Skip to content
އެސްފިޔަ

އައިނާ (2) 32 _ފަހުބައި

ބައްތިރީސްވަނަބައި

“ކޮބާ ނޫހުބެ..؟” އަޝްހާ ހައިފާ ކުރެއް އަހާލިއެވެ. “މިހިރީނު.. އަޝޫ ހަމަ ބުނީ މިއައީ..” ގޭގެ ދޮރުން ވަދެގެން އައި ނޫހު ބުނެލިއެވެ. އެފަރާތައް ބަލާލި އަޝްހާ އަށް ލިބުނީ އިތުރު ސަޕްރައިޒެކެވެ. ނޫހުގެ ފަހަތުން ވަދެގެން އެއަންނަނީ އިތުރު ދެވަނަ މީހެއް ނޫނެވެ. ނައިލް އެވެ. “ނައިލް..” އަޝްހާ އަށް ވައި އަޑުން ބުނެވުނެވެ.

***

ނައިލް ވެސް އިނީ އެތައް ދުވަހެއް ފަހުން ހިތުގެ ރާނީ ފެނުމުން އުފާވެފައެވެ. ހައިފާ އަށް އެދެމީހުންނަށް ވެފައި ތިބި ގޮތް އެނގެއެވެ. ނައިލް ވަނީ މާކުރިން ބުނެދީފައެވެ. ހައިފާ ކަރުކެހިލުމުން އަޝްހާ އަށް ހޭވެރިކަމެއް ވިއެވެ. ވަގުތުން ރަކިވިއެވެ.

“އަމްމް.. އަހަރެން މިއަންނަނީ ޗޭންޖް ކޮށްލައިގެން..” އަޝްހާ އަވަހަށް ދާން ބޭނުން ވެފައި ހުރުމުން ބަހަނާ އެއް ހޯދާލިއެވެ. “ދަރިފުޅު ދޭބަލަ ނައިލް ގޮވައިގެން އެސޮރަށް ކޮތަރި ދައްކަން.. ހިޝާންބޭގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރި ހުންނާނެ ރެޑީ ކޮށްފައި..” ޚަދީޖާ ގޮވާލިއެވެ.

އަޝްހާވެސް ބޯޖަހާލައިފައި އާނއެކޭ ބުނެލިއެވެ. އަޝްހާގެ ފަހަތުން ނައިލްވެސް ހިނގައިގަތެވެ. އޭރު ހިޝާން ސިޑިން ފައިބައިގެން އަންނަނީ އެވެ. “އަނހަ ނައިލް.. ކޮން އިރަކު އައީ..؟” ނައިލް ފެނުމުން ހިޝާން ބުނެލިއެވެ. “އަހަރެންނެއް ނޫނޭ.. ދޭބަލަ ސިޓިންގ ރޫމަށް..” ނައިލް މިހެން ބުނުމުން ހިޝާން އަވަސް ފިޔަވަޅު ތަކެއްގައި ދިޔައީ ސިޓިންގ ރޫމަށެވެ.

އެވަގުތު އެތަނުން ހައިފާ ފެނުމުން ހިޝާން އަށް ލިބުނީ ސިހުމެކެވެ. “ދޮންތާ… ކޮން އިރަކު..؟” ހިޝާން އަށް އޭނާގެ ވާހަކަ ފުރިހަމަ އެއް ނުކުރެވުނެވެ. “ވާހަކަ ނުދައްކައި އާދެބަލަ..” ހައިފާ އޭނާގެ ވާއަތް ދިއްކޮށްލަމުން ބުނެލިއެވެ. ހިޝާން އަވަހަށް އައިސް ހައިފާގެ ކައިރީގައި އިށީންދެލިއެވެ. އޭރު ހުރިހާ އެންމެން ކަހަލަ ގޮތަކަށް އެތަނުގައި ތިއްބެވެ. އަޝްހާ އާއި ނައިލް ފިޔަވައެވެ.

***

އަޝްހާ ގޮސް ހުއްޓިލީ ޚަދީޖާ ބުނި ކޮޓަރީގެ ދޮރުމަތީގައެވެ. އެދޮރު ހުޅުވާފައި އަޝްހާ އެއްކައިރިއަށް ޖެހިލީ ނައިލް ވަންނަން ތަން ދެމުންނެވެ. ނައިލް ކޮޓަރިއަށް ވަނުމުން އަޝްހާ އުޅުނީ ދާށެވެ. ނަމަވެސް ހުއްޓެން މަޖުބޫރު ވީ ނައިލް އަތުގައި ހިފައި ކޮޓަރި ތެރެއަށް ވައްދައިފައި ދޮރު ލައްޕާލުމުނެވެ. އަދި ލައްޕާލި ދޮރުގައި އަޝްހާ ތަތް ކޮށްލުމުންނެވެ. މިހުރިހާ ކަމެއްވީ ނުހަނު ކުޑަވަގުތު ކޮޅަކު ތެރޭގައި ވުމުން އަޝްހާ ހުރީ ވާނުވާ ގައެވެ. ނައިލް ކައިރި ވެލުމުން އަޝްހާގެ ނޭވައި ކަރުތެރޭގައި ތަށިވިކަހަލަ އެވެ. ނައިލް ކައިރިވެލައިފައި މަތީ ތަންޑު އަޅުވާލައިފައި ދުރައް ޖެހޭ ޚިޔާލެއް ނުކުރިއެވެ.

އެންމެ އަނގަ ގަދަވެފައި އުޅޭ އަޝްހާ ހީވަނީ ނައިލްގެ ކުރިމަތީގައި އެހެން މީހެއް ހެންނެވެ. “ކިހާ ދުވަހެއް މިކަހަލަ ވަގުތަކަށް އިންތިޒާރު ކުރާތާ..” ނައިލް އަޝްހާގެ ކަންފަތް ދޮށުގައި ވައި އަޑުން ބުނެލިއެވެ.

އަޝްހާގެ ގައިގެ ލޯލިތައް ކޮޅައް ޖެހުނީ ނައިލްގެ ފިރިހެންވަންތަ އަޑުން ވާހަކަ ދެއްކި ވަގުތު ކަންފަތައް އެޅުނު ނޭވައިގެ ސަބަބުންނެވެ. އަޝްހާގެ ދެލޯ އެވަގުތު މެރުނެވެ. ނައިލް ކައިރިވާން ފެށުމުން އަޝްހާ ނައިލްގެ މޭގައި އަޅައި ކޮށްޕާލިއެވެ. އަދި ދާންވެގެން ދޮރުގެ ތަޅުގައި ހިފައި ހިފައި ނުހުޅުވުމުން އަޝްހާ ކަންބޮޑު ވިއެވެ.

އަނެއްކާވެސް ނައިލް ކައިރިއަށް ޖެހެން ފެށުމުން އަޝްހާ ކަންބޮޑު ވިއެވެ. ނައިލް އަޝްހާ ކައިރިއަށް ޖެހުމުން އެދޭތެރޭގައި އޮތީ ތުނި ގަނޑު ކޮޅެއް ލެވޭހާ ޖާގައެވެ. ނައިލް ކައިރިވެފައި އަތް މައްޗައް ނެގިއެވެ. އަހާގެ ކަންފަތް ކައިރިން ލާފައި ބޯމަތިން އަތް ގެންގޮސް ތަންޑު ނައްޓާލިއެވެ.

އަޝްހާ ލަދުން ހަލާކުވާ ވަރު ވިއެވެ. އަހަވަށް ދޮރުހުޅުވަން ހަދައިގެން ހިފުނީވެސް ނުބައި ކޮޅަކަށް ހުޅުވާށެވެ. ނައިލް އަނެއްކާވެސް ހީލައިފައި އަޝްހާގެ އަތްމަތީގައި އަތް ބާއްވާފައި ދޮރުގެ ތަޅުގައި ހިފާލިއެވެ. އަޝްހާ އަށް ބަލާލެވުނީ ނައިލްގެ މޫނަށެވެ. އެކަޅުކަން ގަދަ ދެލޮލުގެ ތެރެއަށް ގެއްލިފައި ހުއްޓައި ނައިލް އެތެރެއަށް ދޮރުހުޅުވާލިއެވެ.

ހޭވެރިކަމެއްވީ މީހަކު ފަދައިން އަޝްހާ އަވަހަށް ނިކުމެގެން ދިޔައެވެ. ނައިލް އަށް ހިނިތުން ވެލެވުނީ އަޝްހާގެ މޮޔަކަން ހިތައް އަރާފައެވެ. ދެފާތައް ބޯހޫރުވަމުން ނައިލް ދޮރުލައްޕާލިއެވެ. ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުންގޮސް ފާހަނައަށް ވަނެވެ.

***

އައިނާ ކޮޓަރިއަށް ވަދެފައި އެއްޗެހި ބަދަލު ކުރަން އުޅެފައި ވެސް ޚިޔާލު ބަދަލުވިއެވެ. ދެން ގޮސް ފާޚާނައަށް ވަދެ ބިލިގާ އަށް ހޫނުފެނާއި ރީތިފެން އަޅާފައި ބޭނުންވާވަރަށް ފެންގަނޑު ހޫނުމިން ހެޔޮވަރު ކޮށްލިއެވެ.

