’ކިހިނެއްވީ؟‘ އަހަރެންގެ މޫނަށް ގެނެވުނު އެ ކުޑަ ހަރަކާތްވެސް އާރިންގެ ލޮލުގައި އަޅައިގަތެވެ.އެއްޗެކޭ ބުނުމުގެ ބަދަލުގައި އަހަރެން ކަމެއް ނޫނޭ ބުނާ ކަހަލަ ގޮތަކަށް ބޯ ހޫރައިލީމެވެ.ނަސީބަކުން އާރިންވެސް މާ ބޮޑު ކަމަކަށް ނުހަދާ ކިރު ތަށްޓެއް އަޅާފައި އަހަންނަށް ދިއްކޮށްލިއެވެ.ކިރު ތަށި ފެނިފައިވެސް އަހަރެން މޭ ބޮޑު ކުރަން ފެށިއެވެ. **** ކިރު ތަށި ހަމަ ބޮއެ ހުސްކޮށްލެވުނު ތަނަކާއިހެން އަހަރެން އޯކަށް ދެމިގަތެވެ.ތެދުވެގެން ދުވެފައި ފާޚާނާާއާއި ދިމާލަށް ދުއްވައި ގަތުމުން ކަންބޮޑުވެފައި އަހަންނަށް ގޮވަމުން […]
ޖޯންރާ: ރޮމޭންޓިކް ޑްރާމާ | ސެޓިން: ފޭދޫ އައިލެންޑް، މޯލްޑިވްސް [މި ފިލްމު ފަށަނީ ފިރޮއިޒްގެ ހިތްގައިމު ކަނޑުގެ ސަރަހައްދުން އޭރިއަލް މަންޒަރަކުން، އަލިގަދަ ސަރަޙައްދުގެ ތިރީގައި ވާ ހިތްގައިމު މުރަކަފަރުތައް ދައްކުވައިދޭ މަންޒަރަކުންނެވެ. ކެމެރާ ރީތިކޮށް ތިރިކޮށްލަނީ ހޫނު ރަން ކުލައިގެ އަލިން އުޖާލާވެފައިވާ ކްރެސެންޓް ސައިޒުގެ ރަށެއް ހާމަކުރުމަށެވެ.] (އެބަހީ: އެކަލޭގެފާނުގެ އަރިހުގައި) ވާހަކަދެއްކެވުން އެދި ވަޑައިގަތެވެ. ޝިފާ ދެއްވުމަށެވެ. ހަނދާން ނައްތާލުމަށެވެ. އެކަމަކު އުދަ އެރުން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލައެވެ…” [ފެރީއަކުން […]
“މައިގެ ފެމިލީ މައި ހޯދާނެ..” މައިރީން އެހެން ބުނުމުން ކައިލް މައިރީންގެ ބައްޕައަށް ގުޅައިލިއެވެ. ރިޔާޒް ހަލޯއޭ ބުނުމާއެކު މައިރީން ކައިލް އަތުން ފޯނު ޖަހައިގަތެވެ. ކައިލް ހިނިއައިސްފައި މައިރީންއަށް ބަލަން އިނެވެ. “ހަލޯ ބައްޕާ ކައިލް މައި ކޮންމެސް ތަނަކު ޗޭނު ޖަހާފަ ބަހައްޓާފަ މިހުރީ..” ޝަކުވާގެ ރާގަކަށް މައިރީން ބުންޏެވެ. “ތިހެންވިއްޔާ ރަނގަޅު.. ކައިލް އޭނަ ތިހުރި ތަނަކުން ދިޔަ ނުދޭތި..” ސްޕީކަރަށްލާފައި ހުރުމުން ކައިލްއަށްވެސް ރިޔާޒްގެ އަޑުއިވުނެވެ. ރިޔާޒްގެ ޖުމުލައިން މައިރީންގެ ދެލޯ […]
އިވްޔާ އަންނަންދެން ނިދިފައި އޮތް އީވާ ގާތުގައި އިން އިނާ ތެދުވީ ފާހާނާއަށް ދާން ޖެހިގެންނެވެ. އީވާ ގައިމަތީގައި އޮތް ފޮތިގަނޑު ރީތި ކޮއްލާފައި އިނާ ފާހާނާއަށް ވަނެވެ. އެނދު ކައިރީ އިން ރޭޑިއޯގެ ކަރަންޓު ވާގަނޑު ކެނޑުނެވެ. ވާގަނޑު ހަލާކު ވުމާއި އެކު ބަޤަރާ ސޫރަތްގެ މޫރިތި އާޔަތް ތަކުގެ އަޑު ކެނޑުނެވެ. އެވަގުތު ކަޅު ކުލައިގެ ކުޑަ ދުންގަނޑެއް ކޮޓަރި ތެރެއަށް ފައުޅުވިއެވެ. އީވާ އޮތް އެނދު ކައިރިއާއި ދިމާލަށް ތިރިވެ، އެ ދުންކޮޅު […]
