ތިދިޔައީ ލޯބިވެތި އެހަނދާންތަކޭ ދޫކޮށް މިދުނިޔޭގާ ތިދިޔައީ ހެޔޮ ދުޢާ ކޮށްދޭނެ ކަމުގެ ޔަގީން އޮވެ މިތާނގާ މެވާނޭ ދެން ފިރުމި ތިޔަ ފިރުމުމާ އޯގާވި ހިނިތުންވުން ފަވާލެވިފައި ވެޔޭ ތިޔަ ނަން އަކުރަކުން ރަން މަގޭ ހިތުގާ ވަދެހަދާއިރު ސިފަވެޔޭ ދެން އުޅޭތީ ބުރަ މަސައްކަތުގާ އެދެވެ ތިއަޑުން ގޮވާލާތީ އަހަން އަދިވެސް މިދުނިޔޭގާާ ނުދެވިވެއްޖެ ދުވަހެއްދެން ހަމަ ގަުޅާ އެބަލާ މަގޭހާލެއް އެދެވުނަސްވެސް ލިބުމެކޭދެން ނެތީ ދާއިމްވެވި މިތާނގާ އޮވެއްޖެތަ ބަލިވެގެންވެސް ހަމަ، ލަވައިދޭ […]
– މި ބައި ކިޔާލަން ކިޔުންތެރިން ފުދޭވަރަކަށް ދިގު އިންތިޒާރެއް ކުރަން ޖެހުނީތީ ޔޫން މައާފަށް އެދެމެވެ. ވިހި ވަނަ ޕާރޓްގެ ބަޔަކާއި އެކީގައި އެކާވީސް ވަނަ ޕާރޓް ޔޫން މި ލިޔުނީ ގިނަ ދުވަސް ވުމާއި އެކީ ކިޔުންތެރިންނަށް ފަސޭހަ ވާނެކަމަށް ނިންމާފައެވެ. ނަމަވެސް ކިޔުންތެރިން ބޭނުންފުޅުވާނަމަ ވިހިވަނަ ޕާރޓް ސްކިޕް ކޮށްލިޔަސް އެންމެ ރަނގަޅު ވާނެއެވެ. – – ވިހިވަނަ ޕާރޓްގެ ތަންކޮޅެއް – * ޕޭވްމެންޓް މަތިން ހިނގާފައި ދިޔައިރު ޒައިލީން ހުރީ […]
ޖުނާންގެ ފަހަތުން ގޭތެރެއަށް އައިސް ވަތް ޔުމްނާ ފެނުމުން އަންޖަލް އަށް ބާރަކަށް ޖައިޝްގެ އަތުގައި ހިފާލެވެނެވެ. އަސްމާވެސް ޔުމްނާ ފެނުމުން ބައްދާލާފައި ހާލު އަހުވާލު އަހާލިއެވެ. މި މަންޒަރުތައް ވެގެން ދިޔައި އަންޖަލްގެ ހިތަށް ބަލަން އުދަގޫ މަންޒަރުތަކަކަށެވެ. އެބުރި ކޮޓަރިއަށް ދާން ހިގައިގަންނަން އުޅުމުން ޖައިޝް އަންޖަލް ހުއްޓުވިއެވެ. އަދި އާތިކާ ކަންފަތް ދޮށުގައި ޖައިޝް އެއްޗެއް ބުނުމުން އާތިކާ އައިސް އަންޖަލް އަތުގައި ހިފާލައިގެން އިސްހާގު ކައިރިއަށް ދިޔައެވެ. *** ޖުނާންގެ ކޮޓަރިއަށް […]
އެނދުގެ އެއްފަރާތުގައި އޮތް ޒަފަރް އަށް ޒޯޔާ ބަލާލިއެވެ. ބަނޑުވަތަށް އޮތް ޒަފަރް ގުގުރިދަމާ އަޑު އިވެން ފެށުމުން އޭނާއަށް ނިދުނީކަން ޒޯޔާއަށް ޔަޤީންވިއެވެ. މަޑު މަޑުން ރަޖާގަނޑުގެ ތެރެއިން ޒޯޔާ ނިކުމެ އޭނާގެ އަންނައުނުތައް ލާން ފެށިއެވެ. ޒަފަރް ހޭލަފާނެތީ ޒޯޔާ އުޅުނީ އެއްވެސް އަޑެއް ނުއިއްވާ ވޭތޯއެވެ. ލައިގެން އުޅުނު ދޫކުރުތާ ހެދުން ގަޔަށް މަހާލުމަށްފަހު މަޑު ފިޔަވަޅުތަކުގައި ޒޯޔާގޮސް ނިކުތީ ކޮޓަރީގެ ބެލްކަންޏަށެވެ. އޭނާގެ ހަށިގަނޑު ކިތަންމެ ވަރުބަލިވެފައިވީނަމަވެސް އެދެލޮލުގައި ނިދީގެ އަސަރެއް […]
އެއްވެސް މީހަކު ދޮންމަންމަގެ ވާހަކަތަކަށް އެއްޗެކޭ ނުކިޔައެވެ. ނަމަވެސް ޒިމްރާން މަންމަ ކީ އެއްޗެއް އޮޅުން ފިލުވަން ބޭނުންވިއެވެ. “އެއީ އަމީރާގެ މާޒީއާ ބެހޭ ގޮތުން އެކިޔަނީ…އަޅާ ނުލާ އެވާހަކަތައް މިހާރަކު މުހިއްމެނުވާނެ…” ނާފިޒު ޒިމްރާން ކައިރީ ބުންޏެވެ. އާޔަން ބުނުމުން ޒިމްރާންމެން ކެއުމަށްޓަކައި ބަދިގެއަށް ވަނެވެ. އެއްޗެހީގެ ރަހަ ބަލާލުމަށްފަހު ކާ އެއްޗިހި މީރުވެގެން ޒިމްރާން އެވާހަކަވެސް ދެއްކިއެވެ. ވާހަކަ ދައްކާ ގޮތުން ޒިމްރާން އަކީ ވަރަށް ހިތްހެޔޮ މީހެއް ހެން ހީވެއެވެ. ނަމަވެސް އަންނަ […]
