ޙަޤީޤަތް ހޯދުމޭ 30
ސިއްރުވެރި ކަމާއެކު އަހަރެން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލަން މަޖުބޫރުވީ ދެން ފެނުނު މަންޒަރަކުންނެވެ. ފަހަތަށް ދެތިން ފިޔަވަޅު އަޅާލީމެވެ. ދެން ދެލޯ ބޮޑުކޮށްލައިގެން ބަލަން ހުރެވުނީ ތާކަށް ފަރާތަކަށް ހެލިނުލައެވެ. މިއޮއްފަދަ ރޯމާދުވާލުގެ ވަގުތުގައި މި ކަހަލަ ކަމެއް ފެނިދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ. ހިދާޔާ އާއި ނުހައިކްއެވެ. ސިޓިންރޫމު ބޮޑު ސޯފާގައެވެ. ދެމީހުން އެކަކު އަނެކަކުގެ ތުންފަތުގެ ފޮނި މީރުކަން ޙާސިލްކުރަމުން ދިޔައީ ހިޔާލެއް ފިކުރެއް ނެތިއެވެ. ނުހައިކްގެ ގައިދަށުވެފައި އޮތް ހިދާޔާ އޮތީ އޭނާގެ ކަރުގައި އަތްއަޅުވާލައިގެންނެވެ. ދެމީހުން ވެސް އަންނައުނު ލައިގެން ތިބި ކަމީ ނަސީބެކޭ ހިތަށް އެރިއެވެ. ދެމަފިރިން އެކަނި އުޅޭ ގެއެއްގައި އެކަހަލަ ކަމެއް ކުރަން ޖެހިލުންވާން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ އޭ ހިތަށް އެރިއެވެ. އަހަރެންނަށް ހޭވެރިކަމެއްވީ އެދެމީހުން ގޮސް ކޮޓަރިއަކަށް ވަނުމުންނެވެ.
އަހަރެން ބޮލުގައި އަތް އަޅާލާ ބޯހޫރާލަމުން އަނެއްކާވެސް މަސައްކަތް ކުރިއަށް ގެންދިޔައީމެވެ. ރިކޯޑަރުތައް ހަރުކޮށް ނިމުމާއި އެކު އަހަރެން އެ ގެއިން ނުކުތީމެވެ. މިތަނުގައި ހުންނަ ކޮންމެ ފަޅި ސިކުންތެއްގައި ވެސް އެ ހިނގައިދިޔަ ކަންތައް ލޯ މައްޗަށް ސިފަވަނީއެވެ. އަދި ދުވަހުގެ ކޮޅުން ވެސް މިކަހަލަ މަންޒަރެއް ނުދެކެން ވިއްޔާއެވެ. ބާކީ ހަރުނުކޮށް ގެނައި ކެމެރާތައް ހިފައިގެން ނުކުމެ ފުން ނޭވާއެއް ލީމެވެ. ލައިލާ އަކީ މީހަކާ އިނދެގެން އުޅުނު މީހެއް ނޫންކަމުން އޭގޭގައި ކެމެރާ ހަރުކުރުން މައްސަލަ އަކަށް ނުވިޔަސް މި ފަހަރު އެހެން ހަދަން ނުކެރުނީއެވެ. މި ހިދާޔާ ގަނޑާއި ހެދި އަހަރެން މިފަހަރު ނަފްސާނީ ވާނެއެވެ.
“ރިފް އަށް ކިހިނެއް ވެފަތަ ތި އިނީ؟” ހޮޓެލަށް އަނބުރާ ދިއުމަށް ފަހު ވެސް ސޯފާގައި އޮށޯވެ ސީލިންގަށް ބަލަން ހުރުމުން ޝެހެނާޒު އަހަރެންގެ ގައިގައި ކޮއްޓަން ފެށިއެވެ. “ކަމެއް ނުވޭ.” އެހެން ބުނެލައިފައި ދެލޯ ތަޅުވާލުމަށް ފަހު ހަށިގަނޑު ސީދާކޮށްލީމެވެ.
“ތިޔަ ދިޔަ ތަނަކަށް ގޮސްފަ ކޮން އެއްޗެއް ބަލާފަތަ ތި އައީ؟ އާނ އެހެންޏާ އައިން ސުރެން ނެގި މަޑުވެފަ.” ޝެހެނާޒު އެހެން ބުނެލި އިރު ހީވީ ކަން ވެދިޔަ ގޮތް އެނގިގެން ވާހަކަ ދެއްކި ހެންނެވެ. އަހަރެން އެއްޗެކޭ ނުބުނެ ހަނު ހުރީ އެ ބަހަވީ މަޅީގައި ނުޖެހެންވެގެންނެވެ.
