ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ސޯޅަވަނަ ބައި)
މިވަގުތު ނުކްޝާން އަށް ވެސް މީހެއްގެ އެހީތެރިކަން ބޭނުން ވާނެ ކަން ޒީކާން އަށް އިނގެއެވެ.ނަމަވެސް މިވަގުތުވެސް ރަޔާންމެން މީހަކަށް އެހަބަރު ލިބުނަސް ނުކްޝާން އަށް ހިތްވަރު ދޭން ތިބޭނެއެވެ.އެކަމަކު ޒިވާ އަށް ހިތްވަރު ދޭނެ މީހެއް އޭނަ ނޫނިއްޔާ ނެތެވެ.
**************
ނުކްޝާން އަމިއްލަ ކޮޓަރި އަށް ވަދެފައި ބަލާލި އިރު އަޔާން އާއި ރަޔާން ނުނިދާ ތިބުމުން ދެމީހުންނާއި ދިމާލަށް ބަލައިލަމުން ފުން ނޭވާ އެއް ދޫކޮށްލީ ބޮޑު ވާހަކަ އެއް ބުނަން އުޅޭ މީހަކު ފަދައިންނެވެ.ނުކްޝާން ވަދުމާއި އެކު ރިޔާން އާއި އަޔާންގެ ސަމާލުކަށް ވެސް ނުކްޝާން އަށް ލިބުނެވެ.”އަޔާން.ރިޔާން.މަށާ ޒީކްއާ ޒާ އެންޑް ނާޔާ މި އުޅެނީ އެންމެ އަވަހަށް މެލޭޝިޔާ އަށް ދެވޭނެ ފްލައިޓް އަކުން މެލޭޝިޔާ އަށް ފުރަން.ތި އެންމެން ގެ އަށް ދިއުމުގެ ކުރިން މި ތަން ސާފު ކޮށްލައްޗެ.ނޭނގެ އާދެވޭނެ ދުވަހެއް ދެން ތިބި މީހުންނަށް ވެސް މި ހަބަރު ދޭތި”ނުކްޝާން ބުނެލީ ދެފަހަރު ދެމީހުންގެ މޫނަށް ބަލައިލަމުން ނެވެ.”އެ ކީއްވެޔޯ؟”އަޔާން ބުނެލީ ނުކްޝާންމެން މެލޭޝިޔާ އަށް ދާން ވީ ސަަބަބު ނޭނގުމުންނެވެ.
“މި އުޅެނީ މަންމަ އެކްސިޑެންޓް ވެގެން.ނޭނގެ މަރުވީ ކަމެއް ނޫނީ…”ނުކްޝާން އަށް ކިރިޔާ އެހެން ބުނެވުން ކަމެވެ.މި އޮށް ހުރިހާ އިރު ހިފަހައްޓަލައިގެން ހުރި ކަރުނަތައް ދޫވެގެން ދިޔަ އެވެ.މަންމަ އަކު ވަކި ވުމުން ދަރި އެއްގެ ހިތަށް ކުރާނެ އަސަރު އިނގޭނީ ހަމައެކަނި އެވޭން ތަހައްމަލް ކުރަމުން ދާ މީހަކަށް ށެވެ.
ނުކްޝާން އެހެން ބުނުމަށްފަހު އަލަމާރި އާއި ކައިރި ވެލުމަށްފަހު ކަޅު ކުލައިގެ ލަގެޖް އެއް ނަގަމުން އޭނާ ބޭނުންވާނެ އެއްޗިހިތައް އެއަށް އަޅަން ފެށިއެވެ.އަޔާން އާއި ރަޔާން ވެސް އިތުރު އެއްޗެކޭ ނުބުނެ މަޑުން ހުރީ އެމީހުންނަށް ބުނެވޭ އެއްޗަކުން ވެސް ނުކްޝާން ގެ ހިތް ކަފައިގެން ހިނގައިދާނެ ތީ އެވެ.
