Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (އޮނަތިރީސްވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
November 14, 2024 6 Mins Read
14 Comments

“ބައް…ޕް..ޕަ..” މަންހަލްގެ އަޑުއައީ ކެނޑި ކެނޑިގެންނެވެ. ޔަޒްދާންއަށް އެހިސާބަށް އާދެވުނީ އެހިނދުގައެވެ. މަންހަލްގެ ކޮނޑުގައި ހިފާލަމުން އޭނާ ކުރިމަތީ ހުރި މީހާއަށް ބަލައިލިއެވެ.

ޔުނިވާސިޓީއަށް ދިޔަ ދަތުރު ހޭދަވެގެން ދިޔައީ ހަމަހިމޭންކަމާއެކުއެވެ. ޝަޔަމްއާއި ޖާވިދުވެސް ބަހެއް ނުބުނެއެވެ. އިއްޔެގެ ހޫނު ޒުވާބަށްފަހު އެކަކުވެސް އިސްވެ ވާހަކަދައްކަން ބޭނުންނުވީއެވެ. ދޭތެރެ ދޭތެރެއިން ޝަޔަމްގެ ނަޒަރު ޖާވިދަށް ހުއްޓެއެވެ. ޖާވިދުގެ ހާލަކީވެސް އެއީއެވެ. ކާރު ޔުނިވާސިޓީ ކައިރިއަށް މަޑުކޮށްލުމާއެކު ޝަޔަމް ދޮރުގައި ހިފާލީ އަވަހަށް ފައިބަންވެގެންނެވެ. އެއްފަހަރު ނުހުޅުވިގެން ދެތިން ފަހަރަކު ތަޅުގައި ހިފާ ކޮށްޕާލިއެވެ. ޖާވިދުއަށް ބަލައިލީ އެއަށްފަހުގައެވެ.

“އަހަރެން ބޭނުމެއްނޫން މިގަޑީގައި ރުޅި އަންނާކަށް.” މަޑުމައިތިރިކަމާއެކު ވާހަކަދެއްކޭތޯ ޝަޔަމް މަސައްކަތްކުރިއެވެ. ޖާވިދު އޭނާގެ ޖީބުން ދިހަ ޕައުންޑް ނަގާފައި ޝަޔަމްއަށް ދިއްކޮށްލިއެވެ. ޝަޔަމް އޭގައި ނުހިފާ ޖާވިދަށް ބަލަހައްޓައިގެން ހުރީއެވެ. ދިވެހި ރުފިޔާއިން އެއީ ދުއިސައްތައެއްހާ ރުފިޔާކަން އޭނާއަށް އެނގެއެވެ.

“އަހަރެންގެ ފަރާތުން. ބޭނުން އެއްޗެއް ކާލާ.” ޝަޔަމްއަށް ބަލަން އިނދެ ޖާވިދު ބުނެލިއެވެ. ހިފަން ނުހިފަން އިނދެފައިވެސް ޝަޔަމް އޭގައި ހިފާލިއެވެ.

“ސްޓަޑީ ވެލް.” ޝަޔަމް ކާރުން ފައިބަން ފެށުމުން ޖާވިދު ބުންޏެވެ.

އެދިހަ ޕައުންޑަށް ބަލަންހުރެ ޝަޔަމް ކޮލެޖްތެރެއަށް ވަދެގެން ދިޔައެވެ. އޭރު އޭނާގެ ހިތަށް އެތަށް އެއްޗެއް އަރާ ފައިބަން ފަށައިފިއެވެ.

“ދިހަ އަހަރު… ހީ އިޒް ޓެން އިޔާޒް އޯލްޑާރ ދެން ޔޫ ޝަޔަމްމްމް.” ބިމުގައި ފައި ތަޅާލަމުން ޝަޔަމް އަމިއްލަ ނަފްސަށް ބުނެލިއެވެ.

“ކޮން ޓެންއެއް؟” މަޑު ދުވުމެއްގައި އައިސް އޭނާގެ ކޮނޑުގައި ޖެހިގަތީ އޭނާއާ އެއްކުލާހެއްގައި އުޅޭ ސެރާއެވެ. އޭނައަކީ އައިސްލޭންޑްގެ ކްރިސްޓިއަން އާއިލައަކަށް އުފަން، ފަހުން އިސްލާމްވި ކުއްޖެކެވެ.

“މިއަދުގެ ލަންޗް އޮތީ އަހަރެންގެ ފަރާތުން އިނގޭ. މިތާ ކައިރީ ފެންސީ ރެސްޓޯރެންޓެއް ހުރޭތަ؟” ސެރާއަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޝަޔަމް ބުނެލިއެވެ.

“ސަޔާ؟” ދެބުމަ ކައިރިކޮށްލަމުން އެމީހާ އަހާލީ މެލޭޝިޔާ ބަހުންނެވެ.