“އަހަރެންގެ ފޯނު ދޭކަށް ނުވޭތަ؟” ޝެހެނާޒު އެހިއެވެ. އަހަރެން ނުލަފާ ގޮތަކަށް ހީނލީމެވެ. “އަދި ނެގިތާ ސައުވީސް ގަޑިއިރު ވެސް ނުވާނެ. އެހާވަރުން ބިޓަށް މެސެޖު ނުކުރިއަސް ވެދާނެ. ބަލާބަލަ މިހިރަ ވަގުކަލޭގެއެއް ކައިރި. ބިޓުން ނަގައިގެން އުޅޭލެއް ބަހުލާލުވެރިކަން(މަކަރުވެރިކަން)” އަހަރެން ޝެހެނާޒުގެ މޫނަށް ބަލައިލީމެވެ. އޭނާ އިނީ އަހަރެންގެ ވާހަކަ އިވިފައި ދެލޯ ބޮޑުކޮށްލައިގެންނެވެ. “ޔޫ! ހުންނަ ނުލަފާކަން ދޯ. މީހުންގެ ޕްރައިވަސީގެ ތެރެއަށް ވަދެގަންނާކަށް ނުޖެހޭ ދޯ!” ދެވަނަ ސިކުންތުގައި އޭނާ އަހަރެންނާއި ދިމާލަށް ލޯ އަޅާލައިފިއެވެ. އަހަރެން ހިނިގަނޑެއް ޖަހާލަމުން އެ ފޯނު އޭނާގެ އަތަށް ދިނީމެވެ.
މެންދުރުގެ މަސައްކަތަށް އަހަރެން ދިޔައީ ކަޅުކުލައިގެ ޓާރޓްލް ނެކް ސްވެޓާއެއް ލައިގެންނެވެ. އެ ހުދު ކޯޓު ލަންޏާ ކޮންމެހެން ފާޑު ފާޑުގެ ހެދުން ލާން މުހިންމު ކަމަކަށް ނުދެކޭތީއެވެ. ނަސީބަކުން ހިދާޔާ އަދި ނާދެއެވެ. ވަގުތުގެ ބޭނުން ހިފާ އަހަރެން ގޮނޑީގައި އިށީނދެ އައިނު އަޅާލީމެވެ. މިއަދު ހިދާޔާ އާއި ހަތަރުކަޅި ހަމަ ކޮށްލާކަށް ވެސް ލާހިކެއްނޫނެވެ.
އަހަރެން އަޅައިގެން ހުރި އައިނު ނަގަން މަޖުބޫރުވީ ހިދާޔާ އާއި އެކު ތަނުގެ އިސްމީހާ އައިސް ވަނުމުންނެވެ. އިޙްތިރާމް އަދާކުރުމުގެ ގޮތުން އަހަރެން ކޮޅަށް ތެދުވެލީމެވެ. އެ މީހާ ބުނީ އަހަރެންގެ ޚިދުމަތް ރަނގަޅު ކަމަށް އިއްޔެގެ ޕޭޝަންޓުން ބުނި ވާހަކައެވެ. ފުރަތަމަ ދުވަހުން އެހާ ރަނގަޅު ރިވިއު އެއް ލިބޭނީ ވަރަށް ހުނަރުވެރި ސައިކޮލޮޖިސްޓަކަށް ކަމަށް ބުނެ ތަޢުރީފު ކުރިއެވެ.
“މި ރިފް މިއަދު އަހަރެންނާއި ދިމާލަށް އޮޅިގެން ވިޔަސް ބަލާލަނީއެއް ނޫނޭ. އެހާ ހިތްހަމަ ނުޖެހެން އަހަރެން އަޅެ ފަހެ ކީއްތަ ކުރީ.” ޑިއުޓީ ގަޑި ނިމުމާއި އެކު ހިދާޔާ އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުނެވެ. އަހަރެން ހިންދިރުވާލީމެވެ. “ރުޅިއެއް ނާންނަމޭ. އެއީ ހިދާއަށް ހީވާ ގޮތް.” އަހަރެން ނޭނގޭ ކަމަށް ހެދީމެވެ.
“ޖަސްޓް ޓު ރިމައިންޑް ޔޫ، އަހަރެންނަކީ ސައިކޮލޮޖިސްޓެއް. ދެން ދޮގު ނަހަދާ ބުނޭ. ތިހެން ދިޔައެއްގަ ފެނެއްގަ ނުޖެހި ނޫޅެވޭނެ.” ހިދާޔާ އަހަރެންނާއި ދިމާލަށް ދެލޯ ހިމަކޮށްލިއެވެ. އަހަރެން މަސައްކަތް ކުރީ އާދައިގެ ގޮތް ދައްކާށެވެ. ހިދާ އަށް މިހާ ހިސާބުން ދެން އޮޅުވާ ނުލެވޭނެކަން އެނގުނު ނަމަވެސް އަޖުމަ ބަލައިލަން ރަނގަޅު ވާނެއޭ ހިތަށް އެރިއެވެ.
“ކޮންމެ ކަމެއް ވިޔަސް އަހަންނަށް ހެޔޮ. މިރޭ އާދޭ އަހަރެންގެ ގެއަށް ކެއުމަކަށް. އެޑްރެސް އަކީ ފިނިހިޔާގެ.” ހަސްފަތާލުން ނުކުންނަމުން ހިދާޔާ ބުނެލިއެވެ.
އަހަރެން ހޮޓެލަށް ގޮސްފައި ނަމާދުކޮށްގެން ކަޅުސައިތައްޓެއް ބޯލީމެވެ. ދެން ވަންނަންވީ ޓްރައިނިން ސެޝަނަށެވެ. މިހެން އުޅެން ހާދަހާ ބުރަ ބޮޑެވެ. ގުދާރު ބިންދައިގެން ދާ ވަރަށް އެބަ މަސައްކަތް ކުރަން ޖެހޭ ވިއްޔާއެވެ. ޑަބްލިޔު ސަރ މި މިޝަން ނަގައިފިނަމަ އަހަރެންނަށް އުނދަގޫ ވާނެއޭ ބުނި މައިގަނޑު ސަބަބަކީ މިއީ ތާއެވެ.
