ވިއްސާރުވެ ބޯކޮށް ވާރޭ ވެހެމުން ދާ ރެއެކެވެ. 23 އަހަރުގެ ރައިޝާ އަށް ހުރެވުނީ ކުޑަދޮރު ކައިރީގައި ވިއްސާރަ ވެހޭތަން ބަލަންށެވެ. ބޯ ކެރިތަކެއް ދުނިޔެ މައްޗައް އޮއްސާލިފަދައިން ވާރޭގެ ކެރިތައް ދަނީ ބޯ ވަމުން އެވެ. ވާރޭގަނޑުގެ ތެރެއަށް އަތް ލައިގެން ހުރި ރައިޝާގެ ލޮލުން އިސާހިތަކު ހޫނު ކަރުނަތައް ފައިބަމުން ދިޔައެވެ. ވިއްސާރަ އަށް ގެއްލިފައި ހުރި ރައިޝާ ސިހުނީ މީހަކު އޭނާގެ ކޮޓަރި އަށް ވަނުމުން އެވެ.
“ދޮންތާ މަންމަ އެބަ ގޮވާލާ ދޮންތަ އަށް” ކޮޓަރިއަށް ވަތް 20 އަހަރުގެ ރައިޝާގެ ކޮއްކޮ ރައިލީ ބުނެލިއެވެ. ކުޑަދޮރު ލެއްޕުމަށް ފަހު އިސްޖަހައިލައިގެން ކޮޓަރިން ނިކުމެ ބަދިގެއަށް ގޮސް ވަތް ރައިޝާގެ ކޯތާފަތް މަތީގައި ވަރަށް ބާރަށް އޭނާގެ މަންމަ އަޝްވާ ޖަހައިލިއެވެ. ނަގަމުން ދިޔަ ދިލައިން ރައިޝާ އޭނާގެ ކޯތާފަތް މަތީގައި އަތް އަޅައިލިއެވެ. “ކިހާވަރަކަށް ކަލޭ އަށް ގޮވާލެވިއްޖެ، ކަންފަތެކޭ ކިޔާފަ ދޮރުފަތެއްތަ ހުންނަނީ؟ މަ ބުނީ ކީކޭ؟، ކާ ނިމުނީމަ މި ތަށިތައް ދޮންނާށޭ އެކަމަކު މިހުރީ ހިއްކަން ސިންކު ތެރެއަށް އަޅާފަ ހަމަ މިހާރު ދޮވޭ، ނު ދޮވެފިއްޔާ މަ މީ ކިހާ ނުލަފާ މީހެއްކަން އަންގަލާނަން” އަޝްވާ ރައިޝާ އާއި ދިމާލަށް އެއްޗިސް ގޮވަމުން ދިޔައެވެ.
” ބައްޕާ ، މަންމަ ނުހުއްޓުވަނަންތަ ؟ ކޮންމެ ދުވަހަކު މަންމަ ދޮންތަ ގައިގަ ޖަހާތަން އަޅުގަނޑަށް ފެންނަނީ” ރައިލީ ސޯފަގައި އިށީންދެލައިގެން ހުރީ ރިޔާޒް ކައިރިއަށް ގޮސް ބުނެލިއެވެ. “ދަރިފުޅާ ރައިލީ މަންމަ ރަނގަޅެއް ނުވާނެ ބައްޕަ ވަރަށް މަސައްކަތް ކޮށްފިން” ރިޔާޒް ޚަބަރު ބަލަން ހުރެފައި ބުނެލިއެވެ. އެވަގުތު ވީ ރައިޝާ ތަށިތައް ދޮވެ ނިންމާފައި ބަދިގެއިން ނިކުމެ އޭނާގެ ކޮޓަރިއަށް ދިޔަ ވަގުތައް ށެވެ. ރައިލީ އޭނާގެ ބައްޕަ ގާތުގައި “ގޫޑް ނައިޓް” އޭ ބުނެފައި އޭނާގެ ކޮޓަރިއަށް ދިޔައެވެ.
ކޮޓަރިއަށް ގޮސް ވަތް ރައިޝާ ނިދަން ލާ އެއްޗިސް ލުމަށް ފަހު ހުޅިއެއްގެ ތެރޭގައި ހައްޔަރު ކުރެވިފައިވާ އިސްތަށިގަނޑު މިނިވަން ކުރުމަށް ފަހު އެނދުމަތީގައި އޮށޯތެވެ. އަދި ބަލިހެއްގައި ބައްދައިގެން ހުރެ ގިސްލަގިސްލާ ރޯން ފެށިއެވެ. މިހެން ރޮވެ ރޮވެ އޮއްވައި ރައިޝާ އަށް ނިދުން އިރެއް ހުދު އޭނާ އަކަށް ވެސް ނޭންގެއެވެ.
