*ކުއްލިއަކަށް ޒިވްޔަންއަށް ބަލައިލެވުނީ އޭނަގެ ފޯނު ރިންގުވި އަޑަށެވެ. ފޯނުގެ ސްކްރީނށް އަރާފއި އިން ނަން ފެނުމާއި އެކު ޒިވްޔަންގެ ތުންފަތް މަތީގައި ހިނިތުންވުމެއް ކުރަހާލިއެވެ. އަދި ފޯނު ނަގަމުން ހަނާމެންނާ ދިމާ ބަލައިލިއިރު އެމީހުން ތިބީ ލާނެތް ފާޑަކަށް ބަލަހައްޓައިގެންނެވެ. ޒިވްޔަން އެތަނުން ބޭރަށް ދާން ހިނގައިގަން ތަނުން ހިލްޔާން ފޯނުއަތުލާ ސްޕީކަރަށް ލިއެވެ.*
“ހަލޯ” ޔައިޝާ ވާހަކަ ދައްކަން ފެށުމުން ޒިވްޔަންއަށް ލޯ މަރާލެވުނެވެ. އޭރުވެސް އެއަޑުގައި މަޑު ތުރުތުރެއް އެކުލެވިފައިވިއެވެ. އޭރު ހަނާޔާ ހިލްޔާން ތިބީ ބަނޑަށް ހީހީ ހަލާކު ވާވަރުވެފައެވެ.
ޒިވްޔަން ވާހަކަ ނުދެއްކުމުން ޔައިޝާ އިތުރަށް ހާސްވިއެވެ. “ކީކޭ ޔައީ” ޒިވްޔަން އަހާލިއެވެ.
“މީ..މި ހަނާ ކޮބާ؟؟ ހަނާ އޯކޭތަ” ޔައިޝާއަށް ދައްކާނެ ވާހަައެއް ނޭނގުމުން ބުނެލިއެވެ.
“ހަނާ ހޯދަން ގުޅާނީ ހަނާ ފޯނަަކަންނު..ހަނާގެ ނަންބަރު ނޭނގެނީތަ؟؟” ޒިވްޔަން އެހެން ބުނެލީ ޔައިޝާ އިތުރަށް ރަކި ކޮއްލުމަށެވެ. އެވަގުތު ޔައިޝާއަށް ދައްކާނެ އިތުރު ވާހަކައެއް ނޭނގުމުން ފޯނު ކަނޑާލިއެވެ.
“ހަހަހަ…ޔައީ ކަޑަވީދޯ.. އެންމެ ފުރަތަމަ ގުޅި ތަނާމުވެސް ތިހިރީ ހެދިގޮތް.. ދެން އޭނަ ވާހަކަ ދައްކާނެތަ” ހަނާ ހޭންފަށަމުން ބުނެލިއެވެ.
މުޅިންއައު ކުލަތަކާއެކު މުޅިން އައު ދުވަހަކަށް އިރުއެރީ އެއްބައެއްގެ ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަ ޖެހުން ގެނެސްދެމުންނެވެ. އަނެއްބައެއްގެ ހިތްތަކަށް ހިތާމައިގެ ތޫފާންތަށް ފޮނުވަމުންނެވެ.
“ޕޮއް..” ގޮނޑުދޮށުގައި ހިނގާލަ ހިނގާލަ ހުރި ޔައިޝާއަށް ހަޅޭއްލަވައިގަނެވުނީ ފަހަތުން އައި ޒިވްޔަން ޔައިޝާ ސިއްސުވައިލުމުންނެވެ.
“ޔައީ މިތާ އެކަނި ކީއްތިކުރަނީ” ޒިވްޔަން ޔައިޝާކައިރީ ހުއްޓެމުން އަހައިލިއެވެ. އޭރުވެސް ޔައިޝާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.
“ޒިވްޔަން ކީއްކުރަން މިތަނަށް ތިއައީ” ޔައިޝާ ހިތްއަވަސްވެފައި ހުރިވަރުން ކުރިސުވާލުގެ ޖަވާބަކަށްވެސް ކުރީ ސުވާލެކެވެ.
