ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރީޝާގެ ހިތް ވަނީ ހުއްޓުމާއި ގާތް ވެފައެވެ. ރިޔާޝް އާއި އެއްފަސްގަނޑެއްގައި ހުރެ އޭނާ އެ އުޅެން ޖެހުނީ ރިޔާޝް އަށް ފިލައިގެންނެވެ. ރިޔާޝް ހުންނަ ތަނަކަށް ވެސް ނުގޮސް ވޭތޯ އެނާ ވަރަށް މަސައްކަތް ކުރިއެވެ. އެފަދަ ކޮންމެ ވަގުތަކު އޭނާގެ ހިތަށް ކެއްނުކުރެވޭ ވަރުގެ ވޭން ލިބެއެވެ. މިއީ ތަޤުދީރު އޭނާ އާއި ކުރާ ސަމާސާއެއް ހެއްޔެވެ؟ ނުވަތަ ލޯބީގެ ކޮންފަދަ ވޭނީ އިމްތިޙާނެއް ހެއްޔެވެ؟
**************
ހަފްތާއެއްގެ ޗުއްޓީއަކަށްފަހު ހުރިހާ ކުދިން އެނބުރި މާލެ އައެވެ. އެމީހުންނާއި އެކު އެ ލޯންޗުގައި ރިޔާޝް ނައިކަން އެއީ ނަސީބެކޭ ރީޝާގެ ހިތަށް އެރީ ކިތަށްފަހަރު ކަމެއްވެސް ނޭނގެ އެވެ. ނަމަވެސް ރިޔާޝް ނުފެނުމުން އެ ހިތަށް ދިޔައީ އުނދަގޫ ވަމުންނެވެ. ގެއަށް ދިޔަ ގޮތަށް ފުރަތަމަ ވެސް ރީޝާ ފާޚާނާ އަށް ވަދެ ބޮލަށް ފެން އަޅާލިއެވެ. އެއާއި އެކު އޭނާގެ ލޮލަށް ސިފަ ވާން ފެށީ އޭނާ އާއި ރިޔާޝް މީގެ ތިން އަހަރު ކުރިން ހޭދަ ކޮށްފައިވާ އުފާވެރި ވަގުތު ތަކެވެ. ލުއި ހިނިތުން ވުމެއްގެ އަޑު އޭނާގެ އަނގައިން ބޭރުވި ކަމުގައި ވިޔަސް ދެން ހަނދާނަށް އައި ކަމަކުން އޭނާގެ ދެ ކޯތާފަތް މަތިން ކަރުނައިގެ ރޮނގެއް ދެމިލިއެވެ.
ރިޔާޝް އާއި އެކު ރިއާޝް ވިލިނގިލީގައި މަޑު ކުރީ އެމީހުންގެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައެވެ. އެމީހުންނާއި އެކު މަޑުކުރަން އަހުޝަމް ކިތަންމެ ބޭނުން ވިއެއް ކަމަކު އަންހެން ކުދީންތައް އެކަނި ލޯންޗުގައި ފޮނުވާ ނުލާންވެގެން އޭނާ އެކުދީންނާއި އެކު މާލެ ދިޔައީ އެވެ. ސުޓޫޑިއޯ ތެރެ ހަމައަކަށް އަޅުވާ ލުމުގެ ބޭނުމުގައި ވެސް މެއެވެ.
