އިޒްނާގެ ލޮލުން ގިނަވެގެން ކަރުނަތިކިތައް އޭގެ މަގާމު ދޫކުށް އިޒްނާގެ ކޮތާފަތުގައި ބީީހެން ފެށިއެވެ. ނަމަވެސް ހަމަ އިސިކުންތު ކޮޅުގައި ރީހާންގެ ކުއްލި އަމަލަކުން އިޒްނާގެ ހަށިގަނޑު ގަނޑުވެގެން ދިޔައެެވެ. ރީހާންގެ ތުންފަތް އިޒްނާގެ ފިޔާތޮށިކުލައިގެ ތުންފަތުގެ އަރާމު ހޯދާންފެށިއެވެ. ރީހާންގެ ހަރަކާތްތަށް ހުރީ މަޑުމަޑުންނެތް ނޫނެވެ. ރީހާންގެ އެ ބޮސްދިނުމުގައި ވޭނާއި ހަރުކަށިގަން އެކުލެވިގެން ވިއެވެ. އިޒްނާއަށް އެކަން ފާހަގަ ވިއެވެ. އިޒްނާ ރީހާންގެ މޭގައި އަތްއަޅާ އޭނާއާއި ދުރަށް ކޮށްޕާލިއެވެ. އަދި ނޭވާ ހަަމައަކަށް އަޅުވަމުން ކުރިމަތީ ހުރި ރީހާންއަށް ބަލާލީ އެއީ ހަމަ ރީހާންބާއޭ ހިތާހިތުން ކިޔާލަމުންނެވެ. އެކަހަލަ ކަމެއް ރީހާންގެ ފަރާތުން އިޒްނާއަށް ފެންނާނޭ އޭނާ ހިޔެއް ނުކުރެއެވެ. ” ސޮރީ .. އަހަރެން .. ” ރީހާން އިސްޖަހާލައިގެން ހުރެ ބުނާނެ އެއްޗެއް ސިކުނޑީގައި ރާވަމުން ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ. ” ރީހާން .. އަހަރެން ރީހާން ދެކެ ލޯބި ވޭ .. އެކަމަކު އަހަރެން ރީހާންގެ ފަރާތުން ބޭނުމީ ވަހުޝީ ލޯތްބެއް ނޫން . އެލޯތްބެއްގަ އޯގާތެރިކަމާ އަޅާލުން އެކުވެގެންވާ ލޯތްބެއް .. އަހަރެންނަށް ހެޔޮ ރީހާން ބޭނުންނޫނިއްޔާ އަހަރެންދެކެ ލޯބި ނުވިއަކަސް .. އަހަރެން ރީހާންއަށް މަޖުބޫރު ކުރާކަށް ބޭނުމެއްނޫން .. އަހަރެންގެ ލޯތްބަކީ ހަމައެކަނި އަހަރެންގެ ފަރާތުން ވެވޭ ލޯތްބަކަށް ވިޔަސް އަހަރެންނަށް ވަރިހަމަ .. އެކަމަކު އަހަރެން ރީހާން ދެކެ މިވާ ލޯބި އެހެން މީހަކަށް ރީހާން ދެކެ ނުވެވޭނެކަން ހަދާން ކުރާތި .. ” އިޒްނާ ބުނަން ބޭނުންވީ ބަސްތައް ރީހާން އާއި ދިމާލަށް ކިޔާލުމަށް ފަހު އިޒްނާ އެތަނުން ދިޔައެެވެ.
ރީހާން އަށް އިޒްނާ ދިޔައިރު ވެސް ހުރެވުނީ ބަލަހައްޓައިގެންނެވެ. ރީހާން އިޒްނާގެ ތުންފަތުގައި ބޮސްދެވުނީ ގަސްތަކުއެއް ނޫނެވެ. އިޒްނާގެ ބަސްތަކުން އޭނާއަށް އިޒްނާ އޭނާ ދެކެވާ ލޯބި އިހްސާސްވުމުން އެކަން އެހެންވީ ބޭއިޙްތިޔާތުގައެވެ. ރީޙާންހުރީ އެއްވެސް ކަމެއް ވިސްނޭ ވަރަށް ވުރެ މާބޮޑަށް ހިތުގާ ޖެހިފައެވެ. އޭނާގެ އަމިއްލަ ނަފްސާއައި ޒޭނާއާއި ކިޔާންއެކުގައި އުޅުން މަންޒަރު ސިކުނޑީގައި އާވުމުން އިޒްނާއާއި ދޭތެރޭ އޭނާގެ އަމަލުތަށް އެގޮޮތަށް ބެހެއްޓުނީ އެހަދާންތަކުން ނިކުތުމުގެ އުންމީދުގައެވެ. ކަންތައް ކުރެވުންގޮތް ވިސްނުމުން ރީހާންއަށް މޫނުމަތީގައި ދެއަތް އަޅާ ދޮންވެލިގަނޑުމަތީ ދެކަކޫ ޖަހާ އިށީދެވުނެވެ.