“މީ ޔައިޝާގެ ތަނެއްތަ؟؟” ޒިވްޔަން ޔައިޝާގެ ކުރިމައްޗަށް އަރަމުން ބުނެލިއެވެ.
“އުހުން… މިބުނީ މިތާ ކީއްހޭ ތިކުރަނީ”
“އަސްލު ފަތިސް ނަމާދުން ފައިބައިގެން ހިނގާލަނީމި.. ދެން މިހިސާބަށް އާދެވުނުތަނާ ތިހެން އެކަނި ކުއްޖަކު ހުރީމަ ހީކުރީ ޖިންނިއެއް ކަމަށް.. އެހެންވެ ޖިންނިއެއް ހަމަލޮލުން ބަލައިލަން ކަމަށް އައީ.. އައިތަނާ ޔައީ އަށް އެކުއްޖާވެސް މިވީ” ޒިވްޔަން ވީ ގޮތް ވާހަކައެއް ފަދައިން ކިޔައިދިނެވެ.
“ކިހިނެތް އިނގެނީ މީ ހަންޑިއެއް ނޫން ކަމެއް” ޔައިޝާ ލޮލުގެ ހިމަކޮޅުން ޒިވްޔަންއަށް ބަލައިލަމުން ބުނެލިއެެވެ. “ތީ ހަންޑިއެއް ނޫން ކަން އިނގެެނީ ފައިގަ ކަށްޓެއްވެސް ނެތީމަ… ދެން..” ޒިވްޔަން ހުއްޓާލިއެވެ.
“ހޫމް.. ދެން ކީއްވެ؟؟” ޔައިޝާ ހެވިފައިހުރެ ބުނެލިއެވެ. އެވަގުތު ޒިވްޔަން މަޑުމަޑުން ޔައިޝާގެ ކައިރިއަށްޖެހިލުމަށްފަހު ޔައިޝާގެ އަތުގައި ހިފާ މޫދަށް ކޮއްޕާލިއެެވެ. އައި ރުޅިން ޔައިޝާ ޒިވްޔަންގަޔަށް މޫދުގައި ހުރި ލޮނުތައް ޖަހަންފެށިއެވެ.
“އަދި ހުރެބަލަ ރަނގަޅު ލަނޑެއް ދޭނަން” ޔައިޝާ މޫދުން އަރަމުން ބުނެލިއެވެ. އޭރުވެސް ޒިވްޔަން ޕަކަޕަކަ ލާފައި ހެނިއެވެ.
“ހަނާ މިހާރު ކިހިނެތްތަ؟؟” ޒިވްޔަން ހެއުން ނުހުއްޓުމުން އެންމެ ފަހުން ޔައިޝާ އަހާލިއވެ. އެވަގުތު ހެއުން ހުއްޓާލާފައި ޒިވްޔަން ޔައިޝާއާ ދިމާ ބަަލައިލިއެވެ.
“ހަނާދޯ… މިހާރު ކުޑަކޮށް އޯކޭ” ޒިވްޔަން އެހުރި ގޮތަސް ހުރެ ބުނެލިއެވެ. ޒިވްޔަންގެ އެތޫނު ނަޒަރުން ޔައިޝާގެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. އެހެންކަމުން ދުރު ބަލަމުން ޔައިޝާ ދިޔައީ ހަމަޖެހެން މަސައްކަތް ކުރަމުންނެވެ. ޒިވްޔަން އެހެނ ހުރެފައި ކުއްލިއަކަށް ޔައިޝާގެ މޫނުމައްޗަސް ވެއްޓިފައި އޮތް ފަންފަން އިސްތަށިކޮޅު ކަންފަތް ދަށަށް ލަައްވާލިއެވެ. އެވަގުތު ޔައިޝާ ޒިވްޔަންއަށް ބަލައިލަމުން ތޭންކްސް އޭ ބުނެލީ ލަދުރަކި ހިނިތުން ވުމަކާއެކުއެވެ. އަދި އިސްތަށިގަނޑު އަތަށް އޮޅާލުމަށް ފަހު އިސްތަށިގަނޑުގައި ހުރި ފެންތައް ޒިވްޔަންގެ މޫނަށް ފޮޅާުމުން އައްޗީޑިއޭ ކިޔާ ޒިވްޔަން ދުރަށް ޖެހުނެވެ.
