ހަބީބާ ކައިރީގައި ބުނެގެން އަނބު ބިންނަ ދަނޑި ހިފައިގެން އައިސް ރީޝާ އަނބު ގަސް ދޮށުގައި ހުއްޓިލިއެވެ. ހުތް އަނބުން ގަހުގެ ގޮފިތައް ބަރާ ވެފައި ވާތަން ފެނި ރީޝާގެ ކުޅު ދިޔާ ވިއެވެ. ލަހެއް ފަހެއް ކުރުމެއް ނެތި އެންމެ ބޮޑެތި އަނބު ހުރި ކޯޅީގައި ދަނޑި ޖައްސާ އަނބުރާލިއެވެ. އެއާއެކު ބިންމައްޗަށް ވެއްޓުނު އަނބު ކޯޅި ނަގަން އޭނާ ދުއްވައިގަތެވެ. އަނބު ކޯޅި ނެގުމަށް ގުދު ކޮށްލި ބުރަކަށި ތެދު ކޮށްލިއިރު ކުރިމަތީގައި ހުރި ކޮޓަރީގެ ޖާލިން އެހެންޏާ އެގެއިން ނުފެންނަ ދެ މީހަކު ފެންނަން ހުރުމުން އެދިމާއަށް އޭނާ ދިޔައެވެ. މަޑުމަޑުން ގޮސް ޖާލީގައި މޫނު ޖައްސައި ބަލައިލިއިރު ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވި އެވެ. ކޮޓަރި ތެރޭގައި އެހުރި ފިރެހެނަކީ އޭނާގެ ދެލޯ އެ ސޫރައެއް ދެކުމަށް އެދި ބޭޤަރާރު ވަމުން ދިޔަ ސޫރައެވެ. ރިޔާޝް ފެނުމުން ތުންފަތަށް ވެރިވި ހިނިތުން ވުން ހަމަ އެވަގުތުގައި ފިލައިގެން ދިޔައީ އޭނާގެ އަތުތެރޭގައިވާ އަންހެން ކުއްޖާ ފެނުމުން ނެވެ. އެވަގުތު ހީވީ ރީޝާގެ ހިތުގައި މީހަކު ވިކައިގަތް ހެންނެވެ. ހަމަ އެ ބާރު މިނުގައި އޭނާގެ ހިތަށް މީހަކު ދެފައިން އަރާ ޗިސް ޗިސް ކޮއްލި ހެންނެވެ. ހޯސް ލައިފައި އޭނާގެ ލޮލުން ކަރުނަ ފައިބަން ފެށި އިރު އެގެއިން ނުކުތުމަށް އޭނާއަށް ދުއްވައިގަނެވުނެވެ. މަގު ގެއްލިފައި ހުރި މީހެއް ހެން ދުވަމުން ދުވަމުން އޭނާ އަށް ގޮނޑުދޮށަށް ނުކުމެވުނެވެ.
ކަރުދާސް ތަކުގެ ވާހަކަ ބުނުމުން ލިޔާ އަށް ވީ ގޮތް ފެނި ކޮންމެވެސް ކަމެއް ގޯސް ވެއްޖެ ކަމުގެ ރަތް ސިގުނަލް ރިޔާޝްގެ ސިކުނޑި ދިނެވެ. ލިޔާގެ ދެލޯ ހުއްޓިފައިވާ އަލަމާރި އާއި ދިމާއަށް ރިޔާޝް ހިނގައިގަތެވެ. އެއާއި އެކު ލިޔާ އޭނާ ހުއްޓުވާ ލޯބީގެ ގޯނާ އެއް ރިޔާޝް އަށް ކޮށްލެވޭ ތޯ ބެލިއެވެ. ނަމަވެސް ލިޔާ އަށް ވުރެ އެތަށް ގުނައެއް ބާރުގަދަ ރިޔާޝް، ލިޔާ ކޮއްޕައި ދުރަށް ލިއެވެ. ހަރު ފިޔަވަޅު ތަކެއްގައި ގޮސް އަލަމާރީގެ ދޮރުފަތް އޭނާ ހުޅުވާލިއެވެ. ވަތް ގަނޑުތައް ހާވަމުން ގޮސް އެންމެ ފަހު ވައްގަނޑުގެ ދޮރު ހުޅުވާލުމާއި އެކު ރިޔާޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރި ވިއެވެ. އެ ވަތްގަނޑުގައި ހުރި ކަރުދާސް ތައް ނެގުމާއި އެކު ލިޔާ އައިސް ރިޔާޝްގެ އަތުން އެ ކަރުދާސްތައް ޖަހައިގަނެ ބިންމައްޗަށް އުކާލިއެވެ. ވަގުތު އައިސް ޖެހިއްޖެކަން އެނގުމުން ރިޔާޝް ލިޔާ އާއި ދިމާއަށް ހިނގައިގަތެވެ. ގަމީހުގެ ގޮށް ތައް މަޑު މަޑުން ނައްޓަމުންނެވެ. ރިޔާޝް އޭނާ އާއި ދިމާއަށް އަންނަމުން ދިޔަ ގޮތް ފެނި ލިޔާ އަށް ދުނިޔެ މަޑު ޖެހިލި ކަހަލަ އެވެ. އެ ވަގުތަށް އޭނާ އިންތިޒާރު ކުރާ ތާ ދެ އަހަރު ވީ އެވެ. ރިޔާޝްގެ ރުހުމުގައި އޭނާއަށް ރިޔާޝްގެ ހަށިގަނޑު މިލްކު ކުރެވޭނެ ކަމުގެ ފޮނި އުންމީދުގައި އޭނާ ވެސް މަސްތީ ގޮތަކަށް ރިޔާޝް އާއި ދިމާއަށް ހިނގައިގަތެވެ. ލިޔާ އަށް ނޭނގުނު ކަމަކީ ރިޔާޝްގެ ހަށިގަނޑު އޭނާ އަށް މިލްކު ކުރެވޭނެ ކަމުގައި ވިޔަސް ރިޔާޝްގެ ހިތް ރީޝާ ނޫން އެހެން ފަރާތަކަށް މިލްކު ކުރެވިފައި ނުވާ ކަމެވެ. ލިޔާ އޭނާ އާއި ކައިރިވުމުން ރިޔާޝް ލިޔާ ގެނެސް އޭނާގެ އަތުތެރެއަށް ލިއެވެ. ލިޔާގެ ދެލޯ މެރިގެން ދިއުމާއި އެކު ޖީބުން ރުމާކޮޅެއް އޭނާ ނެގިއެވެ. މަޑުމަޑުން އެ ރުމާކޮޅު ގެންގޮސް ލިޔާގެ ނޭފަތުގައި ޖައްސާ ރުމާލާއި އެކު ލިޔާގެ ނޭފަތް މަތީގައި އަތް އެޅި އެވެ. ދިހަ ވަރަކަށް ސިކުންތު ވަންދެން ތެޅި ތެޅިފައި ލިޔާގެ ހޭ ނެތުނެވެ. އަވަސް އަވަހަށް ރިޔާޝް،ލިޔާ ނަގައި އެނދުމަތީގައި ބޭއްވި އެވެ.
