ހަމްޝާ އަރައިގެން ދިޔަ ލޯންޗް ފަޅުތެރެއިން ނިކުމެގެން ދިޔަ ތަން ބަލަން އާހިލް އަށް ހުރެވުނެވެ. އެ ލޯންޗް ލޮލުކޮޅަށް ގެއްލުމުން އިސް ޖަހައިގެން ހުރެ ގެއަށް ދާން ހިންގައިގަތެވެ. ގެއަށް ގޮސް ވަތް އިރު މޫމިނާ އާއި އެލީނަ ހުރީ ސޯފާ މަތީގައި އިށީންދެލައިގެން ޓީވީ ބަލަންށެވެ. “މަންމާ ނަސީބެއްނު އޭނަ ދިޔަކަން ދެން މަށަށް ހަމަޖެހިލައިގެން އުޅެވޭނެ” އެލީނާ ފޮނި ކަނޑަ ގޮތަށްބުނެލިއެވެ. އާހިލް އޭގެން އެކަކަށް ވެސް ބަހެއް ނުބުނެ ވަނީ އޭނާގެ ކޮޓަރިއަށް ށެވެ. ކޮޓަރިއަށް ވަދެފައި އާހިލް އެނދު މައްޗަށް ވެއްޓިގަތެވެ. އެއަށްފަހު ފޯނުނަގާ ޒޯޔާ އަށް ގުޅައިލިއެވެ.
ލޮނުގަނޑު ކަފަމުން ދިޔަ ލޯންޗު ގޮސް ވަނީ މާލޭގެ ފަޅުތެރެއަށްށެވެ. ހަސްނާ އާއި އަމްޖަދް އެރުމަށްފަހު ހަމްޝާ ވެސް މާލެ ޖެޓީ މައްޗައް އަރާފައި މާލެ އަށް ނަޒަރު ހިންގާލިއެވެ. އެއީ އަލަށްވެސް ނާންނާތީ އެވެ. “ހަމްކޯ މަންމަ ދެން ޕްރޮމިސްކުރަން ހަމްކޮ އެކަނި އެހެން ދޫކޮށްލާފައި ނުދިޔުމަށް” ހަސްނާ މިހެން ބުނުމުން ހަމްޝާ ހަސްނާ އަށް ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. އަދި އަހަރެންގެ އާއިލާ އަކީ ހަމްޝާގެވެސް އާއިލާ އޯކޭ” އަމްޖަދް މަރްހަބާ ކިޔުމުގެ ގޮތުން ބުނެލިއެވެ. މާގިން އިރު ތަކެއް ނުވޭ އެމީހުން ކުރިމަތީގައި ކަޅޫކުލައިގެ ކާރެއް މަޑުކޮށްލިއެވެ. ހަމްޝާ އައި ހަސްނާ އެރީ އެކާރުގެ ފަހަތު ސީޓުތަކަށްށެވެ. އަމްޖަދް އެރީ ކުރީގައި ހުރި ސީޓް އަށްށެވެ. އެމީހުންގެ ލަގޭޖް ތައް ކާރުގެ ޑިކީއަށް އެރުވުމަށްފަހު ކާރު ދުއްވައިލިއެވެ. ކާރުގޮސް މަޑުކޮށްލީ މާލޭގައި ހުރި އެންމެ ރީތި ގޭކައިރީގައެވެ. “ހަމްޝާ ވެލްކަމް ޓު ޗެރީބޮލޯސަމް ގާޑެން (ހިޔާލީ ނަމެއް) މީ އަހަރެނގެ ގެ” އަމްޖަދް ގޭގެ ގޭޓު ދޮރުން ވަނުމާއި އެކު ބުނެލިއެވެ. “ހަމްކޮ ގެ ހުންނާނެ ދެ ސިބްލިންގްސްވެސް އެކަކު އެއީ ސްޓެޕް ބަރަދާއެއް އަނެކަކު އެއީ ހަމްކޮގެ ހާފް ބްލަޑް ސިސްޓާއެއް” ހަސްނާ ކާރިން ފޭބުމާއިއެކު ބުނެލިއެވެ. ހަމްޝާ މަޑުމަޑުން ހަސްނާގެ ފަހަތުން ގޭގެ އެތެރެއަށް ވަދެލިއެވެ.