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ކޮމެޑީ ލޭންޑް ވަނީ މުޅި ރާއްޖޭގެ އެންމެ މަޝްހޫރު ޝޯވްގެ ލަޤަބު ހޯދާ ފައެވެ. ހުރިހާ ޒުވާނުންގެ ހިތް ތައް އެކުދިން ފަތަޙަ ކޮށްފައި ވާ އިރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ވެސް ރީޝާ، ނަޔާ، އަހުޝަމް އަދި ރިއާޝް ވަނީ ހޯދާ ފައެވެ. ރާއްޖެ ތެރޭގައި ޢީދު ޝޯވ ތައް ދިނުމަށް ވެސް އެކުދިންނަށް ފުރުސަތު ލިބެއެވެ. ބައެއް މަޖާ ލަވަ ކުޅުމަކީވެސް މިހާރު ކޮމެޑީ ލޭންޑްގެ ބައެކެވެ. ރާއްޖޭގެ އެކި ހިސާބު ތަކުން އެކުދިންނަށް ތަރުޙީބު އޮހޭ އިރު ކޮމެޑީ ލޭންޑް އާއި މެދު ހިތް ބުރަ ކުރާ ބަޔަކު ވެސް އުޅެއެވެ. އެއީ ވެސް ރާއްޖޭގެ މަޝްހޫރު ޓިކް ޓޮކް ކުޅޭ ބައެކެވެ. އެމީހުންގެ ސަޕޯޓަރުން އެމީހުންނަށް ދިން ތަރުހީބު މިހާރު ކޮމެޑީ ލޭންޑް އަށް ލިބެމުން ދާކަމީ އެ މީހުންގެ ހިތުގައި ކޮމެޑީ ލޭންޑް އަށް އޮތް ނަފުރަތު ބޮޑުވެގެން ދާ ކަމެކެވެ.
ކުއްލިއަކަށް ލޮލުގައި އެއްޗެއް އަޅައިގަތުމުގެ ސަބަބުން ރިއާޝް ރީތިވާ މޭޒާއި ދިމާއަށް ދިޔައެވެ. ރީތިވާ މޭޒާއި އެނދާއި ދެމެދަށް ވެއްޓިފައި އޮތް ފައިލެއް އޭނާ ނެގިއެވެ. ސުވާލުގެ ނަޒަރަކުން އޭނާ ރިޔާޝް އާއި ދިމާއަށް ބަލައިލިއެވެ. އޭރު ޝައްކުގެ ނަޒަރަކުން ރިޔާޝް ވެސް ހުރީ އެ ފައިލާއި ދިމާއަށް ބަލާށެވެ. އެންމެ ސިކުންތެއް ވެސް ބޭކާރު ކުރުމެއް ނެތި ރިޔާޝް އައިސް އެ ފައިލު ރިއާޝްގެ އަތުން ނަގައި ހުޅުވާލިއެވެ. އެންމެ ފުރަތަމަ ވެސް އޮތް ގަނޑު ފެނުމުން ދެމީހުންގެ މޫނު މަތި ވެސް އުޖާލާ ވެގެން ދިޔައެވެ. މިއޮއް ހުރިހާ ދުވަހު އެމީހުން ހޯދަމުން ދިޔަ ކަރުދާސް ގަނޑު އެފެނުނީ އަދި ކިރިޔާ އެވެ. ހިތަށް ލިބުނު ހަމަ ޖެހުމާއި އެކު ދެބެން އެކަކު އަނެކަކު ގައިގައި ބައްދާލިއެވެ. ލަސް ކުރުމެއް ނެތި އަވަހަށް އަހުޝަމް އަށް ގުޅާފައި އެ އެއްޗެއް ފެނުނު ވާހަކަ ބުންޏެވެ.
ފުޅާ ހިނިތުން ވުމަކާއި އެކު އަހުޝަމް ދުވަމުން ސިޑިން އަރަމުން ދިޔައެވެ. ލިފްޓް ހުއްޓާ ވެސް ހަތް ވަނަ ބުރިއަށް އޭނާ ސިޑިން އެ އަރަނީ ލިފްޓް ހުރިކަން ހަނދާން ވެސް ނެތުމުން ތާއެވެ. ހަތް ވަނަ ފަންގި ފިލާ އަށް އެރުމާއި އެކު އެންމެ ފުރަތަމަ ޖެހުނު އެޕާޓްމެންޓްގެ ދޮރުގައި އޭނާ ޓަކި ޖަހައިގަތެވެ. ރަނގަބީލު ވެސް ދޮރު ކައިރީގައި ހަރުކޮށްފައި ހުއްޓައެެވެ. ދުނިޔަވީ އެއްވެސް ކަމެއް މިވަގުތު އެސޮރުގެ ހަނދާނަކު ނެތެވެ.
