ބަދަލު ( ފަހުބައި )
މިހެންކަމުން އެއްދުވަހަކު އަހަރެންގެ ދޮންބެ އަހަރެން ގާތަށް އައިސް މާފަށް އެދުނެވެ. ދޮންބެ ދައްތަވެސް އައެވެ. އެކަމުގައި އެމީހުންގެ ކުށެއް ނެތްކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް ބޯހަރު ކަމުންނާއި ފިރެހެނުން ދެކެ ވެފައި ހުރި ފޫހިން އަހަރެންނަށް އެކަންތަށް އެޅުވުނީ އެންމެ ލޯބިވާ ދޮންބެގެ ބޮލުގައެވެ. ދޮންބެމެން އަހަރެންގެ ގާތު އެދުވަހުވީ ކަންތަކުގެ ބަދަލަށް ކޮންމެ ކަމެއްވެސް ކޮށްދޭނަން ކަމުގައި ބުންޏެވެ. އެއަޑު އިވި އަހަރެންގެ ބޮލަށް ޝައިތާނާ ސަވާރުވިފަދައެވެ. އަހރެން ބޭނުންވީ އެ ޓެކްސީ ދުއްވި މީހާ ކުރި ކަންތަކުގެ ބަދަލަށް ބަދަލު ހިފާށެވެ.
އަހަރެން ގަބޫލު ކުރާ ގޮތުގައި އެފަދަ ކަންތައް ކުރާ މީހުންނަށް އޮންނަންޖެހޭނެ އަދަބަކީ މަރެވެ. ސަބަބަކީ އެފަދަ މީހުން މުޖުތަމައުއަށް ދޫކޮށްލާފިނަމަ އެ ހަލާކު ކުރެވެނީ އަހަރެން ފަދަ އެތައް އަންހެންކުދިންނެއްގެ ދިރިއުޅުންކަމުގައިވާތީއެވެ. ގެއްލެމުންދަނީ ކޮންމެ އަންހެންކުއްޖެއްގެ އެންމެ އަގުބޮޑުވެގެންވާ ހަޒާނާއޭ ކިޔުނު އިއްފަތްތެރިކަން ކަމުގައިވާތީއެވެ. އަހަރެން ގަބޫލު ކުރާ ގޮތުގައި އެއްފުޅަށްމަތިން ފުންމާލި ބަކަރި އަނެއް ފުޅަށްމަތިން ފުންމާލާނެއެވެ. އެހެންކަމުން އަހަރެންގެ ވިސްނުން ދޮންބެއާއި ހިއްސާ ކުރީމެވެ. ދޮންބެ އެކަމަށް ވަގުތުން ދެކޮޅު ހެދިއެވެ. އަހަރެން ރުޅިގަދަވިވަރުން އަހަރެން އެކަނި އެކަންތަށް ކޮށްފާނަން ކަމުގައި ބުނީމެވެ. އެއީ އެމީހާގެ އަތުން އަމިއްލައަށް މަރުވުން ކަހަލަ ކަމެއް ކަމުގައި އިނގުން ނަމަވެސް، އަހަރެން އެފަދަ މުޖުރިމަކު މިނިވަންކަމާއިއެކު ނޭވާލާ ދުނިޔެއްއެއްގައި ނޭވާލާކަށްވެސް ބޭނުމެއް ނޫނެވެ. މިކަންތައް ނިމިގެން ދާނީ ދޭތިން އެކައްޗަށް ކަމުގައި އަހަރެންގެ ހިތަށް ވިސްނައިދިނީމެވެ.
އެރޭ އަހަރެން ރާވާފައި އޮތްގޮތަށް ކަންތައް ކުރުމަށް މަސައްކަތް ފެށީމެވެ. އެކުވެރިއެއްގެ އެހީގައި ފުލުހުންގެ ތެރެއިން އަހަރެންގެ ކޭސްއާއި ހަވާލުވެގެން އެންމެ އިސްކޮށްހުރި މީހާގެ ކޮންޕިޔުޓަރ ހެކްކޮށް އެ ޓެކްސީ ޑްރައިވަރުގެ މައުލޫމާތު ހޯދީމެވެ. ޑްރައިވަރުގެ ނަމްބަރު ހޯދުމަށްފަހު ހަލާކުވެފައި އޮތް ބާ ފޯނަކަށް ސިމްއެއް ލައްވައި އޭނައަށް ގުޅީމެވެ. ފުރަތަމަ ފަހަރު ގުޅީމަ ފޯނެއް ނުނެގިއެވެ. އެހެންކަމުން ދެވަނަ ފަހަރަށް ގުޅީމެވެ. ތިންވަނަ ފަހަރަށްވެސް ގުޅީމެވެ. ފޯނު ނެގީ ދިހަވަނަ ފަހަރަށް ގުޅީމައެވެ.