ޓްރައިނިން ސެޝަން ނިމުމުން އަހަރެން އެނދުގައި އޮށޯވެލީ ހަށިގަނޑަށް ލުޔެއް ލިބޭތޯއެވެ. އޭރު ޝެހެނާޒު އަޅިކުލައިގެ ބީންބޭގެއްގައި ފޮތެއް ހިފައިގެން އިށީނދެގެން އިނެވެ. މިއީ ހަމަ ރަނގަޅަށް ވެސް ކިޔެވުމަށް ދެވިހިފައިފައި އިން ގޮލައެކޭ ބުނަނީ އެހެން ވެގެންނެވެ. މި ރަށަށް އަންނަމުން ވެސް އެ އައީ އެ ފޮތްބޮނޑި ވަރު ހިފައިގެންނެވެ.
އެންމެ ފަހުން ހިދާޔާ އަހަރެން ގާތު އަންނަން ބުނި ގަޑި އައިސް ޖެހިއްޖެއެވެ. ނުގޮސް ހުންނަން ވެސް ބޭނުން ވިއެވެ. “އޭތް ރިފޫ. ބޫޓަށް އަރައިގެން ދޮރު ކުރިމަތީގައި ގަބު ވެފަ ތި ހުރިއްޔޯ. ނުކުންނަންޏާ ނުކުމެބަލަ.” ޝެހެނާޒު އަހަރެން ހުއްޓުން އަރާފައި ހުރުމުގެ ހިނިގަނޑެއް ޖަހާލައިފައި ބުނެލިއެވެ. “އާއެކޭ. މިއަދު ހެނދުނުއް ސުރެ މި ބްލޫ އައި ސްޓޯކާ ހުންނަނީ ހަމަޔަކު ނޫން.” އާހިލް ވެސް ޝެހެނާޒާއި ބައިވެރިވެލިއެވެ. އަހަރެން ނުކުމެގެން ދިޔައީ އެމީހުންގެ ވާހަކަ ތަކުން ބޮލަށް އުނދަގޫ ވެގެންނެވެ.
ފިނިހިޔާގޭގެ ދޮރުމައްޗަށް ހުއްޓިފައި އަހަރެން ފުންނޭވާއެއް ލީމެވެ. “އައްސަލާމު ޢަލައިކުމް.” ބެލް ޖަހާލަމުން އަހަރެން ސަލާން ގޮވާލީމެވެ. އެއީ ވަރަށް ހިތްވަރުކޮށްގެންނެވެ. ދޮރު ހުޅުވާލީ ނުހައިކް އެވެ. ތުންފަތުގައި ދަތްއަޅާލަމުން އަހަރެން އެ ގޭގެ ތެރެއަށް ވަނީމެވެ.
“ހިދާ! އަޅޭ އަހަރެން އެކަނި ކާން އައީ އޭ ކިޔާފަ މިހާ ބައިވަރު ތަކެއް ހަދަން ޖެހޭ ތަ؟” ކާތަކެތި އަތުރާފައި ހުރި މޭޒު ފެނުމުން އަހަރެން ބުނެލީމެވެ. “ކާކުތަ ބުނީ މިއީ ރިފް އަށް އެކަންޏަށް ހެދި އެއްޗެހިނޭ. އަހަރެންނާއި ނުކް ވެސް ކާނަމޭ.” އެހެން ބުނެލަމުން އޭނާ ގޮސް އިށީނީ އަހަރެންގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑިއެއްގައެވެ. އޭނާއާއި ޖެހިގެން ނުހައިކް އިށީނެވެ.
އަހަރެން ކެއީ ކުކުޅާއި ރޮއްޓެވެ. ދެން ޗޮކްލެޓް ފިލްޑް ކްރޮސޯންޓެކެވެ. އެތަނުގައި އިންނަން ‘އޯކްވާޑް’ ވާނެ ވަރު ވިސްނާލަބަލާށެވެ. އެކަންތައް ހަމަ ހިތަށް ސިފަވަނީއެވެ. ހިދާޔާ އަށް އަހަރެންގެ މޫނުމަތީގައިވީ ތަފާތުތައް ދެނެގަނެވުނު ކަހަލައެވެ. “ނުކް ހުރީމަ ރިފް އަށް އުނދަގޫ ވަނީތަ؟” އެހެން އަހާލުމުން އަހަރެންނަށް ހިދާޔާ އާއި ދިމާއަށް ބަލައިލެވުނީ ފާޑަކަށެވެ. “ނޫނޭ. މިއަދު ކުޑަކޮށް…. އަމް…. ބޮލުގަ ރިއްސާތީ” އަހަރެންނަށް އެއީ ހަމަނުޖެހޭ ބަހަނާ އެއް ކަން ވެސް އެނގެއެވެ.