މެލޭޝިޔާގެ އެންމެ މަޝްހޫރު ހޮސްޕިޓަލް ކައިރި އަށް މަޑު ކޮށްލި ކަޅު ކުލައިގެ ސުޕްރާ ކާރަށް މަގުމަތިން ދިޔަ އެންމެން ގެ ނަޒަރު ހުއްޓެމުން ދިޔަ އެވެ.ކާރަށް ބަލައިލާފައި އެކަނި ވެސް ކާރުގެ ވެރިފަރާތުގެ ހައިބަތު އަންގާދެއެވެ.ކާރުގެ ދޮރު ހުޅުވާލާފައި ނިކުން މީހާގެ ސަބަބުން މަގުމަތިން ހިނގާފައި ދިޔަ އެންމެންގެ ލޮލުން ތަރަތަރަ ޖަހައިގެން ދިޔައެވެ.
މަގުމަތިން ދާ ކޮންމެ މީހެއްގެ ނަޒަރު އޭނާ އަށް ހުއްޓެމުން ދިޔަ އެއް ކަމަކު ޒަޔާންގެ ސަމާލުކަން އޭގެން އެއްވެސް ކަމަކަށް ދެވޭ ގޮތެއް ނުވިއެވެ.އަވަސް ގޮތަކަށް ފިޔަވަޅު އަޅަމުން ޒަޔާން މަރުކަޒުގެ ތެރެއަށް ވަދެގެން ދިޔައީ ޒީވާގެ އެކްސިޑެންޓް ގެ ހަބަރު ލިބިގެންނެވެ.
ޒަޔާން މަރުކަޒުގެ ތެރެއަށް ވަދެގެން ގޮސް ލިފްޓް އަށް އަރާލަމުން ދިހަވަނަ ފްލޯރ އަށް ދިއުމަށްޓަކައި ފިތަށް ފިއްތާލި އެވެ.ލިފްޓުގައި ވެސް ދިހަ ވަނަ ބަޔަށް ދިޔަ ވަގުތު ކޮޅު ވެސް ޒަޔާން އަށްވީ ބޮޑު އެއްޗަކަށްށެވެ.ލިފްޓް ދިހަ ވަނަ ބަޔަށް ދިޔުމާއި އެކު ޒަޔާން ހަލުވި ފިޔަވަޅުތަކެއްގައި ނާއިޝް އިން ގޮނޑިބަރިތަކާއި ދިމާލަށް ހިނގައިގަތެވެ.
އަތް އުޅަނބޮށީގައި ވިއްދާލައިގެން އިސްޖަހާލައިގެން އިން ނާއިޝް އިސްއުފުލާ ބަލާލީ ކައިރީގައި މީހަކު އައިސް ހުއްޓުމުންނެވެ.ލޮލުގައި ކަރުނަތައް ވިދަ ވިދާ ހުރުމުން ދެންމެ ވެސް ނާއިޝް އެހުރީ ރޮއެފާކަން ދެނެގަންނާކަށް ޒަޔާން އަކަށް މާ އުނދަގުލެއް ނުވިއެވެ.އެކުގައި އުޅެ ބޮޑުވި އެކުވެރިޔާ އިން ހާލު ފެނުމުން ޒަޔާންގެ ހިތަށް ބަޔާން ކުރަން ދަތި އުނދަގޫ ތަކެއްވި އެވެ.
“ނާއިޝް.ދެކުދިންނަށްޓަކައި ވެސް ހިތްވަރު ކުރަންވާނެ.މިހެން ބުންޏަސް އިނގޭ އެއީ މާ ފަސޭހަ ކަމެއް ނޫން ކަން.ނާއިޝް އެއް ނޫންތަ ބުނީ އަހަރެން ގެ މަންމަ ނިޔާވެގެން މޫނު ބަލަން ދިޔަ ދުވަހު ވެސް ހިތްވަރު ކުރަންވާނޭ”ޒަޔާން ދުރު ހަނދާނެއް އާ ކޮށްލަމުން ބުނެލިއެވެ.އެވަގުތުވީ ޒަޔާން ގެ ފޯނަށް ޒީކާން ގުޅި ވަގުތު ކަމުން ޒަޔާން ފޯނު ނަގަމުން އެއް ފަރާތަކަށް ޖެހިލިއެވެ.