……………..
ވިއްވާރު ރޭގަނޑަކަށް ވުމުން އަމިއްލަ އެޕާޓްމެންޓް ގައި ޕޭޕަރ ވޯކް ތަކާއި ފައިލް ތައް ހަމަ ކުރަމުން ދިޔަ 25 އަހަރުގެ ޔާނިއު އަށް ހުރެވުނީ ލެޕްޓޮޕް ކައިރީގައި މަސައްކަތް ތައް ނިންމަލިމަށްށެވެ. ނަމަވެސް މި މަސައްކަތްތައް ފަސް ޖައްސަލަން ޖެހުނީ ޔާނިއުގެ މަންމަ ޔުސްރާ ގުޅުމުން އެވެ. “ހަލޯ” އިޙްތިރާމްއާއި އެކު ޔާނިއު ބުނެލިއެވެ. “ދަރިފުޅާ ކިހިނެތް ؟ ދަރިފުޅު ކައިފިންތަ؟” އެންމެ ފުރަތަމަވެސް ޔުސްރާ އަހައިލީ މިހެން އެވެ. “މަންމާ އަލްހަމްދުލިﷲ އަޅުގަނޑު އަދި ވަރަށް ރަނގަޅު، ނޫނޭ މަންމާ އަދި އަޅުގަނޑު ނުކަން ، މަންމަ ކޮބާ ޔޫލީ؟” ޔާނިއު އަހަން ނާހަން ހުރެފައި އަހައިލިއެވެ. “ދަރިފުޅު ވާނެ އެއްޗެއް ކަލަން އިންގޭ ، ޔޫލީ ނިދާފަ އޮތި، ތި އެއް ނޫނޭ މަންމަ ދައްކަން މި އުޅޭ ވާހަކައަކީ ދަރިފުޅު ކޮން އިރަކުންތަ ކުއްޖަކާ ކައިވެނި ކުރަނީ؟ ނޫނީ ދަރިފުޅުގެ ހިތުގައި ކުއްޖެއް އޮތީތަ؟” ޔުސްރާ އަހައިލިއެވެ. “ނޫނޭ މަންމާ އަޅުގަނޑުގެ ހިތް އަތުލެވޭ ފަދަ ކުއްޖަކާ އަދި ދިމައެއް ނުވޭ ، އަޅުގަނޑު ކައިވެނި ކުރަން ވިސްނަން މަންމަ ދައްކާ ކުއްޖަކާ” ޔާނިއު ހިނިތުން ވަމުން ބުނެލިއެވެ. އެއާއި އެކު ޔުސްރާ ހިނިތުން ވެލިއެވެ.” މަންމާ އަޅުގަނޑު ދެން ބާއްވަނީ ވަރަށް މަސައްކަތް އެބަ އޮތް ބާއްޖަވެރި ރެއަކަށް އެދެން މަންމާ” ޔާނިއު މިހެން ބުނެފައި ފޯނު ބޭއްވި އެވެ. އަދި މަސައްކަތާގެން ކުރިއަށް ދިޔައެވެ.
……………….
އިރުގެ ދޯދިތައް ފަރުދާ ތަކުން ނެއްޓެމުން އައިސް ރައިޝާގެ މޫނުމައްޗަށް އެޅުނެވެ. މަޑުމަޑުން ލޯ ހުޅުވައިލިމަށްފަހު ލޯގަނޑު ކުރިމަތީގައި ހުއްޓިލިއެވެ. އެއިރު އެ ލޯ ކައިރީގައި ހިކިފައި ވާ ކަރުނަތައް ވެއެވެ. ތުވާލި ހިފައިގެން ފާހާނާ އަށް ވަތް ރައިޝާ ފާހަނާ އަށް ވަނީ ތާޒާ ވެލައިގެން ނިކުމެ ތައްޔާރު ވެގެން އޭނާ މަސައްކަތް ކުރަމުން ދާަ ޕްރީސްކޫލް އަށް ދިއުމަށް ށެވެ.
