Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(އަށާރަވަނަ ބައި)

Anonymous Level 4100 Login10 Stories100 Comments
April 21, 2024 5 Mins Read
13 Comments

ނުކްޝާން އޭނާގެ ފަހަތަށް މާ ވަރަކަށް ބަލާތީ ކިޔާން ވެސް ފަހަތް ބަލާލީ ވީ ކީތް ތޯ ބަލާލުމުގެ ނިޔަތުގައި އެވެ.ކިޔާން އަށް ވެސް ޒާރާ ފެނުމުން މަޑު މަޑުން އޯހ ޝިޓް އޭ ބުނެލެވުނީ ނުކްޝާން އާއި ދިމާލަށް ބަލައިލަމުންނެވެ.”ކީތްވެ ނާޔާ ކައިރީ ނުބުނަން ތި އުޅެނީ.އެއީ ނުކްގެ މަންމަހެން ނާޔާގެ ވެސް މަންމައޭ”ނުކްޝާން އާއި ކިޔާން އެހެން ހުއްޓާ ޒާރާ ވާހަކަ ދައްކަންފެށިއެވެ.އެ އަޑުގައި ތުރުތުރު ލުމުގެ އަސަރު ހުއްޓެއް ކަމަކު ހިތާމައިގެ އަސަރެއް ޒާރާ ގެ މޫނަކުން ނުފެނެއެވެ.”އިނގޭ ނާޔާ ވެސް ދެރަވާނެކަން.ނުކް އަށް ހިތްވަރު ނުކުރެވުނަސް ނާޔާ އަށް ހިތްވަރު ކުރަން އުނދަގޫވާނެ ކަން ވެސް.އެކަމު މެލޭޝިޔާ އަށް ދާ ފަހުން އެކަން އިނގިއްޖެއްޔާ ނާޔާގެ ހިތަށް މާ އަސަރު ކުރާނެ”ޒާރާގެ ވާހަކަ އަށް ނުކްޝާން ވެސް ވިސްނާލަން މަޖުބޫރުވިއެވެ.”އެޓްލީސްޓް ޒާ ކައިރީ ބުނެލި ނަމަ.އޯކޭ ނުކް ބޭނުމިއްޔާ ނާޔާ އަށް ޒާ ސިއްރު ކުރާނަން”ޒާރާ އެހެން ބުނުމަށްފަހު އައި ކޮޅަށް އެނބުރި ދިއުމަށް ހިނގައިގަތެވެ.އެވަގުތު ޒާރާގެ ފަހަތުގައި ހުރި މީހާގެ ސަބަބުން ޒާރާ އާއި ކިޔާން ގެ އިތުރުން ނުކްޝާން އަށް ވެސް ސިހުމެއް ލިބުނެވެ.

**************************

“ނާޔާ”ނުކްޝާން އަށް ނަވްޔާ އަށް ގޮވާލެވުނީ އިޚްތިޔާރުން ބޭރުގައި އެވެ.”ޕްލީޒް ދޮންބޭ.ދެން ފޮރުވަން ނޫޅެ ބުނެބަލަ.ކޯޗެއްތަ ޒާ ނާޔާ ކައިރީ ނުބުނާނަމޭ ބުނީ.ދޮގު ނުހަދައްޗެ އިނގޭ.އައި ނޯ ޔުއަރ ހައިޑިންގް ސަމްތިންގ”ނަވްޔާ ބުނެލީ އާދޭހުގެ ރާގެއްގައި އެވެ.ނުކްޝާން އަށް އެއް ފަހަރު ޒާރާ އަަދި އަނެތް ފަހަރު ކިޔާން އާއި ދިމާލަށް ބަލައިލެވުނެވެ.”ދެން ދޮންބޭ ޕްލީޒް”ނުކްޝާން ނުބުނާން އުޅޭހެން ހީވުމުން ނަވްޔާ އާދޭސް ކޮށްލިއެވެ.”މަންމަ އެކްސިޑެންޓް ވެއްޖެ.އެހެންވެ މި އުޅެނީ މެލޭޝިޔާ އަށް ދާން”ނުކްޝާން ބުނެލީ ދެލޯ މަރާ ފިއްތާ ބާރުކޮށްލަމުން ނެވެ.އިތުރު އެންމެ މިނެޓެއް ވެސް އެތާ މަޑު ކުރަން ނުހަދާ ނުކްޝާން ސިޑިން ފައިބައިގެން ދިޔައީ ނަވްޔާ އާއި ޒާރާ އަށް ވެސް ބަލާލުމެއް ނެތި އެވެ.

