Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީ

އަހަރެންގެ ނަސީބު 5

kudhoo Level 310 Stories100 Comments
August 27, 2020 5 Mins Read
11 Comments

ދުވަސްތައް ފާއިތުވަމުންދެއެވެ. އެއްރެއެއްގެ ދަންވަރެވެ. އަހަރެންނަށް އެރެއަކު އެއްގޮތަކަށްވެސް ނުނިދުނެވެ. ހުޒޭމާ އެދުވަހު ދެއްކި ވާހަކަތަކާ އަބަދު ވިސްނެނީއެވެ. މިރޭ އެކަމާމެދު މާބޮޑަށް ވިސްނެމުންދާ ރެއެކެވެ. އެވިސްނުން ސިކުނޑިން ނެރެލެވޭތޯ އަހަރެން ވަރަށް މަސައްކަތް އެބަކުރަމެވެ. ނުނިދި އެތައް އިރެއް ވީފަހުން އަހަރެންނަށް ނިދުނު އިރު ދޭއްވެސް ޖަހާފާނެއެވެ. ނަމަވެސް އެހެން ދުވަސްތަކެކޭ އެއްފަދައިން ހޭލާ ގަޑިއަށް ހޭލެވުނެވެ. ނަމަވެސް ބޮލަށް ވަނީ ވަރަށް ބޮޑަށް ބުރަކަމެއް އިހުސާސް ކުރަން ޖެހިފައެވެ. ނަމާދުކޮށްލައިގެން އަހަރެން ނިކުތީ ބޭރަށެވެ.

ހުޒޭމާ ނިކުތުމުން ދެމީހުން އެއްކޮށް ދުވަސް ފެށުމަށެވެ. ނަމަވެސް މަގަށް ނިކުމެލިއިރު ޖަނބުރޯލުގަހުން ވަރަށް ގިނަފަތްތައް ވެއްޓި ފައި ހުރުމުން އިލޮށިފަތި ހިފައިގެން ނިކުތީމެވެ. އަހަރެން ކުނިކަހަން ހުއްޓާ މީހަކު އައިސް ސަލާން ގޮވައިލައިފިއެވެ. އަހަރެން ސަލާމުގެ ޖަވާބުދިނީމެވެ. އެއީ ގޭގެ ކައިރީ އަވައްޓެރިއެކެވެ. އެއީ އާޔަންމެން އުމުރުގެ މީހެކެވެ. އެހާފަތިހާ އައިސް ސަލާން ގޮވައިލުމުން އަހަރެން ހުރީ ހައިރާންވެފައެވެ. އަހަރެން ހީކުރީ މަންމަޔާ ބައްދަލުކުރަން އައި މީހެއްކަމަށެވެ. އަހަރެން މަންމަ އަދި ނުނިކުންނަ ވާހަކަ ބުނީމެވެ. ” މިއައީ މަންމަޔާ ބައްދަލު ކުރާކަށް ނޫން… އަމީރާ ކައިރީ ވާހަކައެއް ދައްކާލަން ވެގެން…” ނާފިޒު ބުންޏެވެ. ” ކޮން ވާހަކައެއްތޯ؟..” އަހަރެން އަހާލީމެވެ. ” އަމީރާ މިހާރު އެއްވެސް މީހަކާ އިންނަން ނިންމައިގެން ތޯ ހުރީ ބަލައިލަން ވެގެން..” ނާފިޒު ބުންޏެވެ. ” ނޫން..އަދި ނުވިސްނަން ތިކަހަލަ ކަމަކަށް… ކިހިނެއްތޯވީ…” އަހަރެން އަހާލީމެވެ. ” އަހަރެންގެ ވަރަށް ގާތް އަޚެއް އޭނާ ބޭނުންވަނީ މިކޮޅުން ކައިވެނި ކުރާނެ ރަގަޅު ކުއްޖަކު ހޯދައި ދިނުމަށް..އެހެންވެ އަޅުގަނޑު ދެކޭގޮތުގައި އަމީރާއަކީ އަބަދުވެސް ރަގަޅު ގެވެހި ދީންވެރި ކުއްޖަކަށްވާތީ މިކަމާ މެދު ދެކޭ ގޮތެއް ބެލުމަށް..” އަހަރެން މިހާރު ކުރަން ބޭނުން ނުވާ ކަމަކަށްވިޔަސް އަދި ދިރިއުޅުމުގައި ހިތިރަހަލިބުނަސް އަބަދަކު ހުހަށް ނުހުރެވޭނެކަން އަހަރެންވެސް ދަންނަމެވެ. ” މިކޮޅުންނޭ ތިބުނީ.. ކޮންތާކު ހުރި މީހެއް؟..” އަހަރެން އަހާލީމެވެ. ” އެއީ ޕާކިސްތާނުގެ މީހެއް.. އަހަރެންނަށް އޭނާ އެނގޭތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ..” ނާފިޒު ބުންޏެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ. ކުރިންވެސް އަހަރެން ކައިވެނި ކުރީ ރަގަޅު މީހަކާއެވެ. ނަމަވެސް އެއީ ބޭރުފުށުން ފެނުނު ކަންތަކެވެ. އެތެރެވަނީ ކަޅުވެފައެވެ. މިފަހަރުވެސް މީހަކު ރަގަޅޭ ކިޔާފައި އައީއެވެ. އަހަރެން ކަންތައް ކުރަންވީ ގޮތެއް އަހަރެންނަކަށް ނުވިސްނެއެވެ. އަހަރެން ހަމައެކަނި ވިސްނުމަކީ އަހަރެންގެ ދަރިފުޅެވެ. އެދަރިފުޅަށް އަޅާލާ ލޯބިދޭނެ ބައިވެރިއެކެވެ. މިގޭތެރޭގައި ހުރެ އެކުއްޖާ ބޮޑުވަންޏާ ނަފްސާނީ ގޮތުންވެސް އަސަރުކުރާނެ ކަން ގައިމެވެ. އެހެންކަމުން މިކަމުންވެސް އެދަރިފުޅު ސަލާމަތްކުރަން އަހަރެން ބޭނުމެވެ. ” އަމީރާއަށް ފެންނަގޮތެއް ވިސްނާލުމަށްފަހު ބުނެލާތި… ފަހަރެއްގައި މިފަހަރުމީ އަމީރާގެ ނަސީބު އަތުގައި ހިފީ ކަމަށްވެސް ވެދާނެ..” އޭޏާ ބުންޏެވެ. އަހަރެން އެކަމާމެދު ވިސްނާނެ ކަމުގައި ބުނީމެވެ.

