Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭނގި ވެވުނު ލޯބި 2

✨ IFAA ✨
✨ IFAA ✨ Level 110 Stories
April 16, 2024 5 Mins Read
0 Comments

އެ ޒުވާނާގެ ފަހަތުން ގޮސް ވަދެވުނީ ވީ.އައިި.ޕީ ލައުންޖަށް ށެވެ. އެވަގުތު އެންމެން ވެސް ތިބީ އޮލަ ވާހަކަ ތަކުގައެވެ. ރައިޝާ ފެނުމުން ޔޫލީން ކޮޅަށް ތެދުވިއެވެ. “ޔޫ ؟” ޔޫލީން ރައިޝާ އާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ.

 

 

…2 ވަނަ ބައި…

 

 

ދެވަނަ ސިކުންތު ގައި ޔޫލީން ރައިޝާ އާއި ހަމައަށް ގޮސް އޭނާ އަތުގައި ހިފާފައި ބޭރަށް ނިކުމެލިއެވެ. އަދި އެތާ ރެއިލަން ކައިރީގައި މަޑު ކޮށްލިއެވެ. “ތީ އަހަރެން ދަންނަ މީހެއްތަ؟” ރައިޝާ ޔޫލީންގެ އަތް ފޮޅާލަމުން ބުނެލިއެވެ. “އޯ މައި ޖޯޑް އަހަރުން މަސައްކަތް ކުރަނީ އެއް މާހައުލެއްގަ އެން ސްޓިލް ޔޫ ޑޯންޓް އިވެން ނޯ މީ، ވާވު ޔޫ އާރ ލޯ ، ތިހާ ފޮނި ވެގެން އެއް މަސައްކަތެއް ނުކުރެވޭނެ” ޔޫލީންގެ މި ބަސްތަކުން ރައިޝާ އިސް ޖަހައިލިއެވެ އަދި “އެކްސްކިއުޒް މީ” އޭ ބުނެފައި ފާހާނާ ތަކާއި ދިމާލަށް ދިޔައެވެ. އެވަގުތު ލައުންޖް އިން ނިކުތް ރައިލީ ޔޫލީން އާއި ދިމާލަށް ދިޔައެވެ.” އެކްސްކިއުޒް މީ މެޑަމް ، އެންމެ ފުރަތަމަ އިންގޭތަ އޭނާގެ މާޒީ ، އޭނާގެ މާޒީ އިނގިއްޖިއާ އޭނާ އެގޮތައް އެ އަމަލު ކުރާނީ ކީއްވެކަން އިންގޭނެ، މިހާރުވެސް ދޭބަލަ ފާހާނާ ތެރެއަށް ގޮސް އަޑު އަހާބަލަ އޭނާ ކިޔާ އެއްޗެސް، ޑޫ ނޮޓް ޖަޑްޖް ސަމްވަން ބައި ދަ ބޭސް އޮފް ދެއަރ ލުކްސް ، ޔޫ ޑޯންޓް ނޯ ވަޓް ދޭ ހޭވް ބީން ތްރޫ” ރައިލީ މިހެން ބުނެފައި ފާހަނާ ބަރި އަށް ދިޔައެވެ. ޔޫލީން ވެސް ރައިލީ ފަހަތުން ދިޔައެވެ.

 

 