ހަވީރު ފަހެއް ޖެހިއިރު ހުރިހާކުދިންވެގެން ދަތުރު ގެނަ ސާމާނު ޕެކުކޮށްލާ ނިއްމާލިއެވެ. އަދި ޕިކަޕު އައުމުން ޕިކަޕުގައި ގޮސް ބަދަރަށް މަޑުކުރިއިރު ދޯނިއޮތީ އައިހެވެެ. ދޯންޏަށްއަރާ ހަމަޖެހިލުމަށްފަހު ރަށަށް ދެވެންދެން ދޯނިތެރޭގައި އޮތީ ހަމަހިމޭން ކަމެވެ. ދަތުރު ވަރުބަލި ވެފައި ވުމާއެކު ދޯނިމަތީގައި ސަކަރާތް ޖަހާނެ ހިތްވަރު އެކަކު ގައިގަވެސް ނެތެވެ. ރީހާން އިޒްނާއަށް އިރުއިރު ކޮޅާ ބަލާލައެވެ. އެމޫނުމަތީގައިވި ހިތްދަތިކަން ރީހާންއަށް ނަގައި ގަނެެވެ. ފުރަތަމަ ފަހަރަށް އިޒްނާއާއި ދޭތެރޭ ވިސްނާލަން ރީހާން މަޖުބޫރު ވިއެވެ. އަދި ކުރެވުން ކަންތަކަށް މާފަށް އެދެންވެސް ބޭނުން ވިއެވެ.
ދޯނި ގޮސް ރ. ރަސްގެތީމުގެ ބަދަރަށް ވަނުމުން ހުރިހާކުދިން ދޯނިން ފޭބިއެވެ. ޕިކަޕެއްގައި ހުރިހާސާމާނެއް ރީމާމެންގެއަށް ގެންދިއުމަށް ފަހު އެކުއްޖަކު ގެއިން ގެނަ މުދަލެއްވިއްޔާ ހިފައިގެން އެކުއްޖަކު ދިޔައީ ގެއަށްށެވެ. އިޒުނާއާއި ޒޭނާ ގެއަށް އައިސް އިޒްނާކޮޓަރިއަށް ދާން ސިޑިން އަރަން އުޅުން ވަގުތު އިޒްނާގެ ހަމަހިމޭންކަމާއި އޭނާގެ މޫނުމަތިން ފެންނަށް ހުރި އުދާސްކަން ފާހަގަ ވުމުން ޒޭނާ ބޭނުންނޫންނަމަވެސް އިޒްނާއަށް އައިސް ހުރިބަދަލުން ޖެހިލުންވެ ހުރެ އިޒްނާގާތުން އަހާލިއެވެ. ” އާރ ޔޫ އޯކޭ .. ” ޒޭނާގެ އަޑު އިވުމުން އިޒްނާ ޒޭނާއަށް ބަލާލިއެވެެ. އަދި ކުއްލިއަކަށް ޒޭނާގެ ގައިގައި ބައްދާލިއެވެ. އިޒްނާގެ މި އަމަލުން ޒޭނާ ހައިރާވިއެވެ.
