Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބްލަޑް 2

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 9, 2024 4 Mins Read
3 Comments

ޔޫރާއަށް ރުވާންގެ ހަގީގަތް އިނގުމުން ޔޫރާ ރުވާން ބަލައިގަންނާނެ ބާއެވެ؟ ކޮންމެ ގޮތެއްވިޔަސް ކުއްޖަކާ ލޯބީގެ ގޮތުން ގުޅުމަކަށް ރުވާންގެ ހާލަތުގެ ސަބަބުންނެތެވެ. ދުހާކުވެސް ޔޫރާ ރުވާންގެ ހައްގަކަށް ނުވާނޭ ހިތައް އެރުމުން ރުވާންގެ ދެލޮލުން ހޯސް ލާފާއި ކަރުނައައެވެ.

[ޔޫރާއެވެ.. އަހަރެންވެސް ޔޫރާ ދެކެ ވަރަށް ލޯބިވެއެވެ. ނަމަވެސް އަހަރެންގެ ހަގީގަތް އެނގުމުން ޔޫރާ އަހަރެން ދެކެ ގަންނާނީ ބިރުކަން ގައިމެވެ. ޔޫރާއެވެ. މިހާލާއި އެކު ޔޫރާއަށް އަހަރެން ބަލައިގަނެވޭނެ ހެއްޔެވެ؟]

ހިތުގެ ޝަކުވާތަށް ބޭރުކުރަމުން ދިޔައިރު ރުވާންގެ ހިތުގައި ދިޔައީ ތޫނު ތަދެއް އަޅަމުންނެވެ. އަމިއްލަ މީހާގެ ބަދުނަސީބުކަން ހިތަށް އަރާފައި ރުވާންއަށް ދިޔައީ ޝަކުވާ ކުރެވެމުންނެވެ. ހަމަ ހިމޭން ވެފައިވާ ޓެރަސް މަތީގައި އެއްއަޑު ވެފައިވަނީ ރުވާންގެ ގިސްލުމުގެ އަޑެވެ. ކަރުނަތަށް ފުހެލާފައި ރުވާން ފޯނު ނަގާ ގަޑި ބަލައިލިއެވެ. އޭރު ގަޑިން 59 11 ވެއްޖެއެވެ. މާދަމާ މިއީ ޔޫރާގެ އުފަންދުވަހެވެ. އަވަހަށް ވައިބާއަށް ވަދެ ޔޫރާގެ ނަންބަރު ހޯދާލިއެވެ. 12 ޖެހުމާއި އެކު ރުވާން ޔޫރާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔެވެ. މެސެޖު ޑެލިވާރ ވި އިރަށް މެސެޖު ކިޔުމުން އިނގުނީ ޔޫރާ އިނީ ރުވާންގެ މެސެޖުގެ އިންތިޒާރުގައި ކަމެވެ. ރުވާންގެ ލޮލުން ނިރާލި ކަރުނައިންވެސް ރުވާންއަށް ކުރި ފުން އަސަރު ދޭހަވެއެވެ.

********

45 11 ވީންސުރެ ރުވާންގެ ޗެޓަށް ވަދެގެން އިން ޔޫރާގެ ތުންފަތަށް ހިނިތުންވުމެއްވެރިވީ ރުވާން އެކްޓިވް ވިތަން ފެނުމުންނެވެ. 12 ޖެހުމާއި އެކު ރުވާން އުފަންދުވަހުގެ ތަހުނިޔާ ކިޔުމުން ޔޫރާ އުފަލުން ފުމެންފެށިއެވެ. ރުވާންވެސް ޔޫރާދެކެ ލޯބިވަނީއޭ ހިތަށް އެރުމުން ޔޫރާގެ ދެކޮލަށް ޖަންބުކުލަ އެރީ އިސާހިތަކުއެވެ. ޔޫރާ އުޅެމުން ދިޔަ ގޮތުންވެސް ޔޫރާ ރުވާންދެކެ ލޯބިވާ ވަރު މާ ބޮޑަށްވެސް ދޭހަވެއެވެ. ނަމަވެސް ރުވާންގެ ހަގީގަތް އެނގުމުން ހަމައެފަދައިން ރުވާންދެކެ ޔޫރާ ލޯބިވާނެ ބާއެވެ؟