“ދޭށޭ!!! އެހެން ނޫނީ މަންމަ ކައިރީގަ ބުނާނަން” އިވެމުން ދިޔައީ 14 އަހަރުގެ އަންހެން ކުއްޖެއް އާދޭސް ކުރާ އަޑެވެ. “ނުދޭނަމޭ!!! އަޑުއިވޭ އަދި ހަނާ މާ ކުޑައޭ ލަވް ލެޓާސް އަށް” އަދި 17 އަހަރުގެ ފިރިހެން ކުއްޖެއް އަޑެވެ. “މީތަ މަންމަ އަށްވީ ވެލްކަމް އަކީ؟” ހަސްނާ މިހެން ބުނުމުން އެ ދެކުދިން ހަސްނާ އާއި ދިމާލަށް ބަލައިލިއެވެ. “މަންމާ ބަލާބަލަ ދޮންބެ” ހަނާ ބޮޑާ ހާކާލާފައި ބުނެލިއެވެ. ހަސްނާ އެ ފިރިހެން ކުއްޖާ އާއި ދިމާލަށް ދިޔައެވެ. “އަޒްކާން ދައްކަބަލަ ތި ލެޓާ ބަލައިލާން” ހަސްނާ މިހެން ބުނުމުން އަޒްކާން އޭނާގެ އަތުގައި އޮތް ލެޓާ ހަސްނާ އަތަށްދިނެވެ. ހަސްނާ އެލެޓާ އޭނާގެ އަތް ދަބަސްތެރެއަށް ލިއެވެ. “ހަމްކޮ ތިތާން ގައި ތިހުރީ ކީއްވެ؟ އަވަހަށް އެތެރެއަށް ވަދޭ” ހަސްނާ މިހެން ބުނުމުން ހަނާ އާއި އަޒްކާން ހަމްޝާ އާއި ދިމާލަށް ބަލައިލިއެވެ. ހަމްޝާ ވަގުތުން އިސްޖަހައިލިއެވެ.
——-
ޒޯޔާ އަށް ގުޅުމުން މާ ގިން އިރު މަޑު ކުރާކަށް ނުޖެހުނެވެ. “ހަލޯ!!؟” ޒޯޔާ ނިދި އަޑަކުން ބުނެލިއެވެ. “ޕިސް ޕިސް އަދިވެސް ނިދާފަ މިއަދު 9:00 ޖަހާލާހާ އިރު މީޓް ކުރައަޗެ އައި ހޭވް ސަމްތިން ޓު ސޭ” އާހިލް މިހެން ބުނުމުން ޒޯޔާ އެނދުމަތީގެ ބޯ އަޅާކޮޅުގައި ލެގީލިއެވެ. “ހްމްމް އޯކޭ 9:00 ޖަހާއިރު ހިންގާ އެ ކޮފީ ޝޮޕް އަށް ދާން މަ އެތަނަށް ވަރަށް ދާހިތް ވޭ” ޒޯޔާ މިހެން ބުނުމުން އާހިލް އެއްބަސް ވިއެވެ.
———
“މަންމާ އެއީ ކާކު؟” ހަނާ ހަސްނާ ގާތުގައި އަހައިލިއެވެ. “އެއީ މަންމަ ދަރިފުޅުހެން ނުވަ މަހާ ދިހަ ދުވަސް ވާދެކަށް މަންމަ ބަނޑުތެރޭގަ ގެން ގުޅުނު ކުއްޖެއް… އެއީ ދަރިފުޅުގެ ދޮންތަ ހަމްޝާ” ހަސްނާ ހަނާ ގާތު މިހެން ބުނުމުން ހަނާ ހަމްޝާ އާއި ދިމާލަށް ލޯ އަޅައިލިއެވެ. “ހަމްޝާ؟ ވަރަށް އޮޑް ނަމެއް… މަ މިދަނީ ދާން” އަޒްކާން މިހެން ބުނެފައި ދިޔައީ އޭނާގެ ސައިކަލު ތަޅުދަނޑި ހިފައިގެން ބޭރަށްށެވެ.