” ކާކު މަށަށް މާ ވަރަކަށް ގުޅަނީ؟ ” އޭނަ ފާޑަކަށް ހަޅޭލަވައިގަތެވެ.
” އޭ މާ ބާރަށް ހަޅޭލަވަން ނޫޅޭ.. މަގޭ އަތުގައި ކަލޭގެ ހަޔާތް ބަރުބާދުކޮށްލެވޭ ވަރުގެ ވީޑިޔޯއެއް އެބައޮތް.. ފަލީހަތް ވާން ބޭނުން ނޫނިއްޔާ މަ ބުނާތަނަކަށް ބުނާ ވަގުތު އަންނާނީ!! ” އަހަރެން ބުނަން ބޭނުންވާ ވާހަކަ ބުނެވުމުން ފޯނު ކަނޑައިލީމެވެ. އެއަށްފަހު އަންނަންވާ ތަނާއި ގަޑި މެސެޖް ކުރީމެވެ. އެއީ އެ ބިރުވެރި ރޭ އަހަރެންގެ އިއްފަތްތެރިކަން ފޭރިގަތުމަށް ފަހު އެއްލައިލި ތަނެވެ. ފުން ނޭވާއެއްލުމަށްފަހު އަހަރެން ކުރަން އުޅޭ ކަންތަކަށް ތައްޔާރުވާން ފެށީމެވެ. ކަޅުކުލައިގެ ހޫޑީއަކާއި ކަޅުކުލައިގެ ޖިންސެއްލުމަށްފަހު ކަޅު މާސްކްއަކުން މޫނުމަތި ނިވާކޮށްލީމެވެ. ލޯގަނޑު ކުރިމައްޗަށް އަރައި އަހަރެންގެ ސިފައަށް ރަނގަޅަށް ބަލައިލީމެވެ.
އަހަރެންގެ ކުރުކޮށް ކޮށައިލައިފައިވާ އިސްތަށިގަނޑަށް ބަލައިލީމެވެ. އެ ހާދިސާއަށްފަހު އަހަރެން ލޯބިން ދިގުކޮށްގެން އުޅުނު އިސްތަށިގަނޑު ވަނީ ކޮނޑާއިހަމަޔަށް ކޮށައިލައިފައެވެ. އަހަރެންގެ ހަށިގަނޑުވަނީ ރަނގަޅަށް ނުކެވުމުގެ ސަބަބުން އަނަރޫފަވެފައެވެ. އެ ހާދިސާއަށްފަހު ނިދިޔަސް އަހަރެންނަށް ހުވަފެނުގައިވެސް އޭނާގެ ބިރުވެރި އަތްތިލައިގެ ބީހުންތައް އިހްސާސްވާހެން ހީވެއެވެ. ނޫނީ ނިދިޔަސް އެރޭ ހިނގި ކަންތަކުގެ ހުވަފެނެއްފެނި ހޭލެވެއެވެ. ގިނަ ރޭރޭ އަހަރެން ޖެހެނީ ނުނިދި ދެކޮޅަށް ފުރޮޅި ފުރޮޅި އޮންނާށެވެ. ނިދެނީ ރޮއެރޮއެ ވަރުބަލިވެގެންނެވެ. އެރޭ އަހަރެންގެ ފަސްބައިގައި ޖެހުނީ ދުވަހަކުވެސް ނުފިލާނޭ ލައްގަނޑެކެވެ. ގިނަ ދުވަސްވި ވަރަކަށް އެހެން މީހުންގެ ހަނދާނުން އެ ހާދިސާ ފުހެލި ނަމަވެސް އަހަރެންގެ ހަނދާނުން އެކަންތައް ފޮހެލެވޭނީ ކިހިނެތް ހެއްޔެވެ؟ އެ ބިރުވެރި ރޭގެ މަތިން ހަނދާން ނެތޭނީ ކިހިނެތް ހެއްޔެވެ؟