ބަތާ ރިހާކުރާ ތެލުލިފަތާ ވަޅޯމަހާއި އެކު މީރު ބަތް ތައްޓެއް މޮޑެލައިގެން ރީޝާ ޑްރާމާއަށް ގެއްލިފައި އިނެވެ. ޓީވީގެ އަޑު ބާރު ކޮށްފައި ހުރުމުން މީހަކު ދޮރުގައި ޓަކި ޖަހާ ކަމެއް ވެސް އޭނާ އަކަށް ނޭނގުނެވެ. ފާރުގައި ހަރުކޮށްފައި ހުރި ރަނގަބީލު އަހުޝަމްގެ ލޮލުގައި އަޅައިގަތީ ފަސް ހަފަހަރު ދޮރުގައި ޓަކި ޖެހުމުންނެވެ. އަވަސް އަވަހަށް އެއަށް ފިތަން ފެށި ގޮތުން އެސޮރުގެ ކެތްތެރިކަން ކުޑަވެފައި ވާ މިންވަރު ހާމަވެއެވެ. އަނގަޔަށް އަޅާލި ޖޫސް ފޮދާއި އެކު ރީޝާ ކޮށި އަރައިގެން ދިޔައީ މީހަކު ހެސްކިޔާފައި ރަނގަބީލު އަޅަން ފެށުމުން ނެވެ. ޑްރާމާގެ އެއޮއް ރީތި ހިސާބުގައި އިންދާ މީހަކު އަންނަން ޖެހޭ ހެއްޔެވެ؟. މިއީ ނަޔާ މެން ނަށް ވެސް އޭނާއާއި ގުޅަން މަނާ ކޮށްފައި އޮންނަ ވަގުތެކެވެ. ރުޅި މޫނު ހަދައިގެން ގޮސް ރީޝާ ދޮރު ހުޅުވާލިއެވެ. “ކަލޭ ދޯ މިގޭ ރަނގަބީލަށް އަނިޔާ ތި ކުރަނީ… ކާކު މަރުވެގެން މިއޮއް ފަދަ ގަޑީ މިގެއަށް ތިޔައީ؟..” ދޮރު މަތީގައި ހުރި އަހުޝަމް ފެނުމާއި އެކު ރީޝާ ދަތް ކުނޑި ވިކާލިއެވެ. ރީޝާ ދެއްކި އެއްވެސް ވާހަކަ އެއް އަޑު ވެސް އެހުމެއް ނެތި އަހުޝަމް އޭނާގެ އުފާ ރީޝާ އާއި ހިއްސާ ކުރި އެވެ. އެވާހަކަ އިވުމުން އޭނާ އިނީ ޑްރާމާ ބަލަން ކަން ވެސް ރީޝާ ހަނދާން ނެތުނެވެ. ފުންމައިގަންފައި އަސްލު ވެސް ހޭ އެހުނީ އެކަން ޤަބޫލު ކުރަން ދަތި ވެގެންނެވެ.