ދެން އެފެންގަނޑުގެތެރެއަށް އެރިފައި އައިނާ ދެލޯމަރާލިއެވެ. އެހެން އޮށްވައި އައި ނައި ތަނެއް ނޭނގި ޔުއާލްގެ ވާހަކަ ބޮލުގައި ޓަކި ޖަހަން ފެށިއެވެ. އައިނާގެ މެރިފައިވާ ދެލޮލުގެ ތެރެއިން ކަރުނަތައް ފައިބައި ގަތެވެ.

***

ޖެހިގެން އައި ދުވަހުގެ ހަވީރެވެ. އަނީލް ގެއަށް ވަދެގެން އައިނާ ހޯދަމުންނެވެ. “ކިހިނެތްވީ އައިނާ ހޯދަނީ..” އިސްރާ އަނީލް ގާތު އަހާލިއެވެ. “އިނގޭނު މި ފަސްއަހަރުގެ ތެރޭގައި އަހަރެމެން ދެމީހުންގެ ފަރާތުން ދޭން ނިންމި ހަދިޔާ.. މިއަދު އޭތި ދޭން ކަމަށް..” އަނީލް ބުނެލިއެވެ.

“އަސްލުތަ..؟ ކުރިން ބުނިނަމައެއްނު މިއަންނަނީ އައިނާ ކައިރީގައި ތައްޔާރުވާށޭ ބުނެފައި އަހަރެންވެސް ކުޑަކޮށް ރެޑީ ވެލައިގެން.. އެނގޭ..” އިސްރާ މިހެން ކިޔާފައި އައިނާ އަށް ގޮވާފައި ތައްޔާރުވާށޭ ބުނެލިއެވެ. އަދި އޭނާވެސް ކުޑަކޮށް ތައްޔާރު ވެލައިގެން އައިސް ސޯފާގައި އިންދާ އައިނާވެސް އައެވެ.

“ކޮންތާކަށް ދާންތަ މަންމާ..” އައިނާ ސުވާލުން ފުރިފައި އިސްރާ އާއި އަނީލް އަށް ބަލަމުން އައިނާ އަހާލިއެވެ. “ހޭވް ސަމް ޕޭޝަންސް މައި ޑިއާރ..” އަނީލް ބުނެލީ ކާރާއި ދިމާއަށް މިސްރާބު ޖަހަމުންނެވެ.

“ކޮބާ އަރިން..؟” އަރިން ފެންނަން ނެތުމުން އައިނާ އަހާލީ ކާރުދުއްވަން އިން އަނީލް ކުރެންނެވެ. ނަމަވެސް ޖަވާބު ދިނީ އަނީލްގެ އަނެއްފަރާތުގައި އިން އިސްރާއެވެ. “އަރިންވީ ހައިފާ އައިސްގެން އެގޭގައި.. އޭނާ ގެންދަން ހައި ކިޔާވަރުން ފޮނުވީ..” އިސްރާ ބުނެލީ އައިނާ އަށް އެނގޭ ކަމަށް ހީކޮށެވެ.

“ހައި ދައްތަ އައިސިއޭ..!!! ކޮން އިރަކު..؟” އައިނާ ހައިރާންވެފައި އެހިއެވެ. “ނޭނގޭތަ..؟ އަޝޫ އެއް ނުބުނޭތަ..؟ ރޭގަ އައީ… މެންދުރު ގަޑީގައި މަންމަމެންވެސް ދިޔައިން އެގެއަށް… މަންމަ ހީކުރީ އަނާ އަށް އެނގޭނެ ކަމަށް…” އިސްރާ ބުނެލިއެވެ.

އޭރު އަނީލް ކާރު ތިންބުރީގެ އިމާއާތެއްގެ ކައިރިއަށް މަޑު ކުރަނީއެވެ. އެއީ މާބޮޑު ތަނެއް ނޫނަސް ހެޔޮވަރުގެ ތަންކޮޅެކެވެ. “ވާއު.. ބައްޕަ މެންގެ ނިއު ބްރާންޗެއްތަ..؟” އަނީލް މެންގެ އޮފީސް އިމާރާތް ހުންނަ ގޮތަށް އެތަން ޑިސައިން ކޮށްފައި ހުރުމުން އައިނާ އަހާލިއެވެ.

އަނީލް އެއްވެސް އެއްޗެކޭ ނުބުނެ އެތަނުގެ ދޮރަށް ތަޅުދަނޑި ޖަހާފައި ހުޅުވާލިއެވެ. އެތެރެއަށް ވަނުމުން އައިނާ އަށް ލިބުނީ ހައިރާން ކަމެކެވެ. އެތަނުގެ އެތެރެ ހީވަނީ ކުޑަވަރެއްގެ ހޮސްޕިޓަލެއް ހެންނެވެ. ހުރީވެސް ހުސް އެކަހަލަ ސާމާނުތަކެވެ.

“މިއީ މަންމަ އާއި ބައްޕަގެ ފަރާތުން ދަރިފުޅައް ދިން ހަދިޔާ.. ހިތްހަމަ ޖެހޭތަ..” އަނީލް ބުނެލިއެވެ. އައިނާ އުފަލުން ހުރެ އަނީލްގެ ގައިގައި ބައްދާލިއެވެ. އަދި އިސްރާގެ ގައިގައި ވެސް ބައްދާލިއެވެ. “ޖަޒާކަﷲ ޚައިރަން.. އައި ލަވް ދިސް ގިފްޓް..” އައިނާ ބުނެލިއެވެ. “ބާރަކަﷲ” އިސްރާގެ އައިނާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

އައިނާ މުޅި ތަނުގައި އެނބުރިފައި އެތަން ބެލިއެވެ. އެތަނާއި މެދު އައިނާ ވަރަށް ހިތްހަމަ ޖެހުނެވެ. “ކޮން ނަމެއް ކިޔާނީ..؟” އައިނާ ކުރެން އަހާލިއެވެ. “ބައްޕަމެންގެ ކުންފުންޏައް ކިޔަނީ ކްރިސްޓަލް އެއްނު..؟ ކްރިސްޓަލް ކްލިނިކް ކިޔާނީ.. އޯކޭ އެއްނު..” އައިނާ އަނީލްގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

“އޯކޭ ޑަން.. މިތާގައި ބޯޑު ހަރުކޮށްފައި އަނާ ބޭނުން ގޮތަކަށް މިތަން ޑިސައިން ކޮށްފަ ރަޖިސްޓްރީ ކުރީމަ ސާވިސް ދޭން ފަށާނީ.. ދެން ހިނގާ ދާން..” އަނީލް ނިކުން ނަމުން ބުނެލިއެވެ. “އެން.. އަސްލު ތަޅުދަނޑި ބާއްވާ ދަރިފުޅު އަތުގަ.. ޑަބަލް އޮންނާނީ ހިޝާން އަތުގައި.. އެއީ އޭނާ މިތަން ހެދިއިރު ކުރަހާ ސުޕަވައިޒް ކުރީ އެހެންވެ..” އަނީލް ކާރަށް އަރަމުން ބުނެލި ވާހަކަ އިން އައިނާ ދެރަވިއެވެ.

އެކަމުންވެސް އައިނާ އަށް ހާމަވީ ހިޝާން އޭނާ ދެކެ ލޯބިވާ މިންވަރެވެ. އައިނާގެ ހިތަށް މިހާރު އަރައެވެ. ހިޝާން ދެއްކި ވާހަކަ އެއްފަހަރުވެސް އަޑު އެހުނު ނަމައެވެ. އައިނާ ވެސް މިހާރު ބޭނުން ވަނީ ހިޝާން އެވެ. ނަމަވެސް ހިޝާން ކައިރީގައި ބުނާނީވެސް ކީކޭ ހެއްޔެވެ. އޭނާ އަކީ ހިޝާން އާއި ވާހަކަ ނުދައްކަން ވެގެން ނަންބަރު ވެސް ބްލޮކް ކޮށްލައިގެން އުޅުނު މީހާއެވެ.

ނަމަވެސް ރޭގައި އައިނާ ހިޝާންގެ ނަންބަރު ހައަހަރު ފަހުން އަން ބްލޮކް ކޮށްލިއެވެ. ހިޝާންގެ މެސެޖެއްހާ ވަރުވެސް ލިބޭތޯއެވެ. ނަމަވެސް އައިނާ މާޔޫސްވީ ނުލިބުމުންނެވެ. އައިނާ ހިތައް އަރަނީ އޭނާ ހިޝާން ދެކެ ލޯބިވާ ވަރަށް ހިޝާންވެސް އޭނާ ދެކެ ލޯބިވޭ ބާއޭ އެވެ.