ކަޅުކުލައިގެ ދަބަހަށް ޓްރޭކްލައިޒާރ ޑާޓް ގަން، ބޭސްބާލް ރެކެޓް، ޓޯޗް އަދި ހަޅޭއްލަވައިފިނަމަ އަނގަމަތީގައި ބަންނާނޭ ފޮތިގަނޑެއް ލީމެވެ. އެއަށްފަހު ޖީބަށް ސްޓަންގް ގަންއެއްލީމެވެ. ބޭނުންވާ ތަކެތި ދަބަހަށްލުމަށްފަހު އަހަރެން ކޮޓަރިން ނުކުތީމެވެ. އޭރު ގޭތެރެއިން އަކަކުވެސް ނުފެނުމުން އެންމެން މިގަޑީވާނީ ނިދަން ކޮޓަރިތަކަށް ވަދެކަން އަހަރެންނަށް އެނގެއެވެ. ގަޑިން ދިހައެއް ޖެހީއެވެ. އަހަރެން އޭނައަށް ގަޑިކީ އެގާރަ ގަނޑި ބަޔަށްށެވެ. ގޭގެ ދޮރު ހުޅުވައިލެވުނީ ދޮންބެގެ ކުރިމައްޗަށްށެވެ. ” ޔަޝޫ ކޮންތާކަށް މިގަޑީ ދަނީ… ތިހެން ހުރެގެން..؟ ” އަހަރެންގެ ދޮންބެ ޔަޝާން އަހަރެން ހުރިގޮތުން، މަތިން ތިރިއަށް ބަލައިލަމުން އަހައިލިއެވެ. އަހަރެން މޫނުމަތިން އެއްވެސް އަސަރެއް ނުދައްކަމެވެ. ދޮންބެއަށް އަހަރެންގެ ހަށިގަނޑުން ހަމައެކަނި ފެންނާނީ އަހަރެންގެ ކަޅުކަންގަދަ ނިންމައްޗަށް އެޅޭފަދައިން ކޮށައިލައިފައިވާ އިސްތަށިކޮޅެވެ. އަހަރެންގެ ދެލޯވަނީ އެ އިސްތަށިކޮޅުގެ ފަހަތުގައި ފޮރުވައިލެވިފައެވެ. އަހަރެން ޖަވާބެއް ނުދިނުމުން ދޮންބެ އަނެއްކައި އަހަރެންނަށް ގޮވައިލިއެވެ.
” އަހަރެން މިދަނީ މިކަންތައް ނިންމާލަން.. ޕޮލިހުންނަށް ކުރެވުން ކަމެއް ނެތެއްނުން.. ” އަހަރެން އެއްވެސް އަސަރެއް ނެތްގޮތަކަށް ބުނީމެވެ. އެއާއެކު ދޮންބެގެ ދެލޯބޮޑުވިއެވެ. ” ޔަޝާ މޮޔަވީތަ؟ ތީ ކުޑަކުއްޖެކޭ.. އޭނާގެ ގޮތް އެނގި ހުރެ ތިއުޅެނީ ޝިކާރަވެރިޔާގެ ދަލަށް ވަންނަންތަ؟ ” ދޮންބެ ބާރު ބާރަށް ބުންޏެވެ. އަހަރެން ދޮންބެ މޭގައި އަތްއަޅައި ބޭރަށް ކޮށްޕައިލީމެވެ. އަދި ދޮރުލެއްޕުމަށްފަހު ދޮންބެއަށް ބަލައިލީމެވެ. ދޮންބެ އަޑުގަދަކޮށް މަންމަމެން ނިކުމެއްޖެ ނަމަ އަހަރެންގެ ރޭވުން ފެނަށްވެގެން ދާނެއެވެ. ” މިފަހަރު މަޅި ޖަހަނީ އަހަރެން… އޭނައަކީ އަހަރެންގެ ޝިކާރަ.. އަހަރެންނަށް ދިން އަނިޔާގެ ބަދަލު ހިފައިފަ ނޫނީ އަހަރެން ހުއްޓައެއްނުލާނަން.. ދޮންބެއަށް އަހަރެން ހުއްޓުމަށް ކުރެވޭނެ ކަމެއް ނޯންނާނެ.. ” އަހަރެން އެހެން ބުނެލީ ދަބަހުގެ އެއްފަރާތުގައި އިން ޓްރޭންކްލައިޒާރ ޑާޓް ގަން ނަގަމުންނެވެ.
