މަލްސާ ނިދި އަންނަނީކަމަށް ބުނެ ގޭތެރެއަށް ވަނެވެ. ރީހާވެސް ޖޯލި އެތެރެއަށް ލުމަށް ފަހު ގެއަށް ވަނެވެ. ”ކޮބާ؟ ރީތި ދޯ މެދަށް އެހުރި ކުއްޖާ؟“ ރީހާ އުފަލުން ހުރެ އަހާލިއެވެ. ”ކާކު؟“ މަލްސާ އެހިއެވެ. ”މާޒުއޭ އެއީ … ރޭގަ މަށާ ދިމާމި… އެއްކަލަ އަހަރެމެން ކުރިމަތިން ހިނގާފަދިޔަ އެއްނުން ފިރިހެނުން ތަކެއް؟“ ރީހާ ކިޔައިދިނެވެ. ”ރީހޫ ކޮންބައެއް؟ އެއްވެސް ބައެއް ނާދޭ އަހަރެމެން ތިބިތާކަށް!“ ”ނޫނެކޭ… އަހަރެމެން ކުރިމަތިން ދިޔައީ ވެސް“ ރީހާ ކުޑަޮ […]
“ބީ ސޭފް..” އެލްވިން ބޯޖަހާލިއެވެ. ކައިޒެން ދިއުމުން އޭނާ ވަނެވެ. ކައިޒެން އާއި ވާހަކަދައްކައި ލެވުނީމާ އެލްވިން ހުރީ ނިކަން އުފަލުންނެވެ. ކޮންމެ ދުވަހަކުވެސް މިގޮތަށް ކައިޒެން އާއި ވާހަކަ ދައްކައި ލެވޭނެ ނަމައެވެ. އެކަހަލަ ފޮނި ހިޔާލުތަަށް ކުރަމުން އެލްވިން ގެޔަށް ވަނެވެ. *ޕާރްޓް-11* ހިރާ މަސަށްކަތް ކުރަމުން ދިޔައިރު އިވާން ހުރީ އޭނާގެ މޭޒުކައިރީ ފައިލްތަކެއް ހިފައިގެން އެބަލާށެވެ. އިރުކޮޅެއް ނުވެ ހިރާ “ނިމުނީއޭ” ގޮވާލިއެވެ. އިވާން ސިއްސައިގެން ދިޔަވަރުން ގޮޑިން ނުވެއްޓުނީ ކިރިއާއެެވެ. މިމަންޒަރު […]
އަތިރިމަތީގައި އިން އަހަރެންގެ ނަޒަރު ހުއްޓިފައި ވަނީ ގޮނޑުދޮށަށް ބީއްސާލަމުން ދިޔަ ރާޅު ތަކާއި ދިމާލަށެވެ. ދިޔަވަރު ހިކިފައި ވުމުން މާބޮޑެތި ރާޅު ތަކެއް ނުޖެހި ނަމަވެސްއެވެ. މިހާރު އިރު އޮއްސުނުތާ ވެސް އިރުކޮޅެއް ވެއްޖެއެވެ. މެންދުރުން ސުރެ އަހަރެން މީނީ މިތަނުގައެވެ. އެކަންޏެވެ. މިއަދު އަހަރެންނަކީ އެކަނިވެރިއެކެވެ. ގޮނޑުދޮށަށް ބީއްސާލި ރާޅާއި އެކު އަހަރެން ލޮލުންވެސް ކަރުނަ ތިއްކެއް ވެއްޓިއްޖެއެވެ. އެއްވެސް ރަހުމެއް ނެތި އަހަރެންގެ ކޯތާފަތުގައި އެކަރުނަތިކި ބީހިލާފައި ވެއްޓިއްޖެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ […]
” އަނާ…؟ ” ކުވިލްޓް ބޮލުގައި އަޅައިގެން ޒޯޔާއަށް ފުރަގަސްދީގެން އިން އަމާނީ ފެނި ޒޯޔާ ބިރުން ގޮވާލިއެވެ. ” އަނާ… އަނގައިން ބުނެބަލަ… ” އަމާނީ އިން ދިމާލުން ކުރަކި ފާޑެއްގެ އަޑުތަކެއް ވެސް އިވެމުން ދިޔައެވެ. ބިރުން ހުރެ ނަމަވެސް އަމާނީ އޭނަ ބިރުގަންނަވަނީ ކަމަށް ހީކޮށް އަމާނީ ގާތަށް ގޮސް މަޑުކުރި ޒޯޔާއަށް ފެނުނު މަންޒަރުން ދެލޯ ބޮޑުކޮއްލެވުނެވެ. ކުރު އިސްތަށިތަކުން މޫނު އެއްކޮށް ނިވާވެފައިވީ ނަމަވެސް ހަންގަނޑުވަނީ އެއްކޮށް ކަޅުވެފައެވެ. އަނގައިން […]
“ޒާން ބުންޔަސް މަންމަ ބުނީ ހިގާބަދާން.. ޒާން ދަރިފުޅަށް ގޮތެއް ހެދިޔަކަ ނުދޭނަން މަންމައެއް..” އަހަރެންގެ ޖުމްލަ ފުރިހަމަ ނުވަނީސް މަންމަ ބުންޔެވެ. އަހަރެން އެެއްބަސް ވީމެވެ. އަހަރެންނަށް ޔަގީންވާކަމަކީ މަންމަ ދުވަަހަކުވެސް އަހަރެންނަށް އަނިޔާއެއް ދޭކަށް ނޭދޭނެ ކަމެވެ. ކުރިން މަންމަ އަށް ނެއިން ގުނީމައެވެ. އެހެން ނޫނީ މިހާރު އަހަރެން ހުންނާނިއްޔަކީ ރަށުގައެވެ. މުޅިން މިނިވަން ވެގެންނެވެ. *ޕާރްޓް-16* ހަވީރު ވުމުން އަހަރެން ތައްޔާރު ވެލީމެވެ. ޒާން އޮފީހުން އަންނާނީ ގާތްގަޑަކަށް ފަހެއް ޖަހާލާރު އެވެ. އެހެން ކަމުން […]