 

ފަހަރެއްގައި ނަވްޔާގެ ކަރުނަތައް ބަލާނެހާ ހިތްވަރު ނުކްޝާން ގެ ގައިގައި ނެތީ ކަންނޭނގެއެވެ.ނުކްޝާން ދިއުމާއި އެކުހެން ޒާރާ ނަވްޔާ އާއި ދިމާލަށް ބަލާލީ ނަވްޔާ ގެ މޫނު މަތީގައި ހުރި އަސަރުތައް ދެނެގަންނަން އުޅޭ ފަދަ އަކުންނެވެ.ޒާރާ ބަލާލުމާއި އެކުހެން ނަވްޔާ ޒާރާ އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ލަގެޖް ދަމަމުން އައިސް ޒާރާ ގާތު ހުއްޓުނެވެ.”ހިނގާ ދާން ނޭނގެ ދޮންބެ ދިޔައީ ކޮންތާކަށް ކަމެއް ވެސް އަދި ދޮންބެ ހޯދައިގެނެއްނު ކަމެއް ވާނީ .މިހާރު އެއޮށްގެން ދޭއް ޖަހަނީ”ނަވްޔާ ގެ މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ ބުނެލި ގޮތުން އެކަނި ވެސް ޒާރާ ހައިރާން ވި އެވެ.”ޔާން ދަނިއްޔޭ”ނަވްޔާ ދާން ހިނގައިގަންނަމުން ކިޔާން ގާތު ބުނެލި އެވެ.

 

ނުކްޝާން ސިޑިން ފައިބައިގެން އައި ވަގުތުވީ ބަދިގެ އިން އަލީކާ ނުކުމެގެން އައި ވަގުތެވެ.ނުކްޝާން އަށް ބަލާލަމުން އަލީކާ ހިނިތުންވުމެއް ހަދިޔާ ކޮށްލީ ނުކްޝާން ވެސް އޭނާ އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލުމުން ނެވެ.”ވަގު ކޯންތާކަށް ދާން ތި އުޅެނީ”ނުކްޝާން ގެ އިތުރުން އަލީކާ އަށް ވެސް ސިހުމެއް ލިބުނީ އަލީކާ ގެ ފަހަތުން އައި ލައިކާ ނުކްޝާން އާ ދިމާލަށް އެހެން ބުނުމުންނެވެ.”ޖެރީ އަދިވެސް ނުނިދަން ތަ؟މަ މިއުޅެނީ މެލޭޝިޔާ އަށް ފުރާކަށްނު”ފޮނިގޮތަކަށް ނުކްޝާން އެހެން ބުނެލުމާއި އެކު ލައިކާ ނުކްޝާން ގެ ފައިން ފަށައިގެން ބޮލާއި ހަމަ އަށް ބަލާލިއެވެ.”ލައިކީ އަށް ހަދިޔާ ގެންނަން ވާނެ އިނގޭ”ލައިކާ ބުނެލީ ޅަ ވެލަމުންނެވެ.”މަށަކަށް ވާ ލާހިކެއް ނޫން ޖެރީ އަށް ހަދިޔާ ގެންނާކަށް ޓޮމް ކައިރީގަ ބުނޭ”ނުކްޝާން އެވީ ވަގުތުގައި ވެސް ލައިކާ އާއި ދިމާކޮށްލި އެވެ.ވަގުތުން ލައިކާ ސޯފާގައި އޮތް ކުޝަން ނުކްޝާން އާއި ދިމާލަށް އެއްލި އެވެ.ނުކްޝާން އެ ހަމަލާއިން ރެކި ގަންނަމުން ލައިކާ އާއި ދިމާލަށް ދޫ ނެރެލިއެވެ.އެވަގުތުވީ ނަވްޔާ ވެސް ނުކްޝާން އަށް ގޮވަމުން ސިޑިން ފޭބި ގަޑި އަށް ވުމުން ނުކްޝާން ނަވްޔާ އާއި ދިމާލަށް ބަލައިލި އެވެ.