*************
ނަޔާ އަށް ދޭނޭ ޖަވާބަކާއި މެދު ވިސްނަން ރީޝާ އަށް ޖެހުނެވެ. އޭނާގެ ހިތުގެ ޙާލު އެހެން މީހަކަށް ބަޔާން ކުރެވޭ ވަރަށް ވުރެ އޭނާގެ ޙާލު ދެރައެވެ. އެންމެންގެ ކުރިމަތީގައި އޭނާ އާއި ރިޔާޝް އަކީ ދެ ލޯބިވެރިން ކަމުގައި ހެދިގެން އުޅުނަސް އޭނާގެ ހިތުގައި ދަނީ ރިޔާޝް އަށްޓަކައި ޙަޤީޤީ އިޙްސާސް ތަކެއް އުފެދި އާލާ ވަމުންނެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އޭނާ އަށް ވަނީ ރިޔާޝް ދެކެ އިންތިހާއަށް ލޯބި ވެވިފައެވެ. ރިޔާޝް އޭނާ ނޫން އެހެން މީހެއް ދެކެ ލޯބި ވެދާނެ ކަމުގެ ބިރެއް ވެސް ނެތިއެވެ. ރިޔާޝްގެ ޙަޤީޤީ ލޯބި ވެރިއެއް ހުރެދާނެ ކަމުގެ އިޝާރާތެއް ވެސް އޭނާ އަކަށް ނުލިބެއެވެ. ވީއިރު ދެން ރިޔާޝް ހޯދުމަށް އުންމީދުކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެ ދެމީހުންގެ ގުޅުމަކީ ޙަޤީޤީ ގުޅުމަކަށް ނުވާއިރު ޙަޤީޤީ އިޙުސާސް ތަކެއްގެ ސަބަބުން ކަރުނަ އެޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟. “އާންޓީ ގާތު ނުބުނެވޭ ވަރުގެ ވާހަކައެއް ވިއްޔާ އަހޫ ގާތު ބުނެބަ އެޓްލީސްޓް…” އަމިއްލަ ކޮއްކޮއެއް ފަދައިން ލޯބިވާ ރީޝާގެ ބޮލުގައި ފިރުމާލުމަށްފަހު ނަޔާ ބުނެލި އެވެ. ރީޝާ އެއްޗެކޭ ނުބުނެ އިނުމުން ނަޔާ ގޮސް ބޭރުގައި ހުރި އަހުޝަމް އަށް ވަނުމަށް އިޝާރާތް ކޮށް ހާސް ވެފައި އިން ރިއާޝް ކައިރީގައި އިށީނެވެ. “ރީއްކޮ ބުނެބަ އަހޫ ކައިރީ ވީގޮތެއް؟” އަހުޝަމް އައިސް އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ދަތްދޮޅީގައި ހިފައި އުފުލާލާފައި އޯގާތެރި ކަމާއި އެކު ބުނެލިއެވެ. “އިޓްސް އަ ސިލީ މެޓާރ އަހުއްޓީ…” ހިތާމަތައް އެއްފަރާތް ކޮއްލުމަށްފަހު އަބަދުވެސް އޭނާ ގެންގުޅޭ ސަމާސާ ރާގުގަނޑުގައި ރީޝާ ބުނެލި އެވެ. ކުއްލިއަކަށް އިނދެފައި ރީޝާ އެހެން ވާހަކަ ދެއްކުމުން ޙައިރާންވީ ނަމަވެސް އަހުޝަމް ވެސް ހަމަ އެރާގުގައި ބުނެލި އެވެ. “އެހެންތަ؟ ޔަގީނޭ ބޮލުން އިސްތަށި ކޮޅެއް ފައިބައިގެން ކަން ތިހާ ވަރެއް ތި އެރުވީ ދޯ؟…” ރީޝާގެ ބޮލުގައި ޖަހާލަމުން އަހުޝަމް އެހެން ބުނުމާއި އެކު ރީޝާ ތުން އަނބުރާލިއެވެ. “ފޭބީކީވެސް ނޫން… ބުރިވީ… ކަލޯ ކަންތަކޭ މީ…..” އަހުޝަމްގެ ފަލަމަސްގަނޑުގައި ޖަހާލަމުން ރީޝާ ތުން އަނބުރާލިއެވެ. “ހަހަހަ ރީޓައްޕު ސީރިއަސްކޮށް ހަމަ އެހެންވެތަ ތި ރޮނީ؟…” އަސްލު މައްސަލަ ނޭންގުމުން އަދިވެސް އަހުޝަމް ބެލީ އިތުރަށް އޮޅުންފިލުވޭތޯ އެވެ. “ހަހަހަ.. މަ މޮޅު ދޯ ޕްރޭންކް ކުރަން.. ހަމަ ކަލޭމެން އެންމެން ޕްރޭންކް ކޮއްލީ އޭ މި.. މޮޅު ދޯ މަ؟…” ނިކަން ފޮނި ވެލާފައި އެއް ބުމަ ހިއްލާލަމުން ރީޝާ ފޮނި ކަނޑާލިއެވެ. ހިތާމަތައް ފޮރުވަން އޭނާ އެހާ ވެސް ކުޅަދާނައެވެ. ރީޝާ އެހެން ބުނުމުން އަހުޝަމް ގާތަށް ފާޑެއްގެ ރުޅިއެއް އައެވެ. މިހާ ވަރަށް އެމީހުން ތެޅުވީތީ ރީޝާ އަށް ރަނގަޅު ލަނޑެއް ދޭނެ ވާހަކަ އަހުޝަމް ބުންޏެވެ.