*******

[ޔޫރާއެވެ.. އަހަރެންވެސް ޔޫރާ ދެކެ ވަރަށް ލޯބިވެއެވެ. ނަމަވެސް އަހަރެންގެ ހަގީގަތް އެނގުމުން ޔޫރާ އަހަރެން ދެކެ ގަންނާނީ ބިރުކަން ގައިމެވެ. ޔޫރާއެވެ. މިހާލާއި އެކު ޔޫރާއަށް އަހަރެން ބަލައިގަނެވޭނެ ހެއްޔެވެ؟] އެނދުގެ ފަޑީގައި ލަތްގަނެގެން އިން ނޯޔާގެ ބޮލުގައި އެނބުރެމުން ދިޔައީ ރުވާން ދެއްކި ވާހަކައެވެ. މާކުރިންވެސް މިދުވަސް އަންނާނެކަން ނޯޔާއަށް އެނގެއެވެ. އެހެން އިންސާނުންނާއި ރުވާން ތަފާތުވިޔަސްވެސް ރުވާންގެ ވެސް ހިއްސުތައް ހުރީ ސަލާމަތުންނެވެ. ކޮޓަރިއަށް ވަދެގެންއައި ރަވާންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ރޯންއިން ނޯޔާއެވެ. ޙިޔާލުތަކަށް ގެއްލި ހުސްވެފައި އިންވަރުން ރަވާންއައި ކަމެއްވެސް ނޯޔާއަކަށް ނޭނގެއެވެ. [ނޯޔާ؟ ކިހިނެތްވީ ތި ރޮނީ؟؟ ނުވާންއަށް ކަމެއްވީތަ؟] ރަވާން ގޮސް ނޯޔާ ގައިގައި ބައްދާލަމުން ރަވާން އެއްސެވެވެ. ރަވާންގެ ފިރުމުންތަށް އިހުސާސް ވުމުން ނޯޔާއަށް އަޑުން އަޑު ނަގާ ރޮއި ގަނެވުނެވެ. [ރަ..ރަވާން…މިއޮތީ އަހަރެން ބުނިދުވަސް އަހިސްފަ.. އަހަރެން ބުނީމެއްނުން ރުވާންއަށްވެސް ކުއްޖަކު ދެކެ ލޯބިވެވޭނޭ.. އަހަރެމެންގެ ކުށުން މިހެންމިވީ.. އެފަކީރު މިހާރު އަޅެ ހާދަ ހިތާމައެއްކުރާނޭ….] ރަވާން ވަގުތުން ނޯޔާ ދުރުކޮށްލިއެވެ. ދެލޯ ބޮޑު ކޮއްގެން ރަވާން ނޯޔާއާއި ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. މިރޭ ރުވާން ދެއްކި ހުރިހާ ވާހަކައެއް ރަވާންއަށް ނޯޔާ ކިޔައިދިނެވެ. ފުންނޭވާއެއް ދޫކޮށްލަމުން ރަވާން ނިކުތީ ކޮޓަރިން ބޭރަށެވެ. ރަވާން ނުކުމެގެން ދިޔަތަން ބަލަން އިން ނޯޔާގެ ހިތުގައި އަޅަމުން ދިޔަވޭން ދިޔައީ ހިނދަކަށްވުރެ ހިނދެއް ބޮޑު ވަމުންނެވެ.

