Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…55

Anonymous Level 4100 Login10 Stories100 Comments
November 12, 2024 7 Mins Read
12 Comments

“އަނހަ މި އޮށް އައީނު.ދެން ކައިވެނީގެ ކަންކަން ހަމަ ޖައްސަން އެހެން ދުވަހަކު އަންނާނީ ދޯ.ދެން ދަނީ އޭ”ޝައިލް އޭނާ އިން ސޯފާ އިން ތެދުވުމާއި އެކު ރަޔާން އަށް ހިތާ ހިތުން”ފައިނަލީ”އޭ ބުނެވުނެވެ. ކައިރީގައި ހުރި ފައިހާ އަށް ވެސް އެ އަޑު އިވޭނެ ކަން ގައިމެވެ.

*****************

ޕިންކްގާރޑެން ގެއިން ނުކުތުމާއި އެކު އެކީގައި ހެން ރިޔާން އަތުގައި އަޅާފައި އޮތް ގަޑި އާއި ދިމާލަށް ބަލައިލިއެވެ.ގަޑިން ފަހެއް ޖަހާ ބޮޑު ވެފައި ހުރި ތަން ފެނުމާއި އެކު ރިޔާން އައިރާ ގޮވައިގެން ގެއާއި ދިމާލަށް މިސްރާބު ޖެހީ އައިރާ ގެއަށް ލާފައި ނޫނީ ނުކްޝާން ބުނި ރެސްޓޯރެންޓް އަށް ނުދިއުމަށް ށެވެ.އެ ހަތަރު މީހުންނަށް ވަކިން ދައުވަތު ދޭނީ އިތުރު ބައެއް ނުކްޝާން ގެންނަން ބޭނުން ނުވާތީ ކަން ރިޔާން އަށް އެނގެ އެެވެ.

 

“ހާދަ ލަހުންނޭ ތި އައީ ބަލާބަލަ ގަޑި.ފަސް ގަޑި ބައި ވަނީ އޭ އެއޮށް”ރިޔާން ފެނުމާއި އެކު ނުކްޝާން ޝަަކުވާ ކޮށްލީ ކުޑަ ކުއްޖަކަށް ވެސް ދޫނުކުރާ ގޮތަކަށް ށެވެ.”ސީރިއަސްލީ.އަދި އައިމަ ވެސް ޝުކުރެއް ނުކުރާނެ”ރިޔާން ނުކްޝާން ގެ އިސްތަށިގަނޑު ހާވާލާމުން ހަމަ އެކަނި ހުސްކޮށް އިން ގޮނޑީގައި އިށީީނެވެ.

 

އެންމެން ހަމަވުމާއި އެކު އިތުރު އެހެން ވާހަކަ އެއް ދައްކާކަށް ނުކްޝާން ބޭނުމެއް ނުވިއެވެ.އެހެން ކަމުން ކަރު ކެހިލަމުން ނުކްޝާން ތައްޔާރު ވެލީ އޭނާ ބުނަން ބޭނުންވާ ވާހަކަ ބުނުމަށް ޓަކައި އެވެ.

 

“މިހާރު ޛުލްޙިއްޖާ މަސް ފެށޭނީ އެއްނު ދޯ އެ.މިއަދު މީ ޛުލްޤައިދާ މަހު ޓްވެންޓީ ސެވެން”ނުކްޝާން އެންމެންގެ މޫނަށް ބަލާލަމުން ވާހަކަ ދައްކަ މުން ދިޔަ އިރު ނުކްޝާންގެ ވާހަކަ އަޑު އަހަން ތިބި އެންމެން ވެސް އާނ ހްމްމްމް ލައްވަމުން ދިޔައެވެ.”ދެން އެހެންވީމަ މި ބުނަން އުޅެނީ ހިނގާށޭ ޛުލްޙިއްޖާ މަހަށް ރަށަށް ދާން”ނުކްޝާން ވަރަށް ސީރިއަސް ކަމާއި އެކު ވާހަކަ ކުރި އަށް ގެންދަމުން ގޮސް ރަަށަށް ދާ ވާހަކަ ބުނެލަމުން ނިއް އަރުވާލިއެވެ.