“ބަލަ ތިއީ ވަކި ކުޑަކުއްޖެއް ތަ؟ ގައިމު އެހާ ހަގު އުމުރުގައެއް ސައިކޮލޮޖިސްޓުކަން ކިޔަވާ ނުނިމޭނެ. އެންމެ ކުޑަވެގެން ވެސް ރިފް އަށް ތޭވީސް އަހަރު ވާން ޖެހޭނެ. ދެން ދުވަސްކޮޅަކުން ރިފް ވެސް މީހަކާ އިންނާނެއްނު.” ބޯ ހޫރާލަމުން ހިދާޔާ ވާހަކަ ދެއްކި ގޮތުން ހީވަނީ އަހަރެންގެ ޚިޔާލުތައް އޭނާގެ ކަންފަތަށް އަޑު އިވިގެން އުޅޭ ހެންނެވެ. އޭނާ އަހަރެންނަށް ތޭވީސް އަހަރު ވާންޖެހޭނެއޭ ބުނުމުން ބޭއިޚްތިޔާރުގައި ހެވުނެވެ. މިފަހަރު އެކަހަލަ ވާހަކައެއް މީނާގެ ގާތުގައި ނުބުނަން ނިންމީމެވެ. ކުރިން ފަހަރަކު ލައިލާ ގާތު އެވާހަކަ ބުނުމުން އެކްސިޑެންޓެއް ނުވީ ކިރިޔާ ވިއްޔާއެވެ.
“ޝުކުރިއްޔާ ދިން ކެއުމަށް. ހަމަ ވަރަށް މީރު” ދިއުމުގެ ކުރިން އަހަރެން ބުނެލީމެވެ. ދެން ދިޔައީ ވޮންޑާ ހޮޓެލަށެވެ. އަހަރެމެން ހިފި ޔުނިޓު ތެރެއަށް ވަން އިރު ދެން ތިބި ގުރޫޕް މޭޒު ދޮށުގައި ތިއްބެވެ.
“ކީއް ކޮށްލަނީ؟” އަހަރެން ވެސް ގޮނޑި ދަމައިފައި އިށީނީމެވެ. “ތޭރަ ދުވަސް ފަހުން ހޮނިހިރުގައި ދަތުރު ދާން ކަމަށް. މިހާރު މި ރާވާލަނީ ދަތުރުގައި ކުރާނެ ކަންކަން.” ނައިލް އަހަރެންގެ ސުވާލަށް ޖަވާބު ދިނެވެ. އަހަރެން އެމީހުންގެ މަސައްކަތަށް ބަލައިލީމެވެ. ހީވަނީ އާދައިގެ ދަތުރެއް ހެންނެވެ. ދާން ހަމަޖެހިފައިވަނީ އޮށްގާ ގޭންގު މީހުންގެ ޖަގަހައާއި މާ ދުރު ނޫން ގޮނޑުދޮށުގެ ސަރަހައްދަކަށެވެ. އެތަނުގެ ކައިރީގައި ބޮޑު މިދިލި ވަލެއް އޮވެއެވެ. މިކަހަލަ ތަންތަނުގައި އެކަހެރިކޮށްލައިގެން ވެސް އެމީހުންގެ ފަހަތުން ބަޔަކު އުޅޭނަމަ އެކަން ހޯދޭނެއެވެ.
“ސަޅިއޭ މި ޕްލޭން.” އަހަރެން ބޮޑުވައި އިނގިލި ހިއްލާލީމެވެ. “އާއެކޭ. ރިފް ގެންގުޅޭ އެކުވެރިންގެ ކޮލެޓީކަން އިންތިހާ. ޝަހިކްސް އޭ ބޮޑުބައި ރޭވީ.” ނައިލް އިޝާރާތް ކުރީ ޝެހެނާޒަށެވެ.
އިރުކޮޅެއް ވަންދެން ވާހަކައިގައި ތިބެފައި ކޮޓަރިއަށް ވަނީމެވެ. ހެދުން ބަދަލުކޮށްގެން ދެން އޮށޯތީ ނިދާށެވެ. މި ފަހަރު އެހެން އިތުރު ކަމެއް ނުކޮށް ނިދީއެވެ.
އަނެއް ދުވަހަށް އިރު އެރީ ޓްރައިނިން ސެޝަނަކުންނެވެ. އެ ނިންމާފައި ނުކުމެލި ވަގުތު ނޭފަތް ދޮށުގައި އެނބުރި ގަތީ ޓެބޯކީގެ މީރު ވަހެވެ. އެ ވާނީ ޝެހެނާޒުގެ ކަމަކަށް ކަން ޔަގީން ވުމުން އަހަރެން އަވަސް އަވަހަށް ކާ މޭޒު ދޮށަށް ދިޔައީމެވެ. އޭނާ ހަދާ ކާތަކެތި އާދަޔާޚިލާފަށް މީރު ވާނެއެވެ. މިހާރު އެ ހުރީ ކުޅި ނޫޑުލީހާއި އެކު ޓެބޯކީ ހަދައިފައެވެ.
“ދޭ ބަލަ އެ ފިރިހެނުންނަށް ގޮވަން.” އަހަރެން ދިއުމާއި އެކު ހެން ޝެހެނާޒު ބުނެލިއެވެ. ތުން އަނބުރާލަމުން އެމީހުންގެ ކޮޓަރިތަކާއި ދިމާއަށް މިސްރާބު ޖެހީމެވެ. ނައިލްގެ ކޮޓަރީގައި ޓަކި ޖެހުމާއި އެކު އޭނާ ނުކުމެއްޖެއެވެ. އާހިލަށް ގޮވަން ޓަކި ޖަހާ ޖަހާ ވެސް ދޮރެއް ނުހުޅުވިއެވެ. އެންމެ ފަހުން އެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލީމެވެ. އެނދުމަތިން ވެސް މިފަހަރު ވައްޓާލާނަމެވެ.