ކޮޓަރިން ނިކުމެގެން ރަވާން ގޮސް ސޯފާގައި އޮށޯތެވެ. އޭރު ރަވާންގެ ބޮޑު ދެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. ބޮލުގައި ހިފަހަށްޓައިގެން ހުރެ ސޯފާ ކައިރިއަށް ތިރިވެ ރަވާން ރޯން ފެށިއެވެ. ރަވާންގެ ހިތުގައި އަޅަމުން ދިޔައީ ތޫނު ތަދެކެވެ. [އަހަރެންމީ ކޮންކަހަލަ ބައްޕައެއްތަ؟ އަހަރެންގެ އަމިއްލަ އަތުން މަގޭ ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލީ… ދަރިފުޅާ ރުވާން.. ބައްޕައަށް މަޢާފް ކުރޭ…] ރޮމުން ރޮމުން ރަވާން ވާހަކަ ދެއްކީ އަމިއްލަ ނަފްސާއެވެ. ބައްޕައެއްގެ ލަގަބު ލިބުންވެސް ރަވާންއަށް ނުހައްގޭ ހިތަށް އެރިއެވެ. ބައްޕައަކަށްވެ ހުރެ ފެއިލްވި ކަހަލަ އިހުސާސެއް ރަވާންއަށް ދިޔައީ ކުރެވެމުންނެވެ. ކޮޓަރި ދޮރުބުޑުގައި މަންޒަރު ބަލަން ހުރި ނޯޔާގެ ހިތް ކުދި ކުދި ވަމުން ދިޔައީ އިންތިހާއަށެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އަމިއްލަ ދަރިފުޅު ވޭނުގައި އުޅޭތަން ބަލަން ނޯޔާގެ މައިލަނގޮޑިއަށް ވަކި ކެއްވާނެ ހެއްޔެވެ؟ އޭގެ އިތުރުން އެހާ ވޭނުގައި ލޯބިވާ ފިރިމީހާ ރޯތަން ބަލަން އިންނަން އެއްވިސް އަންބަކަށް ކެއްވާނެ ހެއްޔެވެ؟ ރައްޓެހިވެގެން ހޭދަ ކުރި 5 އަހަރުވެސް، ކައިވެނި ކޮއްގެން މި ހޭދަވީ 20 އަހަރުވެސް ދުހާކުވެސް ރަވާން ރޯތަނެއް ނޯޔާ ނުދެކެއެވެ. ރަވާންއަކީ ދެރަވުމުން އެކަނިވާން ބޭނުންވާ މީހެއްކަމުން ނޯޔާ ރަވާންއަށް ވަގުތު ކޮޅެއްދީދައި ކޮޓަރިއަށް ވަނެވެ.

**********

އަރާމު ނިންޖަކުން ނިދާލާފައި އޮތް ރުވާންއަށް ހޭލެވުނީ ފޯނު އެލާމުވާއަޑަށެވެ. އާދައިގެ މަތިން މިއަދުވެސް ރުވާން ފުރަތަމަ ދިޔައި މިސްކިތަށެވެ. ނަމާދުކޮށްގެން ރުވާން އިރުއަރަންދެން އިނީ ގުރުޢާން ކިޔަވާށެވެ. ގެއަށް އަހިސް އެންމެ ފުރަތަމަވެސް ރުވާންއަށް ފޯނު ބަލައިލެވުނީ ޔޫރާގެ މެސެޖެއް އިންތޯއެވެ. އުންމީދު ކުރިގޮތަށް ޔޫރާގެ މެސެޖެއް އިނުމުން ރުވާންގެ ހިތަށް ފިނިކަމެއްލިބުނެވެ. ޔޫރާއެކޭ އެއްފައިން ރުވާންވެސް ހެނދުނުގެ ތަހުނިޔާ ފޮނުވާލިއެވެ.