ފެންވަރައިގެން ނިކުތް ރައިޝާ ކަޅު ކުލައިގެ އަބަޔާ އެއް ލުމަށް ފަހު ގަދު ރަތް ކުލައިގެ ޝޯލް އެއް މިހާރުގެ ފެޝަނަށް އަޅައިލިއެވެ. ތައްޔާރުވެ ނިމުމުން އަތް ދަބަސް ކޮނޑުގައި އަޅުވައިލައިގެން ވަޒީފާ އަށް ދިއުމަށް ގެއިން ނިކުތް ރައިޝާ އޭނާގެ މޫނު މައްޗަށް ފަނޑު ހިނިތުނވުމެއް ގެނައުމަށްފަހު މާލޭގެ ހަލަބޮލި މަގުތަކަށް ނިކުތެވެ. މަޑު ހިންގުމެއްގައި ގޮސް ކެންގަރޫ ކިޑްސް ޕްރީ ސްކޫލަށް ވަތް ރައިޝާ ފިންގާ ޖަހައިލުމަށް ފަހު އޭނާއަށް ކަނޑާ އެޅިފައިވާ ގޮނޑީގައި އިށީންދެލިއެވެ. އަދި ކުދިންގެ ފޮތްތައް މާކް ކުރަން ގެށިއެވެ.
“ހާދަ ފޮނި ކުއްޖެކޭ އެއީ އެކަކަށް ވެސް ބަހެއް ނުބުނެ، އެވަރުގެ މީހަކަށް ވަޒީފާ ދޭން ވެސް ހެޔޮ ނުވާނެ ފޮނި ވިއަސް އެއީ ބޮޑު ވަރު” އެތާނގައި ތިބި ސްޓާފުން ތަކެއް ރައިޝާގެ ފަހަތުގައި ހުރެ އެނާއޭ ކިޔާފައި އެއްޗިސް ކިޔަމުން ދިޔައެވެ. “ކާކުގެ ވާހަކައެއް ތީ ދައްކަނީ ؟” އެވަގުތު ސްކޫލް ތެރެއަށް ވަދެގެން އައި ޔޫލީން އަށް އަޑު އެމީހުން ދެއްކި ވާހަކަތައް އަޑު އިވުމުން އެމީހުން ގާތުގައި އަހައިލިއެވެ. “އެ އަންހެން ކުއްޖާ ވާހަކަ މި ދައްކަނީ” ރައިޝާ އާއި ދިމާލަށް އިނގިލި ދިއްކިރަމުން އެމީހާ ބުނެލިއެވެ. ސްޓާފް ރޫމް ގައި ހުންނަން ދަތި ވުމުން ފޮތްތައް ހިފައިގެން ރައިޝާ ދިޔައީ އޭނާގެ ކުލާސްރޫމަށް ށެވެ. އެވަގުތުވީ ދަރިވަރުން ސުކޫލަށް އައި ވަގުތައްށެވެ.
އެސްފިޔަ ޖަހައިލާހާ އަވަހަށް ވަގުތު ދިޔައެވެ. މެންދުރުގެ އަވިބާރު ވަގުތު ދެއަށް ދާން ޖެހުމުން ރައިޝާ ހުރީ ކަންބޮޑުވެފައެވެ. އެންމެގެ އާއިލާ އާއި އެކުވެރިން އެކު އެކީގައި ގެއަށް ދާއިރު ރައިޝާ އެކަނި މާ އެކަނި ގެއަށް ދާން ހިނގައިގަތެވެ. ކަރުނުން ފުރިފައި ވާ ދެލޮލަކުން މަޑުމަޑުން ހިނގަމުން ގޮސް އެންމެފަހުން ގެއާއި ހަމައަށް ފޯރި އެވެ.
ވަގުތަކީ މެންދުރު ފަސް ކަމަށް ވުމުން ރިޔާޒް އާއި އަޝްވާ އަދި ރައިލީ ވަނީ މަސައްކަތު މާހައުލު ގައެވެ. ރައިޝާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ލުމަށްފަހު ކޮޓަރިއަށް ވަނެވެ. އަދި ތާޒާ ވެލައި ގެން އަވަސްވެގަތީ ނަމާދު ކުރަންށެވެ. “ޔާ ﷲ އަހަރެންގެ މި ކުޑަކުޑަ ހިތައް އުފަލެއް ލިބެނީ ކޮން ދުވަހަކުން، ނޫނީ އަހަރެން މުޅި ދިރި އުޅުން މިހާލުގަ ތަ އުޅެން ޖެހޭނީ ؟ ޔާ ﷲ މި އަޅާއަށް އުފާވެރި ދިރިއުޅުމެއް މުސްތަޤްބަލް ގައި ޤާއިމް ކިރައްވާން ދޭ، މި އަޅާގެ ހިތި މާޒީ ފޮހެ ލައްވަވާން ދޭ އާމީން” ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް ފަހު މުސައްލަ އުޅާލާފައި އަލަމާރި ތެރެއަށް ލިއެވެ. އަދި ބެލްކަނީ ތެރެއަށް ނިކުމެ ލިއެވެ. އަދި ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ.
