Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (63)

lamhus Level 910 Stories100 Login500 Login100 Stories100 Comments
April 24, 2022 3 Mins Read
0 Comments

ވިޔަފާރިކޮށް ނިމި މާލެދިއުމަށް ފުރަން އެމީހުން ތައްޔާރުވާން ފެށިއެވެ.މާލެދާ ޚަބަރު ފަރީޝާ އާތިފަށް ދިނުމުން، އާތިފް ވަރަށް ހިތްހަމަޖެހުނެވެ.

ފުރުމުގެ އެންމެ ފަހުގެ ތައްޔާރީތައްވެ، ފަރީޝާމެން ފުރަން އެއާޕޯޓަށް ނައްޓާލިއެވެ.ފަރީޝާ އެއާޕޯޓަށް ދިޔައީ އެމީހުން މާލެ އަންނަ ވާހަކަ އާތިފަށް ގުޅާފަ ބުނުމަށްފަހުގައެވެ.ފަރީޝާ ގުޅުމުން އައިލީންނަށް ކާންދީ އެކުއްޖާ ގޮވައިގެން ފަރީޝާމެން ބަލާދާން އާތިފް އުޅުނެވެ.އާތިފް ތައްޔާރުވާން އުޅުނުއިރުވެސް ދޭތެރެއަކުން ފަރީޝާއަށް ގުޅާ އެމީހުން މިހާރު ހުރި ހިސާބު އޮޅުންފިލުވާ ހަދައެވެ.

“ދަރިފުޅު ހިނގާދާން މިހާރު މަންމިއާ ވިޔާމްބެ އަންނާނެ” ގެއިން ނިކުމެ ކާރަށް އަރަމުން އާތިފް އައިލީންނަށް ބުނެލިއެވެ.ފަރީޝާ އަންނަވާހަކަ ބުނުމުން އައިލީންވެސް ހުރީ ވަރަށް އުފާވެފައެވެ.

********

އެއާޕޯޓަށް އާތިފަށް ދެވުނުވަގުތު ފަރީޝާމެން އެއާޕޯޓުން ނިކުންނަނީއެވެ.ކާރުގައި އިން އައިލީންނަށް ފަރީޝާ ފެނުމާއެކު އަޑުގެކޮޅަށް މަންމީއޭ ކިޔާ ގޮވަންފެށިއެވެ.އައިލީންގެ އެއަމަލުތަކުން އާތިފްގެ ގާތަށް ހިނިވެސް އައެވެ.

ކާރު ޕާކަށްޖެހުމަށްފަހު، އާތިފް ކާރުގެ ދޮރު ހުޅުވާލުމާއެކު ފަރީޝާއާ ދިމާލަށް އައިލީން ދުއްވައިގަތެވެ.ފަރީޝާވެސް އައިލީން ފެނުމާއެކު އެދިމާލަށް ދުއްވައިގަތެވެ.އަދި އައިލީންނާ އަރާހަމަވުމުން ވަރަށް ލޯބިން އައިލީން ގައިގައި ބައްދާލުމަށްފަހު، އެކުއްޖާގެ ކޮލަށް ބޮހެއްދީ އުރާލިއެވެ.ދުވަސްގަނޑަކަށްފަހު އައިލީންނާ އެއްތަން ވެވުމުން ފަރީޝާގެ ހިތަށް ލިބިގެންދިޔައީ ބަޔާންކޮށްދޭން ދަތި ހިތްހަމަޖެހުމެކެވެ.އެމަންޒަރު ބަލަން އެންމެންވެސް ތިބީ ހިނިތުންވެވިފައެވެ.

“މަންމިގެ ދޫނީ މަންމި ހާދަ ވަރަކަށް މިސްވިއޭ” ފަރީޝާ ބުނެލިއެވެ. “ކޮއްކޮވެސް މަންމި ނެތުމުން ވަރަށް މިސްވި..މަންމި ދެން ނުދައްޗޭ” ފަރީޝާގެ ކަރުގައި ބައްދާލަމުން އައިލީން ބުނެލިއެވެ. “ލައްބަ މަންމި ދެން ނުދާނަން” އައިލީންގެ ބޮލުގައި ފިރުމާލަމުން ފަރީޝާ ބުނެލީ އެކުއްޖާގެ ކަރަށް ބޮހެއްދެމުންނެވެ.

