Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-5

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
August 24, 2020 3 Mins Read
20 Comments

ޒޯޔާގެ ނަޒަރު އައިވިން އަށް އަމާޒުވުމުން އޭނާ ފުރަގަހަށް އެނބުރި ގެސްޓް ހައުސްގެ ތެރެއަށް މިސްރާބުޖެހިއެވެ. އަރުތެރޭގައި ތާށިވެފައިވާ ނޭވާ ޒޯޔާއަށް ދޫކޮށްލެވުނީ އައިވިން އޭނާގެ ލޮލަށް ގެއްލުމުންނެވެ. އައިވިންއާ ދިމާވާ ކޮންމެ ފަހަރަކު ކަންތައްވަމުން ދާގޮތުން ޒޯޔާ ބިރުގަތެވެ. ދެލޯ މަރާލެވުނީ ދެން އައިވިން ފެންނަ ހިސާބަށްވެސް ނޭރުމަށް ޢަޒުމު ކަނޑަ އަޅަމުންނެވެ.

ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އައިވިން ކަރުގައި އަޅާފައި އޮތް އޭނާގެ ޓައީ ދޫކޮށްލިއެވެ. ޒޯޔާ ދެއްކި ވާހަކަތަކުން ނޭނގިނަމަވެސް އޭނާއަށް އުނދަގޫވަމުން ދިޔައެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޒޯޔާ ދެއްކި ވާހަތަކުގެ ހުރި ތެދުކަމެވެ.

ލައިގެން ހުރި ކޯޓު ބޭލުމަށްފަހު އައިވިން އެނދުގެ ފައިލާ ކޮޅުގައި އިށީނދެލިއެވެ. އިސްޖަހާލައިގެން އިން އިރު ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލިން ލޮލުގެ ކަރުނަވަޅަށް ބާރުކޮށްލިއެވެ. އޭނާގެ ހިތުގައި އަމިއްލަ ނަފްސާ މެދު އެތަކެއް ސުވާލެއް އުފެދެމުން ދިޔައެވެ. އަމިއްލަ ނަފްސަށް އޮތް ޔަޤީންކަމާއި ހިންހަމަޖެހުން ނެތިގެން ހިނގައްޖެއެވެ. އޭނާގެ އަމިއްލަ ނަފްސާ މެދު ފަޚުރުވެރިވެގެން އުޅުނު އިރު ހަޤީޤަތުގައި އޭނާއަށް ފަޚުރުވެރިކަން ހައްޤުވާފަދަ ކަމަކަށް ކުރެވުނީ ކޮންކަމެއްތޯ ސުވާލު އުފެދިއްޖެއެވެ. ރައްޔިތުންގެ އިޙްސާސްތަކާއި ފަޤީރުންނާއި ނިކަމެތިންގެ ހައްޤުތައް ހޯދައިދެން އޭނާއަށް ކުރެވުނީ ކޮންކަމެއްހެއްޔެވެ؟

ދެފަރާތައް ބޯ ހޫރުވާލަމުން އައިވިން ތެދުވެއްޖެއެވެ. ދެން އިތުރަށް ވިސްނާކަށް އޭނާ ބޭނުމެއްނުވިއެވެ. އިތުރަށް ވިސްނަން ވެއްޖެނަމަ އޭނާގެ ޡަބީއަތް އިތުރަށް ގޯސްވުން ނޫންކަމެއް ނުވާނެއެވެ އެހެންކަމުން ފެންވަރައިގެން އައިސް ނިދާލުމަށް އައިވިން ގަސްތު ކުރިއެވެ.
*******

ފާޚާނާއިން ނިކުމެ ޒޯޔާއަށް ފާރުގައި ހިފަހައްޓާލެވުނެވެ. ހޮޑުލެވުމުގެ ސަބަބުން އޭނާގެ ގައިން ވަނީ ހަކަތަ ހުސްވެފައެވެ. ކޮޓަރިތެރެވެސް ޒޯޔާއަށް ފެންނަމުން ދިޔައީ ފުސްކޮށެވެ. ޒޯޔާގެ ބަނޑަށް ފަސްމަސް ވެފައިވީނަމަވެސް ދޭތެރެއަކުން އަދިވެސް އޭނާއަށް ހޮޑުލެވެއެވެ.