މިކަހަލަ ސަކަރާތެއްގައި ހުރެމެ އެލްވިން އަށް ނުކުމެވުނީ ގެޔެށް ކައިރިއަށެވެ. އޭނާ ހިތަށް އެރީ އެގެޔަށް ވަނުމަށެވެ. އޭރުން ފަހަރެއްގައި އެމީހާ ގޮސްފާނެއޭ ހިތައެވެ. އޭނާ ހިގަމުން އަންނަނިކޮށް އެގެ ދޮރު ހުޅުވާލި ތަން ދެކުނެެވެ. އެލްވިން ކުޑަކޮށް މަޑުޖެހިލިއެވެ. އެގެއިން އެނުކުތީ ކައިޒެން އެވެ. އޭނާ މިގެޔަށް އެއައީ ކީއްވެހެއްޔެވެ. އަނެއްކާ މިއީ އޭނާގެ ގެ ނޫންބާއެވެ. ކޮންމެ ގޮތެއްވިއަސް މިގަޑީ ކައިޒެން ފެނުމީ ނަސީބޭ ހިތާ އެލްވިން ކައިޒެން އަށް ގޮވާލިއެވެ. *ޕާރްޓް-10* ކައިޒެން […]
ޔުމްނާއަށް ގެއަށް ވަދެވުނުއިރު ހެނދުނު 8 ޖަހާފިއެވެ. ތެތް ހެދުމާއެއްކޮށް ޔުމްނާ ހުރިގޮތައް ވަނީ ކޮޓަރިއަށެވެ. އަދި އެއަށްފަހު ފާހާނާއަށް ވަދެ ފެންވެރިއެވެ. ފެންވަރާ ނިމުމުން ތެތް ހެދުން ޔުމްނާ ދާވަށިގަނޑަށް އެއްލިއެވެ. އަދި އެއަށްފަހު އެނދުމައްޗަށް ވެއްޓިގަތުމަށްފަހު ނިދަން އޮތެވެ. *** 25 ވަނަ ބައި *** ހުސްނާ ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައެވެ. އޭނާގެ ޝައްކު މިހާރު ޔަޤީނަށް ބަދަލުވެއްޖެއެވެ. އޭނާގެ ދަރިފުޅު ޔުމްނާއަށް އެހެރީ ޖިންނި އަވަލާފައެވެ. ހުސްނާ ފުން ނޭވާއެއް […]
ސްޓޭޝަނުން ނިކުން ނިކާލް ދިޔައީ ސައިކަލު ދުއްވާލަންށެވެ. ބޯގޮވާފައި ހުރި ވަރުންނެވެ. ގެއަށް ގޮސްފި ނަމަވެސް ހަމަ ބޯ ގޮވާނީކަން އެނގުމުން ނިކާލް ގެއަށް ދާ ކަހަލަ ޙިޔާލެއް ނުކުރެޔެވެ. ސްޓޭޝަނުން ނިކުން ނިކާލް ސައިކަލުގައި ދިޔައީ ބަނދަރާއި ދިމާލަށެވެ. ބޯގޮވާފައި ހުރުމުން ފިނި ވައިކޮޅެއް ލިބޭތޯއެވެ. ބަނދަރު ކައިރީ ހުރި ފިހާރައަށް ވަނީ ފިނި ބުއިމެއް ނަގަންށެވެ. އެހެނަސް ވިއްކަން ހުރި ސިނގިރޭޓު ފޮށިތަށް ފެނުމުން ނިކާލްގެ ޙިޔާލު ބަދަލު ވިއެވެ. ސިނގިރޭޓަކީ ނިކާލްގެ ސިއްހަތަށް […]
ކައިލްއާއި ވާހަކަ ދައްކަމުން ދިޔަ މަޔާންގެ އަޑު ދިޔައީ މަޑު ވަމުންނެވެ. ކަރުތެރެ ބެދެމުން ދާފަދަ އިހްސާސެއްވަމުން ދިޔައެވެ. “މަޔާން ތިކަހަލަ ވާހަކަ ނުދައްކާ.. މަޔާން އަމިއްލައަށް އާއިލާ ކައިރިއަށް ގޮސް ތިހެން ބުނާނީ.. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ.. އަހަރެމެން އެންމެން ވެސް މިހުރީ މަޔާންއާއެކު..” ކައިލް ބުންޏެވެ. “ސާދަ މިނެޓާ ފަންސާސް ސިކުންތު..” ލަޔާޝާ ބިރުން ހުރެ ބުންޏެވެ. މަޔާން ފޯނު ކަނޑައިލިއެވެ. ކުއްލިއަކަށް ބާރު އަޑެއް ގޮވައިގެން ދިޔައެވެ. ***ޕާޓް 43*** ފަހަތުން […]