 

“އޭއި އެއޮށްގެން ދޭއް ޖެހީ.އަދި ޒާ މެން ގެ އަށް ގޮއްސަ ދެވޭނީ ދެން ވެސް ހިނގާ ބަލަ ދާން ދޯ”ނަވްޔާ ބުނެލީ އޭނާގެ އާންމު ރާގުގައި އެވެ.”ހްމްމްމް އިނގާ ދާން. ލަގެޖްތައް ބަހައްޓާފައި އިނގޭ ޒާމެން ގެ އަށް ދާނީ”ނުކްޝާން ބުނެލީ ބޭރުދޮރު ހުޅުވާލަމުންނެވެ.ނަވްޔާ އާއި ނުކްޝާން ގެ އިތުރުން ޒާރާ ނިކުމެ މަގުގެ ދެފަރާތް ބަލާލަމުން ދާން ހިނގައިގަތެވެ.ޒާރާމެންގެ ހުންނަނީ ނަވްޔާމެން ގެ އާއި މާ ދުރުގައި ނޫން ކަމުން ތިން މީހުން ދިޔައީ ހިނގާލާފައި އެވެ.

 

ޕިންކްރޯޒްވިލާ އަށް ވަދެވުމާއެކު ޒާރާ ދުވެލާފައި އޭނާގެ ކޮޓަރި އާއި ދިމާލަށް ދުއްވައިގަތީ ލަގެޖް ރެޑީ ކުރުމަށް ށެވެ.”އޯހ ނޯ ކޫ ގޮވައިގެން ޒީކް ވެސް ވީ ހޮސްޕިޓަލުގަ.ދެން މިހިނެތް މި ރޭ ދާނީ”ޒާރާ ކޮޓަރިއަށް ވަނުމާއި އެކުހެން ނުކްޝާން ބުނެލީ ނިތުގައި އަތް ޖަހާލަމުން ނެވެ.”އެ ކީއްވެ އޯ ކޫ ހޮސްޕިޓަލަށް ގެންދިޔައީ؟”ނަވްޔާ ބުނެލީ ކުރިން އޭނާ އަށް އެހަބަރު ލިބިފައި ނެތުމުންނެވެ.ނުކްޝާން ނަވްޔާ އަށް ވީ ގޮތް ކިޔައިދިނުމާއި އެކު ނަވްޔާ އޯހ އޭ ބުނެލި އެވެ.

 

“ނާޔާ ދޮންބެ އަށް އިނގޭ ނާޔާ މޫނުން އެކަން ނުދެއްކިޔަސް ނާޔާ ވެސް ތިހުރީ ވަރަށް ދެރަ ވެފަ ކަން.އައި ނޯ ޔޫ ވޯންޓް ޓު ކްރައި.ދޮންބެ ނާޔާ އެއް ނުހުއްޓުވާނަން.ރޮއުމަކީ ވެސް ތިމާގެ ހިތަށް ހަމަޖެހުން ލިބޭ ކަމެއް”ނުކްޝާން ބުނެލީ ނަވްޔާ އާއި ކުރިމަތި ލަމުންނެވެ.ނުކްޝާން އެހެން ބުނެލި ކަމެއް ނޭނގި ނަވްޔާގެ ބަޑި ފަޅަިގެން ދިޔަ އެވެ.ނުކްޝާން ގައިގައި ބައްދައިގަންނަމުން ނަވްޔާ އަޑުން އަޑު ނަގާ ރޯން ފެށި އެވެ.ނުކްޝާން ވެސް އަމިއްލަ ކޮއްކޮ ގައިގައި ބައްދާލީ ދޮންބެ މި ހުރީ ނާޔާ އާއި އެކުގައި އޭ ބުނާފަދަ ގޮތަކަށް ށެވެ.

 

ނަވްޔާ އަށް އަމިއްލަ މީހާގެ ބަދުނަސީބާއި މެދު ޝަކުވާ ކޮށްލެވުނެވެ.އޭނާ ހަނދާން ހުންނާން ފެށީއްސުރެ ދުވަހަކު ވެސް ޒީވާ އާއި ނުލާ އެއް ދުވަސް ވެސް ހޭދަކޮށްފަައި ނުވާ އިރު މިއަދު ޒީވާ ނުލާ ދުނިޔޭގައި އުޅެން ޖެހިދާނެ ކަމުގެ ބިރު އެ ހިތުގައި އެބަ އޮތެވެ.ނުކްޝާން އޭނާ އަށް ޒީވާގެ އެކްސިޑެންޓް ގެ ހަބަރު ދިން އިރު ވެސް އެހިތުގައި އަޅާލި ވޭން ދެނެވޮޑިގެންވާނީ އެންމެ ފަރާތެކެވެ.ނަވްޔާގެ ހިތުން ލޭ ކަރުނަ ފައިބައި ފެށީ އަމިއްލަ މަންމަ އާއި ވަކި ވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.ނަވްޔާ އަށް އިހުސާސް ކުރެވުނީ އަމިއްލަ ހިތުގައި މީހަކު ވަޅި އަޅާ ކަފާލުމުން ކުރެވޭނެ އިހުސާސްތަކެވެ.އެތަދު އެ ހިތަށް ކުރެވެމުން ދިޔަ އެވެ.

