Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ކުށަކީ ކޮބާ – 15

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
April 9, 2024 5 Mins Read
5 Comments

މަޔާންގެ އެކުވެރިއެއް އެކުދިން ބަލައި ކާރުގައި އައިސްފައި ހުރުމުން އަވަހަށް ކާރަށް އެރިއެވެ. ” މައި، ރީމެން ގެއަށް ދާންވާނެދޯ ސަޕްރަޒް ކޮށްލަން.. ” އައިނާ ފޯރިއާއެކު ބުނެލިއެވެ. މައިރީން އާއެކޭ ބުނުމަށްފަހު ކާރުގެ ސީޓްގައި ބޯޖައްސާލިއެވެ. އެވަގުތު މަޔާން ކާރުގެ ދޮރުހުޅުވުމަށްފަހު ކާރުގެ ކުރީ ސީޓްއަށް އެރުމަށްފަހު އިށީނެވެ. އަދި އެކުވެރިޔާއާއި ސަލާމް ކޮށްލުމަށްފަހު ހާލުއަހުވާލު އޮޅުންފިލުވިއެވެ.

***ޕާޓް 15***

މައިރީންމެން ހުންނަން ހަމަޖެހިފައިވަނީ އޭނަ މަންމަގެ އެކުވެރިއެއްގެ ގޭގައެވެ. އެހެންކަމުން މަޔާން އޭނާގެ އެކުވެރިޔާ ގާތު ހެންވޭރު މެޑޯވިއުއަށް ދިޔުމަށް ބުނެލިއެވެ. މައިރީން ހުރީ ލާންޗްގައި ދަތުރު ކުރުމުގެ ސަބަބުން އެބުރުން އަރާ ގޮތްވެފައެވެ. އައިނާ ދިޔައީ ރާކިންއާއި ގުޅޭތޯ މަސައްކަތް ކުރަމުންނެވެ. ދިހަ ވަރަކަށް މިނެޓްގެ ދަތުރަކަށްފަހު އެމީހުންގެ މަންޒިލަށް ދެވުނެވެ. މައިރީން ހާސްވެފައި ހުރި އިރު މަޔާން ދިޔައީ ދެކުދިންގެ ފޮށިތައް ކާރުގެ ޑިކީއިން ބާލަމުންނެވެ. މަޔާން އެގޭގެ ވެރިފަރާތަށް ގުޅައި އެމީހުން އައިސްފިން ކަމުގައި ބުނެލިއެވެ. އިރުކޮޅަކުން ކަޅުކުލައިގެ ބުރުގަލަކާއި ދިގު ކަޅުހެދުމެއްގައި ހުރި އަންހެނެއް ފައިބާގެންއައެވެ. މައިރީން ފިނިވެފައި ހުރެ އައިނާގެ އަތުގައި ހިފާލިއެވެ. އެއާއެކު އައިނާ ދިޔައީ ސިއްސާގެނެވެ. މައިރީންގެ އަތް ވަނީ ގަޑުފެންކޮޅެއްހައި ފިނިވެފައެވެ.