މަޑުހިނގުމެއްގައި އައިސް ރީތިވާ މޭޒުކުރިމަތީގައި ޒޯޔާ އިށީނެވެ. އެހިނދު ޒޯޔާ އަށް އޭނާގެ އަމިއްލަ ނަފްސަށް ލޯގަނޑުން ބަލާލެވުނެވެ. އެކި ވަރުވަރަށް ކޮށާލެވިފައިވާ އޭނާގެ އިސްތަށިގަނޑުގައި މަޑު މަޑުން އަތް ހިންގާލެވުނެވެ. އެހަނދާންތައް އާވުމާއެކު ޒޯޔާގެ ގައިން ހީބިހިލިގެން ދިޔައެވެ. ދެފަރާތައް ބޯ ހޫރުވާލީ އެޚިޔާލުތަކުން ނުކުތުމަށެވެ. އަދި މޭޒުމަތީގައި އޮތް ފުނައިން އޭނާގެ ފަށުއިކޮޅެއް ފަދަ ފަން އިސްތަށިގަނޑުގައި ފުނާ އަޅަން ފެށިއެވެ.

ރީތިވާމޭޒުގެ ލޯގަނޑުން ޒަފަރްގެ ސޫރަ ފެނުމާއެކު ޒޯޔާ ދިޔައީ ސިއްސައިގެންނެވެ. މޭޒުމަތީ ފުނާ ބާއްވާލަމުން ޒޯޔާ ދޮރާދިމާއަށް އެނބުރުނެވެ. އޭރު ޒަފަރް ހުރީ ދޮރުކައިރީ ހުއްޓިގެން ޒޯޔާއަށް ބަލާށެވެ. ޒަފަރްގެ ބެލުމުގައިވާ ތަފާތުކަން ފާހަގަވެ ޒޯޔާއަށް ހިންދިރުވާލެވުނެވެ.

ޒަފަރް އޭނާގެ ލަސްފިޔަވަޅުތަކުގައި ޒޯޔާ އާއި ކައިރިވަމުން ދިޔައެވެ. އޭނާގެ މޫނުމަތިން ފާޅުވަނީ ބަނޑުހައިވެފާވާ ސިންގާއަކު އޭގެ ނާސްތާއަށް ދަހިވެތިވެފައިވާފަދަ އަސަރުކެވެ. އެދަހިވެތި ބެލުމުގައި އައިސް ޒޯޔާގެ ކޯތާފަތުގައި ޒަފަރް ފިރުމާލިއެވެ.

“ހުންނާނެ ސައި ހަދާފަ..ސައި ބޯން ދާވީނު..” ޒޯޔާ ގޮނޑިން ތެދުވަމުން ބުނެލިއެވެ. ޒަފަރްގެ މަޤްސަދު އޭނާއަށް ރަނގަޅަށް އިނގެއެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލި ކަމާއެކު އޭނާ ބޭނުންވީ އެކަމުން ރެކިގަންނާށެވެ.

“މިވަޤުތަކު ނޫން..މިގަޑީގަ އަހަރެންގެ ހައިހޫނުކަން ސައިފޮދަކުން ނުފިލާނެ..” ޒަފަރް އޭނާގެ މަސްތުކަން އެކުލެވިފައިވާ އަޑުން ބުނެލިއެވެ.

“ޒަފަރް ޕްލީސް.. މިހާރަކު ނޫން.. މި.. މިގަޑީ އަހަރެން މިހުރީ ވަރަށް ވަރުބަލިވެފަ..” ޒޯޔާ އަށް އާދޭސްކުރެވުނެވެ. ޒަފަރްގެ ވިސްނުން ބަދަލުވޭތޯ ދައްކާނެ އުޒުރެއް އޭނާއަކަށް ނުވިސްނުނެވެ. ޒަފަރް އަކީ އޭނާ ބޭނުންވާކަމެއް ކޮންމެ ގޮތެއް ހަދާފައިވެސް ކުރާނެ މީހެއްކަން ޒޯޔާއަށް ވުރެ ރަނގަޅަށް އިނގޭނެ އެހެން އިންސާނެއް ނުހުންނާނެއެވެ.

“މާ ވާހަކަ ގިނަކުރަން ނަހަދާ.. ގަދަ ބާރުން ކުރަންޖެހިއްޖިއްޔާ ހަމަ އަނިޔާ ލިބޭނީ ތިހަށިގަނޑަށް..” ޒަފަރް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ޒޯޔާ އެނދާދިމާއަށް ކޮށްޕާލުމަށްފަހު ޒަފަރް އޭނާގެ ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެެ.