“ކްރިސްޓަލް ގެއަށްތަ ބާލަންވީ…” އައިނާ ކުރެއް އަނީލް އެހިއެވެ. “ނޫން.. ގެއަށް ހިނގާ..” ހިޝާންގެ ކުރިމައްޗައް އަރަން ޖެހިލުން ވާތީ އައިނާ ބުނެލިއެވެ.

އައިނާ ފޯނަށް ބަލަލީ މެސެޖެއް އައުމުންނެވެ. “ގެޓް ރެޑީ.. އެއިޓް ތާޓީ ގަ ދާންނަ ބަލައި.. އެން ޕާޕަލް ޑްރެސް ވިލް ފިޓް ފޯޔޫ..” އެމެސެޖު ކިޔާފައި އައިނާ އަށް ހައިރާން ކަން ލިބުނެވެ. އައިނާ ހިޝާން އެންމެ ފަހުން ކޮށްފައި އިން މެސެޖަށް ބަލާލިއެވެ. އޭގައި ވެސް އިނީ ހަމަ އެއިބާރާތް ކޮޅެވެ. އަކުރަކަށް ފިއްޔަކަށް ތަފާތެއް ނާދެއެވެ. ހީވަނީ ހަމަ ހިޝާން ފޮނުވާފައި އިން މެސެޖެއް ހެންނެވެ. ނަމަވެސް އައިނާ ދެފަރާތައް ބޯހޫރުވާލީ އެހެން ނުވާނެ ކަން އެނގޭތީވެއެވެ. ހިޝާން މެސެޖު ކުރަންޏާ ކުރާނީ އޭނާގެ ފޯނުން ނޫންހޭ ހިތައް އެރިއެވެ.

ހައިފާ އައި ވާހަކަ އަޝްހާ އޭނާގެ ގާތުގައި ނުބުނުމުން އައިނާ އޯކޭ ޖަހާފައި ވެސް ނުފޮނުވިއެވެ. އެކަމުން އަޝްހާ އަށް އޭނާ ހިތްހަމަ ނުޖެހިފައި ކަން އެނގޭނެއެވެ. އައިނާ އަށް ނޭނގުނު ކަމަކީ މެސެޖު ކުރީ އަސްލަށްވެސް ހިޝާން ކަމެވެ.

***

ހިޝާން އަޝްހާގެ ފޯނުން މެސެޖު ކޮށްފައި އިނީ އައިނާ ރިޕްލައި ދޭތޯ އެވެ. ނުދިނުމުން މާޔޫސް ވާގޮތްވިއެވެ. އެކަންވެސް ހިޝާން އަށް ނެގުނީ ނުބައި ކޮށެވެ. ހީވަނީ އަދިވެސް އައިނާ ރުޅި އައިސް އިންހެންނެވެ. ނަމަވެސް އަޝްހާ އަށް އެވީގޮތް އެނގުނެވެ.

“ނޯ ހިޝާންބޭ.. އެއީ ހިޝާންބެ ދެކެ ރުޅި އައިސް ގެންނެއް ނޫން.. އަހަރެންދެކެ ރުޅި އައިސްގެން އެއުޅެނީ.. އެކަމް ކީއްވެ..؟” ހިޝާން އެވާހަކަ ބުނުމުން އަޝްހާ ބުނެލިއެވެ. އެއްގޮތަކަށް ވެސް އަޝްހާގެ ބޮލަކަށް ވެގެން އުޅޭ ކަމެއް ނުވަނެވެ. “ރިމެމްބްރޯލް އެއް ކަންނޭންގެ ގެންގުޅެންވީ.. އޭރުން ކަމެއް ހަނދާނުން ކައްސާލިއަސް އެނގޭނެއެއްނު.. އެކަމް ވަން ޕްރޮބްލަމް.. އޭގެން ވެސް ނޭނގޭނެ ހަނދާނުން ކައްސާލި ކޮން އެއްޗެއްކަމެއް..” އަޝްހާ ދެފަރާތައް ބޯހޫރުވަމުން ބުނެލިއެވެ.

“ހިޝާން ހިނގާބަ އަހަރެންނާއި އެކު..” އެވަގުތު ނައިލް ބޯދިއްކޮށްލާފައި ބުނެލިއެވެ. އަޝްހާ އަށް ނައިލް ފުންނަޒަރަކުން ބަލާލަމުން ހިޝާން އާއި އެއްކޮށް ދާން ނިކުތެވެ.

***

އަށްގަޑި ފަންސަވީސް ވީއިރު އައިނާ އިނީ ތައްޔާރުވެގެނެވެ. ޕާޕަލް ކުލައިގެ ކަކުލާ ހަމައަށް އަރާ ތުނި ހެދުމެއްގެ އެތެރެއިން ވަނީ ކަޅުކުލައި ބޮޑީ ޝޫޓެއް ލައިފައެވެ. ދަށުން ކަޅުކުލައިގެ ޖިންސެއް ލައިފައި ހުރިއިރު އަޅައިފައި ހުރީވެސް ކަޅުކުލައި ޝޯލް އެކެވެ. ހެދުމުގެ މަތިން ވަނީ ޕާޕަލް ކުލައިގެ ބަންދެއް އައްސާލެވިފައެވެ.

މޭކަޕެއް ނުކޮށްވެސް އެއޮމާން ލަކުނެއް ނެތް މޫނު ހީވަނީ ސާދަ ވިލޭރޭގެ ހަނދު ހެންނެވެ. އަށްގަޑި ބައިވުމުން ހަރުގަނޑުން ކަޅުކުލައިގެ ބޫޓެއް ނަގައިގެން ބޭރަށް ނިކުމެ އެއަށް އެރިއިރު އަޝްހާ ސައިކަލުގައި މަޑުކޮށްލަނީ އެވެ.

“ކީއްވެ ޔޯ ސައިކުގަ ތިއައީ..؟” އައިނާ އަޝްހާގެ ފަހަތަށް އަރަމުން އަހާލިއެވެ. “ދެން ހަމަ އައީ..” އަޝްހާ ކުރު ޖަވާބެއް ދިނެވެ. “ކޮންތާކަށް މިދަނީ..” އައިނާ އަހާލިއެވެ. “ބްލޮސޮމް ގާޑަން އަށް.. އަސްލު އުޅުނީ ޑޮމެސިސް އަށް ދާން.. އެކަމް ފަހުން ހިތައް އެރީ ބްލޮސޮމް އަށޭ ދާނީ..” އަޝްހާ ބުނެލިއެވެ.

“ކީއްވެ ރެސްޓޯރެންޓަކަށް ތިދަނީ..؟” އައިނާ އަނެއްކާވެސް އެހިއެވެ. “ކާކަށްނު..؟” އަޝްހާ ބްލޮސޮމް ކައިރިއަށް މަޑުކޮށްލަމުން ބުނެލިއެވެ. “މާޚާއްޞަ ކަމެއް އޮތީތަ..؟” އައިނާ އަނެއްކާވެސް އެހިއެވެ. “ސުވާލު ފޮއްޓެއް ހިފައިގެންތަ ތިއައީ..؟ ހޭވް ސަމް ޕޭޝަންސް..” އަޝްހާ ސައިކަލު ޕާކު ކޮށްލައިފައި އައިސް އައިނާ އާއި އެއްވަރު ކުރަމުން ބުނެލިއެވެ.

އެވަގުތު ވީ އަޝްހާ އަށް ކޮންމެވެސް މީހަކު ގޮވާލި ވަގުތަށެވެ. އަޝްހާ ހިތަށް އެރީ ނަސީބެކޭ އެވެ. އެހެން ނޫނީ އޭނާ އަށް ޖެހޭނީ އެހެން ކޮންމެވެސް ބަހަނާ އެއް ދައްކާށެވެ. “އަނާ ދޭގޮސް އެންމެ މައްޗައް އަރާ.. އެނގޭ.. އޯޑާރ ވެސް ދީ.. ޔޫ ނޯ ދޯ މަގޭ ފެވަރިޓް..” އަޝްހާ މިހެން ކިޔައިފައި ހިނގައިގަތެވެ.

އައިނާ ދެކޮނޑު އަރުވައިލައިފައި މައްޗައް އަރަން ހިނގައިގަތެވެ. އައިނާ ހިނގައި ގަތުމުން އަޝްހާ މަތީގައި އިން ހިޝާން އަށް މެސެޖު ކޮށްލިއެވެ. “ޝީ އިޒް އޮން ހާ ވޭ..” އަޝްހާ އަދި އެމީހެއްގެ ކައިރިއަށް މިސްރާބު ޖެހިއެވެ.

އައިނާ މައްޗައް އެރިއިރު ކަނު އަނދިރި ކަން ފިޔަވައި އެއްވެސް އަލިކަމެއް ނުވެއެވެ. ފަޅި ހަނދުން ވެސްމިރޭގައި އެއްވެސް އަލިކަމެއް ނުވެއެވެ. އައިނާ އިށީންނީ އެންމެ މެދުގައި އިން މޭޒުގައެވެ. ލުއި ވައިރޯޅިތައް ހަށިގަނޑުގައި ބީހިލުމުން އައިނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

އައިނާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް ބޮކިފަތިތަކަކުން މުޅިތަން ދިއްލުމުންނެވެ. ބަލަން ހުއްޓައި ކުރިމަތީގައި އައިސް އިށީންނީ އައިނާ އޭނާގެ ދެލޯ ދުށުމަށް އެދޭ އޭނާގެ ހިތުގެ ރަސްގެފާނެވެ. އާދެ! ހިޝާން އެވެ. އައިނާ އިނީ ހައިރާންވެފައެވެ.

