Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ސާދަވަނަ ބައި)

އެންމެން ކައި ނިންމައިގެން ނުވަ އެއް ޖެހި އިރަށް ސިޓިންރޫމް ސޯފާތައް ފުރާލައިގެން ތިބީ އެމީހުން ރޭވި ގޮތަށް ތްރޫތް އޯ ޑެއާރ ކުޅެން ތައްޔާރުވެގެން ނެވެ.އެންމެން ހަމަ ހަމަ ކުރަން ވެގެން ފަހަރަކު މީހަކު ޖައްސާގޮތަަށް ހެދީ ރިޔާން އެވެ.ރިޔާން އެހެން ބުނުމުން އެންމެން ވެސް ހިފާލީ ރިޔާން އަށް ގިނައިން ޖެހިދާނެތީ ހެދި ގޮތެކޭ ކިޔާފަ އެވެ.”ހްމްމްމް ރިޔާން ކައެ އެންނު ދޯ ބުނީ އެހެން ކުޅެން އެހެން ވީމަ ކައެ ޖެހޭނީ ފަށަން ތްރޫތް އޯ ޑެއާރ”ނުކްޝާން ރިޔާން އާއި ދިމާކޮށްލިއެވެ.”އައި ތިންކް ތަރޫތް”ރިޔާން ތްރޫތް އޭ ބުނީ ޑެއާރ ނަގައިފި ނަމަ ނުކްޝާން ޖައްސާނީ މޮޅެތި އެއްޗިހި ކަން އިނގޭތީ އެވެ.ނަަމަވެސް ތްރޫތް ނަގައިގެން ވެސް ވީ ފައިދާ އެއް ނެތެވެ.”ކްރަޝް އޯ ރައްޓެހިވެގެން އުޅޭ ކުއްޖަގެ ނަން.ހަނދާން ކުރާތި ކްރަޝް އެއް ނެތޭ ބުންޏަސް ގަބޫލެއް ނުކުރާނަން”ނުކްޝާން ބުނެލީ ކުރިން ވެސް ރިޔާން ބުނާނީ އެހެންކަން އިނގި ހުރެއެވެ.ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ރިޔާން ބުނަން ނުބުނަން އިނދެފައި ބުނެލި ނަމުން އެންމެންގެ މޫނު ހުދުވެގެން ނުދިޔައީ ކިރިޔާއެވެ.

*****************

އެހެންމީހުންނަށް ވީ ވަރަށް ވުރެ ވެސް ރަޔާން އަށް ވީ ވަރު ބޮޑެވެ.”އައިރާ އޭ.ރައަޓެހިވެގެންތަ އުޅެނީ؟”ރަޔާން އަހާލީ އައިކާ އާއި ދިމާލަށް ބަލައިލަމުން ނެވެ.”ރައްޓެހިވެގެން”ރިޔާން ޖަވާބު ދެމުން ދިޔައީ އައިރާގެ މޫނާއި ދިމާލަށް ބަލާލާފައި އެވެ.”ރިއަލީ ކިތަށް އަހަރު ވީ؟”މި ފަހަރު އައިކާ ބުނެލީ ޝައުގުވެރިވެފައި އިން ފަދަ އަކުން ސޯފާގައި ރަނގަޅަށް ހަމަޖެހިލަމުންނެވެ.

 

