Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (66)

lamhus Level 910 Stories100 Login500 Login100 Stories100 Comments
May 3, 2022 3 Mins Read
5 Comments

އާތިފާ ކައިރިވި ވަރަކަށް އޭނާ ލެއިން ތަތްތެޅިފައިވާ މަންޒަރު ސާފުކޮށް ފަރީޝާއަށް ފެންނަމުން ދިޔައެވެ.އެއާއެކު ދުވަމުން އައި ފަރީޝާގެ ދުވުން ހުއްޓި އަނގަމަތީގައި އަތް އަޅާލެވުނެވެ.އާތިފް އޮތްގޮތް ފެނި ފަރީޝާގެ ދެލޮލުން ކަރުނަތައް އޮހޮރިގެން ދިޔައެވެ.ފަރީޝާގެ ހިތަށް އެވަގުތު އައީ އައިލީންނެވެ.އައިލީންނަށް އާތިފް އޮތްގޮތް ފެނިއްޖެނަމަ، އެކުއްޖާ ވަރަށް ދެރަވާނެކަން ފަރީޝާއަށް އެނގުނެވެ.

އަވަސް ފަރުވާދޭ ކޮޓަރިއަށް ވެއްދުމަށްފަހު ނަރުހުން އާތިފަށް ފަރުވާކުރަން އަވަސްވެގަތް އިރު، ފަރީޝާއާ ވިޔާމްތިބީ އާތިފްގެ ޚަބަރެއް އެމީހުނަށް ލިބޭނެ އިންތިޒާރެއްގައި އިމަރޖެންސީ ރޫމު ދޮރުމަތީގައެވެ.

ވަގުތުތައް ހިނގަމުންގޮސް ނަރުހަކު ނިކުތެވެ.ނަރުސް ނިކުތުމާއެކު އޭނާ ގާތުން އާތިފްގެ ހާލަތު ފަރީޝާ އޮޅުން ފިލުވިއެވެ.ނަރުސްމީހާ ބުނިގޮތުގައި އާތިފްގެ ހޭއެރިނަމަވެސް އަދިވެސް އޭނާގެ ހާލަތު ސީރިއަސްއެވެ.އެހެންކަމުން އާތިފަށް ވަކިން ފަރުވާ ކުރެވޭނެގޮތަކަށް ތަނަކަށް ބަދަލުކުރަން އުޅޭކަމަށްވެސް އެމީހާ ފަރީޝާގާތު ބުނެލިއެވެ.

އާތިފް ވަކިން ކޮޓަރިއަކަށް ބަދަލުކުރަން އިމަރޖެންސީއިން ނެރުނުތަނުން އެދިމާލަށް ފަރީޝާ ދިޔައެވެ. “އާތިފް” އެނދުގައި އޮތް އާތިފްގެ އަތުގައި ހިފާލަމުން ފަރީޝާ ގޮވާލިއެވެ.އާތިފްވެސް ފަރީޝާގެ އަތުގައި ހިފާލުމަށްފަހު އެއްޗެކޭ ބުނެލިއެވެ.ނަމަވެސް އޮކްސިޖެން މާސްކު އަޅާފައި އޮތުމުން އާތިފް ކީއެއްޗެއް ފަރީޝާއަށް ސާފުވާގޮތެއް ނުވިއެވެ.

*********

ވަގުތުތައް ހިނގަމުންދިޔައެވެ.ފަރީޝާ އިންތިޒާރު ކުރަމުންދިޔައީ އާތިފާ ބައްދަލުކުރެވޭނެ ވަގުތަކަށެވެ.އެވަގުތު ވިޔާމްގެ މަންމަ ގުޅިއެވެ.އޭނާ އިރުކޮޅުކޮޅާ އާތިފްގެ ހާލުބަަލަން ގުޅައެވެ. “އަދި އެއްވެސް ޚަބަރެއްނުވޭ..އެތާ ދޮރުމަތީ މިއިނީ…އައިލީން ކޮބާ؟” ފަރީޝާ އަހާލިއެވެ. “އައިލީން އެބައިން މިހާރު ކާންވެސް ދީފިން މަންމަ” ވިޔާމްގެ މަންމަ ބުނެލިއެވެ.އެންމެންވެސް މިވަގުތު އެންމެ ބޭނުންވަނީ އާތިފަށް އަވަސް ޝިފާއެއް ލިބުމަށެވެ.