ހެނދުނު ސައިހަދައި ނިމުމުން ދަރިފުޅަށް އެއްޗެއް ދީގެން އަހަރެން ވަނީ ކޮޓަރިއަށެވެ. ނަމާދުކޮށް ނިންމައިލައިފައި އަހަރެން އެންމެ ފުރަތަމަވެސް ގުޅީ ޝާޔާއަށެވެ. އެއީ މިހާރު ސިކުނޑީގައި ހިނގަމުންދާ ކަމަށް ޙައްލެއް ލިބޭނެގޮތެއް ބަލައިލުމަށެވެ. އަހަރެން ޝާޔާއަށް ވެގެން އުޅޭގޮތް ކިޔައި ދިނީމެވެ. ޝާޔާ ބުނިގޮތުން އަހަރެންނަށް ޝައްކުވަންޏާ އެކަން ބެލެން އޮތް ހަމައެކަނިގޮތަކީ ޑީއެންއޭ ޓެސްޓުހެދުމެވެ. އަހަރެން އެކަމަށް ކަންކުރާނެގޮތް ޝާޔާ ކިޔައި ދިނެވެ. އަހަރެންނަށް އެއީ މާ ބޮޑު ކަމަކަށް ނުވާނެއެވެ. އެއީ ގޭގެ ހުރިހާތަނެއްހެން ސާފުކުރާ މީހަކީ އަހަރެންނެވެ. ޝާޔާ ބުނިގޮތުން އަހަރެންނަށް ޝައްކުވަންޏާ ތިންބެއިންގެ އޭވެސް ބޭނުންވާނެއެވެ. އޭގެއިން ދިމާވަނީ ކާކުތޯ ޔަގީން ކުރުމަށެވެ. ނަމަވެސް މިހާރު އާޔަންގެ އެއްޗެއް ހޯދުން އެއީ ވަރަށް އުނދަގޫ ބޮޑު ކަމަކަށް ވާނެއެވެ. އަހަރެން ޖެހޭނީ އާޔަންއާއި ހުޒޭމާ އެދެމީހުން ހުޒޭމާގެ މަންމަގެއަށް ދާން ނިކުންނަ ދުވަހަކަށް އިންތިޒާރު ކުރާށެވެ. ނޫންނަމަ ދެމީހުން އެއްކޮށް ބޭރަށް ދާވަގުތަކަށް އިންތިޒާރު ކުރާށެވެ. އަހަރެންގެ ނަސީބު ވަރަށްވެސް ރަގަޅެވެ. ހަމަ އެދުވަހު ހުޒޭމާ އުޅެން ނިންމީ އޭނަގެ މަންމަގެ ގޭގައެވެ. އެއީ ކޮންމެ ހަފްތާއަކު އެއްދުވަހު އެމީހުން އެގޭގައި އުޅެން ދެއެވެ.