ގެއިން ނިކުން ގޮތަށް ޒީކާން ސައިކަލަށް އަރާ ޕިންކްރޯޒްވިލާ ގެ އާއި ދިމާލަށް ސައިކަލުގައި މިސްރާބު ޖެހި އެވެ.އޭރު ވެސް އަތުގައި ފޯނު އޮތެވެ.ފޯނުން އިވި އިވި ހުރި ޒިވާގެ ގިސްލުމުގެ އަޑު ވެގެން ދިޔައީ ޒީކާންގެ ހިތް ފިސް ފިސް ކުރަމުން ދިޔަ އަޑަކަށްށެވެ.ފޯނު ކަނޑާ ނުލާ ޒީކާން ހުރީ ޒިވާ އަށް ކަމެއް ވިޔަސް އިނގޭނީ އެހެން ކަންތައް ކުރުމުން ކަން އިނގޭތީ އެވެ.
ޕިންކްރޯޒްވިލާ ގެ ކައިރި އަށް ސައިކަލު މަޑު ކޮށްލަމުން ޒީކާން ގޭތެރެ އަށް ވަދެގެން ދިޔަ ގޮތަށް އެންމެ ފުރަތަމަވެސް ވަނީ ޒިވާގެ ކޮޓަރި އަށްށެވެ.ކޮޓަރި ނިވާލާފައި ހުރުމުން ޒީކާން ސްވިޗް ބޯޑާއި ދިމާލަށް އަތް ހިނގާލީ ބޮކި ޖެއްސުމަށް ޓަކައި އެވެ.އޭރު ވެސް މުޅި ކޮޓަރިތެރޭގައި ގުގުމާލާފައި ވަނީ ޒިވާގެ ގިސްލުމުގެ އަޑެވެ.ޒީކާން ބޮކި ދިއްލުމާއި އެކުހެން މުޅި ކޮޓަރިތެރޭގައި އަލި ފެތުރިގެން ދިޔަ އެވެ.
ކޮޓަރީގެ އެނދުގައި އިން ޒިވާ ފެނުމުން ޒީކާން ގެ ހިތުގައި ކޫރުމެއް އެޅިގެން ދިޔައެވެ.ރޮއެ ރޮއެ ދެލޯ ރަތްވެ ދުޅަވެފައި ހުރުމުން ޒިވާގެ މޫނުމަތީގައި އަބަދު ވެސް ހުންނަ ތާޒާކަން ވަނީ ގެއްލިފައި އެވެ.ޒީކާން ދުވެލާފައި ގޮސް ޒިވާ ގައިގައި ބައްދާލީ ޒިވާ އަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.ނަމަވެސް ޒިވާ ގައިގައި ބައްދާލި ޒީކާން ގެ ލޮލުން ވެސް ކަރުނަތިއްކެއް ނިރާލިއެވެ.