 

“ޛުލްޙިއްޖާ މަހު ތަ ރަށަށް ދާނީ”އަޔާން އަހާލިއެވެ.”ހްމްމްމް ޛުލްޙިއްޖާ މަހު ގެ ކޮންމެވެސް ދުވަހަކުން އެކަމު ޛުލްޙިއްޖާ ނުވައެއްގެ ކުރިން ދާން ވާނެ.އޭރުން އީދުގަ ތިބޭނީ ރަށުގަ އެއް ނުން”ނުކްޝާން އެންމެންގެ މޫނާއި ދިމާލަށް ބަލައިލީ އެންމެންގެ ހިޔާލެއް ވެސް މީގައި ބޭނުން ވެއޭ ބުނެލުމުގެ ގޮތުން ނެވެ.”ސަޅި ވާނެ ދޯ އަހަރުން އެއްބަސް”ރިޔާން ދޯ އެއްލީ ޒީކާން އަށްށާއި އަޔާން އަށްށެވެ.ދެމީހުން ވެސް ވަގުތުން ބޯ ޖަހާލީ އެއްބަސްވުމުގެ ގޮތުން ނެވެ.

“އަސްލު ރަށަށް ދަނީ ނުކް އިންނާނެ ކުއްޖަކު ހޯދަން”ހަތަރު މީހުންގެ މެދުގައި އޮތް ސީރިއަސް ކަން ކަނޑުވާލަމުން ރިޔާން ނުކްޝާން އާއި ދިމާކޮށްލިއެވެ.”ނުކް އެކަނި ތަ ޖެހޭނީ މީހަކާ ތަތްކުރަން.މި ޒީކް ވެސް ޖެހޭނެ ދޯ”އަޔާން ބުނެލީ ވައްކަޅިން ޒީކާން އާއި ދިމާލަށް ބަލައިލަމުންނެވެ.ވަގުތުން ޒީކާން އިސްތަށިގަނޑު ގެ ތެރެއަށް އަތް މަހާލީ އަޔާން އާއި ދިމާލަށް ބަލައިލަމުން ނެވެ.

“އޭނަ ނުޖެހޭނެ މީހަކާ ތަތް ކުރާކަށް މިހާރު ވެސް އެހެރީ ތަތް ވެފަ”ނުކްޝާން ގެ ވާހަކައިން ޒީކާންގެ މޫނުމައްޗަށް ހައިރާން ކަން އިރުކޮޅަކަށް ނަމަވެސް ވެރިވިއެވެ.އެހެން ނަމަވެސް ދެވަނަ ސިކުންތަކަށް ޒީކާން އޭނާގެ މޫނުމަތިން ފެނުނު އަސަރުތައް ފޮރުވާލިއެވެ.”ވަރަށް ހަމަ ހުވާ ކޮން ގޭ ކުއްޖެއްތަ.ބުނެލައިގެން އުޅެލަަބަލަ ދޯ.ކިރިޔާ އެއް ނުން މަަށަށް މީނަ އެހެން މީހަކާއި ތަތް ނުކުރެވުނީ”އަޔާން ޒީކާން ގައިގައި މަޑުމަޑުން ޖަހާލަމުން ބުނެލި ހިނިގަނޑަކާއި އެކުގައި އެވެ.”އެއީ ނުކްގެ އިމޭޖިނޭޝަން ގަ ވާ ކަންތައްތައް”ޒީކާން ނުގޮތަކަށް ވެސް އެބުނެލީ އޭނާ އަދި ކުއްޖަކާއި އެކު ގުޅުމަކަށް ނުދަމޭކަން އަޔާން މެންނަށް ނަގަިއގަނެވުނެވެ.

“ހްމްމްމް.އެެހެންވެ ދޯ ކުދިން ކުދިންގެ ކޮޓަރި ބެލްކަނިން ފައިބަނީ”ނުކްޝާން ނުސީދާ ކޮށް ވެސް އެބުނެލީ ކީކޭ ކަން އެނގުމާއި އެކު ޒީކާންގެ މޫނުމަތިން ސިހުމުގެ އަސަރު ފެނިލިއެެވެ.

“ދެން ކޮން ދުވަހަަކު އޯ ދަނީ.ދާ ދުވަސް ފައިނަލް ކުރަން ޖެހޭނެ އެއް ނުން”ނުކްޝާން ބުނި ވާހަކަ އާއި ނުވެސް ގުޅޭ ވާހަކަ އެއް ޒީކާން ބުނުމުން އަޔާން އާއި ރިޔާން އަށް ހިނިގަނޑު ހިފަހައްޓާލެވުނީ ކިރިޔާއެވެ.ނުކްޝާން ބުނީ ދޮގު ވާހަކަ އެއް ނޫން ކަން އަޔާން އާއި ރިޔާން އަށް ނަގަިއގަނެވުނީ އެހިސާބުންނެވެ.”ރަށަށް ދާ ދުވަސް ތަ ފައިނަލް ކުރަންވީ ނޫނީ ކައިވެނި ކުރާ ދުވަސްތަ؟”ޒީކާން ވާހަކަ އޮޅުވާލަން އުޅުމުން ނުކްޝާން ބުނެލިއެވެ.