” ދައްތަގެ ނަމަކީ ޝާޒިޔާ.. ތިކުދިން އެކަމު ދައްތައަށް ކިޔާނީ ކުޑާ އިނގޭ… މިހިރީ ދޯ މައިރީން… މަންމަ ތިވަރު އިރު ހުންނަގޮތަށް ހަމަ ތިހުންނަނީ… އަޅެ ދޫންޏާ މަންމަ ނުކާންދޭތަ ބަލައިލަ ހިކިކަން.. ދެން މިހުރީ މައިރީންގެ އެކުވެރިއެއް ދޯ؟؟ ދަރިފުޅަށް ކިޔަނީ ކޮންނަމެއްތަ؟ މަށަށް މިމަންޖެ ވައްތަރު ވެއްޖެ ކޮންމެސް މީހަކާ… އެކަމު ހަމަ ހަދާނެއް ނުވި.. އެހެންތާ ވާނީ ކުޑާވެސް މިހާރު މުސްކުޅިވަނީ ވިއްޔާ މި… ދުނިޔޭގަ ހުރިއްޔާ އުމުރު ދާނީ މައްޗަކަށްނުން ދެން.. ދަރިޔާ ނިކަން ނަންބުނެބަލަ.. ހަމަ ވާހަކަވެސް ނުދައްކާ އަނގަ މައްޗަށް ޖަހައިގެން މަގޭ މޫނަށް ބަލަހައްޓައިގެން ހުރޭ އެބަ މި މައިރީން ވެސް.. ”  ޝާޒިޔާ އެހެން ބުނުމުން އަވަސްއަވަހަށް އަނގަލައްޕާލުމަށްފަހު އައިނާގެ ފަހަތަށް މައިރީން ވަނެވެ. މައިރީންއަށް ވީގޮތުން މަޔާން އާއި އައިނާ ހޭންފެށިއެވެ. ” މިއީ އައިނާ.. އަޔާނާ އާއި ޒާހިރުގެ ދަރިފުޅު.. މައިރީން އެހުރީ ދައްތަ.. މިބުނީ ކުޑާ މާ ވަރަކަށް ވާހަކަ ދައްކާތީ އާނގަމުވެފަ ކަމަށް ވާނީ..” މަޔާން ހީލަމުން ބުންޏެވެ. ” އެހެންދޯ.. އާން ހީވެއްޖޭ ދަންނަ ވައްތަރު ޖަހާހެން.. މި މަންޖެ ވައްތަރީ ހަމަ ބައްޕަ އާ.. މައިރީން ހިތަށް އަރާ ދޯ ކުޑާ ބޮލިވަރަކާ ތަފާތެއް ނެތޭ.. ދެން އެކަމަކު ކިޔެވުން ނިމެންދެން ކުޑާއާއެކު ކެތް ކުރަންޖެހޭނީ..” ޝާޒިޔާ ހިނިގަނޑެއް ޖަހާލިއެވެ.

މައިރީން އިސްޖަހައިގެން ހުރީ ބޮލުގައި ރިއްސާތީއެވެ. ލިފްޓަށް އަރައި މައްޗަށް ދާން ފެށުމުން މައިރީންގެ މޫނު މައްޗަށް އަދިރިވެގެން ދިޔައެވެ. އެއާކު މަޔާންގެ އަތްދަނޑި މައްޗަށް އޭނަ ވެއްޓުނެވެ. ޝާޒިޔާގެ މޫނު މައްޗަށް ހާސްކަމުގެ ކުލަވަރު އަރައިގެން ދިޔައެވެ. އޭރު މަޔާން އާއި އައިނާ ދިޔައީ މައިރީންއަށް ގޮވަމުންނެވެ. އެކުދިން ހުންނަން ހަމަޖެހިފައިވާ ފޮލޯއަށް ލިފްޓް ހުއްޓުމާއިއެކު، ޝާޒިޔާ އޭނަ އުޅޭ އެޕާޓްމެންޓް ހުލުވާލިއެވެ. އެއާއެކު މަޔާން އޭނާގެ އަތްދަނޑި މަތީ އޮތް މައިރީން ކައިރީގައި ހުރި ސޯފާއެއްގައި ބޭއްވިއެވެ. ޝާޒިޔާ ފެންފުޅިއެއް ހިފައިގެން އައިސް މައިރީންގެ މޫނުގައި ފެން ހާކަން ފެށިއެވެ. ” އަހަ މީ ކޮންކަމެއް؟؟ ޝާޒީ ކިހިނެތްވީ؟؟؟ ” ޝާޒިޔާގެ ފިރިމީހަ ކަމަށްވާ ފަޔާޒް އަހާލިއެވެ. ” ދައްތަގެ އަނގަ ގަދަކަމުން ކުއްޖަކު އަބުރައި ގަނެފަ މިއޮތީ.. ” ޝާޒިޔާ ދެރަވެފައި ހުރުމުން ހެއްވާލަން މަޔާން ބުނެލިއެވެ. އެއާއެކު ކިތަންމެ ސީރިއަސް ވެފަ ހުރި ނަމަވެސް ފަޔާޒްއަށްވެސް ހެވުނެވެ.

