ގަބޫލްކުރަން ދަތި ހަގީގަތް 3
ކްލާސް ތައް ނިމުމުން މައިޝާން ނިކުމެގެން ދިޔައީ ލީޒާގެ ފަހަތުންނެވެ. ނަމަވެސް ނިކުތުމުން އޭނަ ލޮލުގައި އަޅައިގަތީ އޭނަގެ ބައްޕަ މާއިޝްއެވެ. މައިޝާން އަދި ލީޒާ ވެސް ދިޔައީ މާއިޝް ކަރިއަށެވެ. ދެމީހުން ސުވާލުމާކެއްހެން ބަލަހައްޓައިގެން ހުރުމުން މާއިޝްގާތައް ހިނި އައެވެ. ނަމަވެސް އެކަމެއް ނު ދައްކައެވެ.
އެހެން ތިބުމުން މާއިޝް އެދެކުދިން ގޮވައިގެން ދިޔައީ އެތަނުން ބެންޗެއްގަ އިޝީންނާށެވެ. ބައްޕައަށް އިނގޭ މައިޝާން އަދި ލީޒާ ވެސް ވަރަށް ސުވާލް އުފެދޭނެކަން…. ފުރަތަމަ ލީޒާއަށް ކިޔާދޭނަން ލީޒާ މަންމަ އަށް ވީގޮތް. އެކަމް އެއްވެސް ސުވާލެއް ނުކުރާތި… ފުރަތަމަ މަށާ ލީސިއާ ދެމީހުން ފުރީ ލީޒާއައް ވެސް އަދި މައިޝާން އަށް ވެސް ނޭންގި އެއީ ތިދެކުދިން ކުރިމަތީ ކާކުކަން ގޯސް ހެދީ ކިޔަދޭން. އަދި ތިދެކުދިން ނަށް ތިދެކުދިންގެ ހުރި ގުޅުން ކިޔައިދޭން. މަ ދިޔައީ ފާހަނައަށް. އެވަގުތު ކޮންމެސް މޫނު ޗޮރުވައިފަ އިން މީހަކު އައިއްސަ ކެމިކަލްއެއް އެޅިއްޔޯ އެތާހުރި މީހަކު ބުނީ. މަ އައި އިރު މަރައް ލީސިއާ ތެޅެނީ…… އެވަގުތު ލޭނެތުނީ. ދެން ހޭއެރިއިރު ލީސިއާ އޮންނާނީ ހޮސްޕިޓަލްގަ. އަހަރެންނަކީ މައިޝާންގެ ބައްޕަ އަދި ލީޒާގެ ދޮން ބައްޕަ. ލީޒާ އާއި މައިޝަން ދިޔައީ ތަރިބުރަގެންނެވެ.