“އޯކޭ އޯކޭ ދެން ތި ވާހަކަ އެއް ނޫނޭ.މަ ވެސް އެބަ އޮތޭ ވާހަކަ އެއް ބުނަން ވެފަ”އަޔާން ގެ ބޭނުމަކަށް ވީ އަަވަހަށް ވާހަކަ ބަދަލު ކޮށްލުމެވެ.އެހެން ނަަމަވެސް އޭނާ ބުނަން ބޭނުންވާ ވާހަކަ އެއް އެބަ އޮތެވެ.”ހްމްމްމް ކިޔާ ބަލަ”ނުކްޝާން ނިއް އަރުވާލީ އޭނާ މިހުރީ އަޑު އަހަންނޭ ބުނާ ފަދަ ގޮތަކަށްށެވެ.

އަޔާން ފާޑަކަށް އަނގަ ހަދާލީ ބުނަން އުޅޭ ވާހަކަ އަކުން ކަންނޭނގެއެވެ.”ލައިކީ ޕްރެގް”ކުޑަ ކޮށް ދަމާލަމުން އަޔާން ބުނެލީ ސީދާ ނުކްޝާން ގެ މޫނަށް ބަލައިލަމުން ނެވެ.”ވަރަށް ޑޭޑީ”ނުކްޝާން ދިމާކޮށްލާ ރާގަކަށް ބުނެލިއެވެ.އަޔާން ނުކްޝާން އާއި ދިމާލަށް ލޯ އަޅާލީ ނުކްޝާން އިތުރަށް ދިމާކުރަން ފެށުމުންނެވެ.އެހެން ނަމަވެސް އެވާހަކަ ބުނުމުގެ ކުރިން ވެސް ނުކްޝާން ދިމާ ކުރާނެ ކަން އެނގުމުން އަޔާން އަށް މާ ވަރެއް ނުވިއެެވެ.

ޒީކާން ގޮނޑި އަށް ހަށިގަނޑު ދަމާލަމުން ތިން މީހުންގެ ކުޅި ބަލަން އޮތީ ވަރަށް ހަމަޖެހިލައިގެން އޮތް ފާޑަކަށް ށެވެ.”އޭއި ކޮންމެހެން ތިހެން އޮންނާނެ ކަމެއް ނެތް.ނޭނގެ މާދަން ނޫން ކަމެއް ޒާ އަންނާނީ އިންނާނެ މީހަކު ގޮވައިގެން. އަންނަ އިރު ވެސް މީނަ އޮންނާނީ ހަމަ މިހެން”ރިޔާން ޒީކާން އާއި ދިމާލަށް ބުނެލީ ޒީކާން މާ ހަމަޖެހިފައި އޮތުމުން ހަޖަމު ނުވެގެން ކަންނޭނގެއެވެ.

“މާދަމަ އެއް ވެސް ނޫން މިއަދު ދޯ”ނުކްޝާން ޒީކާން އަަށް ދޯ އެއްލި އިރު އޭގައި ފޮރުވިފައިވާ މާނަ އެއް ވެސް އޮތް ކަން އެނގޭ މީހަކަށް ވީ ހަމައެކަނި ނުކްޝާން އެވެ.ޒީކާން ދެކޮނޑު އަރުވާލީ އޭނާ އަށް ވަކި އެނގޭނީ ކިހިނެތް ހެއްޔޭ އަހާލާ ފަދަ ގޮތަކަށް ށެވެ.

“އޭ ޑޭޓް އެއް ފައިނަލް ކުރާނީ އެންމެން ކައިރީގަ އަހާލާފަ.އޯ މޭބީ ބައްދަލު ވުމެއް ބާއްވަން ވީ”ނުކްޝާން ނިންމަމުން ކުޑަކޮށް ދަމާލަމުން ބަލައިލީ އަޔާން އާއި ރިޔާން އާއި ދިމާލަށް ށެވެ.ކިރިޔާ ވެސް ނުކްޝާން އެބުނި އެއްޗެއްގެ މާނަ ދެން ތިބި ތިން މީހުނަށް އެނގުނީ އެހިސާބުންނެވެ.ދެލޯ މަރާލަމުން ރިޔާން އާނއެކޭ ބުނެލީ ނުކްޝާން އާއި ދިމާލަށް ބަލައިލަމުންނެވެ.”އެދެމީހުންނަށް އެކަކު އަނެކަކުގެ ކުރިމައްޗަށް ނާރާ އެއް ނޫޅެވޭނެ.ކޮންމެވެސް ދުވަހެއްގެ ކޮންމެ ވަގުތަކު އަރަން ޖެހޭނީ.އަަބަދު ފިލައިގެން އުޅުމަކީ ވާނެ ކަމެއް ނޫން”އަޔާން ބުނެލީ އިސްޖަހާލަމުން ނެވެ.

