Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ފަނަރަވަނަ ބައި)

Anonymous Level 4100 Login10 Stories100 Comments
April 14, 2024 4 Mins Read
11 Comments

“ތިބޭފުޅާ އަށް ގުޅިގެން ތި އުޅެނީ ނުބައި ނަމްބަރަކަށް”ނުކްޝާން ފޯނު ނެގުމާއި އެކު ހެން ބުނެލިއެވެ.ނަމަވެސް ނުކްޝާން އަށް ބުނެވުނީ އެހިސާބަށް ށެވެ.އެމީހާ ވާހަކަ ދައްކަން ފެށުމުން ނުކްޝާން ޖެހުނީ މަޑުމަޑުން އިންނާށެވެ.”ތިއީ ނާއިޝްގެ ދަރިފުޅު ތޯ”އެމީހާގެ އަޑުން އެކަނި ވެސް އެމީހާ ހާސްވެފައި ހުރި މިންވަރު ނުކްޝާން އަށް ނަގައިގަނެވުނެވެ.ނުކްޝާންގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެއް ކަމަކު ލައްބައޭ ބުނެލިއެވެ.ނުކްޝާން ލައްބައޭ ބުނުމުން އެމީހާ ދިން ހަބަރު ގެ ސަބަބުން ނުކްޝާން އަށް ހީވީ ދުނިޔެ ވެސް އެނބުރުން ހެންނެވެ.

*********************

އެއާރޕޯޓް އިން ނިކުމެގެން އައި ނާއިޝް އާއި ޒީވާ ފަރާތް ފަރާތް ހޯދަމުން ދިޔައީ އެމީހުން ބަލާ އަންނަން ބުނި ޑްރައިވަރު ކޮބައިތޯ އެވެ.ނާއިޝް އެއްލި ކަޅި އަކުން ދުރުގައި އޮތް ކާރު އަޅައިގަތުމާއި އެކު އެއީ ޒަޔާން ބުނި ކާރުކަން ޔަގީންވި އެވެ.ޒީވާ އާއި އެކު ނާއިޝް އެތާ ކައިރީ މަޑުކޮށްލުމާއެކު ޑްރައިވަރު ކާރުން ނިކުމެ ފަހަތު ސީޓުގެ ދޮރު ހުޅުވާލިއެވެ.ކާރަށް ލަގެޖްތައް އެރުވުމަށްފަހު ނާއިޝް ވެސް ޑްރައިވަރާއި އެއްކޮށް ކާރަށް އަރާލިއެވެ.

 

ޑްރައިވަރު ކާރު ދުއްވާލުމާއި އެކުހެން ޒީވާ ނާއިޝް އާއި ވާހަކަ ދައްކަން ފެށިއެވެ.”އަޅެ މިހާރު އެބަ ހިތަށް އަރާ ނުކްމެން ކައިރީގަ ބުނެފަ އާދެވުން ނަމަ އޭ.އެދެކުދިންނަަށް އެންމެ ފަހު ވަގުތު އިނގުނީމަ ހާދަ އަސަރު ކުރާނޭ”ޒީވާ ބުނެލީ ނާއިޝްގެ ކޮނޑުގައި ބޯ އަޅާލަމުންނެވެ.ޒީވާ އަށް ނޭނގުނީ ޒީވާމެން ނުބުންޏަސް ނުކްޝާން އަށް ވީ ގޮތް އިނގޭ ކަމެވެ.”އަޅާނުލާ ޑޮކްޓަރ ވެސް އެބުނީނު ރަނގަޅުވާނޭ.ދެން އެވާހަކަ ސިއްރެއް ގޮތަށް ބާއްވާނީ.އިން ޝާ ﷲ ޒީ ރަނގަޅު ވާނެ”ނާއިޝްގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތް ޒީވާ ގެ ގައިގައި އަތް ވަށާލާމުން ނާއިޝް ބުނެލީ ޒީވާ ގާތް ކޮށްލަމުންނެވެ.

 

ކުއްލިއަކަށް ކާރު ގެ ތެރެއިން އިވިގެން ދިޔަ ޒީވާގެ އަޑާއި އެކު ފެނިގެން ދިޔައީ ހަމައިން ނެއްޓިގެން އައި ކާރެއް އައިސް ހަލުވި މިނުގައި ދުއްވަމުން ދިޔަ ޒީވާމެން ކާރު ގައި ޖެހި އެކްސިޑެންޓް ވި މަންޒަރެވެ.މީހުންތައް އެތަނަށް ޖަމާވާން ނެގީ މަދު ސިކުންތު ކޮޅެކެވެ.އިރުކޮޅެއް ތެރޭގައި ސިފައިންނާއި ނޫސްވެރިން ވެސް އެތަނަށް ޖަމާވިއެވެ.