އައިނާގެ ކުރިމަތީގައި އިން ހިޝާންގެ ހިތް ހީވަނީ ރޭސް ޖަހާހެންނެވެ. ހިޝާން ހީކުރި ގޮތަށް އައިނާ ރުޅި ނައުމުން އޭނާގެ ހިތަށް ކުޑަވަރެއްގެ ލުޔެއް ލިބުނު ނަމަވެސް އަދިވެސް ހިތުގެ ތެޅުމަކަށް އެއްވެސް ބަދަލެއް އައި ހެނެއް ހިއެއްނުވެއެވެ.

އައިނާ އިނީ ކުރިމަތީގައި އިން ހިޝާން އަށް ނަޒަރު ހުއްޓާލައިގެންނެވެ. ޕާޕަލް ކުލައިގެ އަތް ދިގުޓީޝާޓު ވަނީ އެފިރިހެންވަންތަ ހަށިގަނޑުގައި ހިފާލާފައެވެ. ކަޅުކުލައިގެ ޖިންސުގައި ހުރިއިރު އެފިރިހެންވަންތަކަން އިތުރު ވެފައިވާ ކަހަލައެވެ.

ކުރިއަށް ވުރެ ބާމަތި ފުޅާވެފައި ދިގުހެން އައިން އަށް ހީވިއެވެ. އައިނާ އަށް އެންމެ ކަމުދިޔައީ ހިޝާންގެ ކުރު ފަން އިސްތަށިކޮޅު ޖެލް ލައި ތަތް ކޮށްލާފައި އޮތް ގޮތުންނެވެ.

ހިޝާން ވެސް އިނީ އައިނާގެ ދޮން ދޮން އޮމާން މޫނަށް ބަލަން ގެއްލިފައެވެ. ކުރިއަށް ވުރެ އައިނާ އެއްތަން ކޮޅުވެސް ދިގުހެން ހިޝާން އަކަށް ހިއެއް ނުވެއެވެ. އެއަޅި ކުލައިގެ ލޮލަށް ގެއްލިފަ ބަލަން ހުރެވުނު އިރު ހިޝާން އަށް އޭނާގެ ޕްލޭންގެ މަތިން ހަނދާން ހުރިހެނެއް ހިއެއް ނުވެއެވެ.

އެގޮތުގައި ދެތިން މިނެޓު ދެމީހުން ހަތަރު ކަޅި ހަމަވެފައި ތިއްބެވެ. ނަމަވެސް ހިޝާން އެހެން އިނދެފައި ތެދުވެ އައިނާގެ ދެލޯމަތީގައި ފޮތިގަނޑެއް އެއްސުމުން އައިނާ ހިތަށް ބިރުވެރިކަން ވަނެވެ.

“ހިޝާން ކީއްތި ކުރަނީ..” އައިނާ ހިތްހަމަ ނުޖެހިފައި އެހިއެވެ. ނަމަވެސް މާގިނައިރެއްނުވެ ހިޝާން އެފޮތިގަނޑު ނެގިއެވެ. އައިނާ ފުރަތަމަ ބަލާލީ ހިޝާންގެ މޫނަށެވެ. ދެބުމަ ގޮށްޖެހިފައި ހުރުމުން އައިނާ އަކާއި ނުގުޅެއޭ ހިޝާންގެ ހިތައް އެރިއެވެ.

އައިނާ ހިޝާން އަށް ބަލާލައިފައި އެއްޗެކެ ބުނުމުގެ ކުރިން ހިޝާން އައިނާގެ ކޮލުގައި ހިފައި އެމޫނު މޭޒާއި ދިމާއަށް އަބުރާލިއެވެ. ވަގުތުން އައިނާގެ އަނގަމަތީގައި އަތް އެޅުނެވެ. ކުރިމަތީގައި އިން ކޭކުގައި ލިޔެފައި އިން ބަސްކޮޅު ފެނުމުން އައިނާގެ ދެލޯ ބޮޑު ވިއެވެ. “އައި ލަވް ޔޫ.. ވިލް ޔޫ މެރީ މީ..؟” މިދެޖުމްލަ ފެނުމުން އައިނާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. އެހުއްޓުވާކަށްވެސް އައިނާ މަސައްކަތެއް ނުކުރިއެވެ.

އައިނާގެ ނަޒަރު ދެން ހުއްޓުނީ ކޭކުގައި ސްޓޭންޑެއް ބަހައްޓާފައި އޭގެ މަތީގައި ބަހައްޓާފައި އިން މަހުމާ ފޮށީގެ ތެރޭގައި އިން އަލިމަސް ޖަހާފައި އިން ރިހި އަނގޮޓި އަށެވެ. އައިނާ އެނބުރުނު ގޮތަށް ހިޝާންގެ ގައިގައި ބައްދާލިއެވެ. “އައި ލަވް ޔޫ ޓޫ..” އައިނާ ރޮމުން މިހެން ބުނެލުމުން ހިޝާން ހީވީ އުދުއްސައި ގަތް ހެންނެވެ. އައިނާގެ ހިމަ ހަށިގަނޑުގައި އެދެއަތް ވަށާލިއެވެ.

އެދެމީހުން އެގޮތުގައި ފަސްވަރަކަށް މިނިޓު ތިއްބެވެ. އައިނާ ދުރުވާން ބޭނުން ނުވިއަސް ހިޝާން އައިނާގެ ދެކޮނޑުގައި ހިފައި ދުރު ކޮށްލިއެވެ. އަދި ކޭކު ގައި އިން އަނގޮޓި ނަގައި ހިޝާން އެއްފައި މައްޗައް އިށީނެވެ. “ވިލް ޔޫ މެރީ މީ..؟” ހިޝާން އަހާލިއެވެ.

“ސޭ ޔެސް އަނާ..!!” އެވަގުތު އެގޭގެ ހުރިހާ އެންމެން އެތަނަށް ޖަމާވިއެވެ. ނައިލް ވެސް މެއެވެ. އަދި އެއްއަޑަކުން އެހެން ބުނެލިއެވެ. އައިނާ އިނީ ލަދުން ވިރޭ ވަރުވެފައެވެ. “އަނާ ސޭ ޔެސް.. ހިޝާން ފަކީރު މިހާރު ފަޔައް ތަދުވެނީ އެ..” ހައިފާ ދިމާ ކުރާ ރާގަކަށް ބުނެލިއެވެ.

އުފަލުން ހުރެ އައިނާ ބޯޖަހާލިއެވެ. ހިޝާން ވެސް އައިނާގެ ވައަތު ކަށި އިނގިލީގައި އެއަނގޮޓި އަޅުވާލަ ދިނެވެ. ހިޝާން ބޭނުންވީ އައިނާގެ ގައިގައި ވަރަށް ބާރަށް ބައްދާލާށެވެ. ނަމަވެސް އެންމެން ތިބުމުން އެކަން ހިތުން ނެރެ އެއްލާލީއެވެ.

ހިޝާން ތެދުވިއެވެ. އަދި ފުން ނޭވައެއް ދޫކޮށްލީ މިއިން ދުވަހަކު ނޭވައި ނުލައި އިން ހެންނެވެ. އިސްރާ އައި ގޮތަށް އައިސް އައިނާގެ ގައިގައި ބައްދާލިއެވެ. އަނީލްވެސް ލޯބިވާ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. އުފަލުން ހުރެއެވެ. އިސްރާ އަށް އަދިކިރިޔާ އިހުސާސްވީ އެދަރިފުޅު އޭނާގެ ލޮލު ކުރިމަތީގައި ބޮޑުވިވަރެވެ. މިހާރު އެދަރިފުޅު އެއުޅެނީ ޒަވާޖީ ހަޔާތެއް ފަށާށެވެ.

އެންމެން ކޭކު ކެއި ވަގުތު ނައިލް އިނީ އަޝްހާ އަށް ބަލާށެވެ. އަޝްހާ އަށް ނައިލް ބަލާކަން އެނގުމުން އިނީ އިސްއުފުލާލަން ވެސް ނުކެރިފައެވެ. ނޫހު ހައިފާ އަށް މިކަން ސަމާލުކަމަށް ގެނައެވެ. ހައިފާ އެންމެން އެންމެން އެންމެންގެ ގައިގައި ކޮއްޓާފައި މިކަން ސަމާލުކަމަށް ގެނައެވެ.