“އޭއި ތި ސުވާލުގެ ޖަވާބު ވެސް ލިބިދާނެ ފަހުން.މީ ތްރޫތް އޯ ޑެއާރ ކުޅޭ ގަޑި”ނުކްޝާން ގެ މޫނުމަތިން އެކަމަށް މާ ބޮޑު ޝައުޤުވެރިކަމެއް ކަމެއް ހުރި ހެނެއް ހިޔެއް ނުވެއެވެ.”އެެހެން ވިއްޔާ އެއް ނުކުޅޭނަން”އައިކާ ބޮޑާ ހާކާލިއެވެ.”ވަރެއްގެ މަންޖެ އެއްނު.ރައްޓެހިވެގެން އުޅޭތާ ހަތަރު އަހަރު ވީ.އެނިވާސަރީ އަކީ ޖެނުއަރީ ތްރީ.އަަހަރުން ކައިރީ ބުނަން މަޑުކޮށްގެން އެތިބެނީ. މީ އަދި ނުވެމްބާރ ޓްވެންޓީ އެއިޓް އެއްނު.ޑިސެމްބަރ ތްރީގަ އަހަރުން ކައިރީ ބުނާނީ.ރިޔާން އައިރާ ކައިރީ ރައްޓހިވާން އެހި ރޭ އައިރާ ލައިގެން ހުރީ އޮރެންޖު ކުލައިގެ ހެދުމެއް.އައިރާ އައީ މިޝްޔާ އާއި އެއްކޮށް ހިނގާލަން ދާންނޭ ކިޔާފަ.ކިހާ ވަރަކަށް މައުލޫމާތު އައިކާ ބޭނުންވަނީ”ނުކްޝާން ކިޔަމުން ދިޔަ ހުރިހާ ވާހަކަ އަކަށް އައިރާ އާއި ރިޔާންގެ އަނގަ ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ބޮޑު ވަމުންނެވެ.

 

“ވަޓް ދަ.ކޮންތާކުން ތިހާ މައުލޫމާތު ހޯދީ”ރިޔާން އަހާލީ ހައިރާން ކަމާއި އެކު އެވެ.”މަ މޮޅުވާނޭ”ނުކްޝާން ލައިގެން ހުރި ގަމީހުގެ ގިރުވާނު މައްޗަށް އުފުލާލީ ފޮނި ކަނޑާލާށެވެ.”ހްމްމްމް ދެން ތިހާ ފޮނި ނުވިޔަސް ހެވޭ.އަދި ތިހާ ފޮނި ވާކަށް ވެސް ނުވޭ”ރިޔާން ބުނެލީ ނުކްޝާން މާ ފޮނިވެލުމުންނެވެ.”އެއްކަލަ ރިޔާން ކަޑަ ވަނީ މަަށަށް މީނަ އަށްވުރެ މޮޅަށް އެއްޗިހި އިނގޭތީ”ނުކްޝާން ބުނެލީ ރިޔާން އާއި ދިމާލަށް އަބަދު ވެސް އޭނާ ބުނާ ވާހަކަ އެކެވެ.”ދެން ކިހިނެތް ތަ ތި ހުރިހާ މައުލޫމާތެއް އިނގުނީ ނުކީ އަށް”އައިރާ ބުނެލީ ނުކްޝާން އަށް މައުލޫމާތު އިނގުން ގޮތް އިނގެން ބޭނުން ވެފައި ހުރި ލެއް ބޮޑުކަމުން ނެވެ.

 

“ދެން ތި ވާހަކަ ފަހުން ދޯ “ނުކްޝާން ބުނެލީ އިތުރަށް އެވާހަކަ ދައްކަން ބޭނުންނުވުމުންނެވެ.ފަހަރަކު މީހަކަށް ޖެހެމުން ގޮސް ޒާރާ އަށް ޖެހުމާއި އެކު އެންމެން ކުރާނެ ސުވާލެއް ނޭނގި ވިސްނަން ތިބެވުނީ އެވެ.

 

“އޭ ސުވާލެއް”ޒާރާ އަށް ކުރާނެ ސުވާލެއް އިނގުމުން އަޔާން އަތް މައްޗަށް ނަގާލިއެވެ.”ކޮށްބަލަ”ޒާރާ ބުނެލީ އަޔާން ކުރާނެ ސުވާލަކާއި މެދު ވިސްނަމުންނެވެ.”އެއްކަލަ ގަޑީގަ ޒާ އަށް ގުޅީ ކާކު؟”އަޔާން އެ ސުވާލު ކުރީ ކިޔާންގެ ތަބީޢަތު ބަދަލުވީ ޒާރާ އަށް ގުޅި މީހާގެ ސަބަބުން ކަން އިނގޭތީ އެވެ.”އެދެން މީހަކު ކުރާ ކަހަލަ ސުވާލު.އެއީ ރާއިލް މައި ބީ އެފް”ޒާރާ އެހެން ބުނެލާފައި ވެސް ޖަވާބު ދިނެވެ.