“އޯކޭ ގާއީޒް ތި މީހުން ދެން މަންމަ މެން ކައިރީ ވެސް އަހާލާތި.ދަނީ އިނގޭ”ގޮނޑި ދަމާލާ ތެދުވަމުން ނުކްޝާން އެންމެންގެ މެދުގައި އޮތް ހަމަހިމޭންކަން ނައްތާލިއެވެ. “ޒީކް ގަނޑަކަށް އަރަން ވާނެ މިރޭ އިޝާ ނަމާދުން ފައިބައިގެން އައިސް”ފަސް އެނބުރި ދަމުން އެއްޗެއް ހަނދާން ވި ފަދައަކުން ނުކްޝާން ފަހަތަށް އެނބުރި ޒީކާން އާއި ކުރިމަތި ލަމުން ބުނެލި އެވެ.

ގެއަށް ވަން ގޮތަށް ރަޔާން ކޮޓަރި އަަށް ވަނީ ޝައިލް އާއި ރިޔާނާގެ ކުރިމައްޗަށް އިރުކޮޅަކަށް ވެސް ނޭރޭތޯ ބަލަމުންނެވެ.ކޮޓަރި އަށް ވަން ގޮތަށް އެނދަށް ރަޔާން ވެއްޓިގަތީ ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން ނެވެ.ފައިހާގެ މިޒާޖުން ކުރެވެން މިއުޅެނީ ރަނގަޅު ކަމެއްތޯ ރަޔާންގެ ސިކުނޑި ރަޔާން އާއި ދެވަނަ ފަހަރަށް ވެސް ސުވާލުކޮށްލައިފިއެެވެ.އެ ސުވާލާއި އެކު އެކި އެކި ކަހަލަ ހިޔާލުތަކާއި ވިސްނުން ތަކުން އޭނާގެ ސިކުނޑީގެ ހަމަޖެހުން ގެއްލުވާލިއެެވެ.ގޮތް ނިންމަން އުނދަގޫވާ ހިސާބަށް ދިއުމުން ރަޔާން އަށް އެންމެ ރަނގަޅު ގޮތަކަށް ފެނުނީ ވަގުތީ ގޮތުން އެކަމުން ރެކި ގަތުމެވެ.ކޮޓަރީގެ ހަތަރު ފާރުގެ ތެރޭގައި ހުރިހާ ހިނދަކު އޭނާ ގެ ސިކުނޑި އަށް ލުއި ކަމެއް އިހުސާސް ނުކުރެވޭނެ ކަން ޔަގީން ވުމާއި އެކު ރަޔާން ގެއިން ނިކުންނަން ހިނގައިގަތެވެ.

ރަސްފަންނާއި ދިމާލަށް ސައިކަލު ދުއްވާލި ރަޔާން އިރުއިރު ކޮޅާ މުއްގަނޑަށް ބާރު ކުރެވެމުން ދިޔައީ ދޭތެރެ ދޭތެރެ އިން އޭނާގެ ސިކުނޑި އަށް ކުރެވެން މި އުޅޭ ކައިވެނީގެ ވިސްނުން ތައް އަންނަން ފެށުމުން ނެވެ.އެކަމުން ރެކި ގަންނަން އުޅޭ ވަރަކަށް އޭނާގެ ސިކުނޑި އެކަމާއި މެދު ވިސްނަމުން ދިޔަހެން ރަޔާން އަށް ހީވަމުން ދިޔަ އެެވެ.

