Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަ

އިންސާނިއްޔަތަށްވެސް ތިކުރީ މަލާމާތޭ..

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 11, 2024 6 Mins Read
7 Comments

މިވާހަކައަކީ 04/04/2024 ގައި އއ.ރަސްދޫގައި ހިނގި ބުލީގެ ހާދިސާއާއި ގުޅުވައިގެން އަޅުގަނޑު ލިޔުނު ވާހަކައެެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކަކީ އަސްލު ނަންތަކެއްނޫނެވެ.

*******

އިރު އޭގެ ރަންދޯދިތަށް ދުނިޔެއަށް ދަށްކާލިއެވެ. މުޅި ހިސާބުގައި ދޫނި ސޫފާ ސޫފީގެ އަޑު ލުއި މިއުޒިކެއްފަދައިން ދިޔައީ އިވެމުންނެވެ. އަނެއްކާވެސް އާ ދުވަހެއް ފެށުނީއެވެ. އެއްބައެއްގެ ހަޔާތުގައި އުފާވެރި ކަމުގެ ކުލަ ޖައްސަމުންނެވެ. އަނެއް ބައެއްގެ ދިރިއުޅުމުގައި ހިތާމަވެރިކަމުގެ ސާލެއް އޮޅާލަމުންނެވެ. ފަތިސް ނަމާދުކޮށްގެން އަހިސް އެނދުގައި އޮށޯއޮތް ގޮތަށް އަހަރެން އަދިވެސް މިއޮތީ އެނދުގައެވެ. އަހަރެންގެ ނަޒަރު ސީލިންގްއާއި ދިމާލަށް ހުއްޓިފައި ވީ އިރު ސިކުނޑި ތެރޭގައި ދިޔައީ ބޮޑު ހައިޖާނު ގަނޑެއް އުފެދެމުންނެވެ. ދެލޯމަރާ ތަގުޅި ކޮށްލަމުން އަހަރެން އަނެއްފަރާތަށް އެނބުރި ނިދޭތޯ ދެލޯ މަރާލީމެވެ. ނަމަވެސް ދެލޯ މަރާލާއިރަށްވެސް ސިފަވަނީ ހަމަ އެމަންޒަރެވެ. މުޅި ގައިގައި ފިރުމާލެވުނީ ހަށިގަނޑުގައި އަދިވެސް ދިލަ ނަގާހެން ހީވާތީއެވެ. އަހަރެންގެ ދެލޯ ކަރުނައިން ފުރި ބާރުވީ އިރު ހިތް ފުނޑު ފުނޑު ވަމުންދާ ކަހަލަ އިހުސާސެއް ދިޔައީ ކުރެވެމުންނެވެ.

އަދި އެހާދިސާއަށް ފަހު ހަފްތާވެސް ނުވެއެވެ. އެއީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހެވެ. އާއިލީ އެއްވުމަކަށް އަހަރެން ހުރީ އއ ރަސްދޫއަށް އައިހެވެ. އެއީވެސް ހަމަ އާދައިގެ ރެއެކެވެ. އަހަރެން އެރޭވެސް ދިޔައީ ތަރާވީސް ނަމާދަށެވެ. އިޝާ ނަމާދުކޮށްލުމަށް ފަހު އަހަރެން ނުކުތީ ބޭރަށެވެ. ބޭރަށް ނުކުން އިރު އެތާ ތިބި ރަސްދޫ ކުދިން ކޮޅަކާއި އަހަރެން ވާހަކަ ދައްކާލީމެވެ. ވާހަކަ ދެކެވުނީ ރާއްޖޭގެ ބާރުގަދަ ކުށް ކުރާ ގޭންގުތަކާ ގުޅޭގޮތުންނެވެ.