ކޮޓަރީގައި ވަނީ ހަމައެކަނި ނިދާ ބޮތްކެއްގެ އަލިކަމެވެ. އާހިލް އޮތީ ނިދައިފައެވެ. އޭނާގެ ގާތަށް ދިޔައީ ނިތްކުރި މަތިން ދާ ތިކިތިކި ބަބުޅަމުން ދާ މަންޒަރު ފެނުނެވެ. އޭސީ ޖައްސައިފައި ހުއްޓަސް ހޫނު ވަނީ ކަމަށް ވެދާނެއެވެ. އެ ސޮރު ނޭވާލަމުން ދިޔައީ ވެސް އާދައިގެ ގޮތަކަށް ނޫނެވެ.
“އޭތް. ނިދަން މިޔަރުގަނޑާ! ދެން ތެދުވަންނަން ވީއޭ” އޭނާގެ އަތް ނެއްޓިގެން ދާހާ ބާރަށް ތަޅުވާލީމެވެ. އެހެނަސް އެ ސޮރު ގުޑާވެސް ނުލިއެވެ. “މަންމާ. އާލް ދޫކޮށްފަ ނުދާތި” ނިދީގެ ތެރެއިން އާހިލްގެ އަޑު އައީ އެހެންނެވެ. ހުވަފެނެއް ފެންނަނީ ކަމަށް ވެދާނެއެވެ. އަހަރެން އުޅުނީ ނުކުންނާށެވެ. ނުހޭލާ މީހަކަށް ޓެބޯކީ އެއް ނުލިބޭނެއެވެ. އަހަރެންގެ ބައި ހޫނުކޮށް ކާން ބޭނުމެވެ. އެހެނަސް އެކަން ނާކާމިޔާބު ވީ އާހިލް އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރުމުންނެވެ. އަތް ދަމައިގަންނަން އުޅެނިކޮށް އޭނާ އަހަރެންގެ އަތުގައި ހިފާ ދަމައިގަތް ގޮތަކުން އެ އެނދުމައްޗަށް ވެއްޓުނެވެ. އޭނާ ދެން އަހަރެންގެ ގައިގައި އަތް ވަށާލަމުން ބައްދާލީ ނޭވާ ލާން ވެސް އުނދަގުވަހާ ބާރަށެވެ. ނިދީގައި ވެސް ހަމަ އެހާ ބާރުގަދައީ ހެއްޔެވެ؟
އަހަރެން މަސައްކަތް ކުރީ އާހިލްގެ އަތުން ދެމިގަނެވޭތޯއެވެ. މަސައްކަތް ކޮށް ކޮށް ނާކާމިޔާބު ވީއިރު އަހަރެންގެ ހިތް ހީވަނީ ރޭހަކަށް އަރައިގެން އުޅޭހެންނެވެ. އާހިލާއި ޖެހި ފިތިފައި ހުރުމުން ކަމަށް ވެދާނެއެވެ.
“މަންމާ އަހަރެން ކައިރީ ހުރޭ. މަންމި ދިޔައިމަ އާލްއަށް އުޅެން ޖެހެނީ ވަރަށް ޙާލުގަ. ކީއްވެގެންތަ އާލް އެކަނި ކޮށްލާފަ އެންމެން ދަނީ. އާލް ކޮންކަހަލަ ކުށެއް ކޮށްގެން ދޭ ސަޒާ އެއް ތަ؟” އޭނާގެ މަޑު މައިތިރި އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އަހަރެން ހުއްޓުން އެރި ކަހަލައެވެ. އާހިލްގެ ހިތި މާޒީ ހުވަފެނުގައި ވެސް އޭނާއަށް އުނދަގޫ ކުރަމުން ދާތީ ހަމްދަރުދީވެވުނެވެ. ލަސް ވިޔަސް އިރުކޮޅަކު މަޑުކޮށްލަން ބޭނުން ވިއެވެ. އެހެނަސް އެކަން ވީ ވަރަށް އުނދަގޫ ކަމަކަށެވެ. އަހަރެންގެ މޫނާއި އޭނާގެ މޫނާއި ދެމެދުގައި އިންޗިއެއްގެ ދުރުމިން ވެސް ނެތެވެ.
އަހަރެން އަނެއްކާވެސް އާހިލަށް ގޮވަން ފެށީމެވެ. އެ ސޮރު ނިދާ ވަގުތު ދެކަންފަތް ބީރީ ހެއްޔެވެ؟ އެންމެ ފަހުން ރުޅިގަދަވެގެން އަހަރެންގެ ނިތްކުރިން އޭނާގެ ނޭފަތުގައި ބާރަށް ޖެހީމެވެ. ކުރިން އެކަން ނުކުރެވުނީ ކީއްވެގެން ބާއޭ ހިތަށް އެރީ އޭނާ ކުއްލިއަކަށް ދެލޯ ހުޅުވާލުމުންނެވެ. އެ ސޮރު ދިޔައީ ސިއްސައިގެންނެވެ. “ބްލޫ އައި ސްޓޯކާ މަ އެނދަށް ވެސް އަރަން ފެށީތަ. އައްދިޔޯތް. ތަދުވެއްޖެއޭ.” ނޭފަތުގައި އެއް އަތުން ފިރުމާލަމުން އޭނާ ބުނެލިއެވެ. އަހަރެންގެ ދެބުމަ ގޮށް ޖެހުނެވެ.