އާހިލް 9:00 ޖަހައިލިހާއިރު ކަޅުކިލައިގެ ޓީޝާޓަކާ ކަޅު ކުލައިގެ ކަކުލާއި ހަމައަށްދާ ސޯޓު ކޮޅެއް ލައިގެން ކޮޓަރިން ނިކުމެލިއެވެ. ގޭގަ މީހެއް ހުރިހެން ވެސް ހީ ނުކޮށް ސައިކަލު ތަޅު ދަނޑި ހިފައިގެން ނިކުމެގެން ދިޔައެވެ. އާހިލް ސައިކަލާ ކޮފީ ކޮފީ ޝޮޕް އަށް ދަނިކޮށް މަގުގެ އެއްފަރާތެއްގައި ހިންގަމުން ދިޔަ ޒޯޔާ ފެނި ސައިކަލު މަޑިކޮށްލިއެވެ. “އަރާ މަ ޒީ އެ ކޮފީ ޝޮޕް އަށް ޑްރޮޕް ކޮށްދީފާނަން” އާހިލް މިހެން ބުނުމުން ޒޯޔާ އާހިލް ގެ ފަހަތަށް އަރާފައި އާހިލްގެ ކޮނޑު މަތީގައި ޖަހައިލިއެވެ. “މަ މި ދަނީ ކަލޭ އާ މީޓު ކުރަން ށޭ…. އަދި ޑްރޮޕް ކޮށްދޭނަމޭ އެބަ ބުނެއެއްނު” ޒޯޔާ މިހެން ބުނުމުން އާހިލް ޖަހާލީ ހިނިގަނޑެކެވެ. އަދި އެއަށްފަހު ސައިކަލު ދުއްވައިލިއެވެ. އާހިލް ކުއްލިއަކަށް ސައިކަލް ދުއްވައިލުނުން ޒޯޔާ ގޮސް އާހިލް ގެ ބުރަކަށީގައި ތަތްވިއެވެ. އާހިލް ގެ ތުންފަތް ނަތީގައި ކުޅެލީ ކާމިޔާބީގެ ހިނިތުން ވުމެވެ. އާހިލް ސައިކަލު ދުއްވާލެއް ބާރުކަމުން ޒޯޔާ އާހިލް ގައިގައި ބާރަށް ބައްދައިލިއެވެ. އަދި އޭނާގެ ދެލޯ ތަގުޅި ކޮށްގެން ހުއްޓެވެ.
ކޮފީ ޝޮޕް އާއި ހަމަ ވީ އިރު އެތަން އަދި ހުޅުވަނީއެވެ. “ހަމަ ރަނގަޅު ގަޑިއަކަށް މި އާދެވުނީ ދޯ ޒީ” ޒޯޔާ އަށް ދޯ ދެމުން އާހިލް ބުނެލިއެވެ. ޒޯޔާ އާހިލް ގައިން ދޫކޮށްލުމަށްފަހު އޭނާގެ ދެލޯ ހުޅުވާ ބަލައިލިއެވެ. “އާން ހަމް ސީދާ ހުޅުވި ގަޑިއަށް މި އާދެވުނީ” ޒޯޔާ މިހެން ބުނެފައި އާހިލް ގެ އަތުގައި ހިފައިގެން ކޮފީ ޝޮޕް އެތެރެއަސް ވަދެލިއެވެ. ދެމީހުން ވެސް އެތާ ކަނެއްގައި ހުރި މޭޒަކާއި ދިމާލުގައި އިށީންދެލިއެވެ. އަދި އެތާންގެ ވޭޓަރަކަށް ގޮވައިލިއެވެ. “އެއް ނެސްކެފޭ އައިސް ކޮފީ އަކާ އެއް ބްލެކް ކޮފީއެއް” އާހިލް މިހެން ބުނުމުން ޒޯޔާ ހައިރާން ކަމާއި އެކީގަ އާހިލް އަސް ބަލައިލިއެވެ. “އައި އޯ ޔޫ ވަން އައިސް ކޮފީ” އާހިލް ޒޯޔާ އާއި ދިމާލަށް ބަލްއިލަމުން ބުނެލިއެވެ.
އެރޭގަނޑު 11:30 ވެލި ހާއިރު އަޒްކާން ދިޔައީ ސިންގިރޭޓު ފޮއްޓެއް ހިފައިގެން ގޭގެ ޓެރެސް މައްޗައްށެވެ. ނަމަވެސް ކުރިމަތީގައި ހުރި ސޫރަ ފެނި ފޫހި ވިއެވެ. “ހާހް މީނަ މިތާންގަ މިގަޑީ ކީއް މި ކުތަނީ؟” ކުރިމަތީގައި ހުރި ހަމްޝާ ފެނި އަޒްކާން ހިތާހިތުން ބުނެލިއެވެ. ދެން އިވެމުން ދިޔައީ ހަމްޝާ ގިސްލގިސްލާފަ ރޯ އަޑެވެ.