“ހިނގާ ކާރަށް އަރަން އާތިފް އެންމެންވެސް ގެއަށް ލައިދޭނަން” އައިލީންނާ ފަރީޝާއާ ދިމާލަށް ބަލަންހުރުމަށްފަހު އާތިފް އައިސް ބުނެލިއެވެ.އާތިފްގެ އަޑަށް އައިލީންނާ ފަރީޝާ އާތިފާ ދިމާލަށް ބަލައިލިއެވެ. ފަރީޝާއަށް މިހުރެވުނީ އެއާޕޯޓު ބޭރުގައިކަން ރެއަކާލީ އަދިކިރިޔާއެވެ. “ސޮރީ…އެހާ ދުވަސްފަހުން އައިލީން ފެނުމުން ވީއުފަލެއްގެ ބޮޑުކަމުން ހުރެވުނުތަންވެސް ހަނދާން ނެތުނީ” ކާރަށް އަރަންދަމުން ފަރީޝާ ބުނެލިއެެވެ.

***********

ފަރީޝާއާ ވިޔާމްގެ މަންމަގެ އިތުރުން ވިޔާމްވެސް ކާރަށް އެރުމުން އާތިފް ކާރު ދުއްވާލިއެވެ.އޭނާ ފުރަތަމަ މިސްރާބުޖެހީ ވިޔާމްމެން އުޅޭ ގެސްޓުހައުސާ ދިމާލަށެވެ.ކާރުގައި ދިޔައިރު ފަރީޝާގެ އުނގުގައި އިން އައިލީން ދިޔައީ އެންމެނާ ވަރަށް އަނގަތަޅަމުންނެވެ.

“ދަރިފުޅު ބުނިހެން މީ ވަރަށް ލޯބިކުއްޖެއް” އައިލީންނާ ވާހަކަދައްކަން އިނުމަށްފަހު، ވިޔާމްގެ މަންމަ ބުނެލިއެވެ.ވިޔާމްގެ މަންމަ އެހެންބުނުމުން ފަރީޝާގެ އިތުރުން އާތިފަށްވެސް ހިނިތުންވެވުނެވެ. “ކޮބާ ދަރިފުޅޫ މާމަ ދަރިފުޅުދެކެ ލައިކުވީއޭ” ފަރީޝާ އައިލީންނަށް ބުނެލިއެވެ. “އައިލީންވެސް މާމަ ދެކެ ލައިކުވެޔޭ” އައިލީންވެސް ބުނެލިއެވެ.

**********

ވިޔާމްމެން އުޅޭ ގެސްޓްހައުސަށް އާދެވުމާއެކު އާތިފް ކާރު ހުއްޓިއެވެ.ކާރު ހުއްޓުމާއެކު، ވިޔާމާ އޭނާގެ މަންމަ ކާރުން ފޭބުމުން، އާތިފް، އައިލީންނާ ފަރީޝާ ގޮވައިގެން އެމީހުން ދިރިއުޅޭ ގެއަށް ދިޔައެވެ.ގެއަށް އާދެވުމާއެކު ފަރީޝާ ދޮރުހުޅުވާލިއެވެ.އެވަގުތު ކާން ތައްޔާރުކޮށްފައިވާ ސުފުރާމަތި އޭނާއަށް ފެނުނެވެ.

“ބުނީމެއްނު ތަންކޮޅެއްކުރިން އާތިފްގެ ކެއްކުން ރަހަބަލާލާ ހިތްވޭ…އުންމީދުކުރަން ކަމުދާނެކަމަށް” މޭޒާ ދިމާލަށް ބަލާލުމަށްފަހު އާތިފާ ދިމާލަށް ފަރީޝާ ބަލައިލުމުން އާތިފް ބުނެލިއެވެ. “އެއީ އާތިފް ކައްކާފަތަ؟” މޭޒާ ކައިރިވަމުން ފަރީޝާ އެހެންއަހާލުމާއެކު އާތިފް އޭނާއަށް ބޯޖަހާލިއެވެ.