“އެހެމް އެހެމް.. އަހަރެންނަށް ހީވަނީ މިފަހަރު ދެވެޑިން އޮންނާނެ ހެން.. ނޫންތަ އަޝޫ..؟” ހައިފާ ވަރަށް ނޫން ކަމަށް ހެދިފައި އަހާލިއެވެ. “އެ.. އޭނ..” އަޝްހާ އަށް ހައިފާ ކިއި އެއްޗެއް ނޭނގުމުން އަހާލިއެވެ. އެވަގުތު އެންމެންގެ ހުނުމުގެ އަޑުން އެމާޙައުލު ގުގުމާލިއެވެ.

އަޝްހާ ރަކިވިއެވެ. “އަހަންނަށް ހީވަނީ މިފަހަރު އައިނާ އާއި ހިޝާން އާއި އެއްކޮށް އަޝްހާ އާއި ނައިލްގެ ކަންތައް ވެސް ނިންމަވީހެން ދޯ ހައި..” ނޫހް ހައިފާ އަށް ދޯއެއް އެއްލިއެވެ. އަޝްހާ ލަދުން އިސްޖަހާލިއެވެ. ނައިލް ވެސް ރަކިވިވަރުން ބޯކަހާލިއެވެ.

“އެތެދެއްތަ އަޝޫ..” އަޝްހާ އާއި ދިމާއަށް ބަލާލަމުން އާޝިޔާ ސުވާލު ކޮށްލިއެވެ. އަޝްހާ އިސްޖަހައިގެން އިނދެވެސް ބޯޖަހާލިއެވެ. އާޝިޔާ އާއި އިޔާޒު އަށް އުފަލުގެ ކޮޅެއް ނެތެވެ. އަޝްހާ އެދެމީހުންގެ ލޮލުގެ ނޫރުފަދައި ބޮޑު ކުރީ މިކަހަލަ ކަމަކަށް އުންމީދު ކޮށްގެންނެވެ. ނައިލް އަކީ އާޝިޔާ އާއި އިޔާޒު ބޭނުންވާ ހުރިހާ ސިފަތަކެއް ލިބިފައި ހުރި ޒުވާނެކެވެ. ހަރުދަނާ ވެފައި އެހެން މީހުންނަށް ހިތްހެވެ. އަޝްހާގެ ހޮވުމާއި މެދު އިޔާޒު ފަޚުރުވެރިވާމޭ ބުނާ ފަދަ ގޮތަކަށް ނައިލް އާއި ދިމާއަށް ބަލާލިއެވެ. އެރޭވީ ކްރިސްޓަލް އާއިލާއަށް އުފާވެރި ރެއަކަށް ހަދައި ދެމުންނެވެ.

ދިހައެއް ޖަހަން ގާތް ވެފައި ވަނިކޮށް ދެޖޯޑު ވަކިން ކާރުގައި ނައްޓާލީ ހިތްފަސޭހަ މާޙައުލަކަށް ދިޔުމަށްޓަކައެވެ. ކާރު ދުއްވަމުން ދުއްވަމުން ގޮސް މަޑު ކޮށްލީ ހިއްކި ބިމުގެ ކޮޅުގައެވެ. އެތަނުން ރަށް ފެންނައިރު ހީވަނީ މާލޭގައި ހުރެފައި ހުޅުމާލެ ފެންނަ ހެންނެވެ. އެހާވެސް ދުރެވެ.

އަޝްހާ އާއި ނައިލް ކާރުން ފައިބައިގެން ދިޔުމުން އައިނާ އާއި ހިޝާން މަޑުކޮށްލީ ކާރުގައެވެ. ކާރުގެ ލޯގަނޑު ހިތްލާލީ ބޭރުން ދާމީހަކަށް ފެނުނަ ނުދޭން ވެގެނެވެ. “ހުމްމް. މިސުވާލު ކުރަން އުޅޭތާ ލައްކަ ގިނައިރު ވެއްޖެ.. ކީއްވެޔޯ ކުއްލިއަކަށް އެއްބަސްވީ..” ހިޝާން އައިނާ ކުރެއް އަހާލިއެވެ.

ހިޝާން މިހެން ބުނުމުން އައިނާ ހިޝާން އާއި ހުރިހާ ވާހަކަ އެއް ކިޔައިދިނެވެ. ހިޝާން ހީވީ ނަޝްވާދެކެ ރުޅި އައިސްގެން ގޮސް ފަޅައިގެން ދާވަރު ވެދާނެ ހެންނެވެ. “އައި ވޮންޓް ސްޕެއާރ ދެޓް ވުމެން..” ހިޝާން ދަތް ކުނޑި ވިކާލައިފައި ބުނެލިއެވެ. “ހެއި ހެއި.. ކާމް ޑައުން.. އެހެން ނޫނަސް އެކަން ދެން އެނިމުނީއޭ.. މިހެން މިވީ އެކަމުގެ ފަހަތުގައި ކޮންމެވެސް ހެޔޮކަމެއް ވާތީއޭ.. ނިކަން ބަލާބަ..

ކުރިން އަހަރެމެން ދެމީހުން ގުޅުނު ނަމަކަ ޔުއާލްގެ ހިތް އަހަރެމެންގެ މައްޗައް ހެވެއް ނުވާނެއެއްނު..؟ ދޯ.. އަދި ވެސް ހުންނާނެ އަހަރެމެންނަށް ނޭނގޭ އެތައްކަމެއް މީގެ ފަހަތުގައި.. އަހަރެމެން އުފާކުރަން ވީ މިއަދު އަހަރެމެން ގުޅިފައި ތިބުމުން..” އައިނާ ބުނެލީ ހިޝާން އަށް ވިސްނައިދޭ ރާގަކަށެވެ.

“ރަނގަޅު ޕޮއިންޓެއް.. އައި ލަވް ޔޫ އަނާ.. އަހަރެން ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން.. އައި ޕްރޮމިސް..” ހިޝާން ބުނެލިއެވެ. “އައި ލަވް ޔޫ ޓޫ.. އަހަރެންވެސް ދެން ހިޝާން އަށް އިތުބާރު ކުރާނަން.. އަހަރެން އަޑު އަހާނީ ހިޝާން ދައްކާ ވާހަކަ..” އައިނާ ހިޝާންގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. “އެކަމް އޭގެ ފައިދާ ނުނަގައްޗޭ.. އެދުވަހަކުން އަހަރެން ފެންނަން ހުއްޓަސް އެތެރެއިން އަހަރެން ފުނޑު ފުނޑު ވާނެ..” އައިނާ ހިޝާން އާއި ދިމާ އަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ.

“ހެހެ.. އިންޝާ ﷲ ތިދުވަހެއް އިރާދަކުރެއްވިއްޔާ ނުދައްކަވާނެ..” ހިޝާންވެސް އައިނާ އާއި އެއްބައި ވެލަމުން ބުނެލިއެވެ. އެވަގުތުވީ ނައިލް އާއި އަޝްހާވެސް އައި ވަގުތަށެވެ. އެދެމީހުން ކާރަށް އެރުމުން ހިޝާން ކާރު ދުއްވާލިއެވެ.

***

“އޭ ސަޕްރައިޒިން ވާހަކަ އެއް ބުނަންތަ..؟ އެއްކަލަ ނަޝްވާ މެރީ ކޮށްފިއޯ.. ކޮންމެސް ރުހާން އެކޭ ބުނީ.. ދެންމެ ރީމް ގުޅާފައި ބުނެފި..” އަޝްހާ ކާރުތެރޭގައި އިން އެންމެންނަށް ބަލާލަމުން ބުނެލިއެވެ. “އޭނ.. އޭނާ ކޮން އިރަކު ތިކަހަލަ ކަމެއް ކުރީ..” އައިނާ ހައިރާން ވެފައި އެހިއެވެ. “ވަރަށް ގަބޫލު ނުކުރެވޭ ދޯ.. އަހަރެންވެސް.. އެކަމް ރީމް ބުނީމައި ޖެހޭޏީ ގަބޫލު ކުރަންތާ..” އަޝްހާ ބުނެލިއެވެ.

“އޭ ރީމް ކައިރީގައި ބުނިންތަ.. އަހަރެމެންގެ ވާހަކަ..” އައިނާ މިހެން ބުނުމުން އަޝްހާ ބޯޖަހާލިއެވެ. “އޭނާ ބުނީ ހިއެއް ނުވެއޯ އާދެވޭނެ ހެނެއް.. ކިޔެވުމުގަ ތަންކޮޅެއް ބިޒީ ދުވަސްވަރަކަށޯ ތި ހެދީ.. އަދި އަނާ އަށް ގުޅާ ނަމޯ ބުނީ..” ދެއަންހެން ކުދިން ވާހަކައިގައި ތިބިއިރު އެތާގައި ހިޝާން އާއި ނައިލް ތިބިކަންވެސް ހިތައް ނާރައެވެ.

