Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ސަތާރަވަނަ ބައި)

Anonymous Level 4100 Login10 Stories100 Comments
April 18, 2024 4 Mins Read
12 Comments

ނުކްޝާން އޭނާގެ ތައްޔާރު ލަގެޖް ތައްލަމުން އަލަމާރިން ހުދު ކުލައިގެ ޓީޝާޓަކާއި މަޑު ނޫކުލައިގެ ޖިންސެއް ނެގީ ފެންވަރަލުމަށްޓަކައި އެވެ.ފެންވަރައިގެން ނުކުމެ ނުކްޝާން ތައްޔާރު ވި އިރު ވެސް އަޔާންމެންނާއި ވާހަކަ ނުދައްކާ ހުރުމުން އަޔާން މެން ވެސް ނުކްޝާން އާ ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ.”އަޔާން ރިޔާން.މަ ބުނި ކަންތައް ކޮށްލަދޭތި”ނުކްޝާން ދަމުން ދެމީހުންނާއި ދިމާލަށް ބަލައިލަމުން އޭނާ ކުރިން ބުނެލި ވާހަކަތައް ހަނދާން ކޮށްލަ ދިނެވެ.ލަގެޖް ދަމަމުން ދަމަމުން ނުކްޝާން ކޮޓަރިން ނިކުމެ ސިޓިންރޫމް މެދެއްހާ ހިސާބުގައި ލަގެޖް ބަހައްޓާލަމުން ނަވްޔާގެ ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ.ދޮރުގައި ޓަކި ޖަހަން އަތް ހިއްލާލާފައި ވެސް ނުކްޝާން އަށް އަތް ތިރި ކޮށްލެވުނެވެ.ނަމަވެސް ދެވަނަ ސިކުންތަކަށް މާތް ﷲ އަށް ވަކީލު ކޮށްލަމުން ދޮރުގައި ޓަކި ޖަހާލިއެވެ.

*********************

ދޮރުގައި ޓަކި ޖަހާލި ކަމެއް ނޭނގި ޒާރާ ދޮރު ހުޅުވާލައިފިއެވެ.ނުކްޝާން އަށް ވަގުތުން ޒާރާ ނުނިދަނީކަން ނަގައިގަނެވުނެވެ.”ކޮބާ ނާޔާ؟” ވަގުތުން ނުކްޝާން ގެ ސުވާލު ޒާރާ އާއި ކުރިމަތި ވިއެވެ.”އެބެން އެތެރޭގަ”ޒާރާ ބުނެލީ އަތުގެ އިޝާރާތުން ކޮޓަރިތެރެ ދައްކާލަމުންނެވެ.”އަދިވެސް ނުނިދަނީ ދޯ.ނާޔާ އާ ޒާ އާ ދެމީހުން ރެޑީ ވެލައިގެން އާދެބަލަ.ނާޔާ ކައިރީގަ ބުނާތި ލަގެޖް ރެޑީ ކުރާށޭ.ޒާގެ ލަގެޖް ރެޑީ ކުރަން ގެ އަށް ވެސް އަދި ދާން ޖެހޭނެ”ނުކްޝާން ގެ އަޑުގައި ހުރި ހިތްދަތި ކަން ޒާރާ އަށް ދެނެ ނު ގަނެވުނަސް ބޮޑު ކަމެއް ވެއްޖެ ކަން ޒާރާ އަށް ނަގައިގަނެވުނެވެ.”އެ ކީއްކުރަންނޯ ލަގެޖް ރެޑީ ކުރަންވީ؟”ނުކްޝާން އާއި މިފަހަރު ސުވާލު ކުރީ ޒާރާ ގެ ކައިރީގައި އައިސް ހުއްޓިލި ނަވްޔާ އެވެ.

 

