Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައުފެއްދުންތެރި ލިޔުން

ނުރައްކާ

immm2323 Level 110 Stories100 Login
August 31, 2020 One Min Read
0 Comments

ނުރައްކާ

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ލޯބިވާ އަޚާއެވެ. ތިބާގެ މިތުރެއް ކަމުގައި އަހަރެން ޚިޔާރުކުރީ ކީއްވެ ހެއްޔެވެ.؟ އަހަރެންގެ ހެދުން ހުދުވެފައި ސާފުވީމަހެއްޔެވެ؟ ތިބާއަށް ތިޔަފެނުނީ އަހަރެންގެ ބޭރުފުށުގެ ރީތިކަމެވެ. ހަމައެކަނި ބޭރުފުށުގެ ރީތިކަމަށް ބަލައިގެން ނިންމާ ނިންމުންތައް ވަރަށް ހިތިކަން ތިބާއަށް އެނގޭނެއެވެ.

 

އަހަރެންގެ އެއްކޮޅު އަލިފާނުން ފިއްސާލުމަށްފަހު އަނެއްކޮޅު ތިބާގެ ނާޒުކު ދެތުންފަތުން ލޯބިލޯބިން ފިތާލުމަށްފަހު އެތެރެއަށް ތިޔަދަމާލާ ދަމާލުމުން ހަށިގަޑަށް އެތެރެވެގެން އެދަނީ ކޮންފަދަ ވިހަމާއްދާ ތަކެއްކަން ތިބާ އަށް ވަޒަން ކުރެވޭބާވައެވެ. އަދި ލޯތްބާއިއެކު ޖައްވު ތެރެއަށް ދޫކޮށްލާ ދުމުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް އަސަރުކުރާނެކަން ނުވިސްނެނީހެއްޔެވެ؟

ތިބާ އަހަރެންގެ ބޭނުން ތިޔަ ހިފަނީ ތިބާގެ ފިރިހެންވަންތަކަން މީހުންނަށް ދެއްކުމަށް ކަމަށް ވެދާނެއެވެ. ނޫނީ ރަޙުމަތްތެރިންގެ ރުހުން ހޯދަން ކަމަށް ވެދާނެއެވެ. ނޫނީ އަރާމު ލިބޭތީއޭ ތިބާ ބުނެފާނެއެވެ. ނުވަތަ ފޫހި ފިލުވާލަން ކުރާ ކަމަކަށް ވެސް ވެދާނެއެވެ.

ތިބާ އަމިއްލައަށް ތިބާގެ ހަށިގަޑު ތިޔަ ހުށައަޅަނީ ނުރައްކަލުގެ ތެރެއަށެވެ. ތިބާ އަހަރެންގެ އެއްކޮޅުގައި ރޯކޮށްލުމުން އަހަންނަށް ވެގެން ދާގޮތް ތިބާއަށް ފެނޭ ނޫން ހެއްޔެވެ. މަޑުމަޑުން އަނދަމުންގޮސް ހުލިވަނީއެވެ. ބާކީ އޮންނަބައި ތިބާ އެއްލާ ލަނީ ނޫންހެއްޔެވެ؟ ތިބާގެ ހަށިގަޑަށް ވާނީވެސް ހަމަ އެގޮތެވެ. އަހަރެންގެ އަވާގައި ޖެހުމުން ހަށިގަޑަށް އެތައް ވޭނެއް ތަޙައްމަލު ކުރަން ޖެހެއެވެ. ބަލިބަލީގެ ޝިކާރަކަށް ވެއެވެ. އެންމެފަހުން މަރާއި ހަނގުރާމަ ކުރުމަށްފަހު މިފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކިޔަން ޖެހެއެވެ. މީސްތަކުން ގިސްލަމުން،ރޮމުން ކަރުނަ އަޅަމުން ތިބާގެ ހަށިގަޑު ގެންދަނީ ޤަބުރުސްތާނަށެވެ.

Share Article

Follow Me Written By

immm2323

Level 110 Stories100 Login

Other Articles

Previous

ޝަކުވާ ހިތަށް ކުރެވޭ…

Next

ޒާޔާ (ބާވީސްވަނަ ބައި)

Next
August 31, 2020

ޒާޔާ (ބާވީސްވަނަ ބައި)

Previews
August 31, 2020

ޝަކުވާ ހިތަށް ކުރެވޭ…



All Right Reserved!