ރައިލީ ފާހާނާ އަށް ވަތް އިރު ރޮވި ނުރޮވި ހިސާބުގައި ހުރި ރައިޝާގެ ބަޑި ފަޅައިގެން ދިޔައެވެ.” ދޮންތާ އަޅާ ނުލާ ބަލަ މި ޒަމާނުގެ މީހުންގެ ގޮތޭ އެއީ” ރައިލީ ބުނަމުން ދިޔައެވެ. “ރަލް ، ދޮންތަ މި ދަނީ ގެއަށް ، ދޮންތަ އަކަށް ކެތެއް ނުވާނެ ޕްބްލިކް ގައެއް، އެވްރީވަން ހޭޓްސް މީ ، މަންމަ ގާތުގައި ބުނޭ ދޮންތަ ގޮސްފިއޭ” މިހެން ބުނެ މޫނު ދޮވެ ލައިގެން ރައިޝާ އެ ހޮޓަލުން ނިކުންނަން މިސްރާބު ޖެހި އެވެ. ރައިލީ ރައިޝާ ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް ރައިޝާ އަޅައި ނުލައި ދިޔައެވެ. އެ ވަގުތު ފާހާނާ ދޮރު ކައިރީ ހުރި ޔޫލީން ފެނި ރައިލީ ލޯ އަޅައިލިއެވެ އަދި ވީ.އައިި.ޕީ ލައުންޖަށް ގޮސް ވަނެވެ. ޔޫލީން ވެސް ގޮސް ލައުންޖަށް ވަދެ ލިއެވެ. “ކޮބާ ރައިޝާ ؟” ޔުސްރާ އަހައިލިއެވެ. “ގެއަށް އެ ދިޔައީ ، ބޮލުގަ ރިއްސަނީ އޯ ބުނީ” ރައިލީ ދޮގެއް ހަދައިލިއެވެ. މި އައީ އެކު އަޝްވާ ފާޑަކަށް ރައިޝާ ދެކެ ރުޅި އައެވެ.

 

 

ކާ އެއްޗިސް އައުމުން އެންމެން ވެސް ކެއުމަގެން ކުރިއަށް ދިޔައެވެ. މާ ގިނަ އިރު ތަކެއް ނުވެ ކާ ނިމުނެވެ. މި އައީ އެކު ޔާނިއު އާއި ކަޔާން އާއި ޔޫލީން އަދި ރައިލީ ބޭރަށް ނިކުމެލިއެވެ. “އައިމް ސޮރީ” ޔޫލީން މަޑުމަޑުން ބުނެލިއެވެ. “އަހަރެންގެ ދޮންތަގެ ނުހުންނާނެ އެއްވެސް އެކުވެރިއެއް ، ދޮންތަ ކޮންމެ ކަމެއް ކުރިއަސް ދޮންތަ ބާކީ ކުރާނެ ، ދިރިއުޅުން ދޮންތަ ހޭދަ ކުރަނީ އެކަނިވެރިކޮށް ، ދޮންތަ އަހަންނަށް ވަރަށް ޓްރަސްޓު ކުރާނެ” ރައިލީ ކިޔައިދިނެވެ.” އޯ އަހަރެން މާދަމާ އޭނާ އާއި ވާހަކަ ދައްކަނަން” ޔޫލީން ބުނެލިއެވެ.

 

 

” އަޝްވާ އަހަރެން މި ވިސްނަނީ އަޝްވާ މެންގެ ދޮށީ މަންޖެ އާ އަހަރެންގެ ދޮށީ ދަރިފުޅު ކައިވެނީގެ ގޮތުން ގުޅުވަން ، އެހެން ނޫނަސް އެ ދެމީހުން ދޭތެރޭގައި ވަނީ 2 އަހަރުގެ ތަފާތެއްނު ، ކީކޭ ބުނަނީ؟” ޔުސްރާ ބުނެލިއެވެ.” އަހަރެން ގަބޫލު ، ރިޔާޒް ވެސް ގަބޫލު ދޯ؟” ރިޔާޒް އާއި ދިމާލަށް ބަލައިލަމުން އަޝްވާ ބުނެލިއެވެ.” ލައްބަ” ރިޔާޒް އަށް ބުނެވުނީ މިހެން އެވެ.

 

…………..

 

ގެއަށް ގޮސް ވަތް ރައިޝާ ރޮމުން ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަނެވެ. އަދި އެނދުމަތީގައި ބަންޑުން އޮށޯއްވެލި އެވެ. އަދި ބާލީސް މަތީގައި ބޯ އަޅައިގެން އޮވެ ރޯން ފަށިއެވެ. މިހެން އެތަކެއް ގިނަ އިރު ހުއްޓެވެ.

