ބައްޕަ ހުރުމުން ނުފުދޭތޯ ބުނެ ޝަކުވާކުރަން ހިތުގެ ކަނަކުން އެދުނު ނަމަވެސް އެއީ ކިހާ މޮޔަ، އަމިއްލަ އެދުން ބޮޑު ވިސްނުމެއްކަން ދަޔާން އަށް އެނގެއެވެ. ދަޔާން އެކަނިމައި އެކަނި ދަރިފުޅަށް ބޭނުންވާ ހުރިހާ އެދުންތައް ފުއްދައެއް ނުދެވޭނެއެވެ. އޭނާ އެކަންޗަށް އެލީ ބޭނުންވާފަދަ އާއިލާއަކަށް ނުވެވޭނެއެވެ. އެ އުފާވެރިކަން ހޯދައިދިނުމުގައި އޭނާ ފެއިލް ވެއްޖެއެވެ. ” އޯކޭ.. ބައްޕަ އެލް އެއް ނުގެންދާނަން..” ބައްޕިގެ ސަންޝައިން ބޭނުންނުވާކަމެއް ބައްޕައެއް ނުކުރާނެއެންނު..” ދަޔާން އެލީގެ ގައިން ދޫކޮށްލުމެއްނެތި […]
“އޯކޭތަ އެލް ލިލީ ދައްތި ކިޔަސް..؟” އެލީ ލިލިއަން ކުރެން ސުވާލު ކޮއްލިއެވެ. ލިލިއަން އަށް ލަސްލަހުން ހިންދިރުވާލެވުނެވެ. އެއީ އެއް އިރެއްގައި ދިޔާން އޭނާއާ މުޚާތަބު ކޮށް އުޅުނު ނަމެވެ . އެހެނަސް ކުއްލިއަކަށް ދިޔާން އެނަން ކިޔުން ހުއްޓާލީ ކީއްވެކަމެއް ލިލިއަން އަކަށް ނުވިސްނުނެވެ. އެ ނަމުން ގޮވާލާ އަޑު އަހަން އެހިތް އެދުނު ނަމަވެސް އެކަމަށް އެދޭކަށް ލިލިއަން ބޭނުމެއްނޫނެވެ. ބުނެކިޔައިގެން ކުރުވާކަމަކުން ލިބެން އޮންނާނީ ކޮން އުފާވެރިކަމެއްހެއްޔެވެ؟” ކަރުގައި އެއްޗެއް ތާށިވިފަދަ […]
” އެހަށް ރީއްޗަށް އޮށޯވެލައިގެން އޮވޭ އިނގޭ.. އައިސް ކްރީމް ބޮއެގެން އަދި ފެން ނުބޮމެންނު ދޯ.. ބައްޕަ އެބަ އަންނަން ވަރަށް އަވަހަށް..” ދަޔާން އަނެއްކާވެސް އެލީގެ ކޯތާފަތުގައި ބޮސްދެމުން އެނދުން ތެދުވެ ހިނގައިގަތީ ކާގެއާ ދިމާއަށެވެ. ފެންތައްޓެއް އަޅައިގެން އެނބުރުނު ވަޤުތު ލިލިއަންގެ މޫނު ފެނުމުން ދަޔާން ހުއްޓުން އެރިއެވެ. ދަޔާން އިސްތިރިކޮއްލަމުން އަވަސް އަވަހަށް ފަހަތަށް އެނބުރި ހިނގައިގަންނަން އުޅުނެވެ. އެހެނަސް އޭނާގެ ފިޔަވަޅުތައް ހުއްޓުން އެރީ ލިލިއަން ވާހަކަ ދައްކަން ފެށުމުންނެވެ. […]
” މި.. މިސްޓަރ ކޭ..؟؟” އޭނާއަށް އެތަނުން ދަޔާން އާ ދިޔާން ވަކިކުރާކަށް ނޭނގުނެވެ. ފަހަރަކު މީހެއްގެ މޫނަަސް ބަލަން ހުރި އެ ޒުވާނާގެ ނިއްކުރީގައި ދާތިކިތައް ވިދަން ފެށިއެވެ. މިނޫނަސް އޭނާއަށް ނިބޫއިން ފެނިފައި ވެއެވެ. އެހެނަސް ސޯފާގައި ތިބި ދެބެއިންގެ މޫނުން އޭނާއަށް ކުޑަވެސް ތަފާތެއް ނުފެންނަނީއެވެ. އިސްތަށިގަނޑުގެ ސްޓައިލް ކުރުމުން ފެށިގެން މޫނުމަތީގެ ކޮންމެ ތަފްސީލެއްގައިވެސް ވަނީ އެއްގޮތް ކަމެވެ. އޮޅުން އަރާފައި ހުރި ޒުވާނާގެ ހަރަކާތްތަކަށް ބަލަން މަޖާވެފައި އިން ދިޔާންގެ […]
ފަނޑު އަލިކަމެއް ވެރިވެފައިވާ އެކޮޓަރީގެ ދޮރު މަޑު މަޑުން ހުޅުވާލަމުން ދަޔާން އެތެރެއަށް ވަނެވެ. އޭނާގެ ކޮންމެ ހަރަކާތެއްގައި ވަނީ ފަރުވާތެރިކަމެވެ. މަޑު މަޑުން ކޮޓަރީގެ ދޮރު ޖެހުމަށްފަހު އޭނާ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އެނދުގައި ނިދާފައި އޮތް އޭނާގެ ދަރިފުޅަށް ބަލަހައްޓައިގެން ދަޔާން އިރުކޮޅަކު ހުއްޓެވެ. އެކުއްޖާ ލަމުންދިޔަ ކޮންމެ ނޭވާއެއް ގުނަމުންދިޔަފަދައެވެ. އިރުކޮޅަކު އެގޮތުގައި ހުރުމަށްފަހު ދަޔާން އައިސް އެލީގެ މަގަތުން އެނދުގައި އޮށޯތެވެ. މަޑު މަޑުން އެލީގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. އެކުއްޖާއަށް […]