މަންހަލްގެ ހިތްވަރާއި، ކުރެވުނު އުފާވެރި އިހުސާސް ވަޔާ ބުރައިގެން ދިޔައީއެވެ. ވާހަކަދައްކާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ދޫ ހަރަކާތެއް ނުކުރިއެވެ. ކަޅި ޖަހާލުމެއްނެތި ކުރިމަތީގައި ހުރި ނުދަންނަ މީހާއަށް ބަލަން ހުރެވުނީއެވެ. އެއީ ބައްޕަ ނޫންކަން މަންހަލްއަށް އެނގިއްޖެއެވެ. އޭނާގެ ބައްޕައާއި އެއްވައްތަރު އެއްވެސް ސިފައެއް އެމީހާގެ ގަޔަކު ނެތެވެ. ޔަޒްދާންގެ ނަޒަރު ހުރީ މަންހަލްއަށެވެ. އޭނާ އިންތިޒާރު ކުރީ މަންހަލް އެއްޗެއް ބުނާނެ ވަގުތަކަށެވެ. އޭނާ ބަލަން ހުއްޓާ މަންހަލްގެ ލޮލުން ކަރުނަތައް ފައިބައިގަތީއެވެ.

“ސޮރީ..” އެމީހާ ކަންބޮޑުވެފައި ބަލަން ހުރުމުން ޔަޒްދާން ބުނެލިއެވެ. މަންހަލް ގަޔާ ކައިރިކޮށްލައިގެން ހުރެ އޭނާ ހިނގައިގަތީ ފާހާނާއާއި ދިމާއަށެވެ.

މަންހަލްގެ އަނގައިން ގިސްލުމުގެ އަޑެއް ނުނިކުމެއެވެ. ލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ. މޫނުމަތިންވެސް އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޔަޒްދާންއަށް އިރުކޮޅަކު ހުރެވުނެވެ.

“ބީ ސްޓްރޯންގް. ދައްތަމެންވެސް ކަންބޮޑުވާނެ މަންހަލް ރޮއެފައި ހުރިކަން އެނގުނީމަ. ކާއެއްޗެހިވެސް ނަގާފައެއްނު އައީ. ރުއިން ހުއްޓާލާފަ ހިނގާ ކާންދާން.” މަންހަލްގެ ކަރުނަތައް ކިތަންމެ ގިނައިރެއްވިއަސް ނުހުއްޓޭނެއޭ ހީވީމާ ޔަޒްދާން ބުންޏެވެ.

ހިތްވަރުކޮށްފައި މަންހަލް ކަރުނަތައް ފުހުނެވެ. އެކަމަކު ވާހަކައެއް ނުދައްކައެވެ. އިސްވެ ފާހަނައިން ނިކުންނަން ހިނގައިގަތީވެސް މަންހަލްއެވެ. ޔަޒްދާން ދިޔައީ އޭނާގެ ފަހަތުންނެވެ. ހޯލަށްވަދެ އެމީހުން ތިބި މޭޒު ކައިރިއަށް ދިޔައިރު އެތާނގައި އުޅުން މަސައްކަތު މީހާ އުޅުނީ އެމީހުން ގެނައި އެއްޗެހި ގެންދާށެވެ. ޔަޒްދާން ބުނުމުން އެއެއްޗެހި ބަހައްޓާފައި އޭނާ ދިޔައީއެވެ.

“މިއަށް ކިޔަނީ ސަހްލަބް.” ޔަޒްދާން ގެނައި ބުއިންތައް ދައްކާލާފައި ބުންޏެވެ. “މީތި ގެންނަންތަ ބުނީ؟”

އޭނާއާއި ކައިރިކޮށްލި ތަށީގައި ހިފާ އެތެރެ ބަލައިލިއެވެ. ޔަޒްދާންއަށް ބަލައިލާފައި އޭނާ ބޯ ޖަހާލީއެވެ.

މަދު އެތިކޮޅެއް ކާލާފައި މަންހަލް އުޅުނީ ނިންމާލާށެވެ. ޔަޒްދާން ކުރުނުކުރުމުން އޭނާއަށް ޖެހުނީ ޔަޒްދާން ބުނިވަރަކަށް ކާށެވެ. ތިރީގެ ސްޓޯލްތަކަށް އެމީހުން ދިޔައިރު ނަސްރާމެން ތިބީ ކާންއަރައެވެ. މަންހަލް ނަސްރާމެންގެ ގާތުގައި ބައިންދާފައި ސްޓޯލްތައް ކައިރިއަށް ދިޔައީ ޔަޒްދާންއެވެ. އަތަށް ތަށިތައް ލައިގެން އޭނާ މަންހަލްގެ ގާތަށް އައީ ނަސްރާމެން މައްޗަށް ދިޔަތާ ކިތަންމެ އިރެއް ވީފަހުންނެވެ. މަންހަލްއަށް ތަށިތައް ފެނުންއިރަށް ދެލޯ ބޮޑުވެއްޖެއެވެ. އެއް ތަށީގައި ހުރީ ޕަކޯރާއާއި، ގުލާބް ޖާމުންއާ، ޕާނީޕޫރީއާއި މަސާލާ ދޯސާއާ، ކެރަކް ޓެލޯރްއެވެ. އަނެއް ތަށީގައި އޮނިއަން ކިއްޝައާއި، ޗީޒް ސުފްލޭއާއި، ކްރީމީ ޗޮކޮލެޓް މޫޒްއާ، ރެސްބެރީ މެކަރޯންސްއެވެ. ދެން ހުރި ދެތަށީގައި އޮތީ ޕިއްޒާ ދެފޮއްޗާއި، އަރަންޗިނީއާ، ލަޒާނިޔެއާ، ލެޗް ފްރިޓާއާ، ސްޕެނިޝް ސްޕޮންޖް ކޭކް ފޮތިތަކެކެވެ. މޭޒުމަތީގައި ތަށިތައް ބަހައްޓާފައި ޔަޒްދާން ދިޔައީ ބޯނެ އެއްޗެއް ބަލައެވެ.