ޒޯޔާ އަށް ހަދާނެގޮތެއް ނެތި ފުންނޭވާތަކެއް ލެވެމުން ދިޔައެވެ. ހިނދުކޮޅެއްނުވެ ފެނުނީ ޒަފަރް އޭނާގެ ގައިމައްޗަށް ޖެހިގެން ތަނެވެ. ޒޯޔާ ރޮއެ ރޮއެފައި އޭނާ ދޫކޮށްލުމަށް އާދޭސްކުރަމުން ދިޔައެވެ. ނަމަވެސް ޒަފަރްގެ ކަންފަތައް އެއިން އެއްވެސް އަޑެއް ނީވޭފަދައެވެ. ގަދަ ހަދަމުން ދިޔަ ޒޯޔާއަށް އިތުރުގޮތެެއް ނެތްފަދައިން އޭނާގެ ހަށިގަނޑު ޒަފަރްގެ އަތް މައްޗަށް ދޫކޮށްލިއެވެ. އެހަށިގަނޑަށް ލިބެމުންދާ ވޭނަށްވުރެ އެހިތުގައި އަޅަމުންދާ ވޭން އެވަޤުތު މާބޮޑެވެ.
******

އެނދުގައި ދެފަރަތާއް ފުރުޅި ފުރުޅި އޮތް އައިވިންގެ ލޮލަށް ނިދީގެ އަސަރު ވެރިވާގޮތެއް ނުވިއެވެެ. ހަށިގަނޑު ކިތަންމެ ލޮޑުވެފައިވިޔަސް ދެލޯ އޭނާއަކަށް ކިޔަމަނެއްނުވިއެވެ. އައިވިން ހައިރާންވީ އޭނާއަކީ އާންމު ގޮތެއްގައި ކޮންމެ ތާކަށް ދިޔަޔަސް ފަސޭހަ ކަމާއެކު ނިދޭމީހަކަށް ވީހިނދު މިރޭ އެއާ ޚިލާފުވީމައެވެ. އަދިވެސް ހަވީރު ޒޯޔާ ދެއްކިވާހަކަތަކާއި މާބޮޑަށް ފިކުރުކުރެވެނީ ބާވައޭ އައިވިންގެ ހިތަށް އެރިއެވެ. އެ ހާއްސަކަމެއް ނުވާ އަންހެންކުއްޖާ ދެއްކިވާހަކަތަކަށް އެހާބޮޑު ސަމާލުކަމެއް ދެވުނީތީ އަމިއްލަ ނަފްސު ދެކެ އައިވިން ރުޅި އަންނަ ގޮތްވިއެވެ.

ނިދި އަންނަގޮތް ނުވުމުން އިތުރަށް އެނދުގައި އޮންނާކަށް އައިވިން ބޭނުމެއް ނުވިއެވެ. އެނދުން ތެދުވެ ފާރުގައި ހުރި ގަޑިއަށް ބަލައިލި އިރު ގަޑިން ރޭގަނޑުވެ އަށެއް ޖަހަނީއެވެ. އައިވިން މިސްރާބުޖެހީ ކޮޓަރީގެ ބެލްކަންޏާ ދިމާއަށެވެ.

ބެލްކަންޏަށް ނިކުމެވެން ހުރި ބިއްލޫރި ދޮރު އެެއްފަރާތަކަށް ކަހާލުމަށްފަަހު އައިވިން ބޭރަށް ނިކުމެލިއެވެ. އަނދިރިކަން ވެރިވެފައިވާ އުޑުމައްޗަށް އައިވިންގެ ނަޒަރު ހުއްޓުނެވެ. ބެލްކަނީގެ ފާރުގައި އަތް އަޅުވާލަމުން ފަޒާގެ ތެރެއަށް ފުންނޭވާއެއް އޭނާ ބޭރުކޮށްލިއެވެ. ހަނދުގެ އަލިކަން ނުވާ ކަޅޮފެއެ ރެއެއްނަމަވެސް އުޑުގައި އަލިމަސް ތަކެއްހެން ވިދަމުން ދިޔަ ތަރިތައް އެ އުޑު ފަޅުފިލުވައިދެމުން ދިޔައެވެ. އެރީތި މަންޒަރުން ހިތަށް ހިތްހަމަޖެހުން ހޯދަމުން ދިޔަ އައިވިން އަށް ސިހުންގެނުވީ އަންހެން ކުއްޖެއްގެ ރުއިމުގެ އަޑު އިވިގެން ދިޔުމުންނެވެ.