އަލިގަދަ ބޮކި ތައް ދިއްލާފައިވާ ތަނެކެވެ. އެތަނުގައި ހަތަރު ކޮޓަރި ހުރިއިރު އެއް ކޮޓަރި ހުރީ ކޮމްޕިއުޓަރު ފަދަ ސާމާނު ތަކުން ފުރިފައެވެ. ދެން ހުރި ކޮޓަރީގައި މިޔުޒިކު ކުޅޭ ސާމާނުތައް ހުއްޓެވެ. ދެން ހުރީ ކުޑަވަރެއްގެ ހިތްގައިމު ބަދިގެ އެކެވެ. އެންމެ ބޮޑު ކޮށް ހުރި ކޮޓަރީގައި އަންހެން ކުއްޖަކު އިނެވެ. ދެތިން އާރޓިސްޓުން އެ ކުއްޖާގެ މޭކަޕް ކުރުމުގައި އަވަދިނެތި އުޅުން އިރު އެކަކު ކެމެރާ ސެޓު ކުރަން ހުއްޓެވެ. އެ ކޮޓަރި އަށް ދެން ވަނީ ފިރިހެނެއްގެ މަސްތީ ނަޒަރުން އެއްކިބާ ނުވާ ފަދަ ހަށިގަނޑު ރީތި ޒުވާނެކެވެ. ލައިގެން ހުރި ރަތް ކުލައިގެ ހެދުން ކަކުލާއި ހަމައަށް އަރާ އިރު ވައްތަރީ ފޮތި މަދުވެގެން ފަހާފައި ހުރި ހެދުމެއް ހެންނެވެ. ހެދުމުގެ އަތް ހިމަ ކަމުން އޭނާގެ ހަށިގަނޑުގެ ބޮޑު ބައެއް އޮތީ ފާޅުވާށެވެ. މޫނުމަތީގައި ކޮށްފައިވާ ގަދަ މޭކަޕުން މީހާގެ އަސްލު ސޫރަ އޮޅެއެވެ. ރީތިވާން އިން އަންހެން ކުއްޖާއާއި ވާހަކަ ދައްކާލުމަށްފަހު އޭނާ ދެން މިސްރާބު ޖެހީ ކޮންޕިއުޓަރު ތައް ހުރި ކޮޓަރި އާއި ދިމާއަށެވެ.
“އަޅެ މިއޮއް ހުރިހާ ދުވަހު މި މިތަނަށް ވަދެ ފިލައިގެން މިއޮތީ ކީއްވެތަ ދޮންބޭ؟” ހެމުން ހެމުން ރިއާޝް ރިޔާޝް ކުރެން އެއްސެވެ. އެނދު ދަށް ބަލައިލަން ހިތަށް ނޭރުމުން އޭނާގެ މޮޔަކަން ހިތަށް އަރާ ރިޔާޝް ވެސް ހިނިގަނޑެއް ޖަހާލި އެވެ. އެ ފައިލު ހޯދަން އެމީހުން އުޅޭތާ މަހެއް ވީއެވެ. މީގެ އެއްމަސް ކުރިން ރިއާޝް އައިސް އެ ރަށުގައި ހުރެގެން އެ ހޯދުމުގެ މަސައްކަތް ކުރިއެވެ. ބެންގަލޫރު ގައި ހުރެގެން ރިޔާޝް ވެސް އެ އެއްޗެއް ހޯދަން ވަރަށް މަސައްކަތް ކުރިއެވެ. މާލޭގައި ތިބެގެން އަހުޝަމް، ނަޔާ އަދި ރީޝާ ވެސް ދިޔައީ އެ ފައިލު ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ނެވެ. ރިޔާޝް ބެންގަލޫރަށް ދިޔައީ މަތީ ތަޢުލީމު ޙާޞިލު ކުރަން ކަމުގައި ވިޔަސް އޭނާ ބެންގަލޫރު ގައި ހޭދަކުރި އެންމެ ފަހު މަސް ވެގެން ދިޔައީ އެ ފައިލު ހޯދުމުގެ މަހަކަށެވެ. އެކުދިން އެހާ ވަރަކުން އެ ފައިލު ހޯދަން އެ އުޅުނީ ހާދަހާ މުހިންމު އެއްޗެއް އޭގައި އޮތީ މަ ތާއެވެ.