[މިރަށުގައި އޮވޭ ވަރަށް ވަރުގަދަ ގޭންގެއް. މަތިވެރީގަ އޮވޭތަ އެކަހަލަ ގޭންގްއެއް؟] ވާހަކައިގެ ތެރެއިން ނިޔާން އަހާލިއެވެ. [އާން [ކުޑަހެންވޭރު] ނަމަކަށް ކިޔާ ގޭންގްއެއް އޮވޭ.] އަހަރެން ބުނެލީމެވެ. [ޕިސް ތިދެން އަޅެ ގޭންގްއަކަށް ކިޔާ ކަހަލަ ގޭންގެއެއްވެސް ނޫނެއްނުން. ކުޑަ ކުޑަ ގޭންގްއެއް. ހެއްސަ ކަޑަ ބައެއްއެއީ. މިރަށުގަ އޮންނާނެ [ވޯންޓަޑް] ކިޔާ ގޭންގްއެއް. ދޭ ރޫލް ދި ހޯލް އައިލެންޑް] އަލްޝަމް ވެސް އެމީހުންނާއި ބައިވެރި ވަމުން ބުނެލިއެވެ. [ތިދެން ވަކި ގޭންގްއަކަށް ކިޔާ ގޭންގްއެއްދޮ؟ ހަމަ ކަޑަ] އަހަރެންވެސް ބުނެލީމެވެ. ވާހަކަ އެހިސާބުން ކުރުކޮށްލަން ޖެހުނީ ތަރާވިސް ފެށުމުންނެވެ. އާދައިގެ ހިނގުމެއްގައި އަހަރެންވެސް ގޮސް ނަމާދަށް އެރީމެވެ.

އަހަރެން ނަމާދަށް އަރާ ހުރީމެވެ. ނަމާދު ކުރުމުގެ ތެރެއިން މީހަކު އަހަރެންގެ ގިރުވާނުގައި ހިފާ ސަފުން ބޭރުކުރިއެވެ. ދަމަމުން ކަހަލަގޮތަކަށް އަހަރެން ނެރެ އަހަރެންގެ ގައިގައި ބާރަކަށް ޖެހިއެވެ.

[ހަމަ މިހާރު ދޭ ފާހަނަޔަށް!!] ފުރަތަމަވެސް އޭނާ ކޮށްލީ އަމުރެކެވެ. [ނޫން ނޫން.. ތީ ކާކު؟] އަހަރެންގެ އަޑުގައި އޭރު މަޑު ތުރު ތުރެއް ހުއްޓެވެ. [ރީތިކޮށް ދާނީތަ ނޫނީ ގަދަކަމުން ގެންދަންވީތަ؟] އޭނާ އަނެއްކާވެސް އަހަރެން ގައިގައި ޖަހަމުން ބުނެލިއެވެ. ހިތާ ދެކޮޅަށް ނަމަވެސް އަހަރެން ހިނގައިގަތީމެވެ.

އޭނާގެ އިތުރުން 2 މީހުން އެތަނުގައި ތިއްބެވެ. އަހަރެންގެ ހިތުތެރޭގައި ބިރުވެރި ކަމުގެ ސާލެއް އޮޅާލިއެވެ. ކުރާނެ ކަމެއް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ އެތަނުން އެކަކު ވާހަކަ ދައްކަން ފެށިއެވެ.