“ތިއުޅެނީ މިތަނުގައި އެހެން ސްޓޯލްއެއް ހުޅުވަންތަ؟ ފޮނި އެއްޗެހިވެސް ހާދަ ގިނައޭ.” ދެ ކަޕަޗީނޯ ތަށި ހިފައިގެން ޔަޒްދާން އައުމާއެކީ މަންހަލްއަށް ބުނެވުނެވެ.

“ހުސްކުރަން ޖެހޭނީ. ފޮނި އެއްޗެހި އެއީ ސްޕެޝިއަލީ ފޯ ޔޫ. އެތަނުގައި ރަނގަޅަށް ކައިގެނެއް ނޫން އައީ، އެހެންވެ. އެހެންނޫނަސް ލިބޭ ދުވަހު ޖެހޭނެ ކާން. ކޮންމެދުވަހަކު މިހާ ރިޒުގު ތަނަވަހެއް ނުވާނެ.” އެއްލޯ މަރާލާފައި އޭނާ ގޮނޑީގައި އިށީނެވެ. މަންހަލްގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޔަޒްދާން ދެކެން ބޭނުންވި މަންޒަރަކީ އެއީއެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ މަންހަލް ހަމައަކަށް އެޅިއްޖެކަން އެނގުނީމައެވެ.

އެމީހުން ކައި ނިމެން އުޅެނިކޮށް ސުހައިލްގެ އާއިލާ އައިސްފިއެވެ. އެމީހުން ކައި ނުނިމޭތީ އެކަމާ ޔުނާންއާއި ސުހައިލް ޝަކުވާކުރިއެވެ.

“ކާލާ ކުދިންވެސް އުޅެއޭ ދޯ. ދޮންބެމެން އެއްޗެއް ކާލަންވާއިރަށް ފަލަވާތީ ނުކެރޭވިއްޔަ މާގިނައިން ކާކަށް.” އެއްއަތުން ބަނޑުގައި ފިރުމާލަމުން ސުހައިލް ބުންޏެވެ. ނަސްރާ އޭނާގެ ކޮނޑުގައި ޖެހިލިއެވެ.

“އަޅެ ބުނެބަލަ. ޅަކުދިންނެއް ނޫންތަ ކުޅޭ ޕާކަށް ދާނީ؟” ކައި ނިންމާލާފައި ޓިޝޫގަނޑުން އަތް ފުހެމުން މަންހަލް ބުނެލިއެވެ. މާދަން ސުޕަރޕާކަށް ދާން ޓިކެޓް ނަގާފައި އޮތްކަން ހަނދާންވުމާއެކު އޭނާއަށް ބުނެވުނެވެ.

“ކޮންޕާކަކަށް ދަނީ؟” ޔޫވިން އަހާލިއެވެ.

“ކޮންމެސް ސުޕަރޕާކެއް. އަޅެ ކުޑަކުދިން ކުޅޭކަހަލަ އެއްޗެއްސޭ އެތަނުގައި ހުރީވެސް…” މަންހަލް ރައްދު ދިނެވެ. އޭނާ ގޮނޑިން ތެދުވެލާ ދެއަތް ދަމާލިއެވެ.

“އޯ.. އެތަން ދޯ. ވަރަށް މަޖާވާނެއޭ.” ޔުނާންއަށް ހެވުނެވެ.

“މަންމަމެންނާއެކު އަހަރެމެންވެސް އެއްފަހަރު ވީކެންޑެއްގަ ދިޔައިން އެތަނަށް.. މަންމަވެސް ފުރަތަމަ ނުދާންވެގެން އުޅުނީ. އެކަމަކު ފަހުން މަންމައަށްވެސް މަޖާވީ..” ޔޫވިން އިތުރު ތަފްސީލު ދިނެވެ.

“ކޮބާ! އަހަރެން ބުނީމެއްނު ބޮޑެތި މީހުންވެސް ޕާކަށް ދާނޭ. އޭގަ ޖަހާފަވެސް އިނޭ ބޮޑެތިމީހުންނާ ކުޑަކުދިންނަށް ހާއްސަކޮށްފަ އޮތް ތަނެކޭ އެއީ.” ޔަޒްދާންވެސް ކައިގެން ތެދުވިއެވެ.