ހުޒޭމާމެން ދިޔުމުން މެންދުރަށް ކައްކާފައި އަހަރެން އެންމެންގެ އަންނައުނުތައް ދޮވުމަށްޓަކައި ފަހަރަކު ކޮޓަރިއަކަށް ވަންނަމުން ދިޔައީމެވެ. ނަސީބު ރަގަޅުކަމުން އާޔަންގެ ކޮޓަރީގައި ހުރީ ތަޅު ނުލައެވެ. އަހަރެންގެ މިޝަން ކާމިޔާބުވެއްޖެއެވެ. ދެން އޮތީ އެ ހިފައިގެން ޓެސްޓު ކުރަން ދިޔުމެވެ. ނަމަވެސް އަހަރެންނަށް ކިރިޔާވެސް ގެއިން ނިކުމެވޭނީ ހަވީރެވެ. އެހެންކަމުން އެދުވަހު ވަރަށް އަވަހަށް މަސައްކަތައް ނިންމައިލައިފައި އަހަރެން ދިޔައީ ޝާޔާމެންގެ ގެއަށެވެ. ޝާޔާއަތަށް ހުރިހާ އެއްޗެއް ދީފައި އަހަރެން ޝާޔާއަށް އަނެއްކާވެސް ކައިވެންޏަކަށް ފުރުސަތެއް އައިސްފިކަމުގައި ކިޔައިދިނީމެވެ. އަދި ހެނދުނު ނާފިޒު ދެއްކި ވާހަކަތައް ޝާޔާއާ ހިއްސާ ކުރީމެވެ. ނަމަވެސް ޝާޔާ އަހަރެންނަށް ވަކިކޮޅަކަށް ބުރަވާން އެއްވެސް މަސައްކަތެއް ނުކުރިއެވެ. އޭނަގެ ސަބަބުން ކުރިންފަހަރު ލިބުނު ފަދަ ދެރައެއް ލިބިދާނެތީއެވެ. ޝާޔާ ބޭނުންވަނީ އަހަރެން އަމިއްލައަށް އެކަމާ ކުރިމަތިލުމަށެވެ.