ރަސްފަންނަށް ވަދެގެން އައި ރަޔާން ކުރި އަށް ފިޔަވަޅު އަޅަމުން ގޮސް ހިލަ ތަކުގެ މައްޗަށް އަރަމުން އޮއްސެމުން ދިޔަ އިރާއި ދިމާލަށް ބަލައިލި އެވެ.އިރުގެ ރަން ދޯދިތައް ކަނޑުގެ ލޮނުގަނޑަށް އެޅިފައިވާ އިރު ޝަޢިރެއްގެ ގަލަމަކުން ވެސް އެމަންޒަރު ސިފަނުކޮށްދެވޭނެކަން ގައިމެވެ.އެހިތްގައިމު މަންޒަރަށް ގެނބިފައި ރަޔާން އަަށް ހުރެވުނީ ކިހާ އިރެއް ވަންދެން ކަމެއް ވެސް ޚުދު ރަޔާން އަކަށް ވެސް ނޭނގުނެވެ.އެހިތްގައިމު މަންޒަރުގެ ތެރެއިން އޭނާގެ ހަޔާތް ރަޔާން އަށް ސިފަކޮށް ދެމުން ދިޔަ އެެވެ.އޭނާ ގެ ހަޔާތަށް ވެސް އިރުގެ ރަން ދޯދި އެޅިފައި ވާ ދުވަސްތަކެއް އައެެވެ.ހަމައެފަދައިން މިހާރު އޭނާގެ ހަޔާތުން ވަނީ އިރުގެ ރަން ދޯދިތައް ފިލާ ކަޅު އަނދިރިކަން ވެރިވެފައި އެވެ.

އެކި އެކި ހިޔާލުތަކުގައި ހުރި ރަޔާން އަށް ހިޔާލީ ކަނޑުގެ ތެރެއިން ނިކުމެވުނީ ކައިރީގައި މީހަކު އައިސް ހުއްޓިލި ކަމުގެ އިހުސާސް ކުރެވުމުން ނެވެ.އޭނާގެ ކައިރީގައި އައިސް ހުއްޓިލި އަންހެން ކުއްޖާ އާއި ދިމާލަށް ބަލައިލި ރަޔާން އަށް ލިބުނު ސިހުމުގައި ފަހަތަށް ދެތިން ފިޔަވަޅު ވެސް އަޅާލެވުނެވެ.

އޭނާގެ ކައިރީގައި އައިސް ހުއްޓިލައިގެން ހުރީ ލައިނީ ކަން ޔަގީން ނުވެފައި ހުރި ރަޔާން އަށް ދެތިން ފަހަރަކު ލޯ ވެސް މަރާލެވުނެވެ.ހޭލާ ހުއްޓާ ވެސް ހުވަފެން ފެންނަމުން ދިޔަ ކަހަލަ އިހުސާސް އެއް ރަޔާން އަށް ކުރެވެމުން ދިޔައެވެ.

ކަޅި ޖަހާ ނުލާ ލައިނީގެ ދޮން މޫނާއި ދިމާލަށް ބަލަހައްޓައިގެން ހުރި ރަޔާން ގެ ހިތް ދިޔައީ ލައިނީގެ ރީތި ކަމަށް ތަޢުރީފު ކުރަމުންނެވެ.ލައިނީގެ ވަށްވަށް މޫނުކޮޅަށް އިރުގެ ރަން ދޯދިތައް އެޅިފައި ވުމުން އިތުރަށް ޖާދޫވީ ގޮތެއް ހުއްޓެވެ.އޭރު ވެސް ލައިނީގެ ދެލޮލަށް ހިޔާ އެޅިފައިވާ ދިގު އެސްފިޔަތައް ތެމިފައި ހުރުމުން ލައިނީ ދެންމެ ވެސް ރޮއެފައި ހުރިކަން ހެކި ދެމުން ދިޔަ އެެވެ.ލައިނީގެ މޫނާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރި ރަޔާން އަށް ސިހުމެއް ލިބުނީ ލައިނީގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.

“ކިހިނެތް ހުރިހާ ކަމެއް ދިޔައީ.ވަރަށް ރަނގަޅު ކުއްޖަކާ ދޯ މެރީ ކުރަން ތި އުޅެނީ”ލައިނީ ކުރި ސުވާލެއް ކުރީ ވެސް ހާމަ އަަށް ކުރިމަތީގައި ފެންނަމުން ދިޔަ އުޑާއި މަސިންގާ ކަނޑާއި ދިމާލަށް ނަޒަރު ހިންގާލައިގެން ހުރެއެވެ.އެ އަޑުން ވޭނާއި ހިތްދަތިކަން ރަޔާން އަށް ފާހަގަ ވިއެވެ. ރަޔާންގެ ކައިވެނި ހަމަޖެހިފައިވާ ކުއްޖާގެ ވާހަކަ ދެއްކި އިރު ވެސް ނުރުހުމުގެ އެއްވެސް އަސަރެއް އެ އަޑަކު ނެތެވެ.