“ޒިވްޔަންއާ ހެދި ވާކަންތަކޭމީ… އަނެއްކާ މިޖެހުނީ ފެންވަރަންދާން…ހުވާ މިބުނީ..މަންމަ ކައިރީ ބުނާނާނަން” ޔައިޝާ ޒިވްޔަންއާ ދިމާއަށް ފަތިވަރު ކިޔާލިއެވެ.
“ކީކޭ ޔައީ މަންމަކައިރީ ބުނާނީ.. ޒިވްޔަންއާއެކު މޫދައް އެރުނީއޭތަ؟” ޒިވްޔަަން ލާނެތް ހިނިތުންވުމަކާއެކު ބުނެލިއެވެ. އެވަގުތު ޔައިޝާވެސް އާއެކޭބުނލީ ޒިވްޔަންއަށްވުރެ ތިމަންން ދެރަ ނުވާނަމޭ ބުނެލާފަދަ ގޮތަކަށެވެ.
ހޭލިގޮތަށް ހަނާ ރީތިވަމުން ދިޔައީ ލާރާމެން ގެއަށް ދިއުމަށެވެ. އާނިޝްގެ ހާލެއްނެނގޭތީ ހަނާހުރީ ނުތަނަވަސްވެފައެވެ. ރަތްކުލައިގެ ހެދުމެއްލައިގެން ހުރިހަނާ ދިޔައީ އޭނާ އިސްތަށިގަނޑުގައި ފުނާ އަޅަމުންނެވެ.
“ދޮންތީ ނިމިއްޖެތަ؟؟” ހިލްޔާން ދޮރުހުޅުވާލަމުން ބުނެލިއެވެ. އެހެންޏާ އެގާރަ ޖަހަންދެން ނިދަން އޮންނަ ހިލްޔާން މިއަދު ހޭލާ އެއުޅެނީ ލާރާމެން ގެއަށް ދާން އުޅޭތީއެވެ. “ހާދަ ލަހޭ.. ޒިވްޔަންވެސް އެއައީ މޫދުން. އެކަމު މިހާރު އޭނަވެސް ނިމިއްޖެ” ހިލްޔާން ބުނެލިއެވެ. އެވަގުތު ކުރިއަށް ވުރެ އަތްމަތި އަވަސް ކޮށް ރީތިވެ ނިންމާަމުން ތިންމީހުން ލާރާމެން ގެއަށް ހިނގައިގަތެވެ.
ލާރާމެންގެ ގެއަށްވަންއިރު ގޭތެރޭގައިވަނީ ފަޅުކަމެވެ. ލާރާެ ކޮޓަރިއާ އަރާ ހަމަވިއިރު އިވެނީ ގިސްލުމުގެ އަޑެވެ. ކޮޓަރިއަށް ވަންއިރު ލާރާ އެނދުކައިރީގައި ރޯން އިނެވެ. އޭރު ލާމިއު ލާރާެގެ ކައިރީގައި ކުޑކަކޫ ޖަހައިލައިގެން އިނެވެ.
