Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ކުށަކީ ކޮބާ – 17

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
April 16, 2024 5 Mins Read
0 Comments

މައިރީން މާދަމާ ރީމާ ގާތަށް ދިޔުމަށްފަހު ކަންތައް ކުރާނެ ގޮތާ މެދު ވިސްނަން އޮއްވައި އޭނާގެ ދިގު އެސްފިޔަތަކަށް ބަރުވާން ފެށިއެވެ.

***ޕާޓް 17***

ޖެހިގެން އައި ދުވަހެވެ. މައިރީންއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށްށެވެ. ފޯނަށް ބަލައިނުލައި ނިދީގައި ހުރެ އޭނަ ފޯނު ކަންފަތުގައި ޖައްސާލިއެވެ. ” ލަވް ފަތިސް ނަމާދު ކޮށްފިންތަ؟؟ ” ޔާދިން އަހައިލިއެވެ. ޔާދިންގެ އަޑުޖެހުމުން މައިރީންގެ ނިދި ފިލައިގެން ދިޔައެވެ. ހީލަމުން މި ހޭލީއޭ ބުނެ ފަހުން ގުޅާނަން ކަމަށް ބުނެ ފޯނު ކުރުކޮށްލިއެވެ. މައިރީން ހޭލުމުން އައިނާވެސް ހޭލިއެވެ. ދެކުދިން ނަމާދުކޮށްގެން ކޮޓަރިން ނިކުތް އިރު ފިޒާއާއި ހައިލިޔާ ނުހޭލައެވެ.

އެގޭގައި ޓެރަހެއް ހުރުމުން މައިރީންމެން ބޭނުންވީ އެތަން ބަލައިލަންދާށެވެ. ފަޒާގައި ފަތިހުގެ ފިނިކަން ހިފައިލައިފައިވެއެވެ. ޓެރެސް ޒީނަތްތެރި ކުރެވިފައިވަނީ ރަތާއި ފިޔާތޮށިކުލައިގެ ފިނިފެންމަލުންނެވެ. އެތަން ފެންނަ ކޮންމެ މީހެއްގެ ހިތައް ހަމަޖެހުން ގެނެސްދޭހާ ހިތްގައިމެވެ. އެހައި ހެދުނުވެސް މާލޭގައި މީހުން ގިނައެވެ. ދެކުދިން ދިޔައީ ރީމާގެ ހާލަތާއި މެދު މަޝްވަރާކުރަމުންނެވެ. އަދި މިއަދު ދާއިރު ރީމާއަށް ކަމުދާ ފަދަ އެއްޗެއް ގެންދަން ދެކުދިން އެއްބަސްވިޔެވެ.

ދެކުދިން އެޕާޓްމެންޓަށްދާން ވިސްނީ ޓެރަސް މައްޗަށް އަވިއަރަން ފެށީމައެވެ. ޝާޒިޔާ ސައި ހަދަން އުޅޭތީ ދެކުދިން އެހީވެދިނެވެ. ” މާޝާ ﷲ އަލަށް އަދި ކިޔަވަން އަންނަ ކުދިން ދައްތައަށް އެހީވެދެނީ.. ދައްތަގެ އަމިއްލަ ދަރިފުޅުވެސް ހޭލާނީ މެންދުރުވާއަތަށް އެޅީމަ.. ތި ކުދިންނަށް އުދަނގޫވަންޏާ ދައްތަގެ މައްސަލައެއް ނެތް ދިޔަޔަސް އިނގޭ!. ” ޝާޒިޔާ ހީލަމުން ބުނެލިއެވެ. ” އަޅުގަނޑުމެންނަށް އުނދަގޫވަންޏަކާ ނާންނާނެ އެއްނުން.. މީ އެއްވެސް ކަމެއް ނޫން ދައްތާ.. އަޅުގަނޑުމެން ރަށުގައި އުޅޭ އިރުވެސް ފަތިސް ނާމަދަށް ހޭލާފައި ނުނިދަމޭ..” މައިރީން އަވަހަށް ބުނެލިއެވެ. ޝާޒިޔާ އެހެންހޭ ބުނުމަށްފަހު ފިރެހެން ކުދިންނަށް ސައިހެދިފައި ހުރިކަން އަންގަން ދިޔައެވެ. އޭރު މައިރީންއާއި އައިނާ ތަށިތައް ދޮންނަނީއެވެ.