“އައިލީ…” އައިކަންގެ ހާސްކަމުން ފުރިގެންވީ އަޑު އައިލީގެ ކަންފަތުގައި ޖެހުނީވެސް އެފަދަ ވިސްނުމެއްގައި ހުއްޓައެވެ. ކަންފަތަށް އިވުނު އަޑު ޔަގީންނުވެގެންކަހަލަގޮތަކަށް އައިލީއަށް ވަގުތުން ފަސްއެނބުރި ބަލާލެވުނެވެ. އޭރު ދުވެފައިިކަހަލަ ގޮތަކަށް އައި އައިކަން އެހިސާބާއި އަރާހަމަވީއެވެ. “ކޮއްކޮ އޯކޭދޯ؟ ނަސީބެއްނު ދޮންބެއަށް ރިސޯޓްގައި އުޅެވުނު ރެއަކަށްވީކަން… ހިިނގާދަމާ… ލާންޗް މަޑުކޮޮށްގެން އެބައޮތް…” އައިކަންގެ ކޮންމެ ޖުމްލައަކުން ހާމަވީ ކޮއްކޮޮއާއިި އަޅާލާވަރެވެ. ހިޒްޔާން އެދިގެން އޭނަ ރިސޯޓަށް އަަޔަސް އެކަން އެނގުމެއްނެތި އައިލީީއަށް ލިބިފައިވާ ހައިރާންކަން އައިކަން ފިލުވާލީީ […]
އެވަގުތު އިވްޔާގެ ފޯނު ރިންގުވާން ފެށިއެވެ. އިވްޔާ ދުވެފައި ގޮސް ފޯނު ނެގިއެވެ. ގުޅަމުން ދިޔައީ މިޒިޔަލް ކަމަށް ހީކޮށެވެ. ނަމަވެސް ގުޅަމުން ދިޔައީ ނުދަންނަ ނަންބަރަކުން ކަމުން، އިވްޔާގެ މޫނު އޮއްސުނެވެ. އަޅާނުލާ އިވްޔާ ފޯނު ބޭއްވިއެވެ. އެމީހަކު ކެނޑޭ އިރަށް ހަމަ ގުޅައެވެ. 10 ވަނަ ފަހަރަށް ގުޅުމުން އިވްޔާ ނިންމީ ފޯނު ނަގާށެވެ. “ދަރިފުޅާ…” (22 ވަނަ ބައި) އިވްޔާގެ ކަންފަތުގައި ޖެހުނު މިޒްނާގެ އަޑުން އިވްޔާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. […]
“އައިމް އެފްރެއިޑް ބަޓް ޔޫ އާރ ނޮޓް ފާރޓައިލް މިސްޓަރ ޔާދިން.. ޔާދިންގެ ހަށިގަނޑުގައި ހުރި ބައްޔެއްގެ ސަބަބުން ޔާދިންއަށް ދުވަހަކުވެސް ދަރިން ލިބޭނެކަމުގެ ޔަގީންކަމެއް ނެތް..” ޑޮކްޓަރުގެ ވާހަކައިން އެ ކުޑަ ކޮޓަރީގެ ހަތަރު ފާރު އޭނަލައި ފިއްތައިލި ފަދަ އިހްސާސެއް ކުރެވުނެވެ. “ނޫން ޑޮކްޓަރ ތިހެން ނުބުނޭ.. ތިއީ ދޮގެކޭ ބުނޭ.. ޕްލީޒް ނޫން..” ޔާދިން މޫނުމަތީ އަތް އަޅައިލިއިރު އޭނަގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ފިރެހެނެއް ނަމަވެސް ސިކުންތެއްނުވެ އޭނަގެ […]
ލޯގަނޑު ކުރި މަތީ ހުއްޓި އޭނާ މޫނު މަތީގައި އިން މޫނު ފޮތި ކޮޅު ނެގިއެވެ. މޫނު މަތީގައި ބޮޑެތި ރަތް ބިހި ތަކެއް ނަގާފައި ވީ އިރު، ނޭފަތުންނާއި އެއްމިޔަކަނުން ލޭ އޮހޮރެމުން ދިޔައެވެ. ބަލާލަން ބިރުގަންނަހާ އޭނާގެ ސޫރަ ބިރުވެރިއެވެ. އެވަގުތު ހުރިހާ އަލިކަމެއް ނިވުނެވެ. ދެން އިވުނީ އޭނާގެ ވޭނީ ހަޅޭކުގެ އަޑެވެ. އެއަޑުގައި ވޭނާއި ބިރުވެރިކަން އެކުލެވިފައި ވިއެވެ. (21 ވަނަ ބައި) “ކަ.. ކާކު ސިހުރު ހެދީ…؟” މިޒިޔަލްއަށް އަހާލެވުނެވެ. […]
ފަތިހުގެ ވައިގައި އުފާވެރިކަން އުފެދުނެވެ. އާންމުގޮތެއްގައި ހަމަހިމޭންކަމާއި މަރުޙަބާ ކިޔަމުން އަންނަ ކަނޑު، މިއަދު ފެންނަމުން ދިޔައީ ހިތާމަވެރި ކަމަކަށެވެ. ބޯޓުގެ ކުރިމަތީގައި އާފިޔާ އިށީނދެ، އޭނާގެ ވެޓްސޫޓް ސެކިއުރިޓީކޮށް، ޑައިވިން ސާމާނު ވަރަށް ރަނގަޅަށް އިންސްޕެކްޓް ކުރި އެވެ. ރިހާން އޭނާގެ ކައިރީގައި މަޑުމައިތިރިކަމާއި ސަމާލުކަން ދެމުން ދިޔައިރު ޒަޔާން ހުރީ ހިކިފައި ހުރި އަނބުގެ ބައިތަކަށް ކަންބޮޑުވެފައެވެ. “އަހަރެން ކޮންމެވެސް ތަނަކުން ކިޔަނީ ޝާކްތަކަށް ބިރުވެރިކަމުގެ ވަސް ދުވޭހެން” ޒަޔާން ބާރު ބާރަށް ހަޅޭއްލަވައިގަތެވެ. […]