Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަލްވަދާޢު-6

Zeebs Level 110 Stories
August 27, 2020 3 Mins Read
4 Comments

(ހަވަނަ ބައި)

އެހެންނަމަވެސް މިގޮތުގައި އޭނާއަށް ކުރިއަށް ދެވުނީ ކުޑަ ދުވަސްކޮޅަކަށެވެ.

ސަކީނާގެ އަންހެންދަރި ބަލިވެގެން ޗުއްޓީ ނެގުން ވީ އޭނާ ކްލާސްތަކަށް ދިއުމަށް އެޅުނު ބޮޑު ހުރަހަކަށެވެ. މަލީހާ ގިނަވަގުތު އޮފީހުގައި އުޅުމާއެކު ގޭގައި އިތުރު މީހަކު ނެތުމުގެ ސަބަބުން ގޭތެރޭގެ ހުރިހާ މަސައްކަތެއްހެން އޭނާ އެކަނި ކުރަން ޖެހުނެވެ. ގޭގެ މަސައްކަތްތަކުގައި ބުރަކޮށް އުޅުމަށްފަހު ރޭގަނޑު ކްލާހަށް ދާން ޖެހެނީ ލިބިފައިއެވާ ވަރުބަލިކަމާއެކުއެވެ. އަދި ނުވިތާކަށް ބަންދު ދުވަސް ތަކަށް މިސްޓީކްގޭގައި ހީވަނީ އެންމެންނަށް ދައުވަތު ބޯޑެއް އަޅާފައިވާ ހެންނެވެ. ގެޔަށް މެހެމާނުން ނާންނަ ދުވަހެއް ނުދެއެވެ. މަލީހައްތަގެ ރަހުމަތްތެރިންގެ އެއްވުމުގެ ޖަގަހައަކީ މިގެއަށް ވިއެވެ. ގެއަށް އަންނަ ބޮޑުދައިތަގެ ހުރިހާ ރަހުމަތްތެރިންނަށް ސައިހަދަންވެސް ޖެހެނީ  އޭނާއަށެވެ. ފުރަތަމަކޮޅު މާކިން އޭނާ ކްލާހަށް ލާން ދިޔަނަމަވެސް އަލްޔާއަށް މަގުތައް ފަރިތަވުމުން އޭނާ ދާން ފެށީ އެކަންޔެވެ. މާކިންއަށް އަބަދު އުނދަގޫ ކުރަން ބޭނުން ނުވާތީއެވެ.  އިސާހިތަކު ކްލާހަށް ގަޑިޖެހިގެން ދެވުން އެއީ އާންމު ކަމަކަށްވިއެވެ. އަދި އެއްގޮތަކަށްވެސް ނުދާ ދުވަސްތައްވެސް އިތުރުވިއެވެ. ފުރަތަމަކޮޅު އޭނާގެ ހުރި ކިޔެވުމުގެ ޖޯޝު ކެނޑި އޭނާ ކިޔެވުމަށްޓަކައި އޮތް ޝައުގުވެރިކަން ދަށްވާން ފެށިއެވެ.

****

ދުވަހަކީ ހޮނިހިރު ދުވަހެއްގެ ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން ގޭގެ މަސައްކަތްތައް ނިންމާލުމަށްފަހު އަލްޔާ އިނީ ގޭގައި ބަގީޗާތައާއި އިންވެގެން އިން ސަރަހައްދުގައި ހަދާފައިވާ ބެންޗުގައި ވާހަކަ ފޮތެއް ކިޔުމަށެވެ. މިއީ އޭނާ ވަރަށް ޝައިގުވެރިކަމާއެކު ކިޔަމުންދާ ވާހަކައެވެ.  މިވާހަކައިގައި އުޅެނީ އެލާ ކިޔާ ވަރަށް ނިކަމެތި އަންހެން ކުއްޖެކެވެ. މައިންބަފައިން މަރުވުމާއެކު އަޅާލާނެ އެކަކުވެސް އެކުއްޖާގެ ނުހުރެއެވެ. އަދި ނުލަފާ ބައެއްގެ އަތް ދަށަށް މިކުއްޖާ ދެއެވެ. ހިތާމަވެރި އެތައްކަމެއް އެލާގެ ހަޔާތުގައި ދިމާވެއެވެ. ނަމަވެސް އެންމެ ފަހު ވަގުތު އޭނާގެ ހިތާމަތައް ފިލާ ހަޔާތައް އުފާވެރިކަން އަންނަނީ ޕްރިންސެއް އައިސް އެކުއްޖާ އެނުބައި މީހުން ކިބައިން ސަލާމަތް ކޮށްދިނުމުންނެވެ.