ޓްރޭންކްލައިޒާރ ޑާޓް ގަން ފެނުމުން ދޮންބެގެ މޫނު ހުދުވިއެވެ. ” ޔަޝޫ ޕްލީޒް.. ކުރަން ތިއުޅޭ ކަމާއި މެދު ވިސްނާލަބަ.. ” ދޮންބެ ބުންޏެވެ. ދޮންބެއަށް ހީވަނީ އަހަރެން ކުރަން މިއުޅޭ ކަމާއިމެދު ނުވިސްނާ ކަމަށް ހެއްޔެވެ؟ ނޫނެކެވެ. އަހަރެން މިކަންތައް މިކުރަނީ ވަރަށް ވިސްނާފައެވެ. މިކަމުގެ ރިސްކް ރަނގަޅަށް އެނގިގެންނެވެ. އަހަރެން ހިތާއި ހިތުން ބުނެލީމެވެ. ” އަހަރެން ދޮންބެއަށް ދޭނީ ދެ ޗޮއިސްއެއް.. އެކެއް.. މީތިގެ ބާރުގައި ދޮންބެ ނިދައިލުން.. ” ޓްރޭންކްލައިޒާރ ޑާޓް ގަން ދައްކާލަމުން ހިތާއި ދެކޮޅަށް ބުނެލީމެވެ. ” ދޭއް.. ދޮންބެ އަހަރެންނާއި ބައިވެރިވުން.. އަހަންނަށް އެހީވެދިނުން… ވަޓްސް ޔުއާރ ޗޮއިސް.. ބްރަދާ..؟ ” ބަޑި ދޮންބެއާއި ދިމާލަށް ދިއްކޮށްލަމުން އަހަރެން އަހާލީމެވެ.
އެއާއެކު ދޮންބެ ހިންދިރުވައިލި ތަން އަހަރެންނަށް ފެނުނެވެ. އަހަރެން ހިތާހިތުން ދިޔައީ ދޮންބެ ދެވަނަ ޗޮއިސް ނަގާތޯ ދުޢާ ކުރަމުންނެވެ. ސަބަބަކީ މިކަމަށް ދޮންބެގެ އެހީ ބޭނުންނުވާ ކަމަށް ހަދަން އަހަރެން ކިތަންމެ މަސައްކަތް ކުރިނަމަވެސް ދޮންބެގެ އެހީ ވަރަށް ބޮޑަށް ބޭނުންވެއެވެ. އަހަރެންގެ މޫނަށް ބަލައިލުމަށްފަހު ދޮންބެ ފުންނޭވާއެއް ދޫކޮށްލިއެވެ. ” ޓޫ.. ” މަޑުމަޑުން ދޮންބެ ބުނެލިއެވެ. ދޮންބެއަށް އަހަރެންގެ ހިތުގެ އަޑު އިވުނީ ކަންނޭނގެއެވެ. އަހަރެންގެ ތުންފަތް އެއްމިޔަކަނުން ދެމިލިއެވެ. ” ގުޑް ޗޮއިސް.. ފޮލޯ މީ.. ” އަހަރެން ހިނގައިގަތީމެވެ. ދޮންބެގެ ކާރަށް އަރައި އިށީނުމަށްފަހު ދުއްވަން އެދުނީމެވެ.
ކާރަށް އެރުމަށްފަހު ދާންވީތަން އަހަރެން ބުނީމެވެ. އެއާއެކު ދޮންބެގެ ދެލޯ ބޮޑުވިއެވެ. އަހަރެން ޓްރޭންކްލައިޒާރ ޑާޓް ގަން ދޮންބެގެ ކަރާއި ދިމާލަށް ދިއްކޮށްލީމެވެ. އަހަރެން ދުވަހަކުވެސް އަމިއްލަ އެއްބަނޑު އެއްބަފާ ދޮންބެއަށް ބިރުދައްކާނޭކަމަށް ހިތައްވެސް އަރުވައިނުލަމެވެ. ނަމަވެސް ކަންދިމާކުރިގޮތުން މިއަދު މިއޮތީ މިކަންވެސް ކުރަންޖެހިފައެވެ. ” އޯކޭ އޯކޭ.. ” ދޮންބެ އެހެން ބުނުމަށްފަހު ދުއްވައިލިއެވެ. އެހިސާބަށް ދެވުން އިރު އެގާރަގަޑި ފަނަރަ ހިނގައިފިއެވެ. ކާރުން ފޭބުމަށްފަހު އަހަރެން ދޮންބެއާއި ދިމާލަށް ފަލަ ޗެއިނުގަނޑެއް އެއްލުމަށްފަހު އެއިން ކުރަންވީ ކަންތައް ބުނީމެވެ. އޭރު ދޮންބެގެ ދެލޯ ބޮޑުވެއްޖެއެވެ. އެ މޫނުމަތިން ފެނިގެން ދަނީ ސިހުމުގެ ކުލަވަރެވެ. ” ފުރަތަމަ ކަމަކަށް އޭނަ އައީމަ އަހަރެން އޭނަގެ ކުރިމައްޗަށް އަރާ، އޭނަ ޓްރޭންކުލައިޒް ކުރާނީ ދެން ދޮންބެ ތިއިން މި ގަހުގައި އޭނަ ބަންނަންޖެހޭނީ.. އެކަންތައް ކޮށް ނިމުނީމަ ހެޔޮ ދޮންބެ ދާނެ ތަނަކަށް ދިޔަޔަސް.. ” ވަރުގަދަކޮށް ހުރި ގަހަކާއި ދިމާލަށް އިޝާރާތް ކުރަމުން އަހަރެން ބުނީމެވެ. ” ދޮންބެ ހުންނާނަން.. ” ފުން ނޭވާއެއްލުމަށްފަހު ދޮންބެ ބުންޏެވެ. އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ.
