(ސޯޅަވަނަ ބައި) ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަށްފަހު އަލްޔާ އަކިއަލްގެ ގައިގައި ބައްދާލިއެވެ. އަކިއަލް ލަސްލަހުން އޭނާގެ އަތް ހިއްލާލުމަށްފަހު އަލްޔާގެ ހިމަ ހަށިގަނޑުގައި ދެއަތުން ވަށާލިއެވެ. އަދި އަލްޔާގެ ބޯމަތީގައި ދަތްދޮޅި ޖައްސާލަމުން އޭނާގެ ދެލޯ މަރާލިއެވެ. “އައެމް ސޮރީ. އަހަރެން ހީކުރީ އަކީ އަހަރެންދެކެ ލޯބި ނުވާކަމަށް. ދެން ދުވަހަކުވެސް އަކީ ދެރަވާނެފަދަކަމެއް ނުކުރާނަން” ފަހަތުން މީހެއްގެ ފިޔަވަޅު ހުއްޓުމާއެކު ދެމީހުންނަށްވެސް އެއްފަހަރާ އެދިމާލަށް ބަލާލެވުނެވެ. ކުރިމަތިން ފެންނަން ހުރި މީހެއްގެ ސަބަބުން ދެމީހުން […]
(ފަނަރަވަނަ ބައި) ދުވަހެއް ދުވަހަކަށް އަލްޔާއާއި އަކިއަލްގެ ގުޅުން ބަދަހިވަމުން ދިޔައެވެ. އަހަރުގެ ދުވަސްތައް ފާއިތުވެ އާއަހަރަކާއި ކުރިމަތިލީ ސިއްރު ބައްދަލުވުންތަކާއިއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށް ހަނދާންތަކެއްގެ ގޮތުގައި ރައްކާކުރަމުންނެވެ. އަކިއަލްއާއި އެކު ވަގުތު ހޭދަކުރެވެމުންދާ ކޮންމެ ދުވަހަކީވެސް އޭނާގެ ހަޔާތައް އަންނަ އެންމެ އުފާވެރި ދުވަސްތަކެކޭވެސް ބުނެވިދާނެއެވެ. ދެމީހުންގެ ލޯބީގެ ބަގީޗާގައި ފަރިވެ ފޮޅެމުންދިޔައީ ކުލަ ރީތި މާތަކާ އެމާތަކުގެ ވަށައިގެން އުދުހި އުޅޭ ރަފީޤުތަކުންނެވެ. އެހެން ނަމަވެސް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އަޑިގަނޑަކާއި ކުރިމަތިލާން […]
(ސާދަވަނަ ބައި) ވާހަކަ ދައްކަން ތިބިއިރު ވަގުތު ދިޔަގޮތްވެސް ދެމީހުން ކުރެ އެކަކަށްވެސް ނޭނގުނެވެ. އަލްޔާ ފޯނު ބަލައިލުމާއެކު ގަޑިންވީ ވަރު ފެނި ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. އޭނާ ބޭރަށް ނިކުތް ފަހުން މިހާރު މާ ގިނައިރު ވެއްޖެއެވެ. ކޮލެޖަށް ދިޔުމުގެ ބަހަނާގައި ގެއިން ނިކުތް ނަމަވެސް މިހާރު ކޮލެޖް ބަންދުކުރާ ގަޑިވެސް ފަހަނައަޅައި ހިނގައްޖެއެވެ. “ހިނގާ ގެއަށްދާން. ވަރަށް ލަސްވެއްޖެ މިހާރު” ގަޑި ބަލާލުމާއެކު އަލްޔާ އަވަސް އަވަހަށް ބުނެލިއެވެ. އަކިއަލްވެސް ހިތާއި ދެކޮޅަށް ބެންޗުން […]
(ތޭރަވަނަ ބައި) ޖެހިގެން އައި ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެވެ. ކޮޓަރީގެ ރީތިވާ މޭޒުކައިރީ ހުރި ލޯގަނޑު ކުރިމަތީގައި އަލްޔާ އިނީ ރީތިވާށެވެ. މެރޫން ކުލައިގެ ކަކުލަށްވުރެ ތިރިއަށް އަރާ ދޫ އަތްދިގު ހެދުމާއެކު ކަޅު ކުލައިގެ ޖިންސެއް ލާފައިވެއެވެ. ހެދުން އެއްފަޅިން ފަޅާފައިވުމުގެ އިތުރަށް އެހެދުމުގައި މާގިނަ ގޮތެއް ހަދާފައި ނުވެއެވެ. ގަޔަށް ދޫ ސާދާ ހެދުމާއެކުވެސް ދޫކޮށްލާފައިވާ އިސްތަށިގަނޑާއެކު އަލްޔާ ފެންނަލެއް ނުހަނު ހިތްގައިމެވެ. އޭނާގެ ފިޔާތޮށިކުލައަރާ ތުންފަތުގައި ލިޕް ގްލޮސް މަޑުމަޑުން ހާކާލުމަށްފަހު […]
(ބާރަވަނަބައި) “އެއީ…އަކިއަލްވެސް އަހަރެން ފަދައިން….” ޖުމްލައިގެ އެހާ ހިސާބަށް ގޮސް އަލްޔާ މެދުކަނޑާލިއެވެ. “ހެހެ އެއްޗެކޭ ނޫން. ބޮލުގައި ރިއްސާތީ މިއުޅެނީ އަދިވެސް. މިދަނީ އަރާމުކޮށްލަން” އަލްޔާ ވާހަކަ ބަދަލުކޮށްލަން އުޅުނެވެ. އަކިއަލްއަށް އޭނާގެ ހިތުގައި ހާއްސަ ދަރަޖައެއް ދެވިފައިވާކަން ބުނަން ކިތަންމެ ބޭނުންވިއަސް ޖެހިލުންވެ ލަދުގަތުމުގެ ސަބަބުން ބުނަން ނުކެރުނީއެވެ. އަދި އަކިއަލްގެ ހެޔޮކަމުގެ ސަބަބުން އޭނާއަށް އެހެން މާނައެއް ނެގުނީކަމަށް ބަލައި އެވާހަކަ ބުނަން ފަސްޖެހި ބިރުގަތީއެވެ. އަކިއަލްގެ ނަޒަރު އަދިވެސް ހުއްޓިފައިވަނީ އަލްޔާއަށެވެ. […]