” ދަރިފުޅާ އަހޫ ނާޔާ ރިސީވް ކުރަން ދާން ވާނެ އިނގޭ ކޮބާ ކޮއްކޮ؟؟” އަސްމާ އޭނާގެ ދޮށީ ދަރިފުޅު ކައިރި ބުނަމުން ހަގު ދަރިފުޅު ރިއާޝް ކޮބާތޯ އެއްސެވެ. ******************************** ” އޯހް ހްމް މަންމަގެ ބެސްޓްްފްރެންޑްގެ ދަރިފުޅު ދޯ ނާޔާ އެއީ؟” އަހުޝަމް އޭނާގެ މަންމަ އޭނާއަށް ކިޔައިދީފައި ހުރި ވާހަކަ ތައް ހަނދާނަށް ގެންނަމުން ބުނެލިއެވެ. އެއާއެކު ރީތި ހިނިތުންވުމަކާއެކު އަސްމާ ބޯޖަހާލިއިރު އެ ދެލޮލުން ނާޔާ ދުށުމަށް ކެތްމަދުވެފައިވާ ކަމުގެ ވިދުވަރެއް […]
ލީޒާ ރޮމުން އައިސް މައިޝާން ގައިގައި އޮޅުލައި ގަތެވެ. އަދި ކުއްލިއަކަށް މައިޝާން ކޮއްޕާލިއެވެ. ހީވަނީ ބޮޑު ބިރެއް ފެނިގެން އުޅޭ ހެންނެވެ. ދުވެފައި ހަޅޭލަވަމުން ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. މާއިޝް އަދި މައިޝާން ތިބީ ހުއްޓުން އަރާފައި ހުރި ބުދެއްހެން ކޮޓްރި ދޮރާ ދިމާއަށް ބަލަހައްޓައިގެންނެވެ. ދެ މީހުންނައް ވެސް ހަމަ ބުއްދިއައް އައާ އެއްފަހަރާއެވެ. އެއީ ކޮޓްރިއިން އިވުނު އަޑާއި ހެދިއެވެ. ލީޒާއަށް ގޮވާ ގޮވާ ނުހުޅުވުމުން ކޮޓަރީގެ ޑަބަލް ތަޅުދަންޑި ހިފަގެން […]
ނަވްޔާން ފެންވަރާ ނިމިގެން ރީތިވާންހުއްޓާ ފޯން ރިންގްވާ އަޑު އިވެން ފެށިއެވެ. އެ ފަން އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލުމަށްފަހު، އަވަސްވެގަތީ ފޯނު ނެގުމަށެވެ. ފޯނުގެ ސްކްރީނަށް އަރާފައި އިން ނަން ފެނުމުން ނަވްޔާންގެ ތުންފަތުގައި ދުވެލީ މާނަ ފުން ހިނިތުންވުމެކެވެ. “ހެލޯ…ބެސްޓް ބްރޯ…” ނަވްޔާން ފޯނު ނެގުމާއިއެކު ބުންޏެވެ. ********** “ހެލޯ މޭން… މިހާރު މާލެ އާދެވުނީތަ…” ރީތި އަޑެއްގެ ވެރި ޒުވާނެއް އެކޮޅުން ވާހަކަދެއްކިއެވެ. “ހޫމް… މިހާރު ކޮން އިރެއް އާދެވުނުތާ… ހައިކްއަށް […]
ޒާޔާ. ކަލޭގެ ދުވަސް ދާނެ މިއަދު. އަހަރެން މި ހުރިހާ ފޮޓޯތަކެއް މިއަދު ކަލޭގެ ބައްޕައަށް ދައްކާނަން. ހަހަހަހަ.” ޖަމީލާ އޭނާގެ އަމިއްލަ ނަފްސަށް އަޑު އިވޭނެވަރަށް ބުނެލިއެވެ. ނިހާން ޒާޔާގެ ކޮޓަރިއަށް ވަތްއިރު ޒާޔާއަށް ނިދިފައި އޮތުމުން ނުހާން ޒާޔާއަށް ނުގޮވާ ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕައިލައިފައި ގޮސް ސިޓިންގް ރޫމަށް ދިޔައެވެ. މެންދުރު ދޭއްގެ ޚަބަރު އަންނަ ގަޑި ޖެހޭތީ ނިހާން ޓީވީ ރެކް މަތީގައި އޮތް ރިމޯޓު ނަގައި ޓީވީ ހުޅުވައިލިއެވެ. ޖިނާން […]