[އޭ ކަލޭ ކޮން ފުއްޕުމެއް ތި ފުއްޕަނީ؟ ކަލޭ ނުޖެހޭ ވޯންޓަޑް އޭ ކިޔައިގެން އެއްޗެހި ކިޔާކަށް! ކުޑަހެންވޭރު ނޯންނާނެ، ގެއަށް ނައްޓާލާ!] އެތަނުން އެކަކު ބުނެލިއެވެ. އަހަރެންގެ ހަށިގަނޑު އޭރު ރޫރޫ އަޅައެވެ. [ކަލޭމެންހާ ** އެއް ނުވާނެ އިނގޭ އަހަރެމެނެއް! ދެން އެހެންވެ ކޮން އަނގައެއް އަރުވާކަށް؟؟!] ދެން އޭނާ ކައިރީ ހުރި މީހާ އަހިސް އަހަރެންގެ ގިރުވާނުގައި ހިފާ ކަންކަށި މަތީގައި ޖަހަމުން ބުނެލިއެވެ. މުޅި މޫނު މައްޗަށްވެސް ދިލައަރައިގެން ދިޔައެވެ. [ދެން އެހެން ނުކިޔާނަން..] ބިރުން ރޫރޫ އަޅާ ހާލު އަހަރެންނަށް ބުނެވުނެވެ. [ދެން އެހެން ނުކިޔާނަން..] ތަކުރާރުކޮށް އަހަރެންނަށް އެހެން ބުނެވުނެވެ. [ނުކިޔާނަން؟ ޔަގީން؟] ފުރަތަމަ އަހަރެން ކައިރިއަށް އައި މީހާ އަހަރެންނާ ކައިރިއަށް ޖެހިފައި އަހާލިއެވެ. އެއަށް ފަހު ގޮށް މުއްކަވާފައި އަހަރެންގެ ގައިގައި ތަޅަންފެށިއެވެ. އަދި އެވަރުން ނުފުދިގެން އަހަރެންގެ އަތުގައި އޮތް ފެންފުޅި އަތުލާ އަހަރެންގެ ބޮލަށް އެ ފެންފުޅި އޮއްސާލިއެވެ. ގޮށް މުއްކަވާފައާއި ކޮޅުފައިން އަހަރެންގެ ގައިގެ އެތަންމިތާ އެމީހުން ތަޅަމުން ދިޔައެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުންނާއި، ގަންފައިވީ ބިރުން އަހަރެންނަށް ރޮވެން ފެށުނެވެ. [ހުއްޓާލާ ނޫނީ ލަޑާނަން!! ހުއްޓާލާފަ ސޮރީއޭ ބުނޭ!!] އަހަރެން ރޯން ފެށުމުން އެތަނުން އެކަކު އަމުރުކޮށްލިއެވެ. [ސޮރީ…] އަވަސް އަވަހަށް އަހަރެން ބުނެލީމެވެ. [ބުނޭދެން ވޯންޓަޑްއޭ ކިޔައިގެން *** ނުކިޔާނަމޭ!!!] އަހަރެންނާއި ދިމާލަށް އިނގިލިދިއްކޮށްގެން ހުރެ އަނެއްކާވެސް އޭނާ ބުނެލިއެވެ. ]ދެން ނުކިޔާނަން… ވޯންޓަޑްއޭ ކިޔައިގެން ނުކިޔާނަން އެއްޗެކޭ..] ރޮމުން ރޮމުން އަހަރެން ބުނެލީމެވެ. [ޔަގީން ނުކިޔާނަންކަން؟] އަނެއްކާވެސް އޭނާ އަހައިލިއެވެ. އަހަރެން އެއްބަސްވީމެވެ. އަހަރެން ހީކުރީ އެހިސާބުން އެމީހުން އަހަރެން ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް އެމީހުން ހުރީ އެކަން ނިންމާ ގޮތަކަށް ނޫނެވެ. [އަޅެ ޕްލީޒް.. ދެން ނުކިޔާނަން އެހެންނެއް. ކަލޭއަކަށް ނުހަދާނަން އެއްވިސް ގޮތެއް…] އަހަރެން ރުއި ރުއިމަކަށް ކުރި އާދޭހަކަށް އެއިން އެކެއްގެ ހިތަށްވެސް އަސަރެއް ކުރިހެންނެއް ހިޔެއްނުވެއެވެ. ދެން އިވުނީ ސަލާމް ދިންއަޑެވެ. [ދެފައި ޖަހާފަ އާދޭސް ކުރޭ!! ކުޑަ ކަކޫ ޖަހާފަ އާދޭސް ކުރެ!!] އޭނާ އަހަރެން ކައިރިއަށް ޖެހިލާފައި ބުންޏެވެ. ކުރާނީ ކީއްހެޔެވެ؟ އަހަރެންނަށް އަހަރެންގެ ހަށި ރައްކަލަށް ކުރެވޭނެ އެއްވިސް ކަމެއްނެތެވެ. ބަސްއަހާ ކުޑަ ކުއްޖެއްހެން އަހަރެން ކުޑަކަކޫ ޖަހާފައި އިށީނީމެވެ. [ނުކިޔައްޗޭ ދެން އެހެން!!] އަހަރެންގެ ބޮލުގައި ޖަހަމުން އޭނާ ބުނެލިއެވެ. [އާނ ދެން ނުކިޔާނަން] އަވަސް އަވަހަށް އަހަރެން ބުނެލީމެވެ.. ނަމަވެސް އެވަރަކުން އޭނާ ހިތް ހަމައެއް ނުޖެހުނެވެ. އަނެއްކާވެސް އަހަރެންގެ ބޮލުގައި ކޮޅުފައިން ޖެހިއެވެ. [އަޅެ ދެން މަ ދޫކޮށްބަލަ ހެޔޮނުވާނެ] ދެއަތް ޖޯޑުކޮށް ރޮއެ ގަންނަމުން އަހަރެން އާދޭސް ކުރީމެވެ.