“އައި ޑޯންޓް ނޯ”ރަޔާންގެ ޖަވާބުން ލައިނީ ރަޔާން އާއި ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.ލައިނީގެ ދެލޮލުން ނަޒަރު ވަކި ކޮށްލަމުން ރަޔާން މާސިންގާ ކަނޑާއި ދިމާލަށް ނަޒަރު ހުއްޓާލީ އެހިތުގައި އޮތް އެއްޗެއް ލައިނީގެ ކުރިމަތީގައި ބޭރު ކޮށްލުމުގެ ބޭނުމުގައި އެެވެ.އެކުވެރިއެއްގެ ގޮތުގައި ނަމަވެސް ލައިނީ އޭނާގެ ވާހަކަ ތައް އަޑު އަހަން ރަޔާން ކިތަންމެހާ ވެސް ބޭނުމެވެ.ކައިރީގައި ނުދަންނަ ބީރައްޓެއްސެއް ހުރި ކަމުގައި ވީ ނަމަވެސް އެމީހެއްގެ ކުރިމަތީގައި އެހިތުގައި ވާ އުދާސްކަން ބޭރުކޮށްލުމުން ނޫނީ އެހިތަށް ހަމަޖެހުމެއް ނުލިބޭނެކަން އެނގުމުން އެނޫން ގޮތެއް ރަޔާން އަކަށް ނެތެވެ.

“އަހަރެންގެ ކައިވެނި ހަމަޖެހުނީ ފައިހާޔާ ޔޫ ނޯ އަލީކްގެ ޖީއެފް”މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ ހުރި ރަޔާންގެ މޫނުމަތިން މަޑުމޮޅި ކަމެއް ފެނުނީ އެހިސާބަށް ބުނެވުނު ހިސާބުންނެވެ.

 

ކޮންމެ ގޮތަކަށް ކަންތައް ވީ ކަމުގައި ވީ ނަމަވެސް ލައިނީ އަށް އެއްވެސް ކަމެއް ރަނގަޅަށް ނުދާކަން ނަގައިގަނެވުނީ ރަޔާން ގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުންނެވެ.

 

މަޑުމަޑުން ރަޔާން އޭނާގެ ވާހަކަ އާއި ގެން ކުރި އަށް ދިޔަ އިރު އެންމެ ފަހަރަކު ނަމަވެސް ލައިނީ ގެ މޫނާއި ދިމާލަކަށް ނުބަލައެވެ.މާސިންގާ ކަނޑާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރި ރަޔާން ގެ މޫނުމަތިން އެކި ފަހަރު އެކި އެކި އަސަރު ފެންނަމުން ދިޔަ އެވެ.

 

“އެއް ބައި ފަހަރު ހިތަށް އަރާ މި ކައިވެނީގެ ސަބަބުން އަހަންނަށް ހަމަޖެހުމެއް ލިބިދާނެ ބާއޭ.އަދި މިހާރު ކަންތައް މިވާ ގޮތުން މާ ބޮޑަށް ހިތުގަ ޝައްކު އުފެދޭ”ރަޔާން ބުނެލީ ޖީންސް ގެ ޖީބަށް އަތް ޖަހަމުން ނެވެ.”އެކަމް ކޮންމެ ފަހަރަކު ވެސް އެހިޔާލުތަކުން ނިކުންނަނީ މީ އަހަރެންގެ އަމިއްލަ ހިތަށް ހަމަޖެހުމަށް ބަލާފަ ކުރާ ކައިވެންޏެއް ނޫން ކަން ހިތަށް ވިސްނައިދެމުން”ރަޔާންގެ އަޑު އިރުކޮޅަކަށް ނަމަވެސް މަޑުވެލިއެވެ.

 

“އަހަރެނަށް މިހާރު އެބަ ހީވޭ ދިރިއުޅުމުގެ އެއްވެސް ބޭނުމެއް ނެތް ހެން ވެސް.ދެން ފުރާނަ ހުރީތީ ދިރި ހުންނަނީ.ހިތަަކަށް އިރުކޮޅަކަށް ނަމަވެސް ހަމަޖެހުމެއް ލިބެނީ އެއް ނޫން.ހޭލާ ހުންނަ ވަގުތެއް ނަމަ ސިކުނޑި ގޮވާ ވަރަށް ވިސްނުން ނޫން ކަމެއް ނުވޭ.މިވީ ދެ ދުވަހު މުޅިން މީހާގެ ދިރިއުޅުމުގެ މަގްސަދު ގެއްލިއްޖެ”ރަޔާން ކިޔާލަ ދިނީ ޚުުދު ލައިނީގެ ހިތުގެ ހާލަތު ވެސްމެއެވެ.