 

 

” ރައިޝާ!” ދެން އިވުނީ އަޝްވާ އޭނާ އަށް ގޮވައިލި އަޑެވެ. އަޝްވާ ގަވައިލުމުން ލޮލުކައިރީގައި ހުރި ކަރުނަތައް ފޮހެލާފައި ބޭރަށް ނިކުތެވެ. “އަހަރެންގެ އަގު ވައްޓާލާފީމެއްނު މިއަދު، ބަލާބަލަ ޔުސްރާ ކުރިމަތި ޖެއްސި ވައްތަރު. ބުނަން ކަލޭ ތި އުޅުން އުޅެން ދަނީ ކަލޭ އާ އެއްވަރު މީހުން ކައިރިއަށް. ކޮންމެހެން މަގޭ ކުރިމަތީ ތި ފާޑު ފާޑަކަށް ތެޅޭނެ ކަމެއް ނެތް” ދަތްކުނޑި ވިކާލާފައި ރައިޝާ ގައިގައި ޖަހަމުން އަޝްވާ އެއްޗިސް ގޮވަމުން ދިޔައެވެ. ” އަޝްވާ ހުއްޓާބަލަ މިކަން ، ވަރަށް ކެތް ކުރެވިއްޖެ. ކޮންމެ ދުވަހަކު މި މަންޖެ ގައިގާ ތަޅާ މަރަމުން ވާހަކަ ދެއްކީމަ އަޝްވާ ހިތް ފުރޭތަ؟ ތި ކުރެވޭނީ ވަރަށް މޮޅު ކަމެއްތަ؟ މި ފަކީރު މުޅި ދިރިއުޅުން އަޝްވާ ހަލާކު ކޮށްފި. ޔާނިއު އާ ރައިޝާ އާ ކައިވެނި ކުރަން އެއްބަސް ވީ ކީއްކުރަން ؟ އަޝްވާގެ އަގު ވައްޓާލީ ރައިޝާ އެއް ނޫން ތީ އަޝްވާ އަމިއްލައަށް ބުއި ބޮނޑިއެއް. ދެން މީގެ ފަހުން ރައިޝާ ގައިގާ އިނގިލި ކުރި ޖައްސާލައިގެން ނުވާނެ، ރައިކާން ދެކެ އަންނަ ރުޅި ނުޖެހޭ ރައިޝާ އަށް ބާލުވަކަށް” ރިޔާޒް އެންމެ ފަހުން މިކަން ހުއްޓުވުމަށް ބުނެލިއެވެ. އަޝްވާ މިކަމާ ރުޅިއައިސްގެން ކޮޓަރިއަށް ގޮސް ވަދެ ބަން ލާފައި ދޮރު ޖެހި އެވެ. ރިޔާޒް ވެސް ބެލްކަނީ ތެރެއަށް ނިކުމެލިއެވެ. އެއީ ބޯހަމަ ޖައްސާލަން ށެވެ.

 

 