“ދެން އެކަމަކުވެސް…” މަންހަލް ބޮޑާހާކާލިއެވެ.

“ދެވުނީމަ އެނގޭނެ އެތަން ކިހާ މަޖާކަން.” ޔުނާން އައިސް ޖަހާލީ ޔަޒްދާންގެ ކޮނޑުގައެވެ. އެންމެން އެކުގައި ހިނގައިގަތީ ޔުނިވާސިޓީތެރެ ބަލައިލާށެވެ.

އެންމެން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ގެއަށް އާދެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. ވަރުބަލިވެފައި ހުރުމާއެކު ޔަޒްދާންއާއި މަންހަލްވެސް ނިންމީ އެރޭ ބޭރަށް ނުގޮސް އަރާމުކޮށްލާށެވެ.

ޖެހިގެން އައި ދުވަހުވެސް ފަތިސް ވުމުގެ ކުރިން ދެމަފިރިން ތެދުވެ ތަހައްޖުދު ނަމާދުކުރިއެވެ. އިރުއެރުމުގެ ކުރިން ހިނގާލަން ނިކުތީ އެއީ އެމީހުންނަށް މެލޭޝިޔާގައި މަޑުކުރެވޭނެ ފަހު ދުވަހަށް ވީތީއެވެ. އެހިތްގައިމު ވަގުތު ހިނގާލުމުން އެދުވަހަކަށް ހަށިގަނޑަށް ތާޒާކަމާއި އާރޯކަން ލިބި ހިތްހަމަޖެހުން ލިބެއެވެ. ޔަޒްދާންއާއި މަންހަލްވެސް ހެނދުނު ހިނގާލަން ދާން ބޭނުންވަނީ އެހެންވެއެވެ. މާގިނައިރުތަކެއް ބޭރުގައި މަޑުނުކޮށް ދެމަފިރިން އައީ އާއިލާއާއެކު ހެނދުނުގެ ނާސްތާ ކުރަންވެގެންނެވެ.

“ކޮންމެ ދުވަހަކު ފަތިހު ހިނގާލަންދާއިރު، ޔަޒްދާން ކީއްތަވާނީ މަންހަލް ގޮވައިގެން އެއްރޭވެސް ޑިނާއަކަށް ދިޔައިއްޔާ. ރޮމޭންޓިކް ވާން ދަސްކޮށްބަލަ.” ޔުނިވާސިޓީއަށް ދާން ތައްޔާރުވެގެން ނިކުތް ޔުނާން ބުންޏެވެ.

“ދޮންބެދައްތާ. މަންނުއަށް ހީވަނީ ފަހަރިއެއް ގެންނަ ދުވަސް ކައިރިވެއްޖެހެން. ޔުންނުއަށް މާބޮޑަށްވެސް ރޮމޭންޓިކްވާން އެނގޭ..” ޔަޒްދާންއަށްވުރެ ކުރިން ޔުނާންއަށް ރައްދުދިނީ މަންހަލްއެވެ.

“ތެދެއް ދަރިފުޅާ. މަންމަ ކައިރީދެން ބުނަންވެއްޖެއްނު.” ނަސްރާ ސަމާސާކޮށްލިއެވެ.

“ޕިސް މަންމާ. އަހަރެންވަރަށް ބަސްއަހަމޭ. އަދި ނުގެންގުޅެން ކުއްޖެއް. ސީރިއަސްކޮށް.” ޔުނާން މަނާވެގަތެވެ. ދަބަސް ސޯފާގައި ބޭއްވުމަށްފަހު އޭނާ އިށީނީ ކާމޭޒު ދޮށުގައެވެ.

“ޔޫވިން މާވަރަކަށް މިބްލަޝްވަނީ، ދޮންބެއަށްވުރެ ކުރިން ޅިޔަނެއް ގެންނަން ވިސްނަނީތަ؟” ޔަޒްދާން ގޮނޑި ދަމާލިއިރު ޔޫވިން ހިނިއައިސްފައި އިންތަން ފެނިގެން އަހާލިއެވެ.

“އުހުން އުހުން. ޔޫވިން އަދި މާކުޑައޭ. ދޮންބެ ގާލްފްރެންޑެއް ނަގައިގެން އުޅޭނެ ގޮތް ސިފަކޮށްލެވުނީމަ ހަމަ ހެވުނީ.” ނިކަން އަވަހަށް ޔޫވިން ސީރިއަސްވެލިއެވެ.

ހެނދުނު ދިހައެއް ޖެހިއިރު ޔަޒްދާންއާއި މަންހަލްވެސް މެލޭޝިޔާގެ ސުޕަ ޕާކަށް ގޮސްފިއެވެ. ފުރަތަމަ މަންހަލް ލަދުން ހުއްޓެއްކަމަކު ފަހުން އޭނާއަށްވެސް މަޖާވެއްޖެއެވެ. ގިނަ ހަރަކާތްތަކުން އޭނާއަށްވުރެ ޔަޒްދާން ކުރިހޯދާތީ މަންހަލް އެކަމާ ޝަކުވާކުރިއެވެ. ފަހުން އައިސް ނޭނގޭ ކަމަށް ހަދާފައި އޭނާ މަންހަލްއަށް މޮޅުވާން ފުރުސަތު ދެނީއެވެ. އޭގެއިން ކޮންމެ ފަހަރަކު މަންހަލް އުފާވެފައި ފުމެލާއިރު ޔަޒްދާންގެ ހިތް އުފަލުން ފުރެއެވެ. މަންހަލްގެ މޫނުމަތިން ހިނިތުންވުމާއި އުފާވެރިކަން އަބަދުމެ ފެނުމަކީ ޔަޒްދާންގެ ދުޢާއެވެ.