ފަހުން ކާރައް އެރިއިރު އައިނާ އާއި އަޝްހާ ތިބީ ފަހަތުގައެވެ. ކުރީގައި ތިބި ނައިލް އާއި ހިޝާން ތިބީ އެތެރެއަށް ހީހީ ހަލާކުވެފައެވެ. ދެމީހުން އެއްތަން ވެއްޖިއްޔާ ހީވަނީ ގަރުނަކަށްފަހު ބައްދަލުވި ދެމީހުން ހެންނެވެ. އުޅޭ އުޅުމުން ހީވަނީ ދިހައަހަރުގެ ކުޑަކުދިން ތަކެއް ހެންނެވެ.

***

ހާޖަރާމަންޒިލްގެ ވަނީ ނުހަނުނީ ރީތިކޮށް ބޮކިފަތިތަކަކުން ދިއްލާލެވިފައެވެ. ހީވަނީ ޝަހަރެއްގެ މެދުތެރޭގައި އިން ގަނޑުވަރެއް ދިއްލާ އަޅާފައި ވާހެންނެވެ. އެއީ ކުޑަކަމަކު ނޫންކަން ދޭހަކޮށްދެނީ އެގޭގެ ގޯތިތެރެ ތައްޔާރު ކޮށްފައިވާ ގޮތުންނެވެ.

މޭޒުތަކާއި ގޮނޑިތައް ޖަހާފައި ވާއިރު ކުޑަ ދެ ސްޓޭޖް ވެސް ވަނީ ތައްޔާރު ކޮށްފައެވެ. އެގޭގެ ހޯލްގައި ގައިވެސް މީހުން މަދެއް ނޫނެވެ. ނަމަވެސް އެގޭގެ ހޯލް ތެރޭގައި ތިބީ ކްރިސްޓަލްގޭ އާއިލާ ހުރިހާ އެންމެންނެވެ. ހުރިހާ އެންމެންވެސް ތިބީ ފެހިކުލައިން ޒީނަތްތެރިކޮށްފައިވާ ހެދުމެއް ލައިގެންނެވެ.

ކޮތަރީގައި ތިބި އައިނާ އާއި އަޝްހާ ތަފާތެވެ. ކައިވެނީގެ އަގު ބޮޑު ހެދުން ލައިގެން ތިބިއިރު ވަށައިގެން މީހުންތައް ތިބީ އެދެމީހުން ތައްޔާރު ކޮށްދޭށެވެ. މިރެއަކީ ކްރިސްޓަލްގެ އަށް ބޮޑު ދުވަހެކެވެ. އެގޭގައި ދެކައިވެނި އެއްފަހަރާ ކުރެވިގެންދާ އުފާވެރި ދުވަހެކެވެ.

އައިނާ އާއި އަޝްހާގެ ހިތް ހީވަނީ ރޭސް ޖަހާހެންނެވެ. ކައިވެނި ކުރެވޭ ވަގުތު ކުޑަތަން ވެފައި ވާއިރު ދެމީހުންގެ ހިތް ތެޅެމުންދަނީ އޮބިނޯންނަ ވަރަށެވެ. މިރޭގައި އަޝްހާ ވެސް ހާސްބައި ތަފާތެވެ. އަޝްހާގެ ކަޅު އިސްތަށިގަނޑު ވަނީ ބުރުގަލަކުން ނިވާ ކުރެވިފައެވެ. އާޝިޔާގެ އެދުމަކަށް އަޝްހާވެސް ބުރުގާ އެޅީ ތަންކޮޅެއް ކުރިން އެވާހަކަ ނައިލް އަލި އަލިއަޅުވާލާފައި ވަނިކޮށެވެ.

ތައްޔާރު ކޮށް ނިމުމުން އިސްރާ ހިފީ އައިނާގެ ދެކޮނޑު ގައެވެ. އާޝިޔާ ހިފީ އަޝްހާގެ ދެކޮނޑުގައެވެ. ދެމީހުން ދެމީހުންނަށް ބަލާލާފައި އެދެމީހުން ގޮވައިގެން އެކޮޓަރިން ނިކުންނަން ދިޔައެވެ.

ހިޝާން އާއި ނައިލް ވެސް ތިބީ ތައްޔާރުވެ ނިމިގެން ހޯލް ތެރޭގައި އެދެމީހުންގެ ބައިވެރިންގެ އިންތިޒާރުގައެވެ. އެދެމީހުން ލައިފައި ވަނީ ކަޅުކުލައިގެ ކޯޓު ފަޓުލޫނެކެވެ. އަދި ކަރުގައި ފެހިކުލައިގެ ހިމަ ޓައި އަޅާލެވިފައި ވާއިރު އެދެމީހުން ހީވަނީ ދެ ‘ޕްރިންސް’ ހެންނެވެ. ނައިލް އާއި ހިޝާން ވެސް ތިބީ އަތް ފައި ފިނިވެފައެވެ. އިރު އިރު ކޮޅަކާއި ދެމީހުން ފުންނޭވައެއް ލަނީ ހަމަ ޖެހޭށެވެ. ނަމަވެސް އެކަން ކާމިޔާބު ވާންހެންނެއް ހިއެއް ނުވެއެވެ.

ނައިލް އާއި ހިޝާން އަށް ކުއްލިކަށް ސިޑި އާއި ދިމާ އަށް ބަލާލެވުނީ ނޫހު ބުނި އެއްޗަކުންނެވެ. “އެއޮތް އަންނަނީ ތިދެހިތުގެ ރަނިންތައް..” ހިޝާން އައިނާ އަށް ބަލަމުން ގެންދިޔައީ ދުވަހަކުވެސް ނުފެންނަ އެއްޗެއް ފެނިގެން ބަލާހެންނެވެ.

ވާނީވެސް އެހެންތާއެވެ. އައިނާ މިރޭވެސް އެހާ ނަލައެވެ. ކޮށްފައިވާ ލުއި މޭކަޕް އެދޮން މޫނާއި ނިކަން ގުޅެއެވެ. ބުރުގާ އެޅާފައި ވާއިރު އެވަށް މޫނު ހީވަނީ ސާދަވިލޭރޭގެ ހަނދު ހެންނެވެ. އެސްތަކާއި ވިދާ މިނާތަކުން ކައިވެނީގެ ހެދުން ޖަރީކޮށްފައިވާއިރު އޭގެ ވިދުން ދުރުގައި ތިބި މީހުންގެ ލޯތައްވެސް ވިދާނެކަން ގައިމެވެ. އައިނާ ހީވަނީ ފަލަކުން ނެއްޓިގެން އައިސް އިން ވިދާ ބަބުޅަމުންދާ އަލިގަދަ ތަރި އެއްހެންނެވެ.

އަޝްހާ އަށް ބަލަން ނައިލް ވެސް ހަމަ އެފަދައެވެ. އަޝްހާ ވެސް އައިނާ އާއި ދޫކުރަނީ ވަކި މިވެނި އެވެނި ތަންކޮޅެކޭ ބުނާވަރެއް ނޫނެވެ. ނަމަވެސް އަޝްހާގެ އަޅައިގަންނަ ތަންކޮޅަކީ ބުރުގާއެވެ. ހިޝާން އާއި ނައިލް ބަލާކަން އެނގުމުން އައިނާ އާއި އަޝްހާ ތިނީ އިސް އުފުލާލަން ވެސް ނުކެރިފައެވެ. އޭރު އެދެމީހުން ދިޔައީ ލަދުން ގޮސް ވިރެމުންނެވެ.

ފުރަތަމަ ގާޒީ ކޮށްދިނީ އައިނާ އާއި ހިޝާންގެ ކައިވެންޏެވެ. ހިޝާން އަނބި ގަބޫލު ކޮށްފީމޭ ބުނި ވަގުތަކީ އައިނާ އަށް އައި އެންމެ އުފާވެރި ވަގުތު ކޮޅުހެން ހީވިއެވެ. އެއަށް ފަހު އަޝްހާ އާއި ނައިލްގެ ކައިވެނިވެސް ކޮށްދެވުނެވެ.

ކައިވެނި ކުރެވުނު ދެއަންހެން ކުދިން ޕާރޓީ ފެށުމުގެ ކުރިއަށް ކޮޓަރިއަށް ގެންދިޔައީ އަދި ޕާރޓީ ފެށެން ވަގުތު އޮތުމުންނެވެ. ހީވަނީ އެރޭގައި ނައިލް އާއި ހިޝާން އަށް އަލަތު އަނބިންގެ އަތުގައި ހިފާލިއަވެސް ނޫދޭން ވެގެން އުޅުނު ހެންނެވެ.

މިކަމުގެ އިސްކޮށް އުޅުނީ ހައިފާ އެވެ. އައިނާ އާއި އަޝްހާވެސް ޖެހުނީ ބަސްގަބޫލު ކޮށްފައި ތިބޭށެވެ. އެހެން ނޫނަސް މިއޮށް ހުރިހާދުވަހު ކެތް ކުރިގޮތަށް ހަމަ އެރޭގައި ވެސް ކެތް ކުރުން ނޫންގޮތެއް އައިނާ އާއި އަޝްހާގެ އިތުރުން ނައިލް އާއ ހިޝާންގެ ހިތަށް ވެސް އެރިއެވެ.