 

ޒާރާގެ ޖަވާބުން އަޔާން އަށް ކިޔާން އާއި ދިމާލަށް ބަލައިލެވުނެވެ.ކިޔާން އަށް އިނގުމަށް ވުރެ ނޭނގުން މާ އައުލާކަން ބޮޑޭ އަޔާންގެ ހިތަށް އެވަގުތު އެރިއެވެ.އަޔާން އަށް އެ ސުވާލު ކުރެވުމުން އޭނާގެ މޮޔަކަމާއި މެދު ޝަކުވާ ކޮށްލެވުނީ ކިޔާންގެ މޫނަށް އަރާފޭބި ކުލަވަރުތަކުން ނެވެ.

 

“އޭއި ދެން ކިޔާން.ތްރޫތް އޯ ޑެއާރ”ޒާރާ އާއި ޖެހިގެން ވަކިން އިން ސޯފާގައި ކިޔާން ކިޔާން ގާތު ނުކްޝާން އަހާލިއެވެ.”ޑެއާރ”އެއްވެސް ވިސްނުމަކަށް ނުގޮސް ކިޔާން ބުނެލީ ތްރޫތް ނެގުމުން ނުކްޝާން ފުރަތަމަވެސް އަހާނީ މިއަދު އޭނާ ރެސްޓޯރެންޓް ދޫކޮށް ދިޔައީ ކީއްވެތޯކަން އިނގޭތީއެވެ.

 

“އެންމެ ލޯބިވާ ކުއްޖާ މިތާ ނެތަސް ހުއްޓަސް އެކުއްޖަ އަށް ލަވަ އެއް ކިޔައިދޭންވީ.އިންގްލިޝް ވިޔަސް ނޫނީ ދިވެހި ވިޔަސް އޯކޭ”ނުކްޝާން ބުނެލީ ކިޔާން ކިޔަން ނުކިޔާން އިންހެން ހީވުމުންނެވެ.ކިޔާން ފުން ނޭވާ އެއް ލަމުން ކިޔާނެ ލަވަ އަކާއި މެދު ވިސްނާލި އެވެ.ފުން ނޭވާ އެއްލަމުން ކިޔާން ކިޔަން ފެށަން ތައްޔާރު ވުމުން އެންމެން ގެ ސަމާލުކަށް ކިޔާން އަށް ހުއްޓުނީ ކިޔާން ކިޔާނެ ލަވަ އެއް ބެލުމުގެ ޝައުގުވެރިކަން އޮތުމުންނެވެ.

 

ހިނިތުންވެލާށެ ކަލާ

އެ ހަނދާންތަކާ ގުޅިފައިވަމޭ

ލޯބިން އެކީ ހިއްސާ ވަމުން

އޯގާވީ ދެން ފިރުމާލަމުން

ހިނިތުންވެލާށެ ކަލާ

 

ވީރާނަވީ މި ހަޔާތް އެކީ

ފޫދޭ ދެލޯ ކަރުނުން އެކީ

މީ އޭ އަޅާ ހުރި ހާލަކީ

ލިބިވީ ނިޝާނޭ ދިރުމަކީ

ދުރުގައި ވިޔަސް މި ދުޢާ އަކީ

އެބަދަށް އެދޭ ހެޔޮ އެދުމަކީ

ހިނިތުންވެލާށެ ކަލާ ×2

 

ކިޔާން ލަވައިގެ އެ ހިސާބަށް ކިޔާ ނިންމާލުމާއި އެކު އެންމެން އެންމެންނަށް އެ ލަވަ ކިޔާން ކިޔައި ދިނީ ކާކަށް ތޯ އަހާލިއެވެ.”ދެން ވަރަށް ސޭޑް ލަވަ އެއް.ހަމަ ރޮވިއްޖެ.ކިޔާން ކާކަށްތަ އެ ލަވަ ކިޔައިދިނީ.އަޅެ އެކުއްޖަ ހާދަ ނުބައޭ ދޯ.އެހެން ނޫނަސް ކިޔާން އަށް ނޫނެކޭ ބުނާނެ ކުއްޖަކު ހުންނާނެހެން ހާދަ ހީނުވެއޭ”ޒާރާ ބުނެލީ ކިޔާން އެ ލަވަ ކިޔައިދިން ކުއްޖާ އަކީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަން އޮތުމުންނެވެ.