އިރުކޮޅަކުން އޭނައައެވެ. އަހަރެން ހޯދި ހޯދުމުން އެނގޭ ގޮތުގައި އޭނައަށް ކިޔަނީ އައިފަރު އެކެވެ. އުމުރުން ތިރީހުގެ ފުރަތަމަކޮޅު ގުނަނީއެވެ. އޭނާގެ މޫނު ފެނުމުން އަހަރެންގެ މޫނުމައްޗަށް އަލިފާންކުލައަރައިގެން ދިޔައެވެ. އެއީ އަހަރެންގެ މައުސޫމުކަން ނަގައިލި ނުބައި މުޖުރިމެކެވެ. އަހަރެންނަށް ހައްގު އަދަބު ނުލިބުނީ އޭނާގެ އެކުވެރިޔަކީ މިނިސްޓަރަކަށްވުމުންނެވެ. މީ އޭނާ މިނިވަންކަމާއެކީ ނޭވާލާ އެންމެ ފަހު ދުވަސް ކަމުގައިވާނެއެވެ.
އަހަރެން ދޮންބެ އާއި ދިމާލަށް ބަލައިލީމެވެ. އެއާއެކު ދޮންބެ އޭނައަށް ހަވާލު ކުރި މަސައްކަތައް ތައްޔާރުވިއެވެ. ޓްރޭންކުލައިޒާރ ޑާޓް އޭނާގެ ހަށިގަނޑު ތޮރުފާލައިފައި ވަނުމުން އޭނަ ތެޅިގަނެ އޭތި ނައްޓާލިއެވެ. ނަމަވެސް އޭރު މާލަސްވެއްޖެއެވެ. އެ ޑާޓްގެ އަސަރު އޭނާގެ ހަށިގަނޑަށް ފެތުރެން ފަށައިފިއެވެ. އޭނާގެ ހަށިގަނޑުން ވަރުދޫވެ ބިންމައްޗަށް ވެއްޓުނެވެ. އޭނާގެ ހޭވެރިކަން މަޑުމަޑުން ފިލައިގެން ދިޔައެވެ.
އޭނާގެ ހޭވެރިކަން އެއްކޮށް ދިޔުމުން ދޮންބެ އޭނަ ޖަންގަލީގައި ހުރި ބޮޑު ގަހެއްގައި ބަނދެލިއެވެ. ޓްރެންކުލައިޒާރގެ އަސަރު ފިލާހައި އިރުކޮށްފައި އޭނާގެ މޫނު މައްޗަށް ބާލިދީއެއްގައި ހުރި ފެންޖެހީމެވެ. އެއާއެކު އޭނާ ތެޅިގަނެފައި ހޭލިއެވެ. ވަށާގެންވާ މާހައުލަށް އޭނާގެ ނަޒަރު ދަތުރުކޮށްލަމުން އަހަރެންނާއި ދިމާލަށް ބަލައިލިއެވެ. ” ތީ ކަކު؟ ” އައިފަރު ބިރުން ހުރެ އަހައިލިއެވެ. އަހަރެން އަޅައިގެން ހުރި މާސްކް މަޑުމަޑުން ބޭލީމެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ” އަހަރެންގެ މަތިން ހަނދާން އެބަހުރިތަ؟ ” އެއްވެސް އަސަރެއްނެތް ގޮތަކަށް އަހަރެން އަހައިލީމެވެ. ” ތީ އަހަރެން ދަންނަ ކުއްޖެއްނޫން އަހަރެން ދޫކޮށްލާ.. އާދޭސްކުރަން.. ” އޭނާ އެހެން ބުނުމާއިއެކު އަހަރެންގެ ރުޅިގަނޑު ކެކިއެރިއެވެ. އައި ރުޅީގައި އަތުގައި އޮތް ބޭސްބޯޅަ ބެޓުން އޭނާގެ ބޮލުގައި ޖެހީމެވެ. އެއާއެކު ތަންފަޅާގެންދާހާ ބާރަށް އޭނާ ހަޅޭއްލަވައިގަތެވެ.