***

އައިނާ އާއި އަޝްހާ ކޮޓަރީގައި ތިއްބާ ދޮރުހުޅުވާލައިފައި ވަތް މީހަކުފެނި ދެމީހުންގެވެސް ދެލޯ ބޮޑު ވިއެވެ. “ރީމްމް!!!!” އައިނާ އާއި އަޝްހާ ދެމީހުން އެއަފަހަރާ ބުނެލިއެވެ. ރީމާ ވެސް އައިސް އައިނާ އާއި އަޝްހާގެ ގާތުގައި މަޑުކޮށްލިއެވެ.

“ޔޫ ބޯތް ލުކް އަލައިކް.. އެންޑް ވެރީ ވެރީ ވެރީރީ.. ގޯޖިއަސްސް..” ރީމާ އެދެމީހުންނަށް ބަލާލަމުން ބުނެލިއެވެ. ދެން ރީމާގެ ކަންފަތައް އިވެން ފެށީ އަޝްހާ އާއި އައިނާގެ ޝަކުވާތަކެވެ. އެގޮތުގައި އެކިވާހަކަ އެތިންމީހުންގެ ދެމެދު ދެކެވުނެވެ.

“ކޮބާ ރީމް ނޫޅެންތަ މިކަހަލަ ކަމެއް ކުރާކަށް..” އައިނާ ރީމާގެ ކޮނޑުގައި ޖެހިގަންނަމުން އަހާލިއެވެ. “ނޫނޭ.. ވަރަށް ރަނގަޅު ކުއްޖަކާއި ދިމާވެގެން މިއުޅެނީ..” ރީމާ ލަދުން ހުރެ ނަމަވެސް ބުނެލިއެވެ. “ޑަޒް ހީ ލަވް ޔޫ..؟” އަޝްހާ އަހާލިއެވެ.

“އާނ.. އަހަރެންނަށް ހީވަނީ އެވަރުގެ މީހެއް އަހަރެންނަށް ނުލިބޭނެހެން.. ހީ ލަވްސް މީ އަލޮޓް އިނގޭތަ..؟” ރީމާ އުފާވެލާފައި ބުނެލިއެވެ. “ދެން ރީމް އޯ..” އަޝްހާ އަހާލިއެވެ. “އައި ލަވް ހިމް މޯ ދެން އެނީ ވަން..” ރިމާ ހުވަފެނީ ގޮތަކަށް ބުނެލިއެވެ. “ދެން ހިމް ހިމް ނުކިޔާ ކާކުކަން ބުނެބަ..” އަޝްހާ ކެތްތެރި ކަމެއް ނެތި ބުނެލިއެވެ.

“އަނާ.. އަދިވެސް އަޝޫ އަށް ކެތްތެރިކަން ނޭނގޭދޯ.. އިސްލާމް މިސް އަޝު އަކަށް ކިޔައެއް ނުދޭތަ..” ރީމާ މަޖާ ގޮތަކަށް އަހާލިއެވެ. އަޝްހާގެ އަތުގެ ހަމަލާއެއް އަމާޒުވީ ރީމާގެ ފަޔުގެ ފަލަ މަސްގަނޑަށެވެ. “ހެއި.. މަގޭ ގާލްގެ ގައިގައި ނުޖަހައްޗޭ..” އެތެރެއަށް ވަދެގެން އައި މައުލާން ބުނެލިއެވެ.

“މައުލާން!!” އަޝްހާ ހައިރާން ކަންމަތީ ހުރެ ބުނެލިއެވެ. “އައި ނޯ އަޝްހާ.. ވަރަށް ހައިރާން ވެއްޖައިން ދޯ.. އެކަމް ބުނަން.. ޝީ ހެލްޕްޑް މީޓު ފޮގެޓް ޔޫ.. އަދި އަހަރެން މިހާރު ރީމާދެކެ ވަރަށް ލޯބިވޭ.. އަހަރެން ހިތަކަށް ނާރާ މިހާ ކުޑަ ދުވަސްކޮޅެކެތެރޭ އަހަރެންގެ ހިތް ބަދަލު ވެދާނެއެކޭ.. އެކަމް ބުނަން.. އަހަރެން މިހާރު ރީމާ ނޫން އެހެން ދެވަނަ ފަރާތެއް ދެކެ ލޯތްބެއް ނުވެވޭނެ.. އަޝްހާ ދެކެ ނުވެވުނު ވަރަށް ވެއްޖެ..” މައުލާންގެ ކައިރީގައި މަޑުކުރި ރީމާގެ އުނަގަނޑުގައި އަތްއަޅުވާލަމުން މައުލާން ބުނެލިއެވެ.

“އައިމް ވެރީ ހެޕީ ފޯޔޫ ބޯތް..” އަޝްހާ ބުނެލިއެވެ. އައިނާވެސް ގޮސް ރީމާ އަށް މަރުހަބާ ކިއެވެ. އެދެމީހުން ނިކުމެގެން ދިއުމުން އަނެއްކާވެސް އައިނާ އާއި އަޝްހާ އެކަނިވީއެވެ. “އެއީ ކޮންކަމެއް..؟ މައުލާން އާއި އަޝޫ…” އައިނާ އަހާލިއެވެ.

“އެއީ މައުލާން އަހަރެން ދެކެ ލޯބިވެއޭ ބުނާނެ އަބަދުވެސް.. ބަޓް އަހަރެން އޭރު ވެސް މައުލާން ކަމަކު ނުދޭ.. ދެން އޭނާ ވަރަށް އާދޭސް ކުރާނެ އަހަރެން ގާތު.. އިންޒާރުވެސް ދޭނެ.. އެކަމް އަހަރެން އަޅައެއް ނުލަން.. ދެން އެބުނީތާ މިހާރު އަހަރެން ބޭނުމެއް ނޫނޭ.. އަސްލު އެންމެ ފަހުން މައުލާން އަހަރެންނާއި ބައްދަލު ކުރީ ވަރަށް މާޔޫސް ވެގެން ހުރެ.. އެދުވަހުވެސް ބުނި އަހަރެންދެކެ ލޯބިވެއޭ.. އެއީ މީގެ މަސްތަކެއް ކުރިން.. އެދުވަހު އަހަރެންވެސް ދެރަވި.. މައުލާން ހުރީ ވަރަށް ދެރަވެފަ އަހަރެން ނައިލް އާއި ރައްޓެހިވެގެން އުޅޭ ވާހަކަ ބުނީމަ..

ދެން.. ދޭތެރެ ދޭތެރެއިން ރިގްރެޓްވެސް ފީލްވޭ.. އެކަމް މިހާރު އެބިރުވެސް ފިލީތާ.. އަހަރެންނަށް ވުރެ މާރަނގަޅު މާލޯބިވާ މީހެއް މައުލާން އަށް ލިބުނީތާ.. ބުނަންތަ ސީކްރެޓެއް.. އަބަދުވެސް ރީމް އޮންނާނެ މައުލާން އަށް ކްރަޝް އެއް..” އަޝްހާގެ ފަހުޖުމްލަ އަޑު އިވިފައި އައިނާ އަށް އަނގަމަތީގައި އަތްއަޅާލެވުނެވެ.

***

އޭގެ އިރުކޮޅެއް ފަހުން ދެން ފެށިގެން ކުރިއަށް ދިޔައީ ކައިވެނީގެ އުފަލުގައި ބާއްވާ ވަލީމާ އެވެ. ދެޖޯޑު ގޮސް މަޑު ކޮށްލީ ދެ ސްޓޭޖް ގައެވެ. އައިނާ އާއި ހިޝާން އަތުގުޅުވާލައިގެން ތިބި އިރު ހީވަނީ ދުވަހަކުވެސް އެއަތުން ދޫނުކުރަން ތިބިހެންނެވެ. އެދެމީހުންގެ މޫނުމަތީގައިވި ހިނިތުންވުމުން ހީވަނީ ދުނިޔޭގެ ހުރިހާ އުފަލެއް އެދެމީހުންގެ އުނގައް ޖަމާވެފައިވާ ހެންނެވެ.

އެތައް އަޑި ގުޑަންތަކާއި އެތައް ހިތާމައަކާއި އެތައް ހުރަސް ތަކަކާއި އެކުވެސް މިއަދު އެދެމީހުން އެތިބީ ގުޅި ލާމެހިފައެވެ. އައިނާ އާއި ހިޝާން އަށް އުފާވެރި ބާއްޖަވެރި ޙަޔާތަކަށް އެދެމެވެ.