ރައިޝާ އޭނާގެ ކޮޓަރި އަށް ވަނުމުން ރައިލީ ވެސްއޭނާ ފަހަތުން ދިޔައެވެ. “ދޮންތާ ރައިކާން އެއީ ކަކު؟” ރައިކާން އެއީ ކާކު ކަން ނޭންގުމުން ރައިލީ އަހައިލިއެވެ. “މަންމަގެ އެންމެ ދޮށީ ދަރިފުޅު… ކުރިން މަންމަ ދޮންތަ އަށް ވަރަށް އަޅާލާނެ ދޮންތަ އަށް ކަމެއް ވެއްޖިއާ ހާސްވާނެ އެކަމަކު ހުރިހާ ކަމެއް ވެސް ބަދަލުވީ ދޮންބެ މަންމަ ކައިރީ ނާހާ މީހަކާ ކައިވެނި ކުރީމަ… ދޮންބެގެ އުމުރުން 19 އަހަރު ވީ ތަނާ ތަންކޮޅެއް ފަގީރު ކުއްޖެއް ދެކެ ދޮންބެ އަށް ލޯބި ވެވުނީ… މަންމަ އެއީ ކުރިން ވެސް ފައިސާ އާއި މުދަލާ ހެދި އުޅޭ މީހެއް ކަން އިނގުމުން ދޮންބެ ނިންމީ އެ ކުއްޖާ އާ ކައިވެނި ކުރަން އެދުވަހު އެކުއްޖާ ގޮވައިގެން ގެއަށް އައިސް ވަތް ތަނާ މަންމަ ދޮންބެ އާ ދިމާލަށް ‘ފަގީރު ކުއްޖަކު އަހަރެންގެ ޅީދަރި އަށް ހަދަންޏާ ތީ އަހަރެން ގެ ދަރިއެއް ނޫން’ މިހެން ބުނުމުން ދޮންބެ މަންމަ އިސްލާހު ވާދެން މި ގެއަށް ނާންނާނެކަމަށް ވައުދު ކޮށް ދިޔައީ ގެއިން ނިކުމެގެން… ރަލް ބެނުމިއްޔާ ދޮންތަ ރަލް ގޮވައިގެން ގޮސް ދާނަން ދޮންބެ މެންގެއަށް… ދާނަންތަ ؟” ރައިޝާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. “ޔެސް ޔެސް އައި ވުޑް ލަވް ޓު ދޮންތާ އަހަރެން ގޮވައިގެން ހިންގަބަލަ ދޮންބެ މެންގެއަށް ޕްލީޒް” ރައިލީ ބުނެލިއެވެ.” އެންމެ ރަނގަޅު އެބަ އަންނަން ބައްޕަ ގާތު އަހައި ލާފައި ” ރައިޝާ މިހެން ބުނެ ބެލްކަނީ ގައި ހުރި ރިޔާޒް ގާތައް ދިޔައެވެ. “ބައްޕާ ރަލް ބުނި ރަލް ބޭނުމޯ ދޮންބެ އާ ބައްދަލު ކޮށްލަން. އޯކޭތަ ރަލް ގޮވައިގެން އެގެއަށް ދިޔަސް؟”ރައިޝާ އަހައިލިއެވެ. “އެންމެ ރަނގަޅު އެކަމަކު އެހާ ދަން ވާދެކަށް ނުހުންނައްޗެ” ރިޔާޒް މިހެން ބުނުމުން ރައިޝާ ހިނިތުން ވުމެއް ހަދިޔާ ކޮށްލަމުން ރައިލީ ކޮބައިތޯ ބަލާލަން ދިޔައެވެ.

 

 

” ހިންގާ ދަމާ ” ރައިޝާ މިހެން ބުނުމުން ރައިލީ އުފަލުން އެ ކޮޓަރިން ނިކުމެ ގޭގެ މައިދޮރާއި ދިމާލަށް ދިޔައެވެ.” ދޮންތާ ކާކަށް ތި ގުޅަނީ؟ ” ރައިޝާގެ ފޯނަށް ބަލައިލަމުން ރައިލީ ބުނެލިއެވެ. “ދޮންބެ އަށް” ރައިޝާގެ މިހެން ބުނެ ކަންފަތުގައި ފޯނު ޖައްސާލައިގެން ވާހަކަ ދައްކަމުން ދިޔައެވެ.