އުފާވެރި ނިންމުމަކުން ލިޔުންތެރިޔާ ވާހަކަ ނިންމާލާފައި އޮތުމުން ފޮތް ލައްޕާލީ ވަރަށް އުފަލުްނނެވެ. މިވާހަކައިގައި އުޅޭ އެލީ ފަދައިން އަލްޔާގެ ޕްރިންސްއާއި  ދިމާވާނީ ކޮންދުވަހަކުން ބާ އޭ އޭނާގެ ހިތަށް އެރިއެވެ، ވާހަކައިގެ ވާފަދައިން އޭނާ ދެކެ އެހާ ލޯބިވާނެ މީހަކު އޭނާގެ ހަޔާތަށް އަންނާނެބާއެވެ. އެމީހެއްގެ ސަބަބުން އޭނާގެ ނިވެމުންދާ ހަޔާތުގެ ހުޅުކޮޅުވެސް އަލިވާނެބާއެވެ.

ފަށާފައިވާ ފޮތް ކިޔާ ނިންމާލުމަށްފަހު އަލްޔާ ގޭތެރެއަށް ވަންނަން ދިޔައެވެ. އެވަގުތަކީ އަކިއަލް ރީތިވެގެން ބޭރަށް ދާން ނިކުތުމަށް ދޮރުމައްޗަށް އެރި ވަގުތެވެ. ފޮތުގެ ބޭރުގަނޑަށް ބަލަމުން އިސްޖަހައިގެން ގެއަށް ވަންނަން ދިޔަ އަލްޔާގެ ފިޔަވަޅުތަކަށް މަޑު ޖެހިލީ ކުރިމަތިން އަކިއަލް ފެނުމުންނެވެ. ދެމީހުންވެސް އެކަކު އަންކަކު ފެނުމުން ހުއްޓުން އެރިއެވެ. އަލްޔާ އަވަހަށް އަކިއަލްއަށް ނިކުންނަން ތަން ދެއްކުމަށްޓަކައި ކަނާތް ފަރާތަށް ޖެހިލިއެވެ. އެވަގުތު އަކިއަލްވެސް އަލްޔާއަށް ތަން ދެއްކުމަށްޓަކައި ޖެހިލީ ހަމަ އެފަރާތަށެވެ. ހަމަ އެއާއެކު ވަގުތުން އަލްޔާ ވާތް ފަރާތަށް ޖެހިލިއެވެ. މިފަހަރުވެސް އެކުއެކީ ކަހަލަ ގޮތަކަށް ދެމީހުންނަށް ޖެހެވުނީ އެއްފަރާތަކަށެވެ. މިކަމުގެ ސަބަބުން ކިތަންމެ ނުހޭން ހުރިނަމަވެސް އަލްޔާގެ ގާތަށް ހިނިއައެވެ. ޖެހޭނެ ފަރާތެއް ނޭނގުމުން އަލްޔާ އަކިއަލްއާއި ދިމާލަށް ބަލާލިއެވެ. އަކިއަލްގެ މޫނުމަތިން އަލްޔާއަށް ފެނިގެންދިޔައީ ނުރުހުންތެރިކަމެވެ.