ނުކްޝާން އަށް އެސުވާލަަށް ދޭނެ ޖަވާބެއް ނޭނގި އިރުކޮޅަކު ހުރެވުނެވެ.އަދިވެސް ނަވްޔާ އާއި ޒާރާ ގާތު އެވާހަކަ ބުނުމަށް ނުކްޝާން ގެ ހިތް ދެކޮޅު ހަދައެވެ.”މެލޭޝިޔާ އަށް ހަފްތާ އަކަށް ޖައްސާލަން ކަމަށް”ނުކާޝާން ބެލީ ވީހާވެސް ހަމަޖެހިގެން ވާހަކަ ދެއްކޭތޯ އެވެ.”ދެން ކަލޭނޭ މާދަން ހެނދުނު ވެސް ދެވޭނެ ދޯ މިއޮށް ފަދަ ރޭގަނޑު ނުގޮސް.އާނ އެހެންޏަ މިހާރު އެއޮށްގެން ގޮސް ދަންވަރު އެކެއް ޖަހާ ބޮޑުވީ ވިއްޔަ”ނަވްޔާ ފޯނުން ގަޑި ބަލާލަމުން ނުރުހުމުގެ އަޑެއް ލައްވާލިއެވެ.”ދެން މާގިނަ ވާހަކަ ނުދައްކާ ދޭ ރެޑީ ވެގެން އަންނަން.ތިނެއް ޖަހާ އިރަށް ޗެކިން ފެށޭނެ”ނުކްޝާން ބެލީ ކޮންމެވެސް ގޮތަކުން ވިޔަސް ނަވްޔާ އާއި ޒާރާ ގާތު ނުބުނެ ވޭތޯ އެވެ.”ދޮންބެ މި އިނީ މިތާ ބޭރުގަ.ރެޑީ ވެގެން ދެމީހުން އާދޭ”ނުކްޝާން އެހެން ބުނުމަށްފަހު ޒާރާ އާއި ނަވްޔާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ފަސް އެނބުރި ދާން ހިނގައިގަތެވެ.

 

ނަވްޔާ އާއި ޒާރާ ވެސް އެކަކު އަނެކަކާއި ދިމާލަށް ބަލާލަމުން ކޮނޑު އަރުވާލަމުން ކޮޓަރި ތެރެ އަށް ވަދެ ދޮރު ލައްޕާލިއެވެ.”ކީކޭ ތަ ނުކް ބުނީ؟”އެންމެ ފުރަތަމަވެސް ޒާރާ އާއި ނަވްޔާ ކުރިމަތި ލާން ޖެހުނީ އައިކާގެ ސުވާލާ އެވެ.”ނޭނގެ.ހަފްތާ އަކަށް މެލޭޝިޔާ އަށް ދާން ވިއްޔޯ”ޒާރާ ބުނެލީ އަޅައިގެން ހުރި ބުރިގާ ބާލަމުންނެވެ.”މި ގަޑީގަ ދެން ކީއްކުރަން ދެން އެއައީ.މާދަން ހެނދުނު ވެސް ބުނެވުނީސް ދޯ ދާ ވާހަކަ”ލައިނީ އާއި އައިކާ ދިޔައީ ސުވާލަކަށް ފަހު ސުވާލެއް ކުރަމުންނެވެ.

 

“ޔަގީންތަ މީހަކު ދަންވަރު ގަޑީގަ ކަމެއް ނުވަނީސް ދާނެ ކަން އެ ގޮތަށް ފުރައިގެން”ލައިނީ ކޮށްލި ސުވާލާއި މެދު ވިސްނަން ޒާރާ ގެ އިތުރުން ނަވްޔާ އަށް ވެސް މަޖުބޫރުވިއެވެ.ލައިނީ އެބުނީ ވެސް ދޮގެއް ނޫން ވިއްޔާ އެވެ.މީހަކު ދަންވަރުގަޑީގައި ޗުއްޓީ ހޭދަކޮށްލުމުގެ ނަމުގައި އެހެން ގައުމަކަށް ފުރާނެ ހެއްޔެވެ؟ނަވްޔާ އާއި ޒާރާގެ ހިތުގައި ވެސް އުފެދުނީ ހަމަ އެންމެ ސުވާލެކެވެ.

 

ނަމަވެސް ވިސްނަން މަޑު ނުކޮށް ނަވްޔާ ކަޅު ކުލައިގެ ގަމީސް މަތިކޮޅަކާއި ކަޅު ކުލައިގެ ޖިންސެއް ނަގަމުން ފާހަނަ އާއި ދިމާލަށް މިސްރާބު ޖެހީ ލަގެޖް ވެސް ތައްޔާރު ވެފައި ހުރުމުންނެވެ.

