Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ކުށަކީ ކޮބާ – 18

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
April 21, 2024 5 Mins Read
0 Comments

އައިނާ ރީމާއަށް ނަސޭހަތްދޭން ފެށިއެވެ. އަމިއްލަ ނަފްސަށް އަނިޔާ ކުރުމަކީ ބޮޑުވެގެންވާ ފާފައެއް ކަމުގައި ބުނީ މައިރީންއަށާއި ރީމާއަށް ބަލައިލަމުންނެވެ. އަދި އަމިއްލައަށް މަރުވާ މީހުނަށް ސުވަރުގެ ނުވަދެވޭނެކަމަށް ބުނެ ވިސްނައިދިނެވެ. އައިނާގެ ވާހަކަތަކުން ދެކުދިންގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ދެކުދިންނަށްވެސް ފާފައެއް ކުރެވުން ކަމުގެ އިހްސާސް ކުރެވުނެވެ. އައިނާގެ ވާހަކަތަކާއި މެދު ފުންކޮށް ވިސްނައި އެފަދަ ކަމެއް ނުކުރާން ދެކުދިން ހިތުގައި އަޒުމް ކަނޑައެޅިއެވެ.

***ޕާޓް 18***

މިއަދު މީ މައިރީންމެންގެ ކޯހުގެ ޑިޕްލޮމާރ ފަށާ ދުވަހެވެ. އެހެންކަމުން ދެކުދިން އުޅުނީ ކޮލެޖްއަށް ދިއުމަށް ތައްޔާރުވާށެވެ. މައިރީން ހުރީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައެވެ. އިސްކޫލުގެ ހަދާންތައް އޭނަ ވާށާލަން ފެށުމުން ބޮލުގައި އަތް އަޅައިގެން އައިނާގެ އެނދުގައި އިށީނެވެ. މައިރީންއަކީ ކުދިންނާއި އެހައި ވާހަކަ ދައްކާ ކުއްޖެއް ނޫނެވެ. އެހެންކަމުން ކުދިންކުދިންނާއި އެކުވެރިކަން އުފެއްދުމަކީ މައިރީންއަށް އެންމެ އުނދަގޫކަމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މައިރީން ބިރުން އުޅެން ފެށުމުން އައިނާ ޔާދިންއަށް ގުޅިއެވެ.

އަދި މައިރީންއަށް ދެމީހުންވެގެން ހިތްވަރުދޭންފެށިއެވެ. މައިރީންއަށް އައިނާ އޭނައާއި އެއްކޮށް ކޮލެޖްއަށް ދާނެކަން އެނގުމުން، އޭނާގެ ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ފިލިއެވެ. ނަމަވެސް އައިނާއާއި އެއް ކްލާސްތަކަކަށް ނުދާތީ މައިރީން އައު އެކުވެރިން އޭނާގެ ކްލާހުން ހޯދަންޖެހޭނެއެވެ. އެހެން ހިތަށް އެރުމުން މައިރީން ދެއަތް ދެއަތާ މޮޑެންފެށިއެވެ. ޔާދިން އާއި އައިނާގެ ހިތްވަރުގަދަ ބަސްތަކުން މައިރީން ކޮންމެވެސް ވަރަކަށް ހަމައަށް އެޅިގެން ދިޔައެވެ.

ފާއިތުވި ފަސް ދުވަހު، ކޮންމެ ދުވަހެއްގެ ހަވީރު ރީމާ އާއިއެކު ވަގުތު ހޭދަކޮށްލަން މައިރީން އާއި އައިނާ ދެއެވެ. އެއީ ތިން ކުދިންގެ ހިތަށް ހަމަޖެހުން ގެނެސްދޭކަމަކަށް ވިއެވެ. ތިންކުދިންގެ ދެމެދު ހިއްސާނުކުރެވޭ ވާހަކައެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރީމާގެ އަނގަގަދަ މިޒާޖް އައިނާމެނާ ޖެހުމުން އައެވެ. ރީމާ ހަމައަކަށް އެޅުމުން އެންމެ އުފާވީ އޭނާގެ އާއިލާ މީހުނެވެ. އައިނާމެންގެ ހިތްވަރަށް ފަށްފަށުން ޝުކުރު ހައްގެވެ.