އަނިޔާ ކުރި ވާހަކަ އެއްވިސް މީހެއްގާތުގައި ބުނެފިނަމަ އަހަރެން މަރާލާނެ ކަމުގެ އިންޒާރު ދިނުމަށްފަހު އެމީހުން ނުކުމެގެން ދިޔައީއެވެ. އޭރު އަހަރެންގެ ހަށިގަނޑުގައި ނުރިއްސާ އެންމެ ތަންކޮޅެއްވެސް ނެތެވެ. ކަރުނަތަށް ފުހެލުމަށް ފަހު ހަމައަކަށް އެޅިލަން މަސައްކަތް ކުރަމުން އަހަރެން ގެއާދިމާލަށް ހިނގައިގަތީމެވެ. ގެއަށް ދިޔަ މަގުމަތީގައިވެސް އެތަށް ގޮތަކުން އެމީހުން އަހަރެންނާއި ފޮށުނެވެ. އޭރު ކުރެވުނު ވަރު ވެސް ކުޑަވީ ކަންނޭގެއެވެ. އަހަރެން ގޮވައިގެން އެހެންތާކަށް ގޮސްވެސް އަނިޔާ ކުރަން އުޅުނެވެ. އަހަރެން ގާތުގައި ކައިރީ އޮތް ޕާރކަކަށް ދާންވެސް ބުންޏެވެ. ނަމަވެސް އަހަރެން ނޫނެކޭ ބުނެ ކޮއްކޮ ގޮވައިގެން އައީ ގެއަށެވެ.

ގެއަށް އަހިސް ވަނުމަށް ފަހު އަހަރެންނަށް ދޫކޮށްލެވުނީ ފިނި ނޭވާއެކެވެ. މިރޭ މިއީ އަހަރެންނަށް ވަރަށްވެސް ހާއްސަ ރެއެކެވެ. މަންމަގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޑަ ޕާރޓީ އެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. އަހަރެންގެ ސަބަބުން މަންމަގެ އުފާވެރި ދުވަސް ހަރާބު ކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެއްކުރަމުންދިޔައީ ކަށީގައިވެސް ނެތް ހިތްވަރު ނެރެގެންނެވެ. މިވަގުތު މަންމަގެ ފިރުމުންތަކަށް ފެން ބޮވައިގަންފައިވާ ވަރު އެކަކަށް ނޭނގުނަސް ހެއްދެވި ފަރާތް ދެނެވޮޑިގެންވެއެވެ. ނަމަވެސް…..

ޕާރޓީ ނިމިއްޖެއެވެ. އަހަރެންގެ މަގްސަދުވެސް ހާސިލް ވެއްޖެއެވެ. އަހަރެންނަށް ކަމެއްވީކަމެއް މަންމައަކަށް ނޭނގުނެވެ. މަންމަ ކައިރީ މިވާހަކަ ބުނަން ކިތަންމެހާވެސް ބޭނުންވިއެވެ. ނަމަވެސް އެމީހުން ދިން އިންޒާރު ހިތަށް އެރުމުންވެސް ގައިން ހީބިހި އަރައިގެން ދެއެވެ. ލޮލަކަށް ނިއްޖެއް ނައެވެ. ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެއްވާވަރެއް ނޫނެވެ. ބޮލުގަ އާއި ކޯތާފަތުގައި ކެއްނުވާހާ ރިހުމެއް ހުއްޓެވެ. އިންސާނިއްޔަތަކީ ކޮބައިކަންވެސް އެމީހުނަށް ނޭނގެނީ ބާއެވެ؟ ޕާރޓީވެސް ނިމުމުން އަހަރެންދެން މިރަށުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ބައްޕަކައިރިއަށް ރަށަށް ދާށެވެ. ބައްޕަ މެންދުރުފަހު ބަލާއަންނާނަމޭ ބުނުމުންވެސް އަހަރެން ބޭނުންވީ އޭގެ ކުރިން ރަށަށް ދާށެވެ. [މަންމާ.. އަހަރެން މިދަނީ ދެން އޮށޯންނަން.. އަހަރެން.. އަހަރެން ބޭނުމެއް ނޫން މާދަމާ ހުކުރަށް ދާކަށް.. އެތަން ވަރަށް ފޫހި..] އެހެން ބުނެލުމަށް ފަހު، މަންމަ އެއްޗެއް ބުނުމަށް ފުރުސަތު ނުދީ އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ.