އިޒްނާ ރޯންފެށުމުން ޒޭނާ އިޒްނާގެ އަތުގައި ހިފައިގެން ގެންގޮސް އޭނާގެ ކޮޓަރީގައި ހުރި ސޯފާގައި ބޭންދިއެވެ. ” ކިހިނެއްވީ .. ބުނެބަލަ .. މީހަކު ކަމެއް ކުރީތަ .. ” ޒޭނާ ބިރުންއިދެ އިޒްނާގާތު އެހިއެވެ. ” އައިމް ސޮރީ ސިސް .. އައިމް ރިއަލީ ސޮރީ .. ” އިޒްނާގެ އަގައިން އޭނާއަށް ދައްތަ ކިޔުމުން ޒޭނާ މާބޮޑަށް ބިރުގަތެވެ. މިވީ ހާތަށް ދުވަހު ދުވަހަކުވެސް އިޒްނާ އޭނާއަށް ދައްތަ ކިޔާފައި ނުގޮވައެވެ. ” އިޒީ .. އަހަރެން އެބަ ބިރުގަނޭ .. ކިނެއްވީ . ހުއްޓާލާފަ ބުނެބާ .. ” ޒޭނާ އިޒްނާކައިރީ އިށީންނަމުން ބުނެލިއެވެ. އިޒްނާ އޭނާ ރީހާން ދެކެ ލޯބިވާވާހަކަ ބުނެލިއެވެ. ނަމަވެސް ރީހާން އިޒްނާ ދެކެ ލޯތްބެއް ނުވެއޭ ބުނެލިއެވެ. ނަމަވެސް އަބަދުވެސް އޭނާ ރީހާން ދެކެ ލޯބިވާނަމޭ ބުނެލިއެވެ. ” އިޒީ .. އިޒީއަށް ކޮންމެވެސް ދުވަހަކުން ރީހާން ލިބޭނެ ބަލައްޗެ .. ދެން ހުއްޓާލަ . ” ޒޭނާ އިޒްނާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ބުނެލިއެވެ. ” ސިސް އަހަރެން ސިސްދެކެ އަސްލު ރުޅިއެއްނާދެ އަހަރެން ހީކުރީ ސިސް ލައިކްވަނީ ރީހާން ދެކެ ކަމަށް އެހެންވެ ކުޑަކޮން ހިތްހަމަނުޖެނީ .. އެކަމަކު މިހާރު އަހަރެންނަށް އެނގޭ ސިސް ލައިކްވަނީ ކިޔާން ދެކެކަން . ނައިސް ޗޮއިސް އެނީވޭ .. ” އިޒްނާގެ ވާހަކަ އަޑުއަހަންއިން ޒޭނާއަށް ހިނިތުން ވެވުނީ އިޒްނާ އެންމެ ފަހުން ބުނި ބަސްތަށް ބުނި ރާގުންނެވެ. ޒޭނާ ތޭކްސޭ ބުނެލިއެވެ. ” ޑޯންޓު ވޮރީ ސިސް .. އައި ނުބުނާނަށް މަންމަ ކައިރީގައެއް.. އެނޑް ހެލްޕެއް ބޭނުމިއްޔާ ހަމަ ބުނަށްވީ .. ” ހިނިތުންވެލަމުން އިޒްނާ ބުނެލިއެވެ.
ޒޭނާގާތު އެތަށް ވާހަކައެއް ދައްކަން އިދެފައި އިޒްނާ ކޮޓަރިއަށް ދިޔައީ މަޢުރިބު ނަމާދަށް ބަންގި ގޮވުމުންނެވެ. އިޒްނާ ދިއުމުން ޒޭނާވެސް ފެންވަރައިލައިގެން ނިކުމެ މަޢުރިބު ނަމާދާއާއި އިޝާނަމާދު ކޮށްލީ އެކުއެކީގައެވެ. އެއީ މަޢުރިބު ނަމާދު ކޮށް ނިމުންވަގުތު އިޝާއަށް ގޮވީމައެވެ. ނަމާދު ކޮށްލައިގެން ނިކުމެ ކާންހަދާލުމަށްފަހު ޒޭނާ އާދައިގެމަތިން ކޮޓަރިއަށްވަނީ ކައިނިމުމުން ނިކުންނާށެވެ. އިރުކޮޅެއްކޮށްލާފައި ބަދިގެއަށް ވަންއިރު އިޒްނާހުރީ ތަށިތައް ދޮންނާށެވެ. ދޮންމަންމަ ފެންނާކަށް ނެތެވެ. ” އިޒީ ގެނޭ އަހަރެންއަތަށް . ” ޒޭނާ ބުނެލިއެވެ . ” އުހު އަހަރެން ދޮވެލަފާނަށް އެ އޯކޭވާނެ އަހަރެންނަށްވެސް ސޯޅައަަހަރުވަނީ އޭ މިކަހަލަ ކަންތައް އަހަރެން އެކަނި ވެސް ކުރަން ދަސްކުރަން ޖެހޭނެއެއްނު . ސިސް އިށީދެކާން .. ” ޒޭނާ ކާން އިށީނެވެ. ކައިނިމިގެން އެއްޗެހި ހޫނުކޮށްލާފައި ޒޭނާއާއި އިޒްނާ ބޭރަށް ނިކުތީ އެކުއެކީގައެވެ. ގުޑްނައިޓް ބުނުމަށްފަހު އެމީހަކު އެމީހެއްގެ ކޮޓަރިއަށް ގޮސްވަނެވެ.