ހަފްތާއެއްފަހެވެ. ވަރަށް ހެނދުނާ ޝާޔާގެ މެސެޖެއް އައިސްފައި އޮތެވެ. އެގެއަށް އައިސް ދިނުމަށެވެ. ނަމަވެސް އަހަރެންނަކަށް އެދުވަހު ދެވޭނެ ގޮތެއް ނެތެވެ. އެދުވަހަކީ ނަވާރު ކިޔެވުން ނިންމައިލައިފައި އެނބުރި އަންނަ ދުވަހެވެ. ނަވާރު އަށް އާދެވެނީ ހަވީރުގަ ކަމުން ހަވީރަށް ރަގަޅަށް ސައިތައްޔާރު ކުރަން އެބަޖެހެއެވެ. އަހަރެން ފަހުދުވަހު ދާނެ ކަމުގައި ބުނީމެވެ. މިހުރިހާ ކަމެއްގެ ތެރެއިންވެސް އަހރެންނަށް އެދުވަހު ނާފިޒު ދެއްކި ވާހަކަތަކަށްވެސް ވިސްނެއެވެ. ނަމާދުކޮށްލައިގެންވެސް އަހަރެންނަށް އެކަން ނިމޭނެ ކޮޅެއް ބަލަން އެބަ މަސައްކަތް ކުރަމެވެ. އަހަރެންގެ ހިތައް ވަންނަމުން އަންނަނީ އަނެއްކާވެސް އެކަން ކުރުމަށެވެ. އަނެއްކާވެސް އާ ތަޖުރިބާއަކާ ކުރިމަތި ލުމަށެވެ. ހެނދުނު ސައިހެދުމުގައި އަހަރެންނާއި ހުޒޭމާ އުޅެމުން ދިޔައީމެވެ. ސައިހަދައި ނިމުމުން ބަދިގެ ތެރެ ސާފުކުރުމަށް ހުޒޭމާއާ ހަވާލުކޮށްފައި އަހަރެން ނިކުތީ ބޭރުތެރެއިން ކުނި ނަގާލުމަށެވެ.

ނާފިޒު ހުރީ އަހަރެންގެ އިންތިޒާރުގައިހެން ހީވިއެވެ. އަހަރެން ފެންނައިރަށް ނާފިޒު  އަތުވެއްޖެއެވެ. އަދި އެކަމާ ބެހޭ ގޮތުން ވާހަކަދެއްކިއެވެ. އަހަރެން އެކަމާ އާނބަސް ބުނީމެވެ. ” އޭނައަށް ކިޔަނީ ޒިމްރާން… އޭނަ ބުނެފަ އޮތީ ކުއްޖަކުލިބިއްޖެއްޔާމު މަސްދުވަސް ތެރޭ އަންނާނެ ކަމަށް.. އެހެންވީމަ އަހަރެން އޭނައަށް އަންގާލައިފައި ބުނާނަން..” އަހަރެން އާނއެކޭ ބުނުމުން ނާފިޒު ދިޔައެވެ. އަދިވެސް އަހަރެންނަށް މިނިންމެވުނީ އެންމެ ރަގަޅަށް ތޯ ހިތައް އަރައެވެ. ކައިވެނިކޮށްފިއްޔާ ދުވަހަކުވެސް ނުދާ ހިސާބަކަށް ދާން ޖެހުނީއެވެ. މުޅިންވެސް ތަފާތު މާހައުލަކަށެވެ. އެހެންނަމަވެސް ރަގަޅުވާނެ ކަމަށް އުންމީދު ކުރެވެއެވެ. އަހަރެން ނިންމިގޮތް ޝާޔާ ކައިރިވެސް ބުނީމެވެ. ޝާޔާ އެކަމަށް މަރުޙަބާ ކިޔެވެ. އަދި ކިތަންމެ ދުރަށް ދާން ޖެހުނަސް ޚަބަރުވެލުމަށް ބުންޏެވެ. އަހަރެން އިތުރު ކައިވެންޏެއް ކުރަން ނިންމި ވާހަކަ އާޔަންމެން ކައިރީވެސް ބުނީމެވެ. އެމީހުންވެސް އަހަރެންނަށް މަރުޙަބާ ކިޔެވެ. ނަމަވެސް އެމީހުންނާއި ދުރަށް ދާން އުޅޭތީ ވަރަށް ދެރަވެގެންވެސް އުޅުނެވެ. ފަހު ދުވަހު ހަވީރު އަހަރެން ޝާޔާގެ ގެއަށް ދިޔައީމެވެ.