އެއްގަނޑިއިރުގެ އިންތިޒާރަކަށްފަހު، އާތިފް ހޭއަރާ އޭނާއަށް ވާހަކަދެއްކޭވަރު ވުމުން ފަރީޝާއާ ވާހަކަދައްކަން އޭނާ ބޭނުންވިއެވެ.އެހެންކަމުން ނަރުހަކު އެކޮޓަރިއަށް ވަނުމާއެކު، ފަރީޝާއާ ބައްދަލުކޮށްދިނުމަށް ނަރުސްގާތު އާތިފް އެދުނެވެ.ހަދަންޖެހޭ ޓެސްޓުތަކެއް ހެދުމަށްފަހު ނަރުސްމީހާ އެކޮޓަރިން ނިކުންނަމުން ދިޔައީ ފަރީޝާގެ ނަމުންގޮވާ އާތިފް ބައްދަލުކުރަން އެދޭވާހަކަ ބުނުމަށްފަހުގައެވެ.

ނަރުސްމީހާގެ އެހެންބުނުމުން ފަރީޝާ އެތަނަށް ވަނެވެ.އެތަނަށް ވަދެވެނީ ފަހަރަކު މީހަކަށް ކަމުން ވަނީ ހަމައެކަނި ފަރީޝާއެވެ. “އާތިފް” އެނދުގައި ލޯމަރާލައިގެން އޮތް އާތިފަށް މަޑުމަޑުން ފަރީޝާ ގޮވާލިއެވެ.ފަރީޝާ ގޮވާލުމާއެކު އާތިފް ލޯހުޅުވާލާު އޭނާއާ ދިމާލަށް ބަލާލިއެވެ. ފަރީޝާ އާތިފްގެ ގާތަށް ގޮސް މަޑުމަޑުން އޭނާގެ އަތުގައި ހިފާލަމުން ކިހިނެއްތޯ އަހާލިއެވެ. “ރަނގަޅު..އައިލީން ކޮބާ؟” ބަލިއަޑަކުން އާތިފް އަހާލިއެވ.ެ

“އައިލީންނާ ދޭތެރޭ ނުވިސްނާ…މިވަގުތުވީ ވިޔާމްގެ މަންމަ ގާތު..އައިލީން ރަނގަޅު..މިހާރު މަންމަ ކާންވެސް ދީފި..ކުޑައިރުކޮޅެއްކުރިން އައިލީންނާ ފަރީޝާ ވާހަކަވެސް ދެއްކިން ފޯނުން” ފަރީޝާ ބުނެލިއެވެ. “އެނގޭ ފަރީޝާގެ އަތްދަށުގަ ހުރިއްޔާ އައިލީން ރަނގަޅުވާނެކަން އެކަމަކުވެސް އަހާލާ ހިތްވީ…މިތަނަށް އައުމަށް ފަރީޝާއަށް ގޮވާދޭށޭ ނަރުސް ގާތު ބުނީ ފަރީޝާއަށް އެއްޗެއް ދޭންވެގެން” އާތިފް ބުނެލިއެވެ.އާތިފް އެހެންބުނުމުން އެއީ ކޯއްޗެއްތޯ ފަރީޝާ އަހާލިއެވެ.

“މިހިރަ ކަބަޑުގެ ދަމާވަތްގަނޑު ހުޅުވާލަބަ..ނަރުސް ބުނީ އޭގައޭވީ އާތިފް އެކްސިޑެންޓުވި އިރު އަތުގަ ހުރި ހުރިހާ އެއްޗެއް” އެނދު ކައިރި އެއްޗެހި އެޅޭގޮތަށް ބަހައްޓާފައިހުރި ކުޑަ ކަބަޑަށް އިޝާރާތް ކޮށްލަމުން އާތިފް ބުނެލިއެވެ. ު”އޭގެތެރޭގަ އިންނާނެ ކުޑަ ޕާރުސަލެއް އެނަގާބަ” އާތިފް އެހެންބުނުމުން ފަރީޝާ އާތިފާ ދިމާލަށް ބަލާލުމަށްފަހު އެވަތްގަނޑުތެރޭ އޮތް ފިޔާތޮށިކުލައިގެ ކަރުދާހުން ޕެކުކޮށްފައިވާ ގިފްޓު ނެގިއެވެ. މީ ކޯއްޗެއް؟” އެއަށް ބަލާލަމުން އާތިފަށް ފަރީޝާ އަހާލިއެވެ. “ތީގަ އެތެރޭގަ އިންނާނެ ފޯމެއް…އޭގަ ސޮއިކޮށްފަ އިނގިލީގެ ނިޝާން ޖަހައިދީ ޕްލީސް” އާތިފް އާދޭހުގެ ރާގަކަށް ފަރީޝާއަށް ބުނެލިއެވެ.