ޒޭނާ ކޮޓަރިއަށް ވަދެ އެނދުމަތީ އޮށޯތީ ނިދާލެވޭތޯ އެވެ. ނަމަވެސް އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ. ކިޔާންއާއި އެކު ހޭދަކުރެވުނު ވަގުތުތައް ހަދާން ވުމުން އަމިއްލައަށްއޮވެ ޒޭނާއަށް ހިނިތުން ވެވުނެވެ. ޒޭނާގެ އެރޭ ނިދުނީ ކިޔާންގެ ހަނދާންތަކުގައި ވަގުތު ގުނަމުން ދަނިކޮށްށެވެ.
ޒޭނާ ހެނދުނު ހޭލައިގެން ބަދިގެއަށް ވަންތަނާ އިޒްނާވެސް އައިސް ވަނެވެ. ” އަހަރެން ވެސް ސިސްއަށް ހެލްޕު ވާނަން ” އިޒްނާ ބުނެލިއެވެ. ދެކުދިންވެގެން ބަދިގޭގެ ކަންކަމުގައި އަވަދިނެތި އުޅުނެވެ. ޒޭނާ ހުރީ ވަރަށް އުފަލުންނެވެ. އިޒްނާ ކަހަލަ ކޮށްކޮއެއް އޭނާ އަބަދުވެސް ބޭނުންވިއެވެ. މިއަދު އޭނާގެ ދުޢާ ﷲ އިޖާބަ ކޮށްދީފިއެެވެ.
ދުވަސްތަށް ފާއިތުވަމުން ދިޔައީ ވަރަށް ވެސް އަވަހަށްށެވެ. މިއަދަކީ ހޯމަދުވަހެވެ. ޒޭނާއަށް އަށާރަ އަހަރު ފުރޭ ދުވަހެވެ. ޒޭނާއަށް ނޭގި ރީމާއާއި އިޒްނާއާއި ކިޔާން ދިޔައީ ޒޭނާއަށް ސަޕްރައިޒް ޕާޓީއެއް ބާއްވަން ތައްޔާރު ކުރަމުންނެވެ. ރީހާންވެސް މަދުމަދުން އެކިއެކި ކަންތައް ކޮށްްދެމުން ދިޔައެވެ. މިވޭތުވެ ދިޔަ ދުވަސްތަކުގައި އިޒްނާއާއި ރީމާގެ ދެމެދުގައި އޮތް ނަފްރަތުގެ ފާރުވެސްވަނީ ވައްޓާލެވިފައެވެ. މިހާރު އެދެކުދިންނަކީ ވެސް ދެރަހުމަތްތެރިންނެވެ. ނަމަވެސް ރީހާން ދެކެ އިޒްނާ ލޯބިވާކަން ރީމާއަށް އޮތީ ސިއްރު ކުރެވިފައެވެ.
ރީހާން ތޯއެވެ. އިސްވެ ކިތަންމެ ފަހަރަކު އިޒްނާއާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އިޒްނާ އޭނާ ފެންނަކަމަށް ވެސް ނުހަދައެވެ. ރީހާން އެކަމާ ދެރަވިއެވެ. ނަމަވެސް ހުދު ރީހާންއަށްވެސް އިޒްނާގެ އެހެންހަދާތީ އޭނާގެ ހިތް ރޯ ސަބަބެއް ނުވިސްނުނެވެ.