 

ކާރުގެ ތެރޭގައި އޮތް ޑްރައިވަރު އޮތީ މަރުވެފައި ކަމެއް ނުވަތަ ހޭނެތިފައި ކަމެއްވެސް ނޭނގެއެވެ.ކާރުން ޑްރައިވަރު ނެގި އިރު ވެސް ޑްރައިވަރު ގެ ހަށިގަނޑުން ވަނީ ވަރަށް ބައިވަރު ލޭ ފައިބާފައި އެވެ.ޑްރައިވަރު ކާރުން ނެގުމަށްފަހު ޒީވާމެން ކާރުން ނެރުމަށް އެންމެން އުޅެގަތެވެ.ނާއިޝްގެ ހަށިގަނޑަށް މާބޮޑު ޒަހަމްތަކެއް ލިބިފައި ނެތަސް ޒީވާގެ ހަށިގަނޑު ގައި ފުރާނަ ހުރި ކަމެވެ.”ޒީވާ.ބަލައިގެން”އެންމެން ޒީވާ ނެރެން އުޅުމުން ނާއިޝް ޒީވާ ގެ ގާތު ބުނެލީ އެއްވެސް ބެލުމެއް ނެތި ޒީވާ ކާރުން ނިކުންނަން އުޅުމުންނެވެ.

 

“ނާއީ.އަހަރެން ކިތަންމެ ސަލާމަތް ކުރަން އުޅުނަސް ސަލާމަތެއް ނުވާނެ.އެއްވެސް މީހަކަށް މަރެއް ނުހިފެއްޓޭނެ.ނުކް އާ ނާޔާ ދެކެ މަންމަ ވަރަށް ލޯބިވެއޭ އެކުދިން ކައިރީގަ ބުނާތި.ނާއީ އަހަރެންގެ ދެކުދިން ރަނގަޅަށާ ބަލާތި.ނާއި ދެކެ ވެސް އަހަރެން ވަރަށް ލޯބިވޭ “ނާއިޝްގެ އަތުގައި ހިފައިގެން އިން ޒީވާގެ އަތުން ވަރު ދޫވިކަން ނާއިޝް އަށް އިހުސާސްވިއެވެ.ނާއިޝް ރަނގަޅަށް ޒީވާ އާއި ދިމާލަށް ބަލާލި އިރު ޒީވާ އަބަދުގެ އަބަދަށް ލޯ މަރާލީ ކަމެއް ނުވަތަ އެހެން ކަމެއްވީ ކަމެއްވެސް ނާއިޝް އަކަށް ނޭނގުނެވެ.

 

ޒީވާ އަތްދަނޑި މައްޗަށް ލައިގެން ނާއިޝް ކާރުގެ ދޮރު ބާރަކަށް ހުޅުވާލަމުން ނިކުތުމާއި އެކުހެން ޒީވާ އެމްބިއުލެންސް އަށް އެރުވިއެވެ.ޒީވާގެ ހަށިގަނޑުން ފައިބައިފައި ހުރި ލޭތައާ ހުރީ ނާއިޝްގެ ޓީޝާޓު ގައި އުނގުޅިފައި ކަމުން ޓީޝާޓު ގައި ވެސް ލޭގެ ނިޝާންތައް ހުއްޓެވެ.

 

“ސާރ”ނާއިޝް ފަހަތް ބަލާލީ އޭނާގެ އެސިސްޓެންޓް ގެ އަޑު އިވުމުންނެވެ.ފަހަތުގައި ކާރެއް އޮތުމުން އޭނާގެ އެސިސްޓެންޓް އެއައީ އޭނާ ބަލާކަން ދެނެގަންނާކަށް ނާއިޝް އަކަށް މާ އުނދަގުލެއް ނުވިއެވެ.

 

“ފާރިޝް ނުކްޝާން އަށް ގުޅާފަ ވާނުވާ އަންގާލާ”ނާއިޝް ބުނެލީ ކާރަށް އަރާ ހަމަޖެހިލަމުންނެވެ.އަދިވެސް ނާއިޝް އިނީ ލޯ ކުރިމަތީގައި ފެނުނު މަންޒަރު ވެސް ގަބޫލު ކުރަން ދަތިވެފައި އެވެ.ނުކްޝާން އާއި ނަވްޔާ އަށް އެހަބަރު ލިބުމުން ވާނެ ގޮތާއި މެދު ނާއިޝް އަށް ވިސްނާލެވުނީ ވެސް އަދިކިރިޔާ އެވެ.ބޮޑުވެފައި ހުރި ފިރިހެނެއް ކަމަކު ނާއިޝް ގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ.ޒީވާގެ ކޮންމެ ޖުމުލަ އެއް ނާއިޝްގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.