“ބަލަ ކަލޭ އެއްނޫން ތަ މަ އަތުގަ ހިފާފަ އެނދަށް ވައްޓާލީ. ދެން ހިރިނުލެވޭ ވަރަށް ހިފަހައްޓައިފި ވިއްޔާ.” އަހަރެން ނުރުހުންވެފައި ބުނެލީމެވެ. “ކަލޭ ފުރަތަމަ ކީއްކުރަން މަ ކޮޓަރިއަށް ވަނީ؟ މަ ކުށްވެރި ކުރަން އުޅޭނެ ކަމެއް ނެތް.” އޭނާ އެހެން ބުނުމުން ދެލޯ ބޮޑު ކޮށްލައިފައި ބަލައިލީމެވެ. ދަތްކުނޑި ވިކާލަމުން އޭނާއާއި ދިމާއަށް ގޮސް ބޮލުގައި އަތުގައި ހުރި ބާރެއް ލާފައި ފުށްޓައްކެއް ޖެހީމެވެ. “ކަލޭ އަށް ކާން ގޮވާށޭ ވަނީ. އަދި އެބަ އުޅެއެއްނު މައްސަލަ މަ ބޮލަށް ކަނޑާލަން.” އަހަރެން ތޫނު ނަޒަރެއް ދިނީމެވެ.
އަހަރެން އެނދުން ތެދުވަންނަން އުޅެނިކޮށް އާހިލް އަހަރެންގެ ކަންފަތުގައި ހިފާ އަނބުރާލަމުން އަނެއްކާ ވެސް އެނދުމައްޗަށް ވައްޓާލިއެވެ. ދެން ފަހަތުން ނަގައިފައި ދެފަޔާއި އަތް ލޮކުކޮށްލިއެވެ. “މަ ވެސް ބަދަލު ހިފާފަ ދޫކޮށްލާނީ!” އަހަރެންގެ ކަރުގައި އަތް އަޅުވާލުމުން ކަންފަތް ދޮށުގައި އޭނާ ބުނެލިއެވެ. “މަ ދޯ ބަދަލު ހިފަން ޖެހޭނީ. ކަންފަތަށް ތަދުވެއްޖެއޭ. ދެން ދޫކުރަންވީ! މިހާރު ޝެހެނާޒު ހެދި އެއްޗެހިނުގެ ހޫނުކަން ވެސް ކެނޑިދާނެ.” އަހަރެން ތެޅިގަނެފައި ވިޔަސް އެ ލޮކުތައް ނައްޓަން މަސައްކަތް ކުރީމެވެ. ހައްތަހާ ރުޅިގަދަވަނީ އަހަރެން ކުރާ ހުރިހާ ކަމެއް ފެނަށް ދާތީ އެވެ. އެވަގުތު މީހަކު ދޮރުގެ ތަޅުގައި ހިފި އަޑު އިވުނެވެ. އާހިލް ސޮރު އަހަރެން ދޫކޮށްލާފައި ތެދުވިއެވެ. އަހަރެން ވެސް އެނދުން ފުންމައިގެން ތެދުވީމެވެ. އެ ސޮރު އަތުން ސަލާމަތް ވުމުން ހިތާ ހިތުން ޝެހެނާޒަށް ޝުކުރު ކުރެވުނެވެ.
“ކީހާ އިރަކުންތަ ކަލޭ މެންނަށް ކާން އާދެވޭވަރު ވާނީ. މި ރިފް ވެސް ވަތް ގޮތަށް ބަޚަބަރު. ކޮޓަރީގައި ވެސް ތަޅާފޮޅަނީތަ.” ޝެހެނާޒު ބޯ ހޫރާލަމުން ބުނެލިއެވެ. “އެ ޖާހިލު ނުލަފާ ކަލޭގެ ފެށީ.” އަހަރެން އާހިލާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލީމެވެ. ދެލޯ އަޅާލައިފައި އަވަހަށް ކާން ނުކުތީމެވެ. “ޕިސްޕިސް. މި ދެމީހުން ހިފާއިރު ކުޑަކުއްޖަކަށް ދޫނުކުރޭ.” ޝެހެނާޒު އަހަރެންގެ ފަހަތުން އައެވެ.
