Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިހުސާސް………ޕާޓް 1

Jaishath Jamshydh Level 1
April 30, 2022 3 Mins Read
2 Comments

ޙިޔާލީ ދުނިޔެއަށް ގެއްލިފައި އިން އަޔާން ސިއްސުވައިލީ މައިޝާއެވެ. އޭނާގެ އަޑު އަޔާންގެ ކަންފަތުގައި ގެހުމުން އަޔާންގެ ތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ.
” ޔާން ހާދަ ލޯންލީކޮށް؟” މައިޝާ އައިސް އަޔާންގެ ގާތުގައި އިށީން ނަމުން ބުނެލިއެވެ.” ލޯންލީވާނެތަ މައި އުޅެންޔާ؟” އަޔާން މައިޝާއާ ދިމާލަށް މޫނު އަބުރާލަމުން، ފިރިހެން ވަންތަ ހިނިތުން ވުމެއް ހަދިޔާކޮއްލިއެވެ. އަޔާންގެ މި ހަރަކާތްތަކުގެ ސަބަބުން އަޔާންގެ މޫނަށް ގެއްލިފައިންކަމެއް މައިޝާއަށް ރޭކާނުލައެވެ.
އަޔާންގެ މަޑު އަޅި ކުލައިގެ ދެލޮލަކީ އަންހެން ކުދިންގެ ހިތްްތަށް ދަމައިގަންނަފަދަ ދެލޮލެވެ. އެހެނަސް މީ އަޔާން އަށް ގުދުރަތީ ގޮތުން ލިބިފައިވާ ކަޅިއެކެވެ.
“މައި؟” އަޔާން އަށް ގޮވާލެވުނެވެ. “އާ…ސޮރީ ފޯނުވެއްޓުނީ” މައިޝާގެ ހިތް ތެޅޭލެއް ބާރުކަމުން ބުނެވުނެ އެއްޗެއްވެސް ނޭގުނެވެ. “ތިއެއް ނޫނޭ ކާކާ އެއްކޮށް މިތާ މިގަޑީގަ؟” މައިޝާ އެއްފަށްޗަކަށް ސުވާލުކޮށް ލިއެވެ. ” އަލްޔަންއާ އެއްކޮށް މިއައީ، އެކަމް އޭނަގެ ގާލްފްރެންޑު ގުޅާތީވެ ބުނީ އެބަ އަންނަމޯ” އަޔާން ފުންނޭވައެއް ދޫކޮށްލަމުން ބުނެލިއެވެ.
“މިހާރު އިރުއޮއްސި މަޣްރިބަށް ބަންގި ގޮވަން އެއުޅެނީ، ޔާން ހިނގާ ގެއަށް އަލްޔަން އަށް ފަހުން ގެއަށްގޮސް ގުޅާލާނީ”.
މައިޝާ އަޔާންގެ އަތުގައި ހިފައި ތެދުކޮށްލިއެވެ. އަޔާންވެސް އިތުރުއެއްޗެކޭ ނުބުނެ ބެލީ ގެއަށް ދެވޭތޯއެވެ. އެވަގުތަކީ ގިނަ އުޅަނދުފަހަރު ދުއްވާ ގަޑިއެއް ކަމުން މައިޝާ އަޔާންގެ އަތުގައި ހިފިއެވެ. އޭރު ދެމީހުންގެ މިސްރާބު ހުރީ ރަށުގެ އުތުރަށެވެ.
ގެއާ ހަމައަށް އާދެވުނު އިރު ގޭގެ ޖޯލިފަތީގައި އިން އަޔާންގެ ބޮޑުދައިތަ ސަފީނާއަށް ހީވީގަޔަށް ހިނި އަރައިގެން އުޅޭހެންނެވެ. މައިޝާގެ އަނގަ ނުހުޅުވެނިސް ސަފީނާ އޭނާ ދުރަށް ކޮށްޕާލިއެވެ. “ކަލެއަށް އެންމެފަހަރަކު ބޭރަށްދާން ހުއްދަދިނީމަ، ފާޑުފާޑު އަންހެން ކުދިންނާއެކު ބެލީ ރަށުތެރެ ކުޑަކުރަންތަ؟؟” އޭރު އުނަގަނޑުގައި އަތްވިއްދާލައިގެން ހުރި ސަފީނާ މައިޝާއާ ދިމާލަށް ކަޅި އަޅާލިއެވެ.