 

“ރަޔާން..ދިރިއުޅުމުގެ ހުރިހާ ކަމެއް އެއްވެސް މީހަކު ބޭނުންވާ ގޮތަކަށް ނުހިނގާނެ.އަބަދަކު އުފާވެރި ޙަޔާތެއް ވެސް ނުލިބޭނެ.ރަޔާން ރަޔާންގެ މަންމަ އަށް ޓަކައި ވިޔަސް ތި ކައިވެނި ކުރަން ބޭނުން ކަމުގައި ވާ ނަމަ ފައިހާ އަށް ވިސްނައި ދީ.އެހެން ނޫނީ ތި ދެމީހުންގެ ހަޔާތް ވެސް ބަރުބާދުވެ ފުރާނަ ހުރީތީ ދިރި އުޅޭނީ.އޭގެ ބަދަލުގަ ފައިހާ އާއި އެކީީ ހަޔާތުގެ އާ ބާބެއް ފަށާ.”ލައިނީ ގެ ވާހަކަ އިން ރަޔާން އަަށް ލައިނީގެ މޫނާއި ދިމާއަށް ބަލައިލެވުނެވެ.

 

“ދެން ލައިނީ އޯ”ރަޔާން އަހާލީ ލައިނީ އަތްތިލަ އޭނާގެ އަތުގެ ތެރެ އަށް ލަމުން ނެވެ.”ރަޔާން ގެ ހަޔާތުގައި އާ ބާބެއް ހުޅުވާލި ފަދައިން އަހަރެން ވެސް…ދެން މި ބާބު ނިންމާފަ އާ ބާބެއް ފަށާނީ”ލައިނީ އެހެން ބުނެލި ވަގުތު އޭނާގެ ލޮލުގެ ހިމަކޮޅުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

 

“ކިތަންމެ ގަދަ ހެދިޔަސް ތަގުދީރުގެ ނިޔާ ބަދަލެއް ނުކުރެވޭނެ.އެހެންވީމަ އެންމެ ރަނގަޅު ވާނީ ދެމީހުން ވެސް ދެމީހުންގެ ހަޔާތުގެ މިސްރާބު ދެކޮޅަކަށް ބަދަލު ކުރިއްޔާ.ތަގުދީރުގައި ދެމީހުން އެކުގައި އުޅެން އޮތް ނަމަ އެކަން ވެސް ވާނެ”ލައިނީ ރަޔާންގެ އަތުގެ ތެރެއިން އޭނާގެ އަތް ދަމައިގަންނަމުން ބުނެލީ ލޮލުގެ ހިމަކޮޅުން ފޭބި ކަރުނަ ތިކި ފުހެލަމުން ނެވެ.

“އެކަމު ލޯބި ނުވާ-“ރަޔާން ގެ ވާހަކަ އެހާ ހިސާބަށް ދިއުމާއި އެކު ލައިނީ އޭނާގެ ނަޒަރު ރަޔާން އިން ވަކި ކޮށްލަމުން ހާމަ އަށް ފެންނަން އޮތް އުޑާއި ދިމާލަށް ބަދަލުކޮށްލި އެވެ.”ވަގުތާއި އެކު ހާލަތު ވެސް ބަދަލު ވާނެ ރަޔާން.އެކުގައި އުޅެން މަސައްކަތް ކުރީމަ އުޅެވޭނީ”ލައިނީ ބުނެލީ އޭނާގެ ހިތާއި ދެކޮޅަށް ށެވެ.ހިތާއި ދެކޮޅަށް ނަމަވެސް އޭނާ އަށް މިވަގުތު ވާހަކަ ދައްކަން މި ވަނީ މަޖުބޫރުވެފައި އެވެ.

 

“އެކަމުގެ އެއް ހެކި އެންމެ ގާތުން ރަޔާން އަަށް މިދައްކާލަނީ ރަޔާންގެ މަންމަ ޔާ ބައްޕަ ޔާ.ރިޔާނާ ދައިތަ ޔާ ޝައިލްބެ އާ މެރީ ކުރީ މަޖުބޫރުވެގެން.ރަޔާން އަަށް ވެސް އިނގޭނެ.ބަޓް ލުކް އެޓް ދެމް.ކިހާ ހެޕީކޮށް ފެމެލީ އެއް ބިލްޑް ކޮށްގެން މިހާރު އެ އުޅެނީ.”

