream big… nxt story varah interesting vaane kamah unmeedhukuranee…
stay well♥️♥️♥️♥️♥️♥️♥️♥️♥️♥️
Take care.????????
and stay safe…??????
Lots n Lots of love…?????????????
Thankyou so much.❤️? Yes sorry that I had to do that to Alook. ??. Thankyou so much. Yes 3 vaahaka eh liyamun eba genndhan dhen inshaallah vaahaka thah hama genes dhemun dhaanan. Thankyou so much, you too stay safe and take good care. Lots and love from me too??
Maasha allah the story was amazing but the ending wasn’t expect like that
Anyway hama varah reethi… curiously waiting for the other stories
Definitely it wasn’t easy to finish the story but u did
Maasha allah…
Alhey sorry that it had to end this way. Thankyou so much, means a lot to me. Thankyou for supporting me always, through thick and thin. ??❤️❤️? Inshallah ehen vaahaka eh genes dheynan varah avahah
Story itself is nice but i would reccomend that u could stop using so many english words .. I felt like i was readin a story from whattpad when i read Malaak n Alook’s convo
Thankyou, and yes noted, thankyou for the positive criticism and feedback. Varah undhagoo dho kiyanves ehen hureema. Inshaallah kuriyah oii thaaga rangalhu kollaanan. Thankyou ulfarrr??
Alhamdhulillah♥️. Mashaa allah vaahaka v v reethi keep it up love u vaahaka aiekoh nimandhan genas deneema????
Jazakallah❤ Thankyou so much. Yess mee hama readers ge support. Dhen nerey vaahaka thah ves Liyaa kiyaane kamah ummeedhu kuran?♥️
Maa gina inn English beynun kohfa hury vv undhagoo ehen v keep it up
Yess sorry ingey ekamaa. Rangalhu kohlaanan kuriah oii thaanga. Thankyou?
مشا الله.. vaahaka varah reethi.. even though, i didn’t like the ending.. it was an amazing experience.. love it..
i dnt really like whn main character dies, and i dnt think many ppl will like that too.. however, there were alot of good things in stry as well ?.. hope to see an improvement in ur upcoming stories
ily❤️.. tc
Thankyou. Alhey yes sorry about that. Aslu vaahaka feshumuge kurin ves idea akee ei, hurihaa vaahaka ehga happy ending nulibeyne ey hithaa ehen visnee. Ehenvegen eini ehen vefa. Yes v gina meehun don’t like it dho asluga sorry ingey. Thankyou so much. Yess inshallah. Please look forward to it. Ily tgc❤❤
overall the story was amazing great work but pls do check your story before u upload cause there are lines repeated
overall i appreciate your effort
goodluck for your next story ❤️☺️☺️
Thankyou. Alhey sorry, yes ehaa bodah check nukollevifa kanneynge dho. Thankyou so much Lubu, yes inshallah next story miah vure reethi kollaanan❤❤ masakkai kuranee mi?
Varah reeithi vaahaka
Thankyou so much Maesara. ???
Aslun ves hama roe roe halaaku vejje mi vaahaka kiyaafa.
Ekam the best story I read so far
Thank you Zal for all your hard work.
It didn’t end the way I expected either
But it’s really good tho
I thought it would be like alook’s surgery will go good
And malaak and him will marry.
It is really the best story I’ve ever read
Stayhome staysafe ❤️❤️
Alhey, thankyou so much. That means a lot. This made my dayy??. You’re so sweet.
Ahh sorry beynun vi ending nulibuneema. It didn’t go well??. I feel sad too that you cried.
But really this made my day!! You won’t see how happy i am right now???. Thankyou Mahaa. Thankyou so much. You too, stay safe. I love you❤❤??
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????vvvvvvvvvvv asaru kohffi… Mi vaahaka vvvvvvvvvvv nice…. N I’m supporting u 2…vvvvv nice In my life ever… ❤️❤️❤️❤️❤️❤️❤️??????????? always keep it up… I love this story.. And like 2..lysm