އިރުކޮޅެއް ވަންދެން ލިބުނު ސިހުމުގައި އިނުމައްފަހު އެޗެއް ހަދާވެގެން ލީޒާ މާއިޝް އާއި ދިމާއަށް ބަލައި އެވެ. ” ދެންކީއްވެ…… ބޭބެ ލީޒް ކައިރީބުނީ ލީޒް ބައްޕަ ގުޅީމަ ފޯނު ނުނަގާޝޭ ބުނީ؟” އެހެންބުނުމުން މައިޝް ވާހަކަ ދައްކަން ބުނޏެވެ. “އާން އޭރު އެހެން ބުނީ ލީޒްގެ މަންމަ ބުނެގެން” އެހެން ބުނުމުން ލީޒާ އައް ލިބުނީ ހައިރާން ކަމެކެވެ. ލީޒާ ހިތަށް އެރި އެވެ. ކީއްވެ ބައްޕަ ގުޅީމަ ފޯނު ނުނަގާށޭ މަންމަ ބުނަންވީ؟ އަނެއްކާ… މަންމަ އައް އެހެން ހެދީ ބައްޕަ؟ ނުން ނުވާނެ އެހެނެއް… ނޯ އަޓްސް އިމްޕޮސިބަލް. އެހެން ހިތައް އަރުވަން އިންދަ މާއިޝް އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ. “ލީޒް މަންމަ ބުނީ މިންމަ އަށް ހީވަނީ މަންމަ އަށް އެހެން ހެދީ ބައްޕަ ހެންނޯ. އެއީ ބައްޕަގެ މޫނުގަ އިންނަ ރޮންގާ ކަޅުތިލަ ވެސް އިނޯ ބުނީ.” އެހެން ބުނުމުން ލީޒާ އައް ގަބޫލްކުރަން ދަތިވިއެވެ. ލީޒާ ހިތައްއެރިއެވެ. އަނެއްކާ މީބާއްވަ އެހުރިހާ ނުބަޔެއް ހަދައިގެން އުޅޭ ފިރިހެނަކީ. ބައްޕަ ބޮލައް ހުރިހާއެޗެއް ޖަހާފަ ފިލާރައްކާ ވާން ކަންނޭނަގެ އެއުޅެނީ….. ދެންނޭންގެ މަޑުކުރާނީ ވާގޮތް ބަލަން. ބައްޕަ ކިޔާއެޗެއް ވެސް ބަލާފަ ގަބޫލްކުރާނީ.
ލީޒާ އރމީހުންނާ ވާހަކަ ދައްކަން ތިބުމަށްފަހު ލީޒާ ދިޔައީ ގެޔައް ދިޔައިރު ބައްޕަ ގެއިންފެނުމުން ބިރުވެސް ގަތެވެ. ނަމަވެސް އިރުކޮޅަކުން ބިރުފިލިއެވެ. އަވަހަށް ގޮސް ބައްޕާއޭ ކިޔާ ބައްދާލިއެވެ. ނަމަވެސް ލީޒާގެ ގައިގައި އަތްނުލާން ޖެހޭބަޔެއްގައު އަތްލާން ފެށިއެވެ. އެވަގުތު ހަދާންވީ މާއިޝް ބުނިބަހެވެ. “ބައްޕައާ ދިމާވިޔަސް ވަރައް ބަލައިގެން އުޅޭތި. މަންމަ ބައްޕައާ ވަކިވީ ނުދަންނަ މީހުންނާއެކީ މކޓްރި ކޮޓްރިއަށް ވަންނާތީ.” ކަންފަތުގައި އެބަސް ގުގުމަން ފެށިއެވެ. ލީޒާ މޫނުމަތިން ބިރުގަންނަ ކަމެއް ނުވަތަ ހާސްވާކަމެއް ނުދައްކައި ބައްޕައާ ވާހަކަ ދައްކަންފެށިއެވެ. ކަމެއް ވީޖނެއް ވެސް ލީޒާ މޫނު ބަލައިފަ ބަލާ މީހަކަށް ނޭންގޭނެއެވެ. ލީޒާ އެފަރާތަކައް ޖެހިލުމައްފަހު މައިޝާން އަށް މެސެޖްކޮއްލިއެވެ. “މައިޝާން! ލީޒް ބައްޕަ އެބައުޅޭ… ހީވަނީ ބެހެން އުޅޭހެން. ޕްލީއާދެބަ އައިއްސަ ގުޅާފަ ބުނެބަ އަންނާށޭ ތިރިއަށް. އޭރުން މަ ދާނަން.” އެހެން މެސެޖް ކުރުމްށް ފަހު ބައްޕަ އަށް ޖޫސް ގިރައިދިނުމަށް ފަހު އިނީ ލަސް ވެފައެވެ.
30 މިނެޓް ފަހުން ލީޒާފޯނު ރިންގުވާން ފެށިއެވެ. ލީޒާ އަވަހަށް ފޯނު ނެގުމަށް ފަހު އާކޭބުނެ ބައްޕަ ކައިރީ ލީޒާ ދާންޖެހޭ ވާހަކަ ބުނުމުން ބައްޕަ ވެސް ލީޒާ އާއެކީ ދާނަމޭ ބުންޏެވެ.