 

ޒީކާން ޒިވާގެ މޫނުގައި ފެން ލުމުން ވެސް ހޭނޭރުމުން އެންމެ ފަހުން އެމްބިއުލެންސް އަށް ގުޅީ އިތުރު ގޮތެއް ނެތުމުންނެވެ.ޒީކާން ގުޅިތާ އިރުކޮޅެއް ފަހުން އެމްބިއުލެންސް އައުމުން ޒިވާ އެމްބިއުލެންސް އަށް އެރުވުމަށްފަހު ޒީކާން ވެސް އެމްބިއުލެންސް ގައި ހަމަ ޖެހިލިއެވެ.ޒީކާން ޖީބުގައި އޮތް ފޯނު ނަގާފައި ނުކްޝާން އަށް ގުޅާލީ ވާނުވާ އެންގުމަށްޓަކައި އެވެ.މިވަގުތު ނުކްޝާން އަށް ވެސް އޭނާ އަށް އެހީތެރިކަމެއް ނުދެވޭނެ ކަން އިނގި ހުރެވެސް އެހީތެރި ކަމަށް ޒީކާން އަށް އެދެވުނީ ނުކްޝާން ގާތު އެވެ.

 

ނުކްޝާން ގޮސް ސޯފާގައި ހަމަޖެހިލި ވަގުތުވީ ޒީކާން ގުޅި ވަގުތު ކަމުން ނުކްޝާން ފޯނު ނަގައި ކަންފަތުގައި ޖަހާލައިގެން އިނދެ ވާހަކަ ދައްކަމުން ދިޔަ އިރު ފަހަތުގައި ކިޔާން ހުރި ކަމެއް ރެއެކާ ނުލައެވެ.ފޯނު ބާއްވަމުން އެނބުރިލި ނުކްޝާން އަށް ކިޔާން ފެނުމުން އިސްތަށިގަނޑުގައި އަތް ހިންގާލެވުނީ ކިޔާން ގެ ސުވާލުތައް ކުރިމަތި ވާނެ ކަން އިނގި ހުރެއެވެ.”ތީ ތްރޫތް އޯ ޑެއާރ ކުޅެފަ ނިދަންނޭ ކިޔާފަ ދިޔަ މީހުންނެއްނު އެކަމު އަދިވެސް ނުނިދަމެއްނު”ނުކްޝާން ކިޔާންގެ ސުވާލުތައް އަމާޒުވުމުގެ ކުރިން ވާހަކަ އޮޅުވާލެވޭތޯ މަސަތްކަތް ކުރިއެވެ.”ނިދަން ދާން ނޭ ކިޔާފަ ދިޔަ މީހުން އެބަ ތިބި ނިދާފަ.މަ މިއުޅެނީ ނުނިދިގެން.ދެން އެވާހަކަ އެއް ނޫނޭ.ކޮން ތާކަށް ދާން ތި އުޅެނީ”ނުކްޝާން ހީކުރިހާ ފަސޭހަ ކަމަކަށް އެކަން ވެގެން ނުދިޔަ އެވެ.”މެލޭޝިޔާ އަށް”ނުކްޝާން ގެ ޖަވާބު ކުރެއެވެ.”މި އޮށްފަދަ ގަޑީގަ؟”ކިޔާން ނުކްޝާން އާ ދެވަނަ ސުވާލު ކުރިމަތި ކުރުވިއެވެ.

 

ނަވްޔާ ފާހަނަ އަށް ވަދުމުން ޒާރާ ދެފައި ވަށްކޮށްގެން އެނދުމަތީގައި އިނީ ނަވްޔާގެ އިންތިޒާރުގައި އެވެ.ނަވްޔާ ނިކުންނަން ދެން ޒާރާ އަށް އެއް ތަނެއްގައި މަޑު ކޮށްލައިގެން އިނދެވޭ ކަމަކަށް ނުވިއެވެ.ނަވްޔާ ނިކުންނަން ދެން ސިޓިންރޫމް އަށް ޒާރާ ދިޔައީ ކޮންމެހެން ނުކްޝާން އާއި ކިޔާން ދައްކަމުން ދިޔަ ވާހަކަތައް އަޑު އިވޭނެ ކަމަކަށް ނޫނެވެ.

 

ޒާރާ ނިކުން ވަގުތު ކިޔާން އާއި ނުކްޝާން ކޮންމެވެސް ވާހަކަ ތަކެއް ދެއްކުމުން ޒާރާ އެ ވާހަކަތައް އަޑު އަހަން މަޑު ކޮށްލީ ފަހަރެއްގައި ނުކްޝާން މިހާ އަވަސް އަރުވާލައިގެން މެލޭޝިޔާ އަށް ދާން މި އުޅޭ ސަބަބު އިނގިދާނެ ކަމަށްށެވެ.ވީ ވެސް ޒާރާ ހީކުރި ގޮތަށް ށެވެ.ނުކްޝާން އާއި ކިޔާން ދައްކަމުން ދިޔައީ އެވާހަކަ އެވެ.