ކާން އިށީންއިރު ވެސް އާހިލް އިށީނީ އަހަރެންގެ ކުރިމަތީގައެވެ. އޭނާ އަށް ދެލޯ އަޅައިގެން އިނދެ ކާން ފެށީމެވެ. “ބްލޫ އައި ސްޓޯކާ އަހަރެންނަށް ތިހެން ލޯވަށްކޮށްފަ ބަލާނެ ކަމެއް ނެތް. ދެލޯ ވަށްވެދާނެ.” އާހިލް އުލަށް ނޫޑުލީސް އޮޅާލަމުން ބުނެލިއެވެ. “ކަލޭ އަށް ކާން ވެސް މަޑުން ނީނދެވެނީތަ.” އަހަރެން އަނގަ ހުސްކޮށްލައިފައި ބުނެލީމެވެ. “މަ މި އިނީ މަޑުން. އަހަރެން ދުވާތަން ތަ ފެންނަނީ.” ފަހަތުން އޭނާ ބުނެލިއެވެ. “އަނގަމަތީ ޖަހާފާނަން. ވާހަކަ ނުދައްކަ މަޑުން ހުރެބަލަ.” އަހަރެން އޭނާއާއި ދިމާލަށް އޫ ދިއްކޮށްލަމުން އިންޒާރެއް ދިނީމެވެ.
“ރިފްޤާ އެންޑް އާހިލް. ދެމީހުން ވެސް އެކަކު އަނެކަކާ ނުބެހި މައިތިރިވެގެން ހުރޭ.” ޝެހެނާޒު ހަރުއަޑުން އެހެން ބުނުމުން އަހަރެން އަނގަޔަށް ގޮތެއް ހަދާލަމުން ކެއުމައިގެން ކުރިއަށް ދިޔައީމެވެ. ކައި ނިމިގެން އަހަރެން ދިޔައީ މެންޓަލް ހޮސްޕިޓަލަށެވެ. ޑިއުޓީ ގަޑި ނޫންކަން ވެސް އެނގެއެވެ. އެތަނުގައި އުޅޭހާ ބައެއް ދިރާސާ ކޮށްލަން ދިޔައީ އެވެ. އެ ގޮސް އެތަނުގައި މަސައްކަތް ކުރާ ގިނަ މީހުންނާއި ވާހަކަ ދެއްކީމެވެ. އަންނަ ޕޭޝަންޓުންނާއި ވެސް ވާހަކަ ދެއްކީމެވެ. ތަން ހިންގާ ބޮޑުންގެ ގޮތް ވެސް ދިރާސާ ކޮށްލީމެވެ. މުޅި ހެނދުނުގެ މަސައްކަތުން އަދި އެތަނުގައި ރަހީނުކުރާ ގުރޫޕުގެ މީހެއް ނުވާކަން އެނގުނެވެ.
އެކަމަށް ފަހު އަނބުރާ ހޮޓެލަށް ދިޔަ އިރު ނަސީބު ރަނގަޅު ކަމުން އާހިލެއް ނެތެވެ. އެކަމުގެ އުފާ ކުރަމުން ފެންވަރާލައިގެން މެންދުރު ޑިއުޓީ އަށް ދާން ތައްޔާރު ވެލީމެވެ. މިފަހަރު އަހަރެން މުށިކުލައިގެ ވަށްތިރި ހެދުމެއް ލީމެވެ. ނަމާދުކޮށްގެން ދަބަސް ހިފައިގެން އަހަރެން ނުކުތީމެވެ. ކަޅުކުލައިގެ ސްނީކާސްއަކަށް އަރައިގެން އަހަރެން ދިޔައީ ނަފްސާނީ ބައްޔަށް ޚާއްސަ ހަސްފަތާލަށެވެ. އެތަނަށް ކިޔާ ނަމަކީ އެޗް.އޭ.އެމް.އެޗް އެވެ. ދިގުކޮށް ހާ އެޓޯލް މެންޓަލް ހޮސްޕިޓަލް އެވެ.
ހަސްފަތާލަށް ވަނުމުގެ ކުރިން އަހަރެން ކަންމަތީ ފިހާރައަކަށް ވަދެލީ އެތަނުގައި އިސްތިހާރު ކުރެވިފައިވާ ބޭސިލް ސީޑްގެ ބުއިންތައް ފެނުމުންނެވެ. އޭގެ ވައިޓް ގްރޭޕް އާއި މެލަން ފްލޭވާގެ ފުޅިއެއް ގަނެގެން ހަސްފަތާލަށް ވަނީމެވެ. ދެން އެރީ އަހަރެން މަސައްކަތް ކުރާ ރޫމަށެވެ. ހިދާޔާ އަށް އެ ވައިޓް ގްރޭޕް ފުޅި ދީފައި އަހަރެންގެ ފުޅި ކަނޑާލީމެވެ. ގޮނޑީގައި ތުންޖަހައި އެ ފުޅި ދަމާލީމެވެ. އަނގައިގައި ލީ ހުތްފޮނި ރަހައިން ސިކުނޑި ވެސް ތާޒާވިއެވެ. މި ބުއިމަކީ ސީދާ ސްވިޓްޒަލޭންޑުން އެތެރެކޮށްފައިވާ އެއްޗެކެވެ. ވަރަށް ރަހަ މީރު ބުއިން އުފައްދާ ބްރޭންޑެކެވެ. މިއީ ކުޅޭ ކުޅޭ އިޝްތިހާރެއް ނޫނެވެ. އަހަރެންގެ އުމުރު ދުވަހުގެ ތަޖުރިބާއެވެ.
“މިއަދު ނޯމަލް ދުވަހަކީތަ؟ ނަސީބެކެއްނު. އިއްޔެ ހާދަ ސަކަރާތޭ ‘ރިފް’ ނެތީމަ” ހިދާޔާ ބުނެލިއެވެ. އަހަރެން ހީނލާފައި ފުރަތަމަ ޕޭޝަންޓު އައުމުން މަސައްކަތަށް އެނބުރެލީމެވެ.