ރިޔާޝް އަނެއްކާ ވެސް ފައިލުގައި ހުރި ގަނޑުތައް ނަގައި ބަލަން ފެށިއެވެ. މިހާރު އޭނާ ފަސް ފަހަރަށް އެ ކަރުދާސް ތައް އެއްފުށުން އަނެއްފުށަށް ޖަހައިފައެވެ. ނަމަވެސް އެ ހޯދާ އެއްޗެއް އަދި ވެސް ނުފެންނަނީ ތާއެވެ. އެންމެފަހުން ވަރުބަލިވެގެން އޭނާ އެ މަސައްކަތް ހުއްޓާލިއެވެ. ސިކުނޑި އަށް ލުޔެއް ދިނުމުގެ ގޮތުން ރީޝާ ކޮބައި ތޯ ބަލަން ނަޔާ އަށް އޭނާ ގުޅިއެވެ. “ކޮބައި ރީޝް ފެނިއްޖެ؟….”ހާސް ކަމާއި ކަންބޮޑުވުން އެކުލެވޭ އަޑަކުން ރިޔާޝް ނަޔާ ކުރެން އެއްސެވެ.” އައްދޭ… މީނަ ހީވަނީ އަމިއްލަ އަނބި ގޮއްޔެ ގެއްލިގެން އުޅޭހެން… އިނގޭތަ މި ރިސާ އަހަރުން ޕްރޭންކް ކުރަން ވެގެން ބޮލީވުޑްގެ ރޯލެއް ކުޅެލީނު… އަހަރުމެން މި ގޮލާ ހޯދަނިކޮށް ފެނުނީ ބަނދަރުގައި ރޯން އިންދާ… މީހާ ދެލޯ ހުރީ ރަތް ވެފައި… ކަލޯ ދެން އަހަރެމެން ހާސް ވާނެ ވަރު ވިސްނާ… އެހާ ވަރަށް އަހަރުމެން ތަޅުވާފައޭ ބުނީ ޕްރޭންކެކޭ… ” ނަޔާ ވެސް ރީޝާގެ ބަހަށް ހެއްލި މަޖާ ވެލާފައި އެވާހަކަ ރިޔާޝް އަށް ކިޔައިދިނެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވުނު ކަމުގައި ވިޔަސް އެތެރެ އެތެރޭން ރިޔާޝް އަށް ދިޔައީ ނުބައި ހީއެއް ކުރެވެމުންނެވެ.
ބޮޑު ތައްޓެއްގައި ރިހުލާ މަޖާ މޮޑެމުން ދިޔައިރު ނަޔާ، ރިއާޝް، އަހުޝަމް، ރީޝާ އަދި ޒާނާ ކުޅު ދިޔާ ވެފައި ބަލަން ތިއްބެވެ. އަހުޝަމްގެ އަނގައިން ވެއްޓެން ގާތް ވެފައި އިން ސޮނި ފޮދު ރިއާޝް ޓިޝޫ ކޮޅަކުން ފޮހެލިއެވެ. “ކަލޭނޭ މިސޮރަށް ސޮނި ރުމާ ކޮޅެއް ހޯދަން ވެއްޖެ އެއްނު ދޯ؟…” އެފަދަ ކަމެއް ވުމުން އަހުޝަމް އަށް ޖެއްސުން ކޮށްނުލާ އިނުން ރީޝާ އަށް ވީ ދަތި ކަމަކަށެވެ. “މަންޖެގެ ތިއޮއް ބޮޑު ލޯޕައްޓާ އޮއްވާ ކީއްކުރާ ސޮނި ރުމަލެއް؟..” ރީޝާ އަށް ރައްދު ނުދީ ވަކި އަހުޝަމަށް އިނދެވޭނެ ހެއްޔެވެ؟ “ޕިސް ޗީޑި… މަގޭ ދޯޕައްޓާއިން ތަކުރުފާނު އަނގައިން ފައިބާ ސޮނި ކީއްކުރަން؟ ދާ ކޮޅެއް ވެސް ފޮހެލިޔަ ނުދޭނަން…” އެއް ކޮނޑުގައި އަޅާފައި އޮތް ދޯޕައްޓާ ގެނެސް އަތުތެރެއަށްލައި ބޮނޑިކޮށްލަމުން ރީޝާ ބުންޏެވެ. “ޔާޝް ދޮންބެ ނޫން މީހެއްގެ ސޮންޏެއް މަރިޔަނބުގެ ދޯޕައްޓާއަކުން ނުފޮހޭނެ ވިއްޔާ…” މިފަހަރު ޒުވާބުގައި ބައިވެރި ނުވެ އިނުން ރިއާޝް އަށް ވެސް ވީ ފޫހި ކަމަކަށެވެ. “ކާކު މަގޭ މަސް ކަނީ؟…..” ގޭގެ މައި ދޮރޯށިން ވަދެގެން އައި ރިޔާޝް އާއި ދިމާއަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. ތިން އަހަރަށް ފަހު ރިޔާޝް ފެނުމުން ރީޝާގެ އަތް ފައި ގަނޑުވާން ފެށިއެވެ. ނަމަވެސް ރިޔާޝް ފެނުމުން ގޮތް ތަކެއް ވާން އޭނާ އެއީ ކާކު ހެއްޔެވެ؟ ރިޔާޝް އާއި ވާހަކަ ދައްކާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ މިހާ ގިނަދުވަސް ކޮށްފައި ފެނުމުން ރިޔާޝް އޭނާގެ މަތިން ހަނދާން ނުނެތޭނެ ހެއްޔެވެ؟ މިކަހަލަ ސުވާލު ތަކެއްގެ ތެރޭގައި ބޯ ގާނަމުން ދިޔަ ރީޝާ ސިހުނީ އޭނާ އާއި ޖެހިގެން އިން ޖޯލީގައި ރިޔާޝް އައިސް އިށީނުމުންނެވެ. ރިޔާޝްގެ ގައިން ދުވި މީރު ވަހުން މީގެ ތިން އަހަރު ކުރީގެ ހަނދާންތައް އާލާވާން ފެށިއެވެ. “ހޮއެ ހޮއޭ… ބަލާލަ ޔާޝް ދޮންބެ އަދި އައީމަ ވެސް މި މަރިޔަނބު އިންނަނީ އޭ އިސްދަށަށް ޖަހައިގެން ބޮކަރު ހެދިފައި… މަންޖޭ ތީނީ ޔާޝް ދޮންބެ އޭ… ނިކަން ހީލާފަ ވާހަކަ ދައްކާލަބަލަ….” އެތައް ދުވަހަކަށް ފަހު ރިޔާޝް އަދި ރީޝާގެ ލޯބީގެ ކުޅިގަނޑު ފެށޭތީ އަހުޝަމަށް ހުރީ އާދަޔާ ޚިލާފު ފޯރިއެއް އަރާފައެވެ. ރިއާޝް އާއި ދެމީހުން ހަދަހަދައިގެން ލަވަ ކިޔަން ފެށިއިރު ނަޔާ، ޒާނާ އަދި ރިހުލާ ވެސް ދޭތެރެ އަކުން ހޮއެ ހޮއޭ ލައްވާލައެވެ.