 

ނަވްޔާ ގައިގައި ބައްދާލައިގެން ހުރި ނުކްޝާން އަށް ލޯ މަރާލެވުނީ ނަވްޔާގެ ގިސްލުމުގެ އަޑު އިވުމުންނެވެ.ލޯމަރާލައިގެން ހުރި ނުކްޝާން ގެ ލޮލުން ވެސް ކަރުނައިގެ ރޮނގެއް ނިރާލިއެވެ.ނަވްޔާ ރޯ އަޑު އިވުމުން އެ ހިތަށް ކެތްނުވީ އެވެ.މުޅި މާހައުލުގެ ހިމޭންކަން ނަގާލީ ނަވްޔާ ގެ ގިސްލުމުގެ އަޑުންނެވެ.ނަވްޔާ އާއި ނުކްޝާން ބައްދާލައިގެން ރޮމުން ދިޔަ މަންޒަރު ބަލާ މީހެއްގެ ހިތް ވެސް ތޮރުފާލާނެ ކަން ގައިމެވެ.

 

އެއްޗިހިތައް ޕެކް ކޮށް ނިންމާފައި ޒާރާ ކޮޓަރިން ނިކުން ވަގުތު ނަވްޔާ ލޯ ފުހެލިތަން ފެނުމުން ޒާރާ އަތުގެ އިޝާރާތުން ނުކްޝާން ގާތު ނަވްޔާ އޯކޭ ހެއްޔޭ އަހާލި އެވެ.”އޭއި ޒީކް މެން ނުލާ އެއް ނުދެވޭނެ ދޯ.ހިނގާ ހޮސްޕިޓަލަށް ދާން”ނުކްޝާން ބުނެލީ ވެސް ދޮގު ވާހަކަ އެއް ނޫނެވެ.”ހްމްމްމް ހިނގާ ދާން.ފަހަރެއްގަ ވާ ގޮތަކުން ޓިކެޓް ކެންސަލް ވެސް ކޮށްލަން ޖެހިދާނެ”ނުކްޝާން ބުނެލީ ގަޑި އަށް ބަލާލަމުންނެވެ.ތިން މީހުން އެކީ ރަށު ސިއްހީ މަރުކަޒަށް ހިނގައިގަތީ ހަލުވި ފިޔަވަޅުތަކެއްގައި އެވެ.

 

ޒިވާ ބާއްވާފައި އޮތް ކޮޓަރި ތެރެ އަށް ނުކްޝާން އާއި ޒާރާގެ އިތުރުން ނަވްޔާ ވަން އިރު ޒީކާން ޒިވާގެ އެނދު ކައިރީގައި ތައްޓެއް ހިފައިގެން އިނެވެ.އޭރު ޒިވާގެ އަތުގައި އާފަލު އޮތުމުން ޒީކާން ޒިވާ އަށް ކާން ދެނީކަން ޒާރާމެންނަށް ނަގައިގަންނާކަށް މާ އުނދަގުލެއް ނުވިއެވެ.”ކިހިނެކޯ ކޫ އަށް ވީ ޑޮކްޓަރު ބުނީ؟”ނުކްޝާން އަހާލީ ޒީކާން އިށީންދެގެން އިން ގޮނޑީގެ ފަހަތުގައި އަތް އަޅުވާލަމުންނެވެ.”އަނެއްހެން މާ ބޮޑު ކަމެއް ނުވެ.ގައިން ވަރު ދޫ ވީމަ ހޭނެތުނީ.އައިވީ ފުޅި ހުސްވީމަ ދޫ ކޮށްލާނަމޭ ޑޮކްޓަރ ބުނީ”ޒީކާން ޑޮކްޓަރު ބުނި ވާހަކަ ނުކްޝާން ގާތު ބުނެލި އެވެ.”ތި ވާގޮތުން މި ރޭ ދެވޭކަށް ނެތެންނު.ޒީކް އެންނު ޓިކެޓް ނެގީ.ކެންސަލް ކޮށްލާ ތުއްތު ކައިރީ ބުނެގެން”ނުކްޝާން ޓިކެޓް ކެންސަލް ކޮށްލަން ބޭނުންވީ މިރޭ ގޮއްސިއްޔާ އެމީހުންނާއި އެއްކޮށް ޒިވާ އާއި ޒީކާން އަށް ބައިވެރި ނުވެވޭނެ ތީ އެވެ.