ކުޑައިރުކޮޅަކަށް ފަހު މައިރީން އޭނާގެ ދިގު އެސްފިޔަތަށް ތަޅުވައިލައި ދެލޯ ހުޅުވައިލިއެވެ. އެންމެން އޭނައާއި ދިމާލަށް ބަލަން ތިބުމުން ކޮންމެސް ވަރަކަށް ސިހިގެން ދިޔައެވެ. ޝާޒިޔާއަށް މައިރީން ލޯ ހުޅުވައިލިތަން ފެނި އަވަހަށް އޭނާގެ ތުބުގައި ފެންތަށްޓެއް ޖެއްސުމަށް ފަހު ބުއިމަށް އެދުނެވެ. މައިރީން ފެން ބުއިމުން ސައިބޯން އައުމަށް އެދިފައި ޝާޒިޔާ ދިޔައީ ސައި ހަދާށެވެ. އެއާއެކު އައިނާ އާއި މަޔާން މައިރީންގެ ދެފަރާތުގައި އިށީނުމަށްފަހު ކިހިނެއް ތޯ އަހާލިއެވެ. މައިރީން ރަނގަޅުކަމަށް ބުނެ އަނެއްކާ ސޯފާގައި އޮށޯވެލީ ބޮލުގައި ރިއްސާތީއެވެ. ” މައި މުޅިން ބަލި ވެއްޖެ ދޯ މާލެ އައީމަ..” މަޔާން ސަމާސާ ރާގަކަށް ބުންޏެވެ. މައިރީންވެސް މަޔާންއަށް ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ލޯމަރާލިއެވެ.

” މައިގެ ލޯބިވާ މިއޮއް ގުޅަނީ.. ” އައިނާ ލާނެއް ގޮތަކަށް ހީލަމުން ބުނެލިއެވެ. ” ދީބަ މަށަށް ވާހަކަ ދައްކަން.. މަށެއްނުން ވަލީދޭންޖެހޭނީ އެހެންވީމަ ދޮންބެގެ ކޮށްކޮގެ ލޯބިވެރިޔާއާ ގުޅުން ބަދަހި ކުރަންޖެހޭނެއެއްނުން..” މަޔާން އައިނާގެ އަތުން ފޯނު އަތުލަމުން ބުނެލިއެވެ. މައިރީން ތެޅިގަނެފައި އަވަހަށް މަޔާންގެ އަތުން ފޯނު އަތުލަން މަސައްކަތް ކުރަންފެށިއެވެ. ” މައި ބަލިވެގެން އުޅޭ އިރުވެސް ދޮންބެ ތޮޅެނީތި.. ” މައިރީން ތުންދަމާލަމުން ބުނެލިއެވެ. އަދި އަވަހަށް މަޔާން އަތުން ފޯނު އަތުލައި ސްކްރީންއަށް ބަލާލިއެވެ. އެއާއެކު މައިރީންގެ ނިތައް ރޫ އަރައިގެންދިޔައެވެ. އޭނަ އައިނާ ހޯދާލި އިރު ކޮޓަރިއަށް ވަންނަނީއެވެ.

މައިރީންއަށް އައި ބަދަލު ފެނުމުން މަޔާން ފޯނު ބަލައިލިއެވެ. އެއާއެކު އޭނަ ހޭންފެށިއެވެ. މައިރީންއަށް އެ ގުޅަނީ އޭނާގެ މަންމައެވެ. މައިރީން ލޯއަޅާލަމުން މަޔާންގެ ގައިގައި ތަޅާގަތެވެ. އަދި ފޯނު އަވަހަށް ނެގިއެވެ. ” ހަލޯ.. މާށްކޮއަށް ދެވިއްޖެތަ؟ ޝާޒިޔައްތަ ފެނިއްޖެތަ؟؟ ހުރިހާ ކަމެއް ރަނގަޅުތަ؟.. ” ޝިޔާމާ އެއްފަހަރާ ސުވާލުތައް އޮއްސާލިއެވެ. ” މަންމާ ނޭވާ ލައިގެން ވާހަކަ ދައްކަބަލަ ދޯ.. އެންމެނަށް ސަލާމަތުން ދެވިއްޖޭ.. ކުޑާވެސް ފެނިއްޖެ، އެކަމަކު މާށްކޮގެ ހާލު އެހާ ރަނގަޅެއް ނޫން.. ކުޑާގެ އަނގަ ފެނިފަ މާށްކޮ ފެއިންޓްވެއްޖެ ހެހެހެ… ” މައިރީން ފޯނު ސްޕީކަރަށް ލާފައި އޮތުމުން މަޔާން ވާހަކަ ދެއްކިއެވެ. އެއާއެކު ޝިޔާމާގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ.

