Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ތޭރަވަނަ ބައި)

ޒީކާން ގެ ވާހަކަ އެހާ ހިސާބަށް ދިއުމުން އަޔާން އާއި ރިޔާން ދެއްކި އެއްވެސް ވާހަކަ އެއް އަޑު ނީވޭހެން ހަދާލަމުން އެތަނުން ނިކުމެލީ ދެންމެ އައި ދެމީހުން ފަދައިންނެވެ.”ސާބަސް ދެމީހުންނަށް.ބޮޑު ވާހަކަ އެއް ދައްކަންނޭ ކިޔާފަ ބަލާބަލަ ދެ ކޭމާޓުން އައިސް ތިބި ތަން ކާން”އަޔާން ބުނެލީ ނުކްޝާން ގެ ސަމާލުކަން އެހެން ފަޅި އަކަށް އަނބުރާލަމުން ނެވެ.އަޔާން އަށް ވެސް ނުކްޝާން ގެ ސަމާލުކަން އަތުލެވޭނީ އޭނާ އާއި ދިމާކޮށްލައިގެން ކަން އިނގޭ ފަދަ އެވެ.

************************

“ތީ އެންނު ދެ ކޭމާޓުން ނަކީ މިހާރު ވެސް ތި ތިބީ މިތާންގަ ކާން އައިސް.އަހަރުންނަށް ވުރެ ވަކި ދެރަތަ ކައެމެން ދެމީހުން”އަޔާން ބޭނުންވި ފަދަ އިން ނުކްޝާން ގެ ސަމާލުކަށް އަތުލެވުނެވެ.”ހްމްމް އޭ ހިނގާ ދާން މިހާރު ނޭނގެ އަނެއް މީހުންތައް ތިބޭނެ ގޮތެއް ވެސް.ނުކްމެން ފެނިއްޖެ އޭ ކިޔާފަ އައިސް ތިބި ދެމީހުންނޭ މީ.މިތާ މީހުން ގިނަ ކަމުން ތިހާ ހިސާބަށް ދާން ވެސް ލަސްވީ “ނުކްޝާންމެންނަށް އެއްވެސް ޝައްކެއްނުވާނެ ހެން ރިޔާން ވާހަކަ ހަދާލީ އެމީހުން އެ ތަނަށް ދިއުމުން ލައިކާމެން ވެސް އެސުވާލު ކުރާނެކަން އިނގުމުންނެވެ.

 

ވީ ވެސް ރިޔާން ހީކުރި ފަދަ އިންނެވެ.ރިޔާންމެން އެހިސާބަށް އެރުމާއި އެކު ހެން ލައިނީމެން ސުވާލު ގޯނި އޮއްސާލައިފި އެވެ.ނަމަވެސް ރިޔާން އާއި އަޔާން ހުރީ ސުވާލުތަކަށް ތައްޔާރުވެގެން ކަމުން މޮޅުތި ވާހަކަ ދައްކާލަމުން އެތަންކޮޅު ފޫ ބައްދާލިއެވެ.

 

ނުކްޝާން އާއި ޒީކާން އިށީންނަން ވެސް ހުސް ދެ ގޮނޑި އިނުމުން އެދެމީހުން އިށީނދުނީ އެދެގޮނޑީގައިއެވެ.ނުކްޝާންގެ ކުރިމަތީގައި އިން އީޝާ އަށް ނުކްޝާން އަށް ބަލައިލެވުނީ މިލާންގެ ކައިރީގައި އީޝާ އަދި އަނެތް ފަރާތުގައި ނަވްޔާގެ އިނުމުންނެވެ.އެހެން ނުވާންވީ ސަބަބެއް ނެތި އެއް ނޫނެވެ.ނަވްޔާ އަށް ވުރެ ބޮޑަށް އީޝާ މިލާން އާއި މާ ގާތް ވާން މަސައްކަތް ކުރެއެވެ.