ދެމަފިރިން ގެއަށް އައީ މެންދުރުން އަނބުރާ ދޭއްޖަހަން ކައިރިވެފައި ވަނިކޮށެވެ. އެމީހުންނާއި އެކުއެކީހެން ޔޫވިންއާއި ޔުނާންވެސް ގެއަށް އައެވެ. ނަސްރާއާއި ސުހައިލް މާކުރިން ތިބީ ބޭރަށް ދާން ތައްޔާރުވެގެންނެވެ. ޔޫވިންއާއި ޔުނާންއާއި ޔަޒްދާންގެ އިތުރުން މަންހަލްވެސް ކޮޓަރިއަށް ވަނީ ފެންވަރާ ތާޒާވެލާށެވެ. އެންމެންނަށް ތައްޔާރުވެގެން ނިކުމެވުނު އިރު ތިނެއް ޖެހުމާއި ގާތްވެއްޖެއެވެ. އެމީހުން ލަސްވެގެން ނަސްރާއާއި ސުހައިލް ޝަކުވާކުރިއެވެ.

ބާޒާރުކުރުމުގައި އެދުވަހުގެ ހަވީރާއި އިރުއޮއްސޭރުގެ ވަގުތުތައް ހޭދަކޮށްފައި މާބޮޑަށް ރޭވާން ފެށުމުން އެންމެންވެސް ގަސްތުކުރީ ގެއަށް ދާށެވެ. އެހެނަސް ޔަޒްދާން ތަނަކަށް ދާންޖެހެއޭ ކިޔާފައި މަޑުކުރީއެވެ. ސުހައިލްގެ އާއިލާ، ގެނައި ކޮތަޅުތަކާއެކު ޓެކްސީއަކަށްލާ ފޮނުވާލުމަށްފަހު އޭނާ މަންހަލް ގޮވައިގެން ހިނގައިގަތީއެވެ.

“ކޮންތާކަށް؟” މަންހަލް އަހާލިއެވެ.

“ހިނގާބަލަ. ދިޔައީމަ އެނގޭނެއްނު.” ޔަޒްދާން ބުނެލިއެވެ.

މާދުރަކަށް ހިނގާކަށް ނުޖެހުނެވެ. އޭނާ ގޮވައިގެން ޔަޒްދާން ދިޔައީ ރެސްޓޮރަންޓަކަށެވެ. ޔަޒްދާންގެ މޫނަށް ބަލައިލާފައި މަންހަލްއަށް ހިނިތުންވެވުނެވެ. ޔަޒްދާން ފޯނު ނަގާ ސްކްރީނު ދިއްލާލީއެވެ. އެހާއަވަހަށް ފޯނު ނިއްވާލާފައި ޖީބަށް ލައިފިއެވެ. މަންހަލްއަށް ބަލައިލާފާ ކުރިއަށް ހިނގައިގަތުމުން، މިފަހަރު އިސްވެ ޔަޒްދާންގެ އަތުގެ މުލައްދަނޑީގައި ހިފާލީ މަންހަލްއެވެ. ހައިރާންވެ ހުރެ މަންހަލްއަށް ބަލައިލި ނަމަވެސް އެމޫނުމައްޗަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. ދެމަފިރިން އެކުގައި ލިފްޓަށް އެރިއެވެ. އަށުތިރީސްވަނަ ބަޔަށް ލިފްޓު ހުއްޓުމާއެކު ލިފްޓުން ދެމީހުން ނިކުތީވެސް އެކުއެކީގައެވެ.

ޔަޒްދާން އޭނާ ގޮވައިގެންގޮސް އިށީނީ ބޭރު ފެންނަގޮތަށް ހުރި މޭޒެއް ކައިރީއެވެ. އެތަނުންވެސް ދުރުދުރުން ފެންނަން އޮތީ ޕެޓްރޯނަސް ޓަވަރެވެ. ތިރިން ކުދި އިމާރާތްތައް ދިއްލާފައި ހުންނަ ގޮތުން ހިތްގައިމުކަމެއް އެކުލެވިފައި ވިއެވެ. އެމާހައުލަށް ވެރިވެފައި އޮތީ ފަނޑު ރީނދޫކުލައިގެ އައްޔެކެވެ. މީހުން ގިނަ ވަގުތެއްކަމުން އެތަން އޮތީ ހަލަބޮލި ވެފައެވެ. ވަށައިގެން ނަޒަރު ހިންގަ ހިންގާފައި މަންހަލްއަށް ބަލައިލެވުނީ ޔަޒްދާންއަށެވެ. އޭނާ އިނީ މަންހަލްގެ ހަރަކާތްތަކަށް ބަލަންވެގެންނެވެ. ދެ މީހުންގެ ނަޒަރު ބައްދަލުވުމާއެކު އެ ދެ މޫނުމަތިންވެސް ހިނިތުންވުމެއް ދުވެލިއެވެ.