ޝާޒިޔާ މައިރީން ގާތު ސައިބޯން އައުމަށް ބުނުމުން މައިރީން ފޯނު މަޔާން އަތަށް ދީފައި ދިޔައެވެ. މަޔާން އޭނާގެ މަންމައަށް ވީ ގޮތް ކިޔައިދިނުމުން ހާސްވިއެވެ. އަދި މައިރީން ޑޮކްޓަރަށް ދައްކަން ގެންދިޔުމަށް އެދުނެވެ. މަޔާން ފޯނު ކޯލު ކުރުކޮށްލީ މަންމަމެން ދެކެ ލޯބިވާ ކަމަށް ބުނަމުންނެވެ. އަދި މައިރީން ކައި ނިމުމުން ހޮސްޕިޓަލަށް ދާން އެދުނެވެ. އެހެންނަމަވެސް މައިރީން އެކަމަށް އިންކާރުކޮށް ނުދާނަން ކަމަށް ބުނެ ބޮޑާހާކަން ފެށިއެވެ. ޝާޒިޔާ އާދޭސް ކުރަން ފެށުމުން ވަރަށް ވަރުން މައިރީން އެއްބަސްވިއެވެ.

ހަވީރު ހޮސްޕިޓަލަށް ދާނީ ކަމަށް ބުނެ މައިރީން ކޮޓަރިއަށް ދިޔައީ އަރާމު ކުރާށެވެ. ކޮޓަރިން މައިރީންއަށް ނުދަންނަ ދެ ކުދިން މަރުހަބާ ކިޔެވެ. ” ނިއުރޫމްމޭޓްސް ދޯ ތޯ؟؟ ކޮން ނަމެއް ކިޔަނީ.. މީ ހައިލިޔާ އެންޑް މައި ނޭމް ފިޒާ.. ” ފިޒާ ދެކުދިންނަށް ބަލައިލަމުން އަހާލިއެވެ. އައިނާ މައިރީން ކައިރިއަށް އައިސް ދެކުދިންގެ ކުޑަ ތައާރަފް އެއް ދިނެވެ. މައިރީން ހުރީ ނުދަންނަ ކުދިން ކަމުން ވާހަކަ ދައްކަން ނުކެރިފައެވެ. އެހެންކަމުން އޭނަ ހަމައެކަނި ކުޑަ ހިނިތުން ވުމަކުން ފުއްދާލީއެވެ. ފިޒާ އައިނާމެންގެ ބަންކްބެޑް ދެއްކުމުން މައިރީން މަތީ ބަޔަށް އަރާ އޮށޯތީ ބޮލުގައި މާ ބޮޑަށް ރިއްސާތީއެވެ.

ކޮޓަރީގެ ފާރުތަކުގައި ވަނީ މަޑު ފިޔާތޮށިކުލައެއް ލެވިފައެވެ. ބަންކްބެޑް ގެ ދެ ބެޑް ހުންނައިރު ދެ އެނދުގެ ކައިރީ ކިޔަވަން ފަސޭހަ ވާނޭ ފަދައިން ސްޓަޑީ ޓޭބަލްއެއް ހުއްޓެވެއެވެ. ބޮޑު އަލަމާރީގެ ސަބަބުން ކޮޓަރި ވަރަށް ކުޑަހެން ހީވެއެވެ. ޑްރެސިން ޓޭބަލް މަތި ތަރުތީބު ކުރެވިފައިވާ ގޮތުން އެތާ އުޅޭ ކުދިންނަކީ ސާފުތާހިރު ކަމަށް އިސްކަންދޭ ކުދިންކަން އެނގެއެވެ. ކޮޓަރީގެ އެއްފަރާތުގައި ފާހަނައެއްވެސް ހުއްޓެވެ. އައިނާއާއި ފިޒާ ވަރަށް އަވަހަށް އެކުވެރި ވިއެވެ. ނަމަވެސް ހައިލިޔާ އެއްގޮތަކަށްވެސް އައިނާ އަކާ ވާހަކައެއް ނުދެއްކިއެވެ. ސަބަބަކީ ހައިލިޔާއަކީ މިޒާޖުގެ ގޮތުން ނުދަންނަ މީހުނާއި ވާހަކަ ނުދައްކާ ކުއްޖަކަށް ވުމެވެ.