އަލްޔާ ހިނިތުންވެލުމާއެކު  ކޮލަށް އެޅުނު އަޑިކޮޅުން އަކިއަލްގެ ސަމާލުކަން އަލްޔާއަށް ހުއްޓުނެވެ. ހުއްޓުން އެރުމާއެކު އަލްޔާއާއި ދިމާލަށް ބަލަހައްޓައިގެނ އޭނާއަށް ހުރެވުނީއެވެ. އަކިއަލްގެ ކުރިމަތިން ފެންނަން ހުރި ރީތި ސޫރައަށް ބަލަހައްޓައިގެން ކިތަންމެ އިރަކުވެސް އޭނާއަށް ހުރެވިދާނެއެވެ. ކުޑަ ހިނދުކޮޅަކަށްފަހު އޭނާގެ މޫނު އަނބުރާލި ގޮތަށް ދުރަށް ނަޒަރު ހިނގަން އޭނާ ޖެހުނީ ގަދަކަމުންނެވެ. ހިތުގައިވި އިހްސާސްތަކަށް ބާރު ފޯރުވަމުން މިފަހަރުވެސް އަކިއަލް އިސްކުރީ ރުޅިއެވެ.

.”ކޭން ޔޯ ޑޫ މީ އަ ފޭވާ. ޖަސްޓް ލީވް މީ އެލޯން. އަހަރެން ފެންނަ ހިސާބަށްވެސް ނައިސްދީފާނަންތަ”. އަކިއަލްގެ ހިތުގައިވި މި ހަރުކަށި ބަސްތައް މިފަހަރު އޭނާގެ ދުލުންވެސް ބޭރުވިއެވެ.

ކަރުނައިން ފުރިފައިވާ އަލްޔާގެ ދެލޯ ބޮޑުވެފައިވާއިރު ގުޑިލަންވެސް ނުކެރިފައި އޭނާއަށް ހުރެވުނީއެވެ. އޭނާގެ ހިތް ބަލިކަމުން މީހަކު ކިރިޔާވެސް އެއްޗެއް ބުނެލައިފިނަމަ އަބަދުވެސް އޭނާއަށް ރޮވެއެވެ. ކިތަންމެ މަސައްކަތް ކުރި ނަމަވެސް އޭނާގެ މި ބަލިކަށި ސިފަ ކަނޑުވާލެވޭ ގޮތެއް ނުވިއެވެ. ދެންމެ ދިމާވި ހާދިސާއިން އަކިއަލް އެހާ ވަރަށް ރުޅި އަންނަންވީ ސަބަބެއް އަލްޔާ އަކަށް ނުވިސްނުނެވެ.

އަކިއަލް އެބާރުމިނުގައި އަނބުރާ ވަނީ އޭނާގެ ކޮޓަރިއަށެވެ. ދޮރު ބަންލާފައި ޖެހުމާއެކު މުށްކެވިފައިވާ އަތުން ފާރުގައި ޖަހާލިއެވެ. ދެންމެ މިކުރެވުނު ކަމަކުން އަމިއްލަ ނަފްސުދެކެ އިތުރަށް ރުޅި އާދެވުނެވެ.  އަލްޔާ ދެރަކޮށްލަން ބުނެވުނު ބަސްތަކުން އޭނާގެ ހިތަށް މާ ދަތުވިއެވެ. އޭނާގެ ކުރިމަތީގައި އެކުއްޖާ ރުއިމަކީ އޭނާއަށް ކެތްވާ ވަރުކަމެއް ނޫނެވެ. އަލްޔާގެ ކައިރިން މާފަށް އެދެންވެސް އެވަގުތު ބޭނުންވިއެވެ.

އަކިއަލް ބޭރަށް ނިކުތް އިރު އަލްޔާ ގޭތެރެއިން ފެންނަންވެސް ނެތެވެ.