 

“ރަޔާންގެ މަންމަ މެން ރަޔާން އާއި ފައިހާ އާ ގުޅުވަން އެ ނިންމީ ވަރަށް ވިސްނާފަ”ލައިނީ ދެލޯ މަރަމުން އެހެން ބުނެލީ ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތްކުރަން މަސައްކަތް ކުރަމުން ނެވެ.ރަޔާން އޭނާ އާއި އެވާހަކަ ދައްކާނީ އެ ރަޔާންގެ ހިތަށް ތަސައްލީއެއް ލިބޭތޯ ކަން އޭނާ އަށް އެނގެއެވެ.ވަގުތުގެ ބޭނުން ހިފާ ރަޔާންގެ ސިކުނޑި އާއި ކުޅެލާ ރަޔާންގެ ނިންމުން ބަދަލު ކުރުމުގެ ބާރު ވެސް މިވަގުތު އޮތީ ލައިނީ ގެ އަތުގައި އެެވެ.ނަމަވެސް އެގޮތުގެ ބަދަލުގައި ރަޔާން އަށް ރަޔާންގެ މަންމަ ގެ ނިންމުން ރަނގަޅު ވާނެ ކަމަށް ވިސްނައިދިނީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ލައިނީ ގެ ހިތް ބުނުމުންނެވެ.

 

ނުނިމޭ

 

 

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 7

Next

ތި ހިތް ހިބައިން މަށަށް ދޭނޭ

Next
November 13, 2024

ތި ހިތް ހިބައިން މަށަށް ދޭނޭ

Previews
November 11, 2024

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 7

12 Comments!

  1. gurrrrl says:
    November 12, 2024 at 1:07 pm

    vrh nice mi part ves
    when next part
    cant wait for it
    keep it up
    love you rifoo

    1. RIFSHA says:
      November 12, 2024 at 2:30 pm

      Thanks gurrrrl
      Next part neyngey rifoo bali ve ulhey thee las vee mi part vx
      Ekam balaanan avahah genesdhevey tho
      Love you more gurrrrl

  2. Cutie girl says:
    November 12, 2024 at 1:12 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Rayaan and lai gulhuvachey
    They both are made for each other
    Aleek and aika gulhuvachey
    They all are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you rifoo ❤️😍

    1. RIFSHA says:
      November 12, 2024 at 2:31 pm

      Hey cutie girl
      Varah ufaa vey cutie girl thihaa supportive veema.
      Love you more 😘

  3. Vempire girl says:
    November 12, 2024 at 1:20 pm

    OMG 😮
    Rifoooooooooo….. maasha allah mi part vx varah varah reethi…..
    Whn next.?.
    Manje rangalhu thr ?
    Bye bye quran class aa dhaa gadi jeheny…..
    Ma vaahaka eii bunan ehkala e thin on vahchey haveeru noony mirey.lll

    1. RIFSHA says:
      November 12, 2024 at 2:33 pm

      Keekey hmm shukuru shukuru dhen comment eh kohleema
      Kihinei tha rangalhu vaany ehvx rangalhei noon.hmm dhaan ulhey quran claahah.thee ehen veema varah bodu vaahaka eh thaa
      Hmm ok ey haveerey ma balaalan huvaa mi liyan kamah adhi ma miulheny 😆

  4. Shimmer says:
    November 12, 2024 at 6:14 pm

    Hey rifoo
    Mi part ves vv reethi …..
    Get well soon
    Curiously waiting for the next part ……
    Bye bye namaadhu kohgen group study ah dhaan vaairah filaavalhuthah nimmaalan mi dhany ….otherwise that idiot I mean my brother will irritate me to death in the group study……sorry asli bxy veema ragalhah vaahaka time dheegen kiyaalan vaguthu hama nulibeny
    Anyway when is next ?
    Hope to able to read soon
    Love you ❤️

    1. RIFSHA says:
      November 13, 2024 at 1:53 pm

      Hey shimmer
      Thanks shimmer
      Next liyani mihaaru mi
      Hehe rifoo ge thuhthu vx evaru kuraane.and dhonbe vx eii dhonbe kiyaathee vaa goi
      Next part in sha Allah thankolheh avahah kiyaalan genesdhevey tho rifoo mi balani
      Love you more 😘

  5. Anonymous says:
    November 22, 2024 at 10:36 am

    Hey rifoo
    When is next ???

  6. Nim says:
    November 23, 2024 at 9:16 pm

    Rifooo…
    Next kn irakun

  7. Nifasha says:
    November 25, 2024 at 9:07 pm

    Rifooooooo…
    Whn next??
    Haadha dhuvahekey….
    Emme fahun buny mi liyany ey adhi vx nunimey thr??
    Noony dhn nugenes dheny thr??
    Noony maa busy thr??
    Plzzz reply my comment….
    Vrh answer beynun…,

    1. RIFSHA says:
      November 26, 2024 at 4:14 pm

      Yesss
      Next in sha Allah next week ga
      Mi week varah buxy rifoo mennah varah varah ehenve las vany e in sha Allah next week ga kiyaalan libeyne

Comments are closed.



All Right Reserved!