 

 

މާލޭގެ މަޖީދީ މަގުގައި މަޑު ކޮށްލައިގެން ކާރެއްގައި ހޯދުމަށް އަތް ދިއްކޮށްލައިގެން ހުރި ރައިޝާ އާއި ރައިލީ އަށް ނުލާހިކު ފަސޭހައިން ކާރެއް ލިބުނެވެ. ޑްރައިވަރު ގާތުގައި ދާން ވީ އެޑްރެސް ބުނެފައި ދެމީހުން ވެސް ކުޑަދޮރުން ބޭރު ބަލަމުން ދިޔައެވެ. 15 ވަރަކަށް މިނެޓު ތެރެއިން އެ ގެއާއި ހަމަ ވިއެވެ. ޑްރައިވަރަށް ލާރި ދިނުމަށް ފަހު ކާރުން ފައިބައިގެން ދެބެން ވެސް އެގެއަށް ވަންނަ ދޮރުން ވަނެވެ އަދި ދެ ބުރިއަށް ނަގާފައިވާ މި ކުޑަކުޑަ ގޭގެ ސިޑިން އެރުމަށް ދެމީހުން އަވަސްވެގަތެވެ.

 

 

މަޑުމަޑުން ގޮސް ބެލް އެޅުމުން އެތެރެއިން ޒުވާން އަންހެނެއް ދޮރު ހުޅުވާލިއެވެ. “ރައި އަވަހަށް ވަދޭ” އެ ޒުވާން އަންހެން މީހާ ބުނެލިއެވެ. “ކޮބާ ދޮންބެ ؟” ރައިޝާ މިހެން އަހައިލަމުން ރައިލީ ގޮވައިގެން އެތެރެއަށް ވަނެވެ. ރައިޝާ އެތެރެ އަށް ވަތް ތަނާ ކުޑަކުޑަ ކުއްޖަކު އައިސް ރައިޝާ ފަޔުގައި އޮޅާލިއެވެ. ” ރައި ހާދަ ދުވަހެއް ކޮށްލާފަ ތި އައީ… ރަލް ވެސް ގޮވައިގެން ދޯ މިއަދު ތި އައީ” ރައިކާން ބުނެލިއެވެ.

 

 

…………………..

 

 

“ކީކޭ ކަލޭ ކުއްޖަކާ ކައިވެނި ކުރަނިއޭ؟” ކަޔާން ހައިރާން ވެފައި ހުރެ ބުނެލި އެވެ. “ހޫމް… މިރޭ ސައިބޯން މަންމަ އާއެކު ދިޔަ މީހުންގެ ދޮށީ އަންހެން މަންޖެ” ޔާނިއު ފޫހި ގޮތަކަށް ބުނެލިއެވެ. “ކަލޭ ބޭނުން ތަ މި ކައިވެނި ކުރަން؟” އަނެއްކާވެސް ކަޔާން އަހައިލިއެވެ.” އައްޗި…ނޯ ވޭސް އައި ޑޯންޓް އިވެން ލައިކް ހާރ މޯމް ބުނީމަ އެއްބަސް ވީ… އެހެން ނޫނަސް ޝީ އިޒް ސޯ ގްލޫމީ އެންޑް ޝީ އިޒް ސޯ ސައިލެންޓް އަދި ލައިގެން ހުރި ޖުއްބާ ދެކުނިންތަ ހަހަހަ އިޓްސް ފަނީ” ޔާނިއު ރައިޝާ އަށް މަލާމާތް ކުރިއެވެ.” އެޓްލީސްޓް އައި ނޯ ދެޓް ހާރ ސިސްޓާ އިޒް ފަން ތެދަށް ބުނާ ނަމަ އަހަރެން ރައިލީ ވަރަށް ކަމުދޭ ރައިޝާ މާކު ދީނީ ވެގެން އުޅެނީ ” ކަޔާން ޔާނިއު އާއި ބައިވެރި ވުމުން ބުނެލިއެވެ.

 

 

މިހެން އެތަކެއް އިރަކު ޔާނިއު އާއި ކަޔާން ރައިޝާ އަށް މަލާމާތް ކުރުމަށް ފަހު ކަޔާން ގެއަށް ދާން ޖެހުމުން އެކަން ނިންމާލިއެވެ. ކަޔާން ދިއުމުން ޔާނިއު ފާހާނާ އަށް ވަދެ ތާޒާ ވެލައި ގެން ނިކުތީ އުނަގަނޑުގައި ތުވާލި އަނދެގެން އެވެ އަދި އަލަމާރިން ސޯޓެއް ނަގައި ލުމަށް ފަހު އެނދު މަތީގައި އޮށޯވެ ބޯ މަތީގައި އަތް އަޅައިލިއެވެ.