” ކުދިންނޭ ގަޑި ޖެހެނީ އެއޮއް.. އަވަސްކުރޭ..” ޝާޒިޔާ ބަދިގޭގައި ހުރެގެން ގޮވާ އަޑު އިވުނެވެ. މައިރީންމެން އަވަހަށް ކޮޓަރިން ނުކުތެވެ. އޭރު ހައިލިޔާ އާއި ފިޒާގެ އިތުރުން ލައިތް އާއި ޒާކިންވެސް ހުރީ ތައްޔާރުވެގެންނެވެ. ޝިޔާން ހަތަރު އަންހެން ހުދިންލާންދާނެ ކަމުގައި ބުނެލުމުން އެންމެންވެސް އެކަމަށް އެއްބަސް ވެލިއެވެ. ނަމަވެސް އައިނާ ހުރީ އޭނަ އާއި ދިމާލަށް ޝިޔާން މާ ވަރަކަށް ބަލާތީ މޫނު ހަދައިގެންނެވެ. ލައިތްގެ ޝަކުވާ ވަގުތުން ފެށުނެވެ. ޝާޒިޔާ ލައިތްއަށް ޝިޔާންގެ ސައިކަލުގައި ޒާކިން ގޮވައިގެން ދިޔުމަށް ބުނުމުން އޭނާގެ ޝަކުވާ ވަގުތުން ހުއްޓުނެވެ.

” ކުޑާ ތީ ހަމަ ބެސްޓް.. ތިވަރުގެ ކުޑާއެއް އަހަރެމެންނަށް ލިބުނީ ކިހިނެތްބާއޭ ހިތަށް އަރާ.. ” ލައިތް ދަތްކޮޅު ސޭލު އަޅުވައިގެންހުރެ ބޮޑުވައި އިނގިލި ޝާޒިޔާ އާއި ދިމާލަށް ދިއްކޮށްލަމުން ބުނެލިއެވެ. ” ހޫމް ހޫމް.. ދެން ކުޑާ ގޯނި ފުލަށް ލާން އުޅޭނެކަމެއް ނެތް.. ބަލައިގެން ދެކުދިންވެސް ދުއްވާނީ.. މިގޭގަ އުޅޭ ކުދިންނަކީ ކުޑާގެ އަމާނާތެއް.. ” ޝާޒިޔާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ލައިތް އެންމެ ރަނގަޅޭ ބުނުމަށްފަހު ޒާކިންގެ ކޮނޑަށް އަތް ވައްޓާލަމުން ހިނގައިގަތެވެ.

ލައިތްއަށް އެކާވީސް އަހަރު ވެފައި ހުއްޓަސް އޭނާގެ އުޅުން ހުންނަ ގޮތުން ސާދަ ފަނަރަ އަހަރުގެ ފުރާވަރުގެ ކުއްޖެކޭ ތަފާތެއްނެތެވެ. ދިގު އިސްކޮޅެއް ލިބިފައިވާއިރު، އިސްތަށިގަނޑު ސިލްކް ކޮޅެއްހައި ފަނެވެ. ދޮންހަންގަނޑަކާއި ތޫނު ދެލޮލެވެ. އޭނާގެ އެންމެ ބަލައިލުމަކުންވެސް އަންހެން ކުދިން ފިދާވާހައި ރީޗެވެ. އޭނާއަށް ލިބިފައިވާ ރީތި ސިފަ ބޭނުންކުރަނީ އެންމެ ނުރަނގަޅު ގޮތަށްށެވެ. ހެދުން އައު ކުރާ ފަދައިން އަންހެންކުދިން އައު ކުރާނެއެވެ. އަންހެންކުދިންނަށް އިހްތިރާމް ކުރަމަކީ އޭނާގެ ބޮޑު ‘އީގޯ’ އަށް ގެއްލުން ލިބޭކަމެއް ފަދައެވެ. މީހާ އެކާވީސް އަހަރަކަސް އެއްވެސް ޒިންމާދާރު ކަމެއް ނުހުރެއެވެ.