” ކުޑާ މަސައްކަތް ކުރާ ކުދިންކޮޅެއްވެސް ގެނައީތަ؟؟ ” އަޑުއައީ މައިރީންމެންގެ ފަހަތުންނެވެ. އޭރު ލާނެތް ގޮތަކަށް ހީލައިގެން ހުސްގަޔާ ކާގޭގެ ދޮރުގައި ލެގިލައިގެން ޒުވާނަކު ހުއްޓެވެ. މައިރީންއަށް މިތަން ފެނުމުން ލަދުން އިސްޖަހައިލިއެވެ. އައިނާ ހުރީ ދެބުމަ ގޮއްޖަހާލައިގެންނެވެ. ހާދަ ލަދުކުޑަ މީހެކޭ އޭނަ ހިތައް އެރިއެވެ. ” ލައިތް ތީ ކޮންކަމެއް؟؟ ދޭބަލަ އެއްޗެއް ލައިގެން އަންނަން.. މަގޭ މަންމައަށް ފެނިއްޖެއްޔާ ކީކޭ ހިތަށް އަރާނީ ” ލައިތްގެ ފަހަތުގައި ހުރި ޝިޔާން ހިތްހަމަނުޖެހިފައި ހުރި ބުނެލިއެވެ. އެއާއިއެކު ދެ އަންހެންކުދިންނަށް ބަލައިލުމަށްފަހު އެއްލޯ މަރައިލަމުން ލައިތް އެތަނުން ދިޔައެވެ.

” އެއީ އޭނަގެ ގޮތް އެއްޗެކޭ ހީނުކުރައްޗޭ..” ޝިޔާން ބުނެލީ އައިނާއާއި ދިމާލަށް ބަލައިލަމުންނެވެ. އައިނާ އެއްޗެކޭ ބުނުމެއްނެތި އެތަނުން ދާން ހިނގާގަތެވެ. މައިރީންވެސް ޝިޔާންއާއި އެކީ އެކަނި ނުހުންނަންވެގެން އައިނާގެ ފަހަތުން ކުޑަކޮށް ދުވެލައިފައި ދިޔައެވެ. ” ވަޓް އަ ކްރީޕް ” އައިނާ ހިތްހަމަނުޖެހި ހުރެ ބުނެލިއެވެ. މައިރީންއަށް އައިނާ އެހެން ބުނީ ޝިޔާން އޭނައާއި ދިމާލަށް މާވަރަކަށް ބަލާތީކަން އެނގުމުން ހޭން ފެށިއެވެ. ” ވެދާނެ ޝިޔާން އައި ދެކެ ލައިކް ވަނީ ކަމަށް ” އައިނާ ރުޅިއައިސްފައި ހުރުމުން އިތުރަށް ރުޅިއަރުވައިލުމުގެ ގޮތުން މައިރީން ބުނެލިއެވެ. އެއާއެކު މައިރީންގެ ކޮނޑުގައި އައިނާ ބޮޑިއެއް އަޅައިލިއެވެ.

އިރުކޮޅަކުން ޝާޒިޔާ އައިސް ހައިލިޔާއަށާއި ފިޒާއަށް ގޮވައިލިއެވެ. އަދި ސައިބޯން އައުމަށް އެދިފައި ދިޔައެވެ. ފިޒާ އާއި ހައިލިޔާ މޫނު ދޮވެލައިގެން ނިދާ ހެދުން ބަދަލު ކުރުމެއްނެތި ދިޔައެވެ. އެކުދިން ލައިގެން ހުރީ އަތްކުރު ޓީޝާޓް ކޮޅަކާއި ކިރިޔާ ފައިގެ ފަލަމަސްގަނޑު ނިވާވާފަދަ ސޯޓުކޮޅެކެވެ. އެފަދަ ހެދުމެއް ލައިގެން ފިރެހެންކުދިންގެ ކުރިމައްޗަށް އަރަން ލަދު ނުގަންނަ ކަމޭ މައިރީންގެ ހިތަށް އެރިއެވެ. މައިރީންމެން އެދެކުދިންނާއިއެކު ކޮޓަރިން ނިކުތެވެ. އޭރު ލައިތް، ޝިޔާންގެ އިތުރުން އެހެން ކުއްޖެއް ސައިބޯންއިނެވެ. ފިޒާ ހުރިގޮތް ފެނި ޝިޔާންގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނިގެންދިޔެއެވެ.

” ފިޒް ކޯއްޗެއް ލައިގެން ތިހުރީ.. ހެދުން ބަދަލު ކުރަން ހަމަ މިހާރު ދޭ.. ބަލާބަ އަލަށް އައި ކުދިން.. އެހެން ހެދުން އެޅީމަ ކިހާ ރީތި.. ” ޝިޔާން ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ. ” ޕިސް ޝިޔާނު ދައްކާ ވާހަކަ ދެން.. އެހެން ހުރީމަ ކިހާ ސެކްސީ.. ދެން މިހުރި ދެމީހުންގެ ފިގާ އެއް ކީއްކުރަން އިސްތަށިގަނޑު އޮންނަ ގޮތެއްވެސް ނޭނގެ.. އީދަށް ފޮތި މާއްޔަށް ވާން މި ދެމީހުން ރަނގަޅުވާނެ.. ” ލައިތް މަލާމާތް ކުރާ ފަދައިން ހެމުން ބުންޏެވެ. އެއާއެކު ފިޒާ ޝުކުރުވެރި ނަޒަރަކުން ލައިތްއަށް ބަލައިލިއެވެ. ލައިތް ފިޒާއާއި ދިމާލަށް އެއްލޯ މަރައިލިއެވެ.

އައިނާ ހުރީ ލައިތް ކީ އެއްޗެހިން ރުޅިއައިސް ރަތްވެފައެވެ. އައިނާ އެއްޗެކޭ ބުނަން އުޅުމުން މައިރީން އޭނާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ހިނގައިގަތެވެ. މައިރީންވެސް ހުރީ ރުޅިގަދަވެފައެވެ. ނަމަވެސް ނުދަންނަ ބަޔެއްވީމަ އޭނަ އެއްޗެކޭ ބުނަން ބޭނުން ނުވީއެވެ. އައިނާ އެކަމާ ޝަކުވާކުރުމުން ފަހުން އެމީހުނަށް ވިސްނޭނެކަމަށް ބުނެ މައިރީން އެހެން ވާހަކަ އެއް ފެށިއެވެ.

” ދެޓް ވޯސް ރޫޑް ލައިތް.. ވަޓްސް ރޯންގް ވިތް ޔޫ..” ހިތްހަމަ ނުޖެހި ހުރެ އެގޭގައި ކިޔަވަން އުޅޭ ކުއްޖެއް ކަމުގައިވާ ޒާކިން ބުނެލިއެވެ. ” ކަމްއޯން އަހަރެން މަޖާކޮށްލީ އޭ އަޅެ.. ” ލައިތް ޗޮކެއް ކަޑާލަމުން ބުންޏެވެ. އަދި ޝާޒިޔާ އައުމުން އަވަހަށް ސައިބޮއި ނިންމާލަމުން ހިގައްޖެއެވެ. ޝިޔާން އިނީ އޭނާގެ ކޮށްކޮގެ އުޅުން ފެނި ލަދުގަނެފައެވެ. އަދި އޭނާގެ އެކުވެރިޔާގެ އުޅުމާއިމެދު ބޯ ގޮވާފައެވެ.

ހަވިރުގެ ވަގުތެވެ. މައިރީން އާއި އައިނާ ދިޔައީ ރީމާ ގާތަށް ދިޔުމަށްޓަކައި ތައްޔާރު ވަމުންނެވެ. ހައިލިޔާ އާއި ފިޒާވެސް ތާކަށް ދާން ތައްޔާރު ވާން އުޅެއެވެ. އައިނާ ހުރީ މިއަދު ހެދުނު ވީ ކަންތަކުން އެ ދެކުދިންނާއި ވާހަކަ ދައްކަން ފޫހިވެފައެވެ. އައިނާ ޝޯލް އަޅައި ނިމުންއިރު މައިރީން މޭކަޕް ކުރަނީއެވެ. ދެކުދިން ތައްޔާރުވެ ނިމުންއިރު ހަތަރެއް ޖަހާފިއެވެ. މައިރީންމެން ރާވައިގެން ހުރީ ރީމާއަށް ހަދިޔާއެއް ގަތުމަށްޓަކައި ކުޑަކޮށް ވިޔަފާރި ކޮށްލަންދާށެވެ. އެހެންކަމުން މަޔާންއަށް ގުޅާ އައުމަށް އެދުނެވެ.

ދެކުދިން ކޮޓަރިން ނިކުންއިރު ތިން ފިރެހެން ކުދިން ފުޓްބޯޅަ މެޗެއް ބަލަން ސޯފައިގައި ވެޑްވެފައި އޮތެވެ. ޝިޔާން އަންހެންކުދިންގެ ކޮޓަރީގެ ދޮރު ހުޅުވައިލުމުން އެދިމާލަށް ބަލައިލިއެވެ. އެއާއެކު އޭނައަށް ހީވީ ތަލިން ކުޅުހިކުނުހެންނެވެ. އައިނާ ހުރީ ބޭބީ ޕިންކް ކުލައިގެ ކަކުލާއި ހަމައަށް އަރާ ހެދުން ކޮޅަކާއި ކަޅުކުލައިގެ ވައިޑް ލެގް ޖީންސްއެއް ލައިގެންނެވެ. ބޭބީ ޕިންކް ކުލައިގެ ޝޯލްއެއް އަޅާފައި ހުރި އިރު އެ މޫނާއި ގުޅޭގޮތަށް ލުއި މޭކަޕްއެއް ކުރެވިފައިވެއެވެ. މައިރީންގެވެސް ހުދުމާއި ޝޯލް ހުރީ އައިނާއެކޭ އެއްފަދައިން ބޭބީ ޕިންކް ކުލައިގައެވެ. ތަފާތަކީ ކަޅުކުލައިގެ ވައިޑް ލެގް ޖިންސްގެ ބަދަލުގައި މައިރީން ޑަސްޓީ ޕިންކް ކުލައިގެ ވައިޑް ލެގް ޖިންސްއެއް ލައިގެން ހުރިކަމެވެ. ދެކުދިންވެސް ޝޯލް އަޅާފައިވަނީ އެއްގޮތަކަށްށެވެ. މައިރީންގެ ކޮނޑުގައި މަޑު ފިޔާތޮށިކުލައިގެ ފިނިފެންމާތަކެއް ޖަހާފައިވާ ދަބަހެއް އޮތެވެ.

” ފިޔާތޮށިން ފެންވަރައިގެން ތިބި ބަޔެއްތަ މީ.. ތިމީހުނާ ގުޅޭނީ ކަޅު ކުލައިގެ މަސައްކަތް ކުރާ ކުދިން ލާ ހެދުން.. ” ލައިތް އޭނާގެ ދިމާކުރާ ރާގުގައި ބުނެލިއެވެ. ނަމަވެސް އޭނާގެ ހިތާހިތުން އެކުދިންގެ ރީތި ކަމަށް ތައުރީޕް ކޮށްލިއެވެ. ” ނޯވަން އާސްކްޑް ފޯރ ޔުއާރ އޮޕީނިއަން ޖާރކް.. ” މައިރީން އެހެން ބުނުމުން ލައިތްގެ އިތުރަށް އައިނާވެސް ހައިރާންވިއެވެ. ލައިތްގެ އަނގަ ވަގުތުން ލެއްޕުން ފަދައެވެ. އެއާއެކު ޒާކިންގެ އެއްމިޔަކަނުން ހީލިއެވެ. މަޔާން އެތަނަށް އައުމުން މައިރީންއާއި އައިނާ އޭނާގެ ފަހަތުން ދިޔައެވެ.

” ޕިސްޕިސް ދުވަހަކު ތިމީހުނަށް ރަނގަޅު އެއްޗެއް ނުފެނެއެއްނުން.. ހަމަ އަތް ކާއްތާލަ ކާއްތާލަ އެބަ ހުރޭ.. ” މަޔާން ފޫހިވެފައި ހުރެ ބުނެލިއެވެ. އޭނަ ހުރީ ދެ އަންހެންކުދިން ގޮވައިގެން އާދެވުނު މޮޔަ ހިތަށް އަރާފައެވެ. ” ދޮންބޭ، މައި ބޭނުންވަނީ ރީއަށް ހުރިހާ ގޮތަކުން ފުރިހަމަ ހަދިޔާއެއް ދޭންނޭ.. ” މައިރީން އަކުރުތަކަށް ދަމާލަމުން ބުނެލިއެވެ. މަޔާން ޕިސްޕިސް ލައްވަމުން އެތަނުން ދިޔައެވެ. އެންމެފަހުން މައިރީން ގަތުނީ ކެންވަސްއެކެވެ. އައިނާ ފެންކުލަ އާއި އެހެނިހެން އެއްޗެހި ގަތުނެވެ.