“އާދޭ އާތިފްވެސް ކާން..އައިލީންނަށްވެސް ކާންދޭންޖެހޭނެ” ފަރީޝާ އެހެންބުނުމުން އައިލީންނާ އާތިފް ހުރީ ކައިގެންކަމަށް އޭނާ ބުންޏެވެ. “ތީ ފަރީޝާއަށް ހާއްސަކޮށް ތައްޔާރުކުރި ސާމާނޭ” އާތިފް ބުނެލިއެވެ. އާތިފް އެހެންބުނުމުން ފަރީޝާ މޭޒުދޮށުގައި ކާން އިށީނެެވެ.ފަރީޝާ ކާން އިށީނުމުން، އޭނާ ގެނައި ފޮށި އޭނާގެ ކޮޓަރިއަށް އާތިފް ލައިދިނެވެ.

“ވަރަށް މީރު ބައި ދަ ވޭ ޝުކުރިއްޔާ ކެއުމަށް” ކައިނިމިގެން މޭޒުދޮށުން ތެދުވި ފަރީޝާ ބުނެލިއެވެ.ކައި ނިމި ތަށިތަކާ މޭޒުމަތި ސާފުކޮށްލުމަށްފަހު، ގެނައި ހަދިޔާތައް ބެހުމުގައި ފަރީޝާ އުޅުނެވެ.އައިލީންނަށް އޭނާ ގެނައި އެކިބާވަތުގެ ސާމާނުތައް ފޮށިން ނަގަންފެށިއެވެ. އަންނައުނާ ކުޅޭސާމާނުގެ އިތުރުން ރީތިވާ ސާމާނާ ކާއެއްޗެހިތައް ނަގާ އައިލީންނަށް ފަރީޝާ ދޭންފެށިއެވެ.

“ކީއްކުރަން ދެން އެހާ ބައިވަރު ސާމާނެއް ތިގަތީ؟…އެއްޗެއް ނުދިނަސް ފަރީޝާ ފެނިލުމުންވެސް އަހަރެމެން ހިތްހަމަޖެހެޔޭ” ފަރީޝާ ގެނައި ސާމާނުތައް ފެނިގެން އާތިފް ބުނެލިއެވެ.

“މީ މަންމިގެ ދަރިފުޅަށް މަންމި ގެނައި އެއްޗިއްސޭ ދޯ ދަރިފުޅޫ…ހިނގާބަ ދަރިފުޅު މިހެދުންތައް ހެޔޮވަރުތޯ ބަލަން” އެހެންބުނެ އޭނާ ގެނައި އައިލީންނަށް ގަތް ހެދުންތަކުން، ފަހަރަކު ހެދުމެއް އައިލީންނަށް ލައްވާ ހެޔޮވަރުތޯ ބަލަމުން ދިޔައެވެ.ހިތުމިސާލަށް ފަރީޝާ އަންނައުނު ގަތް ނަމަވެސް، ފަރީޝާ ގެނައި ހުރިހާ ހެދުމެއްވެސް އައިލީންނަށް ވަރަށް ހެޔޮވަރެވެ.

“ހަމަ ވަރަށް ހެޔޮވަރުދޯ ހުރިހާ ހެދުމެއްވެސް” ހެދުންތައް ހެޔޮވަރުކުރާތަން ބަލަންއިން އާތިފް ބުނެލިއެވެ. “އަން މީ އާތިފަށް ގެނައި ހަދިޔާއެއް…އެހެންޏާ އަބަދުވެސް އާތިފެއްނު ހަދިޔާ ދެނީ…މިފަހަރު ފަރީޝާ” އެހެންބުނެ އާތިފަށް ގެނައި އަތުކުރި ގަނޑީގެ އިތުރުން ސެންޓުފުޅި ފަރީޝާ ނަގާ ދިއްކޮށްލިއެވެ. “ޝުކުރިއްޔާ” އެތަކެތީގައި ހިފަމުން އާތިފް ޝުކުރުއަދާކުރީ ހިނިތުންވުމަކާ އެކުގައެވެ.