 

“ނޫނޭ ނުކްއާ ނާޔާ އާ ދެކުދިން ދޭ.ކޫ މެން ގޮއްސާނަން މާދަން ހެނދުނު”ޒިވާ ނުކްޝާން ގެ ބަހާއި ދެކޮޅު ހެދި އެވެ.”އެދޮގެއް ޒީކް ކެންސަލް ކޮށްލާ ޓިކެޓް .އޭރުން އެންމެން އެއްކޮށް ދެވޭނީ”ނުކްޝާން ހުރީ ނުކްޝާން ގެ ގޮތުގައި އެވެ.”މާދަން ދެން ދެވޭނެ އެއްނު.ބައްޕަ ކައިރީގަ މަ ބުނާން އެކަމާ ހާސް ނުވޭ”ނުކްޝާން ޒީކާން ގާތު އެހެން ބުނެލުމުން ޒީކާން ވެސް އާނއެކޭ ބުނެލުމަށްފަހު މޭވާ އަޅާފައި ހުރި ތަށި ކޮޓަރީގެ ކަނެއްގައި އިން މޭޒެއްގައި ބައިންދާލަމުން ޒަޔާން އަށް ގުޅާލިއެވެ.

 

 

މަރުކަޒުގެ ގޮނޑި ބަރިތަކުގައި އިށީންދެގެން ތިބި ޒަޔާން އާއި ނާއިޝް އިނީ ޑޮކްޓަރު ނިކުންނާނެ އިރެއްގެ އިންތިޒާރުގައި އެވެ.ދެމީހުންގެ މޫނުމަތިން ވެސް ފެނިގެން ދަނީ ހާސްކަމެވެ.އަދި ވެސް ޑޮކްޓަރުގެ ހަބަރެއް ނުވާތީ ޒީވާގެ ހާލެއް ވެސް ދެމީހުން ކުރެ އެކަކަށް ވެސް ނޭނގުނެވެ.އަނެތް ކޮޅުން ޒިވާ ހޭނެތިގެން މަރުކަޒަށް ގެންދިޔަ ވާހަކަ ޒީކާން ޒަޔާން އަށް ގުޅާފައި ބުނުމުގެ ސަބަބުން އެކަމާ ވެސް ޒަޔާން ހުރީ ހާސްވެފައި އެވެ.އޭގެ ފަހުން ޒީކާން ކީތް ނުކްޝާން މެން މީހެއްގެ ހަބަރެއް ވެސް ނުވާތާ ގަޑި އިރެއް ވީ އެވެ.

 

ކުއްލިއަކަށް ހަމަހިމޭން ވެފައި އޮތް މަރުކަޒުގެ ތެރޭގައި ޒަޔާންގެ ފޯނު ރިންގްވާ އަޑު އިވިގެން ދިޔަ އެވެ.އެވަގުތުވީ ޑޮކްޓަރު ވެސް ނިކުން ވަގުތަށް ވުމުން ޒަޔާން ހުރީ ދެހިޔާލެެއްގައި އެވެ.ފޯނު ނަގަން ވީތޯ ނުވަތަ ޑޮކްޓަރު ބުނާ އެއްޗެއް ބަލަން ނާއިޝް ގާތު މަޑު ކުރަންވީތޯ އެވެ.”ޒަޔާން ދޭ ޒީކް ވެސް މިވަގުތު ގުޅާނީ ބޮޑު ކަމެއް ވީމަ”ނާއިޝް ބުނެލީ ޒަޔާންގެ ހާލު ވިސްނޭ މީހެއް ފަދައިންނެވެ.