އަޔާން ހުރީ އެއްޗަކޭ ނުބުނެ އިސްޖަހާލައިގެންނެވެ.” ހަމަ މިހާރު ކޮޓަރިއަށް ދޭ!!” ސަފީނާ އިތުރަށް ހަޅޭއްލަވައިގަތެވެ. ސަފީނާ އިތުރަށް ރުޅިއަރުވަން ބޭނުންނުވާތީ އަޔާން ގޭތެރެއަށް ވަނެވެ. ސަފީނާވެސް ގެއަށް ވަދެގެން އައީ މައިޝާގެ މޫނަމަޗަށް ދޮރު ލައްޕާފައެވެ.
“އަލްޔަން އާއެކޮށް ފުނުވި އިރު، އެސޮރު އެކަނި ބަަހައްޓާފަ ދޯ ތި ހުރިހާ ވައްތަރެއް ތިޖެއްސީ؟!!” ސަފީނާ ކުދިކިޔަމުން ގޮސް އަޔާން ކޮޓަރިއާ ދިމާލަށް ކޮއްޕާލިއެވެ. ދިޔަގޮތައްގޮސް އޭނާގެ ބޯ އެނދުގެ ކަނުގައި ނުޖެހުނީ ކިރިޔާއެވެ.
ނުރޮން ހުރެފައިވެސް އަޔާންގެ ލޮލުން މަޑު ދުވެލީގައި ކަރުނަތަށް ފައިބާން ފެށިއެވެ. ދެންކުރާނީވެސް ކީއްހެއްޔެއެވެ. އުމުރުން 19 އަހަރުގެ އަޔާންގެ ހުރިހަމަ އެކަނި އާއިލާއަކީ ސަފީނާއެވެ. އެނާގެ މައިންބަފައިން ވަނީ އަޔާންގެ އުމުރުން 9 އަހަރުގައި ކާރުއެކްސިޑެންޑެއްގައި ދުނިޔެ ދޫކޮއްފައެވެ. އެ އެކްސިޑެންޑުގައި ސަލާމަތްވީ ހަމައެކަނި އޭނާއެ، ނަމަވެސް އޭނާ ވަނީ ލޮލުން ފެނުމުން މަހުރޫމްވެފައެވެ.
“ފިރިހެން ކުދިންނެއް ނުރޯނެ” ސަފީނާ މަލާމާތުގެ ރާގައަށް ބުނެލަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ.
***
ޖެހި ބުދެއްހެން އަޔާންމެންގޭ ދޮރުމަތީހުރި މައިޝާ ހުރީ ރުޅިއައިސްގެން ގޮސް ރަތްވެފައެވެ. ސަފީނާދެކެ ކިތަންމެ ފޫހިވިޔަސް އޭނާގެ ކުރިމަތީގައި އަނގަ ހުޅުވާކަން ނުކެރެއެވެ. އެގެއަށް ފުރަގަސްދެމުން މައިޝާ މަގުމައްޗަށް ނިކުމެލިއެވެ.
“މައި ކީއްވެމިތާ އެކަނި؟” ގެއަށްވަންނަމުން އައި އަލްޔަން މައިޝާ ފެނެމުން މަޑުޖެހިލިއެވެ. “އަޔާން ގެއަށްލާފަނުން މިނިކުތީ…”މައިޝާ ފޫހިރާގައަކަށް ބުނެލިއެވެ. އޭނާ ހުރީ އަލްޔަން ދެކެ ހިތްހަމަނުޖެހިފައެވެ. އަޔާންއާ އެއްކޮށް ބޭރަށްގޮސްވެސް އޭނާ ބެލީ އޭނަ ރައްޓަހިންނާ އެކު ސަކަރާތް ޖެހުމަށެވެ. “ތެންކިޔޫ މައިޝާ…އަސްލުވީގޮތަކީ ޝަނާން ހުންއައިސްގެން ހޮސްޕިޓަލަށް ދާންޖެހުނީ” އަލްޔަން ފާޅުގައި ދޮގުހެދިއެވެ. އަޔާން އަަތިރިމަތީގައި އެކަނިމާ އެކަނި އިންއިރު އަލްޔަން ދިޔައީ ހޮސްޕިޓަލަކަށް ނޫނެ، އޭނާ ދިޔައީ އޭނާގެ އެދުންތައް ފުއްދަން ޝަނާން މެން ގެއަށެވެ. މިކަން ހަމަ ރަނގަޅަށް މައިޝާއަށް އިނގެއެވެ.
“އަހަރެން ދެންދަނީ” މައިޝާ ކުރުގޮތަކަށް ބުނެލަމުން އެ ގެއާ ދުރަށް ހިނގައިގަތެވެ. މައިޝާ ލޮލުކޮޅަށް ގެއްލެންދެން އަލްޔަން ހުރީ ގޭގެ ދޮރުކުރިމަތީގައި ބަލަހައްޓައިގެންނެވެ.
