ނުރައްކާ އިސްމާޢީލް ޢަލީ ކަނދޮޅުދޫ ލޯބިވާ އަޚާއެވެ. ތިބާގެ މިތުރެއް ކަމުގައި އަހަރެން ޚިޔާރުކުރީ ކީއްވެ ހެއްޔެވެ.؟ އަހަރެންގެ ހެދުން ހުދުވެފައި ސާފުވީމަހެއްޔެވެ؟ ތިބާއަށް ތިޔަފެނުނީ އަހަރެންގެ ބޭރުފުށުގެ ރީތިކަމެވެ. ހަމައެކަނި ބޭރުފުށުގެ ރީތިކަމަށް ބަލައިގެން ނިންމާ ނިންމުންތައް ވަރަށް ހިތިކަން ތިބާއަށް އެނގޭނެއެވެ. އަހަރެންގެ އެއްކޮޅު އަލިފާނުން ފިއްސާލުމަށްފަހު އަނެއްކޮޅު ތިބާގެ ނާޒުކު ދެތުންފަތުން ލޯބިލޯބިން ފިތާލުމަށްފަހު އެތެރެއަށް ތިޔަދަމާލާ ދަމާލުމުން ހަށިގަޑަށް އެތެރެވެގެން އެދަނީ ކޮންފަދަ ވިހަމާއްދާ ތަކެއްކަން ތިބާ އަށް ވަޒަން […]
ޒަމާން ބަދަލުވަމުން މިދާ ބާރު މިނާއެކު ހިޔާލު ތަކަށް ބަދަލު އަންނާނެ ކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.އާއެކެވެ. ދައްކަން މި އުޅެނީ ދިރުން ހުރި ނަމަވެސް މަރު ވެފައިވާ ހިތެއްގެ ވެރިއެއްގެ ވާހަކައެވެ. ތަފާތު އެކި ކަހަލަ ހާދިސާ ތަކައި ކުރި މަތިލައި އެ ހުރިހައި ކަމެއް ތަޖުރުބާ ކުރަމުން އަންނަ ފަރާތެއްގެ ވާހަކައެވެ. ވަރަށް އަވަހަށް އަންނަނީ… އިންތިޒާރު ކޮށްލައްވާ…
* “ސާޔަލް..” ޒައިނާގެ ދުލުން ބޭރުވިއެވެ. “ސަވާނާ..” ސާޔަލްއަށްވެސް ބުނެވިއްޖެއެވެ. “ސަވާނާ އަކީ ސަލްވިޔާ އޭނަގެ އެންމެ ގާތް އެކުވެރިޔާ އާއި ދިމާލަށް ލޯބިން ކީ ނަމެއް.. ސަވާނާއަކީ ޒައިނާތަ..؟؟ ސަވާނާ އަކީ ޒައިގެ މަންމަތަ..؟؟” ޒައިލީން އަށް ޒައިނާއާއި ސާޔަލްއަށްވުރެ ބާރަށް އަހާލެވުނެވެ. * “ސަވާނާ… އެއީ ހަމަ އަހަރެންގެ އެކުވެރި ސަވާނާ…” ސާޔަލް ފޯނުން ފެންނަން ހުރި ޒައިނާ އާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. ޒައިނާގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކުން […]
ދުވަސްތައް ފާއިތުވަމުންދެއެވެ. އެއްރެއެއްގެ ދަންވަރެވެ. އަހަރެންނަށް އެރެއަކު އެއްގޮތަކަށްވެސް ނުނިދުނެވެ. ހުޒޭމާ އެދުވަހު ދެއްކި ވާހަކަތަކާ އަބަދު ވިސްނެނީއެވެ. މިރޭ އެކަމާމެދު މާބޮޑަށް ވިސްނެމުންދާ ރެއެކެވެ. އެވިސްނުން ސިކުނޑިން ނެރެލެވޭތޯ އަހަރެން ވަރަށް މަސައްކަތް އެބަކުރަމެވެ. ނުނިދި އެތައް އިރެއް ވީފަހުން އަހަރެންނަށް ނިދުނު އިރު ދޭއްވެސް ޖަހާފާނެއެވެ. ނަމަވެސް އެހެން ދުވަސްތަކެކޭ އެއްފަދައިން ހޭލާ ގަޑިއަށް ހޭލެވުނެވެ. ނަމަވެސް ބޮލަށް ވަނީ ވަރަށް ބޮޑަށް ބުރަކަމެއް އިހުސާސް ކުރަން ޖެހިފައެވެ. ނަމާދުކޮށްލައިގެން އަހަރެން ނިކުތީ ބޭރަށެވެ. […]
