“ހަހަހަހަ… ބަލަން ހުރޭ. އިން އަ ފިއު ސެކެންޑްސް ޒާޔާގެ މުޅި ދިރިއުޅުން އެއްކޮށް….. ރުއިންޑް…. ހަހަަހަހަ.. ކްލެވަރ ޖަމީލާ.” ކުރެވުނު ކަންތަކާއި މެދު ފަޚުރުވެރިވެފައިވާ ޙާލު ޖަމީލާ ނުލަފާ ވައްތަރަކަށް ހިނިތުންވެލިއެވެ. ކޮޓަރީގައި ފޯނާއި ކުޅެން އޮތް ޒާޔާ ސިހިގެން ދިޔައީ އެ ކޮޓަރި ދޮރު ބާރަކަށް ހުޅުވުނު އަޑަށެވެ. ޒާޔާއަށް ފުރަތަމަ ހީކުރެވުނީ އޭނާގެ ބައްޕަ އަށް ހުރިހާ ކަމެއް އެނގުމުން އައި ރުޅިން ބާރަށް ދޮރު ހުޅުވީ ކަމަށެވެ. އެހެނަސް ކުރިމަތީގައި ޖަމީލާ […]
– މި ޕާރޓްއަށްވެސް ކިޔުންތެރިން ދިގު އިންތިޒާރެއް ކުރަން ޖެހުނީތީ ޔޫން މާފަށް އެދެމެވެ. – – އެކާވީސް ވަނަ ޕާރޓްގެ ތަންކޮޅެއް – * “އާދިޔަން.. އިންސިކުއްޖާ ތިބުނީ އަހަރެންގެ ބައްޕަގެ ވާހަކައެއް ނޫންތަ…؟” ރަވިކާން އަހާލިއެވެ. “އާނ.. ހީވަނީ އެހެން…” ސިއްރު ކުރަން ބޭނުންވި ޖުމްލަ ދުލުން ބޭރުވުމުން ޒައިލީން އިތުރަށް ސިއްރުކުރާ ޚިޔާލެއް ނުކުރިއެވެ. “ނެއިލޮންއަށް އަހަރެންގެ ބައްޕަ ކިހިނެތްތަ އެނގެނީ..؟ އަހަރެން ވެސް ބައްޕަ މަތިން ހަނދާނެއް ނުހުރޭ..” ރަވިކާން […]
“ހިތް އަވަސް ވާގޮތް ވިޔޭ…ބާރު ދޫވާގޮތް ވިޔޭ..މޭތެޅޭ ހެން ހީވިޔޭ..ވާގޮތެއް ވެސް ނޭނގެޔޭ..ލޯބި ވާހެން ހީވަނީއޭ.. ގެއްލިފާ ނިދިވެސް ވަނީ..ހާލު ބުނެދޭ ގޮތް ވަނީ..އިންތިޒާރޭ ކުރެވެނީ..ހިތް މަގޭ ކުދިކުދި ވަނީ..އިންތިހާޔައް ލޯބި ވެވުނީ..މަސްތުގައި މިހިތޭ ޖެހުނީ….” ******************************** އަހަރެންނަށް ދެލޯ ހުޅުވާލެވުނީ ކޮޓަރީގައި ޖަހާފައި ހުރި ލަވަ ނިވުމުންނެވެ. ކައިރީގައި އޮތް ފޯނު ނެގުމަށްފަހު ހުޅުވާލީ ޗާޖު ހުރިތޯ ބަލައިލުމަށްށެވެ. ފޯނުގައި ފުލް ޗާޖު އެބަހުއްޓެވެ.ދެން ބަލައިލެވުނީ ސްޕީކަރު ހުރި ދިމާޔަށެވެ. ސްޕީކަރު އަތައް ލައިގެން […]
ޒޯޔާ އުނދަގޫ ގޮތަކަށް ތެދުވެ ފަހަތަށް ފަހަތަށް ޖެހެމުންގޮސް ބެލްކަންޏަށް ނިކުތެވެ. އޭރުވެސް ޒަފަރް އޭނާގެ ރުޅިވެރިބެލުމުން ޒޯޔާ ފިއްސަމުން ދާފަދައެވެ. ޒޯޔާ އަށް ނޭނގުނީ ޒަފަރް އެހާ ރުޅިއަންނަން ޖެހުނު ސަބަބެކެވެ. “ކިތައް ފަހަރު އަހަރެން ބުނާނީ މި ފޯނުގަނޑު ނަގާށޭ! އެންމެ ފަހުން އަހަރެން ގުޅާފާނެތީ ފޯނުގަނޑުވެސް އެއްލާލާފަ ދޯ ތިދިޔައީ..” ޒަފަރް އަތުގައި އޮތް ފޯނު ފެނުމުން ޒޯޔާ ދެލޯބޮޑުވިއެވެ. އޭނާއަށް ދެވުނީ ފޯނު ގޭގައި ބާއްވާފަކަން ވިސްނުނީ ދެނެވެ. ” ބަލަ […]