“ކީއްވެ… ކީއްވެ މަ ދާ ކޮންމެ ދިމާލަކުން…… މީހުން މަށަށް…… ނަފްރަތް ކުރަނީ؟ މަގޭ ކިށަކީ ކޮބާ؟” ހަމްޝާ މިހެން ބުނި އަޑު އިވުމުން އަޒްކާން އަށް މިއަދު ހެނދުނު ހަމްޝާ އާއި ދިމާލަށް ބުނި އެތި ހަނދާންވިއެވެ. ހަމްޝާ ގެ ލޮލުން ހޫނު ކަރުނަތަށް ފާބަމުން ދިޔަ މަންޒަރު ބަލަން އަޒްކާން އަށް ހުރެވުނީ ޝައްކަކާއި ނުލައެވެ. މިހެން މާ ގިން އިރު ނުހުރެ އޭނާގެ އަތުގައި އޮތް ސިންގިރޭޓު ފޮށި އެތާން ގައި ހުރި ޑަސްޕިނަށް ލާފައި އޭނާ ލައިގެން ހުރި ޖެކެޓު ނަގާ ހަމްޝާގެ ކޮނޑުގައި އަޅުވައިލިއެވެ. ހަމްޝާ ސިހިފައި ފަހަތަށް ބަލައިލެވުނީ އޭނާގެ ލޯ ކައިރީގައި ހުރި ކަރުނަތަށް ފޮހެ ނުލައެވެ. އަޒްކާން ފެނުމުން އިސްޖަހައިލެވުނެވެ. “ހަމްޝާ ކީއްވެ ތި ރޮނީ؟ ކަމެއް ވީތަ؟” އަޒްކާން މިހެން ބުނުމުން އޭނާގެ ތިރީ ތުންފަތުގައި ދަތް އަޅައިލިއެވެ. “ނޫން ކަމެއް ނުވޭ” ހަމްޝާ ބުނެލިއެވެ. “ކަމެއް ނުވަންޏަމު ކީއްވެ ތި ރޮނީ؟” އަޒްކާން އެއް ސުވަލެއް ތަކުރާރު ކުރަމުން ދިޔައެވެ. “އެއީ އަޒްކާން އަކަ ބެހޭ ކަމެއް ނޫން… ސޯ ލީވް މީ އެލޯން” ހަމްޝާ މިހެން ބުނެ އަޒްކާންގެ ޖެކެޓު އޭނައަށް ހަވާލު ކުރުމަށް ފަހު ޓެރެސް މަތީގައި ނުހުރެ ތިރިއަށް ފޭބިއެވެ.
އަނެއްދުވަހު ހެނދުނު ހަމްޝާ އަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށްށެވެ. ޖެހިލުން ވެފައި ހުރެ ޗާޖެއް ޖަހާފައި އޮތް ފޯނު ނެގުމަށްފަހު ހަމްޝާ ފޯނުނަގާ ކަންފެތުމަތީގައި ޖަހައިލިއެވެ. “ހަލޯ” އެކޮޅުން ގުޅިމީހާ ބުނެލިއެވެ. “ހްމްމް ކީކޭ؟” ހަމްޝާ ނިދި މޫޑެއްގައި ހުރެ ބުނެލިއެވެ. “ޕިސް ޕިސް ހަމްޝާ އަދިވެސް ނިދާފަ؟” އެކޮޅުން ވާހަކަދެއްކިމީހާ ބުނެލިއެވެ. “އާޔަން އިޒް އިޓް ޔޫ؟ މަ ހީކުރީ ދޮންބެ ކަމަށް” ހަމްޝާ ތެދުވެ އެނދުގެ ބޯލާފަޅީގައި ލެގިލައިގެން ހުރެ ވުނެލިއެވެ. “ހަމް މިއަދު ފްރީތަ؟” އާޔަން އަހައިލިއެވެ. “އާނ މިއަދު އެއްކޮށް ފްރީ ކީއްކުރަންވީ” ހަމްޝާ މިހެން ބުނުމުން އާޔަން ހިނިގަނޑެއް ޖަހައިލިއެވެ. “މިހާރު މީޓް ކުރެވި ދާނެތަ؟ އާރޓިފިޝަލް ބީޗް ކައިރިން” އާޔަން ބުނެލިއެވެ. “އޯކޭ މަށަށް ދެވޭނީ ތަންކޮޅެއ ލަހުން” ހަމްޝާ އެނދުން ތެދުވަމުން ބުނެލިއެވެ. އާޔަން އެ އޯކޭ ވާނެއޭ ކިޔާފައި ފޯނުބޭއްވިއެވެ.