(ހަވަނަ ބައި) އެހެންނަމަވެސް މިގޮތުގައި އޭނާއަށް ކުރިއަށް ދެވުނީ ކުޑަ ދުވަސްކޮޅަކަށެވެ. ސަކީނާގެ އަންހެންދަރި ބަލިވެގެން ޗުއްޓީ ނެގުން ވީ އޭނާ ކްލާސްތަކަށް ދިއުމަށް އެޅުނު ބޮޑު ހުރަހަކަށެވެ. މަލީހާ ގިނަވަގުތު އޮފީހުގައި އުޅުމާއެކު ގޭގައި އިތުރު މީހަކު ނެތުމުގެ ސަބަބުން ގޭތެރޭގެ ހުރިހާ މަސައްކަތެއްހެން އޭނާ އެކަނި ކުރަން ޖެހުނެވެ. ގޭގެ މަސައްކަތްތަކުގައި ބުރަކޮށް އުޅުމަށްފަހު ރޭގަނޑު ކްލާހަށް ދާން ޖެހެނީ ލިބިފައިއެވާ ވަރުބަލިކަމާއެކުއެވެ. އަދި ނުވިތާކަށް ބަންދު ދުވަސް ތަކަށް މިސްޓީކްގޭގައި ހީވަނީ އެންމެންނަށް […]
ކްލާސް ތައް ނިމުމުން މައިޝާން ނިކުމެގެން ދިޔައީ ލީޒާގެ ފަހަތުންނެވެ. ނަމަވެސް ނިކުތުމުން އޭނަ ލޮލުގައި އަޅައިގަތީ އޭނަގެ ބައްޕަ މާއިޝްއެވެ. މައިޝާން އަދި ލީޒާ ވެސް ދިޔައީ މާއިޝް ކަރިއަށެވެ. ދެމީހުން ސުވާލުމާކެއްހެން ބަލަހައްޓައިގެން ހުރުމުން މާއިޝްގާތައް ހިނި އައެވެ. ނަމަވެސް އެކަމެއް ނު ދައްކައެވެ. އެހެން ތިބުމުން މާއިޝް އެދެކުދިން ގޮވައިގެން ދިޔައީ އެތަނުން ބެންޗެއްގަ އިޝީންނާށެވެ. ބައްޕައަށް އިނގޭ މައިޝާން އަދި ލީޒާ ވެސް ވަރަށް ސުވާލް އުފެދޭނެކަން…. ފުރަތަމަ ލީޒާއަށް ކިޔާދޭނަން […]
ޒޯޔާގެ ނަޒަރު އައިވިން އަށް އަމާޒުވުމުން އޭނާ ފުރަގަހަށް އެނބުރި ގެސްޓް ހައުސްގެ ތެރެއަށް މިސްރާބުޖެހިއެވެ. އަރުތެރޭގައި ތާށިވެފައިވާ ނޭވާ ޒޯޔާއަށް ދޫކޮށްލެވުނީ އައިވިން އޭނާގެ ލޮލަށް ގެއްލުމުންނެވެ. އައިވިންއާ ދިމާވާ ކޮންމެ ފަހަރަކު ކަންތައްވަމުން ދާގޮތުން ޒޯޔާ ބިރުގަތެވެ. ދެލޯ މަރާލެވުނީ ދެން އައިވިން ފެންނަ ހިސާބަށްވެސް ނޭރުމަށް ޢަޒުމު ކަނޑަ އަޅަމުންނެވެ. ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އައިވިން ކަރުގައި އަޅާފައި އޮތް އޭނާގެ ޓައީ ދޫކޮށްލިއެވެ. ޒޯޔާ ދެއްކި ވާހަކަތަކުން ނޭނގިނަމަވެސް އޭނާއަށް އުނދަގޫވަމުން […]
ބައްތިރީސްވަނަބައި “ކޮބާ ނޫހުބެ..؟” އަޝްހާ ހައިފާ ކުރެއް އަހާލިއެވެ. “މިހިރީނު.. އަޝޫ ހަމަ ބުނީ މިއައީ..” ގޭގެ ދޮރުން ވަދެގެން އައި ނޫހު ބުނެލިއެވެ. އެފަރާތައް ބަލާލި އަޝްހާ އަށް ލިބުނީ އިތުރު ސަޕްރައިޒެކެވެ. ނޫހުގެ ފަހަތުން ވަދެގެން އެއަންނަނީ އިތުރު ދެވަނަ މީހެއް ނޫނެވެ. ނައިލް އެވެ. “ނައިލް..” އަޝްހާ އަށް ވައި އަޑުން ބުނެވުނެވެ. *** ނައިލް ވެސް އިނީ އެތައް ދުވަހެއް ފަހުން ހިތުގެ ރާނީ ފެނުމުން އުފާވެފައެވެ. ހައިފާ އަށް އެދެމީހުންނަށް […]
ދެން އަވަސް އަވަހަށް ބޭރަށް ގޮސް ކާރެއް ހޯ ދުމައްފަހު ހޮސްޕިޓަލް އަށް ދިޔައެވެ. ނަމަވެސް ކަން ދިމާވީ ހީނުކުރާ ގޮތަކަށެވެ. ހޮސްޕިޓަލްއިން މަންމަ މަރުވުމުން މާލެ ގެން ދަނީއެވެ. އޭރު މަންމަ ކައިރީ ނު ދަންނަ ފިރިހެނެށް ވެސް ހުއްޓެވެ. އަވަހަށް ގޮސް އެމީހުންކައިރީ ކިހިނެއްތޯ މަންމަ އަށް ދެން ހަ ދިނީ އެހުމުން ބުނީ ލީޒާ ހީވެސް ނުކުރާ ޖަވާބެކެވެ. ” ލީޒާ ދޯތީ. މަންމަ ބުނީ ލީޒާގެ ބައްޕަ މަންމަ ގެންގޮސް […]