ހަވީރުގެ ވަގުތެވެ. އައިނާއާއި މައިރީން ތައްޔާރު ވަމުން ދިޔައީ މައިރީން ޑޮކްޓަރަށް ދެއްކުމަށްޓަކައި ހޮސްޕިޓަލަށް ދާށެވެ. މައިރީން ދިޔައީ އައިނާއާއި ދިމާލަށް ކުދި ކިޔަމުންނެވެ. އެއީ އެހައި ކުޑަކަމެއް ބޮޑުކަމަކަށް ހަދާލުމުންނެވެ. އައިނާ ދިޔައީ މައިރީން ލަސްކަމުން ކުދިކިޔަމުންނެވެ. ބައެއްފަހަރު މައިރީން ރުޅިއަރުވާލަން އެކި ޖެއްސުންކުރަމުން އައިނާ ދިޔައެވެ. އެކަހަލަ މިކަހަލަ ގޮތަކަށް ސަކަރާތް ޖަހަމުން ދެކުދިންނަށް ތައްޔާރު ވެވުން އިރު ހަތަރު ގަޑި ބައި ވަނީއެވެ. މަޔާން ހުރީ މައިރީންމެންގެ އިންތިޒާރުގައިއެވެ. ޝާޒިޔާ އެވަރަށް ދާން ކިޔުމުންވެސް މަޔާން އިންކާރު ކުރީއެވެ. ޝާޒިޔާ އަސްލަށްވެސް ހީކުރީ މައިރީން އެބުރުން އެރީ އޭނާގެ ސަބަބުން ކަމަށެވެ.

ދެކުދިން ސަކަރާތް ޖަހަމުން ކޮޓަރިން ނުކުތެވެ. އައިނާ ހުރީ ރަތް ކުލައިގެ އަތްދިގު މެކްސީއެއް ލައިގެނެވެ. އެހެދުމުގެ ފަސްބައި ދިޔައީ ބިންމަތީގައި ކޭއްތެމުންނުވެ. ކަޅުކުލައިގެ ޝޯލްއެއްއަޅަފައި ހުރިއިރު މޫނުގައި ކޮށްފައިވާ ލުއި މޭކަޕް އޭނާއާ ވަރަށް ގުޅެއެވެ. މައިރީން ހުރީ މަޑުފިޔާތޮށި ކުލައިގެ ދޫ ގަމީސް މަތިކޮޅަކާއި ކަޅުކުލައިގެ ބެގީޖިންސްއެއް ލާފައެވެ. ގަދަ ފިޔާތޮށިކުލައިގެ ޝޯލްއެއް ރީތި ގޮތަކަށް އަޅާފައިވާއިރު ތުންފަތުގައި ވަނީ މެރޫން ކުލަ ޖައްސާފައެވެ.