ލާންޗު ކަނޑުގެ ލޮނުގަނޑު ކަފަމުންގޮސް މަޑުކޮށްލީ އއ.މަތިވެރިއަށެވެ. ރަށުގެ ބިމުގައި ފައި ޖައްސާލުމާއި އެކު އަހަރެންގެ ހިތަށް ހިތްހަމަ ޖެހުން ލިބުނެވެ. ގޭތެރޭ ހުއްޓަސް އެރަށުގައި ހުރި އިރު އަހަރެން ހުންނަނީ ސިހިސިހިއެވެ. އެމީހުން އަހިސް އަހަރެންނަށް އަނިޔާ ކޮއްފާނެ ކަމުގެ ބިރުވީ އަހަރެންގެ ހިތުގެ ހަމަ ޖެހުން ނަގާލާފައެވެ. ގެއަށް އާދެވުމާއި އެކު އަހަރެން ބޭނުންވީ ނިދާލަންށެވެ. އެއްޗެހިވެސް ބަދަލު ނުކޮށް އަހަރެން އޮށޯވެލީމެވެ. ހިނދުކޮޅެއްތެރޭ ނިދީގެ ފުން އާލަމަށް އަހަރެން ދަތުރު ކުރީމެވެ.

[މިޒްނާ.. މިޒްނާ…] ބަދިގެ ތެރޭގައި ކައްކަން ހުރި މިޒްނާ ސިހުނީ ރިޝްވާން އަހިސް އޭނާއަށް ގޮވަން ފެށުމުންނެވެ. ރިޝްވާންގެ މޫނު މަތީގައި ހުރި ނުތަނަވަސް ކަމުން ކޮންމެސް ބޮޑު ކަމެއް ވެއްޖެ ކަމަށް މިޒްނާގެ ހިތުގެ ކަނަކުން ބުނެލިއެވެ. [ކިހިނެތްވީ؟] ކުރަން ހުރި މަސައްކަތް ހުއްޓާލަމަމުން ރިޝްވާންއަށް ހުރިހާ ސަމާލުކަމެއް ދެމުން މިޒްނާ އަހާލިއެވެ. ރިޝްވާން ފުން ނޭވާއެއް ދޫކޮށްލިއެވެ. މި މަންޒަރު ފެނުމުން އޭނާގެ ލޯބިވާ އަނބިމީހާއަށް ވާނެ ގޮތެއްވެސް ނޭނގެއެވެ. ހުދު ރިޝްވާންވެސް އެހުރީ ގަބޫލު ކުރަން ދަތިވެފައެވެ. ބައްޕަގެ ހިތަށް މިހާ އަސަރު ކުރާ އިރު މައިލަނގޮޑިއަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟
[ބަލާބަލަ މި ވީޑިއޯ..] މިޒްނާއަތަށް ފޯނު ދެމުން ރިޝްވާން ބުނެލިއެވެ. މިޒްނާގެ ދެލޯ ދިޔައީ ބޮޑުވެގެންވެ. ދުލަށް އައިހާ ހުތުރު ބަހެއް ގޮވަމުން، ގޮށް މުއްކަވާ އަނިޔާ ކުރަމުން އެދިޔައީ އޭނާގެ ދަރިފުޅު ނޫން ދެން އެހެން ކާކަށް ހެއްޔެވެ؟ އަތްފައި ފިނިވެގެން ދިޔައިރު މުޅިގައި ހީބިހި ނަގައިގެން ދިޔަ ކަހަލަ އިހުސާސެއް މިޒްނާއަށް ކުރެވުނެވެ. ކަކުލު ހުޅުން ވާގި ދޫވާހެން ހީވުމުން މިޒްނާއަށް އިންތަނަށް ތިރިވެވުނެވެ. [މީ..މީ…މީ މިފްޒާލްތަ؟] އެހެން ބުނެވުނު އިރު މިޒްނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެހާ އިހާނަތިކޮށް އަމިއްލަ ދަރިފުޅަށް ބަޔަކު އަނިޔާ ކުރާތަން ބަލަން ކެއްވާނީ ކޮންމަޔަކަށް ހެއްޔެވެ؟ ރިޝްވާންއަށް ހަމައެކަނި ކުރެވުނު ކަމަކީ ބޯޖަހާލުމެވެ. [ތިން ހަތަރު ފަހު ތިއީ މިފްޒާލްތޯ ޔަގީން ކުރަން އަހަރެން ތި ވީޑިއޯ ބެލިން..] އޭރު ރިޝްވާންގެ ދެލޯވެސްވީ ފެންކަޅިވެފައެވެ. ނަމަވެސް ރިޝްވާން ދިޔައީ އޭނާއަށް ކުރެވުނު އެންމެ ފުން ދަރަޖައަށް ކެއްކުރަމުންނެވެ. ކެއްނުވެގެން މިޒްނާ އެވީޑިއޯ ނިއްވާލިއެވެ. އެހާވޭނުގައި ބަނޑުއަޅާ ވިހޭ ދަރިފުޅު ރޯތަން ފެނުމުން މިޒްނާގެ މައި ލަނގޮޑިއަކަށް ކެތެއް ނުވިއެވެ. [ހިނގާ.. ހިނގާ މިފްޒާލް ގާތު އަހަންދާން..] މިޒްނާ ރިޝްވާންގާތުގައި ބުނެލިއެވެ.