 

ޒާރާ އެހެން ބުނުމާއި އެކު ކިޔާން އަށް ޒާރާ އާއި ދިމާލަށް ބަލައިލެވުނެވެ.”ތީއޭ އެކުއްޖާ އަކީ ޒާރާ.އަހަރެން ލަވަ ކިޔައި ދިނީ ޒާރާ އަށްށޭ ޔޫ ސްޓުޕިޑް ގާރލް”އެޖުމުލަތައް އޮތީ ކިޔާންގެ ހިތުގައި އެވެ.ދުލަާއި ހިސާބަށް އެ ޖުމުލަތައް ގެންނަން ކިޔާން ނުކުޅެދުނެވެ.

 

“ނޯވަން.އެއީ އެއްވެސް ކުއްޖަކަށް ކިޔައިދިން ލަވަ އެއް ނޫން”ކިޔާން އަށް ސަލާމަތް ވެވެން އޮތީ ދޮގު ހަދައިގެން ކަން އިނގޭތީ ހަދަން ޖެހުނީ ދޮގެވެ.”އެއީ ކިޔާން މަށަށް ކިޔައިދިން ލަވަ އެއް ދޯ”ނުކްޝާން ވެސް މާހައުލުގައި އޮތް މަޖާކަން އެނބުރި ގެނެއުމަށް ބުނެލިއެވެ.

 

ނުކްޝާން އެހެން ބުނުމާއި އެކުހެން ކިޔާން ކުޝަން ނަގާ ނުކްޝާން އާއި ދިމާލަށް ހޫރުވާލީ މޫނު ހަދާލަމުންނެވެ.”ކިޔާން ވަރަށް ޖޯކު މޫނު ހެދީމަ ވައްތަރީ އަންހެން ކުއްޖަކާ”ނުކްޝާން ކިޔާން އާއި އަނެއްކާ ވެސް ދިމާ ކޮށްލިއެވެ.

 

“އޭދެން މިރެ އަށް ނިމުނީ ދެން މަމިދަނީ ނިދަން ދާން”އައިރާ ބުނެލީ ނިދި އައިސްފައި ހުރުމުންނެވެ.”އޭއި އެތެދެކޭ އެއޮށް އެގާރަ ޖެހީ ގަޑިން”މިލާން ވެސް ގަޑި ބަލާލަމުން މަ ވެސް ދަނީ އޭ ބުނެފައި ދާން ހިނގައިގަތީ އައިރާ އާއި އެއްބައި ވެލަމުންނެވެ.އެންމެން އެނބުރި ދިއުމުން ވެސް ނުކްޝާން އާއި ޒީކާން ފޯނު ހިފައިގެން ސޯފާގައި ތިބީ އިރުކޮޅަކުންނޭ ދާނީ ކިޔާފައި އެވެ.

 

އެހެން އިންދާ ނުކްޝާން އަށް ނުދަންނަ ނަމްބަރަކުން ކޯލެއް އައުމުން ނަގަންނުނަގަން އިނދެފައި ޒީކާން އަށް ފޯނު ދައްކާލީ ނަގަންވީހޭ އަހާފަދަ ގޮތަކަށް ށެވެ.ޒީކާން ވެސް ފޯނަށް ބަލަން އިނުމަށްފަހު ރިންގް ވެފައި ކެނޑުމުން ނުކްޝާން އާއި ދިމާލަށް ބަލައިލީ އޭނާ އަށް ވެސް ނަގަންވީ ކަމެއް ނޫނީ ނުނަގަންވީ ކަމެއް ނޭނގުމުންނެވެ.”ނޭނގުނީ ކަންނޭނގެ އެމީހަކަށް .ނަގާފަ ބުނެބަލަ ތި ގުޅީ ނުބައި ނަމްބަރަކަށްށޭ”ދެވަނަ ފަހަރަށް ވެސް ހަމަ އެނަމްބަރުން ގުޅުމުން ޒީކާން ބުނެލިއެވެ.ނުކްޝާން ވެސް ދެކޮނޑު އަރުވާލަމުން ފޯނު ނަގައިލީ ދެން ލިބެން އޮތް ހަބަރެއް ނޭނގިއެވެ.