ލިޔެ ކިޔުންތަކެއް ހުރި ކަބަޑެއް ހާވަން މެދު އުމުރުގެ މީހަކު ހުއްޓެވެ. “އަންކަލް… އެއްކަލަ ފައިލް…. އައި…” ފަހަތުން މީހަކު ވަން ހެން ހީވެގެން އެ މީހާ ފަހަތް ބަލައިލިއެވެ. އޭރު ނުތަނަވަސް ވެފައިވާ މޫނަކާއި އެކު ލިޔާ އައިސް ގޮނޑިއެއް ގައި އިށީންނަނީ އެވެ. “ފައިލޭ؟… ކޮން ފައިލެއް؟…” ތެދުވެ ކޮމްޕިއުޓަރަށް ނަޒަރު ހުއްޓާލަމުން އެ މީހާ އެހިއެވެ. “އަވަރ އެނެމީ…” ފުން ނޭވާއެއް ދޫކޮށްލަމުން ލިޔާ ބުނެލިއެވެ. ލިޔާގެ ދުލުން ބޭރުވި ބަހާއި އެކު އަލީ ފުންމައިގެން ތެދުވިއެވެ. ދެލޯ ބޮޑު ކޮށްލަމުން އޭނާ ލިޔާ އާއި ދިމާއަށް ބަލައިލި އިރު އެ މޫނުމަތިން ހާސްކަމުގެ ދާތިކި ތިކި ބަބުޅަން ފެށިއެވެ. “ވަޓް؟… ފް ފައިލު ކިހިނެއް ވީ؟” ކަންބޮޑުވުން އެކުލެވޭ އަޑަކުން އޭނާ އެހިއެވެ. “އައި ލޮސްޓް އިޓް….” އިސް ދަށަށް ޖަހާލަމުން ލިޔާ ބުންޏެވެ. އެއާއި އެކު އަލީގެ ރުޅިގަނޑު ހީވީ ފަޅައިގެން ދިޔަ ހެންނެވެ. “ހައު ޑެއާ ޔޫ ލިޔާ…. އެނގޭތަ އެއީ އަހަރުން ނަށް ކިހާ މުހިންމު އެއްޗެއް ކަން… އެ މީހުން ވައްޓާލަން މިހާރު އަހަރުންނަށް ކުރެވެން އޮތް ހަމަ އެކަނި ކަމަކީ އެއީ… މިހާރު މިކުޅޭ އިސްތިހާރު ތަކުންވެސް މާ ބޮޑު އެއްޗެއް ލިބެނީކީ ނޫން… އެވަރުން މަ އެ ހޯދާފައި ލިޔާ އަތަށް ދިނީ ވެސް އެ ފޮރުވައިގެން ގެންގުޅޭނެތީ… ދެން ކިހިނެކޯ ގެއްލުނީ؟… ” އޭނާ އެހާ އިތުބާރު ކޮށްފައި ލިޔާ އަށް އެ ފައިލު ދިނުމުން ވެސް ލިޔާ އަތުން އެ ފައިލު އެ ގެއްލުނީއެވެ. ” ވިލިނގިއްޔަށް ގޮސް ފުރަތަމަ ހުރި ގެސްޓުހައުސްގެ ރޫމުން ގެއްލުނީ… ފަހުން ހުރި ގެސްޓުހައުސް އަށް ދިޔަފަހަކުން ނުފެނޭ… އަމް ސޮރީ… ” ލިޔާ އެހެން ބުނުމާއި އެކު އަލީގެ ނިތަށް ރޫ ގިނަވެގެން ދިޔައެވެ. އެމީހުންގެ ސުޓޫޑިއޯ އަށް މިހާރު ލިބޭ މަދު އެތިކޮޅުން ކިރިޔާ ސްޓޫޑިއޯގެ ކަރަންޓު ބިލާއި ފެންބިލު ދައްކާލެވޭ ކަމެވެ. އެމީހުންނަށް އެއްވެސް ފައިދާއެއް އެއަކުން ނުކުރެއެވެ.
އަހުޝަމް ދިއުމުން ގޭގެ ދޮރު ތަޅުލުމަށްފަހު އެނބުރުން ރީޝާ ސިހުނީ ޓީވީ ފެނުމުން ނެވެ. އޭނާގެ ލޯބިވާ ޑުރާމާ ގަނޑު ވެސް އަހުޝަމަކާއި ހެދި ނުބެލުނެވެ. އަހުޝަމް ދެކެ އައި ރުޅީގައި ދޮރުގައި ފައިން ޖަހާ ވެސް ލިއެވެ. ނަމަވެސް ދެވަނަ ސިކުންތު ގައި އެ މޫނަށް އުފާވެރިކަން ވެރިވީ މިހާރު އޮޅާލައިގެން ވެސް ޓީވީ ބެލޭކަން ހަނދާން ވުމުންނެވެ. އަވަހަށް ގޮސް އޭނާ ކުރިން ބަލަން އިން ހިސާބަށް ޓީވީ އޮޅާލިއެވެ. ދެފައި ވަށްކޮށްލަމުން ސޯފާގައި ޖައްސާލަމުން ބަތް ތަށި އުނގަށް ލިއެވެ. “އެމް އެސް ހަމަ ގަދައީ އޭ…” އެމް އެސް ޓީވީ އިސްތިހާރު ކޮށްލަމުން އޭނާ ބުނެލިއެވެ.