…………..
ހަވީރު ވަގުތެވެ. އޮފީސް ކުރިމަތީގައި މަޑުކޮށްލި ކަޅު ކުލައިގެ ސުޕްރާ އިން ނިކުތް ޔުސްރާ ލޮލުގައި އަޅައިގަތީ އެތާ ޕާކިން ލޮޓް ގައި ހުރި އަޝްވާ އާއި ރިޔާޒް އެވެ. ހިނިތުން ވެލާފައި އެމީހުންނާއި ދިމާލަށް މިސްރާބު ޖެހި އެވެ. “އަޝްވާ ؟” ޔަގީންކޮށް ލުމަށް ޔުސްރާ ގޮވައިލިއެވެ. އަޝްވާ އޭނާގެ ފަހަތުގައި ހުރި ޔުސްރާ އަށް ބަލައިލިއެވެ. ” ޔުސްރާ ، ކިހިނެތް؟، ހާދަދުވަހެއް ކޮށްލާފައި މި ދިމާވީ” ހިނިތުން ވެލާފައި އަޝްވާ ބުނެލިއެވެ. “އަލްހަމްދުލިﷲ އަހަރެން ވަރަށް ރަނގަޅު ، އަހަރެން މި އައީ އަހަރެންގެ ފިރިހެން ދަރިފުޅު ބަލާ ، މިހުރީ ހަގު މަންޖޭ ދޯ ؟” ކައިރީގައި ހުރި ރައިލީ އަށް ބަލައިލާ ފައި ޔުސްރާ ބުނެލިއެވެ.” އާނ އެއީ އަހަރެންގެ ހަގު މަންޖެ” އަޝްވާ ހިނިތުން ވެލަމުން ބުނެލިއެވެ. “ދޮށީ މަންޖެ ކޮބަތަ މިހާރު؟” ޔުސްރާ އަހައިލިއެވެ.” އޭނަ މަސައްކަތް ކުރަނީ ކެންގަރޫ ކިޑްސް ޕްރީ ސްކޫލް ޓީޗަރެއްގެ ގޮތުގަ ، މިހާރު ގެއަށް ގޮސް ދާނެ ހެން ހީވަނީ” އަޝްވާ ބުނެލިއެވެ.
“މަންމާ” ޔާނިއު ޔުސްރާ އަށް ގޮވައިލުމުން ޔުސްރާ ފަހަތް ބަލައިލިއެވެ. “ދަރިފުޅާ މީ މަންމަގެ ކުޑަ އިރުގެ ވަރަށް ގާތް އެކުވެރި އެއް ، މީ އަޝްވާ ދެން އެހުރި އޭނާގެ ފިރިމީހާ ރަމީޒް ދެން އެ ހުރީ އޭނާގެ ހަގު ދަރިފުޅު ރައިލީ ދެން ހުންނާނީ ރައިޝާ ، މި ވަގުތު ރައިޝާ މިތަކު ނެތް” އަޝްވާގެ އާއިލާ ތައާރަފު ކޮސްދެމުން ޔުސްރާ ބުނެލިއެވެ. “އައްސަލާމް އަލައިކުމް ދައްތާ” ސަލާމް ކޮށްލަން އަތް ދިއްކޮށްލަމުން ޔާނިއު ބުނެލިއެވެ.” އަޝްވާ އަހަރުމެން އާއެކު ހިންގާ ސައިބޯން ދަމާ ، ދޮށީ މަންޖެ އަށް ގުޅާފައި ބުނޭ ލެމަން ގްރާސް ރެސްޓޯރެންޓު އަށް އަންނަން” ޔުސްރާ ބުނެލިއެވެ. “ދަރިފުޅާ ރައިލީ ދޮންތިއަށް ގުޅާލަބަލަ” އިޝްވާ ބުނެލިއެވެ. އަދި ރައިލީ ބޯ ޖަހައިލުމަށް ފަހު އެ މީހުންނާ ތަންކޮޅެއް ދުރަށް ދިޔައެވެ. ” މަންމާ ކަޔަން އަށް އާދެވިދާނެތަ؟ އޭނާ އެ ހުންނަނީ އެއްޗެއް ނުކާ ރޭ ހަތަރު ދަމާ މިއަދު ، ބޯލާ ކޮފީ ތައްޓެއްގެ ބާރުގައި އެ ހުންނަނީ” ޔާނިއު އަހައިލިއެވެ. ޔުސްރާ “އެންމެ ރަނގަޅޭ” ބުނުމުން ޔާނިއު ކަޔަން އަށް ގޮވައިލިއެވެ.
