އިންސާފު
މެލޭޝިޔާގެ މަގުތަކުން ދުވަމުން ދިޔައިރުވެސް އަހަންނަށް ދިޔައީ ފަހަތް ބެލެމުންނެވެ. އޭރު ވެސް އަހަރެން އަތުލައިގަތުމަށް ފަހަތުން ބަޔަކު އާދެ އެވެ. ދުއްވާއެއްޗެހިން ރެކެމުން ދުވަމުން ގޮސް މަގުގެ އަނެއްފަރާތުގައި ހުރި ހަނިގޯޅި ގަނޑަކަށް ވަނީ މެވެ.
އެމީހުން އަހަރެން ހޯދަހޯދާފައި ނުފެނުމުން އައިކޮޅަށް އެނބުރި ހިނގައިގަތެވެ. އެމީހުން ދިޔަކަން ޔަގީން ކޮށްފައި އަހަރެން އެ ހަނިގޯޅި ގަނޑުން ނިކުތީ މެވެ. އަޅާފައިވާ މާސްކު ރަނގަޅުކޮށް ލަމުން ޖީބުން ކަޅުކުލައިގެ އަވިއައިނު ލޮލުގައި އަޅައިލީމެވެ. އަދި ލައިގެން ހުރި ކަޅުކުލައިގެ ޖެކެޓް ގެ ހުޑީ ބޮލުގައި އަޅައި ލީމެވެ. ކޮނޑުގައި އޮތް ދަބަސް ރަނގަޅު ކޮށްލަމުން މިސްރާބު ޖެހީ އަހަރެމެންގެ ސިއްރު ޖަގަހަޔަށެވެ. އަހަރެން ގޮސް ހުއްޓިލީ އާދައިގެ ގޮތަކަށް ހަދާ ފައިވާ ގެއެއްގެ ކުރިމަތީގައެވެ. އޭރު އަހަރެންގެ އިންތިޒާރުގައި އަހަރެންގެ ދެ އެކުވެރިން ތިއްބެވެ. އަޔާ އަދި ޒިވާ އެވެ.
ނުނިމޭ
