“ޔޫޝައު… ލަމްނާ… ލަމްނާ!” މައިނޭވާ ލެވޭވަރުން ހުދާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. “އަޅެ ޔޫޝައު ދޭބަލަ ކީއްތޯވީ ބަލާފަ އަންނަން!” ޔޫޝައު އެކަމަށް އެހާ ބޮޑަށް ސަމާލުކަން ނުދިނުމުން ރީމް އެދުނެވެ. “ރީމް… ލަމްނާ ކޮންމެވެސް މޮޔަކަމެއް ކޮށްގެން އަހަރެން ހޯދަނީ ތޯއްޗެއް! ދެން ކީއްކުރާކަށް ދަނީ؟!” ޔޫޝައު އިނީ ހިތްހަމަނުޖެހިފައެވެ. “ޔޫޝައު! ހިނގާބަލަ… ގަބޫލުވެސް ނުކުރާނެ ވީކަމެއް!” ހުދާ ބުނެލިއެވެ. އަނެއްކާވެސް ރީމް އެދުމުން ޔޫޝައު ހުދާއާއި އެކު އެގެއަށް ދާން ހިނގައިގަތެވެ. ނާއިފްވެސް އެމީހުންނާއި […]
އިރު އޭގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުން ދިޔައެވެ. އުޑުމަތީގައި ކަޅުވިލާ ރޮއްޖެއްވެސް ނެތް އިރު، ދައްކުވައި ދެމުންދިޔައީ މީހުންގެ ހިތްތަކަށް އުފާވެރިކަން ލިބޭނެ ފަދަ، ހިތްގައިމު މަންޒަރެކެވެ. ގަސްތައް ވެސް ޖެހިލާ ވައިރޯޅިތަކާއި އެއްވަރަށް ނަށަމުން ދިޔައެވެ. މާލޭގެ މަގުމަތި ހަލަބޮލިކަމުން މުޅި ފަޒާވަނީ ކާރުތަކާއި ސައިކަލުތަކުގެ ބޫންއަޑުތަކުން ފުރާލައިފައެވެ. މީހުންތައްވެސް ބަލަނީ އަވަސް އަރުވާލައިގެން އެމީހެއްގެ މަންޒިލަށް ވާސިލްވެވޭތޯއެވެ. ދާނެ މިސްރާބެއް ނެތި އުޅޭ މީހުންވެސް ވަކި މަދެއްނޫނެވެ. އިރުކޮޅަކުން އެންމެންގެ ނަޒަރުތައް […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންގެ ލޯބިލޯބި ނުހާ ޔަތީމުވީއެވެ. ބައްޕައެއްގެ ލޯބިން މަޙްރޫމްވީއެވެ. މިކަމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ އަހަރެންނެވެ. އެއީ އަހަރެންގެ ބޯހަރުކަމުގެ ނަތީޖާއެވެ. ނުހާގެ ބައްޕައަކީ އެއް އިރެއްގައިވެސް އަޚްލާޤު ރަގަޅު މީހެއްނޫނެވެ.އޭނާގެ ރީތީ ހަމައެކަނި ބޭރުފުށެވެ.ރަށުގެ ހުރިހާ ޖިންސުއްލަތީފުން މަށަށްމަށަށް ގޮވަމުން ހަސަން ފަހަތުން ދުވަންޖެހުނު ސަބަބަކީ އެއެވެ. ހަސަންއަކީ ރީތި ފިރިހެނެކެވެ.ތުނިކޮށް ކޮށާލާފައިވާ ކަޅުކަންގަދަ ތުނބުޅި އިތުރު ރީތިކަމެއް ގެނެސްދެއެވެ.މޭމަތީގެ ތަނަވަސްކަމާއި،ފުޅާ ބާމަތީގެސަބަބުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ.ހަސަނަށް ލިބިފައިވަނީ ވަރަށް […]
(ހަތަރުވަނަ ބައި) ފޯނު ކަނޑާލިތަނާހެން ގޭގައި ބެލް އަޅާލި އަޑުއިވުމާއެކު ގޭޓު ހުޅުވަން އަލްޔާ އަވަސް އަވަހަށް ދިޔައެވެ. ގެއަށް އައީ ބައްޕަނޫންކަން އެނގުން ނަމަވެސް ގޭޓް ކައިރިއަށް ދުވެފައި އޭނާއަށް ދެވުނީ ބޭއިޚްތިޔާރާއެކުގައެވެ. އޭނާގެ ލޯބިވާ ބައްޕަ އޭނާ ދެކިލުމަށް އަންނާނެ ވާހަކަ ބުނުމުން ގޭޓް ކުރިމަތީ ބައްޕަ ހުންނާނެކަމަށް އުއްމީދުކުރަމުންނެވެ. އުފަލާއެކު ގޮސް ގޭޓު ހުޅުވާލި ނަމަވެސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެމޫނުމަތިން ފާޅުވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ކުރިމަތީގައި ފެންނަން މިހުރީ އަލްޔާގެ ބައްޕައެއް […]