 

ޒީވާ ހަމަ އެނާ ދޫކޮށްފައި ދިޔައީ ހެއްޔެވެ؟ދެން ޒީވާ ނާންނާނެ ހެއްޔެވެ؟ހުސް ޖަވާބު ނުލިބޭ ސުވާލުތަކެވެ.ލޮލުން ނިރާލި ކަރުން ނާއިޝް ފޮހެލީ ދެން ތިބި ދެ ދަރިންނަށް އޭނާ ރޯ މަންޒަރު ފެނުމުން އަދި އެކުދިންގެ ހިތްވަރުވެސް އެލޭނެކަން އިނގުމުންނެވެ.ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިން ނާއިޝް އަށް ނުކްޝާން ފޯނު ނެގިކަން އިނގުމުން ލޯ މަރާ ބާރު ކޮށްލެވުނީ ދޭން އުޅޭ ހަބަރުގެ ހިތިކަން އިނގުމުންނެވެ.

 

“ކޮބާ މިހާރު މަންމަ؟”އެމީހާގެ ވާހަކަ އިތުރަށް ކުރި އަށް ގެންދިޔަ ނުދީ ނުކްޝާން ބުނެލިއިރު އެ އަޑުގައި ވެސް ހިތާމަވެރިކަން ހުއްޓެވެ.ނުކްޝާން އަށް ވަމުން ދިޔަ ގޮތް ބަލަން އިން ޒީކާން އިނީ ވާނުވާ ނޭނގިފައި އެވެ.ނަމަވެސް ނުކްޝާން ޒީވާ ކޮބާތޯ އެހުމުން ޒީވާ އަށް ބޮޑު ކަމެއް ވެއްޖެ ކަން ޒީކާން އަށް ޔަގީން ކޮށްލެވުނެވެ.ނުކްޝާންގެ މޫނުމައްޗަށް އަރާ ކުލަވަރުތައް ދިރާސާ ކުރާ މީހަކު ފަދައިން ޒީކާން އިނީ ނުކްޝާން އާއި ދިމާލަށް ބަލަހައްޓައިގެންނެވެ.އެެހެން އިން އިރު ޒީކާން އަށް ޒީވާ އަށް ދެރަގޮތެއް ނުވޭތޯ ހިތާ ހިތުން ދުޢާ ކޮށްލެވުނެވެ.

 

“ނުކް ދޮންތަ އަށް ކިހިނެތް ވީ؟”ނުކްޝާން ފޯނު ބޭއްވުމާއި އެކު ޒީކާން އަށް އަހާލެވުނީ ޒީވާ އަށް ވީ ގޮތް އިނގެން ބޭނުންވެފައި ހުރި ވަރުންނެވެ.ނުކްޝާންގެ ފަރާތުން ޒީކާން ކުރި ސުވާލަށް މާ ބޮޑު ސަމާލުކަމެއް ނުލިބުމުން ޒީކާން ސުވާލު ތަކުރާރު ކޮށްލިއެވެ.އެވަގުތު ޒީކާން އަށް ވިސްނާނުލެވުނީ އެއް ގޮތަކުން ނުވިއްޔާ އަނެތް ގޮތަކުން ވެސް ސަކަރާތް ޖަހަ ޖަހާ ފައި އުޅޭ ނުކްޝާން މަޑުން އިންނާނީ ބޮޑު ކަމެއް ވެގެން ކަމެވެ.މަޑު މަޑުން އިނދެފައި ވެސް ނުކްޝާން ޒީވާގެ އެކްސިޑެންޓް ގެ ހަބަރު ޒީކާން އަށް ދިނެވެ.