ކަޅި ޖަހާލަންވެސް ނޭނގިފައި ރިޔާޝް އަށް ރީޝާ އާއި ދިމާއަށް ބަލަން އިނދެވުނެވެ. އެ ބެލުމުގައި އެއްވެސް މާނައެއް ނުވާކަން ހިތަށް އަރާ ކޮންމެ ފަހަރަކު ރީޝާގެ ހިތް ފުނޑު ފުނޑު ވެއެވެ. “ހާއި…. ޔާޝް ދޮންބޭ.. ” ހިތުގެ ހާލަށް އިޖާބަ ދިނުމެއް ނެތި އެކުވެރި ގޮތަކަށް ވާހަކަ ދެއްކޭތޯ ރީޝާ މަސައްކަތް ކުރި އެވެ. ރީޝާގެ އެ ދުރު ކަމުން އުނދަގޫ ވީ ނަމަވެސް ރިޔާޝް ވެސް އާދައިގެ ގޮތަކަށް “ހާއި” ކިޔާލި އެވެ. ރިޔާޝްގެ އެ ސަލާމުކަން ކުޑަ ކަމުން ރީޝާގެ ހިތަށް ދިޔައީ ތަދުވަމުންނެވެ. އެކުވެރިންގެ ދިމާކުރުން ތައް ރައްދުވާ ކޮންމެ ފަހަރަކު ކުރީގައި އެމީހުންނަށް ރައްދު ދިން ހެން މިއަދަކު ރިޔާޝްގެ ކުރިމަތީގައި ވާހަކަ ދައްކާކަށް ރީޝާ އަކަށް ނުކެރުނެވެ. “ރީޝް އެއޮއް އަނގަގަދަ މީހާ މިހާރު ހާދަ މަޑުންނޭ ތި އިންނަނީ؟….” ރީޝާގެ އެ ހަމަ ހިމޭންކަމުން ހިތަށް އުނދަގޫވެގެން އެންމެ ފަހުން ރިޔާޝް ބުންޏެވެ. ރިޔާޝް އެހެން ބުނުމުން ރީޝާ އަށް އިސް އުފުލާ ރިޔާޝް އާއި ދިމާއަށް ބަލައިލެވުނެވެ. އޭރު ރިޔާޝްގެ ނަޒަރު އޭނާއަށް ހުއްޓިފައި ވާއިރު އެއްޗެކޭ ބުނެ އިސްދަށަށް ޖަހާލާނެ ހިތްވަރެއް ވެސް ރީޝާ އަކަށް ނުލިބުނެވެ. އޭނާއަށް ކުރެވުނުހާވެސް ކަމަކީ މަޢުޞޫމު ގޮތަކަށް ރިޔާޝް އާއި ދިމާއަށް ބަލަހައްޓައިގެން އިނުމެވެ. “އައްދޭ ގިތިއަނބު ލަދުންނޯ އޭނީ ތިން އަހަރާ ތިން މަހާ އެއްދުވަސް ފަހުން ޔާޝް ދޮންބެ ފެނުނީމަ..” ރީޝާ އިން ގޮތް މަޖާވެގެން ރިއާޝް ބުންޏެވެ. ރިއާޝް އެހެން ބުނުމުން ދެމީހުންނަށްވެސް ހޭވެރިކަން ލިބި ފަރާތް ފަރާތަށް ބެލެން ފެށުނެވެ.
މަޖާ ކައި އަވަދި ވެގެން އެންމެން ވާރެއާއި ތެމުމަށް މަގުމައްޗަށް ނުކުތެވެ. ވެހެމުން ދިޔަ ބޯ ވާރެއާއި މަގުމަތީގައި ހެދިފައި ވާ ބޮޑެތި ޗަކަ ފެންގަނޑުތައް ފެނި ރީޝާ އާއި ނަޔާ އަދި އަހުޝަމް އަކަށް އެންމެ ސިކުންތަކަށް ވެސް މަޑުކޮށްލައިގެން ނުތިބެވުނެވެ. ދުވެފައި ގޮސް ޗަކަ ފެންގަނޑަށް ފުންމާލިއެވެ. ގޭގެ އެއްފަރާތެއްގައި ހުރި ބޮނބި ފޫނިން ބޮނބި ގަނޑެއް ހިފައިގެން ރިއާޝް ވެސް ގޮސް ޗަކަ ފެންގަނޑު ތެރޭ ކުޑަކުއްޖެއް ފަދައިން ބޮނބި ދޯނި ދުއްވަން ފެށިއެވެ. ރިހުލާ އާއި ޒާނާ ވެސް މަޖާ ކޭ ތަށިތައް ދޮވުމަށްފަހު އައިސް އެ ކުދިންނާ ބައިވެރި ވިއެވެ. އެ ހުރިހާ ކުދިން ވާރޭ ތެރޭގައި މަޖާ ނަގަމުން ދިޔައިރު ގޭގެ އަސްކަނި ދޮށުގައި މަޑުކޮށްލައިގެން އެ ކުދިންގެ ސަކަރާތް ބަލަން ރިޔާޝް ހުއްޓެވެ. އެހެން ހުރި ކަމުގައި ވިޔަސް އޭނާއަށް ހަމަ އެކަނި ފެންނަމުން ދިޔައީ ރީޝާއެވެ. ވާރޭ ތެރޭގައި ހުރެގެން ރީޝާ އެނބުރިލާ ގޮތުން އޭނާގެ ހަށިގަނޑުގެ ލޫޅާފަތި ކަން ހާމަ ވެއެވެ. ގަތާލާފައިވާ ދިގު އިސްތަށިގަނޑު ހޫރޭ އިރު ބަލާ މީހަކު ދީވާނާ ނުވެއްޖެއްޔާ ރަނގަޅެވެ. ރީޝާގެ މޫނުމަތީގައިވާ ފުޅާ ހިނިތުން ވުމުން މަންޒަރު އިތުރަށް ފުރިހަމަވެގެން ދެއެވެ. ރިޔާޝް އަށް ކަޅި ޖަހާވެސް ނުލައި ރީޝާ އާއި ދިމާއަށް ބަލަން ހުރެވުނު އިރު އޭނާ އެކޭ މަޖުނޫނެކޭ ތަފާތެއް ނެތެވެ.