 

 

…………….

 

 

ރައިޝާ އާއި ރައިލީ ގެއަށް ގޮސް ވަތް އިރު އަޝްވާ އާއި ރިޔާޒްގެ ކޮޓަރިން ހަޅޭއް ލައްވާ އަޑު އިވެމުން ދިޔައެވެ. “އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދަރިއެއް އަހަރެންގެ އަގު ވައޓާކަށް ޔުސްރާ އެއީ މުއްސަންޖެއް ޔާނިއު އާއި ރައިޝާ ކައިނި ކުރީމާ އެ މުދާތައް އަހަރުމެން ނަށް” އަޝްވާ ބުނެލިއެވެ. މި ހުރިހާ އެއްޗެއް އަޑު އަހަން ހުރި ރައިޝާ އިސް ޖަހައިލިއެވެ. އަދި އެ ދިޔަގޮތައް ގޮސް ކޮޓަރި އަށް ވަނެވެ. އަދި އެއްޗިސް ބަދަލު ކޮށްލައިގެން އެނދުމަތީގައި އޮށޯތެވެ. އަދި ނިދާލުމަށް ލޯ މަރާލި އެވެ.

 

 

އާދުވަހަކަށް އިރު އަރައިގެން ދިޔައެވެ. ރައިޝާ އަށް ހޭލެވުނީ އޭނާގެ ފޯނު އެލާމް ވާ އަޑަށް ށެވެ. އަވަހަށް ތެދުވެގެން އަލަމާރިން މެރޫން ކުލައިގެ އަބާޔާ އަކާއި ޕީޗް ޝޯލް އެއް ނެގިއެވެ އަދި ތުވާލި ހިފައިގެން ފާހާނާ އަށް ވަނެވެ. ތާޒާ ވެލައި ގެން ނިކުމެ ކްލޯޒިޓް އިސްތަށިގަނޑު ހިއްކަމުން ރައިޝާ އޭނާގެ ކުރިމަތީ ގައި ހުރި ލޯގަނޑުން ފެންނަމުން ދިޔަ އޭނާގެ ސޫރައަށް ބަލައިލި އެވެ. ކުޑަކޮށް ހިނިތުން ވެލާފައި ރައިޝާ އޭނާގެ އިސްތަށިގަނޑު ހުޅިއެއްގެ ތެރޭގައި ހައްޔަރު ކުރަމުން އެނދުމަތީގައި ވާ ޝޯލް ނެގިއެވެ. އަދި ފެޝަނަށް ޝޯލް އަޅައިގެން އަތް ދަބަސް ތެރެއަށް ފޯނު ލައިގެން ނިކުމެލިއެވެ. ގޭގެ މައި ދޮރުން ނިކުތް ވަގުތު ކުރިމަތީގައި ހުރި ޔޫލީން ފެނި ރައިޝާ އޭނާ އަށް ބަލައިލިއެވެ. “ހާއި ރައިޝާ” ޔޫލީން ރައިޝާ އަށް އަތް ހޫރުވަމުން ބުނެލިއެވެ. ރައިޝާ އަށް ލިބުނީ ކުއްލި ހައިރާން ވުމެވެ. ދުވަހަކުވެސް ރައިޝާ އާއި ވާހަކަ ނުދައްކާ މީހަކު މިއަދު އަމިއްލައަށް ފެނިގެން ރައިޝާ އާއި ވާހަކަ ދައްކަން ފެށުމުން އެވެ.

 

 

ނުނިމޭ….

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

ކުށަކީ ކޮބާ – 17

Next

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ސޯޅަވަނަ ބައި)

Next
April 16, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ސޯޅަވަނަ ބައި)

Previews
April 16, 2024

ކުށަކީ ކޮބާ – 17



All Right Reserved!