“އާނިޝްއަށް ކިހިނެތްވީ؟؟” ހަނާ ލާރާ ރޯން އިނުމުން އަހާލިއެވެ. ލާރާ ރޯން އެއިނީ އާނިޝްއަށް ކަމެއްވުމުންކަން ހަނާއަށް ޔަގީންވިކަހަލައެވެ. “ހަނާއްތާ… އާނިޝްބެ ވަރަށް ބަލި… އައި ސީ ޔޫގައި…ޑަކުޓަރު ބުނީ ފުރާނަސަލާމަތް ވުމުގެ އެއްވެސް އުއްމީދެއް ނެތޯ” އެހެން ބުނުމަށް ފަހު އަނެއްކާވެސް ލާރާ ރޯންފެށިއެވެ. މަންޒަރު ބަލަން ހުރި ހިލްޔާންއަށް މިމަންޒަރު ބަލަން ކެތްނުވެގެން ގޮސް ލާރާ ކައިރީ އިށީނެވެ. އެވަގުތު ލާރާ ހިލްޔާންގެ ގައިގައި ބައްދައިގަތެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރި ހިލްޔާން އެވަގުތު ކުޑަކޮށް ލަދުވެސް ގަތެވެ. ނަމަވެސް ހާލަތާމެދު ވިސްނާލުމަށްފަހު އެނާ ލާރާގެ ބޮލުގައި ފިރުމާލިއެވެ.
ކައިރީގައި އިން ހަނާ އިނީ ރޯންފަށަންވެސް ނޭނގިފައި ތޯއްޗެކެވެ. ލާރާ އެހެން ބުނި ފަހުން ބަހެއް ބުނެ ނުލާ އިން ހަނާ ހީވަނީ ދެންމެދެންމެ ރޯންފަށާފާނެ ހެންނެވެ.
ހެނދުނު ހޭލީންސުރެ ހަނާމެންގެ ޚަަބަރެއްނުވާތީ ޔައިޝާ އިނީ ހާސްވެފައެވެ. ހަނާގެ ފޯނަށް ގުޅާގުޅާ ވަރުބަލިވީ އިރުވެސް އޭނާ ފޯނުނެގީކީ ނޫންވިއްޔާއެވެ. ކޮންމެގޮތެއްވިޔަން ޔައިޝާއަށް ދެން ޒިވްޔަންގެ ފޯނަށް ގުޅާކަށް ނުކެރޭނެއެވެ. އެހެންކަމުން ޔައިޝާ މިސްރާބުޖެހީ ހަނާމެށްގެއަށް ދާށެވެ.
ގޭތެރެއަށް ވަން އިރު ޔައިޝާއަށސް ފާހަގަވީ ހަމަހމޭންކަމެވެ. މަޑުންމަޑުން މީހަކު ސަލާން ގޮވާލި އަޑަށް ދޮރާ ދިމާ ބަލައިލިއިރު އެތާ ހުރި ޔައިޝާ ފެނިފައި ޒިވްޔަންއަށް ބަލަހައްޓައިގެން ހުރެވުނެވެ. ނަމަވެސް އެމޫނު މަތީގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. އެހެންކަމުން ޔައިޝާއަށް ޒިވްޔަން ކައިރީ ވީ ކީިއްތޯ އަހަން ޖެހުނެވެ.
ވީގޮތް ކިޔައިދިން އިރު ޔައިޝާވެސް ހާސްވިއެވެ. އަވަސްއަވަހަށް ހިނގައިގަތީ ހަނާގެ ކޮޓަރިއަ ދިމާއަށެވެ.
އެނދުމަތީ ރޯންއޮތް ހަނާއަށް މިހާރުވެސް އިހުސާސް ކުރެވެމުން ދިޔައީ އާނިޝް އޭނަޔާ ވަކިވެގެން ދިޔަ ކަމުގެ އިހުސާސެވެ. އޭނާގެ ހިތުގައިވާ އުއްމީދުގެ ހުޅުކޮޅުވެސް ނިވެން އުޅޭ ކަމުގެ އިހުސާސެވެ. ހިތަން އަރަންފެށި އެއްޗިއްސުން ހަނާ ދިޔައީ ބާލިސްތައް އިތުރަށް ތެއްމަމުންނެވެ. ނަމަވެސް ހިތްވަރު ކޮއްލާފައި ތެދުވެ ވުޟޫ ކޮއްގެން އައިސް ނަމާދަށް އެރީ އޭނާގެ ހިތަށް ކުޑަވެސް ހިތްހަމަ ޖެހުމެއް ލިބޭތޯއެވެ.