[ދަރިފުޅާ ހާދަ ހަވަކަށް މިއަދު ތިދަނީ؟ 8 ޖަހާއިރަކު ނޫންތަ ދާން ޖެހެނީ؟] ރުވާން 7 ޖެހިތަނާ ގެއިން ނިކުންނަތަން ފެނުމުން ނޯޔާ އަހާލިއެވެ. [ހޫމް… ކޮލެޖަށް ދިޔުމުގެ ކުރިން އެބަޖެހޭ ކުޑަ ކަމެއްކޮށަލްން.] ރުވާން ނޯޔާއާއި ދިމާލަށް ބަލައިވެސް ނުލާހުރެ ބުނެލިއެވެ. [އެހެންތަ؟ ސައިވެސް ނުބޮމެއްނުން. ދަރިފުޅު ލ..] [އަހަރެން ބޮއެފީމޭ މަންމާ.. އެއް ޕެކެޓު ބުއިން..] ނޯޔާގެ ޖުމްލަ ފުރިހަމަނުވީ ރުވާން ވާހަކަދަށްކަން ފެށުމުންނެވެ. ނޯޔާއަށް އެހެން އެއްޗެއް ބުނުމުގެ ފުރުސަތެއްނުދީ ރުވާން އަވަހަށް އެތަނުން ނުކުމެގެން ދިޔައެވެ. ގެއިން ނުކުން އިރު ރުވާންގެ ތަބީއަތު ހުރީ މުޅިން ގޯސްވެފައެވެ. މަންމަމެން އޭނާއާއި މެދު އެހާ ކަންބޮޑުވާނަމަ މިވަރުގެ ބޮޑު އަނިޔާއެއް އޭނާއަށް ދިނީސް ހެއްޔެވެ؟ ފުން ނޭވާއެއް ދޫކޮށްލަމުން ރުވާން ހިނގައިގަތެވެ.

ގެއާއި ފުދޭވަރަކަށް ދުރުގައި ހުރި [ޕްރިޓީ ޕާރލްސް] ފިހާރައަށް ރުވާންވަނެވެ. ޔޫރާއަކީ ގަހަނާ އެޅުމަށް ވަރަށް ލޯބިވާކުއްޖެއްކަން އެއީ ރުވާންއަށް އޮޅިފައި އޮތް ކަމެއްނޫނެވެ. އެހެންކަމުން ރުވާން ބޭނުންވީ ޔޫރާއަށް އުފަންދުވަހުގެ ހަދިޔާއެއް ހޯދައިދޭށެވެ. ރުވާން މަޑު ހިނގުމެއްގައި ފިހާރަތެރެ ބަލަމުން ގޮސް ރިހި ކެވެލިތަށް ހުރި ހިސާބަށް ޖެހިލިއެވެ. އެކި ކުލަކުލައިގެ އެސް ޖެހި ރިހި ކެވެލި އެތާގައި ހުއްޓެވެ. ރުވާން އެތަނުން ރަތް ލޭކުލައިގެ ކެވެއްޔެއްނެގިއެވެ. ރުފިޔާދައްކާފައި ރުވާން އަވަހަށް ކޮލެޖާއި ދިމާލަށް ދާން ހިނގައިގަތީ ގަޑި ޖެހެން ކައިރިވާތީއާއި އެކުއެވެ.

ކޮލެޖާއި ދިމާލަށް ހިނގަމުން ދިޔަ ޔޫރާގެ މޫނު މަތީގައި ހުރި ނުތަނަވަސް ކަމެވެ. މިއަދު އޭނާ ކޮލެޖަށް މިދަނީ ވަރަށް ބޮޑު ނިންމުމެއް ނިންމާފައެވެ. މިކަމުގެ ސަބަބުން ދެން އޭނާގެ ދިރިއުޅުމަށް އަންނާނީ އުފާވެރި ބަދަލެއްކަމެއް ނުވަތަ ހިތާމަވެރި ހަބަރެއްކަމެއް ބުނާކަށް ނޭނގެއެވެ. ޙިޔާލުތަކަށް ގެއްލިފައި ހުރި ޔޫރާ ސިހުނީ ކައިރިން މީހަކު ކަރުކެހެލި ކަޑު އިވިގެންނެވެ.