” ޕިސްޕިސް ދެމީހުން ފެޝަން ޝޯއަކަށް ދާންތަ ތައްޔާރުވެގެން ތިހުރީ… އަޅެފަހެ މީހަކު ހައިރާނެއް ނުވާނެތަ މިދަނީ ހޮސްޕިޓަލަށްށޭ.. ތިވަރު ނުކުރިޔަސް ރަނގަޅުވާނެ ދޯ.. ” މަޔާން ދެ އަންހެން ކުދިންނާ ދިމާކޮށްލިއެވެ. ” މީ ހަވީރޭ.. އެހެންނޫނަސް ދޮންބެވެސް ތިހުރީ ހަމަ ރީތިވެގެންނެއްނުން..” މައިރީން ބޯހޫރުވާލަމުން ބުނެލިއެވެ. މަޔާން ހުރީ ފެހި ކުލައިގެ ޓީ-ޝާޓް އަކާއި ކަނޑު ނޫ ކުލައިގެ ޖިންސްއެއްލައިގެންނެވެ. އޭނާގެ ކަޅުކަންގަދަ ކުރު އިސްތަށިކޮޅު ހުރީ މައްޗަށް ނަގާ ސްޕައިކެއް ޖައްސާލާފައެވެ. ” އޯހް ތެންކްސް ފޯރ ދި ކޮމްޕޮލިމެން މައި ޕްރިޓީ ސިސް..” މަޔާން ހީލަމުން ބުންޏެވެ. މިހާރު ދެބެންގެ ގުޅުން ވަރަށް ބޮޑުތަން ރަނގަޅު ވެއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލަށް ކާރު ހުއްޓުމުން މަޔާން ދެކުދިން ގޮވައިގެން އެތެރެއަށްވަނެވެ. އެޕޮއިންޓްމެންޓް ކުރިން ހައްދާފައިވުމުން ފަސޭހަވެގެން ދިޔައެވެ. އެކިކަންކޮޅުތަކުގައި ނަރުހުންނާއި ޑޮކްޓަރުން ހަރަކާތްތެރިވަމުން ދިޔައިރުވެސް ބަލިމީހުންގެ އަދަދު މަދުވާހެނެއް ހިޔެއް ނުވެއެވެ. މައިރީން ޑޮކްޓަރަށް ދައްކާ ނިމުމުން ޓެސްޓްތަކެއް ހެދުމަށް ބުންޏެވެ. ޓެސްޓތައް ހަދާ ނިމުނު އިރު މަޤްރިބް ނަމާދު ބަންގި ގޮވަން ކައިރި ވެއްޖެއެވެ. މައިރީން ހުރީ ޓެސްޓްތައް ހަދާ ނިމުންއިރު ވަރުބަލިވެފައެވެ. އޭނާގެ އަތުގައި ރިއްސަމުން ދިޔައީ ނަރުހުންނަށް ލޭނަގަން ނާރެއް ނުފެނިގެން ތިންތަނަށް ސިރިންޖް ހެރުމުންނެވެ. އެކަމާ މައިރީން ހުރީ ރުޅިގަދަވެފައެވެ. ލިފްޓް ހުއްޓުމުން މައިރީން ފޭބިއެވެ. މަޔާން އާއި އައިނާ ފޯނާއި ކުޅެން ހުރުމުން މައިރީން ފޭބިކަމެއް އެކުދިންނަކަށް ނޭނގުނެވެ. މައިރީންއަށް ނޭނގިގެން ފޭބުނީ ނުބައި ފްލޯރ އަކަށްށެވެ. މައިރީން އިސްޖަހައިގެން ހިނގައިގަތީ އޭނަގެ ފަހަތުން މަޔާންމެން އަންނަކަމަށް ހީކޮށެވެ. މައިރީން ނުބަލައި ދަނިކޮށް ދުވެފައި އައި ކުއްޖެއްގެ ގައިގައި ޖެހި ވެއްޓުނެވެ. މައިރީން އެކުއްޖާގާތުން މާފަށް އެދުނެވެ. އަދި ތެދުވެ އެކުއްޖާއަށް އަނިޔާއެއްވިތޯ ސުވާލު ކޮށްލިއެވެ. ކުރިމަތީގައި ހުރި ކުއްޖާފެނި މައިރީން ހުއްޓުން އެރިއެވެ. ” ރީ!!!”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ބްލަޑް 2

Next

ނޭނގި ވެވުނު ލޯބި 1

Next
April 11, 2024

ނޭނގި ވެވުނު ލޯބި 1

Previews
April 9, 2024

ބްލަޑް 2

5 Comments!

  1. Maash Butterflyyyyy says:
    April 9, 2024 at 5:20 pm

    Salaam Readers
    I hope you all enjoy this part
    May the spirit of Eid bring unity, compassion and love to all our hearts.❤
    Wish You all a very happy and peaceful Eid🌙
    EID MUBARAK ALL❤❤
    LYSSM🦋💜

  2. Lily says:
    April 9, 2024 at 6:46 pm

    Hey my lovely sister!! How’s you?
    Mi part ves vrh vrh reethi inge.. Masha Allah.. Mi mihaaru hama enme best vahaka.. Keeep goingg your outstanding work!! Eid Mubarak <3
    ILYM <3

  3. Maash Butterflyyyyy says:
    April 9, 2024 at 9:14 pm

    Heyy my lovely siss!! I’m fine alhamdhulillah.. I hope your doing good❤❤❤
    Thank youu soo muchh.. Lilyge lovely comment feni vrh happy vejje☺☺
    Thankyou soo much for your support dear❤❤❤
    Eid Mubarak 🌙
    Lyssm
    💜🦋

  4. RIFSHA says:
    April 10, 2024 at 11:24 am

    Hi butterfly
    Mi part vx varah thafaathu vefa reethi Masha Allah
    Kon irakun next part kiyaalan libeyni
    M thank you for your comment ingey rifoo ge vaahaka ah
    Love you so much butterfly 🦋

  5. Maash Butterflyyyyy says:
    April 16, 2024 at 2:41 pm

    Hey Rifoo
    Awwnn thank you sooo muchh
    Your most welcome.. Aslu busy kamun rifoo ge story ah comment nukureveney.. My college exams vx feshen ulheney that’s why..
    Love you moree rifoo❤

Comments are closed.

Next Episodeކުށަކީ ކޮބާ – 16←


All Right Reserved!