****

އަކިއަލް އަލްޔާއާއި ދިމާވެ ވާހަކަ ދެއްކޭތޯ އުޅޭތާ މިހާރު ދެދުވަސް ވަނީއެވެ. ނަމަވެސް އެއް ގެއެއްގައި އުޅުނު ނަމަވެސް އޭނާއަކާއި އަލްޔާއާއި ދިމާވާގޮތެއް ނުވެއެވެ. އަކިއަލް ސްކޫލުން އަންނައިރު އަލްޔާ މެންދުރަށް ކާން ހެދުމަށްފަހު ކޮޓަރިއަށް ވަދެއެވެ. ރޭގަނޑުގެ ވަގުތަކީ ގޭ އެންމެން އެއްކޮށް ކާވަގުތެއް ނަމަވެސް އަލްޔާ ކާކަށް ބޭރަކަށް ނުނިކުމެއެވެ. އަލްޔާ ކާން ނިކުންނަނީ އެންމެން ކައި ނިމި ކޮޓަރިއަށް ވަންނަ ފަހުންނެވެ. އަކިއަލް އެދުނު ކަންތައް އަލްޔާ އެންމެ ފުރިހަމަޔަށްވެސް ކޮށްދިނެއެވެ އެއްގެ އެއްގައި އުޅުނަސް އެކަކަށްވެސް އުނދަގޫ ނުކޮށް އޭނާ އުޅެނީ ހިޔަންޏެއް ފަދައިންނެވެ. އަކިއަލް ފެނުނަސް އަލްޔާ ބިރުން އަވަހަށް އޭނާގެ ކުރިމަތިން ދެއެވެ.

އަލްޔާގެ އަމަލުތައް ހުންނަ ގޮތުން އަކިއަލް ހިތުގައި ޖެހުނެވެ. އޭނާގެ ކުރިމައްޗަށް ނޭރުމަށް ބުނެވުނީ އޭނާ އަމިއްލައަށް ނަމަވެސް އަލްޔާ ފެންނަ ހިސާބުގައި ނޫޅޭތީ އޭނާ މާ ދެރަވެއެވެ. އަލްޔާ ނުފެންނަ ކޮންމެ ދުވަހަކު އޭނާގެ ދުވަހުން ބައެއް އުނިވާކަމުގެ އިހްސާސް ވަމުން ދިޔައެވެ. ނޭނގި ނަމަވެސް ގޭގައި އުޅޭ ވަގުތުތަކުގައި އަލްޔާ އުޅޭ ނޫޅޭ ގޮތް ބެލުމަކީ އޭނާގެ އާދައަކަށް ވެފައިވާތީއެވެ.

މިއަދަކީ ބަންދު ދުވަހެއްކަމުން އަލްޔާ އޮތީ އެހާ އަވަހަށް ނުތެދުވާށެވެ. އޭނާގެ ބޮލުގައި މިދެދުވަހު ރިއްސާތީ ހަމަނިދި ނުލިބުމުގެ ސަބަބުން އޭނާ ވަނީ ނިންޖަށް ބަރުވެފައެވެ.  ބަންދު ދުވަސް ދުވަހު މިގޭގައި ރޮށި ފިހެ ސައި ހަދާކަށްވެސް ނުޖެހޭނެއެވެ. އެންމެންވެސް ހެނދުނުގެ ސައިބޯނީ ޕާނާއި ޕީނަޓް ބަޓާ ނުވަތަ ޖޭމާއެއްކޮށެވެ. އެހެންކަމުން ފަތިހު ފަތިސް ނަމާދު ކުރުމަށްފަހު  އަނެއްކާވެސް އޮށޯވި ގޮތަށް އޭނާ ނިދީއެވެ. އޭނާގެ ދެލޯ ހުޅުވާލަން މަޖްބޫރުވީ  ކޮޓަރީގައި މީހަކު ޓަކި ޖަހާއަޑަށެވެ. އޭނާ ހޯދަން މިހާ ހެނދުނުގެ ވަގުތުގައި އަންނާނީ ކާކުބާއޭ ހިތަށް އެރިއެވެ. އެނދުން ނުތެދުވާން އޮތް ނަމަވެސް އެއަޑު ނުހުއްޓުމުން އޭނާ އެނދުން ތެދުވިއެވެ. އަދި ދެލޯ އުނގުޅަމުން ގޮސް ކޮޓަރި ދޮރު ހުޅުވާލިއެވެ.