 

ކާން އިން ޒާރާ ގެ ފޯނު ރިންގް ވުމާއި އެކު ޒާރާ ބަލާލީ މިވަގުތު ގުޅަނީ ކާކު ތޯ އެވެ.ޒާރާ އާއި ޖެހިގެން އިން ކިޔާން ވެސް ޒާރާގެ ފޯނާއި ދިމާލަށް ބަލައިލީ ފޯނު ރިންގް ވުމުން ނެވެ.އަރާފައި އިން “ރާއި”ގެ ނަމާއި އެކު ފިރިހެން ކުއްޖެއްގެ ފޮޓޯ އެއް ފެންނަން އިނެވެ.ދެ ފަރާތު ގައި ދެ ރަތް ކުލައިގެ ހިތް އިނުމުން އެކަނި ވެސް އެކުއްޖާ އަކީ ޒާރާގެ ކާކު ކަން ދެނެ ގަންނާކަށް މާ އުނދަގުލެއް ނުވިއެވެ.

 

އެކުއްޖާގެ ނަން ފެނުމުން ކިޔާންގެ ހިތް ހީވީ ތަޅައިގެން ދިޔަ ހެންނެވެ.މޭގައި ރިހުމެއް އުފެދުނީ ވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެވެ.ނަމަވެސް ކިޔާން އަށް ނޭނގުނީ ޒާރާގެ ލޯބިވެރިއެއް ހުރެގެން އޭނާ ދެރަވާންވީ ސަބަބެވެ.

 

ޒާރާ ފޯނު ހިފައިގެން ބޭރަށް ދާން ހިނގައިގަތުމާއި އެކު ކިޔާން ވެސް އެބަ އަންނަމޭ ކިޔާފައި ދާން ހިނގައިގަތީ ޒާރާ ދައްކާ ވާހަކަ އަޑު އެހުމަށް ނުވަތަ އެހެން ކަމެއް ކުރުމަކަށް ވެސް ނޫނެވެ.ނަމަވެސް ބޭރަށް ނިކުންނަން އައި ކިޔާން އަށް ޒާރާ ދައްކަމުން ދިޔަ ވާހަކަ އަޑު އިވުނެވެ.

 

“ލަވް ޔޫ ޓޫ”ރާއިލް އާއި ވާހަކަ ދައްކާ ނިންމާފައި އެނބުރިލި ޒާރާ އަށް ސިހުމެއް ލިބުނީ ތަންކޮޅެއް ދުރުގައި ހުރި ކިޔާން ފެނުމުންނެވެ.ކިޔާންގެ ލޮލުގައި ހުރި ވޭނީ އަސަރުތައް ދެނެގަތުމަށް ޚުދު ޒާރާ ވެސް ނުކުޅެދުނެވެ.”ކިހިނެތް ވީ މިތާނގަ ތި ހުރީ”ޒާރާ ބޭނުންވީ ކިޔާން ގެ ލޮލުން ފެނުނު އަސަރުތައް ދެނެގަތުމުގެ ބަދަލުގައި މައުޟޫ ބަދަލުކޮށްލުމެވެ.

 

ޒާރާ އާއި ވާހަކަ ދައްކާ ހިތް ނެތުމުން ކިޔާން އެއްވެސް އެއްޗެެއް ނުބުނެ ބޭރަށް ނިކުމެ ސައިކަލަށް އަރާ އެއްވެސް މިސްރާބެއް ނެތި ދުއްވަން ފެށި އެވެ.އިރުގެ އަލިކަން ފަނޑު ވަމުން އައި ވަރަަކަށް މީހުން ވެސް ދިޔައީ މަދު ވަމުންނެވެ.ކުއްލި އަކަށް އިވެން ފެށި ބަންގީގެ އަޑާއި އެކު ކިޔާން އޭނާގެ މިސްރާބު މިސްކިތާއި ދިމާލަށް ބަދަލުކޮށްލިއެވެ.