” އަދިވެސް ހަނދާނެއް ނުވޭ؟ ” އަހަރެން ރުޅިއައިސްހުރެ އަހައިލީމެވެ. އަހަރެންގެ ފަރާތުން ސަލާމަތް ނުވާނެކަން އެނގުމުން އޭނަ އެހީއަށް އެދިގޮވަންފެށިއެވެ. އެއާއެކު އަހަރެން ދަބަހުން ފޮތިގަނޑެއްނަގައި އޭނާގެ އަނގަޔަށް ގަންނަވާލީމެވެ. ބޭސްބޯޅަ ބެޓުން އޭނާގެ ހަށިގަނޑުގައި ލޭއަންނަ ވަރަށް ތެޅީމެވެ. އަދި އޭނާގެ ގުނަވަނުގައި ފައި ޖެހީމެވެ. ” އަހަރެންގެ އިތްފަތްތެރިކަން ނަގާލައި އަހަރެންނަށް އަނިޔާ ދިނުމަށްފަހު މިނިވަންކަމާއެކު އެޅެވޭނެ ކަމަށް ހީކުރީތަ އޭނ؟ ކަލޭގެ އެކުވެރި މިނިސްޓަރުން ލައްވައި ކަލޭކުރި ކުށް ފަސްގަނޑުގެ އަޑީގައި ވަޅުލައި އެއްވެސް ފިކުރެއްނެތި ދިރިއުޅެނީ.. އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލުމަށްފަހު.. ތިކަހަލަ މީހުން ޖެހޭނީ މަރަން.. ދުނިޔޭގައި ތިކަހަލަ ޖަނަވާރުން އުޅޭތީ އަންހެން ކުރިން ރައްކާތެރި ނުވަނީ.. ” އަހަރެންގެ ބޮލަށް ސަވާރުވެފައިވާ ރުޅިގަނޑު ބޭރުކުރަމުން ދިޔައީމެވެ. މާނޭވާލަމުން އޭނައަށް ބަލައިލިމެވެ.
އޭނަ ލައިގެން ހުރި ގަމީސް ވަނީ ލެއިން ކަޅިވެފައެވެ. ފުންނޭވާއެއްލަމުން އޭނާގެ އަނގައިގައި އޮތް ފޮތިގަނޑު ނެނގީމެވެ. އެއާއެކު އޭނަ ކެއްސައި ގަތެވެ. ” އަހަރެންގެ އިއްފަތްތެރިކަން ނަގައިލި ކަމަށް އެއްބަސް ވާނީތަ ނޫނީ މަރުވާނީތަ؟ ” ނުރައްކާތެރިގޮތަކަށް އޭނާގެ ކަރާއި ސްޓަންގ ގަން ކައިރިކޮށްލަމުން އަހަރެން އެހީމެވެ. ” އަހަރެން މަރާނުލާ އާދޭސްކުރަން… އާ އަހަރެން ތިކުއްޖާގެ އިއްފަތްތެރިކަން ނަގާލީ.. އަހަރެންނަށް މާފުކުރޭ.. އަހަރެންނަށް ތިހެންނުހަދާ.. ” އޭނަ އާދޭސްކޮށް މާފަށްއެދެންފެށިއެވެ. ” ކާކު ކަލެޔަށް އެހީވެދިނީ.. ކޮން މިނިސްޓަރެއްގެ އެހީގައި ކަލޭ މިނިވަންކަމާއެކު ތިއުޅެނީ؟ ” އަހަރެން އެހީމެވެ. އަހަރެން ދިޔައީ އޭނާ ދައްކާ ވާހަކަ ސިއްރުން ރިކޯޑް ކުރަމުންނެވެ.