 

“ހްމްމް މެލޭޝިޔާ އަށް ދާން މި އުޅެނީ މަންމަ އެކްސިޑެންޓް ވީމަ.ކުޑާ ވެސް އެހަބަރު ލިބުނީމަ ހޭނެތުނީ.އެހެންވެ ޒީކް މިތާ އިނދެ އިނދެފަ އެދިޔައީ.ތުއްތު ވެސް ނޫޅެ ރަށަކު އެއް.އެކަމު ނާޔާ އެންޑް ޒާ ކައިރީގަ ބުނާނީ ކިހިނެތް؟މަަށަށް ނުކުރެވުނު ހިތްވަރެއް ވަކި ނާޔާ އަށް ކުރެވޭނެތަ؟”ނުކްޝާން އިސްޖަހާލައިގެން ހުރެފައި އިސް އުފުލާލި ވަގުތު ކިޔާންގެ ފަހަތުގައި ފެންކަޅިވެފައި ހުރި ލޮލަކުން ނުކްޝާން އާއި ދިމާލަށް ބަލަހައްޓައިގެން ހުރި ޒާރާ ފެނުމުން ދުލުގެ ކޮޅުގައި ދަތް އަޅާލެވުނެވެ.”ޝިޓް.ނޯނޯ ޒާ އަށްށޭ އަދި އެ އަޑު އިވުނީ.ޔަގީން ނާޔާ ކައިރީ ބުނާނެ”ނުކްޝާން ދުލުގެ ކޮޅުގައި ދަތް އަޅައިގެން ހުރެ ހިތާހިތުން ބުނެލިއެވެ.

 

ނުކްޝާން އޭނާގެ ފަހަތަށް މާ ވަރަކަށް ބަލާތީ ކިޔާން ވެސް ފަހަތް ބަލާލީ ވީ ކީތް ތޯ ބަލާލުމުގެ ނިޔަތުގައި އެވެ.ކިޔާން އަށް ވެސް ޒާރާ ފެނުމުން މަޑު މަޑުން އޯހ ޝިޓް އޭ ބުނެލެވުނީ ނުކްޝާން އާއި ދިމާލަށް ބަލައިލަމުންނެވެ.”ކީތްވެ ނާޔާ ކައިރީ ނުބުނަން ތި އުޅެނީ.އެއީ ނުކްގެ މަންމަހެން ނާޔާގެ ވެސް މަންމައޭ”ނުކްޝާން އާއި ކިޔާން އެހެން ހުއްޓާ ޒާރާ ވާހަކަ ދައްކަންފެށިއެވެ.އެ އަޑުގައި ތުރުތުރު ލުމުގެ އަސަރު ހުއްޓެއް ކަމަކު ހިތާމައިގެ އަސަރެއް ޒާރާ ގެ މޫނަކުން ނުފެނެއެވެ.”އިނގޭ ނާޔާ ވެސް ދެރަވާނެކަން.ނުކް އަށް ހިތްވަރު ނުކުރެވުނަސް ނާޔާ އަށް ހިތްވަރު ކުރަން އުނދަގޫވާނެ ކަން ވެސް.އެކަމު މެލޭޝިޔާ އަށް ދާ ފަހުން އެކަން އިނގިއްޖެއްޔާ ނާޔާގެ ހިތަށް މާ އަސަރު ކުރާނެ”ޒާރާގެ ވާހަކަ އަށް ނުކްޝާން ވެސް ވިސްނާލަން މަޖުބޫރުވިއެވެ.”އެޓްލީސްޓް ޒާ ކައިރީ ބުނެލި ނަމަ.އޯކޭ ނުކް ބޭނުމިއްޔާ ނާޔާ އަށް ޒާ ސިއްރު ކުރާނަން”ޒާރާ އެހެން ބުނުމަށްފަހު އައި ކޮޅަށް އެނބުރި ދިއުމަށް ހިނގައިގަތެވެ.އެވަގުތު ޒާރާގެ ފަހަތުގައި ހުރި މީހާގެ ސަބަބުން ޒާރާ އާއި ކިޔާން ގެ އިތުރުން ނުކްޝާން އަށް ވެސް ސިހުމެއް ލިބުނެވެ.