ކޮޓަރީ އެނދު މަތީގައި ލެޕްޓޮޕް ހިފައިގެން ކޭޑްރަމާ ބަލަން ހުރި ރައިޝާ ސިހުނީ އޭނާގެ ފޯނު ރިންގުވާން ފެށުމުން އެވެ. “ހަލޯ” ފޯނު ނެގުމާއި އެކީ ރައިޝާ ބުނެލިއެވެ.” ހަލޯ ، ދޮންތާ މަންމަގެ ރައްޓެއްސަކާއެކު ހޮޓަލަކަށް ސައިބޯން ދާތީ މަންމަ ބުނީ ދޮންތަ ކައިރީ ބުނާށޯ ލެމަން ގްރާސް ރެސްޓޯރެންޓު އަށް އަންނަން” ރައިލީ މިހެން ބުނުމުން “މިދަނީ” އޭ ބުނެފައި ރައިޝާ ފޯނު ކަނޑާލިއެވެ. ލެޕްޓޮޕް ލައްޕާލުމަށްފަހު ހަރުގައި އަޅުވާފައި ވާ އަބާޔާ އަށް ހެދުން ބަދަލު ކޮށްލައިގެން މިއަދު ހެނދުނު އެޅި ގަދަ ރަތް ކުލައިގެ ޝޯލް މިހާރުގެ ފެޝަނަށް އަޅައިލާގެން އަތް ދަބަހަށް ފޯނު ލަމުން އަތް ދަބަސް އަޅުވާލައިގެން ގެއިން ނިކުމެ ލިއެވެ. މާލޭގެ ހަލަބޮލި މަގުތަކުގައި ހިނގަމުން ގޮސް އެންމެފަހުން ލެމަން ގްރާސް ރެސްޓޯރެންޓް އާއި ހަމައަށް އާދެވުނެވެ. މަޑު މައިތިރި ކަމާއެކު ވަދެގެން ދެވަނަ ފަންގިފިލާ އަށް އެރި ރައިޝާ ގޮސް ޖެހުނީ ފިރިހެން ވަންތަ ހަށިގަނޑެއްގައެވެ. މަޑުމަޑުން ކާކުތޯ ބެލުމަށް އޭނާއާއި ކުޑަކޮށް ދުރުވެލ އެވެ.
ބައިމަތި ފުޅާ އަދި ފުރިހަމަ ހަށިގަނޑެއް ލިބިފައިވާ ޒުވާނެކެވެ. މަޑު މުށި ކުލައިގެ ކުރު ކުރު ކޮށް ކޮށާފައިވާ އިސްތަށިގަނޑެކެވެ. އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ސިފަތަކެއް ލިބިގެން ވާ މި ޒުވާނާ ފެނި ހިތް ނުކިޔަނީ ކާކު ހެއްޔެވެ. “ތީ ރައިޝާ ތަ؟” އެ ޒުވާނާ އަހައިލިއެވެ. ސިހިފައި ރައިޝާ އޭނާ އާއި ދިމާލަށް ބަލައިލިއެވެ. “ދެންމެ ދިމާވި މީހަކަށް އޭނާގެ ނަން އިންގުނީ ކިހިނެތް ހެއްޔެވެ؟” ރައިޝާގެ ހިތުގައި އުފެދެމުން ދިޔައީ މި ސުވާލެވެ. “ލައްބަ” އެހެން ހުރެލާފައި ރައިޝާ ބުނެލިއެވެ. “އޯކޭ ހިންގާ ދަމާ” އެ ޒުވާނާ އެހެން ބުނުމަށް ފަހު ރައިޝާ އޭނާގެ ފަހަތުން ދިޔައެވެ.
އެ ޒުވާނާގެ ފަހަތުން ގޮސް ވަދެވުނީ ވީ.އައިި.ޕީ ލައުންޖަށް ށެވެ. އެވަގުތު އެންމެން ވެސް ތިބީ އޮލަ ވާހަކަ ތަކުގައެވެ. ރައިޝާ ފެނުމުން ޔޫލީން ކޮޅަށް ތެދުވިއެވެ. “ޔޫ ؟” ޔޫލީން ރައިޝާ އާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ.
… ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