(އެގާރަވަނަބައި) ހެނދުނު ފާއިތުވެ މެންދުރު ވެގެން ދިޔައިރުވެސް އަލްޔާގެ ހަބަރެއް ނުވިއެވެ. އަކިއަލްގެ ހާސްކަން އިތުރުވެގެން ދިޔައީ ދެނެވެ. ކިތަންމެ ލަހުން ނިދި ނަމަވެސް މެންދުރުވާއިރު އަލްޔާ ކޮޓަރިން ނިކުންނާނެއެވެ. އަލްޔާގެ ފޯނަށް ގުޅުމުން ފޯނު ކެނޑިގެން ދިޔައިރުވެސް ފޯނެއް ނުނަގައެވެ. މެސެޖް ކުރުމުންވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. އަކިއަލް ސިޓިން ރޫމްގައި ފޯނު ހިފައިގެން ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. މިވަގުތު ގޭތެރޭގައިވެސް އޭނާގެ އިތުރުން އެހެން މީހަކު ނޫޅެއެވެ. މަލީހާއާއި މާކިން ދިޔައީ ޝާކިރު […]
(ދިހަވަނަ ބައި) ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަލްޔާއާއި އަކިއަލްގެ މެދުގައިވާ އެކުވެރިކަމުގެ ގުޅުން ރަނގަޅުވެ ބަދަހިވަމުން ދިޔައެވެ. އިސާހިތަކު އަލްޔާގެ ކޯސް ފެށި ކޯހުގެ ކިޔެވުންވެސް ކުރިއަށްދާން ފެށިއެވެ. ކުރިން ނިންމާފައިވާ ގޮތާއި ހިލާފަށް އަލްޔާ އޭނާ ކިޔަވާ ކޯސް ޕްރައިމަރީ ޓީޗިންއަށް ބަދަލުކުރިއެވެ. ތައުލީމީ ދާއިރާއަށް އަބަދުވެސް ލޯބިހުރުމާއެކު އަލްޔާ ޓީޗިން ހަދަން ނިންމީ އަކިއަލްއާއެކު އެއްދުވަހު ދެކެވުނު ވާހަކައަކަށް ފަހުގައެވެ. ހަވީރުގެ ހިތް ފަސޭހަ ވަގުތުގައި އަކިއަލްއާއި އަލްޔާ ތިބީ ބެންޗްގައި އިށީނދެލައިގެންނެވެ. ގޯތިތެރޭގައި […]
(ނުވަވަނަ ބައި) އިރުކޮޅަކުން ގޭޓު ދޮރު ހުޅުވާލިއަޑަށް އަލްޔާ އެނބުރި އެދިމާލަށް ބަލާލިއެވެ. އެއީ އަކިއަލްކަން އިނގުމުން ބަލާލުމަށްފަހު މާބޮޑު ސަމާލުކަމެއް ނުދީ އަނެއްކާވެސް ކުރިން އިންހެން ދުރަށް ބަލަހައްޓައިގެން އިނެވެ. އެހެންނަމަވެސް ގެއަށް ވަނުމުގެ ބަދަލަށް އަކިއަލްގެ މިސްރާބު ބެންޗާއި ދިމާލަށް ހުރިކަން އިނގުމުން އަލްޔާއަށް އިންތަނުން ތެދުވެވުނީ ބޭއިހްތިޔާރުގައެވެ. މިއަދު ހެނދުނުގެ ފަހުން އަލްޔާ އުޅުނީ އަކިއަލްއަށް ނުފެންނާނެ ހެންނެވެ. އަކިއަލް އޭނާ ހުރި ހިސާބު ކައިރިއަށް އަންނަން ފެށުމުން އެތަނުން އަވަހަށް ދުރަށްދާން […]
(އަށްވަނަ ބައި) އަކިއަލް ކޮޓަރިން ނިކުމެ ސައިބޯން ދިޔައިރު އަލްޔާ ސައިހެދުމުގައި އުޅެއެވެ. އޭނާއަށް މިއަދު ހޭލެވުނުލެއް ލަސްކަމުން ސައިހެދުނުލެއްވެސް ލަސްވީއެވެ. އޭރު މާކިންވެސް ތައްޔާރުވެގެން ކޮޓަރިން ނިކުންނަނީއެވެ. އަކިއަލް ކާގެއަށް ވަދެ ގޮނޑީގައި އިށީނދެލިއެވެ. އެހެންކަމުން އަލްޔާ އަވަހަށް ތަށިތައް މޭޒުމައްޗަށް އަރުވަން ފެށިއެވެ. އަކިއަލްއަށް އަލްޔާ ފެނުމުން އޭނާއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އަކިއަލްގެ މިހިނިތުންވުން މިފަހަރު އަލްޔާއަކަށްވެސް ސިއްރެއް ނުވިއެވެ. އަކިއަލްގެ މިއަމަލުން އަލްޔާ ވަރަށް ހައިރާންވިއެވެ. ލިބުނު ހައިރާންކަމުން އޭނާއަށް ފަހަތަށް އެނބުރި […]