” ފައިނޭންސް މިނިސްޓާރ އަބްދުލް ފިރާޒް އަދި ޕޮލިސް ސާރޖެންޓް އަހްމަދު ޖިޔާން.. އާދޭސް ކުރަން އަހަރެން ދޫކޮށްލާ.. އަހަރެން އެކަހަލަ ކަމެއް ނުކުރާނަން.. އަހަރެންނަށް މާފު ކުރޭ.. ” އޭނަ ބުންޏެވެ. ” ކަލެއަށް މާފު ކުރާށޭ؟ ނޯނޯނޯ.. ތީ ކިހިނެތް ވާނޭކަމެއް..؟ އަހަރެންގެ ހަށިގަނޑުގައި ޖެހިފައިވާ ކަޅު ލައްގަނޑު.. އަހަރެންނަށް އެކަމުގެ ސަބަބުން ލިބުނު ޓްރައުމާ އަކީ އަހަރެން ދުވަހަކުވެސް ހަނދާންނެތޭނެ އެއްޗެއްނޫން.. އަހަރެން އެރޭ ކިހާވަރަކަށް އާދޭސް ކުރީ؟ ކިހާ ވަރަކަށް ރުއީ؟ އެކަމު ކަލެޔަށް އަޑު އިވުންތަ؟ ނޫން ނީވުން.. ތިކަހަލަ ޖަނަވާރުން ޖެހޭނީ މަރަން.. މިރެއަކީ ކަލޭ މި ދުނިޔެއަށް ނޭވާލާ އެންމެ ފަހު ރެއަށް ވާނެ!.. އަހަރެންގެ އަމިއްލަ ނަފްސަށް އަހަރެން އިންސާފު ހޯދައިދޭނަން!”
އެހެން ބުނުމަށް ފަހު އަނެއްކާވެސް އޭނާގެ މުޅި ހަށިގަނޑުގައި ތަޅަން ފެށީމެވެ. ސްޓަންގ ގަން އޭނާގެ ހަށިގަނޑުގައި ޖެއްސުމުން އޭނާގެ ހަށިގަނޑުން ހޭވެރިކަން ފިލައިގެން ދިޔައެވެ. މިހާރު ކިރިޔާ ނޭވާލާކަމެވެ. އަހަރެން އޭނާގެ ހާލަށް ދޫކޮށް ހިނގައިގަތީމެވެ. އޭރުވެސް އޭނަ ވަނީ އެ ގަސްގަނޑުގައި އައްސާފައެވެ. ދޮންބެގެ ކާރު އޮތް ދިމާލަށް ނުކުތް އިރު ދޮންބެ ހުރީ ކާރު ތެރޭގައި ކަންބޮޑުވެފައެވެ. އަހަރެން ލައިގެން ހުރި ހޫޑީ އާއި ޖިންސްގައި ލެޔެވެ. ” ޕޮލިސް ސްޓޭޝަންއަށް.. ” އަހަރެން ކާރަށް އެރުމަށްފަހު ބުނެލީމެވެ. ދޮންބެ މަޑުމަޑުން ބޯޖަހައިލުމަށްފަހު ޕޮލިސް ސްޓޭޝަންއަށް ދިޔުމަށް ދުއްވާލިއެވެ.
އެތެރެއަށް ވަނުމަށްފަހު ދޮންބެ ގާތުގައި ބޭރުގައި މަޑުކުރުމަށް އެންގީމެވެ. އަހަރެން ޕޮލިހުންނަށް ކަންތައްވީގޮތް ތެދުތެދަށް ކިޔައިދިނީމެވެ. އަދި އައިފަރު އެއްބަސްވީކަމުގެ ރިކޯޑިންގެ ކޮޕީއެއް އަހަރެންގެ އަތުގައި ބޭއްވުމަށްފަހު އެމީހުންނާއި ހަވާލުކުރީމެވެ. އެ ރިކޯޑިންގެ ތެރޭގައި އޭނައަށް އެކަން ފޮރުވަން އެހީވެދިން މީހުންގެ ނަންތައް އޮންނާނެއެވެ. ޕޮލިހުން އަވަހަށް އައިފަރު އައްސާފައި ހުރިތަނަށް ދިޔައެވެ. އެމީހުން އޭނަ ސަލާމަތް ކުރިއެވެ. ނަމަވެސް އޭނާގެ ފުރާނަ ހުރީ ކިރިޔާއެވެ.