ޒިވާ ގައިގައި ބައްދާލައިގެން ޒީކާން އަށް ޒިވާ ހަރަކާތް ނުކުރާހެން ހީވުމުން ޒިވާ ދުރުކޮށްލާ ބަލާލި އިރު ޒިވާގެ ދެލޯ ހުރީ މެރިފައި އެވެ.”މަންމާ”ޒީކާން ގެ ދުލުން އެބަސްތައް ނިކުތީ މަޑު މަޑުން ނެވެ.އެ އަޑުގައި ހުރި ވޭނުގެ ސަބަބުން އަޑު އަހާ މީހާގެ ހިތް ވެސް ތޮރުފާލާނެ ކަން ކަށަވަރެވެ.ޒިވާގެ ގައިގައި އޮޅުލައިގަންނަމުން ޒީކާން އަށް ވެސް ރޮއެގަނެވުނީ އިޚްތިޔާރުން ބޭރުގައި އެވެ.ޒީވާ އެކޭ އެއްފަދައިން ޒިވާ ދުނިޔެ ދޫކޮށް ދާކަށް ޒީކާން ބޭނުމެއް ނުވިއެވެ.އެހެން ނުވާންވީ ސަބަބަކާއި ނުލަ އެއް ނޫނެވެ.އެމީހެއްގެ މަންމަ އެމީހަކު ދުނިޔޭގައި ހުއްޓާ ދުނިޔެ ދޫކޮށް ދާން ބޭނުން ވާނީ ކޮން ދަރިއަކު ހެއްޔެވެ؟
ޒިވާގެ ގައިގައި އޮޅުލައިގަނެގެން އިން ޒީކާން ޒިވާ ދުރު ކޮށްލަމުން ވިންދު ބަލާލި އެވެ.ޒިވާ ވިންދު ޖަހާކަން އިނގުމުން ޒީކާން ޒިވާ ނަގައިގެން ގެންގޮސް ސޯފާގައި ބާއްވާލިއެވެ.ފެން ޖަގެއް ބަލާ ދަމުން ޒީކާން ޒަޔާން އަށް ގުޅާލީ ޒީވާގެ ހަބަރެއް ބެލުމުގެ ނިޔަތުގައި އެވެ.
ނުކްޝާން އޭނާގެ ލަގެޖް ތައްޔާރު ކޮށްލަމުން އަލަމާރިން ހުދު ކުލައިގެ ޓީޝާޓަކާއި މަޑު ނޫކުލައިގެ ޖިންސެއް ނެގީ ފެންވަރަލު މަށްޓަކައި އެވެ.ފެންވަރައިގެން ނުކުމެ ނުކްޝާން ތައްޔާރު ވި އިރު ވެސް އަޔާންމެންނާއި ވާހަކަ ނުދައްކާ ހުރުމުން އަޔާން މެން ވެސް ނުކްޝާން އާ ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ.”އަޔާން ރިޔާން.މަ ބުނި ކަންތައް ކޮށްލަދޭތި”ނުކްޝާން ދަމުން ދެމީހުންނާއި ދިމާލަށް ބަލައިލަމުން އޭނާ ކުރިން ބުނެލި ވާހަކަތައް ހަނދާން ކޮށްލަ ދިނެވެ.ލަގެޖް ދަމަމުން ދަމަމުން ނުކްޝާން ކޮޓަރިން ނިކުމެ ސިޓިންރޫމް މެދެއްހާ ހިސާބުގައި ލަގެޖް ބަހައްޓާލަމުން ނަވްޔާގެ ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ.ދޮރުގައި ޓަކި ޖަހަން އަތް ހިއްލާލާފައި ވެސް ނުކްޝާން އަށް އަތް ތިރި ކޮށްލެވުނެވެ.ނަމަވެސް ދެވަނަ ސިކުންތަކަށް މާތް ﷲ އަށް ވަކީލު ކޮށްލަމުންދޮރުގައި ޓަކި ޖަހާލިއެވެ.
ނުނިމޭ
6 Comments!
Comments are closed.




Hey rifoo
Mi part vx vrh reethi maasha allah ❤
Good luck with you term test❤
Waiting curiously for the next part❤
Lyssm
💜🦋
Maasha allah mi part vx varah varah reethi.
mi episode ves varah reethi!
next episode ah inthi zaaru kuraanan !
LY Rifoo ❤️
What’s up rifoo
Adhi kiriyaa ey mi fenuny mi part vx.hehe
Vaahaka varah vx reethi Masha Allah 💗
Alhe zeek ge mom ah mihaaru e kihinei v.varah curious vejje.alhe naayaa ah e habaru dheyn dhw e ulheny.varah curious thankolhakunney thi ninmaali.
Next part Thursday ga dhw..
Curiously waiting for the next part…
Love you Rifoo 💋
vvv reethi mi part vs maasha allah..when nxt part kiyaalan libeynee???waiting ga nxt part ah
Hi rifoo
Mi part vx vrh reethi ingey
Curiously waiting for the next part
Love you Rifoo 💖