އެއްލި ކަޅިއަކުން ރިޔާޝްގެ ކަތި ނަޒަރު އޭނާއަށް އަމާޒު ވެފައި ވާތަން ފެނި ރީޝާ ހުއްޓުން އެރި އެވެ. އަހުޝަމްގެ ގަޔަށް ޖަހަން ވެގެން އަތަށް ނެގި ޗަކަ ތަށް ފައިބައިގެން ދިޔައިރު ވެސް އޭނާ އަށް ނޭނގުނެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލު ވިއެވެ. މުޅީން އެހެން ދުނިޔެ އަކަށް ދެމީހުންގެ ވިސްނުން ދިޔައެވެ. އިތުރު ބަޔަކު އެތާ ތިބި ކަން ވެސް އެ ދެމީހުން ހަނދާން ނެތުނެވެ.
***********
ފެންގަނޑު ތެރޭގައި ދުވަމުން ދިޔަ ރީޝާ އަތުވޭތޯ ރިޔާޝް މަސައްކަތް ކުރަމުން ދިޔައެވެ. ފަހަތަށް އެނބުރި ރިޔާޝް އާއި ދިމާއަށް ފެން ޖަހާލުމަށް ފަހު ހެމުން ހެމުން ރީޝާ ކުރިއަށް ދިޔައެވެ. ވަރުބަލި ވެގެން ރިޔާޝް ދުވުން ހުއްޓާލިއެވެ. އެނާ އާއި ދެތިން ފޫޓު ދުރުގައި ރީޝާ ވެސް މާނޭވާ ލަމުން ހުއްޓިލިއެވެ. ދަނޑިވަޅު ބަލައި ރިޔާޝް ރީޝާ އާއި ދިމާއަށް ދުއްވައިގަތެވެ. އިސާހިތަކު ރީޝާ އޭނާގެ އަތުވިއެވެ. އެއާއި އެކު މާހައުލުގައި ގުގުމައިގަތީ އެ ދެމީހުންގެ ހުނުމުގެ އަޑެވެ. “މިއޮތީ އަތުވެފައެއްނު….” ރީޝާ ގެނެސް އޭނާގެ ދެއަތުގެ ތެރޭގައި ހައްޔަރު ކޮއްލަމުން ރިޔާޝް ބުންޏެވެ.
**********
“އެންމެން ހިނގާ ރީޗާ ވައްޓާލަންންން….. “ދުވެފައި އައިސް ރިޝާ ފެންގަނޑު ތެރެއަށް ވައްޓާލަމުން ރިއާޝް ހީގަތެވެ. އޭނާ ފެންގަނޑު ތެރެއަށް ވެއްޓުމުން ރީޝާ އަދި ރިޔާޝް އަށް ހަމަ ބިމަށް އާދެވުނެވެ. ހޭލާ ހުއްޓާ ހުވަފެން ފެނުމުން ފުރަތަމަ ރީޝާ އަށް ގަބޫލު ވެސް ނުކުރެވުނެވެ. ނަމަވެސް ދެން ރިޔާޝް އޭނާ އަށް ނުލިބޭނެކަން ހަނދާން ވުމުން އެނާގެ ހިތުގައި ރިއްސާލިއެވެ.