ރިހާކުރު ގުޅަ ޕެކެޓެއް އަތަށް ލައިގެން ކޮމެޑީ ލޭންޑްގެ ސްޓޫޑިއޯ ތެރެއަށް ވަން ނަޔާ ހައިރާންވީ މޮޕު ލާން ހުރި އަހުޝަމް ފެނުމުން ނެވެ. އެސޮރު ކުއްލިއަކަށް މާ މުރާލި މިވީ ކީއްވެގެން ބާއޭ ނަޔާގެ ހިތަށް އެރި އެވެ. “އޭ… އަނެއްކާ މީހަކާ އިންނަނީ ތަ؟…” ވީޑިއޯ ކުރަމުން ނަޔާ އަހާލިއެވެ. “އޭ މަންޖެ އައީތަ؟.. ކަލޯ ފެނިއްޖެ ފޯމު… ޔާޝް ދޮންބެ އާ އާޝް ބްރޯ ދޭއް ޖަހާއިރަށް ލަފާނެ…” ސޯފާ ތަންދޮށަށް މޮޕު ކޮށްޕާލަމުން އަހުޝަމް ބުންޏެވެ. އޭނާ މޮޕު ލަމުން ދިޔަ ގޮތުން ނަޔާގެ ބޮލަށް އުނދަގޫ ވެގެން މޮޕު އަތުލިއެވެ. “ސަހާދެއް މިބުނީ… ތި ލާއިރު ވެސް ތަންކޮޅެއް ރީއްޗަށް ލާނަމަ ދޯ؟.. އާދެ ބަލަ މިހެން މޮޕު ލާނީ..” ދެން ކުރިއަށް ދިޔައީ މޮޕު ލާން ދަސް ކޮށްދިނުމުގެ ކުލާހެކެވެ. މާ ގިނަ އިރެއް ނުވެ ޗުއިންގަމެއް ހަފަމުން ރީޝާ ވެސް އައިސް އެމީހުންނާއި ގުޅުނެވެ. “ޗުއިންގަމް ޗުއިންގަމް…. ޗުއިންގަމް ޗުއިންގަމް… ޗުއިންގަމް ޗުއިންގަމް…. ޗުއިންގަމް ޗުއިންގަމް… ގެނައި ކޮން ކުދީންނޭއް ކުލާހަށް ޗުއިންގަމް؟..” ރީޝާ ހަފަމުން ދިޔަ ޗުއިންގަމް ފެނި އަހުޝަމް ލަވަ ކިޔަން ފެށިއެވެ. “ހިނގާ ހޯދަމާހޭ ތަރައްޤީ މި ޤައުމަށް… މިއުންމަތުގެ މާޒީންނޭ ޢަޒުމް އާ ކުރާނީ… ހޯދަމާ ހޯދަމާހެ ތަރައްޤީ… ހިނގާ ހޯދަމާހޭ ތަރައްޤީ މި ޤައުމަށް…” އަހުޝަމް އާއި ބައިވެރި ވެގެން ރީޝާ އާއި ނަޔާ ވެސް އަސްލު ލަވަ ކިޔަން ފެށިއެވެ. ތިން ކުދީންގެ ސަކަރާތް ގަނޑު ބޮޑުވި ތަނާ ހެން ރިހުލާ އާއި ލަމްހާ ވެސް ސުޓޫޑިއޯ އަށް އައިސް މަޖަލުގައި ބައިވެރި ވިއެވެ.