މި ވޭތުވެދިޔަ ދުވަސްކޮޅުގައި ރީހާންއާއި ކިޔާންގެ ދެމެދުގައި އޮތް ރަހުމަތް ތެރި ކަމުގެ ގުޅުމަށް ކުޑަކޮން ހީނަރުކަން އައިއްސިއެވެ. ރީހާންގާތު ކިޔާންގެ އަނގައިން ޒޭނާ ދެކެ ލޯބިވާވާހަކަ ބުންޏެވެ. ކިތަންމެ ގަބޫލުކުރަން ބޭނުންނުވި ކަމުގައި ވީނަަމަވެސް ރިހާންއަށް މިހާރު ކިޔާން އަސްލަށް ޒޭނާ ދެކެ ލޯބިވާކަން ގަބޫލުކުރަން މަޖުބޫރުވިއެވެ. ރީހާން ކިތަންމެ ބޭނުންނުވިއަސް ޒޭނާއާއި ކިޔާންއަށް އެހީތެރިވެދެން ރީޙާން ނިންމިއެވެ.
ޒޭނާ ކޮޓަރީގައި ޓީވީ ބަލަން އޮތީ ފޫހިވެފައެވެ. ރީމާޔާއާއި އިޒްނާގެ ހަބަރެއް ނުވުމުން ކުރާނެ ކަމެއް ނޭގިފައެވެ. އެވަގުތު އޭނާގެ ނޮކިޔާ ބައްތި ފޯން ރިންގުވާން ފެށިއެވެ. ފޯނުނަގައި ކަންފަތުގައި ޖަހާލުމުން ރީމާ ވާހަކަ ދައްކަން ފެށިއެވެ. ” އޭތް ރެޑީވެބަލަ އަހަރެންނާއެކު ފިހާރައަކަށް ގޮސްލަން ” ރީމާ ވާހަކަ ދެއްކިއެވެ. ޒޭނާ މި ރެޑީވަނީ ކަމަށް ބުނެ ފޯން ކަޑާލަމުން ކަޅުކުލައިގެ އޯވާސައިޒް ގަމީހަކާއި ނޫކުލައިގެ ޖިންސެއް އިސްތިރި ކޮށްލުމަށް ފަހު ފެންވަރަން ދިޔައެވެ.
ޒޭނާ ރެޑީވެގެން ބޭރަށް ނިކުން އިރު ރީމާއިނީ އަައިހެވެ. ޒޭނާ ގޮސް ސައިކަލު ފަަހަތަށް އެެރުމުން ރީމާ ސައިކަލުގައި ގޮސް ފިހާރައެއް ކުރިމަތީ ސައިކަލު މަޑުކޮށްލިއެވެ. ދެކުދިން ސައިކަލުން ފައިބައިގެން ފިހާރައަށް ވަނެވެ. ރީމާ ބައެއް ސާމާނު ގަނެލުމަށް ފަހު އޭނާއަށްށާއި ޒޭނާއަށް ދަޅެއް ގަނެލިއެވެ. ފިހާރައިން ނިކުމެ ރީމާ މިސްރާބު ޖެހީ އަތިރިމައްޗާ ދިމާލަށްށެވެ. ” ކޮންތާކަށް މިދަނީ ” ޒޭނާ ރީމާކުރެން އަހާލިއެެވެ. ” ދެން ޒޭން އުފަންދުވަސް ފާހަގަ ކުރާހިތް ނުވިއަކަސް އުފަންދުވަހުގެ އުފަލުގަ އަހަރެންނާއެކު ދަޅެއް ބޯލެވިދާނެ ދޯ .. ” ރީމާ ސައިކަލު ބެހެއްޓުމަށްފަހު ދަޅުތައް ހުރި ކޮތަޅު ހިފައިގެން ގޮޑުދޮށާ ދިމާލަށް ހިނގައި ގަންނަމުން ބުނެލިއެވެ. ޒޭނާ އެއްޗެއް ނުބުނެ ރީމާ ފަހަތުން ހިނގަމުން ދިޔައެވެ. ހިިސާބަކަށް އެދެކުދިންނަށް ހިނގާފައި ދިޔަތަނާ ޒޭނާ ލޮލުގައި އަޅައިގަތީ ވަރަށް ރީތިކޮން ތައްޔާރު ކޮށްފައިވާ ތަނެކެވެ. ރީމާ ޒޭނާ ގޮވައިގެން ދިޔައީ ސީދާ އެދިމާލަށްށެވެ. ޒޭނާއަށް މިވާން އުޅޭ ގޮތް ރޭކާލީ ދެނެވެ. ޒޭނާ ރީމާއަށް ބަލާލިއެވެ. ރީމާ މޫނުމަތީގައި ވަނީ ކާމިޔާބީގެ ހިނިތުން ވުމެކެވެ.