ކޮލެޖްއަށް ވަދެވުމާއެކު މައިރީންއަށް ހައިރާން ކަމާއެކު ތަންތަން ބަލަން ފެށުނެވެ. އޭނާއަށް ހައިރާން ކަމަކަށްވީ އެހައި ގިނަކުދިން އެއްފަހަރާ ފެނުމުންނެވެ. އައިނާ ދާންޖެހުނީ ފިޒާ އާއި ހައިލިޔާ އާއި އެއްކުލާހަކަށްވުމުން އޭނަ މައިރީންއަށް ބަލައިލަމުން ކެންޓިނުން ދިމާވުމަށް އެދި އެކުދިންނާއި އެކު ހިނގައްޖެއެވެ. މައިރީން ފިނިވެފައި ހުރެ ކްލާސް ފެނޭތޯ އުޅެންފެށިއެވެ. ކުދިންގެ ނަޒަރު އޭނާއަށް  ހުއްޓެން ފެށުމުން އޭނާ އެތަނުން ދާން ބޭނުންވިއެވެ. އެހެންކަމުން އައި ކޮޅަށް ދާން ހިނގައިގަތެވެ. ކުއްލިއަކަށް އޭނާ ސިހިގެނަ ދިޔައީ މީހަކު ކޮނޑުގައި ހިފެއްޓުމުންނެވެ. “އޭތް ފޮތިމާ-” ލައިތް ބުނަން އުޅުން އެތި ހުއްޓުނީ ކަރުނުން ފުރިފައިވާ މައިރީންގެ ދެލޯ ފެނުމުންނެވެ.

މައިރީންއަށް ލައިތް އެތަނުން ފެނުމުން ތުންފިއްތާލިއެވެ. އަދި އިސްޖަހާލަމުން ގޭޓް ކައިރިއަށް ދާން ހިނގައި ގަތެވެ. ” ކްލާސްތަށް ހުންނާނީ މިކޮޅުގަ.. ކޮންތާކަށް ތިދަނީ.؟؟ ” މައިރީންގެ އަތުގައި ހިފައި ހުއްޓުވަމުން ލައިތް އަހައިލިއެވެ. މައިރީން އެއްޗެކޭ ނުބުނެ ހުރުމުން މަޑުމައިތިރި ކަމާއެކީ ކްލާހަށް ދާން އެނގޭހޭ އަހައިލިއެވެ. މައިރީން އިސްޖަހައިގެން ހުރެ ބޯހޫރުވާލިއެވެ. ” އެހީއަކަށް އެދުމުން މައިރީންގެ ގައިންތަނެއް އުނިވަނީތަ؟ އެއްވެސް އިންސާނަކަށް ނޫޅެވޭނެ މީހެއްގެ އެހީއަކާ ނުލާ.. މޮޔަކުއްޖާ ” ލައިތް ބޯހޫރުވައިލަމުން ބުންޏެވެ. އަދި މައިރީންގެ އޮތީ ކޮން ކްލާހެއް ތޯ އަހައިލިއެވެ. މައިރީން އޭނަގެ ކްލާސް ބުނުމުން ލައިތް އޭނާގެ ފަހަތުން އައުމަށް އެދެމުން ހިނގައިގަތެވެ. މައިރީން އުޅޭގޮތުން ލައިތްގެ ހަނދާނަށް އައީ އެކްސިޑެންޓެއްގައި ނިޔާވެގެން ދިޔަ އޭނާގެ ލޯބިވާ ކޮށްކޮ މަތިންނެވެ.