ދެވަނަ ސިކުންތުގައި އެއަޑު ހުއްޓުމުން އައިވިން އަށް ކޮޅު ކޮޅަށް ނަޒަރު ހިންގާލެވުނެވެ. އަނދިރިކަމުން ތަނެއް ދޮރެއް ވަކިނުވެއެވެ. އެހެނަސް އެއަޑު އައީ އައިވިން އާ ނުހަނު ގާތުންކަން އޭނާއަށް ޔަޤީންވެއެވެ. އަނެއްކާ ރޭގަނޑުގެ އެވަޤުތުގައި ޖިންނިއެއް އޭނާއާ ނުބައި ސަމާސާއެއް ކުރަނީ ބާވައެވެ. ރަށްފުށުގައި ޖިންނިިންގެ ވާހަކައަކީ ނުހަނު އާންމު ވަހަކައެވެ. އަނެއްކާ އެފަދަ ކަމެއް އޭނާއަށްވެސް ދިމާވީބާވައެވެ.

އެފަދަ ޚިޔާލުތަކެއްގައި ހުރި އައިވިން އަށް އަނެއްކާވެސް އެ އަންހެން ކުއްޖާގެ ރުއިމުގެ އަޑު އިވިގެން ދިޔައެވެ. ރުއިމުގެ ތެރެއިން އެއަންހެންކުއްޖާގެ އަޑު ބެދޭގޮތުން ހީވަނީ އޭނާ ގިސްލަނީ ހެންނެވެ.

އެއަންހެންކުއްޖާގެ އަޑު އަންނަ ދިމާއެއް ހޯދުމަށް އައިވިން ސަމާލުކަން ދިނެވެ. އެހެނަސް އޭނާއަށް އެ އަޑު އަންނަހެން ހީވަނީ ކުރިމަތިންނެވެ. ނަމަވެސް އެެހެންވާންވީ އެއްވެސް ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އެ ބެލްކަނީގައި އޭނާ އެކަނި ހުރި އިރު ދެން އޮންނާނީ މަގުމައްޗެވެ. އަމުދުން އޭނާ އެހެރީ ތިންވަނަ ފަންގިފިލާގައެވެ. މަގުމަތިން އިވޭ އަޑުވެސް އެހާ ރީއްޗަކަށް ނުއިވޭނެކަން ޔަޤީނެވެ.

ކުއްލިއަކަށް އޭނާގެ ސަމާލުކަން ހުއްޓުނީ ކުރިމަތީގައި ހުރި ޒަފަރް މެންގެ ގެޔަށެވެ. އެގޭގެ ކޮޓަރިއެއްގެ ބެލްކަނި ހުރީ އޭނާއާ ކުރިމައްޗަށެވެ. އެހެނަސް އެ ބެލްކަނީގެ ބޮތްކެއް ދިއްލާފައި ނުވުމުން ތަނަށް ވެރިވެފައިވަނީ އަނދިރިކަމެވެ. އައިވިން ކިތަންމެ ވަރަކަށް އޭނާގެ ލޯ ހިމަކޮށްގެން ބެލިޔަސް އެ ބެލްކަނިން އެއްވެސް މީހެއް ފެންނަ ވަރެއް ނުވިއެވެ. އެހެނަސް އެ އަންހެންކުއްޖާގެ ވޭނީ ގިސްލުމުގެ އަޑުން އައިވިންގެ ހިތަށްވެސް އަސަރު ކުރަމުން ދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ލޯތްބައްޓަކައި(30ވަނަ ބައި)

Next

ލޯބީގެ ހައްގުގައި 3

Next
August 25, 2020

ލޯބީގެ ހައްގުގައި 3

Previews
August 24, 2020

ލޯތްބައްޓަކައި(30ވަނަ ބައި)

20 Comments!

  1. A*|'..§^# says:
    August 27, 2020 at 2:12 pm

    ?Me first thr?.?.? Kiyaalaafa comment eh kohllaanan ingey

    1. Wonder says:
      August 27, 2020 at 3:24 pm

      Yess Aish..u r first.. congrats.. yess..lemme know what u think..enjoy reading ?❤

    2. A*|'..§^# says:
      August 27, 2020 at 4:45 pm

      Alheyyyyyyyyyyy wonder dhoonigandaaaa ??????Vvvvv reethi Mi part vx…. Alhe Zoya baa Anehkka E rony????zafar andhaala faanamey vx hithah araa???????Btw zafar ah
      ????kithah aharu thr.. Stay home dear…. Lyasssssssssmmm❤️❤️❤️❤️❤️❤️❤️mymmm

    3. Wonder says:
      August 27, 2020 at 8:33 pm

      Thank u soo much Aish.. Ahaha.. saame dear..Zafar ah rangalhu adhabeh dheyn jehey eba.. Story kuriyah dhaavarakah ingeyne enmenge age ves.. u too stay safe dear..lym?❤

