އަފްލާކްއަށް އޭނާގެ ޙިޔާލުތަކުން ނުކުމެވުނީ މީހަކު ދޮރުގައި ވަރަށް ބާރަށް ތަޅައިގަތުމުންނެވެ. ސިހިފައި ތެދުވެވުނުއިރު އޭނާއަށް ހުރެވުނީ ދެލޯވެސް ބޮޑުކޮށްލައިގެންނެވެ. އެނދުމަތީގައި އޮތް ގަޑި ބަލައިލުމާއެކު އެދެލޯ ހީވީ އިހުނަށްވުރެވެސް ބޮޑުވިހެންނެވެ.
“ނުވައެއް ޖަހަނީ.. އޯ ގޯޑް..” އަފްލާކްގެ ދުލުން ނިކުތީ ހަމައެކަނި މިހެންނެވެ. އޭނާ ފާހަނާއަށްވަދެ ފެންވަރާލައިގެން ނުކުމެ ނަމާދުކޮށްލިއެވެ.
“ތިއްތީ.. މަންމަ ބުނީ އަވަހަށް އަންނާށޯ.. ތިއްތި މިހާރު ކޮން އިރެއްތަ ކޮޓަރީގަ އޮންނަތާ.. އާރ ޔޫ އޯކޭ؟..” އެނދުމަތީގައި އޮތް ފޯނު ނަގަމުން ނުކުންނަން އައި އަފްލާކްއަށް އަލާޔާގެ އަޑުއިވުނެވެ. ޒާލިކްގެ އަޑުވެސް އިވިގެން ދިޔުމާއެކު އޭނާގެ ސިކުނޑިއަށް ވެރިވެގެން ދިޔައީ މަޖާ ޙިޔާލެކެވެ.
“އަލޫ ޒައްލެއާއި ކަމެއްތަ؟..” ކުއްލިއަކަށް ދޮރުހުޅުވާލުމާއެކު ލިބުނު ސިހުމުގައި އަލާޔާއަށް ފަހަތަށް ޖެހެވުނެވެ. އޭނާ ނުވެއްޓުނީ ޒާލިކް އަލާޔާގެ އުނަގަނޑުގައި އަތްއަޅުވާލުމުންނެވެ. ސިހިފައި ދެމީހުންނަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނެވެ.
“އެހެމް އެހެމް.. ތިދެމީހުންގެ ރޮމޭންސް ނިމިއްޖެއްޔާ ދާންވީއެއްނު ތިރިއަށް..” އަފްލާކް ހިނިގަނޑެއް ޖަހާލަމުން ޒާލިކްގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ. އެއާއެކު ދެމީހުންނަށް ހަމަބިމަށް އާދެވުނެވެ. އަލާޔާ ދެލޯ ބޮޑުކޮށްލަމުން އެނބުރި ސިޑިއާއި ދިމާލަށް ހިނގައިގަތްއިރު ދެކޮލުގައި ހީވަނީ ބްލަޝްކޮޅެއް އުނގުޅާލާފައިވާހެންނެވެ. ޒާލިކް ބޮލަށް އަތްމަހާލަމުން ހިނިތުންވެލިއެވެ. އަލާޔާގެ އެސިފަ އޭނާއަށް ކަމުހިނގައްޖެކަން ގައިމެވެ.
“މަންމާ.. ދެން ތިއްތި ކައިރީގަ ބުނެބަލަ އަޅުގަނޑަށް އުނދަގޫ ނުކުރާށޭ..” ކާގެއަށް ވަދެގެން އައި އަލާޔާ ޝަކުވާކޮށްލިއެވެ. ދެންމެ ވި ކަންތަކާ ދިމާކުރަމުން ވަދެގެން އައި އަފްލާކްއަށް މަޑުޖެހެވުނެވެ. މޭޒުގެ އެއްކޮޅުގައި އިސްޖަހައިގެން އިން ޔަނާލް ފެނުމުން ހިތް ތެޅިލިއެވެ. އިޚުތިޔާރަކާއިނުލާ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން ފޮރުވާލުމުގައި އޭނާ ނުކުޅެދުނެވެ.