ދޮރު ހުޅުވާލި ޔައިޝާއަށް ހަނާ ނަމާދުކުރަން ހުރިތަން ފެނުމުން ހިނިތުންވެލެވުނެވެ. އަދި މަޑުމަޑުން ދޮރު ލައްޕާލުމަށް ފަހު ގޮސް ޒިވްޔަން ކައިރީ ސޯފާގައި އިށީންދެލިއެވެ.
ދުވަސްތައް ފާއިތު ވަމުންގޮސް ދެހަފްތާ ވީއިރު އާނިޝްގެ ހާލުވެސް ކުރިއަށް ވުރެ ރަނގަޅެވެ. ނަމަވެސް މައިބަދައަށް ލިބިފައިވާ ގެއްލުމުގެ ސަބަަބުން އަދިވެސް ތެދުވެވޭ ވަރެއްނުވެއެވެ.
ދުވަސްތައް ފާއިތު ވަމުން ދިޔައިރު ހަނާވެސް ދިޔައީ ހަމަޔަކަށް އެޅެމުންނެވެ. ޔައިޝާމެންނާއެކު މަޖާކޮށް ބޭރުގައި އުޅުނު ނަމަވެސް ހަނާގެ ހަނދާނުން ސިކުްތަކަށްވެސް އާނިޝްގެ ހިޔާލު ކައްސައެއް ނުލައެެވެ. ހަމައެފަދައިން ޔައިޝާޔާ ޒިވްޔަންގެ ގުޅުންވެސް ދިޔައީ ދުވަހެއްދުވަހަކަށް ވަރުގަދަވަމުންނެވެ.
ހަވީރުގެ މަރިޔާދުވަގުތެވެ. ޔައިޝާއާ ހަނާ ތިބީ ރަށުގެ ބަނދަރުގައެވެ. އެމީހުން ތިބީ ލާރާ ނައިސް ގެންނެވެ. “ހާދަ އިރެކޭދޯ އެވަނީ” ހަނާ އަތުގައި އަޅާފައި އޮތް ގަޑިއަށް ބަލައިލަމުން ބުނެލިއެވެ. ޖަވާބުގައި ޔައިޝާވެސް ބޯ ޖަހާލަމުން ލާރާ ފެނޭތޯ މަގާދިމާ ބަލައިލިއެވެ. އެއްލި ކަޅިއަކުން ބަނދަަރަށް ގާތްކުރި ލާންޗުން ފޭބި ޒުވާނާފެނި ހަނާ ހީވީ ގަނޑުވިހެންނެވެ. ކަޅުކުލައިގެ ސްޓްރައިޕް ދަމާލާފައިވާ އަތްދިގު ޓީޝާޓަކާއި ކަޅުޖިންސެއްލާފައި ހުރި އެޒުވާނާގެ ފިޔަވަޅުތައް ހުރީ ހަނާމެންނާ ދިމާއަށެވެ. ލޮލުގައި އަވިއައިނެއް އަޅާލާފައި އޮތް އިރު އޭނާގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. އޭނާއަށް ގެއްލިފައި ހުރި ހަނާ ސިހުނީ އޭނާއައިސް ހަނާމެން ގާތުގައި ހުއްޓުމުންނެވެ،
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



Kaakuba e aiy….ey aneh part up kohdhy maadhan plss…vrh kiyaa hithun mihury….mi part maa kurhun hn heevany….alhe heyonuvaane aneh part avas kurahchey pls?……btw mi part vx vvvvvvvv rethi???????❤❤❤
alheyyy….nxt prt ga ingeyne kaaku kn…mhr vaany submit kollaafa.neynge up vaany kn irakun kmh..
kuruthrr mi prt..hama ehn prt thakaa eh varah innaany..maa kiyaa hithun huryma heevaa goii eii
vrh bodah thanks
tc
wow mi part vex vvvvvvvvvvvvv varah salhi
thank u soooo much horror queen
thank u soooo much horror queen