  2. sama says:
    August 27, 2020 at 3:15 pm

    Vvvv reethi
    when next
    by the way I’m first dho

    1. Wonder says:
      August 27, 2020 at 3:25 pm

      Thank u soo much Sama.. v ufaavejje mi part dear ah kamudhiyaeema.. next part In sha Allah v avahah submit kohladheynan.. u r second this time dear?❤

    2. sama says:
      August 27, 2020 at 7:39 pm

      How am I second
      emme furathama comment liyun kujjaa inee vaahaka nukiyaa comment koffa
      ehenveema emme furathama vaahaka ah comment kuree alhugandennu?
      jk???

    3. Wonder says:
      August 27, 2020 at 8:35 pm

      Ahaha.. That’s a good point too..soo how abt u both being the first? ?❤

    4. A*|'..§^# says:
      August 27, 2020 at 8:12 pm

      Haha dhw…. Alhuga nuvx kiyaey Comment kury wonderr??ehnma first libeynee sama sis
      ?akahnnu ?first comment kohffa vx v fahun adhi Aish ah vhka kiyunii

  3. Livy says:
    August 27, 2020 at 5:06 pm

    Zoyaa haadha Dhera vaaneyy ekam ???
    Btw?❤️mi?❤️part?❤️ves?❤️Varah?❤️Varah?❤️Varah Varah?❤️Varah❤️?reethi?❤️ maa sha Allah❤️?❤️?❤️?❤️?❤️?❤️?❤️ curiously?❤️waiting?❤️waiting?❤️for?❤️the?❤️next?❤️part?❤️love you wonder?❤️?❤️?take care?❤️?❤️?❤️?❤️? ?❤️?stay home?❤️and?❤️?stay safe?❤️?❤️?❤️?❤️?❤️?

    1. Wonder says:
      August 27, 2020 at 8:38 pm

      Thank u soo much livy..v ufaavejje dear ah mi part ves kamudhiyaeema..n it’s such a pretty comment.. u too stay safe dear..next part In sha Allah v avahah submit kohlaanan.. lym dear?❤

  4. Epiphany says:
    August 27, 2020 at 7:27 pm

    Maashaa Allah my loabi laobi sisoooo..??????. ….V v v v v nice. ……….??????✌✌✌✌✌???????.This story is spectacular………..??????????????????????????????????????????????Love you…. Take care……??????????????????????????????????????????????????????????????????????????????????????????????I guess you are the person I donated the most of the hearts…. Lol….Just kidding……?

    1. A*|'..§^# says:
      August 27, 2020 at 8:08 pm

      ❤️?❤️?❤️?Hi Epiphany sis ???looong time no talk dhw☺️☺️☺️☺️missed u a lottttt ingey

    2. Wonder says:
      August 27, 2020 at 8:40 pm

      Thank u soo much Epiphany..glad u liked it.. haha.. soo happy to receive soo manyy hearts..thank youu.. u too tvgc dear.. lym?❤

    3. Epiphany. says:
      August 30, 2020 at 2:06 pm

      Yeah Aishooooooooo……. ☺️

  5. Rani says:
    August 28, 2020 at 7:40 pm

    Masha Allah……. Nice Mi part vx….. ❤️

    1. Wonder says:
      August 28, 2020 at 11:01 pm

      Thank u soo much Rani.. v ufaavejje mi part kamudhiyaeema ?❤

  6. Sher says:
    August 28, 2020 at 7:57 pm

    Oh no mihaaru mi vaahaka nufenigen ulheythaa kon ireh???? sorry Wonder adhi mikiyuni??????? aaah mi Zafar mee Azzam kairin kiyavain ulhey meeheh hen heevani huvaa foohivey ??????? hingaaba hurihaa kudhin vegen Zafar gandah landeh dheyn??????
    مشاء الله???????????? Mi part ves hama?????????????????????? Dhen mihaaru ingey viyya wonder liyaathee varah reethi vaane kan kiyan feshumu kurinves????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????

    1. Wonder says:
      August 28, 2020 at 11:03 pm

      It’s okay dear.. v ufaavejje dear ah mi part ves kamudhiyaeema..
      Ahaha. Azzam ah vure ves kanthah fala kanneynge.. Yes dhw.. zafar ah eba jehey varugadha landeh dheyn.. awwn..thanks for always believing in my work.. comments like this really motivates me to do better?❤

  7. princess says:
    August 29, 2020 at 6:05 pm

    kn dhuvas thakehga part up kohdheny

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-6←


All Right Reserved!