“ހޭއި ސިސް.. ވަޓް އަ ޕްލެސެންޓް ސަޕްރައިޒް… ކޮންއިރަކުތަ އައީ؟” އަލާޔާގެ އަޑަށް އިސްޖަހައިގެން އިނދެފައި ޔަނާލް ބަލައިލިއެވެ. ނަމަވެސް އަލާޔާއަކަށް ނޫނެވެ. އަފްލާކްއާއި ދެމީހުންގެ ހަތަރުކަޅި ހަމަވެފައި އިރުކޮޅެއްގެ ތެރޭގައި ދެކޮލަށް މަޑު ރަތްކުލައެއް ފާއްދާލިއެވެ. އެބެލުމުގައި އަދިވެސް ވަނީ އޭނާއަށްޓަކައި ވާ ލޯތްބެވެ. ޔަނާލްއަށް އެހިތް ބޭނުންވެފައިވާ ވަރެވެ.
“ދެންމެ..” ޔަނާލްގެ ޖުމުލަ އަލާޔާއަށް ކިރިޔާ އަޑުއިވުނުކަމެވެ. އޭނާ ހިނިތުންވެލަމުން ޔަނާލްގެ ކައިރީގައި ހުރި ގޮނޑި ދަމާލަމުން އިށީނެވެ.
ކާގެއިން ނުކުތް ޔަނާލްގެ މިސްރާބު ހުރީ ޓެރެސްއާއި ދިމާލަށެވެ. ދެއަތް ދެއަތާއި މޮޑެމުން ދިޔައިރު އެހިތް ތެޅެމުން ދިޔައީ އެހެނެއް ބަލާފައެއްނޫނެވެ. ފުން ނޭވާއެއްލަމުން އޭނާ ޓެރެސްއަށް ވަންނަ ދޮރު ހުޅުވާލިއެވެ.
“އައިމް ހިއަރ..” އޭނާގެ އަޑަށް ފަސްއެނބުރި ބަލައިލި އަފްލާކްގެ މޫނު ފެނުމުން ޔަނާލްއަށް ހިންދިރުވައިލެވުނެވެ. އަފްލާކްގެ މޫނުމަތިން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އޭނާ އަތުން އައުމަށް އަންގާލަމުން ގޮސް ރެއިލިންގައި އަތްއަޅުވާލަމުން އުޑުމައްޗަށް ބަލައިލިއެވެ. ދާދި ދެންމެއަކާއި ޖެހެންދެން އުޑުމަތީގައި ވިދާ ބަބުޅަމުންދިޔަ ތަރިތަކެއް މިހާރު ފެންނާކަށް ނެތެވެ. މުޅި އުޑުމަތިވަނީ ކަޅު ވިލާތަކުން ބައްދާލާފައެވެ. ވައި ބާރުވާން ފެށިއިރުވެސް އަފްލާކް އެތަނުން ދާހިޔާލެއް ނުކުރިއެވެ. ޔަނާލްގެ ދުލުން ޙަގީގަތް އޮޅުންފިލުވުމުގެ އެދުން އެހިތުގައި ވާތީ ކަންނޭނގެއެވެ.
“ނައު ޓެލް މީ… އޯލް އެބައުޓް އިޓް..” އަފްލާކް ރެއިލިންގައި ލެނގިލަމުން ޔަނާލްއަށް ކުރިމަތިލިއެވެ. ވަގުތުން އޭނާގެ މޫނު ހުދުވިއެވެ. އަފްލާކްއަށް ހަގީގަތް ކިޔައިދޭން ޖެހޭ ވަގުތު ޖެހުނީއޭ ހިތަށް އެރުމުން ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލިއެވެ. އަނެއްކާ އަފްލާކް ގަބޫލު ނުކޮށްފިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟
“ކޮ.. ކޮން ވާހަކައެއް؟..” ޔަނާލް އެނގޭ ކަމަށް ނުހެދުމުން އަފްލާކްގެ ދެބުމަ ގޮށްޖެހުނެވެ. އެއްޗެކޭ ބުނަން ހުޅުވާލި އަނގަ ލައްޕާލަން ޖެހުނީ ޔަނާލް އަނެއް ފަރާތަށް އެނބުރި ހިނގައިގަތުމުންނެވެ. ނަމަވެސް ދެފިޔަވަޅު ކުރިއަށް އެޅުނުއިރު އޭނާގެ ކަނާއަތް އޮތީ އަފްލާކްގެ އަތްތިލަ ތެރޭގައި ހައްޔަރުވެފައެވެ.