[އަހަ ރުވާންދޯ.. ސިއްސައިގެން ގޮއްސިއޭ!] ރުވާން އަތުގައި މަޑު މަޑުން ޖަހައިލަމުން ޔޫރާ ބުނެލިއެވެ. [ހޫމް.. މަ… އައި ހޭވް ސަމްތިންގް ފޯރް ޔަހް] ރުވާން އެހެން ބުނެ ޔޫރާގެ މަޑު އަތުގައި ހިފާލިއެވެ. ޔޫރާގެ ހިތް ތެޅިގަތީ އެޔެއް މިޔެއްބަލާފައެއްނޫނެވެ. ޖީބުން ނެގި ކެވެލި ކޮޅު ނުހަނު ލޯބިން ރުވާން ޔޫރާ އަތުގައި އަޅުވާލަދިނެވެ. [ހެޕީ ބާރތް ޑޭ..] ޔޫރާގެ ދެލޮލަށް ބަލައިލަމުން ރުވާން ބުނެލިއެވެ. ރުވާންގެ މިކުޑަ ކުޑަ ހަރަކާތުންވެސް ޔޫރާ ކުރަން އުޅޭ ކަމަށް ކުޑަ ހިތްވަރެއް ލިބުނެވެ. [ތެންކިއު.. އެންޑް.. ޔޫރާ ބޭނުން ރުވާން ގާތިގައި ވާހަކައެއް ބުނަން…] ކަށިން ހިތްވަރު ނެރެގެން އެންމެ ފަހުން ޔޫރާ ބުނެލިއެވެ. [ކިޔާބާ؟] ޖީބަށް އަތް ޖަހާލާ ހަމަޖެހިލަމުން ރުވާން ބުނެލިއެވެ. [ރުވާން…އައި..އައި ލައިކް ޔޫ..ނޯ.. އައި ލަވް ޔޫ ރުވާން.. ވަރަށް ވަރަށް ބޮޑަށް…] ދެލޯމަރާ ތަގުޅިކޮށްލަމުން ހެއްދެވި ފަރާތަށް ވަކީލު ކޮށްލަމުން ޔޫރާ ބުނެލިއެވެ. އިރުކޮޅެއްވީ އިރުވެސް ރުވާން އެއްޗެކޭ ނުބުނުމުން ޔޫރާ ހިތުގައި ރިއްސާލިއެވެ. ޔޫރާ މަޑު މަޑުން އެއްލޯ ހުޅުވާ ރުވާންއާއި ދިމާލަށް ބަލައިލިއެވެ. ފެނުނު މަންޒަރުން ޔޫރާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.

(ނުނިމޭ)

ނޯޓް: ވާހަކަ ނުލިޔެވި ލަސްވީތީ ހުރިހާ ކިޔުންތެރިން ކިބައިން މަޢާފަށް އެދެމެވެ.. އަޅުގަނޑުގެ ބަލި ހާލަތު ހުރި ގޮތުން ހަށިގަނޑު ތުރުތުރު ލާތީވެ ލިޔަން އުނދަގޫވާތީވެ ދޭތެރެ ދޭތެރެއިން ލަސްވެދާނެ ވާހަކަވެސް ހިތާމަޔާއިއެކު ބުނެލަމެވެ.. ހޯޕް ޔޫ އޯލްވިލް އަންޑާރސްޓޭންޑެ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ތޭރަވަނަ ބައި)

Next

ކުށަކީ ކޮބާ – 15

Next
April 9, 2024

ކުށަކީ ކޮބާ – 15

Previews
April 9, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ތޭރަވަނަ ބައި)

3 Comments!

  1. Maash Butterflyyyyy says:
    April 9, 2024 at 5:24 pm

    Heyyy girlyy
    vrh dhigu inthizaarakah fahu mi part mi libuny.. vrh vrh vrh reethi mi part vx maasha allah❤❤❤
    Shafakallah.❤ Get well soon..
    Its okey we understand you.. focus on getting better ingey❤
    Lyssm shiherrr
    Take care
    💜🦋

  2. Purple Queen says:
    April 9, 2024 at 6:40 pm

    Omgg so nicee ma sha Allah 💗😭 can’t waitt for the next part!!

  3. Purple Queen says:
    April 9, 2024 at 6:43 pm

    It’s soo niceee ma sha Allah 😭❤️ waiting for the mextt parttt!!!

Comments are closed.

Next Episodeބްލަޑް 3←


All Right Reserved!