ދެކުދިން ހޮސްޕިޓަލަށް ދިޔައީ އެ އެއްޗެހި ޕެކް ކޮށްގެންނެވެ. މައިރީން ކެންވަސްގެ އިތުރުން މާބޮޑިއެއް ގަތުނެވެ. ރީމާ އޮތް ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމުން ދޮރު ހުޅުވީ ރީމާގެ ދޮންބެ ކަމުގައިވާ ޖަނާންއެވެ. ދެކުދިން ފެނުމުން ހީލައިފައި ވަންނަން އެދުނެވެ. ރީމާ އެނދުގައި އޮށޯވެގެން އޮތް އިރު އޭނާގެ އަތަށް އައިވީ އާއި ލޭގުޅާފައި އޮތެވެ. އޭނާގެ ނޭފަތަށް ވަނީ ނާސަލް ކެނިޔުލާރއެއް ގުޅާފައެވެ. އެ މޫނު މަތިން ފެނިގެންދަނީ ވަރުބަލިކަމެވެ. އެހެންނަމަވެސް އެކުވެރިންކޮޅު ފެނުމުން އެ މޫނު މަތިން ފަޑު ހިނިތުންވުމެއް ފެނިގެންދިޔައެވެ. ރީމާ އެހާލުގައި އޮއްވާ ފެނުމުން ކިތަންމެ ދެރަވި ނަމަވެސް އެކަން އެކުދިން ހިނިތުންވުމެއްގެ ފަރުދާގެ ފަހަތުގައި ފޮރުވާލިއެވެ. ރީމާ ފެނުމުން މައިރީން ދުވެލާފައި ގޮސް އެ ހަށިގަނޑުގައި ވަރަށް ބަލައިގެން ތަދުނުވާނެ ފަދައިން ބައްދާލިއެވެ.

އިރުކޮޅަކު އެހެން ހުރުމަށްފަހު މިއީ ރީ އަށް ގެނައި އެއްޗިއްސޭ ކިޔާ، މައިރީން ގަނައި އެއްޗެހި ދިނެވެ. އަދި ރީމާ އެއަށް ބަލަން ހުރުމުން އަވަހަށް ކަނޑަން ބުންޏެވެ. މައިރީން ބުނާކަންތައް ކުރީމަ ނޫނީ ނުހުއްޓާނެކަން އެނގުމުން ރީމާ ހީލަމުން ކުޑަކޮށް ބޯހޫރުވާލައިފައި މައިރީން ގެނައި ޕާރިސަލް ކަނޑާލިއެވެ. އެއާއިއެކު އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ” ހޭ.. ރީ.. ޑޫ ޔޫ ލައިކް ދި ގިފްޓްސް.. އެންޑް ބަލާ ހެދުން ރީތި ތަ؟.. ” އައިނާ ދެފަރާތަށް އެނބުރެލަމުން އަހައިލިއެވެ. އެއާއެކު ރީމާ ހިނިތުންވެލަމުން ބޯޖަހައިލިއެވެ.

އައިނާއާއި މައިރީން މިއަދު ހުސް ފިޔާތޮށިކުލަ ބޭނުންކުރީ އެއީ ރީމާއަށް އެންމެ ކަމުދާ ކުލައަށް ވީމައެވެ. އެކުވެރިޔާއަށް ގެއްލިފައިވާ ހިތްވަރު ހޯދައިދޭން އެކުދިން ބޭނުންވިއެވެ. ޖަނާން ކައިރީ އެހުމަށްފަހު ފުރޮޅުލީ ގޮޑީގައި ރީމާ ބޭރަށް ނެރުނެވެ. އަދި ބަގީޗާއެއް ކައިރިއަށް ގޮސް އެތަން ކުރަހަންވީއެއްނުންހޭ އައިނާ އަހައިލިއެވެ. މައިރީން ރީމާއަށް ފަސޭހަވާނޭ ފަދައިން ކެންވަސް އާއި ފެންކުލަ ބެހެއްޓިއެވެ. އެކުވެރިން އޭނައާއި ހެދި އުޅޭވަރުން ރީމާގެ ހިތަށް ފިނިކަމެއް ވެރިވިއެވެ.

އައިނާ ރީމާއަށް ނަސޭހަތްދޭން ފެށިއެވެ. އަމިއްލަ ނަފްސަށް އަނިޔާ ކުރުމަކީ ބޮޑުވެގެންވާ ފާފައެއް ކަމުގައި ބުނީ މައިރީންއަށާއި ރީމާއަށް ބަލައިލަމުންނެވެ. އަދި އަމިއްލައަށް މަރުވާ މީހުނަށް ސުވަރުގެ ނުވަދެވޭނެކަމަށް ބުނެ ވިސްނައިދިނެވެ. އައިނާގެ ވާހަކަތަކުން ދެކުދިންގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ދެކުދިންނަށްވެސް ފާފައެއް ކުރެވުން ކަމުގެ އިހްސާސް ކުރެވުނެވެ. އައިނާގެ ވާހަކަތަކާއި މެދު ފުންކޮށް ވިސްނައި އެފަދަ ކަމެއް ނުކުރާން ދެކުދިން ހިތުގައި އަޒުމް ކަނޑައެޅިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ޝަކުވާ 6

Next

ނޭނގި ވެވުނު ލޯބި 2

Next
April 16, 2024

ނޭނގި ވެވުނު ލޯބި 2

Previews
April 14, 2024

ޝަކުވާ 6



All Right Reserved!