ކިލާހަށް ދެވެންދެން ދެ ޒުވާނުންގެ މެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ދެ މީހުން ތިބީ އަމިއްލަ ދުނިޔެއެއްގައެވެ. މައިރީންގެ ކްލާހަށް ލައިދިނުމަށްފަހު ލައިތްގެ ގަޑި ޖެހޭތީ  ހިނގައިގަތީ އޭނާގެ ކްލާހަށްދާށެވެ. ފުންނޭވާއެއް ދޫކޮށްލަމުން ކްލާހަށް ވަދެ ހުސްގޮޑިއެއްގައި މައިރީން އިށީނެވެ. ލެކްޗާރ އަދި ނާންނާތީވެ މައިރީން ޔާދިންއާއި މެސެޖް ކުރަން ފެށިއެވެ.

ކުއްލިއަކަށް ފިރެހެންކުއްޖެއް އައިސް މައިރީންއިން މޭޒާއި ޖެހިގެންއިން މޭޒުގައި އިށީންދެ ބޯއަޅާލިއެވެ. ބަލާބެލުމަށް މައިރީން އާއި ދާދި އެއް އުމުރެއްގެ ކުއްޖެއްހެން ހީވެއެވެ. ހުދުކުލައިގެ ސްކަލްއެއް ޖަހާފައިވާ ކަޅު ހުޑީއެއްލައިގެން ހުރި އެކުއްޖާގެ ބުޅި އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް ދިގެވެ. ކަންފަތަށް އެއާރޕޮޑްސް ޖަހައިގެން އިންއިރު އެތާ އިތުރު ކުދިން ތިބިހެންވެސް އޭނާއަށް ހީނުވެއެވެ. އިރުކޮޅަކުން ލެކްޗާރ އައިސް ސަލާމް ގޮވައި އެދުވަހުގެ ފިލާވަޅާގެން ކުރިއަށް ދިޔައެވެ. އެސައިންމެންޓްގެ ވާހަކަ ދެއްކުމުން ބޯޖަހައިގެން ހުރި ކުއްޖާ ޕިސްޕިސް ކިޔާލިއެވެ.

ޓުޓޯރިއަލް (ފިލާވަޅު) ހަދަން ދިނުމުން އަވަސް ކަމާއެކު އެ ހަދައި ނިންމާ ކޮންމެވެސް އެހެން ކަމެއް ކުރުމާގެން އޭނާ އުޅެގަތެވެ. މައިރީން މާ ވަރަކަށް ބަލާ ތަން ފެނުމުން މައިރީން އާއި ހަތަރު ކަޅިހަމަ ކޮށްލަމުން ލޯއަޅަލިއެވެ. މައިރީން އަވަސް އަވަހަށް އިސްޖަހާލިއެވެ. އޭނަ ހުރީ އެ ފިލާވަޅު ހަދަން އެހީ ބޭނުންވެފައެވެ. ނަމަވެސް ލެކްޗަރާ ފިލާވަޅު ހަދަން ދީފައި ދިޔުމުން، ލެކްޗަރާ ގާތު އެހީއަކަށް އެދެވޭކަށް ނެތެވެ. އެހެންކަމުން އެކުއްޖާ އޭނައާއި ދިމާލަށް އެއްޗެހި ކިޔަސް ހެޔޮކަމަށް ހިތަށް އަރުވާގެން އެކުއްޖާއަށް ގޮވައިލަން އޭނާގެ ތުންފަތް ހަރަކާތް ކޮށްލިއެވެ.