ދުނިޔެމަތި ވަނީ ކަޅު ވިލާ ތަކުން ފުރި ބާރުވެފައެވެ. ދެންމެ ދެންމެ އޮއްސާލަފާނެ ހެންވެސް ހީވެއެވެ. އިރުއިރުކޮޅާ ޖެހިގަންނަ ބާރު ވައިރޯޅިން ގަސްތައްވެސް މުލުން ލުހިގެން ހިނގާދާނެހެން ހީވެއެވެ. ބައެއް ގަސްތަކުގެ ހިމަ އޮފިތައް ވަޔާ ބިންދައިގެން ފައިބައެވެ. ދުނިޔެ މަތީގައި އުފެދިފައިވާ ކަޅު ވިލާތަކުގެ ސަބަބުން ދުވާލުގެ އެންމެ އަލިގަދަ މެންދުރު ވަގުތުވެސް ހީވަނީ އިރުއޮތްސި ރޭގަނޑަށް އަޅަނީ ހެންނެވެ. އެހާވެސް އަނދިރެވެ. ލާނާ ހިއްކަން ރޯނުގައި އެޅި އަންނައުނުތައް ނަގަން އަވަހަށް ނިކުތެވެ. މުޅި […]
ދުވެފައި ކަހަލަ ގޮތަކަށް ސްކޫލް ގޭޓް ކައިރީ ހުއްޓުނު ކުއްޖާގެ މޫނު މަތިން ފެންނަމުން ދަނީ ވަރު ބަލި ކަމެވެ. އެޔާއެކު މާޔޫސް ކަން ވެސް މެއެވެ.ސްކޫލް ކައިރީ ތިބި ގިނަ ބައެއްގެ އަމާޒު ވަނީ އެއަންހެން ކުއްޖާއަށް ހުޢްޓިފައެވެ. އެ އަންހެން ކުއްޖާގެ މައްސަލައަކީ ހަންގަނޑުގެ ކުލަ ގަދަ ވުން ހެއްޔެވެ.؟ ނޫނީ ހިކި ދަނޑި ގަނޑެއް ހެން ދިގަށް ހިކިފައި ހުރުން ހެއްޔެވެ؟ ސްކޫލުގެ ރަނގަބީލުގެ އަޑަށް ހުރިހާ ކުދިން ސްކޫލަށް ވަންނަން ފަށާފިއެވެ. […]
“ނިހާން. ކިހިނެތްތަވީ؟ އަހަރެން ކޮޓަރިން ނުކުތް އިރު މިތާ ބިއްލޫރި ފުޅިއަކާ އެއްޗެހި ތެޅިފަ ހުރީ. ލޭ ވެސް ހުރި. އަނެއްކާ ކިހިނެތްވީތަ؟” ނިހާން ގެއަށް ވަނުމުން ޖަމީލާ ނިހާން ގާތަށް ގޮސް ހާސްވާކަމަށް ހެދުނެވެ. “މަށަކަށް ގޮތެއް ނުވޭ. ޒާޔާއަށް ވާނެ ގޮތެއް ވީ.” އިސްދަށަށް ޖަހައިލަމުން ނިހާން ބުނެލިއެވެ. ހަމަ އެވަގުތު ޖަމީލާގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. “ތިނޫން އެހެން ކަމަކާވެސް އަހަރެން ވަރަށް ބޮޑަށް ހާސްވެފަ މި ހުންނަނީ… އެބައޮތް ނިހާނަށް […]
ހަދުވަރުގެ ފަޑުއަލިން ރަށް ވަނީ ދިއްލައިލާފައި އެވ .އުޑުމަތީގައި ތަރިތައް ނަށަނަށާ ރިއްބެއް. ސޫފި ގޮވަމުން ދިޔައިރު ހީވީ މިއުޒިކެއް ކުޅޭހ ހެންނެވެ.ބޭރު ޖޯލީ ގައި އެކަނި މާ އެކަނި އަހަރެން އޮތީ ކަމަކާ ވިސް ނާށެވެ. އަހަރެން ގެ އުމުރުން އެންމެ ތިންއަހަރުގައި އަހަރެން ގެ މިންމަ އާއި ބައްޕަ ވަނީ މިދުނި ދޫކޮއްފައިއެވ. އަހަރެން ބަލާބޮޑު ކުރީ އަހަހަރެންގެ މާޟަ އެވެ. މިދުވަސް ކޮޅު މާމަ އުޅެނީ ބަލި ކޮށް ކަމުން ގޭގެ ހުރި […]
(ހަތްވަނަ ބައި) ކުރިމަތީގައިވާ ކޮޓަރިން ދޮރުހުޅުވާލުމަށްފަހު އެވަގުތު އަކިއަލް ނިކުތެވެ. އޭނާ ކޮޓަރީ ދޮރުމަތީ މިހުރީ ނިދަން ލީ ކުރުތާއާއި ހަރުވާޅުގައިކަން ހަނދާންވީ އަދި ކިރިޔާއެވެ. އަލްޔާ އަވަހަށް ވަނީ ކޮޓަރިއަށެވެ. އަލްޔާގެ ބައްޕަ މާލޭގައި ދެތިން ދުވަހަށް މަޑުކުރާ ގޮތަށް އައުމުން އޭނާ ވަރަށް އުފާވިއެވެ. އަދި މަންމަ ހަދާ މީރު ކުޅި ކާޖާއާއި ތެލުލި ބަނބުކެޔޮ ލިބުމުން އެއުފާވެރިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ތެލުލި ބަނބުކޭލަކީ އޭނާ އެންމެ ގަޔާވާ އެކައްޗެވެ. ރަށުގައި އުޅުނު […]