ހަފްތާއެއް ވިލިނގިލީގައި ހޭދަވެގެން ދިޔައިރު އެ ދުވަހުގެ ފަހުން ރިޔާޝް އަކަށް ރީޝާ އެއް ނުފެނެއެވެ. އެކި ގޮތް ގޮތުން ރީޝާ އާއި ދިމާވޭތޯ އޭނާ ބެލި ކަމުގައި ވިޔަސް ރީޝާގެ ހިލަމެއް ވެސް އޭނާ އަކަށް ނުވިއެވެ. ކޮންމެ ދުވަހަކު ތިން އިރު ހަތަރު އިރަށް އޭނާ ރީޝާ މެން ތިބޭ ގެއަށް ދެއެވެ. ނަމަވެސް އެގެއިން އެނާ އަށް މަރުހަބާ ކިޔަނީ ކޮންމެވެސް އެހެން މީހެކެވެ.
ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރީޝާގެ ހިތް ވަނީ ހުއްޓުމާއި ގާތް ވެފައެވެ. ރިޔާޝް އާއި އެއްފަސްގަނޑެއްގައި ހުރެ އޭނާ އެ އުޅެން ޖެހުނީ ރިޔާޝް އަށް ފިލައިގެންނެވެ. ރިޔާޝް ހުންނަ ތަނަކަށް ވެސް ނުގޮސް ވޭތޯ އެނާ ވަރަށް މަސައްކަތް ކުރިއެވެ. އެފަދަ ކޮންމެ ވަގުތަކު އޭނާގެ ހިތަށް ކެއްނުކުރެވޭ ވަރުގެ ވޭން ލިބެއެވެ. މިއީ ތަޤުދީރު އޭނާ އާއި ކުރާ ސަމާސާއެއް ހެއްޔެވެ؟ ނުވަތަ ލޯބީގެ ކޮންފަދަ ވޭނީ އިމްތިޙާނެއް ހެއްޔެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.




saabehyyyyyy.. salhi eyyyy.. ey ma buny aslahvx vrh vrh vrh reethi ingey.. klw ehaa dhigu cmnt eh kureveykah neiy.. ma golaa bali kamun hama huvaa mi buny.. miadhu scl ga indhefa vx geyah annan jehuny.. reyga e vrh dhas kuri business filvaalhuvx fenah.. 1 jahaa iru onna test ah nudheveythy.. huvaa mi buny.. hama kulliyakah hurefa viyya.. rulhi ai ingey ma kairiyah..
ey ma buny manje haadha hoey dw mihaaru 😉 ehnve ennu vaarey thereyga enburilaa gothun manjege loolhaafathi hashigandu feni yaash dhonbe majunoonu hedhifa hunnaany.. dhwww.. ahahaha lmaoo.. klw ey ma dhn bechy ey.. bye bye.. kendee nidhan..
lwbi vey hes kiyaaha
keep it up lwbs
rly proud of u inge <333
Wowww wowww????vvvvvvvvvvv rythi mi part vx?????aneh part vx avahah up kohdhehchey ingey sisooo????mihaaru kiyaa hithun hurevenyky vx noon❤❤❤❤
reply for @Nayaa
hoooonnn shukureyyy.. aan dhigu cmnt kuraan ekameh nethey manjey…
thigolaa balee ey???? burwwww kihineh veee???shafa ka allah
hahahaha ehnenney vaany maa rangalhah dhas kurangnaa…
ahdheyyyy aaan ma hotu vehjjeyoalaa????.. hahaha huvaa mibuny.. ma enburey iru majunoonu hedhen meehaku annaane nama ehnu..?? haadha ekani veri eyyy
hooooon dheybala dhaa thaakah..
lyssmmmmmm
myyssmmmmm
tysssmmmmm
freeedommmm
?????????????
Reply for @Ey Brw
woww woowww wowww
thank you darlinggg????????❣❣❣❣❣❣
mi part vx engey tha submit kohfeemey meege dhe dhhvas kurin.. ekm admin up koh dhin haa avahakah dhw up vaany.. keehkuraany.. insha allah saturday ah wait kohlaa engey??
hureveny kee nooney? fireheneh tha thy?
Mi reesh vx haadha naughty ey dhw…..indhevenyky nooney buninama bunaane meehaka nydhevunyhey???dhn Saturday ah mi inthizaaru kurany???