” ބައްޕި ކައިރީ..” އެލީ ދެއަތް ފުޅާ ކޮށްލީ އޭނާ އިންނަން ބޭނުމީ ދަޔާން ކައިރީގައިކަމަށް ބުނަމުންނެވެ. އެއާއެކު ދަޔާން އެލީ އުފުލާލަމުން އޭނާގެ އުނގުގައި ބޭންދިއެވެ. ދެބަފައިންގެ ހަރަކާތްތަކަށް ބަލަން ލިލިއަން ހުރެވުނު އިރު ހިތުގައި އެތަކެއް ޝުޢޫރެއް ދަޢުރު ވަމުން ދިޔައެވެ. ދަޔާންގެ ކޮންމެ ވާހަކައަކުން ، ކޮންމެ ޢަމަލަކުން އޭނާގެ ދަރިފުޅު ދެކެ ވާ ލޯބި ސާފުކޮށް ފެންނަމުންދިޔައެވެ. އޭނާފަަދައިން ބައްޕައެއްގެ ކުލުންވެރިކަމާއި ރައްކާތެރިކަމަކީ ކޯއްޗެއްކަން ނޭނގި ބޮޑުވާން ޖެހޭނެ ކުއްޖަކަށް އެލީ ނުވާނެ […]
އެއާއެކު ލިލިއަންގެ ދެލޯ ބޮޑުވެ އަނގަ ހުޅުވިގެންދިޔައެވެ. ހައިރާންކަމާއެކު އެެތެރެއަށް ދަމާލެވުނު ނޭވާގެ އަޑު ލިލިއަން އަކަށް ސިއްރެއް ނުކުރެވުނެވެ. އޭނާގެ ކުރިމަތީ ހުއްޓިގެން އެހުރީ ދިޔާން ނޫންކަމުގައި ބުނެ ސިކުނޑި ހަޅޭއްލަވައިގަތެވެ. ********* އެއީ ހަމަ ދިޔާންގެ މޫނެވެ. ދެލޮލާއި ނޭފަތާއި އެއް ތުންފަތެކެވެ. ބައްޓަމުގައި ތަފާތެއް ނެތެވެ. އިސްކޮޅު އެއްވަރެވެ. ހަމައެކަނި ފާހަކަ ކުރެވުނު ތަފާތަކީ އެ ޒުވާނާގެ އިސްތަށިގަނޑެވެ. ދިޔާން އަށްވުރެ އޭނާގެ އިސްތަށިގަނޑު ދިގެވެ. އެދެލޮލުން ލިލިއަންގެ މޫނާ އެންމެ ހިނދުކޮޅަކަށްވެސް […]
” ހިނގާ ދަމާ.. “ ހަފްލާ ނިމުމަކަށް އައުމުން ދިޔާން ބުނެލިއެވެ. ލިލިއަންވެސް ބޯ ޖަހާލަމުން ދިޔާން އާއެކު ހިނގައިގަތެވެ. ބައެއް މުވައްޒަފުންގެ ސަލާމްތައް ބަލައިގަންނަމުން ހަފްލާއިން ނިކުމެ ކާރަށް އެރުނު އިރު ލިލިއަންގެ ނަފްސަށް ވަރުބަލިކަން އިޙްސާސް ކުރެވެމުން ދިޔައެވެ. ގެއާ ހިސާބަށް ކާރު އާދެވުމުން ލިލިއަން ބަލައިލީ އޭނާއާ ޖެހިގެން އިން ސީޓުގައި އިން ދިޔާން އަށެވެ. ފޯނާ ކުޅެން އިން ދިޔާން ކާރުން ފައިބަން ގަސްތު ކުރާހެންނެތް ހިޔެއް ނުވެެއެވެ. ” ޔާން.. […]
ކޮޓަރީގެ ބޮކިތައް ދިއްލައިލަމުން ލިލިއަން އޭނާގެ އަތްދަބަސް ސޯފާ ގޮނޑީގައި ބާއްވާލިއެވެ. އިސްތަށިގަނޑުގައި އަސްލާފައި އިން ވޫލުކޮޅު ނައްޓުވާލަމުން އޭނާގެ އިސްތަށިގަނޑު މިނިވަންކޮށްލިއެވެ. ވޫލުކޮޅު އަތަށް މަހާލަމުން އައިސް ލިލިއަން ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. ވޭތުވެދިޔަ ދޮޅު ވަރަކަށް އަހަރު ތެރޭ އޭނާއަށް އައިސްފައިވާ ބަދަލުތަކަށް ބަލަހައްޓައިގެން ލިލިއަން އަށް ހުރެވުނެވެ. އޭނާގެ ދިގު އިސްތަށިގަނޑުގައި ގަދަ މުށިކުލައެއް ޖައްސާފައިވާއިރު ކުރީގެ ފަށުއިކޮޅެއް ފަދަ ފަން އިސްތަށިގަނޑުގައި މިހާރު ވަނީ ރާޅު ބާނި ކަމެވެ. ކުރިން އޭނާއަކީ […]