ހައިލިޔާ އާއި ފިޒާ އިނީ އެ މީހުންގެ އެކުވެރިންނާއި އެއް ބެންޗެއްގައެވެ. އައިނާ އިށީންނާނެ މޭޒެއް ހޯދަން ހުއްޓައި ޒާކިން ވަދެގެން އައެވެ. އައިނާއަށް ބަލާލައިފައި އޭނަ ބަލައިލީ ހައިލިޔާމެން އާންމުކޮށް އިންނަ ދިމާލަށްށެވެ. ފިޒާ އޭނައާއި ދިމާލަށް ބަލާލައިފައި އަނގައިން ވައްތަރެއް ޖައްސާލިއެވެ. އެއާއެކު ޒާކިންއަށް ވީގޮތް އެނގުނެވެ. އައިނާއާއި ދިމާލަށް ބަލައިލުމަށްފަހު މޭޒެއް ހޯދައި އޭނަ ކައިރީ އައުމަށް އެދުނެވެ. ނުދަންނަ ބައެއްގެ މެދުގައި އިނުމަށް ވުރެ ރަނގަޅުވާނެއޭ ހިތާ ޒާކިން ގާތަށް ދިޔައެވެ. ކުޑަ ހިނިތުންވުމަކާއެކު ގޮސް ޒާކިން ގާތު ހުރި ގޮޑިއެއްގައި އިށީނެވެ. ލެކްޗަރާ އައުމުން އަވަހަށް ފިލާވަޅަށް ސަމާލުކަންދިނެވެ.

ޒާކިންގެ ތުންފަތުގެ އެއްކޮޅުން އަނެއްކޮޅަށް ދެމިލައިފައިވަނީ ސިއްރުވެރި ހިނިތުންވުމެކެވެ. ސިއްރުސިއްރުން އައިނާގެ ފޮޓޯއެއް ނަގައި މީހަކަށް ފޮނުވާލިއެވެ. އަދި އޭނާގެ ފިލާވަޅު ހެދުމައިގެން އުޅުނެވެ. ނޭނގޭ ތަންކޮޅެއްވިއްޔާ އައިނާއާއި މަޝްވަރާކޮށްލައިގެން ހަދައެވެ. އައިނާއަށް ފޯނުކޯލެއް އައީ ލެކްޗަރާރ ބްރޭކްއަށް ތިރީސް މިނެޓް ދީފިންކަމުގައި ބުނި ވަގުތެވެ. އޭރު އައިނާ އާއި ޒާކިންގެ މެދުގައި އެކުވެރިކަމުގެ ގުޅުން އުފެދިގެން ދިޔައެވެ. ރާކިން މާ ނުވަގުތެއްގައި ގުޅުމުން ހައިރާންވި ނަމަވެސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

” ހޭއި ބޭބީ.. ކީއްކޮށްލަނީ؟؟ ” އައިނާ ފޯނު ނެގުމުން ރާކިން އަހައިލިއެވެ. ” ބްރޭކް ގަޑި ވީމަ މައި ކޮބާ ތޯ ބަލާލަން މިއުޅެނީ.. ކިން ކިހިނެތްތަ؟ ” އައިނާ ރާކިންގެ ސުވާލަށް ޖަވާބު ދެމުން ސުވާލެއް ކޮށްލިއެވެ. ” އަހަރެންގެ ހިތުގެ އެއްފަޅި އަހަރެންނާ އެތަށް މޭލެއް ދުރުގައި ހުރީ.. ދެން ކިހިނެތްތަ ރަނގަޅު ވާނީ؟؟ ” ފިލްމެއްގެ ތަންކޮޅެއްކިޔާލި ފަދައިން ވަރަށް ޑްރާމެޓިކްކޮށް ރާކިން ބުނެލިއެވެ. އެއާއެކު އައިނާގެ ރަކި ހުނުމުގެ އަޑުއިވިގެނަ ދިޔައެވެ. ފޯނުގެ އަނެއް ފަރާތުގައި ހުރި ރާކިން މަޑުމަޑުން އޭނާގެ ހިތާވާ ދިމާލުގައި މޭގައި އަތުން ފިރުމާލީ އައިނާގެ ލޮބުވެތި ހުނުމުން އޭނާގެ ހިތަށް ލިބުނު އަރާމުންނެވެ. ” ހަހް ކިން ދެރަވެގެން އުޅޭއިރުވެސް އިނާއަށް މަޖާ ދޯ ވަނީ.. ” ދެރަވާ ކަމަށް ހަދާލަމުން ރާކިން އަހައިލިއެވެ. އައިނާ ނޫނެކޭ ކިޔާފައި ރާކިން އޭނައަށް ގުޅުމުން ވަރަށް އުފާވެއްޖެ ކަމަށް ބުނެލިއެވެ. ދެލޯބިވެރިންގެ ދެމެދު އެތަކެއް ވާހަކަތަކެއް ދެކެވިގެންދިޔައެވެ.