ތިރިއައް ދިޔައިރު ސައިކްލް މަތީއިން މައިޝާން ފާހަގައެއް ނުވިއެވެ. އެއީ މާސްކެއް އަޅައިގެން އިނުމުންނެވެ. މައިޝާން އަށް އެކަހަލަ އެއްޗެއް ހީވުމުން ބަރުގޮނު އަޅުވާލިއެވެ. ލީޒާއަށް އެ ސައިކަލް ފެނުމުން މައިޝާންކަން އެންގުނެވެ. އަވަސް ފިޔަވަޅު ތަކެއް އަޅަމުންދިޔަ ލީޒާ މަޑު ޖެހުނީ ފަހަތުން އައި މީހާ ހިފެހެއްޓުމުންނެވެ. ލީޒާއަށް ފަހަތައް އެންބުރުން ނޫން އެހެން ގޮތެއް ނެތެވެ. އަނެއް ފަރާތައް އެންބުރުމާއެކު ހައިރާން ކަމެއް ލިބުނެވެ. އެއީ ލީޒާ ބައްޕަ ބުނި އެއްޗަކުންނެވެ. “ބައްޕަމީ ހަމަ ބައްޕަ. މީ ލީޒް އައް ހުރި ނުރައްކަލެއް ނޫން… ލީޒް ރައްޓެއްސެއް ނުވަތަ އެހެން މީހެއް ކަމެގައި ވިނަމަވެސް ބައްޕަ ގާތު ބުނާތި. ބިރުން ނުހުންނާތި. އަދި ލަދުން ވެސް ނުހުންނާތި” އެހެން ބުނުމައް ފަހު ޒައިދު ދިޔައީއެވެ. ނަމަވެސް ބައްޕަ ބުނި އެއްބަސް ވެސް ލީޒާ ގަބޫލެއް ނުކުރެއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ލީޒާ މައިޝަން ގެއައް އެކޮއް ބަދަލުވިއެވެ. އެއީ ލީޒާގެ ސަލާމަތަށެވެ.
ލީޒާ އާއި މައިޝަންގެ ގުޅުން އިތުރުވަމުން ދިޔައެވެ. އަދި ހަމައެއާއި އެކު ދެމީހުންގެ ދެމެދު އެފެދޭ ކުދި ކުދި ޒުވާބުވެސް ގިނައެވެ. އެކާ މާއިޝް ހުންނަން ޖެހެނީ ބޯހަލާކުވރފައެވެ. އެކަކައްވެސް އެމީހުންނައް ފާރަ ލަމުން މީހަކު އުޅޭ ކަމެއް ނޭންގެއެވެ.
ދުވަހުގެ ރޭގަންޑެވެ. އެންމެން ވެސް ނިދަން ކޮޓަރިއަށް ވަދުނު ގަޑިއެވެ. ދޮރު ހުޅުވާއަޑު އެންމެންނަށް ވެސް އެންގެއެވެެ. މައިޝަން ހީކުރީ ބައްޕަ ބޭރަށް ނިކުޏް އަޑު ކަމަށެވެ. ލީޒާ ހީކުރީ މައިޝާން އަދި މާއިޝް ނިކުޏް އަޑު ކަމަށެވެ. މާއިޝް ހީކުރީ ލީޒާ އަދި މައިޝާން ނިކުޏް އަޑުކަމަށެވެ. އެންމެން ވެސް ތިބީ ޝައްކުގެ މަތީގައެވެ. ނަމަވެސް ކަން ހިންގީ އެއްވެސް މީހެއް ހީކުރި ގޮތަކަށެއް ނޫނެވެ. ގޭތެރެއަށް ވަދެގެން އައީ މޫނު ފޮރުވާފައި ހޫޑީއެއް ލައިގެން ހުރި ފިރިހެނެކެވެ. އޭނަގެ މިސްރާބު ހުރީ ލީޒާގެ ކޮޓްރިއާ ދިމާއަށެވެ.