“ސަޕްރައިޒް” ކޮޓަރި ދޮރުކުރިމަތީގައި ހުރި މީހަކު ވަރަށް ބާރަށް އެބަސްތައް ބުނެލިއެވެ. އެވަގުތު އައިސްފައިވާ އޭނާގެ ނިދި ވަގުތުން ފިލައިގެން ދިޔައެވެ. އަދި ދެވަނަ ސިކުންތުގައި ބައްޕާއޭ ކިޔައި ފުންމައިގެން ގޮސް އެމީހެއްގެ ގައިގައި ބައްދާލިއެވެ. “އުފާވެރި އުފަން ދުވަހަކަށް އެދެން”.  އަލްޔާ ދުރުކޮށްލުމަށްފަހު ރަތް ކުލައިގެ ކަރުދާހުން ޕެކް ކޮށްފައިވާ ޕާރުސަލެއް ދެމުން އޭނާގެ ބައްޕަ ބުނެލިއެވެ.

“ބައްޕަ ކޮންއިރަކު އައީ. ކީއްވެ އަލްޔާއަށް ގުޅާފައި މިކޮޅަށް އަންނަ ވާހަކަ ނުބުނީ. މިއަދު އަލްޔާ އުފަން ދުވަސްކަންވެސް ހަނދާން ނެތް”.

“ބައްޕަ ބޭނުންވީ ދަރިފުޅަށް ސަޕްރައިޒެއް ދޭން. ދޭ އަވަހަށް އެއްޗިހި ބަދަލުކޮށްގެން ނިކުންނަން. ބައްޕަ މީދަނީ ސިޓިން ރޫމްގަ މަލީހާ ދައްތައާއި ވާހަކަ ދައްކާލަން.”

ކުރިމަތީގައިވާ ކޮޓަރިން ދޮރުހުޅުވާލުމަށްފަހު އެވަގުތު އަކިއަލް ނިކުތެވެ. އޭނާ ކޮޓަރީ ދޮރުމަތީ މިހުރީ ނިދަން ލީ ކުރުތާއާއި ހަރުވާޅުގައިކަން ހަނދާންވީ އަދި ކިރިޔާއެވެ. އަލްޔާ އަވަހަށް ވަނީ ކޮޓަރިއަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Zeebs

Level 110 Stories

Other Articles

Previous

މަޢާފް ލިބިދާނެ ހެއްޔެވެ؟

Next

އަހަރެންގެ ނަސީބު 5

Next
August 27, 2020

އަހަރެންގެ ނަސީބު 5

Previews
August 27, 2020

މަޢާފް ލިބިދާނެ ހެއްޔެވެ؟

4 Comments!

  1. Lavender ? says:
    August 27, 2020 at 5:54 pm

    Woowww ??? zeebs sis this story is very beautifulll ?????masha allah ? ???? keeo it up sisoo……..dhn inn bai thankolheh avahah up kohdhehcheyy ???????

  2. ?EENAASH? says:
    August 30, 2020 at 9:14 pm

    Wow nice hama habeys??

  3. Him says:
    August 30, 2020 at 11:48 pm

    Kobaaatha part 4

    1. Zeebs says:
      August 31, 2020 at 4:15 pm

      Part 4 vs innaane upload kohlaafa?

Comments are closed.

Next Episodeއަލްވަދާޢު-7←


All Right Reserved!