 

ޒަޔާން ވެސް ޝުކުުރުގެ ލޮލަކުން ނާއިޝް އާއި ދިމާލަށް ބަލައިލަމުން އެއްފަރާތަކަށް ޖެހިލި އެވެ.ނާއިޝް ވެސް ބަދަލުގައި ޒަޔާން އާއި ދިމާލަށް ބަލައިލަމުން ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.ދެވަނަ ސިކުންތަކަށް ޑޮކްޓަރާއި ދިމާލަށް ނާއިޝް ބަލައިލީ އަވަސް ހިތަކާއިގެންނެވެ.ޑޮކްޓަރުގެ މޫނުމަތީގައި ހުރި ކުލަވަރު ދިރާސާ ކޮށްލާ މީހަކު ފަދައިން ނާއިޝް ޑޮކްޓަރާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓާ ޑޮކްޓަރު ދިން ހަބަރަކުން ނާއިޝް ވާންވީ އުފާ ކަމެއް ނުވަތަ ކުރަންވީ ހިތާމަ ކަމެއް ވެސް ނޭނގުނެވެ.

ނުނިމޭ

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ފުން އަނދަވަޅު

Next

ކުށަކީ ކޮބާ – 18

Next
April 21, 2024

ކުށަކީ ކޮބާ – 18

Previews
April 21, 2024

ފުން އަނދަވަޅު

13 Comments!

  1. Nishva says:
    April 21, 2024 at 5:54 pm

    Hi rifoo
    Mi part ves varah reethi Masha Allah
    Kon irakun next part kiyaalan libeyni
    Curiosly waiting for the next part
    Hehe nuk ge dad vrh rangalhey dhw
    Once again story varah reethi Masha Allah 💗.
    may Allah bless your work
    Love you n good luck in your exam

    1. RIFSHA says:
      April 23, 2024 at 7:03 pm

      Thanks nishva
      Next part maadhan in sha Allah
      Yeah varah rangalhu dho
      Once again thank you varah bodah and love you 💋

  2. GIRL VEMPIRE says:
    April 21, 2024 at 7:52 pm

    OMG 😮 KON KAHALA KHABAREII DOCTOR E DHINY. MAASHA ALLAH MI PART VX VARAH VARAH REETHI

    1. RIFSHA says:
      April 23, 2024 at 7:04 pm

      Thanks bestie 🙂
      Hingaa balamaa dho 🤭

  3. 🌺 says:
    April 21, 2024 at 10:24 pm

    ލިޔުން ތެރިކަމުގެ ދުނިޔެއަށް ލޯ ހުޅުވެމުން އަންނަ ޒުވާން ހުނަރުވެރި ލިޔުންތެރިއެއް ކަން ފާހަގަ ކުރަމެވެ. އެހެން ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި ރަނގަޅު ކޮށްލަން ޖެހޭ ކުދިކުދި ކަންކަން އެބަހުއްޓެވެ. ބައެއް ހާދިސާތައް މާބޮޑަށް ތަފްސީލީ ވެގެން ގޮސްފައި އެބަހުއްޓެވެ. މިސާލަކަށް ނަވްޔާގެ މަންމަ އެކްސިޑެންޓްވެ، އެކަމުން ވާނުވާ އެއް ނަވްޔާއަށާއި ކިޔުންތެރިންނަށް ނޭނގި މާބޮޑަށް ދިގު ދެމޭ ކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ޝަހްސިއްޔަތުތައް މާގިނަ ކަން ފާހަގަ ކުރެވި، ބައެއް ފަހަރު އޮޅޭ ގޮތް ވެއެވެ. އަދި ހަމަ މި ފުރުސަތުގައި ޖުމްލަތައް އެތުރުމާއި ސިފަކުރުންތައް ވަރަށް ރަނގަޅު ކަން ފާހަގަ ކުރަމެވެ.

    1. Rauha says:
      April 22, 2024 at 8:57 am

      Hey rifoo mi part vx vrh reethi Masha Allah.alhe Doc kon habarei tha e dhiny..
      Ummeedhu kuri varah vure vx reethi vey mihaaru eba vaahaka.
      Hey 🌺.dhekolhah ehchekey bunaakah noon ingey ekam, alhugandah maa kamudhey ehen liyefa inyma.and character vx gina ekam varah interesting character thakei hunyma vaahaka maa furihama.e characters aa vaahaka furihama eh nuvaane because emeehunnaa hedhi eyy vaahaka reeethii.
      And 🌺 mi comment nunagahche negative koh.mi alhugandu ge hiyaalu.eki kiyuntherin ge hunnaani eki kahala hiyaalu dho.i respect it ingey.hama 🌺 faahaga kohli hen mee alhugandu ge hiyaalu.
      Once again rifoo story varah reethi.mi comment mee Rifoo and 🌺 ah haassa kohlaafa in comment eh…
      Pls pls comment negative koh nunagahche 🌺. 🌺 Gothah alhugandu vx faahaga kury alhugandu ge hiyaalu.ehenve mi buny ingey.
      Story varah reethi Masha Allah.may Allah bless you and your work 💗💕