 

ކިޔާން ޖަވާބެއް ނުދީ ދިއުމުން ޒާރާ އަތުގައި އޮތް ފޯނަށް ބާރު ކޮށްލަމުން އެތެރެ އަަށް ވަދެގެން ދިޔައީ ނުކްޝާންމެން ގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ވިސްނަމުންނެވެ.ހަމަ ގައިމުވެސް ޒާރާ އަކަށް ކިޔާން ދިޔަ ތެނެއްކީ ދިޔައީ ކީއްވެގެން ކަން ވެސް ނޭނގެއެވެ.”ކޮބާ ކިޔާން؟ދެންމެ އެބަ އަންނަމޭ ކިޔާފަ އެ ދިޔައީ”ޒާރާ އައިސް އިށީންދުމާއި އެކުހެން ޝަހްނާ އަހާލީ ކިޔާން އާއި ބެހޭ ގޮތުންނެވެ.”ނޭނގެ ކޮންމެވެސް ތާ ކަށް ގޮއްސި”އަދި މި ޝަހްނާ ހުރިހާ ކަމަކާ ބެހެއޭ ޒާރާގެ ހިތަށް އެރިއެވެ.

 

ކިޔާންގެ ހުރިހާ ކަމެއް ބަލަން އަދި ޝަހްނާ މީ ކާކު ހެއްޔެވެ؟ޒާރާ އަށް ހިތާ ހިތުން ޝަހްނާ އާއި ދިމާލަށް އެއްޗިހި ކިޔަން ފެށުނީ ކީއްވެ ކަމެއްވެސް ޚުދު އޭނާ އަކަށް ވެސް ނޭނގުނެވެ.

 

އެންމެން ކައި ނިންމައިގެން ބިލް ދައްކާފައި ނިކުން އިރު ބަންގި ގޮވުމުގެ އަލާމާތްތައް ދިޔައީ ފެންނަމުންނެވެ.އޭރު ދިޔަ ގޮތަށް ކިޔާން ނައުމުން ޝަހްނާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ.ޝަހްނާގެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަން އެންމެންނަށް ވެސް ފާހަގަ ކުރެވޭނެ ކަން ކަށަވަރެވެ.އަޔާން މާ ގަޔާވާ ކުލަވަރަކަށް އެކަން ވެގެން ނުދިޔައެވެ.އޭނާގެ ކޮއްކޮގެ ހިތް އޮތީ އެހެން މީހަކަށް ދެވިފައި ކަން ކިޔާން އަނގައިން ނުބުންޏަސް އުޅޭ އުޅުމުން އަޔާން އަށް އިނގޭ ވިއްޔާއެވެ.ނަމަވެސް މި ޝަހްނާ އެއް އުޅޭ ގޮތުން އެލޯބި ވެސް އޭނާގެ ކޮއްކޮ އަށް ލިބޭނެ ކަމާއި މެދު އަޔާން އަށް ޝައްކެވެ.ދެން ޝަހްނާ ދެކެ ފޫހި އެކަންޏެއް ނޫނެވެ.ރުޅި ވެސް އަންނަން ވީއެވެ.

 

“ނާޔާމެން ގެ އަށް ދާންވީނު މިލާންމެން ދޭ އެމީހުން ލާން އަހަރުން މިދަނީ ކިޔާން ހޯދަން”ކިޔާން ހޯދުމުގެ ނަމުގައި ވިޔަސް އަޔާން ބޭނުންވީ އަވަހަށް އެތަނުން ދާންށެވެ.

 

ކިޔާން ހޯދަން ވެގެން މުޅި ރަށުގައި އަޔާންމެން ދުއްވި އެވެ.އެހެން އެމީހުން އެއްކޮޅުން އަނެއް ކޮޅަށް ދުއްވަން އުޅެނިކޮށް ފަޒާގައި ބަންގީގެ އަޑު ހަރުލި އެވެ.އިތުރަށް އެކި ތަންތާނގައި ނުދުއްވާ އަޔާންމެން އެމީހުންގެ މިސްރާބު މިސްކިތާއި ދިމާލަށް ބަދަލުކޮށްލިއެވެ.