އޭގެ އަނެއްދުވަހެވެ. އަހަރެން ހުރީ ޕޮލިސް ސްޓޭޝަންގައެވެ. ރޭ ހަތަރުދަމުން އުޅުނީ އެތާނގައެވެ. އައިފަރު އެދުވަހު ދުނިޔެދޫކުރީ ހޮސްޕިޓަލުގެ އެނދެއްގައި އޮވެ އޭނާގެ ކުށްތަކާއި ކުށް ފޮރުވުމަށް އެހީވި މީހުންގެ ނަންތައް އޭނާގެ އަމިއްލަ ދުލުން ޕޮލިހުންނަށް ކިޔައިދިނުމަށްފަހުގައެވެ. އެމީހުން އަނެއްކާވެސް އެކަން ފޮރުވާފާނެކަމުގެ ބިރަށް އަހަރެން ކުރި ރިކޯޑިން ސޯޝަލް މީޑިއާއަށް ލީކުކޮށްލީމެވެ. އަހަރެން ހީކުރިވަރަށް ވުރެ ގިނަ މީހުންގެ ސަޕޯރޓް އަހަރެންނަށް ލިބުނެވެ. އާންމު ރައްޔިތުންގެ އެހީގައި އެކަން ފޮރުވަން އެހީވިމީހުން ހިފަހައްޓައި އެމީހުންގެ މަގާމުތަކުން ވަކިކޮށް ހައްޔަރު ކުރެވުނެވެ.
މިއަދު އަހަރެންގެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. އަހަރެންގެ އަމިއްލަ ނަފްސަށްޓަކައި އަހަރެން ކުރި ހިތްވަރުން އިންސާފު ލިބިއްޖެއެވެ. އިންސާފަކީ ހޯދަން އުޅެގެން ލިބޭނެ އެއްޗެކެވެ. މި ދުނިޔޭގައި އިންސާފު ނުލިބުންނަމަވެސް ދެން އޮތް ދުނިޔޭގައި އިންސާފު ލިބޭނެއެވެ. ބަދަލު ހިފުމަކީ ގޯހެއް ކަމަށް އަހަރެން ގަބޫލުކުރަމެވެ. އެހެންނަމަވެސް އަދުގެ ނާއިންސާފު ދުނިޔޭގައި އަމިއްލައަށް އިންސާފު ހޯދަން އުޅުމަކީ ގޯހެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރާނަމެވެ.
( ނިމުނީ )
8 Comments!
Comments are closed.







Gurl yes AGREED mi naa insaafu dhuniyeyga insaafu hoadhan ulhun eii kusheh kamakh shiher vess nudheken.. it is proven by how many lives were ruined because of these things
We should spread more stories like this then maybe those blind pple might find glasses. Argh!
anywayssss loveeddd the storyy sifa kurun thah vess hama ehaame reethi ma sha allah allahumma baarik<3
Felt goosebumps all over me aslu vess
Mi vaahaka vx varah varah reethi…
Kushakee kobaa ge s2 genesdheyny kn irakun…?”
Thank you so much Nawar.. that means a lot to me.
Kushakey kobaa season2 liyumuga mihaaru mi ulheney, liye nimmaafa insha allah this roadha mahuge komme dhuvahaku genes dheveythw masaikai kuraanan. 💜🦋
how are you
long time no see
mi part ves v reethi masha allah
curiously waiting for kushakey kobaa season 2
your my fav author
i appreciate your hard work
v iintresting story eh
Hey cutie girl
I’m fine alhamdhullilah.. hope your good too😊
haha yes long time no see dhw💜
aww thankyou vrh happy vejje darling ah mi part reethi v kan enguneema😄
kushakey kobaa s2 roadha mahu insha allah..
Thanksss that mean a lot to me💜💜
Thankyouuu so much darling ur support means a lot💜💜
Lyssm💜
Until we meet again💜🦋
Awwnn thanks shiherrr💜
Yes I would do the same if I was that girl and this happened to me.. Those kinds of disgusting actions need to be stopped if the authorities won’t do anything it’s our right.. Those kinds of people think for themselves so why can’t we dhw? How many suicides happens bcz of this? She is a very brave girl and I’d support her 100 percent.. She didn’t give upshe fought for her right. And I’m not saying murder is right but those ppl deserves death penalty and those who helped to hide it too.. Who knows what they’ll do being freed.. Thanksss I was so fumming writing this too lol😭
Lyssm girl💜🦋
Mi vaahaka kiyaafa alugandhu rovunu 💔😖😭 mi varah hithaama veri vaahakah eh
Thank u for posting this u are a very gud writer and ilysm
U inspired me hope ur coin well insha’allah can’t wait for another story…😘
Thank you Imko new to esfiya 😉
Your welcome hehe.. Thanks I’m happy u think I’m a good writer😊
I’m glad I inspired you.. Thank you for your support💜🦋