ހަމްޝާ އަވަހަށް ފޯނު ބޭއްވުމަށްފަހު ވަނީ ފާޚާނާއަށް ވަދެ ފްރެޝް ވެލައިގެން އެތާންގައި އޮތް ރޯބް ލުމަށްފަހު ހަމްޝާ ނިކުތީ ކޮޓަރިތެރެއަށްށެވެ. އަލަމާރިން މެރޫން ކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ ސްކިނީއެއް ލައިގެން އިސްތަޑިގަނޑު ހިއްކާލުމަށްފަހު ފަހަތަށް ވާގޮތަށް އައްސައިލިއެވެ. އަދި ރީތި ވެލުމަށްފަހު ހަމްޝާ ކޮޓަރިން ނިކުމެލިތަނާހެން ހަސްނާ އައިސް ހަމްޝާގެ ކުރިމަތީގައި ހުއްޓުނެވެ. “ހަމްކޮ ކޮންތާކަށް ދާން ތިދަނީ؟” ހަސްނާ އަހައިލިއެވެ. “މީ މިއުޅޭ އާޔަން ބުނެގެން މީޓް ކޮށްލަން މިދަނީ” ހަމްޝާ ހިނިތުން ވެލާފައި ބުނެލިއެވެ. ހަސްނާ އޯކޭ އޭ ބުނުމުން ހަމްޝާ ބޭރަށް ނިކުމެލިއެވެ.
އާހިލް ފޯނުން ޒޯޔާގެ ފޮޓޯ ތަކަށް ބަލްނ ހުރިއެވެ. މިހެން ހުރެފައި މެސެންޖާ އަށްވަދެ ޒޯޔާ އަށް މެސެޖް ކުރަން ފެށިއެވެ.
އާހިލް
‘ޒީ މިއަދު ހަވީރު ޕްރީ ވާނެތަ؟’
ޒޯޔާ
‘އާނ މިއަދު ބުރާނެ އެއްވެސް ކަމެއް ނެތް’
އާހިލް
‘ހިންގާބަލަ މަށާއެކު ސައިކަލް ބުރެއް ޖަހަން ދާން’
ޒޯޔާ
‘ކޫލް އައިމް އިން’
އާހިލް
‘މަ ޒީ މެންގޭކައިރިއަށް ދާނަން 4:30 ވެލާހާއިރު’
ހަވީރުގެ ހިތަގައިމު ވަގުތެވެ. އާހިލް ކަޅުކުލައިގެ ރިޕްޑް ޖިންސަކާއި ނޭވީބުލޫ ކުލައިގެ ޓީޝާޓެއް ލައިގެން ސައިކަލް ތަޅުދަނޑި ހިފައިގެން ކޮޓަރިން ނިކުމެލިއެވެ. އެއިރު އެލީނާ އޭނާގެ ކޮޓަރިން ނިކުންނީއެވެ. “ދޮންބޭ އަހަރެން ގޮވައިގެން ހިންގާބަލަ ފްރެންޑްއެއްގެ ގެއަކަށް ލާދޭން” އެލީނާ މިހެން ބުނުމުން އާހިލް އެލީނާ އާއި ދިމާލަށް ލޯ އަޅައިލިއެވެ. “އެލީނާ ވެސް ދެފާ އެބަ އޮތް އަމިއްލައަކަށް ހިންގާފަ ދޭ” އާހިލް މިހެން ބުނުމަށްފަހު ބޭރަށްނިކުމެ ދޮރުކައިރީގައި ހުރި އޭނާގެ ސްނީކާސް އަށް އަރައިގެން ގޭގެ ގޭޓު ދޮރުން ނިކުމެލިއެވެ. އަދި އެއަށްފަހު އެއްފަރާތެއްގައި ހުރި އޭނާގެ ސައިކަލަށް އެރުމަށްފަހު ދުއްވަން ފެށިއެވެ.