 

“ތިބޭފުޅާ އަށް ގުޅިގެން ތި އުޅެނީ ނުބައި ނަމްބަރަކަށް”ނުކްޝާން ފޯނު ނެގުމާއި އެކު ހެން ބުނެލިއެވެ.ނަމަވެސް ނުކްޝާން އަށް ބުނެވުނީ އެހިސާބަށް ށެވެ.އެމީހާ ވާހަކަ ދައްކަން ފެށުމުން ނުކްޝާން ޖެހުނީ މަޑުމަޑުން އިންނާށެވެ.”ތިއީ ނާއިޝްގެ ދަރިފުޅު ތޯ”އެމީހާގެ އަޑުން އެކަނި ވެސް އެމީހާ ހާސްވެފައި ހުރި މިންވަރު ނުކްޝާން އަށް ނަގައިގަނެވުނެވެ.ނުކްޝާންގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެއް ކަމަކު ލައްބައޭ ބުނެލިއެވެ.ނުކްޝާން ލައްބައޭ ބުނުމުން އެމީހާ ދިން ހަބަރު ގެ ސަބަބުން ނުކްޝާންއަށް ހީވީ ދުނިޔެ ވެސް އެނބުރުން ހެންނެވެ.

 

ނުނިމޭ

މި ބައި އެހެން ބައި ތަކަށް ވުރެ ކުރު ވެދާނެ.އަޅުގަނޑު ވެސް ޓާރމް ޓެސްޓް އަށް ދަސްކުރާތީ ކުރިން ދިން ވަރަށް ވާހަކަ އަށް ވަގުތު ނުދެވޭތީ މި ބައި ކުރުވެދާނެ.މިކަމަަށްޓަކައި ކިޔުންތެރިންގެ ކިބައިން މާފަށް އެދެން.

 

Comments (8)

  1. Laura

    Hi Rifoo
    Miadhu first dho…
    Varah reethi ingey mi part vx Masha Allah.naseebei nu riyaan shahna mn meehei ge nan nubuni kan vx.alhey I feel sorry for kiyan.zaa akah vx neyngun dho eii zaa ah kiyaidhin song eh kamei.varah varah reethi ingey mi vaahaka.
    Alhe aneikaa vx curious thankolhakunney thi ninmaali.aneikaa kon vaahaka eh baa buny.meehaku naaish mennah bondi eh dhiny tha??ahhhh i am so curious…
    Once again story varah reethi Masha Allah 💗. may Allah bless your work
    Love you Rifoo 💋❤️

    1. RIFSHA
      Laura

      Thanks Laura
      Next part submit kohlaifin
      Dhen kiyaalyma ingi dhaane thaa dho vaane goi..
      Hehe thanks again 😊
      Love you more Laura 💕💕

  2. Seesaw

    Mi episode ves varah reethi !
    kivetha huri haakameh nukah vani . Varah sad vaane dho esoru ves !
    Anyways once againn this episode ves varah salhi !
    Hope u get A+ in term test 🙂
    LY Rifoo ❤️

  3. GIRL VEMPIRE

    Maasha allah mi part vx varah varah reethi. Alhey nukshaan bahppa ah kihineii thr e v? Omg😦 dhera gotheii nahadhahcheyy. Plzzz. When next?

    1. RIFSHA
      GIRL VEMPIRE

      Thanks naureen
      Ahaha dhen balamaa v goi.
      Next part submit kohlaifin miadhu hendhunu
      See you in school bestie 😄

  4. Nishva

    Mi part vx varah reethi Masha Allah.
    Alhe kihinei tha evy.varah kiyaa hithun indha ey e nimuny..
    Nukshaan bappa ah kihinei tha evy.varah curious vejje
    Next part kiyaalan libeyni kon dhuvaku
    Curiosly waiting for the next part
    Love you my fav author ❤️💕

    1. RIFSHA
      Nishva

      Thanks nishva
      Ehen tha
      Next part submit kohlaifin
      Love you more nishva 💖

  5. Butterflyyyyy

    Heyy Rifoo..
    miadhu ge part vx vrh vrh reethi maasha allah❤
    anehka nukshaan ah gulhey kaakubaa..? alheyy kon habareh emeeha nukshaan ah dhiny..??
    Its okey dear focus on your studies.. and goodluck on your term test❤
    Lyssm🦋💜

Comments are closed.