[ދަރިފުޅާ… ދަރިފުޅާ…] ނިދިފައި އޮތް އަހަރެންނަށް ހޭލެވުނީ މަންމައާއި ބައްޕަ އަހަރެންނަށް ގޮވަން ފެށުމުންނެވެ. ހާސްވެފައިވާ ބައްޕަގެ މޫނު މަތިންނާއި ކަރުނުން ފުރިފައިވާ މަންމަގެ ދެލޮލުން ކޮންމެސް ކަމެއްވެޖެކަން އަހަރެންނަށް ދެނެގަނެވުނެވެ. [ކިހިނެތްވީ؟] އަހަރެން އަވަސް އަވަހަށް އަހާލީމެވެ. އެއްވިސް އެއްޗެކޭ ނުބުނެ ބައްޕަ ދިއްކޮލީ ބައްޕަގެ ފޯނެވެ. [މީ ދަރިފުޅުދޯ؟] ރޮމުން ރޮމުން މަންމަ ބުނެލިއެވެ. އަހަރެން މަޑު މަޑުން ބޯޖަހާލީމެވެ. [ދެން ކީއްވެ މަންމަމެން ގާތު ނުބުނީ؟] މަންމަ އަހާލީ ޝަކުވާގެ ރާގަކަށެވެ. [އެމީހުން ބުނީ.. އަހަރެން އެއްވިސް މީހެއް ގާތުގައި މިވާހަކަ ބުނެފިއްޔާ އަހަރެން މަރާލާނަމޭ.. އެހެންވެ.. އަހަރެންނަށް ނުކެރުނީ..] އެހެން ބުނެވުނު އިރު އަހަރެނަށްވެސް ރޮވިއްޖެއެވެ. [ދަރިފުޅު ބިރުނުގަނޭ.. ދަރިފުޅަކަށް އެއްވިސް ކަމެއްނުވާނެ] އަހަރެންގެ ގައިގައި ބައްދާލަމުން ބައްޕަ ބުނެލިއެވެ.

ހަމަ އެދުވަހު ޕޮލިހަށް މައްސަލަ ހުށައެޅިއެވެ. މައްސަލަ ބެލުމުން އެނގުނީ އެމީހުންގެ ޝިކާރައަކަށް ވެފައި ހުރީ އަހަރެން އެކަނި ނޫންކަމެވެ. މީހުން މިބުނާ [އިންސާނިއްޔަތު] ކަމަކީ މިއީބާއޭ އަހަރެން ހިތަށް އެރި އެވެ. ދޮގަކާނުލާ ތެދަށް ބުނާނަމެ. އެމީހުން އެކުރީ އިންސާނިއްޔަތަށްވެސް ހަމަ މަލާމާތެވެ. އެމީހުން އަހަރެންނާއި ދޭތެރޭގައި ކަންތަށް ކުރީ ވަލު ޖަނަވާރަކާއި ދޭތެރޭވެސް ކަންތަށް ނުކުރާނޭހާ އިހާނަތިކޮށެވެ. މިހާރު މިދުނިޔޭގައި މިކަހަލަ ހާދިސާތަށް މަދެއްނޫނެވެ. އެކަހަލަ ކަމެއްދިމާވާ ކޮންމެ ފަހަރަކު އަހަރެން އެރޭ ރުއި ރުއިން އެކުއްޖާވެސް ރޯނެއެވެ. އަނެއްކާ އަނެއްކުއްޖާގެ ދިރިއުޅުމަށް ބަދުނަސީބުގެ ހިޔަނި އެޅޭނެއެވެ. ސަލާމަތަށް އެދި އެކުއްޖާ ރޯނެއެވެ. ނަމަވެސް އެބައެއްގެ ޝިކާރައަކަށް ވެފައި އޮވެ ރޯލުން ނޫން އެހެން ކަމެއް އެކުއްޖާއަށް ކުރެވޭނެ ހެއްޔެވެ؟ މިކަހަލަ ހާދިސާ ތަކުގެ ސަބަބުން އަމިއްލަ ފުރާނަ ދުއްވާލަނީވެސް ކިތައް ކުދިން ހެއްޔެވެ؟ ޑިޕްރެޝަންގެ ޝިކާރައަކަށް ވަނީ ކިތަށް ކުދިން ހެއްޔެވެ؟ މިކަމުގަ ޒިންމާ ވާން ތިބީ އިންސާނިއްޔަތަށްވެސް މަލާމަތް ކުރަމުންދާ މީހުން ނޫންދެން އެހެން ކޮންބައެއް ހެއްޔެވެ؟