” އެކްސްކިޔުސް މީ..” މައިރީން ބުނެލިއެވެ. އެއާއެކު އެ ފިރެހެން ކުއްޖާ ހަށިގަނޑު ތެދުކޮށްލަމުން މައިރީންއަށް ބަލައިލާފައި އެއްބުމަ އަރުވައިލިއެވެ. ” އަހަރެންނާއި ދިމާލަށް އެހާ ވަރަށް ބަލާ ސަބަބު ބުނެލެވިދާނެތަ؟ ” އެކުއްޖާ ހީވީ މައިރީން ވާހަކަ ނުދައްކައިގެން އިންހެނެވެ. މައިރީން ރަނގަޅަށްވެސް ރަކިވިއެވެ. އެހެންދިމާލަކަށް ނަޒަރު ބަދަލް ކޮށްލަން އުޅުނު ހިނދު އޭނާގެ ލޮލުގައި އަޅައިގަތީ އެކުއްޖާގެ ކަރުގައި އަޅާފައިވާ ސްޓޫޑެންޓް އައިޑީއެވެ. ޝާއިލް ޝިހާން މަޑުމަޑުން މައިރީންއަށް ކިޔާލެވުނެވެ.

އެއާއެކު ޝާއިލް ހޫމް އެކޭ ބުނެލިއެވެ. ” އައި ނީޑް ހެލްޕް ” މައިރީން އޭނާގެ ކޮމްޕިޔުޓާރއަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. ” މާތްކަލާކޯ.. ކޮން ހާ ހަޑިއެއް ހާވާފައި މިހުރީ؟؟ ” ޝާއިލް ދެލޯ ބޮޑުކޮށްލަމުން އަހައިލިއެވެ. މައިރީން ދެކޮޑު އަރުވައިލުމުން، ޝާއިލް ބޯހޫރުވާލުމަށް ފަހު އެތަން ހަދާނެގޮތް ރަނގަޅަށް ކިޔައިދިނެވެ. މައިރީން ޝުކުރު އަދާކުރުމަށްފަހު އަވަހަށް އެތަން ހަދައި ނިންމާލިއެވެ. އޭރުވެސް ޝާއިލް ކޮންޕިޔުޓާރ ގެ ފިތްތަކަށް ފިތާ އަޑު އިވެމުން ދިޔައެވެ. މަޑުމަޑުން ޝާއިލް ކުރާކަންތަށް ބަލައިލަން ކޮންޕިޔުޓަރާއި ދިމާލަށް ބޯ އަރި ކޮށްލިއެވެ. އެއާއިއެކު އޭނަގެ ބޮލުން ތަރި ބުރައިގެން ދިޔަހެން ހީވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(އަށާރަވަނަ ބައި)

ވަޢުދޭ ވެވޭމީ
Next

ވަޢުދޭ ވެވޭމީީ 2

Next
ވަޢުދޭ ވެވޭމީ
April 23, 2024

ވަޢުދޭ ވެވޭމީީ 2

Previews
April 21, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(އަށާރަވަނަ ބައި)



All Right Reserved!