“ބޭބީ ޔޫ ކާންޓް ލީވް އަންޓިލް އައި ސޭ…” އަފްލާކް ގުދުވެލަމުން ޔަނާލްގެ ކަންފަތް ދޮށުގައި ވައިއަޑުން ބުނެލިއެވެ. އެވަގުތު އަފްލާކްގެ ހޫނު ނޭވާ އޭނާގެ ކަންފަތަށް އެޅުމުން ޔަނާލްއަށް ތެޅިގަނެވުނެވެ. އަދި އޭނާއާއި މުޚާތަބު ކުރި ގޮތް… ޔަނާލްއަށް ހިންދިރުވާލެވުނެވެ. އޭނާ ހަގީގަތް ނުކިޔައިދެނީސް އަފްލާކް އޭނާ ދިޔަނުދޭނެކަން ޔަގީނެވެ.
“އަފްލާކް ލީވް މައި ހޭންޑް… އައި ޝުޑް ގޯ ހޯމް..” ޔަނާލް އޭނާގެ އަތްތިލަ މިނިވަން ކުރެވޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް އަފްލާކްގެ ކުރިމަތިން ދުރަށް ދާށެވެ. މިހާރު ވާރޭވެސް ވެހެން ފަށައިފިއެވެ.
“ޕްލީޒް… އެންމެ ފަހަރަކު ކުރެވުނީ ކޮން ކުށެއްތޯ ބުނެދީބަލަ… ޕްލީޒް ލާލް…” އަފްލާކް ޔަނާލް އޭނާއާއި ވީ ފަރާތަށް އަނބުރާލަމުން އާދޭސްކޮށްލިއެވެ. އެދެލޮލުގައި ވި ވޭނާއި ވިދަމުންދިޔަ ކުދި މުތިތަކެއް ފަދަ ކަރުނަތިކިތައް ފެނިފައި ޔަނާލްގެ ހިތުގައި ރިއްސާލިއެވެ. އަފްލާކްގެ ހިތުގައި އަޅާ ކޮންމެ ވޭނެއްގެ ފަހަތުގައި ވަނީ އޭނާއެވެ. އެ ކަރުނަތަކުގެ އަސްލަކީ އޭނާއެވެ. ޔަނާލްއަށް އަމިއްލަ ނަފްސަށް ދުވަހަކުވެސް މަޢާފު ކުރެވޭނެހެއްޔެވެ؟
“އިކީ ޕްލީޒް ލެޓް މީ ގޯ..” ޔަނާލް އެދެލޮލަށް ނުބަލަން މަސައްކަތް ކުރިއެވެ. އަފްލާކް ދެރަވާނެ ވަރު ހިތަށް އެރުމުން ޔަނާލްގެ ދެލޯ ފެންކަޅިވިއެވެ. ދެވަނަ ސިކުންތުގައި އަފްލާކް އޭނާގެ އަތުން ދޫކޮށްލުމުން އޭނާ އަފްލާކްއަށް ބަލައިލިއެވެ. އެމޫނުމަތީގައި ކުޑަކޮށް ނަމަވެސް ޙައިރާންކަން ފެންނަން ހުއްޓެވެ.
“ޔޫ ޖަސްޓް ސެއިޑް އިކީ؟..” އަފްލާކް އެހެން އަހާލިއިރު ބޮޑަށް ހީވީ އަމިއްލަ ނަފުސަށްވެސް ޔަގީން ކޮށްދޭން އުޅުނު ހެންނެވެ. ވަގުތުން ޔަނާލްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާއަށް ބުނެވުނީ އެހެން ހެއްޔެވެ؟
“ޔޫ ޖަސްޓް ސެއިޑް އިކީ؟…” އަފްލާކް ޔަނާލްގެ ދެ ކޮނޑުގައި ހިފަހައްޓާލަމުން ތަންކޮޅެއް ބާރަށް އަހާލިއެވެ. އޭރު އެދެލޮލުގައި ހަމަ ރަނގަޅަށްވެސް ކަރުނަތައް ބޮނޑިވެފައި ހުއްޓެވެ. ޔަނާލްއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނާއަށް ހީވީ މީހަކު އެހިތް ކަފައި ކުދިކުރަމުން ދިޔަހެންނެވެ. މިއިން ދުވަހަކުވެސް އަފްލާކްގެ ދެލޮލުން ކަރުނަ ފެނިފައި ނުވާއިރު އެދެލޮލުން މިރޭ އެފެންނަނީ އޭނާ އަފްލާކްއަށް ދިން ވޭނެވެ. އެދެލޮލުގައިވާ ކޮންމެ ކަރުނަ ތިއްކަކަށް އޭނާ ބަދަލުދޭނީ ކިހިނެއްހެއްޔެވެ؟
“ޕްލީޒް ޔަނާލް… ސޭ ދެޓް ޔޫ ލަވް މީ.. ސޭ ދެޓް ވަޓް ޔުއާރ މަމް ސެއިޑް ވޯޒް ޓްރޯ… ޕްލީޒް ޔަނާލް ސޭ ދެޓް ޔޫ ލަވް މީ..” އަފްލާކް ޔަނާލްގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ވައި އަޑުން ބުނެލިއެވެ. އޭރު އެދެލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތިކިތައް ކޯތާފަތް މަތިން ދެމެން ފަށައިފިއެވެ. ފިރިހެނަކަށް ވިޔަސް ކެތްކުރެވޭނީ ވަކި ވަރަކަށްތާއެވެ.