“ހިދާ! މިއަދު ހިނގާބަލަ ސަބް ކަން ޑެލިކަސީ އަށް” ޝިފްޓު ނިމުމުން އަހަރެން މަސައްކަތް ކުރީ އޭނާއާއި އެކު ބޭރަށް ދާށެވެ. ބޭރުތެރެއިން ބަޔަކު ހިދާޔާ އަށް ލޯއަޅާ ތޯ ބަލަން އެކްސްޕެރިމެންޓު ކޮށްލަން ޖެހޭނެ ވިއްޔާއެވެ.
“އާނ. ހިނގާ ދާން. ރިފްގެ ޚަރަދުގަ އިނގޭ.” ހިދާޔާ ވަގުތުން އެއްބަސް ވިއެވެ. އަހަރެމެން ހަސްފަތާލުން ނުކުމެގެން މިސްރާބު ޖެހީ އެ ތަނަށް ހިނގާފައި ދާށެވެ. ދިޔަ އިރު ވެސް އަހަރެން ހުރިހާ ތަނަކަށް ލޯކޮށްޕަމުން ބަލާ ފާސްކުރީމެވެ. އަޅައިގެން ހުރި އޭއައި އައިނަށް ވެސް އެ ރެކޯޑް ވާނެ ގޮތަށެވެ.
އެ ރެސްޓޯރެންޓާއި ވަރަށް ބޮޑަށް ގާތްވި ފަހުން އަހަރެންގެ ލޮލުގައި އަޅައިގަތީ ވަރަށް ބޮޑަށް ނިވާވެލައިގެން ހުރި ފިރިހެނެކެވެ. ފުދޭވަރަކަށް ދުރުންނެވެ. އޭނާގެ އަތުގައި އޮތް ޑިވައިސަކުން ހިދާޔާގެ ޙަރަކާތްތައް ރެކޯޑް ކުރަމުން ދާކަން އެނގުމުން ހިން ދިރުވާލެވުނެވެ. އަނެއްކާ އެއީ ރަހީނުކުރާ ގުރޫޕު މީހުންގެ ތެރެއިން އައިސްގެން އުޅޭ މީހެއް ހެއްޔެވެ؟ އެމީހުންގެ ބާވީސްވަނަ އަމާޒުފަތްގަނޑަކީ ހިދާޔާ ހެއްޔެވެ؟
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.







Best story
Keep up the good work❤️❤️🙂
Thnx Anonymous.
Mi prt vrh reethi
Whn nxt
Curiously waitin for the nxt prt
Thankolheh avahah up koh dhehchey if u r not busy
Thnx Scarlet.
IA on next week.
Wowwwwwww…
Maashaa Allah mi part vx varah varah reethi…
Whn next??
Hidhayaa ah gotheiii nahadhahcheyy…
Thnx Nawar.
Probably next week.
ވާހަކައައް ފޮޓޯ ލަނީ ކިހިނެއް ތަ؟؟؟. ވަރަށް ފުރިހަމަ މި ޕާޓް ވެސް.
Hama varah simple. Edit kuraa iru set featured image ah dhaanee. Dhen upload files ah gosfa device in photo e ah upload kuranii.
Shukuriyaa.
Ehkala white rose eyy dhw mii
Thihaa curious kohlaafa ninmaalaakah nuvaannu
When next????
Mhr ves aneh bai kiyaa hithun moya vani mi
Best author😊
Lysm❤️ tc🤗
Yeah I’m that white rose.
Curious koh nimmaaleema ehnu bodah inthizaaru kureveynii.
I’ll submit next one on next week IA
Huge Thnx for the lovely comment Ish_Ishu.
ޝުކުރިއްޔާ 😀 ވައިޓް ރޯސް.
މަރުހަބާ
Vara reethi mi vaahaka…..curiously waiting for the next part
Ur my fav author… I love Ur creativity ❤️❤️❤️
Awnn.. Thnx for the motivating comment Lara.
Hi white rose
Long time no see hahaha..
Well nice and keep it up my dear.
And I think ur doing a great job dhw.
I love u…
Yeah it’s been a while.
Thnx a lot Your Fav Babe. 💕
Hama ekkala white rosyyy ey dhw mi ulheny
Curiously waiting ingey haadha curious kohfa ey dhw nimmaly
Yup. Me and my never changing cliffhangers.
Thnx Who. 💕
Hey white rose gada
If you don’t mind may I ask a question?
Please don’t say no
You can ask a question.
I’ll answer depending on it.
White rose do you have any connection with “hudhufinifenma”
Literally that’s you right
Hudhufinifenma is an author I saw from this site so I have some confusion here
No I don’t have any connection with hudhufinifenma.
And that is not me.
Ok..
So the question is where are you from?
(Isalnd)
Then don’t say ur from Maldives because I know that….
North of maldives.
Mi varu buneveynii cuz its personal info.
Never mind
And btw can we be friends??
Ofc but how??
Vrh reethi mi part vx.
Curiously waiting for next part.❤
Thnx Her_28.
Just by chatting like this
Bro tell you what..
Chill bro chill
Alright. No prob
From my island there is someone who is an author just like you so I thought it’s you…….
But I live in South of the Maldives
ohh.