ޝާޔާގެ މޫނުމަތިން ބައިވަރު ވާހަކަތައް އަހަރެންނަށް ކިޔައިދެއެވެ. ޝާޔާ އަހަރެން ކައިރީ އަންނާށޭ އެބުނީ ނަތީޖާ ލިބުމުންކަން އަހަރެންނަށް އެނގެއެވެ. އަހަރެން ހުރީ އެއެނގެން ކެތް މަދުވެފައެވެ. ޝާޔާ އަހަރެން ކައިރީ ކެތްތެރިވާން ވަރަށް ނަޞޭޙަތް ދިނެވެ. ވެ ނިމިފައިވާ ކަމެއް ބަދަލު ނުކުރެވޭނެ ކަމުގައި ބުންޏެވެ. ނަމަވެސް އަހަރެން ކަންތައް ކުރާނެ ގޮތެއް ވިސްނުމަށްފަހު ނޫނީ ނުކުރުމަށް ބުނެ ނަޞޭޙާތްތެރިވިއެވެ. ޝާޔާ އަހަރެންގެ އަތަށް ކަރުދާސްތަކެއް ދިނެވެ. އަހަރެން އެއިން ކޮންމެ ގަނޑެއް ވަކިވަކިން ބަލަމުން ދިޔައީމެވެ. އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ކަނޑައިގެން ދިޔަހެންނެވެ. އަހަރެންނަށް މިވަރުގެ ދެރައެއް ލިބިދާނެ ކަމަކަށް އަހަރެން އުންމީދެއް ނުކުރަމެވެ. ނަމަވެސް ޙަޤީގަތް ޖެހޭނީ ޤަބޫލުކުރަންތާއެވެ. އަހަރެން ޝާޔާގެ ގެއިން ނިކުތް އިރުވެސް ހަމައަކަށް ނޭޅެއެވެ. ނަމަވެސް އަހަރެންނަށް ހަމަޖެހުމާއި ހެޔޮވިސްނުމެއް ލިބޭނީ އެންމެ ކަމަކުންނެވެ. އަދި އަހަރެންނަށް ކެތްތެރިކަން ލިބޭނީ އެންމެ ފަރާތެއް ކައިރި އެދިގެންކަން އަހަރެން ޤަބޫލުކުރަމެވެ. އަހަރެން ކާރަށް އެރިއިރުވެސް ޝާޔާ އަހަރެންނަށް ބަލަން ހުއްޓެވެ. ޝާޔާގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އަހަރެންނަށްޓަކައި ހަމްދަރުދީއެވެ. އަނަގއިން ނުބުނެ އުޅުނު ކަމުގައިވިޔަސް ވަގުން އުޅޭނީ ވަގުންގެ ގޮތުގައެވެ. އެފަދަ ކުށަކަށް އިއުތިރާފުވާނީ މަދު ބަޔަކެވެ. އަހަރެންގެ އާއިލާއަކީ ދޮންމަންމަގެ އާއިލާއެވެ. ނަމަވެސް އަހަރެންގެ ހިތުގައި އެމީހުނަށްޓަކައި ދެވިފައިވާ ގަދަރު މުޅިން ވިއްސި ވިހާލިވެއްޖެއެވެ.

އަހަރެން ހޯދަން އަންނާނެ ކަމަށް ބުނި ޕްރިންސް އަންނާނެ ދުވަހަކަށް އަހަރެންގެ ހިތާހިތުން އެތައް އިންތިޒާރެއް އެބަ ކުރެވެއެވެ. އަހަރެން ދުވަހުގެ ކޮންމެ ސިނކުންތެއްވެސް ގުނަމެވެ. އަހަރެންނަށް މިކޮށިން ނިކުމެވެން އޮތް ހަމަ އެކަނި ގޮތަކީ އެއީއެވެ. ނަމަވެސް ދެން ކަންތައް ވާނެ ގޮތަކާމެދުވެސް އަހަރެންނަށް ވިސްނެމުންދެއެވެ. އަހަރެން ގޭ އެންމެނާ ވަރަށް ބޮޑަށް ދުރުވީމެވެ. ގޭތެރޭގެ އެއްވެސް މީހަކަށް އިތުބާރު ކުރާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އަހަރެން ދެކޭ ގޮތުގައި މިގޭގައި އުޅެނީ ހުސް ކެހިވެރިންނެވެ. މީމީހުންގެ އަތްދަށުން އަހަރެން ސަލާމަތް ކުރައްވާތޯ އަހަރެން ދުޢާ ކުރަމެވެ. އަހަރެން ބަސްމަދުކަމުން ހުޒޭމާ އަހަރެންނާއި ވަރަށް ސުވާލުކޮށް ހަދައެވެ. ނަމަވެސް އަހަރެން އެއަކަށް ޖަވާބެއް ނުދެމެވެ. އެމީހުންދެކޭ ގޮތުގައި އަހަރެން އަނެއްކާވެސް ކައިވެންޏެއް ކުރަން އުޅޭތީ ވެފައި ހުންނަ ގޮތެކެވެ. ނަމަވެސް އަހަރެންގެ ސިކުނޑި އެންމެ ފަހަރަކުވެސް މަޑެއް ނުޖެހެއެވެ. ހަޤީގަތް ހާމަކޮށް އެކަން ވީގޮތް ބެލުމަށްވެސް ހިތައް އަރަމުންދެއެވެ. ނަމަވެސް އިތުރަށް އެކަން ބެލުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. މިމީހުން އަހަރެންނަށް ހެޔޮއެދުނީ ކޮން ދުވަހަކު ހެއްޔެވެ. އާޔަން ކަންތައް ކޮށްދެނީވެސް ހެޔޮއެދިގެން ކަމެއް އަހަރެންނަކަށް ނޭނގެއެވެ.