“ފޯމެކޭ ކޮން ފޯމެއް؟” އެހެންބުނެ ފާރުސަލް ކަނޑާލުމަށްފަހު އޭގައިވާ ފޯމު ނިއުޅުވާލާ ފަރީޝާ ކިޔާލިއެވެ.އެއީ އާތިފްގެ ގެއިން އެއް ފުލޯ ފަރީޝާއަށް ހިބަކޮށްދިން ކަމުގެ ލިޔުމެވެ. “ނޫން އާތިފް މީ ކީއްކުރަން ކުރިކަމެއް؟…އާތިފް އެއްވެސް އެއްޗެއް ނުދިނަސް ފަރީޝާއަށް ހެވޭ” އެލިޔުން ކިޔާލުމަށްފަހު ފަރީޝާ ހައިރާންވި ނަމަވެސް އެކަމަށް އިންކާރުކުރިއެވެ.

“ނޫން ފަރީޝާ…ފަރީޝާ އާތިފަށާ އައިލީންނަށް ކޮށްދިން ކަންތަކާ ބަލާފަ ތީ އެއްވެސް އެއްޗެއްނޫން..ހެޔޮނުވާނެ ތީގަ ސޮޔާ އިނގިލީގެ ނިޝާން ޖަހާލަދިނުމަށްފަހު ގެނެސްދީ…ފަރީޝާ އައިލީންނަށްޓަކާ މިކޮޅުގަ އުޅެން ނިންމީމަ މިއަށްވުރެ ރަނގަޅު ހަދިޔާއެއް އާތިފަކަށް ނުދެވޭނެ…ފަރީޝާ ތީގަ ސޮއިކޮށްފިނަމަ އައިލީންނާއެކު އެއްގެއެއްގަ އުޅެވޭނެ….އަނެއްކޮޅުން މިކޮޅުގަ އުޅެން ބޮޑެތި ކުލި ދީފަ ތަންތަން ހިފާކަށްވެސް ނުޖެހޭނެ…ތީ އާތިފް ފަރީޝާއަށް ތައްޔާރުކުރި ކައިވެނީގެ ހަދިޔާ…ތިދޭން އުޅުނީ ކައިވެނީގެ ހަފްލާގެތެރެއިން އެކަމަކު މިތަނުން މިޖެހުނީ ތިދޭން” އާތިފް ދެރަވެލާފައި ެބުނެލިއެވެ.ފަރީޝާ އެކަމަށް ދެކޮޅު ހެދިނަމަވެސް އާތިފް ކުރުނުކުރުމުން އެންމެފަހުން އޭގައި ސޮއިކުރަން ފަރީޝާ ނިންމިއެވެ.

“އެހެންވީމަ ތީގަ ސޮއިކޮށްފަ އިނގިލީގެ ނިޝާން ޖެހުމަށްފަހު ގެނެސްދީ…އާތިފާ ހެދި ފަރީޝާގެ އުފާވެެރިދުވަސް ޚަރާބުވީ ދޯ؟” ދެރަވެލާފައި އާތިފް އަހާލިއެވެ. “ނޫން ތިހެންނުބުނޭ އާތިފްދެން އަރާމުކޮށްލާ” ވާހަކަދެއްކުމުގައި ކޮންމެވެސް ވަރެއްގެ އުދަނގޫކަމެއް އާތިފްގެ ހުރިކަން ފަރީޝާއަށް ފާހަގަވުމުން ބުނެލިއެވެ.

“ދޭ ތި ވެޑިންޑުރެސް ބަދަލުކޮށް ހަމަޖެހިގެން އާދޭ..އާތިފްދެން މިވަގުތު އަރާމުކޮށްލާނަން” އާތިފަށް އިތުރަށް ވާހަކަދެކުވިޔަ ނުދިނުމަށް އޭނާ އެދުނުގޮތަށް އެތަނުން ބޭރަށް ފަރީޝާ ނިކުތެވެ.އެވަގުތު ނަރުހަކު އެކޮޓަރިއަށް ވަންނަން އައުމުން އޭނާ ގާތުން އާތިފްގެ ހާލަތު ފަރީޝާ އޮޅުންފިލުވިއެވެ. “އަދިވެސް ޕޭޝަންޓުގެ ހާލަތު ރަނގަޅެއް ނޫނޭ ބުނެވޭނީ” ނަރުސްމީހާ ބުނެލިއެވެ.