 

ނުނިމޭ

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ޤުރުބާން ވުމީ މިހިތުގެ އުފާ 40 ވަނަ ބައި

Next

ޤުރުބާން ވުމީ މިހިތުގެ އުފާ 41 ވަނަ ބައި

Next
April 18, 2024

ޤުރުބާން ވުމީ މިހިތުގެ އުފާ 41 ވަނަ ބައި

Previews
April 18, 2024

ޤުރުބާން ވުމީ މިހިތުގެ އުފާ 40 ވަނަ ބައި

12 Comments!

  1. GIRL VEMPIRE says:
    April 18, 2024 at 12:49 pm

    Omg. Navya ah kanneyge e faadu ivuny. Any ways mi part vx varah varah reethi.

    1. RIFSHA says:
      April 19, 2024 at 9:36 am

      Thanks girl vempire
      Ahaha dhen balamaa dho kaakah tho e fenuny

  2. Laura says:
    April 18, 2024 at 5:20 pm

    Hi Rifoo Darla 💋
    Mi part vx vrh reethi Masha Allah
    E fenuny naya ah dho 🤭
    Story hama vrh reethi..
    Curiosly waiting for the next part
    Mi iny filaavalhu dhas kuran 😊ehen ve ehaa vaahaka eh dhigei nukureveyne.mom ah phone nagaigen in than fenijjeyya badi jahaane 🤭
    Hehe once again story varah reethi Masha Allah 💗
    Love you Rifoo 💖💕

    1. RIFSHA says:
      April 19, 2024 at 9:39 am

      Thanks Laura 🙂
      Dhen vaane gothei ingeyni vx next part kiyaali ma dho 🤭.
      Hehe rifoo ge mom vx badi jahaane phone kulhenyya filaavalhu dhas kuran indhefa 🤭😊
      Once again thank you ☺️
      And love you more 😙💖

  3. Seesaw Seesaw says:
    April 18, 2024 at 9:15 pm

    Mi part ves varah reethi.
    alhey naya and zaa ah shockeh nujehunukan naseebenu !
    Dhen vaane goy balan varah beybun .
    Also exam kihiney ?
    Hope u get A+ in the exam 🙂
    LY Rifoo ❤️

  4. Rauha says:
    April 18, 2024 at 10:10 pm

    Hiii rifoo
    Mi part vx varah reethi masha Allah
    Kon irakun next part kiyaalan libeyni
    Curiously waiting for the next part
    Love you rifoo 💞💞

    1. RIFSHA says:
      April 19, 2024 at 9:40 am

      Thanks rauha
      Next part in sha Allah mi rey submit kohlaanan
      Once again thank you 😊
      Love you more Darla

  5. Nishva says:
    April 19, 2024 at 8:19 am

    What’s up rifoo
    Hey e fenuny naya ah dhw.varah curious vejje e thankolhu kiyaalaafa.hama varah kiyaa hithun indha e nimuny.
    Next part maadhan dhw rifoo.
    Can i get your information.family favourite kanthah.Ehchekey hee nukurahche mihen bunyyas.aslu thi nish ge idol eh veema ehen mi buneli.🤭hehe
    Curiosly waiting for the next part….
    Love you Rifoo Darla 💋<3

    1. RIFSHA says:
      April 19, 2024 at 9:57 am

      Thanks nishva Darla 💋
      Ahaha dhen vaane gothei balamaa dho.
      Yh next part in sha Allah maadhan
      Public veema info eh nudheveyne ehaa bodakah you know dho dhen.unmeedhu kuran Understand vaane kamah..
      Info dho.my name is AISHATH RIFSHA
      My fav colour is gray
      I love cats hehe
      And i have two older brothers and one younger sis.
      Ok dho mi varah info public veema ☺️
      Love you more nish

  6. RIFSHA says:
    April 19, 2024 at 9:45 am

    @seesaw pending comment
    Hi seesaw.yh naseebei dho shockei nujehun kan.seesaw ge hurihaa comment eh vx kiyaalin ingey reply nukuriyas.
    Term test varah vx easy .
    In sha Allah A+ eh leebeyne hehe
    Love you more seesaw 😘💓

  7. ifoo says:
    April 19, 2024 at 1:42 pm

    vv reethi mi part vs maasha allah…waiting for nxt part

    1. RIFSHA says:
      April 19, 2024 at 5:15 pm

      Thanks ifoo.next part in sha Allah maadhan kiyaalan libeyni 😊

Comments are closed.



All Right Reserved!