ދުވަސްތައް ހަފްތާތަކަށް ބަދަލުވަމުންގޮސް މިއަދަކީ އަހަރެން ބަލާ އަންނާނެ ކަމަށް ބުނި މީހާ ޒިމްރާން އަންނަދުވަހެވެ. އަހަރެން ވަރަށް ފަތިހާ މަގުމަތީ ކުނިކަހަން ނިކުތީމެވެ. އާދައިގެ މަތިން ނާފިޒު ބޭރުގައި ހުއްޓެވެ. އަހަރެން ފެނުމާއެކު ނާފިޒު އައެވެ. އަދި ޒިމްރާން މެންދުރު ޖައްސައި ފްލައިޓުން އަންނަވާހަކަ ބުންޏެވެ. އެހެންކަމުން މިރޭ ބައްދަލުކޮށްލަން އަންނާނެ ކަމުގައި ބުނެފައި ދިޔައެވެ. އަހަރެންގެ ހާލަތު ހުރި ގޮތުން އަހަރެން ވަރަށް އުފާވިއެވެ. މިހާރު އަހަރެން ބޭނުންވަނީވެސް ވީހާވެސް ދުރަށްދާށެވެ. ހެނދުނުގެ ސައިހަދަން ހުރެ އަހަރެން ހުޒޭމާ ކައިރީ ޒިމްރާން އަންނަ ވާހަކަ ބުނީމެވެ. ” އެހެންތަ.. އެހެންވިއްޔާ ހިނގާ މިރެއަށް ރަގަޅު އެއްޗެއް ހަދަމާ… އަހަރެން އާޔަން ކައިރީ ބުނާނަން…އަދި މަންމަ ކައިރީ ބުނުމަށްވެސް ބުނާނަން..” ހުޒޭމާ ބުންޏެވެ. އާދައިގެ މަތިން އަހަރެން އެރެއަށް ރީތިވެލީމެވެ. ކަޅުކުލައިގެ ޖިލްބާބުން އަހަރެންގެ މުޅި ހަށިގަނޑުވެސް ނިވައި ކުރީމެވެ. ޒިމްރާންމެން އައީ އިޝާނަމާދުން ފައިބައިގެންނެވެ. އެމީހުން ސަލާން ގޮވުމުން ސަލާންބަލައިގަތީ އާޔަންއެވެ. އެމީހުން ބޭކާރު ވާހަކަތަކެއް ދައްކާކަށް ނަހަދައެވެ. ޒިމްރާން އަމިއްލައަށް ތަޢާރަފް ވެލިއެވެ. ނަމަވެސް އޭނާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. ދޮންމަންމަޔަކަށް އޭނާ ދެއްކި ވާހަކައެއް ނޭނގުނެވެ. އެކަމާ ދޮންމަންމަ ހުރީ ވަރަށް ރުޅިގަދަވެފައެވެ. ޒިމްރާންގެ ވާހަކަތަކަށް ވާހަކަ ދައްކަމުން ދިޔައީ އާޔަންއެވެ. ދޮންމަންމަޔަކަށް ނުހުރެވުނެވެ. ” ކުރީ ފަހަރުވެސް މީހަކާ އިނދެގެންގޮސް ދެދުވަހު ހަމަޔަކަށް ނޫޅެވުނު…މިހާރު މިއުޅެނީ ފަރަންޖީއަކާ އިންނާށޭ ކިޔައިފައި…ތިހެން އުޅޭތީއެއްނޫންތަ ނަހަލާލަށް ބަލިވެ ދަރިއަކު ލިބިފައި އެހުރީ..” ހީވީ ދޮންމަންމަ ބޭނުންވަނީ އަހަރެން އެމީހުންގެ ތެރޭގައި ފަޟީޙަތް ކުރަން ހެންނެވެ. އެއްވެސް މީހަކު ދޮންމަންމަގެ ވާހަކަތަކަށް އެއްޗެކޭ ނުކިޔައެވެ. ނަމަވެސް ޒިމްރާން މަންމަ ކީ އެއްޗެއް އޮޅުން ފިލުވަން ބޭނުންވިއެވެ. “އެއީ އަމީރާގެ މާޒީއާ ބެހޭ ގޮތުން އެކިޔަނީ…އަޅާ ނުލާ އެވާހަކަތައް މިހާރަކު މުހިއްމެނުވާނެ…” ނާފިޒު ޒިމްރާން ކައިރީ ބުންޏެވެ. އާޔަން ބުނުމުން ޒިމްރާންމެން ކެއުމަށްޓަކައި ބަދިގެއަށް ވަނެވެ. އެއްޗެހީގެ ރަހަ ބަލާލުމަށްފަހު ކާ އެއްޗިހި މީރުވެގެން ޒިމްރާން އެވާހަކަވެސް ދެއްކިއެވެ. ވާހަކަ ދައްކާ ގޮތުން ޒިމްރާން އަކީ ވަރަށް ހިތްހެޔޮ މީހެއް ހެން ހީވެއެވެ. ނަމަވެސް އަންނަ ހަފްތާގައި ކައިވެނި ކުރާ ވާހަކަ ބުނުމުން އަހަރެންގެ މޭގަނޑު ނެގިނެގިފައި ޖެހެމުން ދިޔައެވެ. ހިތްއަވަސް ވަމުންގޮސް ފަޅައިގެން ދާނެހެންވެސް ހީވެއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