 

އަޔާންމެންނަަށް ކިޔާން ހިފުނީ މިސްކިތުން ފައިބައިގެން އަންނަނިކޮށް ށެވެ.ކިޔާން ދިޔަތަން އަހަ އަހާވެސް ނުބުނުމުން އެންމެ ފަހުން އެމީހުން އެކަން ހުއްޓާލުމަށް ފަހު ގޭތެރެ އަށް ވަދެގެން އައީ ކިޔާންގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން ނެވެ.”މިލާން ދޮންތަ ބޭނުން ވާހަކަ އެއް ދައްކާލަން”ގޭތެރެ އަށް ވަދެގެން އައި އެންމެން ގެ ސަމާލުކަން އަތުލީ މިޝްޔާގެ އަޑުންނެވެ.

 

މިޝްޔާ އާއި ޖެހިގެން އިން ގޮނޑީގައި މިލާން އިށީންދެލަމުން ހްމްމްމް އޭ ބުނެލީ ވާހަކަ އަޑުއަހަންނޭ މިއިނީ ބުނާ ފަދަ ގޮތަކަށް ށެވެ.އެހެން އެންމެން މިޝްޔާ އާއި މިލާން އަށް ވަގުތު ދެމުން ކޮޓަރިތަކަށް ވަދުނެވެ.”ދޮންތަ އެހާ ހިތްހަމައެއް ނުޖެހެ މިލާން އެހާ ގާތް ކޮށްގެން އީޝާމެން ގެންގުޅޭތީ.އެއްވެސް މީހެއްގެ ގޮތެއް ނޭނގޭނެ.މިއަދު ވެސް އީޝާ އުޅުނު ގޮތް ދޮންތަ ދެކުނީމޭ.ނާޔާ އަށް ވާ ކެތްވި ކަން.ދޮންތަ ވިއްޔާ އެއްޗެއް ނުބުނެ ނުވެސް ހުރެވޭނެ”މިޝްޔާ އެހުރިހާ ވާހަކަ އެއް ދެއްކި އިރު ވެސް މިލާން އިސްޖަހާލައިގެން އިން ގޮތަށް އިނީ ހިޔާލަކަށް ގެއްލިފައި އިންނަ މީހަކު ފަދައިންނެވެ.”ދޮންތަ އުންމީދު ކުރަން މިލާން އަށް ދޮންތަ މި ދެއްކި ވާހަކަ ނަގައިގަނެވޭނެ ކަމަށް”މިލާން އެއްޗެކޭ ނުބުނެ އިނުމުން މިޝްޔާ ބުނެލިއެވެ.މިލާން ވެސް ކޮޓަރި އަށް ދާން ހިނގައިގަތީ މިޝްޔާ ދެއްކި ވާހަކަ ތަކާއި މެދު ވިސްނަމުން ނެވެ.

 