“އިކީ ޕްލީޒް…” ޔަނާލްއަށް ވެސް ރޮވިއްޖެއެވެ. މުޅި ދުނިޔެއިންވެސް އޭނާ އެންމެ ލޯބިވާ މީހާ ރޮމުންދާއިރު ބަލަން ކެތްވާނީ ކާކަށްހެއްޔެވެ؟ އެވަގުތު ވާރޭވެސް ބޯކޮށްލީ ކުއްލިއަކަށެވެ.
“އައިމް ސޮރީ އިކީ…” ޔަނާލް އެންމެ ފަހުން ކެތްނުވެގެން އަފްލާކްގެ ޓީޝާޓުގައި ހިފައި ބޮނޑިކޮށްލަމުން އެމޭގެ ތެރޭގައި ބޮނޑިވެލިއެވެ. އެ ދޮން ކޯތާފަތުގައި ބޮސްދެމުން ތިރިއަށް ފައިބަމުން ދިޔަ ކަރުނަ ތިކިތައް ވާރެއާއި އެކުވެގެން ދިޔައެވެ. އަފްލާކްއަށް މަޑުޖެހެވުނެވެ. ޔަނާލްގެ އެންމެ ޖުމުލައަކުންވެސް އެހިތަށް ހަމަޖެހުން ގެނެސްދީފިއެވެ.
“ޝްޝްޝް…. ޕްލީޒް ބޭބީ.. ޑޯންޓް ކްރައި… ބުނެބަލަ ވީ ގޮތެއް.. ޑިޑް އެނީވަން ހާޓް ޔޫ؟… ވައި ޑިޑް ޔޫ ގޯ…” އަފްލާކް ޔަނާލްގެ ކޮނޑުގައި ހިފައި ދުރުކޮށްލަމުން ދެއަތުން ޔަނާލްގެ ކޯތާފަތުގައި ހިފަހައްޓާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައިރު އަފްލާކް އަދި ޔަނާލްއަށް ވެސް ކުރެވުނީ ތަފާތު އިހުސާސެކެވެ. ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކެއްގެ މޫނަށް އެޅެމުން ދިޔައިރު ތިބެވުނީ ކިހާ ކައިރިގައި ކަމެއް އިހުސާސެއް ނުވިއެވެ. އަފްލާކްއަށް ހިންދިރުވާލެވުނެވެ. ޔަނާލްގެ މަޑު ފިޔާތޮށި ތުންފަތުގައި ފެންތިކިތައް ވިދަމުންދިޔައިރު ހީވަނީ ރަތްފިނިފެންމާ ފިޔައެއްގައި ވާރޭ ތިކިތައް ހަރުލާފައި ވާހެންނެވެ. އަފްލާކް ބަލަހައްޓައިގެން ހުރެފައި އެންމެފަހުން އެހިތުގެ އެދުން ފުރިހަމަ ކޮށްލިއެވެ. ފުރަތަމަ ދެލޯ ބޮޑުކޮށްލައިގެން ހުރެފައި ޔަނާލްވެސް ބައިވެރިވިއެވެ. ސިކުންތުކޮޅަކަށް ދެމިގެންދިޔަ އެވަގުތުކޮޅު ދެމީހުންގެ ހިތުގައިވެސް ރަން އަކުރުން ފަވާލެވުނެވެ.