އަލްވަދާޢު-6

Next

ލޯބިންއެކުގާ (2)

Next
August 27, 2020

ލޯބިންއެކުގާ (2)

Previews
August 27, 2020

އަލްވަދާޢު-6

11 Comments!

  1. ޔާމާ says:
    August 27, 2020 at 2:22 pm

    Konirakun ingeynu amee ah evaruge dheraeh dhin meehaku. Haadha heeveyey dhonmamma ge atheh vaaheh mikamuga..so curious to know iza’s dad..vaahaka Hama as usual vrh reethi..baaki kithah parts ini

    1. kudhoo says:
      August 27, 2020 at 7:30 pm

      Thank you yaamaa. vaahakaaga baakee inee fhubaa. Insha Allah day after tomorow up vaane.

    2. kudhoo says:
      August 27, 2020 at 7:32 pm

      * fahu ep.

  2. Rsm says:
    August 27, 2020 at 2:29 pm

    Maasha allah vvvvv reethi mibai vess next part avas

    1. kudhoo says:
      August 27, 2020 at 7:33 pm

      Thank you Rsm. Insha Allah

  3. ????????♞ says:
    August 27, 2020 at 7:38 pm

    masha allah ….varah reethi mivaahaka ….keep it up kudhu

    1. kudhoo says:
      August 27, 2020 at 9:37 pm

      Thank you thithaa.

  4. Rose says:
    August 27, 2020 at 8:16 pm

    Vvvv nice story keep it up and stay safe

    1. kudhoo says:
      August 27, 2020 at 9:38 pm

      Thank You Rose. Insha Allah

  5. ާިަަަަސދ says:
    August 30, 2020 at 3:04 pm

    Koba next part

    1. kudhoo says:
      August 30, 2020 at 6:35 pm

      up koffa huree. adhi esfiya in check koh publish nkuranee. thank you intizaaru kuraathee….

Comments are closed.

Next Episodeއަހަރެންގެ ނަސީބު ( ފަހުބައި )←


All Right Reserved!