      Love you Rifoo 💋

  4. 🤍 says:
    April 22, 2024 at 1:47 am

    Dhivehi vaahaka thah liyaa iru beyruge hadhi huthuru bahuruva thah badhalu kohlan feney

    1. Rauha says:
      April 23, 2024 at 3:03 pm

      Hey you.
      Kobaa tha rifoo hadi huthuru bahei beynun kohfa beyru ga.thi hen bunyma heevani varah rulhi aissi gen bunaa hen.e bahaa ehkoh bunyma dho ingeyni eii kon baheh kan.
      Rifoo ah vure maa hadi ehchihi liyefa hurey meehun dhen keehve emeehun ge vaahaka ah thi gothah comment nukurani (thee konme beyfulhakas heyo)
      Thihen thi buny kiyan oh s*** ey bunefa inyma kamah vanyyya mi bunani RIFOO AH VURE MAA GINA IN EKAHALA BAS BAS BEYNUN KOHFA THI BEY WRITERS IN VX THUBEY.
      eii konme hen e writers ge fenvaru dhah v ehnoon.e haalathakaa gulhuvaafa nuvatha character aa gulhuvaafa e meehun ge bas magu ehunnnany.
      Thi beyfulhaa ah kamu nudhanyya vaahaka nukiyaala dhehvaa.mi alhugandu ge edhumei EKAM KAMU NUDHANYYA
      alhugandu that thi beyfulhaa ah mi reply kurani rifoo eii alhugandu ge idol eh veema ☺️ gadharu kuraathii.
      Negative koh nunagaane kamah ummeedhu kuran 😊

  5. Ifoo says:
    April 22, 2024 at 1:04 pm

    Vv reethi mi part vs maasha allah.. when nxt part??

  6. 🌺 says:
    April 22, 2024 at 1:40 pm

    @Rauha
    Aadhe, konme kiyuntheri eh ves faalhu kuraany ekiyuntheriehge amihla khiyaalaa visnun.. Eii alhugandah gabool kurevey goeh. Alhugandu ge visnun. Ehves hih bura kameh neh☺️

  7. Seesaw Seesaw says:
    April 23, 2024 at 3:06 pm

    MI PART VES VARAH REETHI !
    but kinda sad 😭
    AND I CAN CRY EVERY TIME IM SAD ?
    next part ah inthi zaaru kuraanan !
    LY Rifoo ❤️

  8. RIFSHA says:
    April 23, 2024 at 9:49 pm

    Hi everyone 👋
    Miadhu ge episode submit nukohla dhevuny thi hurihaa kiyun therin ge kibain maafah edhen.miadhu ge episode alhugandah submit nukohlevuny miadhu alhugandu ge term test othyma nu liyevunyma.miadhu hedhy enme fahu test ekam alhugandah enme undhagoo subject veema ehen subject thakah vure gina in dhas kuran jehunyma submit nu kohlevuny.mi kamahtakaa kiyun therin ge kibain nihaayathah maafah edhen.in sha Allah next part maadhan kiyaalan libeyne.
    In sha Allah Dhen huri part thah gavaidhun kiyuntheriinnah kiyaalan libeyne.admit team in upload kohlihaa avahakah kiyaalan libeyne kiyun therinah next part..
    Love you all my dear readers 💋💋
    GOOD NIGHT TO YOU ALL 😊

  9. 🤍 says:
    April 25, 2024 at 10:11 pm

    @Rauha. I am referring this comment to the author. NOT FOR ONE OF HER FAN. I am just saying it’s not nice to say those kinds of words in a dhivehi story. I am not mad. As someone who used to read dhivehi stories when they were without the bad words, I am saying those words kinda spoil the parts. And it’s not an 18+ story she is writing. I love her story. So that’s why I am telling her the issue. Authors will move forward when they get positive and negative comments. So they can correct and write much better ones. She is also a teen. Growing up and correcting things will benefit her. Hope you get what I mean. No negative feelings dear 😊😁

Comments are closed.



All Right Reserved!