އާހިލް ގޮސް ސައިކަލް މަޑުކޮށްލީ ޒޯޔާ މެން ގޭގެ ކުރިމަތީގައެވެ. މާގިން އިރަކު މަޑު ކުރާކަށް ނުޖެހުނެވެ. ޒޯޔާ ފޯނަށް ބަލަމުން އައިސް އާހިލް ގެ ކައިރީގައި ހުއްޓިލިއެވެ. ފޯޔާ ފެނުމާއި އެކު އާހިލް ގެ އަނގައިން ބަސްމަދުވިއެވެ. އެއީ ޒޯޔާ ގެ އެ ފުރިހަމަ ކަމުން އެވެ. ޒޯޔާ ހުރީ ނޫކުލައިގެ ފިޓް ޖިންސަކާއި ކަޅުކުލައިގެ ޖިންސް ހެދުމެއް ލައިގެން އެވެ. އަދި އޭނާގެ އިސްތަށިގަނޑު ވަނީ މިނިވަން ކަމާއި އެކު ވިއްސާލާފައެވެ. ޒޯޔަގެ ތުންފަތުގައި ވަނީ ރަތް ކުލަ ޖައްސާފައެވެ. “އަމް އާހިލް ކީއްވެފަ ތިހުރީ؟” ޒޯޔާ މިހެން ބުނި އަޑަށް އާހިލް އަށް ހަމަ ބިމަށް އާދެވުނެވެ. “ކަމެއް ނުވޭ ހިންގާ ދަމާ” އާހިލް ނުވާ ކަމަށް ހެދިލާފައި ބުނެލިއެވެ. ޒޯޔާ އާހިލްގެ ފަހަތައް އެރުމަށްފަހު އާހިލް ގެ ކޮނޑު މައްޗަށް އަތް ލިއެވެ. އަދި އެއަށްފަހު އާހިލް ސައިކަލް ދުއްވަން ފެށިއެވެ.
ސައިކަލް ދުއްވަމުން ގޮސް މަޑުކޮށްލީ ރަށުގެ ފުއްޓަރު ފަރާތުގައި އޮންނަ ރީތި ދޮންވެލި ގަނޑު ބީޗާއި ދިމާލުގައެވެ. ޒޯޔާ ސައިކަލުން ފޭބުމަށަފަހު އޭނަ އަރައިގެން ހުރި ކަޅުކުލައިގެ ހީލްސް އަތައްނެގިއެވެ. އަފި މޫދާއި ދިމާލަށް ހިންގައިގަތެވެ. އާހިލް އަށް ހުރެވުނީ ހަމަ ޒޯޔާ އާއި ދިމާލަށް ބަލަންށެވެ. އެ ރީތި ހިނިތުން ވެލުމާއި ފަރި ހިނގުމާއި ޗާލު ނަޒަރެވެ. މިހެން ނުހުރެ އާހިލް ގޮސް އެތާ ދޮންވެލިގަނޑު މަތީގައި އިށީންދެލިއެވެ. ޒޯޔާވެސް ގޮސް އާހިލް ކައިރީގައި އިށީންދެލިއެވެ.
“ޒީ މަ ސުވާލެއް ކުރަންތަ؟” އާހިލް އިސްޖަހައިގެން ހުރެ ބުނެލިއެވެ. “ކޮށްބަލަ ކުރަން ބޭނުންވާ ސުވާލެއް” ޒޯޔާ ހިނިތުން ވެލާފައި ހުރެ ބުނެލިއެވެ. “ވިލް ޔޫ ބީ މައި ގާލްފްރެންޑް؟” އާހިލް ގެ މި ބަސްތަކުން ޒޯޔާގެ މޫނަށް ޖަންބު ކުލަ ވެރިވެ ގަތެވެ. ނަމަވެސް ބަހެއް ނުބުނެ އިސް ޖަހައިލިއެވެ. “ޒީ މަ ޒީ ދެކެ ވަރަށް ލޯބިވޭ މިހާރު ދެ އަހަރު ވެއްދެ ޒީ އާ ހިތާވެގެން އުޅޭތާ… އެކްމު މަ ފިނިކަމުން ބުނަން ނުކެރުނީ.. އައި ރިއަލީ މީން އިޓް އައި ރިއަލީ ލަވް ޔޫ” އާހިލް މިހެން ބުނުމުން ޒޯޔާ އާހިލް އާއި ދިމާލަށް ބަލައިލިއެވެ. އެއިރު މީހާގެ މޫނު ވަނީ ޓޮމާޓޯ އެއް ހެން ރަތް ވެފައެވެ. “ވަޓް؟!” ޒޯޔާ އަށް ބުނެވުނީ މިހިސާބައް ށެވެ.
—ނުނިމޭ—
One Comment
Comments are closed.


Mi part varah reethi
Next part?