“މައި ފަސްޓް ޓައިމް، ހީވަނީ އަހަރެން މިއީ ރާނީއެއްހެން..” ހިނިތުންވެ އިނދެ މަންހަލް ބުނެލިއެވެ.

“ޔޫ އާރ އަ ކުއީން. ކުއީން އޮފް މައި ހާޓް.” ޔަޒްދާން މޭގައި އަތް އަޅާލާފައި ބުނެލި ގޮތުން މަންހަލްގެ ހުނުން އިތުރުވިއެވެ.

“ތިހާ ޑްރެމެޓިކް ނުވެ ރޮމޭންޓިކް އެއްޗެއް ބުނާކަށް ނޭނގޭތަ؟” ތުންފަތް ދަމާލާފައި މަންހަލް ބުންޏެވެ.

“މަންހަލް، ތިއީ އެންމެ ފުރަތަމަ ނަޒަރުން އަހަރެންގެ ހިތް ދަމައިގަތް އަންހެން ކުއްޖާ. މަންހަލް ނޫން އެހެން އަންހެން ކުއްޖަކަށް އަހަރެން ދުވަހަކުވެސް މިގޮތަކަށް ނުބަލަން. ދުވާލާއި ރޭގަނޑު، ނިދީގަޔާއި ހޭލާ ހުންނައިރު، އަހަރެންގެ ހިތުގައި ރަސްކަން ކުރާ ރާނީއަކީ ތިއީ. ތި ލޯބިވެތި ދެލޮލުން އަހަރެންނަށް ފުރަތަމަ ބަލައިލި ދުވަހު އަހަރެން ހިތަށްއެރީ ތި ދެ ލޮލުގައި ނިކަން ލޯބިން ބޮސްދޭން. ތި މޫނުކޮޅުގައި ހިފާލަން އަހަރެންގެ ހިތް އެދުނީ. އެފަންފަން އިސްތަށިގަނޑުން ވަސްބަލާލަން ހިތްބުނީ. ތި ހަށިގަނޑުގައި ބާރަށް ބައްދާލަން ބޭނުންވީ. އުމުރު ދުވަހު އަހަރެންގެ މިލްކަކަށް ހަދަން ބޭނުންވީ. ތި ތުނި ތުންފަތް-” މަންހަލްގެ ދެއަތުގައި ހިފާލައިގެން އިނދެ ޔަޒްދާން ވާހަކަދެއްކީ އެދެލޮލަށް ބަލަން އިނދެއެވެ. ޔަޒްދާންގެ ވާހަކަތައް ކުރިއަށްދާ ވަރަކަށް މަންހަލްގެ މޫނުމަތީގައިވި ރަތްކަން އިތުރުވެއެވެ. ވަކި ހިސާބަކަށް އޭނާގެ ވާހަކަތައް ދިޔައިރަށް މަންހަލް އޭނާގެ އަނގަމަތީގައި އަތް އަޅާލީ ދެން ހުއްޓާލާށޭ ބުނާ ފަދައަކުންނެވެ. ޔަޒްދާންގެ ތުންފަތަށް މައުނަވީ ހިނިތުންވުމެއް ވެރިވިއެވެ. ދެލޯ ބޮޑުކޮށްގެން އޭނާގެ ދެލޮލަށް ބަލަން އިން މަންހަލްއާއި ނަޒަރު ވަކިކޮށްނުލާ އޭނާވެސް އިނީއެވެ.

މަންހަލް އޭނާގެ އަތް ޔަޒްދާންގެ އަނގަމަތިން ނަގާ ގޮނޑީގައި ހަމަޖެހިލީ ވެއިޓަރު އައިސް މެނޫ ދިއްކޮށްލުމުންނެވެ. އަވަސް ހަރަކާތަކާއެކު ވޭޓަރުގެ އަތުން މެނޫ އަތުލަމުން އޭނާގެ މޫނު ފޮރުވޭނެހެން އެހިއްލާލައިގެން އިނީ ޔަޒްދާންއަށް މޫނު ދައްކަން ނުކެރިގެންނެވެ. ގަނޑުތައް އުކައުކާފައި އޭނާ މެނޫ ތިރިކޮށްލާފައި ޔަޒްދާންއަށް ބަލައިލިއިރު ހިނިތުންވެފައި އިނދެ އޭނާވެސް މަންހަލްއަށް ބަލައިލައިފިއެވެ. އޯޑަރު ކުރާނެ އެއްޗެއް ނޭނގިގެން އޭނާ ޖެހުނީ މޭޒުމަތީގައި މެނޫ ބާއްވާފައި ޔަޒްދާންއާއި ވާހަކަދައްކާށެވެ. ދެމީހުން ވެގެން ކާއެއްޗެއްސާއި ބެހޭގޮތުން ވާހަކަދައްކާފައި އޯޑަރު ނެގިއެވެ. ފަނަރަ ވަރަކަށް މިނެޓުފަހުން އޯޑަރު ކުރި ތަކެތި އައުމުން ދެމީހުންވެސް ކާންފެށީ ވާހަކައިގައި ތިބެއެވެ.