އައިލީންނަށް ގެނައި ސާމާނުތައް އެއްޗަކަށް އަޅަން ފަރީޝާ އުޅުނުވަގުތު، އާތިފް އޭނާގެ ކޮޓަރިއަށް ވަނެވެ.އަދި ފަރީޝާ އޭނާއަށް ދިން އަތުކުރި ގަނޑިއާ ސެންޓުފުޅިއަށް ވަރަށް ލޯބިން ބަލާލާ އެތަކެތީގައި އަތް ބީއްސާލުމަށްފަހު، އެތަކެތި  އަލަމާރިއަށްލާ ވަރަށް ލޯބިން ރައްކާކުރިއެވެ.

************

ފަރީޝާ އޭނާގެ އާދައިގެމަތިން އައިލީންނާ އެކު އެގޭގައި ދިރިއުޅެމުންދިޔައެވެ.ފަރީޝާ އާތިފްގެ ގޭގައި ހުއްޓަސް، ވިޔާމާ ބައްދަލުކުރަން އެގެއަށްވެސް ދެއެވެ.ވިޔާމްވެސް ފަރީޝާ ކައިރިއަށް އެގެއަށް އާދެއެވެ.ދެމީހުން ދެތާ އުޅުނު ނަމަވެސް، އެދެމީހުންގެ ގުޅުމަކަށް ކުޑަނަމަވެސް ހީނަރުކަމެއް ނާދެއެވެ.އެލޯބީގެ ގުޅުން ބާރަށް ކުރިއަށް ދިޔައެވެ.އަނެއްކޮޅުން އާތިފަށްވެސް ފަރީޝާދެކެ ވެވުނު ވަރުގަދަ ލޯތްބެއް ނުހުއްޓުނެވެ.ދުވަސްތައް ދާވަރަކަށް އޭނާ ފަރީޝާދެކެ ވީލޯބި ވަރުގަދަވާހެން ހީވާންފެށިއެވެ.އެހެންނަމަވެސް އޭނާ ދިރިއުޅެމުންދިޔައީ ކުރިއެކޭވެސް އެއްފަދައިން، ކެތްތެރިކަމާއެކު އެލޯބި ސިއްރުކޮށްގެެނެވެ.

ދުވަސްތައް ހިނގަމުންގޮސް ކުރިއެކޭ އެއްފަދައިން ފަރީޝާ ވިޔާމްގެ އަންބަކަށް ހަދަން ވިޔާމް ބޭނުންވިއެވެ.ފަރީޝާވެސް ބޭނުންވަނީ އެގޮތެވެ.ކުރިން އުޅުނު ލޯބި ދިރިއުޅުން ވިޔާމާއެކު އުޅޭށެވެ.ވިޔާމާ ކައިވެނި ކުރިނަމަވެސް އައިލީން ދޫކޮށްލާނެ ނިޔަތެއް ފަރީޝާގެވެސް އަދި ވިޔާމްގެވެސް ނެތެވެ.އެމީހުންގެ ވިސްނުންހުރީ މާލެއިން ތަނެއް ހިފައިގެން މާލޭގައި ދިރިއުޅޭށެވެ.ދުވާލުގެ ވަގުތުތަކުގައި މިހާރުވެސް ފަރީޝާ އުޅޭފަދައިން އައިލީންނާއެކު ހޭދަކޮށް، ރޭގަނޑު އައިލީން ނިދުމަށްފަހު ވިޔާމާއެކު ހޭދަންކުރަން ވިސްނައިގެނެވެ.އެގޮތަށް ވިޔާމްވެސް ރުހި ގަބޫލުވުމުން، ކައިވެނީގެ ފޯމު އެމީހުން ނެގިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

އެ ނަފްސުގެ ބަދަލު 7

Next

ލޯތްބައް އެދެމޭ 4

Next
April 24, 2022

ލޯތްބައް އެދެމޭ 4

Previews
April 23, 2022

އެ ނަފްސުގެ ބަދަލު 7



All Right Reserved!