އެންމެން ކައި ނިންމައިގެން ނުވަ އެއް ޖެހި އިރަށް ސިޓިންރޫމް ސޯފާތައް ފުރާލައިގެން ތިބީ އެމީހުން ރޭވި ގޮތަށް ތްރޫތް އޯ ޑެއާރ ކުޅެން ތައްޔާރުވެގެން ނެވެ.އެންމެން ހަމަ ހަމަ ކުރަން ވެގެން ފަހަރަކު މީހަކު ޖައްސާގޮތަަށް ހެދީ ރިޔާން އެވެ.ރިޔާން އެހެން ބުނުމުން އެންމެން ވެސް ހިފާލީ ރިޔާން އަށް ގިނައިން ޖެހިދާނެތީ ހެދި ގޮތެކޭ ކިޔާފަ އެވެ.”ހްމްމްމް ރިޔާން ކައެ އެންނު ދޯ ބުނީ އެހެން ކުޅެން އެހެން ވީމަ ކައެ ޖެހޭނީ ފަށަން ތްރޫތް އޯ ޑެއާރ”ނުކްޝާން ރިޔާން އާއި ދިމާކޮށްލިއެވެ.”އައި ތިންކް ތަރޫތް”ރިޔާން ތްރޫތް އޭ ބުނީ ޑެއާރ ނަގައިފި ނަމަ ނުކްޝާން ޖައްސާނީ މޮޅެތި އެއްޗިހި ކަން އިނގޭތީ އެވެ.ނަަމަވެސް ތްރޫތް ނަގައިގެން ވެސް ވީ ފައިދާ އެއް ނެތެވެ.”ކްރަޝް އޯ ރައްޓެހިވެގެން އުޅޭ ކުއްޖަގެ ނަން.ހަނދާން ކުރާތި ކްރަޝް އެއް ނެތޭ ބުންޏަސް ގަބޫލެއް ނުކުރާނަން”ނުކްޝާން ބުނެލީ ކުރިން ވެސް ރިޔާން ބުނާނީ އެހެންކަން އިނގި ހުރެއެވެ.ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ރިޔާން ބުނަން ނުބުނަން އިނދެފައި ބުނެލި ނަމުން އެންމެންގެ މޫނުހުދުވެގެން ނުދިޔައީ ކިރިޔާއެވެ.

ނުނިމޭ

Comments (6)

  1. GIRL VEMPIRE

    Maasha allah mi part vx varah varah reethi.
    Next part kiyaalan libeyny koniraku?

  2. Butterflyyyyy

    Heyy Rifoo
    vrh vrh vrh reethi mi part vx maasha allah❤❤❤
    Alheyy I feel bad for kiyaan.. Anehaka Riyaan buney keekeybaa🤔
    Waiting curiously for the next part😊
    Lyssm dear❤

  3. Seesaw

    Mi episode ehen episode thakekey ehfadhain varah reethi !
    NEXT PART AH INTHI ZAARU KRAANAN !
    But one episode mi bad girl ge nan nuhimana hedheytho balai dheeba !
    ONCE AGAIN THS EPISODE IS ALSO VERY NICE !
    LY Rifoo ❤️

  4. Laura

    Hi RIFOO darla
    Term test onnaathi buxy kamun ingey iyye ga comment kohnuly.ekam iyye kiyaalin.varah vx reethi hama vaahaka as usual.
    Mish naseebei milaan ah naseyhai dhin kan.ehen nooni neynge e eesha kuraani konkahala kamei kameh vx.
    Whattt???riyaan kon kujjei ge name eh buny.aa varah curious vejje.next part kiyaalan libeyni kon dhuvaku.
    Curiously waiting for the next part Rifoo Darla
    Eid Mubarak RIFOO DARLA
    Love you Rifoo Darla 💋

  5. Rauha

    What’s up rifoo
    Aslu vx laura buni hen term test ah dhas kuraathi ingey comment nukurevuny.aslu mi ulheny mulhin hen dhas kurumuga.laura bunyma inguny vx rau ah.
    Hey rifoo riyaan buny kon kujjei ge name eh tha??shahna or eesha mn meehei tha? haadha curious thankolhakunney thi ninmaali.
    curiosly waiting for the next part rifoo
    Wish you a bless eid.
    Eid Mubarak Rifoo
    Love you so much rifoo 💖💕

  6. Nishva

    Rifooooo…
    Mi part vx varah reethi Masha Allah…
    Kon irakun next part kiyaalan libeyni…
    Curiously waiting for the next part…
    Riyaan buny kon kujjei ge name eh tha…
    I’m very confused 😕 enmen ge moonah hudhu kula eryma
    Love you my fav author 💖😍

Comments are closed.