 

” ޒީކް ބުނެބަލަ އަހަރެން ކިހިނެތް މި ވާހަކަ ނާޔާ ގާތު ބުނާނީ.ގައިމު ވެސް އެފަކީރު ހިތާމައިން މަރު ވާނެ.އަހަރެން ހަމަ މި ހަބަރު ލިބުމުން ނާޔާ އަށް ވާނެ ގޮތް އިނގުނަސް ނާޔާ އަށް މި ހަބަރު ދޭން ވީތަ؟”ނުކްޝާން ބުނެލީ ލައިގެން ހުރި ޓީޝާޓުން މޫނު ފޮރުވާލަމުންނެވެ.ނުކްޝާން އިން ގޮތުން ޒީކާން އަށް ނުކްޝާން ރޮނީކަން އިނގިގެން ދިޔައެވެ.ނަމަވެސް ނުކްޝާން ހުއްޓުވާލަން މަސައްކަތް ނުކޮށް ޒީކާން އިނީ އެ ހިތަށް ވެސް ހަމަޖެހުން ލިބޭނީ އޭރުން ކަން އިނގޭ ތީ އެވެ.

 

ނުކްޝާން އަށް އެވަރު ވީ އިރު ނަވްޔާ އަށް ކެތް ކުރެވޭނެ ތޯ ޒީކާން އަށް ވެސް އަމިއްލަ ހިތާ ސުވާލު ކޮށްލެވުނެވެ.ޚުދު ޒީކާންގެ ހިތަށް ވެސް އެހާ ވެސް އަސަރު ކޮށްފި އެެވެ.ދެން އަދި ނަވްޔާ އަށް ވާނެ ވަރު ވިސްނާލަން ވެސް ދައްޗެވެ.ޒީކާން ޒިވާ މަތިން ވެސް ހަނދާންވީ އެވަގުތު އެވެ.ތިރީ ތުންފަތުގައި ޒީކާން އަށް ދަތް އަޅާލެވުނީ ޒިވާ އަށް މިހަބަރު ލިބުމުން ވާނެ ގޮތް އަންދާޒާ ކޮށްލަން ވެސް އޭނާ އަށް ދަތި ވުމުން ނެވެ.

 

“ޒީކް އެންމެ އަވަހަށް މެލޭޝިޔާ އަށް ދެވޭނެ ގޮތެއް ހަމަ ޖައްސާ”އިރުކޮޅަކު އެެހެން އިނުމަށްފަހު ނުކްޝާން ތެދުވެ އޭނާގެ ކޮޓަރި އަށް ދާން ހިނގައިގަތެވެ.ނުކްޝާން އަށް ބަލާލާފައި އެއީ ދާދި ދެންމެ އަކު ރޮވުން ނުކްޝާން ހެން ހީވެސް ނުވާނެ އެވެ.އާނއެކެވެ.ނަވްޔާ އަށްޓަކައި ވެސް އޭނާ ހިތްވަރު ކުރަން އެބަ ޖެހެ އެވެ.ނަމަވެސް ނުކްޝާން ގެ ސުވާލަކީ އޭނާ އަށް އެހެން ހިތްވަރު ކުރެވޭނީ ކިތަށް މިނެޓު ވަންދެން ތޯ އެވެ.

 

ނުކްޝާން ދިޔަތާ އިރުކޮޅެއް ނުވަނީސް ޒީކާންގެ ފޯނަށް ޒިވާ ގުޅަން ފަށައިފި އެވެ.ޒީކާން ފޯނު ނެގީ ޒިވާ މިވަގުތު ގޭގައި ހުންނާނީ އެކަނި އެކަނި ކަން އިނގޭތީ އެވެ.ޒަޔާން ވެސް ވީ ވިޔަފާރި ދަތުރެއްގައި މެލޭޝިޔާ ގައި އެވެ.މިވަގުތު ޒިވާ ވެސް މީހެއްގެ އެހީތެރިކަން ބޭނުން ވާނެ އެވެ.ފޯނު ނެގުމާއި އެކު ޒީކާން އަށް އިވިގެންދިޔަ ޒިވާގެ ގިސްލުމުގެ އަޑުން އެކަނި ވެސް ޒީކާން ގެ ހިތް ހީވީ ކުދި ކުދި ވެގެން ފޭބި ހެންނެވެ.”ދަ..ރިފުޅާ”ޒިވާ އުނދަގުލުން ވެސް ޒީކާން އަށް ގޮވާލި އެވެ.ބޮޑު ވެފައި ހުރި ފިރިހެނެއް ކަމަކު ޒީކާން އަށް ވެސް އަމިއްލަ މަންމަ ރޯ އަޑު އިވުމުން ރޮވުނެވެ.ނަމަވެސް ދެވަނަ ސިކުންތަކަށް ކަރުނަތައް ފޮހެލަމުން ނުކްޝާން މެން ގެއިން ނިކުންނަން ދާން ހިނގައިގަތީ ޒިވާ އެކަނި ގޭގައި ނުބަހައްޓާން ވެގެން ނެވެ.