***
މައިޝާގެ ގެއަށް ވަންނަމުން އޭނާގެ ބައްޕައަށް ގޮވާލިއެވެ. އޭރު މައިޝާގެ ބައްޕަ ސައީދު ގޭގެ އޮޅިގަނދު މަތީގައި ހުއްޓިލައިގެން ހުއްޓެވެ.” ކިހިނެއްވީ ދަރިފުޅާ؟” މައިޝާގެ ފަރާތުން ކުޑަ ގިސްލުމެއްގެ އަޑުއިވުމުން ބޭއިޚްތިޔާރުގައި ސައީދަށް އެހުނެވެ. “ކީއްވެތަ އަޔާންއެކަނި ހުރިހާ ކަމަކާ ކުރިމަތިލާންޖެހެނީ؟” މައިޝާ ޝަކުވާކޮއްލިއެވެ. “އެއުޅޭ އިފުރީތަކާ ހެދިވެސް އޭނާއަށް ނޭވާއެއްނުލޭވެ، އެގޭ އުޅޭ އަލްޔަންވެސް ޕޮލިހަކަށްވެގެން ހުރެ ލަދެއްނުގަނޭތަ ލޯފަން ކުއްޖަކަށް އިހާނަތިކޮއް ކަންތަށް ކުރާކަށް؟” މައިޝާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
ރޮވުނީ ދެރަވެގެންނެއް ނޫނެ، ސަފީނާއާއި އޭނާގެ ދަރި އަލްޔަން ދެކެ އައި ރުޅީގެ ސަބަބުނެނެވެ. އޭނާގެ ގާތްއެކުވެރިޔާ އުޅޭނެގޮތުގެ ހާލަތާމެދު އޭނާއަށްވެސް ކެއްކުރެވޭނީ ވަކިވަރަކަށްށެވެ. ސައީދު އޭނާގެ ދަރިފުޅު ބޮލުގައި ލޯބިން ފިރުމާލިއެވެ.”ބައްޕައަށް ވެސް އިނގޭ ދަރިފުޅަށް ކުރާނެ އަސަރު ބައްޕަވެސް ވަރަށް ދެރަވޭ އަސޮރަށް އަޅާލާނެ މީހަކު އެގޭގަ ނޫޅޭތީ” ސައީދަށް ބުނެވުނެވެ. ދެމީހުންވެސް ތިބީ އަޔާންއާ ދޭތެރޭ އިންތިހާ އަށްކަން ބޮޑުވެފައެވެ.
**
މެންދަމު 1 ޖަހާފިއެވެ. އެނދުމަތީގައި އޮތް ޝަނާން އޮތީ ފޯނާ ކުޅޭށެވެ. އަހެން ރޭތަކާ ޚިލާފަށް އޭނާގެ މޫނު މަތިން ފެންނަނީ އުދާސްވެރި ކަމެވެ. އިރުއިރު ކޮޅާ އަލްޔަން އަށް ގުޅާލެވެއެވެ. ނަމަވެސް އަލްޔަން ފޯނެއް ނުނަގައެވެ.
އޭނާ އެންމެ ފަހުން ނިކުތީ ބެލަކަންޔަށް ހިންހަމަ ޖައްސާލަންށެވެ. ވިއްސާރަ ދުވަސް ކޮޅެއްކަމުން އެރޭ ވަރަށް ފިންޔެވެ. ޝަނާންވެސް އިނީ ހީކަރުވައި ގަނެފައެވެ.
ކުއްލިއަކަށް ބެލްކަނީގެ ދަށުން އޭނާއަށް މީހަކުގޮވާލި އަޑުއިވުނެވެ. އެއީ ކާކުތޯ ބަލަން ބެލަކަނީގެ ތިރިއަށް ކަޅި ހިންގާލިއެވެ. މަގުމަތީގައި ހުރި ބޮކީގެ ސަބަބުން އެއީ ކާކުކަން ޝަނާންއަށް އެގުމުން އޭނާގެ ދެލޯ ބުޑުވެގެންދިޔައެވެ

Share Article

Follow Me Written By

Jaishath Jamshydh

Level 1

Other Articles

Previous

ވާތީ މަ ކައިރީގައި 4

Next

ސޯލްމޭޓްސް – 1

Next
April 30, 2022

ސޯލްމޭޓްސް – 1

Previews
April 30, 2022

ވާތީ މަ ކައިރީގައި 4

2 Comments!

  1. Aishath ZAINA says:
    April 30, 2022 at 6:57 pm

    Varau reethi kiyaa hithun kiyaa levunu ?waiting for the next part

  2. Naushyn Niyaz says:
    May 1, 2022 at 12:24 pm

    Varah reethi
    Waiting for next part?

Comments are closed.



All Right Reserved!