Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (60)

lamhus Level 910 Stories100 Login500 Login100 Stories100 Comments
April 21, 2022 3 Mins Read
4 Comments

“ވިޔާމް” ވިޔާމްގެ ކައިރިއަށް ގޮސް ފަރީޝާ ގޮވާލިއެވެ.

އޮޕޮރޭޝަން ކޮޓަރިއަށް އެނދުގައި ވިޔާމް ވައްދަނިކޮށް، ފަރީޝާ، ވިޔާމާ ވާހަކަދައްކަން އައުމުން، ޑަކުޓަރު ފަރީޝާއަށާއި ވިޔާމްގެ މަންމައަށް ތިން މިނެޓްގެ ވަގުތުކޮޅެއ،ް ވިޔާމާ ވާހަކަދައްކާލުމަށް ދިނުމުގެ ގޮތުން ދަމަމުން ދިޔަ އެނދު ހުއްޓުމަށް ނަރުހުންނަށް އެންގިއެވެ.ޑަކުޓަރުގެ ބަހަށް އެމީހުން އެނދު ހުއްޓިއެވެ.

އެނދު ހުއްޓުމާއެކު ފަރީޝާ ވިޔާމްގެ އަތުގައި ހިފާލިއެވެ.ވިޔާމްވެސް ފަރީޝާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.ވިޔާމްގެ އަތުގެ ފިނިކަން އިހުނަށްވުރެ ގަދަވެފައިވާ ކަން ވިޔާމްގެ އަތުގައި ހިފާލި ފަރީޝާއަށް އިހުސާސްވިއެވެ.އެއާއެކު އޭނާ އެއޮތީ ވަރަށް ޖެހިލުންވެފައިކަން ފަރީޝާއަށް އެނގުނެވެ.

“ބިރުނުގަނޭ ވިޔާމް..ﷲ އިރާދަފުޅުން ވިޔާމްގެ އޮޕޮރޭޝަން ކާމިޔާބުވާނެ…އަހަރެމެންގެ ހެޔޮ ދުޢާ އަބަދުވެސް ވިޔާމާއެކު ވާނެ…ފަރީއާ މަންމަ ތިބޭނަން މިތާ އޮޕޮރޭޝަން ކޮޓަރި ދޮރުމަތީގަ ވިޔާމް ނިމެންދެން” ވިޔާމްގެ ބޮލުގައި އޯގާތެރިކަމާއެކު ފިރުމާލަމުން ފަރީޝާ ބުނެލިއެވެ.

“ފަރީ ވިޔާމަށް ހިތްހެޔޮކުރައްޗޭ…ވިޔާމަށް އިނގޭ ވިޔާމަށް ފަރީގެ ހިތުގަ ވަރަށްބޮޑަށް ޖެއްސިފަކަން ވަނީ އެކަމަށް މާފުކުރާތި…ވިޔާމަށް އެކޮޓަރިން ދިރިހުރެ ނުނިކުމެވިދާނެ…މިއީ ފަރީއާ ވިޔާމާ ބައްދަލުވާ ފަހު ފަހަރުކަމުގައިވެސް ވެދާނެ” އަސަރުން ފުރިފައިވާ ރާގަކަށް ވިޔާމް އެހެންބުނެލިއިރު އޭނާގެ ދެލޮލުން ހިމަރޮގަކަށް ކަރުނަ ފައިބައިގަތެވެ. “ތިހެން ނުބެނޭ ލޯބީ” ވިޔާމްގެ އަތުގައި ބޮހެއްދެމުން ފަރީޝާ އެހެންބުނިއިރު އޭނާވެސް ހުރީ ފެންކަޅިވެފައެވެ.

“ތިހެން ނުބުނޭ ދަރިފުޅާ…މަންމައާ ބައްޕައާ ދޮންތަގެ އިތުރުން ފަރީޝާގެ ހިތްވަރާ އުންމީދު ދުލެއްނުކުރަން… އެހެންވީމަ ދަރިފުޅުވެސް ވާނެ އެގޮތަށްވާން…އިރާދަކުރެވިއްޔާ މަގޭ ދަރިއަށް ޝިފާ ލިބޭނެ” ވިޔާމް ދެއްކި ވާހަކަ އަޑުއިވުމުން މައިވަންތަ ހިތަށް ކެތްނުވެގެން އޭނާގެ މަންމަ ބުނެލީ ވިޔާމްގެ ބޮލުގައި އޯގާތެރި ފިރުމުމަކުން ފިރުމާލަމުންނެވެ.