ލޯންޗު އައިސް ފަޅުތެރޭން ވަނުމާއި އެކު ރިޔާޝްގެ ހިތަށް ބަޔާން ކުރަން ދަތި އުފާވެރި ކަމެއް ވެރިވިއެވެ. ހަމަގައިމުވެސް މާލެއިން އޭނާއަށް ރީޝާ ފެނުން އުނދަގޫ ކަމަކަށް ނުވާނެ އެވެ. ކޮމެޑީ ލޭންޑްގެ ސުޓޫޑިއޯ އަށް ދާ އިރަށް ރީޝާ ފެންނާނެ އެވެ. ރިއާޝްގެ މިސްރާބަށް ގެ ވީއިރު ރިޔާޝް މިސްރާބު ޖެހިީ ސުޓޫޑިއޯ އާއި ދިމާއަށެވެ.
ޔޯގަޓު އިޝްތިހާރެއް ކުޅެމުން ދިޔަ ކޮމެޑީ ލޭންޑްގެ ކުދިން ސިހުނީ ސުޓޫޑިއޯގެ ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. “އާޝް ބްރޯ އައީ ކަންނޭނގެ….” ރިއާޝް އައީ އޭ ބުނުމުން ރީޝާ ގޮސް ދޮރު ހުޅުވި އެވެ. ދޮރު މަތީގައި ރީތި ހިނިތުންވުމަކާއި އެކު ހުރި ރިޔާޝް ފެނުމުން ރީޝާގެ ޙިއްސުތައް ގަނޑުވި ކަހަލަ އެވެ. ރިޔާޝްގެ އެ ފިރިހެން ވަންތަ ހިނިތުން ވުން އެހާ ގާތުން ފެނުމުން އޭނާގެ ހިތް ވެސް ހީލި ކަހަލަ އެވެ. “އެތެރެއަށް ވަންނާށެކޭ ނުބުނާނަންތަ؟” ރީޝާ އާއި ދިމާއަށް ކުޑަކޮށް ގުދު ވެލަމުން ރިޔާޝް އަހާލިއެވެ. “އުމް އްހްމް އެތެރެއަށް ވަދޭ…” ބޯ ހޫރުވާލަމުން އަމިއްލަ ނަފްސު ހަމަ އަކަށް އަޅުވާލާ ފައި ރީޝާ ބުނެލިއެވެ. ރީޝާ އަށް ހިތްގައިމު ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށް ފަހު ރިޔާޝް އެތެރެއަށް ވަނެވެ. “ހާދަ ބަދަލު ވެއްޖޭ ދޯ މިތަން؟…” ސުޓޫޑިއޯ އަށް އައިސްފައި ހުރި ބަދަލު ތައް ފެނި އާޝޯޚު ވެފައި ރިޔާޝް ބުނެލިއެވެ.
މިހާރު އެ ސުޓޫޑިއޯ އެ ހުރީ މީގެ ތިން އަހަރު ކުރިން އޭނާ ވަދެ ނުކުމެ އުޅުނު ސްޓޫޑިއޯ ހުރި ގޮތަކަށް ނޫނެވެ. މާކަރީ ލައިޓަކާއި ދެ ސޯފާ މިހާރު އެބަ ހުއްޓެވެ. ކުޑަ ކުޑަ ރީތި ކައުންޓަރެއް ހުރި އިރު ކައުންޓަރު ގައި ބޮޑު އަކުރުން “ކޮމެޑީ ލޭންޑް” ޖަހާފައި ހުއްޓެވެ. ކުރިން ދޮރު ފޮތި ގަނޑެއް ނުލައި ހުރި ބެލްކަނީ ގައި އެ ކުޑަ ކުޑަ ސްޓޫޑިއޯ އާއި ގުޅޭ ފަދަ އަޅި ކުލައިގެ ދޮރު ފޮތި ގަނޑެއް ހަރު ކޮށްފައި ހުއްޓެވެ. ބެލްކަނީ ގައި ވެސް ވަނީ އަންހެން ކުދީން ތަކުގެ މަސައްކަތުން ރީތި ހިތްފަސޭހަ ބަގީޗާއެއް ހައްދާ ލާފައެވެ. ސްޓޫޑިއޯގެ ފާރު ތަކުގައި ފޮމެކާ އާއި އެކު ވަނީ ސްޓިކާ ތަތް ކޮށްފައެވެ. ކުޑަ ކުޑަ ސްޓޭޖެއް ހުރި އިރު ސްޓޭޖްގެ އަރިމަތީގައި ދެ ކެމެރާ ސްޓޭންޑާއި