(ނިމުނީ)

ނޯޓު: މިފަދަ ހާދިސާ ތަކުގެ ސަބަބުން ހަލާކުވެގެން ދަނީ ކިތަށް ކުދިންގެ ދިރިއުޅުން ހެއްޔެވެ؟ ގަބޫލު ކުރަން ދަތިވިޔަސް ހަގީގަތަކީ މިއީއެވެ. ދުވަސް ކޮޅަކުން މަޑު މަޑުން މިވާހަކަވެސް ވައިގެ ތެރެޔަށް ހިނދިގެން ދާނެއެވެ. ދެން ދުވަސް ކޮޅަކުން ކަމެއް ވީކަންވެސް ހަނދާންނުހުންނާނެއެވެ. ނަމަވެސް މިކަން އެހާ ފަސޭހައިން މިކަމުގެ ޝިކާރައަށްވީ އެ މައުސޫމް ކުއްޖާއަށް ހަނދާން ނައްތާލެވޭނެ ހެއްޔެވެ؟ ނޫނެކެވެ! އަޅުގަނޑުމެން އެންމެން މިއީ އެއް އުންމަތެކެވެ. ރަސޫލާ ސައްލައްﷲ އަަލައިހި ވަސައްލަމް ހަދީޡް ކުރެވިއެވެ. “ތިބާގެ މުސްލިމު އަޙާގެ އުނދަގޫތަކާ ތިބާ އަޅާ ނުލާ ދުވަސް ފަށާ މީހާއަކީ މުސްލިމުންގެ ތެރޭގައި ހިމެނޭ ބައެއްނޫނެވެ”

އެހެން ކަމުން ދެން އެކަން އެނިމުނީ އޭ ކިޔާފައި އަޅާ ނުލާ ނުހުންނާށެވެ. އެކުއްޖާގެ ހަށިގަނޑުގައި އަޅާވޭނެއް ނުކެނޑޭނެއެވެ. ހިތުގައި އަޅާވޭނެއް ނުކެނޑޭނެއެވެ. އެކުއްޖާގެ މަންމަގެ މައިލަނގޮޑިއަށް ކުރާ އިހުސާސް ތިބާ އަށް އަންދާޒާވެސް ނުކޮށްލެވޭނެއެވެ. އެހެންކަމުން ތިބާގެ ދުޢާގައި އެކުއްޖާގެ ނަން ހިމަނާށެވެ. މިވާހަކަ ޝެއާރ ކޮއްދީ ގިނަމީހުންނަށް މި ވާހަކަ އަންގައިދޭށެވެ.

ޔާ ރަބް.. އަނިޔާ ލިބުުނު ކުއްޖާއަށް ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އަވަސް ޝިފާއެއްދެއްވާފާންދޭ. އެކުއްޖާގެ މައިންބަފައިންނަށް ކެއްތެރިންކަން ދެއްވާފާންދޭ. އެކުއްޖާއަށް އަނިޔާ ކުރި ކުރިދިންނަށް ހައްގު ސަޒާ ދެއްވާފާންދޭ. އާމީން! 🤲🏻❤️‍🩹

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ކުށަކީ ކޮބާ – 16

Next

ގާތުގައިވި އަނދިރިކަން، 4

Next
April 14, 2024

ގާތުގައިވި އަނދިރިކަން، 4

Previews
April 11, 2024

ކުށަކީ ކޮބާ – 16

7 Comments!

  1. Seesaw Seesaw says:
    April 11, 2024 at 2:40 pm

    SO SAD 😭💔😭
    I HOPE THAT THE PROBLEM IS SOLVED AND THE BULLY IS PUNISHED !
    AND THEY EVEN DARED TO DO IT TO SOMEONE !
    THAT PERSON ISN’T A MUSLIM NOW
    I HOPE THE VICTIM’S HEALTH IS OK 🥹🙂