“ވަގުތު ހަމަވީ” އިނގިރޭސީ ބަހުން ޑަކުޓަރު އެހެންބުނެ ވިޔާމް ކޮޓަރިއަށް ވެއްދުމަށް އެނދު ދަަމަންތިބި ނަރުހުންނަށް އިޝާރާތްކުރިއެވެ.ޑަކުޓަރުގެ އިޝާރާތަށް ނަރުހުން އެނދު ދަމާލިއެވެ.ވިޔާމް ކޮޓަރިއަށް ވައްދާތަން ބަލަން ފަރީޝާއާ ވިޔާމްގެ މަންމަ ފެންކަޅިވެފައި ތިބިއިރު، ވިޔާމްވެސް އޮތީ އެދެމީހުންނާ ދިމާލަށް ކަރުނުން ފުރިގެންވާ ނަޒަރަކުން ބަލާށެވެ.

އޮޕޮރޭޝަން ކޮޓަރިއަށް ވިޔާމް ވެއްދުމާއެކު ނަރުހުން ދޮރުލައްޕާލިއެވެ. “އޮޕޮރޭޝަނަށް ވާނީ ގާތްގަނޑަކަށް ދެގަނޑިއިރު” ފަރީޝާމެން ކައިރި ޑަކުޓަރު އެހެންބުނެ އޭނާވެސް އެކޮޓަރިއަށް ވަނެވެ.ޑަކުޓަރު ވަނުމުން، ފަރީޝާއާ ވިޔާމްގެ މަންމަ ގޮނޑިބަރީގައި ހުރި ގޮނޑިތަކެއްގައި އިށީނެވެ.ވާނެގޮތެއް ނޭނގޭތީ އެދެމީހުންވެސް ތިބީ ނުހަނު ބޮޑަށް ހިތް ނުތަނަވަސްވެފައެވެ.

*******

ވަގުތުތައް ހިނގަމުންދިޔައެވެ.ދެއަތަށް ފިތާފިތާ ފަރީޝާ އިނީ ވިޔާމްގެ އޮޕޮރޭޝަން ކާމިޔާބުވޭތޯ ހުއްޓުމެއްނެތި ހިތާހިތުން ދުޢާ ކޮށްލަކޮށްލައެވެ.އެގޮތުގައި ވަގުތުކޮޅަކު އިނުމަށްފަހު އޭނާ ފޯނުނަގާ ހާވަންފެށިއެވެ.ވެފައިވާ ހާސްކަމުން ދުރުވޭތޯއެވެ.ފޯނުގެ އެކި ތަންތަނަށް ވަންނަމުންގޮސް ފޮޓޯ ގެލެރީއަށް ފަރީޝާ ވަނެވެ.އެއާއެކު އޭނާގެ ފޯނުގައި ހުރި އައިލީންގެ ފޮޓޯތައް ފެނުނެވެ.އައިލީންގެ ފޮޓޯ ފެނުމުން ކުއްލިއަކަށް އެކުއްޖާމަތިން ފަރީޝާ ހަނދާންވިއެވެ.މިވަގުތު އޭނާގެ ނުތަނަވަސް ވެފައިވާ ހިތަށް ހަމައެކަނި ލިބޭނެ ހިތްހަމަޖެހުމަކީ އައިލީންކަން އެނގުމުން، ފަރީޝާ އާތިފަށް ގުޅާލިއެވެ.

ވައިބަރ އިން ވީޑިއޯ ކޯލު ފަރީޝާ ކުރިނަމަވެސް އެކޯލަށް އާތިފް ޖަވާބެއް ނުދިނެވެ.އެހެންނަމަވެސް މިވަގުތު އައިލީންގެ އަޑު އަހާލެވިގެންވިޔަސް އަމިއްލަ ހިތަށް ހަމަޖެހުމެއް ހޯދައިދޭން ފަރީޝާ ބޭނުންވެއެވެ.އެހެންކަމުން ވައިބަރ އިން އަނެއްކާވެސް ފަރީޝާ ގުޅާލިއެވެ.އެކަމަކު މިފަހަރު އޭނާ ކުރީ އާދައިގެ ކޯލެކެވެ.