” އަހަރެން ކޮންމެ ތާކަށް ދިޔަޔަސް ޝާއިފް އަށް ކީއް؟ އަހަންނާއއި މެދު ކަންބޮޑު ނުވާތީނު އެހެން މީހެއް ތި ހޯދީ. ދެން އޭނަ އާއި މެދު ކަންބޮޑުވޭ.” ޝާއިފްގެ އަތް ފޮޅުވާލުމަށް ފަހު ހިނގައިގަންނަމުން ސާރާ ބުނެލިއެވެ. އެވަގުތު ޝާއިފްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” ކާކު ބުނީ ސާރާ ކައިރީ؟” ހައިރާން ކަމާއިއެކު ޝާއިފް ބުނެލިއެވެ. ” ޝާއިފް އަހަރެން ކައިރީ ކައިވެނިކޮށްނިންމާފަ ބުނަން ހުއްޓަސް އެއަށް ވުރެ ޝާއިފްގެ ހަނގު އަނބި އަހަރެން […]
ތިރީސްވަނަބައި އައިނާ ނިކުތް އިރު ހިޝާން އޭރުގައި އާންމުކޮށް ދުއްވާ ކާރު ގޭކުރިމަތީގައި އޮތުމުން އައިނާ ހައިރާންވިއެވެ. އަދި އެހިސާބަށް ދާން ޖެހިލުން ވިއެވެ. *** އައިނާ އެހިސާބައް ދާން ނުދާން ހުއްޓައި ކާރުގެ ދޮރުފަތް ހުޅުވާލައިފައި ނިކުތީ އަޝްހާ އެވެ. އައިނާ ހައިރާންވީ ކާރުގެ ޑްރައިވާ ސީޓް ހުޅުވާފައި އަޝްހާ ނިކުތުމުންނެވެ. “މާހައިރާންވެފައި ބަލާނެކަމެއްނެތް އެނގޭ އަނާ.. އަހަރެންގެ އަތުގައިވެސް މިހާރު ސައިކަލް، ކާރު ލައިސަންސް އެބައޮތް..” އަޝްހާ ފަޚުރުވެރިވެލަމުން ލިސްޓް ގުނާލިއެވެ. “ހޫން.. ޕިކަޕާއި […]
އާދުވަހަކަށް އިރު އަރައިގެން އައި އިރު އައިވިން ތައްޔާރުވަމުން ދިޔައީ ރަށު އޮފީހަށް ދިޔުމަށެވެ. ކޯޓު ލުމަށްފަހު ޓައީ ރީތިކޮށްލި ވަޤުތު ކޮޓަރީގެ ދޮރުގައި ޓަކިޖެހި އަޑު އިވިގެން ދިޔައެވެ. ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރަ ބަލާލުމަށްފަހު އައިވިން އޭނާގެ ފޯނާއި ވޮލެޓު ޖީބަށް ލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ކޮޓަރި ދޮރު ހުޅުވާލުމާއެކު ކުރިމަތީގައި ހުރި އޭނާގެ ބޮޑީގަރޑް ޓެކްސީ އޮތީ ތައްޔާރަށް ކަމަށް ބުނެލިއެވެ. އައިވިން ބޯ ޖަހާލަމުން ހިނގައިގަތުމުން ބޮޑީގަރޑް ވެސް […]
އަހަރެންނަށް މި ދަރިފުޅުގެ ބައްޕަޔަކީ ކާކުކަން އޭނގޭނަމަނޫން ހެއްޔެވެ. އަހަރެންގައިގައި ކޮޅަށް ހުންނާނެ ހިތްވަރު ނެތުމުން ކޮޓަރިއަށް ދިޔުމަށްޓަކައި ހިނގައިގަތީމެވެ. އަހަރެންނަށް ދެވުނީ ސިޑިއާ ހަމައަށެވެ. މޫނުމައްޗަށް އަރައިގެން ދިޔައީ ދޮންމަންމަގެ ހޫނު ވިހަގަދަ އަތްތިލައެވެ. ޖެހި ބާރުކަމުން އަހަރެން ކޮޅަށް ހުރުން ވީ ދަތިކަމަކަށެވެ. ވަގުތުން ވެއްޓެން ދިޔައެވެ. އަހަރެންގެ ބޮލަށް ވަރަށް ތަދުވިކަން އެނގުނެވެ. އޭގެފަހުން އަހަރެންނަށް ފެނުނީ އާޔަން އަހަރެންގެ ނަމުން ގޮވަމުން އައިސް ކައިރިގައި ހުއްޓުނު ތަނެވެ. އަހަރެންނަށް ލޯ ހުޅުވާލެވުނު […]
25 ވަނަ ބައި “ރީމް!” ރީމްއާއި ދިމާލަށް ފަތަމުން ދިޔަ ޔޫޝައު ގޮވައިލިއެވެ. “ހަމަޖެހެ ރީމް… ފްލޯޓު ކުރޭ! ފްލޯޓު ކުރޭ!” ޔޫޝައު ރީމް ސަލާމަތް ކުރުމަށްޓަކައި ރީމްއަށް އިރުޝާދުދޭން ފެށިއެވެ. އެއްސިކުންތެއްގައި ރީމް ފްލޯޓުކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އަނެއްސިކުންތިގައި ނޭފަތަށް ފެންއެޅުމުގެ ސަބަބުން ރީމްއަށް ތެޅެގަނެވުނެވެ. އެއްލިއަތަކުން ޔޫޝައު ލައިގެން ހުރި ޓީޝާޓުގެ ގިރުވާން ބައިގައި ރީމްއަށް ހިފުނެވެ. އެމަންޒަރު އެއީ ފެންނާނެ ކޮންމެ މީހެއްވެސް ރޮއްވާލާނެހާ ބިރުވެރި، ހިތާމަވެރި މަންޒަރެކެވެ. ނަމަވެސް ޔޫޝައު […]