 

މިވަގުތު ނުކްޝާން އަށް ވެސް މީހެއްގެ އެހީތެރިކަން ބޭނުން ވާނެ ކަން ޒީކާން އަށް އިނގެއެވެ.ނަމަވެސް މިވަގުތުވެސް ރަޔާންމެން މީހަކަށް އެހަބަރު ލިބުނަސް ނުކްޝާން އަށް ހިތްވަރު ދޭން ތިބޭނެއެވެ.އެކަމަކު ޒިވާ އަށް ހިތްވަރު ދޭނެމީހެއް އޭނަ ނޫނިއްޔާ ނެތެވެ.

ނުނިމޭ

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ގާތުގައިވި އަނދިރިކަން، 4

Next

ޝަކުވާ 6

Next
April 14, 2024

ޝަކުވާ 6

Previews
April 14, 2024

ގާތުގައިވި އަނދިރިކަން، 4

11 Comments!

  1. GIRL VEMPIRE says:
    April 14, 2024 at 11:55 am

    Maasha allah mi part vx varah varah reethi. Next part kiyaalan libeyny konirakun thr?

    1. RIFSHA says:
      April 16, 2024 at 5:12 am

      Thanks girl vempire
      Next part in sha Allah mihaaru mi ulheny submit kohlan..

  2. Nishva says:
    April 14, 2024 at 12:03 pm

    Hi rifoo
    Mi part vx vrh reethi Masha Allah 💗
    Next part kiyaalan libeyni kon irakun
    Curiously waiting for the next part
    Nuk ge mom ah kihinei thi hedhy
    Nuk vrh dhera vaane dhw
    Why did you do that rifoo
    Love you Rifoo 💋

    1. RIFSHA says:
      April 16, 2024 at 5:14 am

      Thanks nishva
      In sha Allah mihaaru mi ulheny submit kohlan next part
      Hehe nuk dhera viyas kuraane kameh nei
      Love you more Darla<3

  3. Seesaw Seesaw says:
    April 14, 2024 at 1:28 pm

    mi part ves varah reethi !
    ekam haada sad ey ! kiriya i ah cry nukurevuni !
    i men hithuga jehe iru naya ge hithuga maa bodah jeheyne . Nuk ves Varah bodah sadvi 💔😭
    Kivetha edhe mihunah abaduu dhera goy vani ☹️
    next part ah inthi zaaru kuraanan !
    Good Luck for ur term test 🙂
    LY Rifoo ❤️

  4. Laura says:
    April 14, 2024 at 2:02 pm

    Mi part vx varah reethi masha Allah
    Kon irakun next part kiyaalan libeyni
    Term test othyma maa vaahaka dhigu kurevey kan nei 😅
    Ehen v ma mi bunee kuru koh..
    Vaahaka varah vx reethi
    And love you rifoo

    1. RIFSHA says:
      April 16, 2024 at 5:16 am

      Thank you Laura ☺️☺️
      Hehe rifoo ah vx maa vhk dhigu kurevey kah nei..
      Once again thank you Laura
      Love you more Laura Darla<3

  5. Rauha says:
    April 14, 2024 at 3:23 pm

    Hey Rifoo
    Mi part ves varah reethi ingey
    Kurin part ah vx comment eh kohnulevun dho.term test ga buxy kamun ingey eii
    Laura buni hen ehen v ma mi bunani kuru koh hehe
    Mi part hama varah reethi.ingey tha rau ah rovevuny ey nuk rouneema so sad 😭😭
    Plz plz nuk ge mom maraa nulahche
    Curiosly waiting for the next part Rifoo
    Love you Rifoo 💖💖

    1. RIFSHA says:
      April 16, 2024 at 5:19 am

      Hey rauha
      Yh comment eh nukohlevun dho.rifoo ah vx reply dhevuny maa fahun.hama rifoo vx buxy v ma 🤭😊
      Ehen tha??ehen v ma rifoo ah mi kudhin rovveny dho🤭
      Ahaha Hingaa dho vaa goi balaalan dhen
      Mihaaru mi ulheny submit kohlan
      Love you more rauha<3

  6. ifoo says:
    April 15, 2024 at 11:49 pm

    maasha allah vv reethi mi part vs.when nxt part kiyaalan libeynee??

    1. RIFSHA says:
      April 16, 2024 at 5:20 am

      Thanks ifoo
      Next part submit kohlan mi ulheny
      Next part in sha Allah admin team in upload kohlihaa avahakah kiyaalan libeyne

Comments are closed.



All Right Reserved!