ކައިނިންމާލާފައި ޔަޒްދާން ވެއިޓަރަށް ގޮވާލިއެވެ. މަންހަލް ހީކުރީ ޗެކް ގެންނަން ގޮވީކަމުގައެވެ. ބޭރުން ފެންނަ މަންޒަރުތަކަށް ބަލަން އިންދާ ޔަޒްދާން އޭނާއަށް ގޮވާލުމުން ބަލައިލިއިރު މޭޒުމަތީގައި ބޯ ފޮތެއް އޮތްއިރު އޭގެމަތީގައި ރަތް ފިނިފެންމަލެއް ބާއްވާފައި އޮތެވެ. ހައިރާންވެފައި އިނދެ އޭނާ ފިނިފެންމާ ނަގާ ވަސްބަލައިލިއެވެ. ޔަޒްދާންއަށް ބަލައިލާފައި މާ އެއްފަރާތެއްގައި ބޭއްވިއެވެ. މަންހަލްގެ ނަޒަރު ހުއްޓުނީ ކައިރީ އޮތް ފޮތަށެވެ. ގަދަ މުށިކުލައިގެ ބޭރުގަނޑެއް އޮތް އެފޮތުގައި ބޮޑުކޮށް ލިޔެފައި ވަނީ ‘އަވަރ އެޑްވެންޗަރ’އެވެ. އޭގެ ތިރިން ‘ވައި’ އަކުރާއި ‘އެމް’ އަކުރު ލިޔެވިފައި އޮތެވެ. އޭނާގެ އަތަށް ފޮތް ނަގާފައި މަންހަލް އޭގެ އެތެރެ ހުޅުވާލިއެވެ. އެންމެ ފުރަތަމަވެސް ފެނިގެން ދިޔައީ ދެމީހުންގެ ކައިވެނީގެ ފޮޓޯތަކެވެ. އެއީ ފޮޓޯ އަލްބަމްއެއްކަން މަންހަލްއަށް އެނގުންވީ އެހިނދުގައެވެ. ޔަޒްދާންއަށް ބަލައިލާފައި އޭނާ އަނެއްކާވެސް އޭގެ ގަނޑުތައް އުކަން ފެށިއެވެ. އޭގައި މުޅިންވެސް ހުރީ ކައިވެނީގެ ފޮޓޯތަކެވެ. ފަހަތުން ގިނަ ގަނޑުތަކެއް ހުރީ ހުސްކޮށެވެ.

“ރީތި؟” ޔަޒްދާން އަހާލިއެވެ. މަންހަލް ބޯ ޖަހާލީއެވެ. “ތިއީ އަހަރެމެންގެ ފޮޓޯ އަލްބަމް..!”

“ކޮންއިރަކު ހެދި އެއްޗެއް؟” މަންހަލްއަށް އަހާލެވުނެވެ.

“މިކޮޅަށް އައިސްފަ.” ޔަޒްދާން އެއްލޯ މަރާލިއެވެ.

“ވަރަށް ރީތި. ވަރަށް ކަމުދޭ.” މަންހަލް ތުންފިއްތާލާފައި ބުނެލިއެވެ. އެމޫނުމަތިން ނިމުމެއްނެތް އުފާވެރިކަން ފެންނަން ހުއްޓެވެ.

ޔަޒްދާންގެ އަތުގެ މުލައްދަނޑީގައި ހިފާލައިގެން ހުރެ މަންހަލް ރެސްޓޮރަންޓުން ނިކުތެވެ. އޭނާގެ އަތުގައި ފިނިފެންމާ އޮތްއިރު ފޮޓޯ އަލްބަމް އޮތީ އޭނާގެ އަތްދަބަސްތެރެއަށް ލާފައެވެ.

“ވަރަށް މަޖާ ޓްރިޕްއެއް. އެހެންގައުމުތައް ބަލައިލަންވެސް ވާނެދޯ.” އެމީހުން ދިރިއުޅޭ އިމާރާތާއި ދިމާއަށް ހިނގައިގަނެފައި މަންހަލް ބުންޏެވެ.