” އޯ މީދޯ މިވެގެން އުޅޭ ގޮތަކީ .. ” ޒޭނާ ގޮސް އިޒްނާއާއި ކިޔާން އާއި ރީހާން ގާތު ހުއްޓިލަމުން ބުނެލިއެވެ. ” ސަޕްރައިޒް ސިސީ ” އިޒްނާ ޒޭނާގައިގައި ބައްދާލަމުން ބުނެލިއެވެ. ޒޭނާ ކިތަންމެ އޭނާގެ އުފަންދުވަސް ފާހަގަ ކުރަން ބޭނުން ނުވިއަސް ނޫނެކޭ ބުނާނީ ކިހިނެއް ހެއްޔެވެ. އެވަގުތު އެތާ ތިބީ އޭނާގެ ހަޔާތުގައި މިއަދު އެންމެ މުހިންމު ހަތަރު މީހުންނެވެ. ” ތެންކިޔު ގާއިޒް އައި ލައިކް އިޓް . ” ޒޭނާ ޝުކުރު އަދާ ކުރިއެވެ. ރަތް ކުލައިގެ ރޯސްއާއި ހުދު ލޭސްފޮތިން މުޅިތަން ތައްޔާރު ކޮށްފައިވާއިރު ކޭކުވެސް ވަނީ ރަތްކުލައިންނެވެ. ” ހެޕީ ބާތްޑޭ ލަވް . ޔޫ ލުކް ބިއުޓިފުލް ލައިކް އޯލްވޭސް ..” ޒޭނާގެ އަތުގައި ބޮސްދެމުން ކިޔާން ބުނެލިއެވެ. ޒޭނާ ލަދުގަތެވެ. އަދި ތޭންކިޔޫ އޭ ބުނެލިއެވެ. ރީމާ ގުޅައިގެން އަލީނު އައުމުން ޒޭނާ ކޭކު ފެޅިއެވެ. އަލީންއާއި ރީމާގެ ގުޅުމުގެ ވާހަކަ މިހާރު ހުރިހާ ކުދިންނަށް އެނގެއެވެ. ރީހާން އެގުޅުމަށް އިންކާރު ނުކުރުމުން ރީމާ ވަރަށް އުފާވިއެވެ. ކޭކު ފެޅުމަށް ފަހު ހުރިހާ އެންމެން ޒޭނާއަށް ހަދިޔާ ދިނެވެ. ކިޔާން އައިސް ޒޭނާ ގާތު ހުއްޓިލިއެވެ. ” ޒެނީ.. އައި ހޯޕް އަހަރެންގެ ގިފަޓު ކަމުދާނެ ކަމަށް ” މިހެން ބުނެ ޒޭނާގެ ވާތުގައި ހިފުމަށް ފަހު ކިޔާން އެއްފައި ކުރުކޮށްލާފައި ޒޭނާ ކުރިމަތީ އިށީނެވެ. ” ޒެނީ އަހަރެންނަށް ފުރަތަމަ ޒެނީ ފެނުންދުވަހު އަހަރެންގެ ހިތުގެ ހިގުން ހުއްޓުނު ކަހަލަ .. ތިހާ ރީތި ކުއްޖެއް އަހަރެން ހަޔާތުގައި ވެސް ނުދެކެން . ޒެނީގެ ހަދާންތައް މިހިތުން ސިކުންތު ކޮޅަކަށްވެސް ނުދޭ . ފުރަތަމަ ފެނިލުމުންވެސް ޒެނީ އަހަރެންގެ ހިތް މިލްކު ކޮށްފި . އަހަރެން ބޭނުމެއް ނޫން ޒެނީ އަށް އަހަރެން ނޫން އެހެން މީހަކު ބަލާލަންވެސް އަހަރެންގެ ބޭނުމީ އަހަރެން ކައިރީ ޒެނީ މުޅި އުމުރަށް ބަހައްޓަން .. ޒެނީ އަހަރެންގެ ހަޔާތުގަ އަހަރެންގެ މުޅި ހިތުގަ މުޅި އުމުރަށް ރަނިކަން ކޮށްދޭނަންތަ .. އަހަރެންގެ މީހެއް ގޮތުގަ މުޅި އުމުރަށް ހުންނަށް އެއްބަސްވާންކެރޭނެތަ.. ޒެނީ ވިލްޔޫ މެރީ މީ .. ” ކިޔާން ސީދާ ޒޭނާއާއި ހަތަރުކަޅި ހަމަކޮށްލައިގެން އިދެ ބުނެލިއެވެ. ޒޭނާ ހުރީ ހައިރާން ވެފައެވެ. މުޅި ތަނަށް ވަނީ ހަމަ ހިމޭންކަން ވެރިވެފައެވެ. ކިޔާންގެ ލޮލުން ޒޭނާއަށް އިންތިހާދަރަޖައިގެ ލޯބި ހާމަވަމުން ދިޔައެވެ. ” ޔެސް .. އައި .. ވިލް .. މެރީ ޔޫ ..” ޒޭނާ މަޑުމަޑުން ބުނެލިއެވެ. އެވަގުތު ރީމާއާއި އަލީން ކުންފެޓީ ބުރުވާލަމުން ހަޅޭއްލަވައިގަތެވެ. ޒޭނާއަށް ހިނިތުން ވެވުނެވެ. ކިޔާން އެވަގުތު ވަރަށް ރީތި އަނގޮށްޓިއެއް ޒޭނާގެ ވައަތު ކަށިމައި އިނގިލީ އަޅުވާލަ ދިނެވެ.
އެވަގުތު އިޒްނާ ވަރަށް ރީތި ލަވައެއް ޖަހާލިއެެވެ. ” ކޭންއައި ޑާސްވިތް ޔޫ މައި ޓުބީ ވައިފް ” ކިޔާން ލާނެތް ހިނިތުން ވުމެއް ޒޭނާއަށް ހަދިޔާ ކޮށްލަމުން ބުނެލިއެވެ. ” ޔެސް .. މައި ޓުބީ ހަޒް .. ” ޒޭނާ އޭނާގެ އަތް ކިޔާންގެ އަތްމަތީ ބާތްވަމުން ބުނެލިއެވެ. ކިޔާންއާއި ޒޭނާ އިވެމުންދިޔަ ރާގާއެއްވަރަށް ނަށަންފެށުމުން ރީމާއާއި އަލީން ވެސް އެދެމީހުން ނާއި ބައިވެރިވެ ކަޕްލްޑާސް ކުރަން ފެށިއެވެ.
*****************
ތުންފަތުން ކަލޭތިދޭ އިޝާރަތުން
ޒަހަމްވީ ތި ޖާދުވީ ބަލާލުމުން
ތިކަޅިރަވައިން ތިދޭ ފަށުވި ބެލުން ތަކުން
މިބިންމަތީ ތިނޫންނަމެއް ހިތާނުވޭ
ދޭނަޒަރުތަކުން ހިތްވަނީ އެދޫ
ކައިރިވާންއެދޭ ތިއީއެ މޫނަކީ
ތަޢުރީފު ކުރެވެނީ ފެނިފަ މިތުރާމަގޭ
*************
ސީދާ ޒޭނާގެ މޫނަށް ބަލަންހުރެ ކިޔާން މަޑުމަޑުން އިވެމުންދިޔަ ލަވަޔާއި އެއްވަރަށް ލަވައިގެ ބަސްތައް ކިޔަމުން ދިޔައެވެ. ޒޭނާ އިތުރަށް ރަކިވިއެވެ. ކިޔާންގެ މޭގައި ބޯއަޅާލަމުން ހިނިތުން ވެލިއެވެ.
( ނުނިމޭ )
============================================================
.let me know which couple is your favorite
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

K, Z
yeah , they are cute right 🙂