“އައި ލަވް ޔޫ…” އަފްލާކް ޔަނާލްއާއި ދުރުވެލަމުން ވައިއަޑުން ބުނެލިއެވެ. ވަގުތުން ޔަނާލްއަށް ޙިޔާލުތަކުން ނުކުމެވުނެވެ. އަފްލާކްގެ މޭގައި އަތްއަޅައި ކޮއްޕާލަމުން އޭނާ ދެލޯ ބޮޑުކޮށްލިއެވެ. ނަމަވެސް އަފްލާކް ޔަނާލް ދުރަށް ދިޔަކަ ނުދިނެވެ. ދެއަތުން އެހިމަ އުނަގަނޑުގައި ހިފައި ކައިރިއަށް ދަމާލަމުން އޭނާ އެއްލޯ މަރާލިއެވެ.
“ނައު ޓެލް މީ… ކިހިނެއްވެގެން ޔަނާލް ދުރަށް ދާން ވިސްނީ؟..” އަފްލާކް އެހުރި ގޮތަށްހުރެ މޫނުމައްޗަށް ސީރިއަސް ކުލަވަރު ގެނައެވެ. ޔަނާލް އަފްލާކްގެ އަތުތެރެއިން ނުކުންނަން ކުރި މަސައްކަތް ވީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. އެބާރުދަގަ އަތުތެރެއިން ނުނިކުމެވޭނެކަން ޔަނާލްއަށް ހަމަ ނޭނގެނީހެއްޔެވެ؟ ނޫނީ އޭނާ އަފްލާކްއަށްވުރެ ބާރުގަދަކަމަށް އަމިއްލައަށް ދެކެނީހެއްޔެވެ؟ އަފްލާކްގެ ހިތަށް އަރަމުންދިޔަ ސުވާލުތަކުން އޭނާގެ ގާތަށް ހިނިއައެވެ. ދެތިން މިނެޓު ފާއިތުވެގެން ދިޔައިރު ޔަނާލް އެއްޗެކޭ ނުބުންޏެވެ. އޭރު ވާރޭވެސް ތުނިކޮށްލައިފިއެވެ.
“އިޓްސް ނަން އޮފް ޔުއާ ބިޒްނަސް…” އެންމެފަހުން ޔަނާލް އަފްލާކްގެ އަތުގައި ހިފައި ދުރުކުރަން މަސައްކަތް ކުރަމުން ލޯ އަޅާލިއެވެ. ނަމަވެސް އަފްލާކްއަށް އެކަންވީ މަޖާ ކަމަކަށެވެ. “އޮފްކޯޒް އިޓް އިޒް.. ދެން ބުނެބަލަ ބުނާނީތަ ނޫނީ ހޯދާނީތަ؟..” އަފްލާކް ޔަނާލްގެ އުނަގަނޑަށް ބާރުކޮށްލަމުން ބުނެލި ޖުމުލައިން ޔަނާލްއަށް ސިހިފައި އަފްލާކްގެ ފުން ކަނޑެއްފަދަ ދެލޮލަށް ބަލައިލެވުނެވެ. އޭނާ ނޫން އެހެން މީހެއްގެ ފަރާތުން އަފްލާކްއަށް އެވާހަކަ އަޑުއިވޭކަށް އޭނާ ބޭނުމެއްނޫނެވެ. އެކަމަކު އޭނާގެ ގައިގައި ވެސް އެވާހަކަ ބުނާނެހާ ހިތްވަރެއްނެތެވެ.
“އަފްލާކް… ވަރަށް ގޮތްދޫކުރަން ނޭނގޭދޯ..” ޔަނާލް ބުމަ ކައިރިކޮށްލަމުން އޭނާގެ ދެއަތް އަފްލާކް ކަރުގައި ވަށާލިއެވެ. ސިހުން ނަމަވެސް އަފްލާކް ހިޔާރުކުރީ ހިމޭންކަމެވެ. ޔަނާލްގެ މޫޑު ކުއްލިއަކަށް ބަދަލުވީ އޭނާ ހޯދާނީހޭ ބުނީމައިހެއްޔެވެ؟
“އިކީ… އައި ނީޑް ޔޫ…” ޔަނާލް އަފްލާކްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެފައި އިއްވާލިއެވެ. އަފްލާކްއަށް އަމިއްލަ ކަންފަތަކަށް ގަބޫލެއް ނުކުރެވުނެވެ. ދެލޯ ބޮޑުކޮށްލަމުން ބަލައިލިއިރު ޔަނާލްގެ ދެލޮލުގައި ކަރުނަ ވިދަމުންދިޔައެވެ. އޭނާގެ ހިތުގައި ރިއްސާލިއެވެ.