“އޯހާ… އަހަރެން މީ މަހުޖަނެއް ނޫން އިނގޭ ބޭނުންއިރެއްގަ ބޭނުން ތާކަށް ދެވޭކަށް. މިހާރުވެސް މިހިރަ ހުލިވަނީ. ވެޑިންއެއް ބާއްވާފަ، ހަނީމޫންއަށް ރާއްޖެއިން ބޭރަށް އައިސްފަ، ވައިފް ތަންތަނަށް ގެންގޮސްފަ، އެއްޗެހި ގަނެދީފަ. އެހެންނޫނަސް ވަޒީފާ ދޫކޮށްލާފަ ދަތުރު ކުރާކަށް ނޫޅެވޭނެ. އަހަރެމެން މީ ގައުމަށް ހިދުމަތްކުރާ މީހުން. ކޮންމެވަގުތަކު ބުންޏަސް ގައުމަށްޓަކާއި ކެރިގެން ނިކުންނަން ތައްޔާރަށް ތިބި ފަހުލަވާނުން.” ޔަޒްދާންގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ. މަންހަލްއާއި ދުރަށް ޖެހިލާ ޝަހާދަތް އިނގިލި ދިއްކޮށްގެން ހުރެ އޭނާ ބުނެލިއެވެ.

“އަޅެ އަހަރެން އެއްފަހަރުވެސް ބުނިންތަ މިއުޅެނީ ކަމާ ކަންފަށާފަ ދުނިޔެވަށާ ބުރު ޖަހަން ދާށޭ.” މަންހަލް ޔަޒްދާންގެ އަތުގައި ޖަހާލިއެވެ.

“ބުނިގޮތުން ހީވަނީ ދޯ.” ޔަޒްދާން އައިސް މަންހަލްގެ އަތުގައި ހިފާ އޭނާގެ މުލައްދަނޑީގައި އަޅުވާލިއެވެ.

“ބުނަންތަ ވާހަކައެއް! މަންހަލްއަށް އޯކޭ އަގުބޮޑު ތަންތަނަށް ގެންގޮސް އަގުބޮޑު ހަދިޔާ ނުދިނަސް. ލޮތްބާ، އިހުތިރާމާ، އަޅާލުމާއި، ވަގުތު ދެނިކޮށް ނިމުނީ. ޝަކުވާއެއް ނުކުރާނަން.” ސީރިއަސްވެލާފައި މަންހަލް ބުންޏެވެ.

“އަހަރެންނަށްވެސް އޯކޭ މަންހަލް އަބަދު ހެޕީކޮށް ހުންނަންޏާ.” މަންހަލްއަށް ބަލައިލާފައި ޔަޒްދާން ބުނެލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

އެ ހަނދާންތައް ފޮހެލައިފިން

Next

ތިނެސްކަން ލޯބި (2)

Next
November 14, 2024

ތިނެސްކަން ލޯބި (2)

Previews
November 14, 2024

އެ ހަނދާންތައް ފޮހެލައިފިން

14 Comments!

  1. Repunzil says:
    November 14, 2024 at 9:07 pm

    Vv reethi…..
    When is next
    Curiously waiting for it
    Plssssssss avs kohlahchey

    1. Aayaa Aayaa says:
      November 15, 2024 at 5:48 am

      Thank you Repunzil! In Sha Allah next week ga. 😊🤍

  2. Princess says:
    November 15, 2024 at 9:54 am

    vvv reethi mi part ves
    curiously waiting for nxt part
    keep up the good work

    1. Aayaa Aayaa says:
      November 15, 2024 at 1:28 pm

      Thank you Princess! 😊🤍

  3. Cutie girl says:
    November 16, 2024 at 8:09 am

    Mi part ves v reethi masha Allah
    Curiosity waiting for next part
    Keep it up
    Mannu and yazdhaan v gulhey
    They both are made for each other
    Jaavid and shayoo gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Alhugandhu ge support abadhu ves libeyne Insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you aayoo😍❤️

    1. Aayaa Aayaa says:
      November 16, 2024 at 9:34 am

      Thank you Cutie girl! 😊🤍

  4. Someone says:
    November 18, 2024 at 11:14 am

    Omg omg omgggggggg
    MASHA ALLAH vrhhhh reethi mi bai vesss
    Cantt waiitttt for the next parttt
    ❤️❤️❤️

    1. Aayaa Aayaa says:
      November 19, 2024 at 8:20 pm

      Thank you Someone! 😊🤍

  5. Anonymous says:
    November 18, 2024 at 4:18 pm

    Nice

    1. Aayaa Aayaa says:
      November 19, 2024 at 8:20 pm

      Thanks Anonymous! 😊🤍

  6. Mar yam says:
    November 22, 2024 at 3:33 pm

    Alheyy when next parttt
    It have been a week now
    I can’t wait anymore 😭😭😭

    1. Aayaa Aayaa says:
      November 23, 2024 at 10:39 am

      Admin vaahaka upload kollyma kiyalan libeyne.. 😊

  7. Thihtha says:
    January 27, 2025 at 10:09 am

    Alhe manhalge bappa noon dhw adhi eii.. i thought finally bappa hoadhuny kamah😭😭 btw mi part vx v salhi. Those kaa ehchehi name is like oh no!!!🤭🫠

    1. Aayaa Aayaa says:
      March 6, 2025 at 2:37 pm

      Haha.. Yes yes ei bappa eh noon..
      Btw I can take you to a fancy restaurant, but you’ve to pay! 🌝😌

Comments are closed.

Next Episodeއިންސާފް (ތިރީސްވަނަ ބައި)←


All Right Reserved!