  2. Maash Butterflyyyyy says:
    April 11, 2024 at 3:36 pm

    Heyyy shiherr..
    vrh vrh vrh reethi mi story maasha allah..
    Sifakurunthah vx ehaa furihama.. story kiyamun dhiya iru heevi kurimathin sifa vaa hen..
    Mifadha kankamah meehun heylundheri kuran mi kahala stories gina finain liyan jehey..
    ahhh yess haadha hiyvaru gadha kujjekey ey maasha allah..
    Ya allah kuh kuri meehunah e kushuge sazaa dhehva aniyaa libunu kujja ahshaa ekujage aaila ah insaaf dhehvaash🤲
    Lyssm dear💜🦋

  3. Kokki💖 says:
    April 11, 2024 at 4:51 pm

    Masha allah v reethi…mi mihaaru gaumuge haalath…gang akaa behefiyyaa rasoolu beykalakaa behunas nuvaa varu vey….muslim baeh kamau vx ulhey goi…

  4. Someone says:
    April 12, 2024 at 12:11 am

    Mee hama haaggu thedheii. School thakuga vx kamakah abadhu onnaanee kudhinnaa bully kurun. Mi hen vumun ethakeii kudhinneii kiyevun mathin foohi ve dhiriulhun mathin foohi vey. Mee fiyavalhu alhan jeheyy kan kan.

  5. Anonymous says:
    August 25, 2024 at 5:27 pm

    Middle vx alhugandu school indhefa geyah aiy bully kuraa varun keh nuvegen. Teachers akah vx maa bodu kameh noon bully akee mhr. Alhugandu school ah dhaa hitheh vx nuvey, kiyavaa hitheh vx nuvey, dhiriulhun mathin foohi vehje. IA alhugandu dhaanan ehvx meehakah alhugandah undhagoo nukureveyne Haa adi ah. Insaanakah vx keh kureveynee vaki varakah dhw. Alhuganda kah dhn nuvaane. Milan huhtuvumah alhugandu vrh edhen. BTW mi vhk vrh Reeth Masha Allah. ☺️

  6. His gurll says:
    August 25, 2024 at 5:27 pm

    Middle vx alhugandu school indhefa geyah aiy bully kuraa varun keh nuvegen. Teachers akah vx maa bodu kameh noon bully akee mhr. Alhugandu school ah dhaa hitheh vx nuvey, kiyavaa hitheh vx nuvey, dhiriulhun mathin foohi vehje. IA alhugandu dhaanan ehvx meehakah alhugandah undhagoo nukureveyne Haa adi ah. Insaanakah vx keh kureveynee vaki varakah dhw. Alhuganda kah dhn nuvaane. Milan huhtuvumah alhugandu vrh edhen. BTW mi vhk vrh Reeth Masha Allah. ☺️

    1. shihaamaa ali shihaamaa ali says:
      September 5, 2024 at 10:32 pm

      Asluves, teachers ah ves mihr e vrkh nubalaa. Even some teachers bullies there students. Honestly even school is not safe anymore and i am so so so so so sorry you had to go through it. I feel so bad. But it’s okay, remember ur not alone, okay? Even shiher miee bullying go through kuri kujjeh, from both my classmates and teachers🥲. So yeah i know how it feels very very very very very very very very well. But i am really sorry you had to go through it alone. And i would really appreciate if you could reach me out on any social media and tell me your story ( if your comfortable sharing that is ). Since i was a victim myself, i would love helping one of my lovely readers❤️. Please reach out to me, okay darling? You can reach me on snap, insta or if u don’t use any social media, you can send me an email, too.
      Snap= itz_shiherr
      Insta= pages.of.shiherr
      Email= [email protected]
      Please do reach me out, and so so so sorry about the delay in my reply.
      And jazaakallah, i hope you love all of my stories, too🥰❤️
      Stay safe, lysm❤️
      ( and just want to say, giving up on ur life is not an option. Work HARD, don’t ever give up, okay? They want us to be weak, but we should always be stronger. Allah does not burden and soul more then it cannot bear. In sha allah your life will be okay, soon❤️. And don’t worry about your school life going like that, it does not LAST FOREVER. It will end one day. So, focus on your studies, and have sabr and tawakkul in allah. I hope this helped 😊❤️ )

Comments are closed.



All Right Reserved!