ގަބޫލްކުރަން ދަތި ހަގީގަތް 2
ދެން އަވަސް އަވަހަށް ބޭރަށް ގޮސް ކާރެއް ހޯ ދުމައްފަހު ހޮސްޕިޓަލް އަށް ދިޔައެވެ. ނަމަވެސް ކަން ދިމާވީ ހީނުކުރާ ގޮތަކަށެވެ. ހޮސްޕިޓަލްއިން މަންމަ މަރުވުމުން މާލެ ގެން ދަނީއެވެ. އޭރު މަންމަ ކައިރީ ނު ދަންނަ ފިރިހެނެށް ވެސް ހުއްޓެވެ. އަވަހަށް ގޮސް އެމީހުންކައިރީ ކިހިނެއްތޯ މަންމަ އަށް ދެން ހަ ދިނީ އެހުމުން ބުނީ ލީޒާ ހީވެސް ނުކުރާ ޖަވާބެކެވެ. ” ލީޒާ ދޯތީ. މަންމަ ބުނީ ލީޒާގެ ބައްޕަ މަންމަ ގެންގޮސް ވަޅުލާށޯ. ލީޒާގެ ކިޔެވުން ހުއްޓި ދާނެތީ މަންމަ ބުނީ އެގޮތައް” އެތަނުން އެއް ނަރުކުއްޖެ އިންގިރޭސިން ބުނެލިއެވެ. ލީޒާއައް ދެން ބަލާލެވުނީ ކައިރީގައި ހުރި ފިރިހރން މީހާޔަށްށެވެ. އެމީހުންގާތު އެއީކާކުތޯ އެހުމުން އެފިރިހެންމީ ނަރުސް ކު ދިން ކައިރީ އެމީހާ އަމިއްލައަށް ބުނާނެ ކަމަށް ބުނެ ލީޒާ އާއި ވާހަކަ ދައްކަން ފެށި އެވެ. “ލީޒާ! ލީޒާއަށް މީކަކުކަން ކިޔައި ދެވޭނީ މަންމަ ވަޅުލައިފަ އައިސް އޭގެ ފަހުން. ހިތައް އަރާފާނެ ނު ދަންނަ މީހަކު މާވަރު އަރުވާލާފަ މަންމަ ގކވައިގެން ދާންމިއުޅެނީ ކަމެއް ފޮރުވަން ކަމަށް. ނޫން ކަމެށް ފޮރުވާކަށް ނޫން. ފަހުން އިނގޭ މަންމަ ލީޒާކައިރީ ނުބުނެ އެެއައީ ކީއްވެ ކަމާ އަ ދި މީ ކާކާކު ކަން ވެސް ކިޔައި ދޭނަން…… ބައްޕަ ގުޅައިފާނެ އެކަމް ފޯނު ނުނަގާތި. މަންމަ އަށް ޓަކާ މިބުނީ މިގޮތަށް. ” ލީޒާ ހުރީ ހުރިތަނަ ގަންޑުވެފަ ކަހަލަ ގޮތަކަށެވެ. އެމީހާއާއި އެންމެން ދިޔުމުން ލީޒާ ދިޔައީ ގެޔަށެވެ.
ނެހިގެން އައި ދުވަހު ލީޒާ ކޮލެޖަށް ނު ދެއެވެ. ލީޒާގެ އެންމެގާތް އެކުވެރިޔާ އެލައިސް ވެސް މެއެވެ. އެ ދުވަހުވީ ކަންތައް ކިޔައި ދިނުމުން އޭނަވެސް ހުރީ ބަސް ހުއްޓިފައެވެ. ދެކު ދިން ދިޔައީ ޕާރކަށެވެ. މަޖާކުރާށެވެ. އަ ދި އައިސްކްރީ ވެސް ބުޔެވެ. އެއީ ލީޒާގެ ސިކުންޑި ފްރެޝް ކޮށްލުމަށެވެ.
ޖެހިގެން އައި ދުވަހު ގޮސް ވަ ދުމާއެކު މައިޝަން ވާހަކަ ދައްކަން ފެށި އެވެ. ” ކުރީ ދުވަހު ނުގެން ދާނަމޭ ބުނީމަ ރުޅިއައިސް ގެންތަ އިޔެނައީ؟” އެހެން އެހިއިރު ވެސް މައިޝަން އަށް ކޮންމެސް ކަމެއް ވެގެން އުޅޭހެން ހީވި އެވެ. އެއީ ލީޒާގެ ލޯހުރީ ރަތް ވެފައެވެ. އަ ދި ދުޅަ ވެސް ވެފައެވެ. ލީޒާ ބޯ ހޫރާލުމަށް ފަހު ނޫނެކޭބުނެލި އެވެ. ލީޒާގެ އުޅުން ހުރި ގޮތުން މައިޝާން ކަންބޮޑުވާން ފެށިއެވެ. ކުލާހުގަ އިން އިރު ދޭ ތެރެ އަކުން ރޯހެން ވެސް ހީވެއެވެ. އެޗެއް އެހުމުން ވެސް ދެނީ ކުރުޖަވާބެކެވެ. ގިނަފަހަރު ޖަވާބު ދެނީ ހަރަކާތުންނެވެ. މައިޝަން ދެރާވާން ފެށިއެވެ. އެކަމް ކީވެ ކަމެއް ކަމެއް ނޭނގެއެވެ. މޭގައި ވެސް ރިއްސާ ލިއެވެ. އެއީ އިއްޔަ ލީޒާ ބުނި ކަންތައް ނުކުރެވުމުން ކަމެއް ނުވަތަ ލީޒާ ވާހަކަ ނު ދައްކާތީ ކަމެއް ކަމެއް ނޭނގެއެވެ. އިންގޭހާ ވެސް ކަމަކީ އެ އިހުސާސް އަކީ ނުވާ އިހުސާސް އެއް ކަމެވެ.
ކްލާސް ތައް ނިމުމުން މައިޝާން ނިކުމެގެން ދިޔައީ ލީޒާގެ ފަހަތުންނެވެ. ނަމަވެސް ނިކުތުމުން އޭނަ ލޮލުގައި އަޅައިގަތީ އޭނަގެ ބައްޕަ މާއިޝްއެވެ. މައިޝާން އަދި ލީޒާ ވެސް ދިޔައީ މާއިޝް ކަރިއަށެވެ. ދެމީހުން ސުވާލުމާކެއްހެން ބަލަހައްޓައިގެން ހުރުމުން މާއިޝްގާތައް ހިނި އައެވެ. ނަމަވެސް އެކަމެއް ނު ދައްކައެވެ.
(ނުނިމެ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


Nice!! But miah vure long koh Dhn inna part kiyaalan libeyne kamah ummeedhu kuran ❤️?stay safe ❤️❤️
kukkyyy thibuni thedeh..i also hope…?
Ok. Dhigukollaanan 3rd vana part?
Thanks for the feedbacks kukkyyy and sss?❤️
Stay safe
Nice….??? but maa kuru ???anyway waiting…???????
Ok. Stay safe❤️?