“ޕްލީޒް… ބުނެބަލަ ވީ ގޮތް… ވައި ކާންޓް ޔޫ ސޭ؟ ވައި ޑިޑް ޔޫ ގޯ؟ ޓެލް މީ.. ޑިޑް އެނިވަން ހާޓް ޔޫ؟…” އަފްލާކް ޔަނާލްގެ ކޯތާފަތުގައި ހިފަހައްޓާލަމުން މަޑުމަޑުން ބުނެލިއެވެ. އެއަޑުގައިވި ލޯބި ޔަނާލްއަށް ސިއްރެއްނުވިއެވެ. ޔަނާލް މަޑުމަޑުން ބޯޖަހާލިއެވެ. އަފްލާކްއަށް ހީވީ މީހަކު އޭނާގެ ހިތުގައި ހިފައި ބާރުކޮށްލިހެންނެވެ.
“ވަޓް ހެޕެންޑް؟ ކާކު ކީއްކުރީ؟ ސޭ އިޓް ޔަނާލް…. އައި ސްވެއަރ އައި ވޯންޓް ސްޕެއަރ ދެޓް ޕާސަން..” އަފްލާކްގެ އަތް މުއްކެވިގެން ދިޔައީ ކުއްލިއަކަށެވެ. ކަތުރު ކަށިގަނޑަށް ބާރުވެގެން ދިޔައިރު އަފްލާކް އެހުރީ ވަރަށް ރުޅިއައިއްސަކަން ބަލައިލި ކޮންމެ މީހަކަށް އެނގޭހާވެއެވެ.
“ޔޫ ޑޯންޓް ނީޑް ޓު… ހީ އިޒް ނޯ މޯރ…” ޔަނާލް އަފްލާކްއާއި ތަންކޮޅެއް ދުރަށް ޖެހިލަމުން އިސްޖަހާލިއެވެ. އަފްލާކް ބުމަ އަރުވާލަމުން ކީކޭހޭ އަހާލިއެވެ. އެބުނި އެއްޗެއް އޭނާއަށް ހަމަ ރަނގަޅަށްވެސް ފަހުމެއް ނުވިއެވެ. “ލިއަމް… ސަން އޮފް މައި ސްޓެޕް އާންޓް… ހީ އިޒް ނޯ މޯރ..” ޔަނާލް އަފްލާކްއަށް ބަލައިލަމުން ބުނެލިއެވެ. ނަމަވެސް އަފްލާކްގެ މޫނުމަތިން އެ ހައިރާންކަމެއް ފިލައިގެނެއް ނުދިޔައެވެ.
“ތި ލިއަމްއަކާއި މިކަމާއި އޮތީ ކޮން ގުޅުމެއް؟..” އަފްލާކް އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި އަހާލިއެވެ. ޔަނާލްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނާގެ ލޮލަށް ބޮނޑިވަމުންދިޔަ ކަރުނަ ތިކިތައް ވަންހަނާކުރަން ޔަނާލް އިސްޖަހާލިއެވެ.
“ހީ ހާޓް މީ…” ޔަނާލް ބުނެލީ އިސްޖަހާލައިގެން ހުރެއެވެ. އަފްލާކްއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ޔަނާލްގެ އަޑު ތުރުތުރު އަޅައިގެން ދިޔައިރު އެއީ ބުނަން ފަސޭހަ ވާހަކައެއް ނޫންހެން ހީވިއެވެ. ޔަނާލްގެ ގާތަށް ދާން އެއް ފިޔަވަޅު ކުރިއަށް އެޅި އަފްލާކްއަށް މަޑުޖެހެވުނީ ޔަނާލް ދެން ބުނެލި ޖުމުލައިންނެވެ. އޭނާއަށް ހީވީ ކަންފަތް ދޮށަށް ހޮނުގުގުރިއެއް ޖެހިހެންނެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރިއިރު ޔަގީނުންވެސް އެއީ އަފްލާކް އަޑުއަހަން ބޭނުންވި ޖުމުލައެއް ނޫންކަން އެނގުނީ ފަހަތަށް ދެފިޔަވަޅު އެޅުމުންނެވެ. އޭނާއަށް ޔަނާލްއަށް ބަލަހައްޓައިގެން ހުރެވުނެވެ. ކަންފަތް ދޮށުގައި އެކޯވަމުން ދިޔައީ ޔަނާލްގެ އެންމެ ފަހު ޖުމުލައެވެ.
“ހީ ރޭޕްޑް މީ……”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