**********

ބޭރުގައި ހުރި ވިޔާމަށް ކަންވީގޮތް ފަރީޝާ ކިޔައިދިނެވެ.ފަރީޝާ ފޯމުގެ ވާހަކަކިޔައިދިނުމުން ވިޔާމްވެސް ހައިރާންވިއެވެ.ދެމީހުން އެތަނުން ނިކުތީ އެއްޗެހި ބަދަލުކޮށްގެން އެނބުރި އަންނަ ގޮތަށެވެ.އެއްޗެހި ބަދަލުކޮށްގެން ފަރީޝާ އައިސް އާތިފް އޮތް ކޮޓަރިއަށް ވަތްއިރު، ވިޔާމް މަޑުކުރީ ބޭރުގައެވެ. ފަރީޝާ ވަތްވަގުތު އާތިފް ކަރުދާސްކޮޅެއް ފަތްޖަހަނީއެވެ.އޭނާ ގާތު ނަރުހަކު ގަލަމެއް ހިފައިގެން ހުއްޓެވެ. “އާތިފް؟” އެތެރެއަށް ވަދެގެން އައި ފަރީޝާ ގޮވާލުމުން އާތިފް ބަލާލިއެވެ.އަދި އަތުގައިވާ ކަރުދާސްކޮޅު އޭނާ ބޯއަޅައިގެން އޮތް ބާލީސްދަށަށް ލިއެވެ.

“މިއޮތީ އާތިފް އެދުނުގޮތަށް ސޮޔާ އިނގިލީގެ ނިޝާން ޖަހާފަ” ފޯމު އޭނާގެ އަތަށް ދިއްކޮށްލަމުން ފަރީޝާ ބުނެލީ އެތަނުން ނަރުސް ނިކުތުމުންނެވެ. “ޝުކުރިއްޔާ ވަރަށް ބޮޑަށް” އެހެންބުނެ ވަތްގަނޑުގައިވާ އޭނާގެ ފޯނު ދިނުމަށް ފަރީޝާއަށް އާތިފް އެދުނެވެ.ފަރީޝާ ވަތްގަނޑުން ފޯނު ނެގުމަށްފަހު އާތިފްގެ އަތަށް ލައިދިނުމުން އޭނާ ލޯޔަރަށް ގުޅާލިއެވެ.ލޯޔަރު ފޯނު ނެގުމުން ލިޔުން ނިމިއްޖެ ކަމަށާއި އެބަލާ ހޮސްޕިޓަލަށް އައިސް ދިނުމަށް އެދުނެވެ.އަދި އޭނާ އެކްސިޑެންޓުވިކަމާއި، އެކްސިޑެންޓުވިގޮތް ކުރުކޮށް ލޯޔަރަށް އާތިފް ކިޔައިދިނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ނުވާނަން ތަފާތެއް 2

Next

ޢީދު މުބާރަކް!

Next
May 3, 2022

ޢީދު މުބާރަކް!

Previews
May 3, 2022

ނުވާނަން ތަފާތެއް 2

5 Comments!

  1. GUITAR LOVER says:
    May 3, 2022 at 12:51 pm

    so sad. keep going @lumhus. v reethi mi prt vess ❤️?

  2. lamhus says:
    May 3, 2022 at 1:21 pm

    i am so sorry guys story up kurumuga v lasthakeh vumun v boda maafah edhen…
    edhuvaskolhu alhugandu ulhuny gina vaguthu hospitalga my father in law admit kohgen
    sadly he passed away mi dhiya hukuruga…allah mayyithaage faafa fussavaa suvarugeyge dhaaimee niumaiy minvaru kuravvaashi aameen…everyone please pray to my father in law???

    mihaar anehkaaves story upkuran mifeshy will upload regularly insha allah..hope you guys understand….
    btw previous episode thakah aishath yumnu and angry ge comments thakah reply nukurevumun v dheravey..edhuvaskolhu ehgothakahves site ah nuvannan…mihaar comments thah huru off kohfa so i cant reply…anyways thanks for your comments dear aishath yumnu and dear angry?

  3. lamhus says:
    May 3, 2022 at 1:23 pm

    thanks dear guitar lover?

  4. Angry says:
    May 3, 2022 at 5:28 pm

    Mayyithaa ge furaanayah heyo rahmai lahvaashie!Aameen!
    story v.reethi

    1. lamhus says:
      May 5, 2022 at 9:53 am

      aameen…thanks dear angry
      ?

Comments are closed.

Next Episodeހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (67)←


All Right Reserved!