މައިކު ސްޓޭންޑެއް ހުއްޓެވެ. ފާރު ތަކުގައި ވެސް ވަނީ ތަފާތު މަޖާ ދިވެހި އަދި ހިންދީ ފިލްމުސްޓާރުންގެ ފޮޓޯއާއި “ބަޚަބަރާއި” “ދިރިއުޅުމަކީ މިއީ ބާ؟” ފަދަ ކުރީގެ މަޖާ ޝޯވ ތަކުގެ ޕޯސްޓަރު ހިއްޕާފައެވެ. އަދި އެންމެ ޚާއްޞަ ކަމަކީ ކައުންޓަރާއި ދިމާ ފާރުގައި ވަނީ ކޮމެޑީ ލޭންޑްގެ ފަސް ކޮމީޑިއަނުން އަހުޝަމް، ރިއާޝް، ރީޝާ، ނަޔާ، އަދި ރަނާގެ ފޮޓޯ ހަރު ކޮށްފައެވެ. މިހާރު ކޮމެޑީ ލޭންޑްގެ ސުޓޫޑިއޯ ހުރީ ސުޓޫޑިއޯ އެއްގެ ގޮތުގައެވެ. ކޮމެޑީ ލޭންޑްގެ ހުރިހާ ކުދިންގެ ހިތްވަރާއި ބުރަ މަސައްކަތުން ނެވެ. އެކުދިންގެ ޢާއިލާގެ ބޮޑު އެހީތެރި ކަމެއް ލިބިގެން ނެވެ. އަދި ތިޔަ ކިޔުންތެރީންގެ ތަރުހީބާއި ލޮއެއްބާއި އެކުގައެވެ. ނަމަވެސް މި ލޭންޑްގެ ބޯމައްޗަށް ދަނީ ވަރުގަދަ ބޯ ވިލާ ގަނޑެއް ހިޔާ އަޅަމުންނެވެ. ކޮމެޑީ ލޭންޑްގެ ކުދިންނަށް އެ ވިލާ ގަނޑުން މި ލޭންޑް ސަލާމަތް ކޮށް ދެވޭނެ ބާއެވެ؟ ގޯނީގެ ފުލަށް ވެއްޓުނަ ނުދީ މި ގޮތުގައި ކުރިއަށް ދެވޭނެ ބާއެވެ؟ ރިޔާޝް މެންނަށް ފެނުނު ފައިލަކީ ލޭންޑް ސަލާމަތް ކުރުމަށްޓަކައި ކިހައި މުހިންމު އެއްޗަކަށް ވާނެ ބާއެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




Awwwn it’s so nice and amazing ????❤
Your so creative i,m like howw??????
Mashaallah❤ keep it up gurl??????
Reply for @Anoo
Thank you vrh bodah.. Vaahaka huhnaane baivaru.. Kiyaalaa avahah❣️
Reply for @Unknown One
Alheyyyy vrh vrh bodah Shukuriyyaa dear ???
Ahaha thank you thank you hama ☺️☺️
Yes sis Insha Allah ❣️❣️❣️
It is so beautiful story
I was so lovely story
And I like this story
I love you so much????
Masha allah..
Mi part vs vrh salhi ??
Waiting for the next part ❤️?
Reply for @Mariyam inma imraan Ibrahim Imraan Ibrahim
Aaawwn I’m so touched with your cmnt ❣️❣️❣️
Thank you soo much for ur support and love dear
Love you more???
Reply for @eevss
Ahaaa hello eevss darling ????
Ahaha thank you thank you ???
Ahaa yes just wait for few more days… And I’m waiting for ur new story ❣️❣️
When is next