Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކައެހެނިހެންލޯބި

އެލީގެ ހަޔާތުން ސަފުހާއެއް

MISWA :] Level 1
April 25, 2022 2 Mins Read
0 Comments

މޮޔައިން ތެންމާ ޒާތުގެކަނި ވާރޭ ކޮޅެއް މާ ހެނދުނަކާއި ވެހުނެވެ.އެކަމަކު މިހާރު

ދުނިޔެ ތެރެއަށް ކެނޑިގެންދާން މިއުޅެނީ، ހިތަށް ފިނިކަން ލިބިގެންދާ ،ހިޔާލުތައް

ފަނާކޮށް ލާނެ، ސާފު ރީތި ހެނދުނެކެވެ. ފަންކާގެ ވަޔަށް ނަށަމުން ދިޔަ ފަން

އިސްތަށިގަނޑާއި ކުޅެލަ ކުޅެލާ އިން އެލީގެ ނަޒަރުވަނީ އޭނާގެ ފޯނުގައި ހުރި ފޮޓޯ

ގަނޑަށެވެ. އެ ފޮޓޯ ގަނޑުގައި އެވަނީ އޭނާއަށް ވަރަށް ޙާއްޞަ މީހެކެވެ. އާއެކެވެ. އެއީ

އޭނާގެ ލޯބިވެރިޔާގެ ފޮޓޯއެކެވެ. އޭނާގެ ހިތުގެ ރަސްކަން ކުރަމުން އަންނަ އިޝާނެވެ

.

އެލީގެ ހިޔާލުތައް ކުރަމުން ދިޔައީ މިވީ އެއްމަހެއްހާ ދުވަހު އިޝާނާއެކީ ހޭދަވި

އުފާވެރި ވަގުތުތަކެވެ. އޭނާ އެންމެ ހަނދާން ހުންނަނީ އިޝާން އޭނާއަށް ލޯބި ހުށައެޅި

ވަގުތެވެ. އޭނާވެސް، އެހާ ބޭނުންވެފައި ހުއްޓާ ކޮލެޖުގެ ހުރިހާ ކިލާސް ކުދިން ކުރިމަތީ

އަނގަ ބަހުން އިޝާން ހުށައެޅި ހުށައެޅުމެވެ. އެންމެން ކުރިމަތީ އެހުމުން ލަދުން ހުއްޓެއް

ކަމަކު އެލީ އާބަސް ބުންޏެވެ.އެރޭ އިޝާން ދިން ފިނިފެންމާ އަދިވެސް އެލީގެ ކޮޓަރީގައި

އޮތް ފޮތެއްގެ ތެރޭގައި އެބައޮތެވެ. މިވީ ކުޑަ ދުވަސްކޮޅުތެރޭގައި އިޝާންގެ ފަރާތުން

އޯގާތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. ހިތާމައެއް ކުރިމަތިވާ ވަގުތު ހިތްވަރު ދެއެވެ.

ބަލިވެއްޖެނަމަ އާއިލާއަށް ވުރެ ބޮޑަށް އިޝާންގެ އޯގާތެރިކަން ލިބުނެވެ. މާތް الله ގެ

އިރދަފުޅުންއެލީއަށްލިބިފައިއެވަނީ އަގުބޮޑުޖަވާހިރެކެވެ.އިޝާނަކީ މީހުންގެއިޙްތިރާމާއި ލޯބިލިބިފައިވާ

މިނިވަން ނޫސްވެރިއެކެވ.ެ.

 

އެލީގެ ހަޔާތުން އަނެއްކާވެސް އާ ދުވަހަކަށް އިރު އަރައިފިއެވެ. އިޝާން ވަޒީފާ އަށް

ގޮސް ހުރުމުން އޭނާއަށް ގުޅޭ ގޮތެއް ނުވިއެވެ. އެލީ ކަންބޮޑުވަނީ މިހާރު ދިވެހިރާއްޖޭގައި

ފެތުރެމުންދާ ކޮރޯނާ ވައިރަސް އިޝާނަށް ޖެހިދާނެތީއެވެ. މި ވައިރަސް ޖެހިއްޖެ މީހެއްގެ

ކާރިޔަށްވެސް ދެވެނީ ކީނޫނެވެ. ވީމާ އިޝާނަށް މި ބަލީގެ ޝިކާރައަކަށް ވެއްޖެނަމަ އެލީ

އަކަށް އިޝާން ކާރިޔަކަށް ނުދެވޭނެއެވ.ެ

 

މި ވިސްނުމުގައި އިންދާ ޓީވީން ފެނިގެން ދިޔައީ އިޝާން ވަޒީފާ އަދާ ކުރާ ތަނުން

ނޫސްވެރިއަކު ކޮވިޑަށް ފައްސިވި ކަމަށެވެ. އެލީ ކުރިއަށް ވުރެ ބޮޑަށް ކަންބޮޑުވިއެވެ.

އިޝާނަށް ގުޅަން މަސައްކަތްކުރި ނަމަވެސް އިޝާން ފޯނެއް ނުނަގައެވެ. ގުޅާތާ ތިން ގަޑިއިރު

ވީފަހުން އިޝާންގެ ޚަބަރެއް ވިއެވެ. ހާސްކަމެއްގެ މަތީ ހުރި އިޝާން އެލީގާތުގައި އޭނާ ވެސްކޮވިޑަށް

ފައްސިވިކަމަށް ބުންޏެވ.ެ

 

މި ޚަބަރު އެލީގެ ކަންފަތަށް އިވުމުން ހިތަށް ވެގެން ދިޔަ ތަދު ތަސައްވަރުކުރަން ވެސް އުނދަގޫ ވިއެވެ.

އިޝާން މިވަގުތު އެހުންނެވީ އެޗް، ީޕއޭ ގެ އެދުމުގެ މަތިން ހެލްތްފެސިލިޓީގައިީފަރުވާ ހޯދުމަށެވެ. މެންދުރުނަމާ ދަށް

ބަންގި ގޮވުމުން ވުޟޫ ކޮށްގެން ނަމާދުކުރުމަށްއެލީ ކޮޓަރިއަށްީވަނެވެ.ނަމާދުކޮށް ނިމިގެން އިޝާން ރަނގަޅުވުމަށްއެދި
ދުޢާ ކުރިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ހަތަރު ހަފްތާ ނިމިގެން ހިނގައްޖެ އެވެ. މާތް اللهގެއިރާ ދަފުޅުން މިއަދަކީ

އިޝާން ކޮވިޑުން ރަނގަޅު ވުމަށްފަހު، ގެއަށް އަންނަ ދުވަހެވެ.އިޝާނަކީއެލީގެ ނަސީބެވެ. މި ދެ ލޯބިވެރިންގެ

ވެސް ދުޢާ އަކީ އުމުރަށް އެކުގައިވުމެވެ. ދެންއޮތީ ދެމީހުންގެ ހިތްވަރެވެ.

ނިމުނީ……..

………………………………………………………………………………………………………………………………….

 

Share Article

Follow Me Written By

MISWA :]

Level 1

Other Articles

Previous

ސޯލްމޭޓްސް – ޓްރެއިލާ

Next

ދައްތަ

Next
April 27, 2022

ދައްތަ

Previews
April 25, 2022

ސޯލްމޭޓްސް – ޓްރެއިލާ



All Right Reserved!