ފަރީޝާ ދެވަނަފަހަރަށް ގުޅުމުން އާތިފް ފޯނު ނެގިއެވެ.އެއާއެކު އައިލީންނާ ވާހަަކަދައްކާލުމަށް ފަރީޝާ އެއްފަރާތަކަށް ޖެހިލިއެވެ. “ކޮބާ އައިލީން؟” ފަރީޝާ އަހާލިއެވެ. “އައިލީން ނިދާފަ…ފާހަނައިގަ ހުރިވަގުތެއްވީމަ ގުޅީމަ ފޯނު ނުނެގުނީ” އާތިފް ބުނެލިއެވެ. “އައިލީން ނިދާފަ އޮންނަ ވަގުތުތަކަށް ދޯ މިގުޅެނީ ކޮންމެފަހަރަކު..އެކަމަކު މީ އައިލީން ނިދާވަގުތެއްވެސް ނޫނެއްނު؟” ފަރީޝާ އަހާލިއެވެ.

“އާނ ނިދާ ގަނޑިއެއްނޫން…އެކަމަކު ނިދާފައޮތީ” އައިލީން ނިދީ ފަރީޝާ ހޯދަން ރޮމުންގޮސް ވަރުބަލިވެގެންކަން ނުބުނަން ވެގެން އާތިފް ބުނެލިއެވެ. “އައިލީން ހޭލީމަ ގުޅާލަދީބަ…ވަރަށް އެއަޑުއަހާލާހިތްވޭ” ފަރީޝާ އެހެންބުނެ ފޯނު ބާއްވަން އުޅުނުވަގުތު އައިލީން ހޭލައިގެން ރޯއަޑު އިވުނެވެ.

“މަންމީ…މަންމި ކައިރިއަށްދާން” އައިލީން ރޮމުން ގޮވާއަޑު އެވަގުތު އައިލީންގެ ކޮޓަރިތެރޭގައި އާތިފް ހުރުމުން ފަރީޝާއަށް ރީއްޗަށް އިވެމުންދިޔައެވެ. “ދަރިފުޅާ އައިލީން” އައިލީން ރޯއަޑު އިވުމުން ފަރީޝާގެ ހިތަށް އަސަރުކުރި ވަރުން އޭނާއަށް އައިލީންނަށް ގޮވާލެވުނީ ވަރަށް ބާރަށެވެ.އެއަޑަށް ވިޔާމްގެ މަންމަވެސް ފަރީޝާއާ ދިމާލަށް ބަލާލިއެވެ.

އައިލީން ރޯއަޑު ފަރީޝާއަށްވެސް އިވުމުން ފޯނު ބާއްވަން ނުކެރިފައި އާތިފަށް ހުރެވުނެވެ. “ދީބަ އައިލީންގެ އަތަށް ފޯނު” އައިލީން ރޯތީ ނުތަނަވަސްވެފައިވާ ފަރީޝާގެ ހިތަށް އިތުރު ނުތަނަވަސްކަމެއް ވެރިކުރުވިއެވެ. “ހަލޯ އާތިފް..ހަލޯ…ހަލޯ” އާތިފް އަނގައިން ނުބުނެ ފޯނު ކަންފަތުގައި ޖެހިގޮތަށް ހުރުމުން، ފަރީޝާ ގޮވަންފެށިއެވެ.ފަރީޝާ އުޅޭގޮތުން ހީވަނީ ދަރިއަކާ ވާހަކަދައްކަން ކެތްމަދުވެފައިވާ މައެއް ހެނެވެ.

“އާތިފް އެބަހުރިންތަ؟…އައިލީން އެއޮށް ރޮނީއެއް ނޫންތަ؟…ދީބަ ފޯނު އައިލީންނަށް ޕްލީސް” ފަރީޝާއަށް ވާހަކަދެކެވުނީ ކޮންމެވެސްވަރަކަށް ހިތްހަމަނުޖެހި ހުރެއެވެ.ފަރީޝާގެ ކޯލު އައިލީންނަށް ދީގެން އިތުރަށް އައިލީން ރޮއްވާކަށް އާތިފް ބޭނުމެއްނޫނެވެ.ނަމަވެސް އެއްކޮޅުން، އައިލީން ފަރީޝާ ހޯދަން ރޯއިރު، އަނެއްކޮޅުން ފަރީޝާ އައިލީންނާ ވާހަކަދައްކަން އާތިފް ގާތު އާދޭސްކުރަނީއެވެ.އެހެންކަމުން ހަދާނެގޮތް ހުސްވެފައި ވަގުތުކޮޅަކު އާތިފަށް ހުރެވުނެވެ.