ލީޒާއައް މީހެއްގެ އަޑު އިވުނެވެ. ނަމަވެސް އެއީ ހީވާ ހީވުމެކޭ ހިތައް އަރުވައި ލައިގެން އޮތީއެވެ. ހާސްވާގޮތް ވުމުން ލޯހުޅުވާލި ވަގުތު ކުރިމަތީހުރި ނުލަ ބިންޏެއް އައިއްސަ ހުރި މީހާ ފެނުމުން އޭނާގެ މޭގަންޑު އަންގަށް ނައީ ކިރިޔާއެވެ. އެއީ ލީޒާ ބައްޕަ ޒައިދް ފެނުމުންނެވެ. ލީޒާ އަކަށް އިތުރު ކަމެއް ނުކުރެވުނެވެ. މުޅިތަން އަންދިރިވީއެވެ.
ޖެހިގެން އައި ދުވަހުގެ ހެންދުނެވެ. މައިޝާން އަދި މާއިޝް ކުރެ އެކަކުވެސް ލީޒާ ކޮބާތޯއެއް ނުބަލައެވެ. އެއީ އަބަދުވެސް ލީޒާ ވަގުތައް ތައްޔާރުވެގެން އަމިއްލަ އަށް ނިކުންނިކުންނާތީއެވެ.
2 މީހުން ވެސް ސިހުނީ ހީވެސް ނުކުރާ ވަގުތަކު މީހަކު ގެއަށް ވަންނަ އަޑު އިވުމުންނެވެ. އެއައަވުރެ ހައިރާންކަން ބޮޑުވީ ލީޒާ ހުރި ހާލު ފެނުމުންނެވެ. މޫނުމަތިން އެކި ތަންކޮޅު ކޮޅު ހަލާކު ވެފައި ހުރުމުންނެވެ. އަދި ނުހައްގުގެ ގޮތުން އަތްލާފައި ހުރިކަން ވެސް އިގެން ހުއްޓެވެ.
ލީޒާ ރޮމުން އައިސް މައިޝާން ގައިގައި އޮޅުލައި ގަތެވެ. އަދި ކުއްލިއަކަށް މައިޝާން ކޮއްޕާލިއެވެ. ހީވަނީ ބޮޑު ބިރެއް ފެނިގެން އުޅޭ ހެންނެވެ. ދުވެފައި ހަޅޭލަވަމުން ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. މާއިޝް އަދި މައިޝާން ތިބީ ހުއްޓުން އަރާފައި ހުރި ބުދެއްހެން ކޮޓްރި ދޮރާ ދިމާއަށް ބަލަހައްޓައިގެންނެވެ. ދެ މީހުންނައް ވެސް ހަމަ ބުއްދިއައް އައާ އެއްފަހަރާއެވެ. އެއީ ކޮޓްރިއިން އިވުނު އަޑާއި ހެދިއެވެ. ލީޒާއަށް ގޮވާ ގޮވާ ނުހުޅުވުމުން ކޮޓަރީގެ ޑަބަލް ތަޅުދަންޑި ހިފަގެން މާއިޝް އައިސް ހުޅުވިއެވެ. އޭރު ލީޒާ ހޖރީ ފަންކަހާގައި ފޮތިގަންޑެއް އެޅުމަށް ފަހު ދަންޖެހެން ށެވެ .
(ނުނިމެ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


Omgggg!!!leeza eulhenee ?dhanjehentha vvv salhi mi part vx avahah next part up kohlaa
Stay safe????
Yes. Veehaa ves avahaka nerevey tho balaanan?
Sorry igey name jahan forgot v