-ނިމުނީ-

އައިނާ ވާހަކަ ސީޒަން ދޭއް ވެސް ނިމުނީ އެވެ. މިހާ ހިސާބަށް މިއައީ ތިޔަ ކިޔުންތެރިންގެވެސް ވަރަށް ބޮޑު އެއްބާރުލުމާއި އެކީގައެވެ. އަދި ހުރިހާ ކިޔުންތެރިންނަށްވެސް ފަށްފަށުން ޝުކުރު އަދާ ކުރަމެވެ. ޖަޒާކަﷲ ޚައިރަން.. އަޅުގަނޑުގެ އާވާހަކަ ސީޒަން އެއްގެ ޓްރެއިލާ ވަރަށް އަވަހަށް ތިޔަ ކިޔުންތެރިންނާއި ހިސާބަށް ގެނެސް ދޭނަމެވެ.. މިވާހަކަ ކަމުދިޔަކަމަށް އުންމީދު ކުރަމުން އައިނާ ސީޒަން ދޭއް ވާހަކަ އާއި ވެގެން ވަކި ވެލަމެވެ. އަވަސް މުސްތަޤުބަލެއްގައި ދިމާ ވާނެ ކަމަށް އުންމީދު ކުރަމެވެ.

-ވާހަކައިގެ ލިޔުންތެރިޔާ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (53)

  1. ?Ril?

    ❤️❤️❤️Wow last part dhw ❤️❤️❤️❤️
    ❤️❤️Amazing Hama vrh sali ❤️❤️
    ❤️❤️Masha Allah keep it up ❤️❤️❤️
    ❤️❤️❤️❤️Fainally happy ending eh dhw❤️❤️❤️
    ❤️❤️❤️Thank A aaR for this fabulous stry from S 1 to 2 its amazing thank uuuuuuu❤️❤️❤️❤️❤️❤️❤️
    ❤️❤️❤️And waiting for your next stry ❤️❤️❤️
    ❤️❤️❤️❤️And remember my support is with u ingey❤️❤️❤️?❤️❤️❤️❤️❤️
    ❤️❤️Luv uuu soo muchhhhhh❤️❤️❤️
    ❤️❤️❤️Wish to see ur next stry soon❤️❤️❤️❤️
    ❤️❤️Stay safe, ❤️❤️❤️❤️❤️

    1. ?Ril?
      ?Ril?

      And last part ah me first dhw yey

    2. A aaR
      ?Ril?

      Jazaakallah khairan ril ? I will always remember your support ril.. ❤️ next story soon. ? Stay safe

    3. A aaR
      ?Ril?

      Yh you r 1st

  2. ?Black pink

    Love this storyy. … Keep it up.. A aar.

    1. A aaR
      ?Black pink

      🙂 Jazaakallah khairan black pink

  3. ?Black pink

    2much

    1. A aaR
      ?Black pink

      🙂

  4. Firushaan

    Vvvvvvvvvvv nice…… I like it….. Waiting 4 Ur nxt story…… Keep it up…..

    1. A aaR
      Firushaan

      🙂 Jazaakallah khairan firushaan

  5. Eekko_11

    Omg!!!!❤️❤️❤️❤️❤️❤️❤️❤️❤️❤️
    ❤️Lwbi lwbi darling❤️
    ❤️I will miss you a lot❤️
    ❤️Vvvvvvv reethi mi part vx❤️
    ❤️Insha Allah vrh avahah bahdhalu vaane dho❤️
    ❤️Waiting for you your next story❤️
    ❤️I luv you so so so so much darling ❤️

  6. Ggygyhygtft

    Kada

    1. 16 SHABAKKO 7
      Ggygyhygtft

      ?Oh
      First learn how to respect Ggygyhygtft????

    2. A aaR
      Ggygyhygtft

      🙂 Jazaakallah khairan for reading

  7. 16 SHABAKKO 7

    ???Waiting ???
    ???I ge marry yaa eku ninmaalinama?????
    ❤️❤️❤️By the way ❤️❤️❤️varah Reethi ❤️❤️❤️❤️Masha Allah
    ❤️❤️❤️Waiting your next story ♥️♥️♥️♥️
    ♥️♥️♥️♥️♥️Stay safe my dear friend ♥️♥️♥️♥️

    1. A aaR
      16 SHABAKKO 7

      Jazaakallah khairan shabakko 🙂 next storyge trailer submit kohlaafin.. stay safe too my Friend

  8. A aaR

    Here is the last prt of aina s2.. hope you all loved it.. kiyuntherin beynuntha aina ge s3 eh.. if you want I can plan for that.. ekamu next story ninmaalaafa when storyakaha plan kureveyny.. dhen in storyge trailer v midhuves vaguthehga submit kohlaanan insha Allah.. ? mihaa hisaabah alhugandu a ee thiya kiyuntheringe v bodu ehbaarulumaa ekyga.. ekamah vv bodah jazaakallah khairan.. adhi vaahaka kiyaalan comment kolhi kudhinnah khaasakoh Sarah bodah jazaakallah khairan.. thank you vvv much my dear readers..

  9. Faiherrr??

    Vvvvvvvvvvvvvvvv nice I love it ?????????waiting for the next part

    1. A aaR
      Faiherrr??

      ?❤️❤️? ..Jazaakallah khairan faiherr

  10. Eekko_11

    ❤️❤️❤️Omg!!!!!!❤️❤️❤️
    Sisssssss ❤️❤️❤️❤️
    Alheyyy nimunee dho❤️❤️❤️
    Ainaa S3 vrh beynun kiyaalan❤️❤️❤️❤️
    Sis plx S3 plan koh lache❤️❤️❤️❤️
    Lyssssm sissss❤️❤️❤️❤️
    Tc❤️❤️❤️❤️❤️
    Stay safe❤️❤️❤️❤️❤️

    1. A aaR
      Eekko_11

      OK let’s c dhw how many readers want s3.. lyt siss❤️? tc ? stay safe

  11. Eekko_11

    Mi part maasha Allah hama superb …. Waiting for your next amazing story sisss
    ?❤️?❤️☺️?☺️????????????????????????????????????????????????????????????????????????❤️?☺️?☺️?☺️??☺️?☺️?❤️??❤️??????????☺️??☺️???????☺️??❤️

    1. A aaR
      Eekko_11

      Jazaakallah khairan eekko 11.. next storyge trailer vaany submit kohlaafa.. ?❤️? tc siss

  12. Eem

    vrh vrh reethi mi part ves?

  13. Firushaan

    How old u r??
    I mean how many years??

    1. 16 SHABAKKO 7
      Firushaan

      Aaar ??

    2. 16 SHABAKKO 7
      Firushaan

      ??SHABAKKO ves Bunaanii s3 eh Beynumey ??

    3. A aaR
      Firushaan

      I’m 14

    4. A aaR
      Firushaan

      ?❤️? OK shabakko

  14. ?Ril?

    Ril ves beynun s3 ingey a aar

    1. 16 SHABAKKO 7
      ?Ril?

      Ril are u girl or boy ☺️
      ??Raluuuuuu??

    2. A aaR
      ?Ril?

      ?❤️? ok ?Ril? let’s c dhw

    3. ?Ril?
      ?Ril?

      Girl eh shabaakoo thee girl eh tha noony boy eh tha
      Srry for the late cmnt

    4. Anonymous
      ?Ril?

      Shabakko me girl eh boyeh noon??

  15. A aaR

    Hey readers.. if you want a file of Aina S2 just mail me and I will send you so that you can read whole story offline.. this all for the support.. and Eba visnan engey s3 akah.. ❤️?

    1. A aaR
      A aaR

      It’s not this engey.. it’s “thnx for the support” thnk u

    2. ?Ril?
      A aaR

      Labba visnaachey Ril beynun e file
      Email deynveetha noony Ril A aaR ah mail eh kohlantha
      Mithaa mail deykah nukereyne

    3. ?Ril?
      A aaR

      Inaane ingey mail eh fonuvaalaafaa
      Fenih jetha

    4. A aaR
      A aaR

      Will send you engey Ril..adhi mail check koh nulevey

  16. Aalif

    Yeh a aar….I love this part….it is so nice….keep it up…hope next story will be beautiful

    1. A aaR
      Aalif

      Jazaakallah khairan aalif.. let’s c dhw next story.. trailer is submitted..

  17. Eem

    mi part ves vrh salhi…..?

  18. ?Black pink

    Dhn emme kiyaalan beauty Mi story ge S3. I wish u will. N again,, this story is vvvvvvvvvvv nice. And waiting for the next story of yours… L❤️Y❤️S❤️M❤️….. I’m curiously waiting…….. ?????????

    1. A aaR
      ?Black pink

      Jazaakallah khairan black pink.. thinking engey.. lyt..

  19. ?Black pink

    Emme kiyaalan *benumee*…….. Sry for making mistakes…… Hehehe❤️???

    1. A aaR
      ?Black pink

      It’s OK black pink

  20. ✨Anaa naako✨

    Emme kiyaalan benumee Mi story he S3❤️❤️❤️??

    1. A aaR
      ✨Anaa naako✨

      OK anaa naako

  21. ✨Anaa naako✨

    Emme kiyaalan benumee Mi story ge S3.❤️❤️❤️??

    1. Asirrrrrr♥️?
      ✨Anaa naako✨

      Eye moya??1 comment 2 times ?????

    2. A aaR
      ✨Anaa naako✨

      🙂

  22. ✨Anaa naako✨

    I mean not he *ge.??

    1. A aaR
      ✨Anaa naako✨

      🙂

Comments are closed.