“ހަލޯ މިދެނީ” އެންމެފަހުން އައިލީންގެ އަތަށް ފޯނުދޭން އާތިފް ނިންމިއެވެ. “ދަރިފުޅޫ މިއޮތީ މަންމި ގުޅާފަ” އެހެންބުނެ އައިލީންގެ ކަންފަތުގައި އާތިފް ފޯނުޖައްސާލިއެވެ.އައިލީންގެ އަޑު ގާތުން އިވެންފެށުމާއެކު ފަރީޝާ އެކުއްޖާއަށް ގޮވާލިއެވެ. “ދަރިފުޅޫ އައިލީން” ފަރީޝާ ބުނެލިއެވެ.ފަރީޝާގެ އަޑުއިވުމާއެކު އައިލީން އިތުރަށް ރޯންފެށިއެވެ.އަދި އޭނާ ގާތު އައުމަށް އައިލީން އެދެންފެށިއެވެ.

މިވަގުތު އައިލީން ދުށުމަށް ނުހަނު ބޭނުންވެފައިވާތީ ފަރީޝާ ވީޑިއޯ ކޯލުކޮށްލިއެެވެ.އޭނާ ވީޑިއޯ ކޯލު ކުރުމުން އާތިފް ފުން ނޭވާއެއް ދޫކޮށްލިއެވެ.ފަރީޝާ އައިލީންނަށް ފެނިއްޖެނަމަ އިތުރަށް ކުއްޖާގެ ހާލަތު ގޯސްވެދާނެކަން އާތިފަށް އެނގޭތީއެވެ.ނަމަވެސް ހިތާދެކޮޅަށް އެކޯލު އާތިފް ނެގިއެވެ. އެވަގުތު ފަރީޝާއަށް އައިލީން ފެނުނެވެ.

އައިލީންނަށް ފަރީޝާ ފެނުމާއެކު ތުންފިއްތާލިއެވެ.އަދި އޭނާ ގާތުއައުމަށް ބުނެ އައިލީން ދެއަތް އުފުލާލިއެވެ.އެމަންޒަރު ފެނުމުން ފަރީޝާގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ރޮވުނެވެ.އެހެންނަމަވެސް އައިލީން ކުރިމަތީގައި ރޯން ބޭނުންނުވާތީ، ލޮލުގައިވާ ކަރުނަ ފުހެލުމަށްފަހު އެތެރެއަށް ނޯއްދަމާލުމަށްފަހު، އައިލީންނަށް ފަރީޝާ ގޮވާލިއެވެ.

“ދަރިފުޅޫ މަންމި ދާނަން އިނގޭ ވަރަށް އަވަހަށް..މަންމިވެސް ދަރިފުޅުމަތިން ވަރަށް ހަނދާންވޭ” ފަރީޝާ ބުނެލިއެވެ.

އައިލީންނާ ވާހަކަދައްކައިގެން ފަރީޝާ އެކުއްޖާ މަސަލަސް ކުރިއެވެ.ފަރީޝާ އައިލީންނާ ދައްކާވާހަކަ އަޑުއަހަން އިން އާތިފަށް، ފަރީޝާ އައިލީންދެކެ ވާލޯބި ފެންނަމުންދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ީތީ އޭ ހަނދަކީ 2

Next

ހަނދާންވޭ (13)

Next
April 22, 2022

ހަނދާންވޭ (13)

Previews
April 21, 2022

ީތީ އޭ ހަނދަކީ 2

4 Comments!

  1. Aishath Yumnu says:
    April 21, 2022 at 12:51 pm

    Vrh reethi?❤️

  2. Hûdhãkkø says:
    April 21, 2022 at 4:01 pm

    So heart touching
    Viyaam ge operation kaamiyaabu vaane ba
    Mi part VX vvvvvvvvvvvvv reethi ????
    Waiting for the next part

  3. lamhus says:
    April 22, 2022 at 8:33 am

    Thanks dear Aishath yumnu ?

  4. lamhus says:
    April 22, 2022 at 8:34 am

    Thanks dear Hûdhãkko lets see dhw ?

Comments are closed.

Next Episodeހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (61)←


All Right Reserved!